ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/68 ޤަޟިއްޔާގެ ޙުކުމް
1
2{{7/HC-A/68
A
ދިވެހިރާއްޖޭގެ ހައި29
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: HC
-
A168/2007
• އިސްތިއުނާފުކުރި ފަރާތް:
*ނަން: އަޙްމަދު ޙަމީދު
ދާއިމީ އެޑްރެސްސައިމާގެ/ ނ. ހޮޅުދޫ
* އައިޑީ ކާޑު ނަންބަރު: A026088 * މިހާރުގެ އެޑްރެސް: ސައިމާގެ
* ވަކީލު: ޢަބްދުﷲ ޝާއިރު/ •
މ. ފުރަހަނިއާގެ،
• އިސްތިއުނާފް ރައްދުވި ފަރާތް:
*ނަން: ޕްރޮސިކިއުޓަރޖެނެރަލްގެއޮފީސް
ކެޕްރޮސިކިއުޓަރ އދއ. އައިޝަތު ފަޒްނާ
• ރަޖިސްޓްރީކުރި ތާރީޚް: 06 ރަބީޢުލްއައްވަލް 1428 ނިމުނު ތާރީޚް: 27 ނޮވެމްބަރ 2011
މާރޗް
02 މުޙައްރަމް 1438
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2005/JC/340
• ނިންމެވިކޯޓު: ޖިނާއީކޯޓު
• ޤަޟިއްޔާގެބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން
• ހުށަހެޅުނުތާރީޚް: 24
= ނިމުނު ތާރީޚް: 28
33t
ނ. ހޮޅުދޫ
"
އެ ބަލިކަ*
25
2007
-
04
2005 -
12
2006
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
22
0 ދ ތތ 3
ނޫންކަ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށް ންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ހޮޅުދޫ ސައިމާގެ އައުމަދު އަމީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A026088) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހެވެ.
.1
ޢުޞޫލުތަކާ
04
xތތ
پر ہی ک هر
ފާހަގަކުރެވުނު ނުކުތާތައް:
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ހޮޅުދޫ! ސައިމާގެ އަޙުމަދު ޙަމީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A026088) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ހޮޅުދޫ/ ސައިމާގެ އަޙުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ކުރެއްވި
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން
ޝަރީޢަތުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ. އަދި މިދަޢުވާއަކީ އަޙުމަދު ޙަމީދު 08 މާރޗް
2005 ދުވަހުގެ 18:50 ހާއިރު، ސައިކަލެއްގައި މ. ލިޓްލްހަޓަށް ދިޔަ ދިޔުމުގައި މަސްތުވާތަކެތި
ގެންގުޅޭކަމަށް ފުލުހުންގެ ބޭކަލުންނަށް ޝައްކުކުރެވިގެން، މީނާ މަޑުކުރުވައި، މީނާގެ ހަށިގަނޑު ފުލުހުންގެ
ބޭކަލުން ޗެކްކުރެއްވިއިރު، މީނާ ލައިގެންހުރި ފަޓުލޫނުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ކަޅުކުލައިގެ
އިންފުލޭޝަން ޓޭޕް އޮޅާފައިއޮތް ބުލެޓަކާއި، މީނާ ދުއްވި ސައިކަލުގެ މަޑިދަށުން އިންފުލޭޝަން ޓޭޕް
އޮޅާފައިއޮތް 4 ބުލެޓް ފެނިފައިވާތީ، އެތަކެތި ތަޙުލީލު ކުރެއްވިއިރު، އެތަކެއްޗަކީ ބަރުދަނުގައި 22 ގްރާމު
ހުރި ހެރޮއިން ކަމަށް ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ
2 ވަނަ މާއްދާގެ (ހ)ގެ ދަށުން އަޙުމަދު ޙަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގެންއޮވެއެވެ.
ހިރާއްޖޭގެ ނަ
OLC
2
9 ގތ
ބޭނުމަށް
ވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{{7/HC-A/68
ޤުޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
3. މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2005;JC;340 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "އިސްވެ ބަޔާންވެދިޔަގޮތުގެ މައްޗަށް
ޝަރީޢަތުން ރިޢާޔަތްކުރުމުން ނ. ހޮޅުދޫ/ ސައިމާގޭ އަޙުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރާ
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ މައްސަލަ ޝަރީޢަތުން ބެލިއިރު
އަޙްމަދު ޙަމީދު 08 މާރޗް 2005 ދުވަހުގެ 18:50 ހާއިރު، ސައިކަލެއްގައި ލިޓްލްހަޓަށް ދިޔަ
ދިޔުމުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ ބޭކަލުންނަށް ޝައްކުކުރެވިގެން، މީނާ މަޑުކުރުވައި،
މީނާގެ ހަށިގަނޑު ފުލުހުންގެ ބޭކަލުން ޗެކްކުރެއްވިއިރު، މީނާ ލައިގެންހުރި ފަޓުލޫނުގެ ވައަތްފަރާތު ކުރިމަތީ
ޖީބުން ކަޅުކުލައިގެ އިންސްލޭޝަން ޓޮޕް އޮޅާފައިއޮތް ބުލެޓަކާއި، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން
އިންފުލޭޝަން ޓޭޕް އޮޅާފައިއޮތް 4 ބުލެޓް ފެނިފައިވާކަމަށް މީނާގެ އިޢުތިރާފުންނާއި، ހެކިންގެ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާތީއާއި، މީނާގެ އަތުން މިފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބްލެޓްތައް
ތަޙްލީލުކުރިއިރު، ބަރުދަނުގައި 22 ގްރާމް ހެރޮއިން ހުރިކަން ލެބޯޓަރީ ތަޙްލީލު ރިޕޯޓުން އެގޭތީ އަޙްމަދު
ޙަމީދު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެ
ކަމަށް ކަނޑައަޅައި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ
02 ވަނަ މާއްދާގެ (ހ) އާއި (ށ) ޙަވާލާދީ މިމާއްދާގެ (ހ)ގެ ދަށުން އަޙްމަދު ޙަމީދު ޢުމުރަށް ޖަލަށްލުމަށް
ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިގޮތަށެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށްނޫން
ނޫންކަމަށްބުނެ ނ.
ހޮޅުދޫ/ ސައިމާގެ އަޙުމަދު ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، ތިން ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: އަޙުމަދު ޙަމީދުގެ މައްޗަށް ހިންގެވި މައްސަލަ ހިންގަވާފައިވަނީ
އަދުލުވެރި ގޮތެއްގައި ނޫންކަމަށާއި، އެދަޢުވާއަކީ އެހެން މީހެއްގެ ނަމުގައި ހުށަހެޅި ދަޢުވާއެއްކަމަށްވާއިރު
އަޙުމަދު ޙަމީދުގެ މައްޗަށް ޝަރީޢަތް ހިންގަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: މައްސަލާގައި އަޙުމަދު ޙަމީދުގެ ފަރާތުން ހުށަހެޅުމަށް އެދުނު ހެއްކާއި
ޤަރީނާތައް ހުށަހެޅުމަށް ފުރުސަތު ދެއްވާނޭކަމަށް މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވެފައިވީނަމަވެސް އެފުރުސަތު
ނުލިބި މައްސަލަ ނިންމަވާފައިވުމެވެ.
.4
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
(ނ) ތިންވަނަ ނުކުތައަކީ: އަޙުމަދު ޙަމީދު ކޯޓަށް ހާޟިރު ކުރައްވައި، ދުވަހަކުވެސް މައްސަލައިގެ
ޝަރީޢަތް އަޑުއައްސަވާފައިނުވާ ޤާޟީއަކު ކުއްލިއަކަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ"
OX
2 20
ނ. ހޮޅުދޫ|
5. މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ ނ. ހޮޅުދޫ އިމާގޭ އަޙުމަދު ޙަމީދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާއަކީ،
ސައިމާގެ އަޙުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ކުރެއްވި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއެއްކަން އެނގޭކަމާއި،
އަޙުމަދު ޙަމީދުގެ މައްޗަށް ދައުލަތުން އެދަޢުވާ ހުށަހެޅުއްވީ 08 މާރޗް 2009 ދުވަހުގެ 18:50
ހާއިރު، ސައިކަލެއްގައި މ. ލިޓްލްހަޓަށް އަޙުމަދު ޙަމީދު ދިޔަ ދިޔުމުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް
ފުލުހުންނަށް ޝައްކުކުރެވިގެން، އަޙުމަދު ޙަމީދު މަޑުކުރުވައި، އަޙުމަދު ޙަމީދުގެ ހަށިގަނޑު ފުލުހުން
ޗެކްކުރިއިރު، އަޙުމަދު ޙަމީދު ލައިގެންހުރި ފަޓުލޫނުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ކަޅުކުލައިގެ
އިންސުލޭޝަން ޓޭޕް އޮޅާފައިއޮތް ބުލެޓަކާއި، އަޙުމަދު ޙަމީދު ދުއްވި ސައިކަލު މަޑިދަށުން އިންސްލޭޝަން
ޓޭޕް އޮޅާފައިއޮތް 4 ބުލެޓް ފެނިފައިވާތީ، އެތަކެތި ތަހުލީލު ކުރިއިރު، އެތަކެއްޗަކީ ބަރުދަނުގައި 22 ގްރާމު
ހުރި ހެރޮއިން ކަމަށް ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ
2 ވަނަ މާއްދާގެ (ހ)ގެ ދަށުން މަނާކުރެވިފައިވާ މަސް ވިޔަފާރީގެ ބޭނުމަށް އަތުގައި
ކުށުގެ ދަޢުވާއެއްގެ ގޮތުގައިކަން އެނގެންއޮތްކަމެވެ.
(ށ) ދެވަނަ ކަމަކީ، އަޙުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާއަށް އަޙުމަދު ޙަމީދު
ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގާފައިވާ، ޢަޙުމަދު ޙަމީދުގެ
ތަޙުޤީޤު ބަޔާނަކީ ފުލުހުން އަޙުމަދު ޙަމީދަށް އަނިޔާކޮށްގެން ނަގާފައިވާ ބަޔާނެއްކަމަށް އަޙުމަދު ޙަމީދު ޖިނާއީ
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
އަޙުމަދު ޙަމީދު ދަޢުވާއަށް އިންކާރުކުރުމުން، ޙާދިސާ ހިނގިތަނަށް ދިޔަ މީހުންނާއި ބަލައި ފާސްކުރި
މީހުންގެ ބަޔާން ހުށަހަޅާކަމަށް ބުނެ، ހެކިންގެ ގޮތުގައި ހާޟިރުކޮށްދިނުމަށް އެދިފައިވަނީ 03 (ތިނެއް)
OLC
ouc
2 22 04
0 422 42 0
48138-
م مروع کر
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
5
2{{7/HC-A/68
ޤުޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ހެއްކަކު ކަމާއި، އެނޫން ހެއްކެއް އަދި ޤާރީނާއެއްވިޔަސް އެދަޢުވާ ސާބިތުކުރުމަށް ހުށަހެޅިކަން ދައުލަތުގެ
ފަރާތުން ޖިނާއީ ކޯޓަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު އެނގެންނެތްކަމާއި، ދައުލަތުން ހުށަހެޅި 03
ހެކިންނަކީ، އަޙުމަދު ޙަމީދުގެ މައްސަލަ ތަޙުޤީޤުކުރި ކޯޕްރަލް ނަޞީރު ޢަލީ އާއި، ތަޙުޤީޤުކުރިއިރު އަޑުއަހަން
ތިބި ކޮންސްޓަބަލް އަނަސް ވަޙީދު އަދި ކޮންސްޓަބަލް ޢަބްދުލް މަޖީދު ކަމާއި، މިތިން ހެކިންގެ ހެކިބަހުން
އެނގެނީ އަޙުމަދު ޙަމީދު ތަޙުޤީޤަށް ދިންބަޔާނެއްކަމަށްބުނެ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނަކީ
އަޙުމަދު ޙަމީދު ދިން ބަޔާނެއްކަމާއި، 07 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފަށާފައިވާ ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޝަރީޢަތްކުރުމުގައި، ތަޙުޤީޤުގައިވެފައިވާ
އިޢުތިރާފަށް، އެމައްސަލައިގައި ދަޢުވާލިބޭފަރާތް އިންކާރުކޮށްފިނަމަ، ތަޙުޤީޤުކުރިފަރާތާއި ތަޙުޤީޤުކުރިއިރު
އަޑުއަހަންތިބި މީހުންގެ ގޮތުގައި ތަޙުޤީޤު ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތްތައް ހާޟިރުކޮށް، އެބަޔާނަކީ
ދަޢުވާލިބުނުފަރާތުން އެއްވެސް މަޖުބޫރުކަމެއްނެތި ދީފައިވާ، އަދި އެފަރާތުން ކިޔައިދިންގޮތަށް ލިޔެފައިވާ
ބަޔާނެއްކަމަށް ހެކިބަސް ދީފިނަމަ، ދަޢުވާލިބުނު ފަރާތުން ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބަލައި
ކުށް ސާބިތުވާކަމަށް ކޯޓުތަކުން މައްސަލަތައް ނިންމަވަމުން ގެންދަވާފައިވާކަމާއި، އިސްތިއުނާފުކުރެވިފައިމިވާ،
ޖިނާއީ ކޯޓުގެ ޤަޟިއްޔާއަކީވެސް މިހާރު ޢަމަލުކުރެވެމުން މިދާ ޤާނޫނުއަސާސީއަށް 07 އޯގަސްޓް 2008 ގައި
ޢަމަލުކުރަން ފެށުމުގެ ކުރިން، ބަޔާން ކުރެވިދިޔަ ގޮތުގެ މަތިން 28 ޑިސެންބަރު 2006 ގައި ޖިނާއީ ކޯޓުން
ނިންމަވާފައިވާ މައްސަލައެއްކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ދަޢުވާލިބޭ ފަރާތް
ދިފާޢުވުމަށް ފުރުސަތުދިނުމަކީ ޢަދުލުވެރި ޝަރީއަތެއްގައި ފުރިހަމަވާންޖެހޭނެ ކަމަކަށްވާއިރު، އަޙުމަދު ޙަމީދުގެ
ދިފާއުގައި ހެކި ހުށަހެޅުމަށް އަޙުމަދު ޙަމީދުގެ ފަރާތުން އެދިފައިވާކަން އެނގޭކަމާއި، ނަމަވެސް އެފުރުސަތު
އަޙުމަދު ހަމީދަށް ޖިނާއީ ކޯޓުން ދެއްވާފައިވާކަން ނުވަތަ ނޫންކަން އަދި އެފުރުސަތު ނުދެއްވި ސަބަބެއްވެސް
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/340 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އަދި އެމައްސަލައިގެ
ލިއުންތަކުންވެސް އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އަޙުމަދު ޙަމީދު ތަޙުޤީޤަށް ދީފައިވާ ބަޔާނަށާއި ދައުލަތުން ހުށަހެޅި
ހެކިންގެ ހެކިބަހަށް ބަލާއިރުވެސް، އަޙުމަދު ޙަމީދު އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތިކަން
ކަށަވަރުނުވާކަމާއި، އެނގެނީ އެތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެތިތަކެއްކަމާއި، މިފަދަ
މައްސަލަތަކުގައި އަތުލައިގަނެވޭ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ މަނާކުރެވިފައިވާ
މަސްތުވާތަކެތިކަން ޔަޤީންކުރެވެނީ އެތަކެތީގެ ތަޙުލީލު ރިޕޯޓުންނާއި ތަޙުލީލުކުރިފަރާތުން ދޭ ހެކިބަހުގެ މައްޗަށް
ބިނާކޮށް ގެންކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
އިވާކަމާއި،
މިމައްސަލާގައި ޙުކުމް ބިނާވެފައިވާ މައިގަނޑު އެއް އަސާސަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 2005
/
121/FSD
-
DR "ލެބޯޓްރީ ތަޙްލީލް ރިޕޯޓް" ގައި ބުނާ، އަޙުމަދު ޙަމީދު އަތުން
ފެނުނުކަމަށް ބުނާ ތަކެތީގެ ބާވަތާއި ބަރުދަނުގެ މައްޗަށްކަން އެނގޭކަމާއި، އެތަޙުލީލު ރިޕޯޓަށް ބަލާއިރު،
އަޙުމަދު ޙަމީދު އަތުން ފެނުނުކަމަށް ބުނާ މުށިކުލައިގެ ކުނޑިއެއް ހުރި 05 (ފަހެއް) ބުލެޓުގައި ހުރީ ހެރޮއިން
ކަމަށާއި އޭގެ ސާމްޕަލްގެ ބަރުދަނުގައި 22 ގްރާމް ހުރިކަމަށާއި އެތަކެތި ތަޙުލީލު ކޮށްފައިވަނީ ލާންސް
ކޯޕްރަލް ރަޙުމާ ސަޢީދު 15 މާރޗް 2005 ގައި ކަން ބަޔާންކޮށްފައިވާކަ
މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެއްޗާއި އަދި މީހަކު މަސްތުވާ އެއްޗެއް
ބޭނުންކޮށްފައިވާކަން ދަނެގަތުމުގެ ބޭނުމުގައި ތަޙުލީލުކުރާ ފަރާތަކީ އެފަދަ ކަންކަން ސައިންޓިފިކް އުޞޫލުގެ
މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާސް ލިބި، އެފަދަ ތަޙުލީލުކޮށް ލިއުން ދޫކުރުމުގެ
ހުއްދަ
މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެކަމާއި، މިކަންކަން ޤާނޫނު ނަންބަރު 17177
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ބަޔާންކުރެވިފައިވާކަމާއި،
ނަމަވެސް މިމައްސަލާގައި ބަޔާންކޮށްފައިވާ ތަކެތި ތަޙުލީލު ކޮށްފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ލާންސް ކޯޕްރަލް ރަޙުމާ ސަޢީދަކީ މިމައްސަލާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ކަމަށް ބުނާ
ތަކެތި ތަޙުލީލު ކުރިއިރު، މިފަދަ ތަޙުލީލުތައް ކުރުމުގެ ޢިލްމީ ފާހެއް ލިބިފައިވާ ފަރާތެއްނޫންކަމާއި،
ރަޙުމާ ސަޢީދު ކުރި އެތަޙުލީލު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެތަކެއްޗަކީ މަނާކުރެވި
މަސްތުވާތަކެތިކަމަށާއި، އެތަކެތީގެ ބަރުދަންކަމުގައި ބަޔާންކޮށްފައިވާ ބަރުދަނާމެދު އެކަށީގެންވާވަރުގެ
ޝައްކުތަކެއް އުފެދޭކަމެވެ.
ބި) ފަސްވަނަ ކަމަކީ، މަސްތުވާތަކެތި ފަދަ، ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް
ބަލައި، އެތަކެތީގެ ބާވަތާއި ބަރުދަންފަދަ ކަންކަން ބަލަންޖެހޭ އަދި ބަލަމުންދާ މައްސަލަތަކުގައި، މުއްތަހަމު
އެތަކެއްޗަކީ އޭނާގެ ތަކެތިކަމަށް ބުނިނަމަވެސް، ތަޙުލީލު ކުރަންޖެހޭ ހަމަތަކުގެ މަތިން، ޤާނޫނުގައި
ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ކުރެވޭ ތަޙުލީލަކުން އެއީ މަސްތުވާތަކެތިކަމާއި އަދި ބަރުދަން ބެލެވި
ޔަޤީން ކުރެވިފައި ނުވާނަމަ، އެމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެކަމާއި،
އެހެނީ، އިޢުތިރާފުގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމޭނީ އެ އިޢުތިރާފަކީ
އިޢުތިރާފެއްކަމުގައިވާނަމަ ކަމާއި، އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލައެއްގައި
ތުހުމަތުކުރެވޭމީހެއްގެ އިޢުތިރާފު ލިބިފައިވީނަމަވެސް، ތަޙުލީލު ރިޕޯޓުގައި އެއީ މަސްތުވާތަކެތި ނޫންކަމަށް
ބަޔާންކޮށްފައިވާނަމަ ނުވަތަ އެތަޙުލީލަކީ ޤާނޫނުގައި ކަނޑައެލިފައިވާ ގޮތުގެ މަތިން ކުރެވިފައިވާ ޞައްޙަ
0 2 0 0 22
އެހެންކަމުން،
މަނާކުރޮވިފައިވާ
22 23 2
ގދ ޏ ސމ ކ
ޞައްޙަ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2{{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ތަޙުލީލަކަށް ނުވާނަމަ، އެމީހާ ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމުގައި ބަލައި އެމީހާގެ މައްޗަށް ކުށް
ސާބިތުވާކަމަށް ކަނޑައެޅުމުގައި އެކަށީގެންވާ ވަރުގެ ޝައްކުތަކެއް ހުންނާނެކަން ފާހަގަކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2005
/
121/FSD
-
DR
"ލެބޯޓްރީ ތަޙްލީލް ރިޕޯޓް" އަށް ބަލާއިރު، އަޙުމަދު ހަމީދު އަތުން ފެނުނު މަސްތުވާތަކެތިކަމަށް ބުނާ ތަކެތި
ތަޙުލީލު ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ރަޙުމާ ސަޢީދު ކަމާއި، އޭނާ އެތަކެތި
ތަޙުލީލު ކޮށްފައިވަނީ 15 މާރޗް 2005 ގައި ކަން އެނގޭއިރު، އެތާރީޚުގައި ރަހުމާ ސަޢީދު އަކީ މިފަދަ
ތަހުލީލެއް ކުރުމުގެ ޢިލްމީ ފާހެއް ލިބިފައިވާ ފަރާތެއްނޫންކަން އެނގޭކަމާއި، ރަޙުމާ ސަޢީދުއަކީ އެއިރު އެފަދަ
ފާހެއް ލިބިފައިވާ ފަރާތެއްނޫންކަމުގައި ރަޙުމާ ސަޢީދު މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިން
ހެކިބަހުގައި ބުނެފައިވުމުގެ އިތުރަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ
ނަންބަރު 95
/
10
/
01/(FSD
(
AV-171 (17 ޖެނުއަރި 2010) ގެ ސިޓީއާއި އެސިޓީއާއެކު ފޮނުވާފައިވާ
ލިއުންތަކުންވެސް އެނގޭކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/7 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް ބެލިއިރު
އެޤާނޫނުގެ 18 ވަނަ މާއްދާގައިވަނީ؛
"(ހ) މަސްތުވާއެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާއެއްޗެއްގެ ބާވަތް،
ނުވަތަ މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެމަތިން ބަލަންޖެހޭ
ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު،
އެކަމާބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ
ޤާރީނާއެކެވެ.
(ނ) މިމާއްދާގެ (ހ) ގައިވާފަދަ ތަޢުލީމީ ފާސް ލިބިފައިވާ މީހަކު، ތިރީގައިމިވާ ކަންތައްތަކާ ބެހޭގޮތުން،
ޝަރީޢަތުގެ މަޖިލީހުގައި ދޭބަޔާނަކީ، އެކަމާބެހޭގޮތުން ޝަރީޢަތަށް ގަބޫލުކުރެވޭނޭ ބަޔާނެކެވެ.
(1) މަސްތުވާއެއްޗެއްގެ
ޗެއްގެ ބާވަތާއި، ނަން
(2) މަސްތުވާއެއްޗެއް ސިފަކޮށްދޭ ދިނުމާއި، އަދި
އޭގެ ބަރުދަން.
(3) މަސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައި ވާނަމަ، އެއެއްޗެއްގެ ބާވަތާއި، ނަން، އަދި
އެމަސްތުވާއެއްޗެއް ބަހަށްޓާފައިވާއެތި.
ތަޙްލީލު ކުރެވުނު ގޮތާއި، އޭގެ ނަތީޖާ.
(4)
މަސްތުވާއެއްޗެއް
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2{{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކުރެވިފައިވާ ބަޔާންދޭ މީހާއަކީ، އެފަދަ ތަޙްލީލުކޮށް ލިޔުން
ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެއެވެ." މިފަދައިންނެވެ.
ވީމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2005
/
121/FSD
-
DR "ލެބޯޓްރީ ތަޙްލީލް
ރިޕޯޓް" އަކީ މިމައްސަލާގައި ބަޔާންކޮށްފައިވާ ފަދަ މަސްތުވާތަކެތި ތަޙުލީލުކުރުމުގެ ތަޢުލީމީ ފާސް ލިބިފައިވާ
މީހަކު އެތަކެތި ތަޙުލީލުކޮށް ތައްޔާރުކޮށްފައިވާ ތަޙުލީލު ރިޕޯޓަކަށް ނުވާއިރު، އެތަޙުލީލު ރިޕޯޓުގެ މައްޗަށް
ބުރަވެ، އަޙުމަދު ހަމީދު އަތުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ
މަނާކުރެވިފައިވާ މަސްތުވާތަކެތިކަމަށް ބަލައި އަޙުމަދު ޙަމީދުގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަޙުމަދު ޙަމީދުގެ މައްޗަށް
ޢުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުގައި އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް
ހުރިކަން ފާހަގަ
44ހ4 4
ކުރެވޭކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވާ ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
އަހުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ހުށަހެޅި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް
އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޖިނާއީ ކޯޓުން ނިންމަވާފައިވަނީ 28 ޑިސެންބަރު 2006 ގައި
ކަމަށްވެފައި، ތަޙުޤީޤުގައި އިޢުތިރާފްވެފައި އެއިޢުތިރާފުން ޝަރީޢަތުގެ މަޖިލީހުގައި ރުޖޫޢަވާ މައްސަލަތަކުގައި
އޭރު ޢަމަލުކުރެވެމުންދިޔަ އުޞޫލުގެ މަތިން ބެލުމުންވެސް އަޙުމަދު ޙަމީދުގެ މައްޗަށް ހެކިބަސް ލިބިފައިވާ
މިންވަރަކީ އޭނާގެ އަތުން މަނާކުރެވިފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ފެނުނުކަން
ކަމަށްވުމުންނާއި، އަޙުމަދު ޙަމީދުގެ އަތުން ފެނުނުކަމަށް ބުނާ ތަކެއްޗަކީ މަސްތުވާތަކެތިކަން ނުވަތަ ނޫންކަން
ކަނޑައަޅައި އެނގި ޔަޤީންވާނެ ގޮތަކީ، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރެވޭ ޞައްޙަ
ތަޙުލީލެއްގެ ނަތީޖާއިން ކަމަށްވާއިރު،
އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅެނީ، އެމީހަކު ކުރެއްކޮށްފިކަން،
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުކުރެވޭނަމަ ކަން ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކުރެވިފައިވާއިރު،
އަހުމަދު ޙަމީދުގެ މައްޗަށް ދައުލަތުން ޖިނާއީ ކޯޓަށް ހުށަހެޅި މިމައްސަލާގައި އަޙުމަދު ޙަމީދު އަތުން
ފެނުނުކަމަށް ބުނާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ތަޢުލީލު ކޮށްފައިވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ
ގޮތުގެ މަތިން، އެފަދަ ތަކެތި ތަޙުލީލު ކުރުމުގެ ޢިލްމީ ފަސް އެއިރު އޮތް ފަރާތަކުންކަމުގައި ނުވާތީ،
އެތަޙުލީލުގެ ނަތީޖާގެ މައްޗަށް ބިނާކޮށް އަޙުމަދު ޙަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
OX
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 471
33)
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
9
2{{7/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
22 2) 22 2
އފނވ19
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެކަށީގެންވާ މިންވަރުގެ
ޝައްކުތަކެއް ހުރިކަމަށާއި،
އަޙުމަދު ޙަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން ކަނޑައަޅުއްވާފައިވާގޮތް
ރަނގަޅުނޫން ކަމުގައެވެ.
433 444
و سعی کر
ދެންފަހެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2005/JC/340 ޤަޟިއްޔާގައި، ނ. ހޮޅުދޫ ސައިމާގެ އަޙުމަދު ޙަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި އަޙުމަދު ޙަމީދު
ޢުމުރަށް ޖަލަށްލުމަށް ޖިނާއީކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ:
ޢައްބާސް ޝަރީފު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފާނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv