ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/276 ޤަޟިއްޔާގެ ޙުކުމް
1
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/276
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 276/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ރަޝީދު ޙުސައިން
އައިޑީ ކާޑުނަންބަރު: A131065
* ދާއިމީ އެޑްރެސް: ޝަބްނަމްގެ| ހދ.ނޮޅިވަރަން
މިހާރުގެ އެޑްރެސް: ޝަބްނަމްގެ/ ހދ.ނޮޅިވަރަން
... 9
*
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 20 ނޮވެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/B9C/11
ކޯޓު: ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓު
• މައްސަލައިގެ ބާވަތް:ޚިޔާނާތްތެރިވުން
• ހުށަހެޅުނު ތާރީޚް: 04 މާރޗް 2012 ނިންމެވި ތާރީޚް: 18 އެޕްރީލް 2013
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013HC-A/276
O
ދަޢުވާގެ ޚުލާޞާ
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށްޓަކައި ހދ.ނޮޅިވަރަން، ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހއ 239
8
ހވާކުޗެމްށި
މީނާގެ އަތަށް
1- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11
ޤަޟިއްޔާއަކީ
ހދ. ނޮޅިވަރަން ޝަބުނަމްގެ ޢަލީ ރަޝީދު ޙުސައިން ރަށު އޮފީހުގެ ކަތީބު ކަމުގެ
މަޤާމުގައި ހުރިއިރު ރަށުއޮފީހުން އައިޑީ ކާޑު ހެއްދުމަށް އާއްމުންގެ އަތުން 28 ފެބްރުއަރީ 2010 ދުވަހު
ނަގާފައިވާ -/3600 (ތިންހާސް ހަސަތޭކަ) ރުފިޔާ ހދ.އަތޮޅު އޮފީހާއި
ދިނުމުން ލިޔެކިޔުންތައް ދިމާނުވާ ކަމަށްބުނެ އެފައިސާތައް އަތޮޅު އޮފީހާއި ޙަވާލުކޮށްފައި ނުވާތީ އާއި
އެފައިސާތައް ރަށުއޮފީހާއި ޙަވާލުނުކޮށް މީނާގެ އަތުގައި ބަހައްޓާފައިވާތީ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ ގެ ދަށުން ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް ކުރެވުނު
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެއް ކަމާއި
2- އެޤަޟިއްޔާގައި ހުކުމް ކުރައްވާފައިވަނީ " ދެންފަހެ، ބަޔާންވެދިޔަ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް ދަޢުލަތުގެ ފަރާތުން ހދ.ނޮޅިވަރަން ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް
މިކުޅަ ޚިޔާނާތްތެރި ވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ޘާބިތުވާތީ ޢަލީ ރަޝީދު ހުސައިން ޚިޔާނާތްތެރިވުމުގެ
ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06
ދިހައެއް) މަސްދުވަހަށް އަދި ޤާނޫނުލް ޢުޤޫބާތުގެ 143 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހަށް
މުޅިއެކު 02 (ދޭއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހދ.ނޮޅިވަރަން ޝަބްނަމްގެ ޢަލީ
ރަޝީދު ޙުސައިން ޖަލަށް ލުމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
ދިވެހިރާ2 ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2{13/HC-A/276
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11
ޤަޟިއްޔާ އެކޯޓުން ނިންމަވައިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން ހދ.ނޮޅިވަރަން، ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން 04 (ހަތަރު)
ނުކުތާއެއް ހުށަހަޅާ އެ ނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި
ޚިލާފަށް މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް އެދުމުން އެއީ ދޫކުރަން ހަމަޖެހިފައިވާ ލިޔެކިޔުންތަކެއް
ނޫންކަމަށް ބުނެ ލިޔެކިޔުންތައް ނުދީ މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާއި ސުވާލު ކުރުމާއި އެމީހަކު
ބޭނުން ހެއްކެއް ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި އެހެކިންނާއި ޝަރީޢަތުގެ މަޖިލީހުގައި
ސުވާލު ކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތައް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނިކޮށް ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތުވެސް ނުދީ ހެކިން
ދެއްކި ވާހަކަތަކާއި ގުޅިގެން ޖުމުލަކޮށް އެއްޗެއް ބުނުމުގެ ފުރުޞަތުވެސް ނުދީ މައްސަލަ ނިންމާފައިވުން
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
*
2 20
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި
ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތު)ގެ 131 ވަނަ
މާއްދާއާއި 143 ވަނަ މާއްދާއާއި ޙަވާލާދީ ޙުކުމްކޮށްފައިވާއިރު، މައްސަލައިގައި ވަށައިގެންވާ ހުރިހާ ކަމަކަށް
ބަލަންވާވަރަށް ނުބަލާ ބުނެވިދިޔަ މާއްދާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު ޙުކުމް ކޮށްފައިވަނީ ޢަމަލުކުރަމުން
އަންނަ ޢާއްމު އުޞޫލާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާ-2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{13/HC-A/276
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓް އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ނ) ގައި ބުނެފައިވަނީ، ”ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު،
ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެ މިފައިން ކަމާއި، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)
ގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް
ލިބޭންވާނެއެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ.)
ބަޔާންކުރެވިފައިވާކަމާއި، އެމާއްދާގެ (ޅ) ގައި ”އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު
އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ.“
ބަޔާންކުރެވިފައިވާކަމާއި، އަދި އެމާއްދާގެ (ހ) ގައި "ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ
ހެކިންނާ ސުވާލުކު އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ
ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވެއެވެ.” މިފަދައިން ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކުށެއް ކުރިކަމުގެ ދަޢުވާ
އުފުލިފައިވާ މީހަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަކީ ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ
ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުންވާ ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ
ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤުކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ޙައްޤުތަކަކީ ކުށުން
ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް ލިބުމާއި، އެ މީހަކު އިޚްތިޔާރުކުރާ
ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ލިބިދިނުގެ ޙައްޤުކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{13/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކުގެ ތެރެއިން ކުށުން ބަރީއަވުމަށް
މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ލިބިދޭންވާނެކަމަށް އެމާއްދާގެ (ބ) ގައި ބުނެފައިވާއިރު،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ”ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް
ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.“ ބުނެފައިވާކަމާއި؛
ކުށެއް ކުރިކަމަށް ދަޢުވާ އުފުލިފައިވާ މީހަކު ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި
އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމަކީ، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ މުހިއްމު
އެއް އަސާސްކަމަށްވާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދިފާއު ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް
ލިބިދިނުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި، ޝަފަވީ އަދި ކިތާބީ ހެކިތައް
ދެނެގަނެ އެހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި،
ހެކި ތަޢުނުކުރުމުގެ މަގު ތަނަވަސްވެފައި
އޮންނަންވާނެކަމާއި،
ޢަލީ ރަޝީދު ހުސައިންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިމިވާ ތިލަދުންމަތީ ދެކުނުބުރީ
ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11 ޤަޟިއްޔާގެ ޝަރީޢަތް ދަށުކޯޓުގައި ހިންގިއިރު
މައްސަލާގައި ޖަވާބުދާރީ ވުމަށްޓަކައި ކޯޓަށް ހުށަހެޅިފައިވާ ލިޔުންތައް ހޯދުމަށް އަގަބަހުން ޝަރީޢަތުގައި
އެދުނު ކަމަށާއި ނަމަވެސް އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ޢަލީ ރަޝީދު ހުސައިންގެ ފަރާތުން
ބުނެފައިވާއިރު ދަޢުލަތުންވެސް އެކަމަށް އިންކާރު ކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމާއި
އަދި ޢަލީ ރަޝީދު ހުސައިންގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާއި ގުޅިގެން ދައުލަތުން
ހުށަހެޅި މައްސަލަ ދަށުކޯޓުން ޝަރީޢަތަށް ސާބިތުވާ ކަމަށް ނިންމަވާފައިވަނީ ހެކިންގެ ހެކިބަހުގެ މައްޗަށް
ބިނާކުރައްވައިކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި ބަޔާންތަކުންވެސް އެނގެން އޮތްކަމުގައި
ވިއަސް ޢަލީ ރަޝީދު ހުސައިންއަށް ދަށުކޯޓަށް ހެކިން ދީފައިވާ ހެކިބަހާމެދު ވާހަކަ ދައްކާ ސުވާލުކޮށް
ހެދުމުގެ ފުރުޞަތު ނުދޭކަމަށް ޢަލީ ރަޝީދުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި
ނުކުތާތަކުގައި ބަޔާން ކޮށްފައިވާކަމާއި ނަމަވެސް ޢަލީ ރަޝީދު ޙުސައިންއަށް ހެކިބަހާމެދު ވާހަކަ ދައްކާ
ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ދަށުކޯޓުން ދެއްވާފައިވާކަން އެނގޭ އެއްވެސް ބަޔާނެއް ނެތްކަން
ދަށުކޯޓުން މައްސަލާގެ ޝަރީޢަތް ނިންމެވި ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{13/HC-A/276
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހައިކޯޓަށް ދީފައިވާ ބަޔާނުގައިވެސް އެފަދަ ފުރުޞަތެއް ޢަލީ ރަޝީދު ހުސައިންއަށް ލިބިފައިވާކަން
ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް ބުނެފައިވާކަންވެސް އެނގެއެވެ.
(ނ) ދެވަނަ ކަމަކީ، ދަޢުވާއެއްގައި އިޝާރާތްކުރާ ޙާދިޘާއާ ގުޅިގެން ހެކިބަސްދޭ
ފަރާތްތަކުން ކޯޓަށް ދީފައިވާ ހެކިބަހުގައި އެފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ޙަވާލާދީ، ޝަރީޢަތުގެ
ފަރާތުން ސުވާލުކުރާ ޙާދިޘާއާ ގުޅިގެން ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް
ނެތްކަމަށްބުނެ ދޭ ހެކިބަހުގެ ބަޔާނަކީ، ޝަރުޢުގައި ކަމެއް ސާބިތުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތީން
ޝަރީޢަތުގެ މަޖިލީހުގައި އެކަމެއް ކުރަނިކޮށް ދުށްގޮތަށް، ނުވަތަ އެވާހަކައެއް އަޑުއެހި ގޮތަށް އޭގެ
ތަފްސީލާއެކު އެކަންކުރި ބަޔަކާއެކު ސިފަކޮށްދޭންޖެހޭ އުޞޫލުން ދީފައިވާ ހެކިބަހެއް ކަމަށް ޝަރުޢީ އަދި
ޤާނޫނީ ގޮތުން ބެލެވެންޖެހޭ ސަބަބެއްނެތް ކަމަށާއި، އަދި ކޮންމެ ހެކިބަހަކީ، އެހެކިބަހަކާމެދު ޝަރީޢަތުގެ
މަޖިލީހުގައި ސުވާލުކޮށް އޮޅުން ފިލުވުމުގެ ފުރުޞަތު ލިއްބައިދޭ ގޮތަށް ދޭންޖެހޭ ހެކިބަހަކަށް ވާތީ ޖުމްލަ
ގޮތެއްގައި ހާދިޘާއަކާ ބެހޭ ގޮތުން ދެވޭ ހެކި ބަހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް
ކަމެއް ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެއްކެއްކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށާއި މިފަދަ މައްސަލަ ތަކުގައި
ރިޢާޔަތް ކުރަންޖެހޭނެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC-A/2008 ޤަޟިއްޔާގައި
ޤާއިމުކޮށްފައިވާ ކަމާއި
މިފަދަ މައްސަލަ ތަކުގައި ޢަމަލުކުރުމަށް، އިސްވެދެންވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 17/HC
-
A/2008 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުޞޫލަށް ބަލާއިރު އެޤަޟިއްޔާގައި
ބަޔާންކޮށްފައިވަނީ، ކޯޓަށް ދީފައިވާ ހެކިބަހުގައި ތަޙްޤީޤު ބަޔާނަށް ރިފަރކޮށް ހެކިބަސް ދީފައިވާ ގޮތަކީ
ޝަރީޢަތަށް ކަމެއް ސާބިތު ކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި އެކަމެއް ކުރަނިކޮށް ދެކުނުގޮތަށް އެކަންކުރި
ބައެއް އެކަން ސިފަކޮށް ބަޔާންކޮށްދޭންޖެހޭ އުޞޫލުން ޤާނޫނީ އަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ
މަޤުޞަދު ހާޞިލުވާގޮތަށް ދީފައިވާ ހެކިބަހެއް ނޫންކަމަށް ކަމާއި،
އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި 15 މެއި
2012 ގެ ތާރީޚުގައި ހދ.ނޮޅިވަރަން އޯކިޑު މުޙައްމަދު ޝުޖާއު އާއި ހދ.ނޮޅިވަރަން ހަޒާރުމާގެ ޢަބްދުލް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{13/HC-A/276
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖަލީލު ހުސައިން ދީފައިވާ ހެކިބަހަށް ބަލާއިރު މިދެމީހުންވެސް ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި
މިމައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙްޤީގަށް ބަޔާނެއް ދީފައިވާނެ ކަމަށާއި އަދި އެބަޔާން އެވަނީ
ތަޙްޤީޤަށް ކިޔައިދިން ގޮތަށް ކަމަށް ބުނެފައިވީނަމަވެސް މިމައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި
މުޙައްމަދު ޝުޖާޢުއާއި ޢަބްދުލް ޖަލީލު ހުސައިން ދީފައިވާ ހެކިބަހުގައި ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ހިންގާފައިވާ ގޮތާއި އަދި އެކަން ހިނގިގޮތް ހެކިންނަށް އެނގޭ ގޮތްތަކާއި
މިކަންކަމުގެ ތަފްސީލްތައް ހާމަކުރެވި ކަންހިގާފައިވާގޮތް ޝަރީޢަތުގެ މަޖިލީހުގައި ސިފަކޮށްދީ
ސާފުކޮށްދެވިފައި ނުވާކަން އެނގެއެވެ.
(ނ) ތިންވަނަ ކަމަކީ، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް
މައްސަލަބަލާ ފަނޑިޔާރު ތަޤްލީމް (evaluation ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ
ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ
މިންވަރަށް އިޤުތިސާޢު(convince} ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި
ނުވާނެކަމީ "ޤަރީނަތުލް (presumption of innocence) ގެ ޢާންމު ޤާނޫނީ
މަބްދަޢުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތު ކަމަށާއި
އަދި ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް
ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން
އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ
ހެކިބަސް ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ހެކިބަހަކަށް ވެގެންމެނުވީ އެހެކި ބަހަކީ ޤާނޫނީ ގޮތުން
ޞައްޙަ ދަލީލެއް ކަމުގައި ނުބެލެވޭނެކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
02 2x 222
ހ9ނﷲނ
ވީމާ އިސްވެ ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން
ހުރުމުން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11 ޤާޟިއްޔާގައި
ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013HC-A/276
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/B9C/11
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް
މައްސަލަ ނިންމީއެވެ.
ދިވެހިރާ-2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv