ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{12/HC-A/305
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 305/HC
-
A/2012
• އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަލީކު: އަލްއުސްތާޛް އުސާމާ މޫސާ
ދާއިމީ އެޑްރެސް: ވެލާނާގެ/8 ވަނަ ފަންގިފިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްހާދީ
އައިޑީ ކާޑު ނަންބަރު: A053058
.އުމީ އެޑްރެސް: ހުޅުމާލެ ފްލެޓް 04-3-1/މާލެ
ޓްރީކުރެވުނު
0
22 ޒުލްޙިއްޖާ 1433
7 ނޮވެމްބަރު 2012
ނިމުނު ތާރީޚް: 18 ރަބީޢުލްއާޚިރު 1434
28 ފެބްރުއަރީ 2013
ތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަ
ނަންބަރު: 2010/MC
/
2009
)
180
/
Cv
-
C/1987)
:ޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚް: 27 އޯގަސްޓް 2009 ނިމުނު ތާރީޚް: 17 ޖޫން 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު
އަޒްމިރާލްދާ ދާހިރު
ދިވެހިރާއްޖޭގެ
، ހައި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3471$$
ދިވެހީ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
180
/
Cv
-
C/1987)
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ޢަބްދުލްހާދީ، ހުޅުމާލެ ފްލެޓް 04-3-1/މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A053058) އެވެ.
ކުރެވުނު ނުކުތާތައް
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/180
(2009/MC/1987) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޢަބްދުލްހާދީ (ހުޅުމާލެ ފްލެޓް
11-03-02މާލެ) ގެ ބައްޕަ ދާންދޫ ތުއްތުކަތީބުގެ "ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑި، 1965 ވަނަ
އަހަރު ވިޔަފާރި ދަތުރެއްގައި މާލެއައިސް، މާލޭ ފަޅުގައި އޮއްވައި، އޭރުގެ ވުޒާރަތުއްދާޚިލިއްޔާގެ
ރާއްޖެތެރެއާބެހޭ ބައިގެ ފަރާތުން، އެއޮޑީގެ ބޮއްކުރާއާއި އެކުގައި ވިއްކާލާފައިވަނީ އެއްވެސް
އިންސާފަކާނުލައި ޢަބްދުލްހާދީމެންގެ ނުރުހުމުގައި ކަމަށްވާތީ، އެކަމުގެ ސަބަބުން އެއޮޑިން ކުރިން މަހަކު
-/8,000 (އަށްހާސް) ރުފިޔާގެ މަގުން ލިބެމުންއައި އާމްދަނީ ގެއްލިގޮސްފައިވާތީ، ލިބުނު ގެއްލުމުގެ
ބަދަލުގެގޮތުގައި އެހާތަނުން ފެށިގެން ވޭތުވެދިޔަ 43 (ސާޅިސްތިނެއް) އަހަރުދުވަހަށް މަހަކު -/8,000
(އަށްހާސް) ރުފިޔާގެ މަގުން ލިބެންވާ -/4,128,000 (ހަތަރުމިލިޔަން އެއްލައްކަ އަށާވިސްހާސް) ރުފިޔާ
މިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: y M6471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
3
2012/HC-A/305
ޤަޟިއްޔާ ނިމުނު ގޮ
ފަރާތުން
ދިވެހި ސަރުކާރުގެ ފަރާތުން ލިބިދިނުމަށްއެދި، ދިވެހި ދައުލަތުގެ މައްޗަށް ޢަބުދުލްހާ
ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި
ނުޤުތާތަކުގެ މައްޗަށް ބެލުމަށްފަހު، ހުޅުމާލެ ފްލެޓް ނަންބަރު 02-03-1 ޢަބްދުލްހާދީގެ ބައްޕަ ދާންދޫ
ތުއްތު ކަތީބުގެ "ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑިއަށް ކުރިން ބަދަލު ދިނުމަކާނުލައި ސަރުކާރުން
ނީލަމުގައި 29 ޑިސެމްބަރ 1964 ގައި ވިއްކާލުމުން އެއޮޑިއަށް ޝަރީޢަތުގެ ފަރާތުން އަގެއް
ކަނޑައެޅިފައި އަޑުދިނުމަށް ކޯޓު ނަންބަރު 6 ގެ ނަންބަރު 6
/
85-JC/49 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 63/HC
-
A/89 ޤަޟިއްޔާގައި ޙުކުމްކޮށްފައިވުމުން ޢަބްދުލްހާދީގެ ބައްޕަ ދާންދޫ
ތުއްތު ކަތީބުގެ "ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑިއަށް ކުރިން ބަދަލު ދިނުމަކާނުލައި ވިއްކާލި
ވިއްކާލުމަކީ ޢަބްދުލްހާދީގެ ބައްޕަ ދާންދޫ ތުއްތު ކަތީބުއާއި، އޭނާގެ މުދަލުގެ ވާރިޘުންނަށް ލިބިފައިވާ
ގެއްލުމެއްކަމާއި، އެގެއްލުން ދެމިއޮތް މުއްދަތަކަށް ބެލެވިގެންވަނީ އެއޮޑި ސަރުކާރުން ނީލަމުގައި ވިއްކާލި
ތާރީޚް ކަމުގައިވާ 29 ޑިސެމްބަރު 1964 އިން އެއޮޑީގެ އަގު ދިނުމަށް ކޯޓު ނަންބަރު 6 ގެ ނަންބަރު
6
/
85-JC/49 ޤަޟިއްޔާގައި ޙުކުމްކުރި 18 ސެޕްޓެމްބަރ 1989 މިތާރީޚުން ފެށިގެން 01 (އެކެއް)
މަސްދުވަސް ހަމަވާ ތާރީޚް ކަމުގައިވާ 18 އޮކްޓޯބަރ 1989 މިތާރިޚު އާއި ހަމައަށް ހިނގާފައިވާ 297
މަހާއި 20 ދުވަސްކަމާއި، ގެއްލުމުގެ މިންވަރަކީ އޭރު ލިބެމުންއައި އާމްދަނީ ކަމުގައިވާ -/8,000
(އަށްހާސް) ރުފިޔާގެ މަގުން 297 މަހާއި 20 ދުވަހަށްވާ 2,381,161
/
29 (ދެމިލިއަން ތިންލައްކަ
އަށްޑިހައެއްހާސް އެއްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ނަވާވީސްލާރި) ގެ މިންވަރުކަމާއި، މިފައިސާއަކީ
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޢަބުދުލްހާދީގެ ބައްޕަ ދަންދޫ ތުއްތުކަ
ތުއްތުކަތީބުގެ ވާރިޘުންނަށް
ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ޘާބިތު ވެގެންވާކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް"/47ވާދަވެރިކެން
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮތު
ބުނެވެދިޔަ ގޮތުގެ މައްޗަށް ޢަބުދުލްހަދީގެ ބައްޕަ ދާންދޫ ތުއްތު ކަތީބުގެ ވާރިޘުންނަށް
ލިބުނު މިގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންވާ 2,381,161
/
29 (ދެމިލިއަން ތިންލައްކަ އަށްޑިހައެއްހާސް
އެއްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ނަވާވިސްލާރި) ދިވެހި ސަރުކާރުން ޢަބްދުލްހާދީގެ ބައްޕަ ދާންދޫ
ތުއްތު ކަތީބުގެ ވާރިޘުންނަށް ދިނުމަށްޓަކައި 17 ޖޫން 2012، މިދުވަހުން ފެށިގެން 02 (ދޭއް)
މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް
މިމަށް ދިވެހި ސަރުކާރަށް އަންގައި"
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
(1987/MC/2009)
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/180
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ:
180/Cv-C/2010
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ޙާދިސާ ހިނގިތާ 44 (ސާސްހަތަރެއް) އަހަރު ފާއިތުވުމަށްފަހު
ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، ދިވެހިރާއްޖޭގައި "ތަޤާދުމް" ގެ އުޞޫލު (ކަންހިނގައި ދިޔަފަހުން
ވަކި މުއްދަތެއް ފާއިތުވުމުން ޙައްޤު ހޯދަން ދަޢްވާ ނުކުރެވޭ އުޞޫލު) ނެތުމާއެކު، ޝަރީޢަތުން
عمر ޢާޔަތްކުރައްވަންޖެހޭ ”Equity] (އިކުއިޓީ) ނުވަތަ "ޢަދާލާ ވަލް އިންސާފް" ގެ އުޞޫލަށް ރިޢާޔަތް
ކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބު
މަށްބުނެ ހުށަހަޅާފައިވާ ނުކުތާ
ނުކެތުއެވެ.
• ދެވަނަ ނުކުތާއަކީ، "ފަތުޙުއްސަޢީދު" އޮޑީގެ ބަދަލު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 63/HC
-
A/89 ޤަޟިއްޔާއިން 1989 ވަނަ އަހަރު ނަންގަވައި ދެއްވުމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [33647 ، ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5
2{12/HC-A/305
مجتمع
ޤަޟިއްޔާ ނިމުނު ގޮ
344 ދު، ދ ތ 8
ހނހޅު42/2ށް
ކޯޓުގެ ނަންބަރު 2010/Cv
-
C/180 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާ
ހިނގާފައިވާ 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަކީ، "ފަތުޙުއްސަޢީދު" އޮޑި ނީލަމުގައި ވިއްކާލި
ކަމަށްބުނެ ދިވެހި ސަރުކާރާމެދު އިތުރު ދަޢުވާއެއްނެތްކަމަށް ބެލުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާ
އެކަށީގެންވާ މުއްދަތެއްކަމަށްވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
0
• ތިންވަނަ ނުކުތާއަކީ، "ފަތުޙުއްސަޢީދު" އޮޑީ ދައުލަތުން ނީލަމުގައި
ވިއްކާލާފައިވާކަމަށްބުނެ
މަށްބުނެ އޮޑީގެ ބަދަލު ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން 1989 ވަނަ އަހަރު
ދިވެހިރައްޖޭގެ ހައިކޯޓަށް ހުށަހަޅައި، އޮޑީގެ ބަދަލާބެހޭގޮތުން ފައިސަލާކުރަނިވި ޙުކުމެއް އެކޯޓުން
ކުރައްވާފައިވާއިރު، އަދި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/180 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ އިސްވެ ދެންނެވުނު މައްސަލާގައި ދަޢުވާކުރާ ފަރާތުން ބަދަލު ހޯދުމަށް އެދިފައިވާ
[cause of action“ (ދަޢުވާ ބިނާކޮށްފައިވާ ސަބަބުތައް ނުވަތަ ކަންކަން) ގެ މައްޗަށް ބިނާކޮށް
ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު،
އެފަދަ
މައްސަލަތައް
ނިންމެވުމުގައި
ޝަރީޢަތުން
/ ތ0 2 ދ ތ ދ ތ 24
ރިޢާޔަތްކުރައްވަންޖެހޭ އެއް މަބްދަޢުކަމަށްވާ [res judicata] (ކަނޑައެޅުނު ޙުކުމުގެ ބާރު) ގެ
4 2 4))
އުސޫލަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ކުއވެ"
ހަތަރުވަނަ ނުކުތާއަކީ، ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. .
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/180
(2009/MC/1987) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކުރާރު
މިކްޓްގެ ބައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް sliMދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮ
ޚުލާޞާ
ރައްދުވާ ޢަބްދުލްހާދީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
"
(ހ) ފުރިހަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
180
/
Cv
-
C/1987) ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި ކަންހިނގާފައިވާ
ގޮތަށްބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ، ހުޅުމާލެ ފްލެޓް 04-03-11މާލެ،
ޢަބްދުލްހާދީގެ ފަރާތުން، 27 އޮގަސްޓް 2009 ގައި އޭރުގެ މަދަނީ ކޯޓަށް ހުށަހެޅުމުގެ ގާތްގަނޑަކަށް
26 (ސައްބީސް) އަހަރު ކުރިން، ޢަބްދުލްހާދީގެ ބައްޕަ، ދާންދޫ އަލިތަކުރުފާނުގެ ތުއްތު (ގދ. ދާންދޫ
ތުއްތުކަތީބު) ގެ މިލްކެއްކަމަށްވާ "ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑިއާއި އެއޮޑީގެ ބޮއްކުރާ ދިވެހި
ސަރުކާރުގެ ފަރާތުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ، އެއޮޑިއާއި އެއޮޑީގެ ބޮއްކުރާގެ އަގު
ހޯދުމަށްއެދި، 12 މާޗް 1984 ގެ ތާރީޚުގައި ކޯޓު ނަންބަރު 1 އަށް ޢަބްދުލްހާދީގެ ފަރާތުން
ދަޢުވާކޮށްފައިވާކަމާއި، އަދި މިގޮތުގެމަތިން ޢަބްދުލްހާދީ ހުށަހެޅި ދަޢުވާ، ކޯޓު ނަންބަރު 1 ގެ ނަންބަރު
1
/
84-JC/48 ޤަޟިއްޔާގައި ބެލެވެމުން ދަނިކޮށް، އޭރުގެ ކޯޓުތަކުގެ މަސައްކަތްތައް ބަދަލުވުމާ
ގުޅިގެން،
އެޕްރީލް 1985
ގެ ތާރީޚުގައި ކޯޓު ނަންބަރު
އެމައްސަލަ
ތަޙްލީލުކުރެވިފައިވާކަމާއި،
ބެވެދެންނެވުނު މައްސަލަ، ކޯޓު ނަންބަރު 6 އިން ބެއްލެވުމަށްފަހު، ޢަބްދުލްހާދީގެ
އެޕަގެ މިލްކެއްކަމަށްވާ "ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑިއާއި އެއޮޑީގެ ބޮއްކުރާގެ އަގުގެ ގޮތުގައި
ޝަރީޢަތަށް ނަންގަވައިދެއްވެން އޮތީ، އެއޮޑިއާއި އެއޮޑީގެ ބޮއްކުރާ ނީލަންކިޔައިގެން ލިބިފައިވާ
އަގުކަމަށްވާ -2,7071 (ދެހާސް ހަތްސަތޭކަ ހަތެއް) ރުފިޔާކަމަށް ކަނޑައަޅުއްވާ، އެފައިސާ 1 (އެކެއް)
މަސްދުވަހުގެ ތެރޭގައި ދާންދޫ ތުއްތުކަތީބުގެ ވާރިސުންނާ ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގާލާފައި
8
l
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
is
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮ
18
202ތ ދ
މިޕްޓެމް
1989
ގައި،
އެކޯޓުގެ
ނަންބަރު
45/JC-6/85
ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވާކަމާއި،
ކޯޓު ނަންބަރު 6 އިން ކުރައްވާފައިވާ އިސްވެދެންނެވިފައިވާ ޙުކުމުގައި،
"ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑިއާއި
އެއޮޑީގެ ބޮއްކުރާގެ ބަދަލުގެ ގޮތުގައި އެކޯޓުން
ނަންގަވާދެއްވާފައިވާ އަގަކީ ޢަބްދުލްހާދީ ހިތްހަމަޖެހޭ އަގަކަށް ނުވާތީ، އެމައްސަލަ އަލުން ބައްލަވައި،
އޭގެ ޙަޤީޤީ އަގު އޭނާއަށް ލިބިދިނުމަށް އެދި ޢަބްދުލްހާދީގެ ފަރާތުން، 3 އޮކްޓޯބަރު 1989 ގައި
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމާއި،
ޢަބްދުލްހާދީގެ ފަރާތުން ދިވެހިރާއްޖޭގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
މިބަޔާންކުރެވުނު މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 63/HC
-
A/89 ޤަޟިއްޔާއިން
ބައްލަވާ، އެމައްސަލާގައި ހިމެނުނު "ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑިއާއި އެއޮޑީގެ ބޮއްކުރާގެ އަގަކީ
-/12,000 (ބާރަހާސް) ރުފިޔާކަމުގައި ކަނޑައަޅުއްވާ، އެފައިސާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި
ދާންދޫ ތުއްތުކަތީބުގެ ވާރިސުންނާ ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގަވާ، 3 ޖޫން 1991 ގައި
ވާފައިވާކަން އެނގެން އޮންނަކަމެވެ.
ހނދ
04 ދު ފ
ދީ#/1
180/Cv-C/2010
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު
(2009/MC/1987) ޤަޟިއްޔާގައި ހިމެނޭ މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރަމުން، "ފަތުޙުއްސަޢީދު" އޮޑީ ދައުލަތުން ނީލަމުގައި ވިއްކާލާފައިވާކަމަށްބުނެ އޮޑީގެ
ބަދަލު ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން 1989 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅައި، އޮޑީގެ ބަދަލާބެހޭގޮތުން ފައިޞަލާކުރަނިވި ޙުކުމެއް އެކޯޓުން ކުރައްވާފައިވާއިރު، އަދި ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/180 މައްސަލައަކީ އިސްވެ ދެންނެވުނު މައްސަލާގައި ދަޢުވާކުރާ
ފަރާތުން ބަދަލު ހޯދުމަށް އެދިފައިވާ ”cause of action“ (ދަޢްވާ ބިނާކޮށްފައިވާ ސަބަބުތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 26471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮ
މައްޗަށް ބިނާކޮށް
ކަންކަން) ގެ މައް) ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އެފަދަ މައްސަލަތައް ނިންމެވުމުގައި
ޝަރީޢަތުން ރިޢާޔަތްކުރައްވާ
ރައްވަންޖެހޭ އެއް މަބްދަޢުކަމަށްވާ ”res judicata] ގެ އުސޫލަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާ ބަލާއިރު،
ދުނިޔޭގައި ކުރިއަރާފައިވާ ތަފާތު ޤާނޫނީ ޖޫރިސްޑިކްޝަންތަކުން ޢަމަލުކުރަމުންދާ
ޝަރީޢަތް ހިންގުމުގެ ނިޒާމުތަކުން ޒަމާނުއްސުރެ ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުންދާ، އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް އެމައްދަބަކަށް ޤާނޫނީބާރު ލިބިދީފައިވާ، ޤާނޫނީ މަބްދަޢުއެއްކަމަށްވާ
"ރެސް ޖުޑިކާޓާ" (res judicata) ގެ ޤާނޫނީ މަބްދަޢުއަކީ، ކޯޓަކުން ފައިޞަލާކުރަނިވި ޙުކުމެއް
ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ ތެރޭގައި ކޯޓަށް
ހުށަހަޅާފައިވާ ނުވަތަ އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް،
އެމައްސަލައެއްގައި ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދަޢުއެއްކަމާއި،
މިދެންނެވުނު މަބްދަޢު ދަޢުވާއެއްގެ މައްޗަށް ތަޠުބީޤުކޮށް، އެދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި
ނުވަތަ ކޮށްފައިވާ ދަޢުވާއެއް ބާޠިލުކުރުމުގައި ފުރިހަމަވާންޖެހޭ 3 (ތިނެއް) ޝަރުތެއް އޮންނަކަމާއި،
އެއީ:-
1. ފަހުން ހުށަހެޅުނު މައްސަލާގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަން
އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤާތްތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް،
ކަމާބެހޭ ޝަރުޢީ ކޯޓަކުން ކުރިން ބެލިފައިވުން؛ އަދި
2. ފަހުން ހުށަހެޅުނު މައްސަލައާއި ކުރިން ބަލާފައިވާ މައްސަލާގެ ޙަޞްމުންނަކީ
އެއްބަ
އެބަޔަކަށްވުން، އަދި
3. ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް
ޙަޤީޤަތްތަކުގެ މައްޗަށް އެމައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން؛
4 ދތކތ
އެމައްޗަށް
ދު83r ·
ން ކތ224
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: M6471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{)12/HC-A/3105
ކަމާއި،
7ހ2 2
"ރެސް ޖުޑިކާޓާ" ގެ މަބްދަޢު ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުންދާ ޤާނޫނީ
ޖޫރިސްޑިކްޝަންތަކުގެ ކޯޓުތަކުން
ޢަމަލުކުރެވެމުންދާ ގޮތަށް ބަލާއިރު، ކޯޓަކަށް
މައްސަލައެއްގައި، "ރެސް ޖުޑިކާޓާ" ގެ ދަށުން، އެދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ
ކޮށްފައިވާ ދަޢުވާއެއް ބާޠިލުކުރުމުގައި ފުރިހަމަވާންޖެހޭ، އިސްވެ މިދެންނެވުނު 3 (ތިނެއް) ޝަރުޠު،
ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ފުރިހަމަވާކަމަށް އެކޯޓަކަށް ސާބިތުވެއްޖެނަމަ، އެފަދަ މައްސަލައަކީ
(އިސްތިއުނާފް މަރުޙަލާގެ ކޯޓުތަކަށް، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ ޙާލަތްތަކުގައި
ފިޔަވައި) ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، އެމައްސަލައެއް ބާޠިލުކުރާކަން
3
އެނގޭކަމާއި،
ދައުލަތުގެ
މިމައްސަލަ އިސްތިއުނާފުކުރަމުން
ފަރާތުން ހުށަހަޅާފައިވާ،
އިސްވެދެންނެވިފައިވާ ނުކުތާގައި ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު (2009/Cv
-
C
/
2010
(
1987
/
MC/180 ޤަޟިއްޔާގައި
ހިމެނޭ މައްސަލައަކީ، އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށް، "ރެސް ޖުކާޓާ" ގެ
ދަށުން އެކޯޓުގައި ބެލެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅާ، އެކޯޓުން އެމައްސަލަ ބާޠިލުކުރަންޖެހޭތޯ
ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، މިމައްސަލާގައި ދަޢުވާ ރައްދުވާ
ޢަބްދުލްހާދީގެ ބައްޕަ، ދާންދޫ ތުއްތުކަތީބުގެ "ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑި، އެއޮޑީގެ ބޮއްކުރާއާއި
އެކުގައި ދިވެހި ސަރުކާރުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ، އެކަމާގުޅިގެން ލިބުނު ގެއްލުމުގެ
ބަދަލު ދިވެހި ސަރުކާރުގެ ފަރާތުން ލިބިދިނުމަށްއެދި، ދިވެހި ދަވްލަތުގެ މައްޗަށް ޢަބުދުލްހާދީގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެމައްސަލާގައި ހުށަހަޅާފައިވާ ކަންޗަރާއި
("ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑި، އޮޑީގެ ބޮއްކުރާއާއި އެކުގައި ދިވެހި ސަރުކާރުން
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{012/HC-A/305
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
42
އެގެ
/2 2x
21@
ވިއްކާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުހޯދުން) ބިނާވެފައިވާ ޙަޤީޤަތަކީ އެއޮޑިއާއި
ދިވެހި ސަރުކާރުން ނީލަމުގައި ވިއްކާލުންކަމާއި،
މިދެންނެވުނު ޙަޤީޤަތުގެ މައްޗަށް ބިނާކޮށް މީގެކުރިން ހުށަހެޅިފައިވާކަމަށް ދައުލަތުގެ
ފަރާތުން ބުނާ، އޭރުގެ ކޯޓު ނަންބަރު 6 ގެ ނަންބަރު 6
/
85-JC/45 ޤަޟިއްޔާގައި ހިމެނޭ
ބ ދީ ދީ މ އ ހ މތ
މައްސަލައަށް ބަލާއިރު، އިސްވެ ދެންނެވިފައިވާ ފަދައިން، އެމައްސަލައަކީ ޢަބްދުލްހާދީގެ ބައްޕަ، ދާންދޫ
ތުއްތުކަތީބުގެ މިލްކެއްކަމަށްވާ "ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑިއާއި އެއޮޑީގެ ބޮއްކުރާ ދިވެހި
ސަރުކާރުގެ ފަރާތުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ، އެއޮޑީގެ އަގު ހޯދުމަށްއެދި ޢަބްދުލްހާދީގެ
ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެހެންކަމުން އެދަޢުވާގައި ހުށަހަޅާފައިވާ ކަންތައް
("ފަތުޙުއްސަޢީދު" ނަމަކަށް ކިޔާ އޮޑި، އެއޮޑީގެ ބޮއްކުރާއާއި އެކުގައި ދިވެހި ސަރުކާރުން ނީލަމުގައި
ވިއްކާލުމާ ގުޅިގެން އެއޮޑިއާއި އޮޑީގެ ބޮއްކުރާގެ އަގު ހޯދުން) ވެސް ބިނާކޮށްފައިވަނީ، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލަވެސް އެޙަޤީޤަތެއްގެ މައްޗަށް ބިނާކޮށްފައިވާ، ޢަބްދުލްހާދީގެ ބައްޕަ، ދާންދޫ
ތުއްތުކަތީބުގެ މިލްކެއްކަމަށްވާ "ފަތުޙުއްސަޢީދު" ނަމަކަށްކިޔާ އޮޑި ދިވެހި ސަރުކާރުގެ ފަރާތުން
ނީލަމުގައި ވިއްކާލާފައިވާކަމަށް އޭނާ ބުނާބުނުމުގެ މައްޗަށް ކަމާއި، އަދި އެ ޙަޤީޤަތުގެ މައްޗަށް ފުރަތަމަ
ހުށަހެޅުނު މައްސަލާގެ ތެރޭގައި، އިސްތިއުނާފަށް ހުށަހަޅާފައިމިވާ މައްސަލާގައި ހުށަހަޅާފައިވާ، އޮޑިއާއި
އޮޑީގެ ބޮއްކުރާ ވިއްކާލުމުން ލިބުނުކަމަށްބުނާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް
ޢަބްދުލްހާދީއަށް އޮތްކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ޙަޞްމުންނާއި، ކޯޓު ނަންބަރު
ގެ ނަންބަރު 6
/
85-JC/45 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި ހިމެނޭ ހަސްމުންނަކީ
އެއްބައެއްކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން، 18 ސެޕްޓެމްބަރު 1989 ގައި ކޯޓު ނަންބަ
ނަންބަރު 6
/
85-JC/45 ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި، "ފަތުޙުއްސަޢީދު"
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
11
2{12/HC-A/305
ޤަޟިއްޔާ ނިމުނު ގޮ
4 27 0k
އެޗްނަގެ
22
އޮޑިއާއި އެއޮޑީގެ އަގެއްކަމަށް ކަނޑައަޅުއްވާފައިވާ މިންވަރާމެދު ހިތްހަމަނުޖެހިގެން
އެމައްސަލަ 3 އޮކްޓޯބަރު 1989 ގައި، ޢަބްދުލްހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމާގުޅިގެން، 3 ޖޫން 1991 ގައި އެމައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް
ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން ކޯޓު ނަންބަރު 6 ގެ
ނަންބަރު 6
/
85-JC/45 ޤަޟިއްޔާގައި ހިމެނުނު މައްސަލަ، އެޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅުނު
ޙަޤީޤަތުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާކަން، އެޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެނގޭކަމާއި،
އެހެންކަމުން، އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، ކޯޓަކުން ފައިޞަލާކުރަނިވި
ޙުކުމެއް ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ ތެރޭގައި
ކޯޓަށް ހުށަހަޅާފައިވާ ނުވަތަ އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް
ބިނާކޮށް، އެމައްސަލައެއްގައި ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދަޢުއެއްކަމަށްވާ
"ރެސް ޖުޑިކާޓާ" ގެ ދަށުން، އެމައްސަލާގައި އެދިފައިވާ ކަންތަކުގެ މައްޗަށް ސިވިލް ކޯޓުން
ފައިޞަލާކުރަނިވި ޙުކުމެއް ކުރެވޭނެ މައްސަލައެއް ނޫންކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/180
(2009/MC/1987) ޤަޟިއްޔާގައި ހިމެނޭ މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއު
ތިއުނާފުކުރަމުން ހުށަހަޅާފައިވާ، މިރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ)
ގައި ބަޔާންކޮށްފައިވާ ނުކުތާއާމެދު ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ސިވިލް ކޯޓުގެ
އިސްވެދެންނެވުނު ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ މައްޗަށް، ދައުލަތުގެ ފަރާތުން ހުށަހެޅި އެނުކުތާގައި
ބަޔާންކޮށްފައިވާ ޤާނޫނީ މަބްދަޢު ތަޠުބީޤުކުރުމުން، އެމައްސަލާގައި ސިވިލް ކޯޓުން ކުރައްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
12 ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/305
ބާޠިލުކުރަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވުމާއެކު،
މިމައްސަލަ އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެހެން ނުކުތާކަމަށް މިމައްސަލައިގެ
ތެރޭގައި ބެލިފައިނުވާކަމެވެ.
180/Cv-C/2010
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
(2009/MC/1987) ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، ކޯޓަކުން
ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ މައްސަލައެއްގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން
އެމައްސަލާގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިވާ ނުވަތަ އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް
ކަންކަމުގެ މައްޗަށް ބިނާކޮށް، އެމައްސަލައެއްގައި ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ
ސިވިލް ކޯޓުގެ
މަބްދަޢުއެއްކަމަށްވާ
މަށްވާ "ރެސް ޖުޑިކާޓާ" ގެ ދަށުން، އެމައްސަލާގައި އެދިފައިވާ ކަންތަކުގެ މައްޗަށް ސިވިލް
ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށާއި، އެހެންކަމުން
ނަންބަރު 2010/MC
/
2009
)
180
/
Cv
-
C/1987) ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވޭކަމެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
180
/
Cv
-
C/1987)
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 833/471.
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
"ދިވެހިން884 ގައި
13
2{012/HC-A/305
3 24 2
ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
180
/
Cv
-
C/1987)
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ.
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
އަޙްމަދު ޝަރީފް
އިސްފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv