ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/163 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/163
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 163/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު މުޢީނު
ދާއިމީ އެޑްރެސް: ގދ. ތިނަދޫ އޯޝަންމީޑް
އައިޑީ
ކާޑު ނަންބަރ: A072634
މިހާރުގެ އެޑްރެސް: މ.
. މާފަންނުވެލި
ވަކީލު: އިޒް. މުޙައްމަދު ވަޙީދު، (އައިޑީ ކާޑު ނަންބަރު A031850)
h
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 15 ޖުލައި 2010
، ނިމުނު ތާރީޚް: 20 އޭޕްރީލް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިން
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/163
ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީކޯޓްގެ ނަންބަރު 2010/JC/327 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ގދ. ތިނަދޫ އޯޝަންމީޑް މުޙައްމަދު މުޢީނު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައާއި ގުޅިގެން ޖިނާއީކޯޓްގެ ނަންބަރު 2010/JC/327 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނު ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މުޙައްމަދު މުޢީނު
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 04/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް ބަލާއިރު،
އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ،
ނޫސްފަދަ ތަކެއްޗާއި، އެފަދަ ވާހަކައާއި، މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި،
އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ޢިލްމީ ބޭނުމަކަށް ކަމާބެހޭ ފަރާތުގެ ހުއްދަ ލިޔުމަކުން ލިބިގެން
ނޫން ގޮތެއްގައި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި،
ދިނުމާއި ފެތުރުމަކީ މުޅިން މަނާކަމެއްކަން، އެޤާނޫނުގެ 04 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން
22
އޮވެއެވެ.
(ލ) ޖިނާއީކޯޓްގެ ނަންބަރު: 2010/JC/327 ޤަޟިއްޔާގައި މުޙައްމަދު މުޢީނުގެ މައްޗަށް
ދައުލަތުން ކޮށްފައިވަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތި ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ
ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325329، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިޝެޒިއް
3
2010/HC-A/163
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާ ކަމާއި، އެދަޢުވާގައިވާ ފަދައިން، ނަޞާރާ ދީނުގެ ފޮތެއްކަމަށްވާ ”ދިންނެވުން، ކީރިތި ޚަބަރުފުޅުގެ
ލޫކާސް ފޮތް، މުޙައްމަދު މުޢީނު ރާއްޖެއަށް ގެނެސްފައިވާކަން މުޙައްމަދު މުޢީނު ދަށުކޯޓާއި ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެގެން އޮވެފައި، އެފޮތް މުޙައްމަދު މުޢީނު ރާއްޖެއަށް
ގެނެސްފައިވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ހުއްދަ ލިޔުމުން ލިބިގެންކަން ނޫންކަން އެނގެއެވެ.
(ނ) ޤާނޫނު ނަންބަރު 04/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 04 ވަނަ
މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ 03 (ތިނެއް) އަހަރާއި 08 (އަށެއް) އަހަރާއި
ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުންކަން އެޤާނޫނުގެ 13 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން، ޖިނާއީކޯޓްގެ ނަންބަރު 2010/JC/327
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރި އެއްވެސް
ފަނޑިޔާރަކަށް
4ތ ހ02
ހއ .
44 49
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގދ. ތިނަދޫ އޯޝަންމީޑް
މުޙައްމަދު މުޢީނު 16 އޮކްޓޯބަރ 2009 ދުވަހު 02:00 އެހާކަންހާއިރު، އެމިރޭޓްސްގެ 656 ފުލައިޓުން
ސްރީލަންކާއިން ރާއްޖެ އައުމުން މުޙައްމަދު މުޢީން ގެނައި މުޙައްމަދު މުޢީންގެ ދަބަސް ފާސްކުރިއިރު، އެ
ދަބަހުގެ ތެރެއިން ނަޞާރާ ދީނުގެ ފޮތެއްކަމަށްވާ ”ދިންނެވުން، ކީރިތި ޚަބަރުފުޅުގެ ލޫކާސް ފޮތް“
ފެނިފައިވާތީ އާއި، އެފޮތް ރާއްޖެ ގެނެސްފައިވާކަން މުޙައްމަދު މުޢީންގެ އިޢްތިރާފުން ޝަރީޢަތަށް
ސާބިތުވާތީ، ޤާނޫނު ނަންބަރު 04/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 04 ވަނަ
މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ގެނައުން މަނާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ ކުށުން މުޙައްމަދު
މުޢީނު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 04/75
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިޗެހިން
4
2010/HC-A/163
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ގދ. ތިނަދޫ
އޯޝަންމީޑް މުޙައްމަދު މުޢީން 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް، ޖިނާއީކޯޓްގެ ނަންބަރު
2010/JC/327 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިން