ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/07 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ބަt
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 07/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ޖުމްހޫރީޕާޓީ
ދާއިމީ އެޑްރެސް: މ.ޗަނބޭލީގެ/ މާލެ
އެޑްރެސް: އެލްޕާސޯ ނ.ވެލިދޫ
ވަލީކު: އޏ.މުޙައްމަދު ޙަލީމް
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ) /މާލެ
ވަކީލު: އޏ. ހުސްނުއްސުޢޫދު
، ދާއިމީ އެޑްރެސް:ހަސަންކާރިގެ/ ސ.ހުޅުދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޖުމާދަލްއާޚިރާ 1439
07 އެޕްރީލް 2014
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1439
23 އެޕްރީލް 2014
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފް ޙުސައިން، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316477
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
މައްސަލާގެ ޚުލާޞާ
މިއީ،
22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ޅ.ނައިފަރު ދާއިރާ (ދާއިރާ ކޯޑު: G02) ގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދިޔަ ވަގުތު،
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި (ށ)
އާއި 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް، ނައިފަރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ
ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި އަޙްމަދު މުޙައްމަދު (ކެނޑިޑޭޓް ނަންބަރު: 2) ގެ ތާއީދު
ގެއްލޭގޮތަށް، އަދި އެދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި އަޙްމަދު ޝިޔާމް (ކެނޑިޑޭޓް ނަންބަރު: 1)
ގެ ތާއީދު އިތުރުވާގޮތަށް، ޖުމްހޫރީ ޕާޓީ ބައިވެރިވެފައިވާ "ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި
ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި ލީޑަރުންގެ ނަންނަމުގައި އެސް.އެމް.އެސްތައް ފޮނުވުމާއި އަދި ޚުދު
އަޙްމަދު މުޙައްމަދުވެސް އަޙްމަދު ޝިޔާމަށް ވޯޓުދޭން އެދޭކަމަށްބުނެ އެސް.އެމް.އެސް ފޮނުވައި،
"ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި ލީޑަރުން ތާއީދު
ކުރަނީ އަޙްމަދު ޝިޔާމަށްކަމަށް އެދާއިރާގައި ވޯޓުލާން ނިކުތް މީސްމީހުން ކައިރީ ބުނަމުން ދިޔުމުގެ
ސަބަބުން އަޙްމަދު މުޙައްމަދުގެ އިންތިޚާބީ ޙައްޤަށް ހުރަސްއެޅި، އިންތިޚާބަށް ނުފޫޒު ފޯރާފައިވާތީ، ޤާނޫނު
ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ނައިފަރު
ދާއިރާ (ދާއިރާ ކޯޑު: G02) ގެ އިންތިޚާބް ބާޠިލްކޮށްދެއްވުން އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މިމައްސަލަ ބިނާކޮށްފައިވާ ސަބަބާއި އޭގެ ތަފްޞީލު ބަޔާންކުރަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ،
22 މާރޗް 2014 ވަނަ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނައިފަރު
ދާއިރާ (ދާއިރާ ކޯޑު: G02) ގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދިޔަ ވަގުތު، ޤާނޫނު
ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި (ށ)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 6471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2014/HC-I-SH/07
04
ދިވެހިރާއްޖޭގެ ހައިކޯ"
44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް، ނައިފަރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ
ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި އަޙްމަދު މުޙައްމަދު (ކެނޑިޑޭޓް ނަންބަރު: 2) ގެ ތާޢީދު
ގެއްލޭގޮތަށް، އަދި އެދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ކެނޑިޑޭޓް އަޙްމަދު ޝިޔާމް (ކެނޑިޑޭޓް
ނަންބަރ: 1) ގެ ތާޢީދު އިތުރުވާގޮތަށް، އަޙްމަދު މުޙައްމަދު ނިސްބަތް ވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ
ބައިވެރިވެފައިވާ "ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި
ލީޑަރުންގެ ނަންނަމުގައި އެސް.އެސް.އެމްތައް ފޮނުވުމާއި އަދި ޚުދު އަޙްމަދު މުޙައްމަދުވެސް އަޙްމަދު
ޝިޔާމަށް ވޯޓުދޭން އެދޭކަމަށްބުނެ އެސް.އެމް.އެސް ފޮނުވައި، "ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ
މައި ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި ލީޑަރުން ތާއީދު ކުރަނީ އަޙްމަދު ޝިޔާމަށްކަމަށް އެ
ދާއިރާގައި ވޯޓުލާން ނިކުތް މީސްމީހުން ކައިރި ބުނަމުން ދިޔުމުގެ ސަބަބުން އަޙްމަދު މުޙައްމަދުގެ
އިންތިޚާބީ ޙައްޤަށް ހުރަސްއެޅި، އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަމަށާއި، މިހެންކަމުން 22 މާރޗް
2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޅ.ނައިފަރު ދާއިރާ (ދާއިރާ ކޯޑް G2) ގެ
އިންތިޚާބު ބާޠިލްކޮށްދިނުމަށް އެދޭކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ
ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބާއި އޭގެ ތަފްޞީލު ބަޔާންކުރަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކަށް
ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ،
ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ޝަކުވާއަކީ އިންތިޚާބުތަކާބެހޭ ކޮމްޕްލެއިންސް
ރޯއަށްވެސް ހުށަހެޅިފައިވާ ޝަކުވާއެއްކަމަށާއި، ނަމަވެސް މިޝަކުވާއާއި ގުޅޭ އެސް.އެމް.އެސްތަކާ
މައުލޫމާތުތަކެއް ސާފުކުރުމަށްއެދި ކޮމިއުނިކޭޝަން އޮތޯރިޓީއަށް ސިޓީއެއް ފޮނުވާފައިވީނަމަވެސް،
ނިންމިފައިނުވަނީ، އެމައުލޫމާތު ސާފުވެފައިނުވާތީކަމަށާއި، އިންތިޚާބާބެހޭ
ޢާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި، ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމުގައި މަސައްކަތް ކުރާ
ހުރިހާ ފަރާތްތަށްވެސް ބަހައްޓަންޖެހޭ ސުލޫކީ މިންގަނޑެއް ބަޔާންކޮށްފައިވާކަމަށާއި، ޖުމްހޫރީ ޕާޓީގެ
ފަރާތުން ކޮށްފައިވަނީ ސީރިއަސް ތުޙުމަތުތަކެއްކަމަށް ވީނަމަވެސް
ގޮތެއް ނިންމޭނީ
އެޝަކުވާއާމެދު އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނި
ބއއ
eyއ
.2
-
E 40
cocco
COOX
2
4
ޑ 23
30 ފ 1
އެތުޙުމަތުތަކަށް
Ocx
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:
381641
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
އިލެކްޝަންސް ކޮމިޝަނުން އެޝަކުވާތަކާ ގުޅޭ ތަޙުޤީޤު ނިމިގެންކަމަށާއި، އެހެންކަމުން، ޝަކުވާ
ހުށަހެޅި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް މިމައްސަލައާއި
މެދު ގޮތެއް ހައިކޯޓުން ނިންމަވައިދެއްވުން އެދޭކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގައި ދިވެހިރާއްޖޭގެ
ހައިކޯޓުން ޙުކުމް ކުރުމުގެ ކުރިން ޖުމުހޫރީ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ޝަކުވާ އެކޮމިޝަނުން ބަލައި އެކޮމިޝަނުން މިޝަކުވާއާއި މެދު ނިންމި ގޮތުގެ ލިޔުން ދިވެހިރާއްޖޭގެ
ހައި ކޯޓަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޙިއްސާކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން، މައްސަލަ ހުށަހަޅަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާގުޅުންހުރި
ޤާނޫނުތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދޭތި ވެ ·
(ހ) ފުރަތަމަކަމަކީ، އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ
ޤަވާއިދާއި ނުވަތަ އިންތިޚާބުތަކާބެހޭ ޚާއްސަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ ޚިލާފަށް
އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާއި ގުޅިގެން މިޤާނޫނުގެ 62 ވަނަ
މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެކޮމިޝަނުން ނިންމި
ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭނަމަ،
އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެކަމަށް
އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި އޮންނަފަދައިން މިގޮތަށް ހުށަހަޅާ
މައްސަލައެއް ހައިކޯޓަށް ހުށަހަޅާނަމަ ސަބަބާއި ތަފްސީލާއި ހެއްކާއި އެކު ހުށަހަޅަންޖެހޭނެކަމަށް މިމާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާކަމާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މިއިންތިޚާބީ ޝަކުވާ ބިނާކޮށްފައިވާ
މައިގަނޑު އަސާސަކީ އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޅ. ނައިފަރު ދާއިރާގެ އިންތިޚާބުގައި
ވާދަކުރާ ކެންޑިޑޭޓާއި ގުޅޭ ގޮތުން ސައްޚަނޫން އެސް.އެމް.އެސް ތަކެއް ފެތުރިފައިވާތީ އެކަމުގެ ސަބަބުން
އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ނުފޫޒު ފޯރާފައިވާކަމަށް ބުނެ އަދި އެކަމުގެ ސަބަބުން އެދާއިރާގެ
އިންތިޚާބަށް އަސަރުކޮށްފައިވާތީ މިދާއިރާގެ އިންތިޚާބު ބާޠިލްކޮށް ދިނުމަށް
ހުށަހެޅި
ޓުލާން ތިބި
OXO
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
ޝަކުވާއެއްކަމުގައިވާއިރު، މިމައްސަލަ ސާބިތުކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ފަރާތުން ހެކީގެ ގޮތުގައި
ހުށަހަޅާފައިވަނީ 23 މާޗް 2014 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އެޕާޓީގެ ފަރާތުން ހުށަހެޅި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ޝަކުވާ ހުށަހަޅާ ފޯމްގެ ނަކަމާއި، އެޝަކުވާއާ އެކު ހުށަހެޅުނު
ލިޔުންތަކާއި، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 2014
/
01/NECB
/
JP (24 މާރޗް 2014)
ސިޓީގެ ނަކަމާއި، ޖުމްހޫރީ ޕާޓީގެ ނަންބަރު:2014
/
03
/
337/JP
-
LT (24 މާރޗް 2014) ސިޓީގެ
ނަކަމާއި، ޅ.ނައިފަރު | މޫން ލައިޓް މުމްތާޒް މުޙައްމަގު
އެމަދުގެ ނަމާއި، އެރަށު ހަލަވެލި އަޙްމަދު ޢަބްދުﷲ ގެ
ނަންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި އިންތިޚާބީ
މި ޝަކުވާ ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ހުށަހެޅި 23 މާޗް 2014 ވަނަ ދުވަހު އިލެކްޝަންސް
ކޮމިޝަނަށް އެޕާޓީގެ ފަރާތުން ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ޝަކުވާ ހުށަހަޅާ ފޯމްގެ
ނަކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 2014
/
01/NECB
/
JP (24 މާރޗް 2014) ސިޓީގެ
ނަކަމާއި، ޖުމްހޫރީ ޕާޓީގެ ނަންބަރު:2014
/
03
/
337/JP
-
LT (24 މާރޗް 2014) ސިޓީގެ ނަކަލަށް
ބެލުމުން
މި ދެ ޑޮކިއުމަންޓް އަކީ އޭގައި ހިމެނިފައިވާ ކަންކަމަށް ބަލާއިރު، ހުށަހެޅިފައިވާ މައްސަލަ
ސާބިތުކުރުމަށް ހެކި ލިބޭ ދެ ޑޮކިއުމަންޓްކަމަށް ނުބެލެވޭކަމާއި، މިލިޔުންތަކުން ހަމައެކަނި އެނގެން
އޮންނަނީ، މިމައްސަލައިގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮށްފައިވާ ޝަކުވާގައި ހިމެނޭކަންކަން އެޕާޓީގެ
ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމާއި އަދި އެކަންކަން އިލެކްޝަންސް ކޮމިޝަނުން ބަލަމުން
ގޮސްފައިވާކަން އެކަނިކަން އެނގޭއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން، އިލެކްޝަންސް ކޮމިޝަންގެ ޤައުމީ
ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅި ޝަކުވާގެ އެމައްސަލަ އިލެކްޝަންސް ކޮމިޝަނުން ތަޙްޤީޤުކޮށް،
އެޝަކުވާއާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާ އެކަން ޖުމްހޫރީ ޕާޓީ އަށް އަންގާފައިވާކަން
މިމައްސަލައާއިއެކު ލިބިފައިވާ ލިޔުންތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން މިޝަކުވާއާއި ގުޅިގެން
އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ " ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް
މޯލްޑިވްސްގައި ދަންނަވައިގެން އެފަރާތުން ފޮނުވައިދިން މަޢުލޫމާތަށް ބަލާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން
ހުށަހެޅި ފޯނު ނަންބަރުތަކުން ކުރެ ނަންބަރަކުން، ޝަކުވާއާއެކު މެސެޖު ލިބުނުކަމަށްބުނެ ހުށަހަޅާފައިވާ
އެއްވެސް ނަންބަރަކުން މެސެޖް ފޮނުވާފައި ނުވާކަން ސާބިތުވާކަމަށާއި، އަދި މިދެ ނަންބަރު ބޭނުންކޮށްގެން
rއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 331671
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
މެސެޖް ފޮނުވާފައިވަނީ ކޮން ފަރާތަކުން ކަން އަދި ކިހިނެއްކަން އެއޮތޯރިޓީއަށް އެނގެންނެތުމުންނާއި، ވެބް
އެސް.އެމް.އެސް އެކައުންޓްގެ މަޢުލޫމާތު ދިރާގުން ލިބެންނެތަތީ، މިޝަކުވާ އިތުރަށް ބަލައި ކުރިއަށް
ގެންދެވެން ނެތްކަމުގައިކަން މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި
ލިޔުންތަކުގެ ތެރޭގައި ހިމެނޭ އެކޮމިޝަނުގެ ނަންބަރު 2014
/
80/NECB
/
PE
/
SJ ޝަކުވާގެ ޖަވާބަށް
ބެލުމުން އެނގެން އޮންނަކަމެވެ.
COCO
4
COCCO
ut cu
އަނެކަކަށް
(ނ) ތިންވަނަކަމަކީ، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވައިގެން، ވޯޓުވާ
ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ،
އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތަށް ސާބިތުވުމަކީ،
އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންޖެ ފަދަ މަޤްބޫލު ސަބަބެއްކަން
ޤާނޫނު ނަންބަރު 2008/10 (އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނު) 65 ވަނަ މާއްދާގެ (ހ) ގެ (1)
ވަނަ އަކުރަށް ބެލުމުން އެނގެން އޮތްނަމަވެސް، އިންތިޚާބެއްގައި އެކަށީގެންނުވާ ނުފޫޒެއް ބޭނުންކުރުމުގެ
މާނައަކީ، އިންތިޚާބަކާއި ގުޅޭގޮތުން އަނެކެއްގެ އިންތިޚާބީ ޙައްޤަކާ ޤާނޫނީ ގޮތުން ނޭދެވޭ ގޮތަކަށް ބެހި
ނުވަތަ އެފަދަ ޙައްޤަކާމެދު ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން،
އެޙައްޤު
މިނިވަންގޮތުގައި އިޚްތިޔާރު ކުރުމަށް ހުރަސް އެޅުންކަން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 121 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، އަދި އިންތިޚާބަކަށް އެކަށީގެންނުވާ ނުފޫޒު ފޯރުވާފައިވާކަމަށް
އެކަމުގެ
ސަބަބުން އިންތިޚާބެއްގެ ނަތީޖާއެއް ބާޠިލްކުރުމަށް އެދި ހުށަހަޅާ އިންތިޚާބީ
ކުވާއެއްގައި، އެޝަކުވާއެއް ހުށަހަޅާ ފަރާތަކުން ޝަރީޢަތުގައި ސާބިތު
ސާބިތުކޮށްދޭންޖެހޭނީ، އެއިންތިޚާބެއްގައި
ވާދަކުރާ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކީ، ޤާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި، އެފަދަ ޙައްޤަކާއި މެދު
ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން، ވޯޓުލާންތިބި ފަރާތްތަކުން ވޯޓުލުމުގެ ޙައްޤު މިނިވަންކަމާއެކު
ބޭނުންކުރުމަށް ހުރަސް އެޅިފައިވާކަމަށާއި، އަދި އެފަދަ ނުފޫޒެއްގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
ބަދަލު އައިސްފައިވާކަމަށް ކަމަށްވީއިރު،
984 ހ
3
4
6
2 ހ
ALކވެ
(ހ2
ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މިއިންތިޚާބީ ޝަކުވާގެ މައްސަލަ ސާބިތުކު
ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި
ހިމެނޭ އެސް.އެމް.އެސް ތަކެއް ކަމަށް ބުނާ ލިޔުންތަކަށް ބަލާއިރު، އެލިޔުންތަކުން ފެންނަން އޮތީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
4
USTHAZ" "PPM"
[YAMEEN
,
“
MAUMOON
]
QASIM ގެ ނަމުގައި އަދި
ނަންބަރު 7774618 އާއި ނަންބަރު 9973007 މިނަންބަރު ތަކުން ފޮނުވާފައިވާކަމަށް ބުނާ ފޯނު
މެސެޖްތަކެއްކަން އެނގޭއިރު، މިމެސެޖްތައް ފޮނުވާފައިވަނީ ކޮން ފޯނަކުން، ކިހާއިރަކު، ކާކަށްކަން
ޝަރީޢަތަށް ސާބިތުކުރެވޭނެ
ފަދަ ހަރުދަނާ ޙުއްޖަތްތަކެއް ޖުމްހޫރީ ޕާޓީގެ ފަރާތުން
ހުށަހަޅައިފައިނުވާކަމާއި، މީގެ އިތުރުން މިމެސެޖްތަކުގައި ލިޔެފައި ހުރިކަމަށް ބުނާ ކަންކަމަށް ޖުމްލަ
ގޮތެއްގައި ބެލުމުން އެލިޔުންތަކުން ހަމައެކަނި އެނގެން އޮތީ ވަކި މީހަކަށް ތާއީދުކޮށް ވޯޓު ދިނުމަށާއި
ވަކި މީހަކަށް ވޯޓު ނުދިނުމަށް ކަން އެނގޭއިރު، އިންތިޚާބެއްގެ ތެރޭގައި ކެންޑިޑޭޓަކާއި މެދު މީހަކު
ތާއީދު އޮތް ގޮތެއް ހާމަކުރުމަކީ ނުވަތަ ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް އިރުޝާދުދީ ވަކި މީހަކަށް ވޯޓު
ނުލުމަށް އިރުޝާދު ދިނުމަކީ ހަމައެކަނި އެމިންވަރުގެ މައްޗަށް ބަލައި އެއީ ވޯޓު ލާން ތިބި ފަރާތްތަކުން
އެފަރާތްތަކުގެ މިނިވަންކަމާއި އެކު އިންތިޚާބުގައި ވޯޓުލުމަށް ލިބިފައި އޮތް ޙައްޤަށް އެކަށީގެންނުވާ
ނުފޫޒެއް ފޯރަންޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް ކަމުގައި ނުބެލެވޭކަމާއި،
4=ހ8
އިޤްeށް
ހއ ޑ 8
ބަޔާނެއް
ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މިލިޔުންތަކުގެ އިތުރަށް މިމައްސަލަ
ސާބިތުކުރުމުގެ ގޮތުން އެޕާޓީގެ ފަރާތުން މިމައްސަލައިގައި ޙާޟިރުކޮށްދިނުމަށް އެދިފައިވާ ދެހެކިން
ކަމުގައިވާ ޅ.ނައިފަރު!މޫންލައިޓް މުމްތާޒް މުޙައްމަދާއި އެރަށު ހަލަވެލި އަޙްމަދު ޢަބްދުﷲ ހެކިންގެ
ގޮތުގައި ހުށަހަޅައިފައިވާއިރު އެފަރާތްތަކަކީ ޖުމްހޫރީ ޕާޓީގެ ޝަކުވާގައި ބަޔާންކުރާ އެސް.އެމް.އެސްތައް
ފޮނުވުނުކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންކަމުގައި މިހެކިންގެ ނަން ހުށަހަޅަން ޖެހުނު
ސަބަބާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިވާހަކަތަކުން އެނގޭއިރު،
ހެކިންގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މިދެމީހުންގެ ޖުމްހޫރީ ޕާޓީގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާ ބެލުމުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން
ނަންގަވާފައިވާކަން މިމައްސަލައާއި ގުޅިގެން ހުށަހެޅުނު އިލެކްޝަންސް ކޮމިޝަންގެ ނަންބަރު
ޝަކުވާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،
މިމައްސަލައާއި ގުޅިގެން މިދެފަރާތުން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ
"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ގެއްލޭ ގޮތަށް މެސެޖްތަކެއް ވޯޓުލުން ކުރިއަށްދިޔަ ދުވަހު
ލިބުނުކަމަށާއި، އެމެސެޖްތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ނުދީ އަޙްމަދު ޝިޔާމަށް
ވޯޓު ދިންކަމަށެވެ." މިފަދައިންކަމާއި އެހެންނަމަވެސް މިލިޔުންތަކުގައި ހިމެނޭ މިމެސެޖްތައް މިގޮތަށް
ފޮނުވާފައިވަނީ ކޮންފަރާތަކުންކަން ޔަޤީންކަމާއިއެކު އެފަރާތަށް ބުނެދެވިފައިނުވާއިރު
NECB/PE/2014/53
ހއ
މިގޮތަށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 33b471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
މިމެސެޖްތައް މިދާއިރާގައި ވޯޓުލާން ތިބި ފަރާތްތަކަކަށް ލިބުމުގެ ސަބަބުން ވޯޓްލާން ތިބި މިދާއިރާގެ
ރައްޔިތުންގެ ތެރެއިން މިމެސެޖްތަކުގެ ސަބަބުން ނުފޫޒެއް ފޯރައިގެން އެފަރާތްތަކަށް ލިބިފައިވާ ވޯޓުލުމުގެ
މިނިވަންކަން ގެއްލި އެފަރާތްތަކުގެ އިޚްތިޔާރުން ބޭރުން ވޯޓު ލާފައިވަނީ ކިހާ އަދަދެއްގެ ރައްޔިތުންކަން
އަދި އެއީ ކޮންބައެއްކަން އަދި މިފަދަ ނުފޫދެއް ފޯރުވައިގެން ވޯޓު ދޭން ޖެހުމުގެ ސަބަބުން މިދާއިރާގެ
އިންތިޚާބީ ނަތީޖާއަށް އަސަރެއް ކުރިކަން ހެކިންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދުނު ފަރާތްތަކަށް
ބުނެދެވިފައިނުވާކަން އެނގޭއިރު، އެކަންކަމަކީ އެކަންކަމުގެ އެއްވެސް ތަފްޞީލެއް ޖުމްހޫރީ ޕާޓީއަށް
ވެސް ޝަރީޢަތުގައި ހާމަކޮށްދެވިފައިވާ ކަންތައްތަކެއް ނޫންކަމާއި މިހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން
ޙާޟިރުކޮށްދިނުމަށް އެދުނު ހެކިން ޙާޟިރުކުރުމަށް އެދޭ ސަބަބަކާއި ހެކިންގެ ގޮތުގައި ހުށަހެޅުނު
އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބަޔާނަށާއި މިމައްސަލައިގައި ފާހަގަކުރެވުނު
ކަންކަމަށް ބެލުމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި ހެކިން ޙާޟިރުކޮށް
އެފަރާތްތަކުގެ ބަހެއް ޝަރީޢަތުން ހޯދުމުގެ އަހަމިއްޔަތެއް އޮތްކަމުގައި ނުފެންނާތީ، އެފަރާތްތައް
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައި ނުވާނެކަމެވެ.
4
ހ84 ހ3 8
eކނ
/
ޝާރާތްކުރެވުނު
(ރ) ހަތަރުވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި އަދި މިމައްސަލަ
ސާބިތުކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި ހެކިތަކުގެ އަލީގައި މިމައްސަލައިގައި ގޮތެއް ނިންމަން
ބަލާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިޚާބީ މިޝަކުވާ ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ 22 މާރޗް
2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ.ނައިފަރު ދާއިރާއަށް ޖުމްހޫރީ
ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓް އަޙްމަދު މުޙައްމަދު (ކެނޑިޑޭޓް
ނަންބަރު: 2) ގެ ތާޢީދު ގެއްލޭގޮތަށް، އަދި އެދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓް
އަޙްމަދު ޝިޔާމް (ކެނޑިޑޭޓް ނަންބަރ: 1) ގެ ތާއީދު އިތުރުވާގޮތަށް، އަޙްމަދު މުޙައްމަދު ނިސްބަތް
ވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ބައިވެރިވެފައިވާ "ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް
ނިސްބަތްވާ އިސްވެރިންނާއި ލީޑަރުންގެ ނަންނަމުގައި އެސް.އެސް.އެމްތައް ފޮނުވުމާއި އަދި ޚުދު އަޙްމަދު
މުޙައްމަދުވެސް އަޙްމަދު ޝިޔާމަށް ވޯޓުދޭން އެދޭކަމަށްބުނެ އެސް.އެމް.އެފ
މިސް.އެމް.އެސް ފޮނުވައި، ޕްރޮގްރެސިވް
ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި ލީޑަރުން ތާޢީދު ކުރަނީ އަޙްމަދު
ޝިޔާމަށްކަމަށް އެ ދާއިރާގައި ވޯޓުލާން ނިކުތް މީސްމީހުން ކައިރި ބުނަމުން ދިޔުމުގެ ސަބަބުން އަޙްމަދު
މުޙައްމަދުގެ އިންތިޚާބީ ޙައްޤަށް ހުރަސްއެޅި، އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަމަށް ބުނެ އެސަބަބުގެ
މައްޗަށް ކަން އެނގެން އޮތް އިރު، ވޯޓުލާ ފަރާތްތަކުގެ ވޯޓު ލުމުގެ މިނިވަންކަމަށް އަރައި ނުގަނެއޭދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 339471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
އެފަރާތްތަކަށް ބިރެއް ދެއްކުމެއް، އިންޒާރެއް، ނުވަތަ އަނިޔާވެރިވުމެއް ނެތި އިންތިޚާބެއްގެ ތެރޭގައި
ކެންޑިޑޭޓަކާއި މެދު މީހަކު ތާއީދު އޮތް ގޮތެއް ހާމަކުރުމަކީ ނުވަތަ ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް
އިރުޝާދުދީ ވަކި މީހަކަށް ވޯޓު ނުލުމަށް އިރުޝާދު ދިނުމަކީ ހަމައެކަނި އެމިންވަރުގެ މައްޗަށް ބަލައި
އެއީ ވޯޓުލާން ތިބި ފަރާތްތަކުން އެފަރާތްތަކުގެ މިނިވަންކަމާއި އެކު އިންތިޚާބުގައި ވޯޓުލުމަށް ލިބިފައި
އޮތް ޙައްޤަށް އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން ކަމުގައި ބެލެވެން ނެތުމުންނާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން
މިމައްސަލައިގައި ޙަވާލާދޭ އެސް.އެމް.އެސް ތަކެއް ކަމަށް ބުނާ ލިޔުންތަކުގެ ސަބަބުން ނައިފަރު ދާއިރާގެ
އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި އަޙްމަދު މުޙައްމަދުގެ އިންތިޚާބީ ޙައްޤަށް ހުރަސްއެޅި
އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަން ޝަރީޢަތަށް ސާބިތުވާ މިންވަރުގެ ހެކި ދެއްކިފައި ނެތުމުންނާއި އަދި
އެފަދަ ނުފޫޛުއްގެ ސަބަބުން މިދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރެއްކޮށްފައިވާކަން ޝަރީޢަތަށް
ސާބިތުވާ ފަދަ ކާޕީ ހެއްކާއި ޤަރީނާ ނެތުމުން، ޖުމްހޫރީ މި ޕާޓީގެ ގެ ފަރާތުން ހުށަހެޅި މިމައްސަލަ ޝަރީޢަތަށް
ސާބިތުނުވާކަމަށް އަދި 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޅ.ނައިފަރު
ދާއިރާ (ދާއިރާ ކޯޑް G02) ގެ އިންތިޚާބަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ
ދަށުން ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅާނޭތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އެއްބަސްވެވޭކަމެވެ.
ދެންފަހެ، 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގައި ޅ.ނައިފަރު ދާއިރާ (ދާއިރާ ކޯޑު: G02) ގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް
ހިނގަމުންދިޔަ ވަގުތު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 29 ވަނަ
މާއްދާގެ (ހ) އާއި (ށ) އާއި 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް، ނައިފަރު
ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި އަޙްމަދު މުޙައްމަދު
(ކެނޑިޑޭޓް ނަންބަރު: 2) ގެ ތާއީދު ގެއްލޭގޮތަށް، އަދި އެދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި
އަޙްމަދު ޝިޔާމް (ކެނޑިޑޭޓް ނަންބަރު: 1) ގެ ތާއީދު އިތުރުވާގޮތަށް، ޖުމްހޫރީ ޕާޓީ ބައިވެރިވެފައިވާ
"ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް ނިސްބަތްވާ އިސްވެރިންނާއި ލީޑަރުންގެ
ނަންނަމުގައި އެސް.އެމް.އެސްތައް ފޮނުވުމާއި އަދި ޚުދު އަޙްމަދު މުޙައްމަދުވެސް އަޙްމަދު ޝިޔާމަށް
COX OL!
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3/1647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/07
OcOXO
ވޯޓުދޭން އެދޭކަމަށްބުނެ އެސް.އެމް.އެސް ފޮނުވައި، "ޕްރޮގްރެސިވް ކޯލިޝަން" ގައި ހިމެނޭ މައި ޕާޓީތަކަށް
ނިސްބަތްވާ އިސްވެރިންނާއި ލީޑަރުން ތާއީދު ކުރަނީ އަޙްމަދު ޝިޔާމަށްކަމަށް އެދާއިރާގައި ވޯޓުލާން
ނިކުތް މީސްމީހުން ކައިރި ބުނަމުން ދިޔުމުގެ ސަބަބުން އަޙްމަދު މުޙައްމަދުގެ އިންތިޚާބީ ޙައްޤަށް
ހުރަސްއެޅި، އިންތިޚާބަށް ނުފޫޒު ފޯރާފައިވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ނައިފަރު ދާއިރާ (ދާއިރާ ކޯޑު: G02) ގެ އިންތިޚާބް
ބާޠިލްކޮށްދެއްވުން އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ
މައްޗަށް އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބެލިއިރު، 22 މާރޗް 2014 ވަނަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ.ނައިފަރު ދާއިރާ ކޯޑު: G02) ގެ އިންތިޚާބު
ބާތިލުކުރަން ޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް މިމައްސަލަ ހުށަހެޅި ޖުމްހޫރީ ޕާޓީއަށް ދެއްކިފައިނުވާކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވުނު ހިނދު، 22 މާރޗް 2014
ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޅ.ނައިފަރު ދާއިރާ (ދާއިރާ ކޯޑު: G02)
އިންތިޚާބަކީ، ބާތިލު އިންތިޚާބެއްކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް އަންގައި، އެގޮތުގެ މަތީން
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
3 3
8 4:
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv