ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/194 ޤަޟިއްޔާގެ ޙުކުމް
1
2{{38/HC-A/194
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ވެ
ކޯޓު
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 194/HC-A/2008
އިސްތިއުނާފު ކުރިފަރާތް:
ނަން: އިބްރާހީމް ޙަބީބް
އައިޑީ
ކާޑު ނަންބަރު: A082775
ވަކީލު: އގ. ޢަބްދުﷲ ހަސީން
.ޑީ ކާޑު ނަންބަރު: A012481
* ދާއިމީ އެޑްރެސް: ތ.ބުރުނީ ސޯސަންވިލާ
އެޑްރެސް: ލ.ކޮރަލް
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލާ އ. ޕަބްލިކް ޕްރޮސެކިއުޓަރ އޗ.ޢާއިޝަތު ފަޒްނާ އަޙްމަދު
* އައިޑީ ކާޑު ނަންބަރު: A072566
30
2008
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖުމާދަލްއާޚިރާ 1429 * ނިމުނު ތާރީޚް: 05 މުޙައްރަމް 1433
ޖޫން
30 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2008/JC/178
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅެން އުޅުން.
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓް
ށަހެޅުނު ތާރީޚް: 22 ޖެނުއަރީ 2008
ނިމުނު ތާރީޚް: 29 މެއި 2008
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢައްބާސް ޝަރީފު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި! މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{8/HC-A/194
• ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު 2008/JC/178 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ތ.ބުރުނި ސޯސަންވިލާ
އިބްރާހިމް ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހެވެ.
- 01
* ފާހަގަކުރެވުނު
ޖިނާއީކޯޓުގެ ނަންބަރު 2008/JC/178 ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ
އިބްރާހީމް ޙަބީބު 17 ނޮވެމްބަރ 2007 ދުވަހު 12:15 އެހައިކަންހާއިރު ފުޑްގާރޑަން
ރެސްޓޯރަންޓަށް ގޮސް ކ.ހިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދާއި ބައްދަލުކޮށް ޢަބްދުލްޙަމީދު
ޢަބްދުއްޞަމަދު ދެކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް ގެނެސްފައިވާކަން މީނާއަށް އެނގިހުރެ، މަސްތުވާތަކެތި
ހިފައިގެން ރާއްޖެއިން ބޭރުނައައިސްހުރި އަޙުމަތުޚާނާ ހުރި ސާރފްވިއު ގެސްޓުހައުސްއިން މަސްތުވާތަކެތި
ބޭރުކުރުމަށްޓަކައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އެދުމުގެ މަތިން، މީނާ ސާރފްވިއު ގެސްޓް ހައުސްގެ
ދޮރުމަތީގައި ހުރެ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް ފޯނުންގުޅާ ވާނުވާ އަންގާ، މަސްތުވާތަކެތި ހިފައިގެން
ރާއްޖެއައިސް ހުރި އަޒުމަތު ޚާން ސާރފްވިއު ގެސްޓް ހައުސްގެ ރިސެޕްޝަންގައި ހުންނާނެކަމަށާއި، އޭނާ
ގޮވައިގެން އައުމަށް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މީނާ ގާތު ބުނުމުން މީނާ އެގެސްޓްހައުސްއަށް
ގޮސްފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ
ދަށުން އިބްރާހީމް ޙަބީބުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
އުޅުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
72ހ8
ބޭނުމަށް
ގެންގުޅެން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
3
2{{8}HC-A/194
މިޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ތ.ބުރުނީ
ސޯސަންވިލާ (ހ.ޅަރީތިގެ، އިބްރާހީމް ޙަބީބުގެ މައްޗަށް ދައުލަތުން ދަޢުވާކުރައްވާފައިވާ މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅެން އުޅުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން
އިބްރާހީމް ޙަބީބު 17 ނޮވެމްބަރ 2007 ދުވަހު 12:15 އެހައިކަންހައިއިރު، ފުޑްގާރޑްން ރެސްޓޯރަންޓަށް
ގޮސް ކ.ހިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުއާއި ބައްދަލުކޮށް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ދެކިލޯގެ
މަސްތުވާތަކެތި ރާއްޖެއަށް ގެނެސްފައިވާކަން މީނާއަށް އެނގިހުރެ މަސްތުވާތަކެތި ހިފައިގެން ރާއްޖެއިން
ބޭރުން އައިސްހުރި އަޒްމަތު ޚާން ހުރި ސަރފްވިއު ގެސްޓް ހައުސްއިން މަސްތުވާތަކެތި ބޭރު
ބޭރުކުރުމަށްޓަކައި
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އެދުމުގެމަތިން މީނާ ސާރފްވިއު ގެސްޓް ހައުސްގެ ދޮރުމަތީގައި ހުރެ
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް ފޯނުން ގުޅާ ވާނުވާ އަންގާ މަސްތުވާތަކެތި ހިފައިގެން ރާއްޖެއައިސް ހުރި
ޢަޒުމަތުޚާން ސާރފްވިއު ގެސްޓްހައުސްގެ ރިސެޕްޝަންގައި ހުންނާނެކަމަށާއި އޭނާ ގޮވައިގެން އައުމަށް
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މީނާގާތު ބުނުމުން މީނާ އެގެސްޓްހައުސްއަށް ގޮސްފައިވާކަން މީނާގެ
ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާތީއާއި، މި އިޢުތިރާފުގެ އިތުރުން ގުޅިފައިވާ
ހަރުދަނާ ޤަރީނާތަކެއްވެސް ހުރުމާއިއެކު ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ
02 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އިބްރާހީމް ޙަބީބު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
ބޭނުމަށް ގެންގުޅެން އުޅުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ބުނެވިދިޔަ ޤާނޫނުގެ ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން ތ.ބުރުނީ ސޯސަންވިލާ (ހ.ޅަރީތިގެ) އިބްރާހީމް
ޙަބީބު އުމުރަށްޖަލަށް ލުމަށް ޙުކުމްކޮށް މިޤްޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
02 - ޖިނާއީކޯޓްގެ ނަންބަރު 2008/JC/178 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އިބްރާހީމް ޙަބީބުގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ހުށަހަޅާ ނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{{08/HC-A/194
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައިބުނާ
ޙައްޤުން އިބްރާހީމް ޙަބީބު މަޙްރޫމް ކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ތަޙްޤީޤު ބަޔާނަކީ ޞައްޙަބަޔާނެއް ކަމަށް ބައްލަވާފައިވާކަމަށް ބުނެ
ހުށައެޅިނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ދަޢުވާގައި ބުނެފައިވާ އެއްވެސްކަމެއް އިބްރާހީމް ޙަބީބު ކުރިކަމަށް
ތަޙްޤީޤު ބަޔާނުގައި ނެތްއިރު އެބަޔާނަކީ އިބްރާހީމް ޙަބީބު އިޢުތިރާފު ބަޔާނެއް ކަމަށް ބައްލަވާފައިވާކަމަށް
ބުނެ ހުށައެޅިނުކުތާ.
(ހ) ހަތަރުވަނަ ނުކުތާއަކީ، ޝަރީޢަތުގެ ފަރާތުން މިމައްސަލަ ބައްލަވަންވާ މިންވަރަށް
ބައްލަވާފައިނުވާކަމަށް ބުނެ ހުށައެޅި ނުކުތާ.
- 03
މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2008/JC/178 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އިބްރާހިމް
ޙަބީބުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
އެއްޗެއް
(ހ) ފުރަތަމަކަމަކީ، ޤާނޫނު ނަންބަރު 17/77 ( މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި " މަސްތުވާ
އެއްވެސް
ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި،
ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި
އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއްގައި ބައިވެރިވުމަކީ ކުށެއްކަމުގައި
އޮންނަކަމާއި، މި މާއްދާއަށް ބަލާއިރު މަސްތުވާ އެއްޗެއް
ވިޔަފާރީގެ
އުޅުމަކީވެސް
ބޮހެއްޓުމާއި
02 7 2
04904
ބޭނުމަށް ގެނޭގެޅެން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{{8}HC-A/194
ކުށެއްކަމުގައި ބެލެވެން އޮންނަކަމާއި، ޖިނާއީކޯޓުގެ ނަންބަރު 2008/JC/178 ޤަޟިއްޔާގައި އިބްރާހިމް
ޙަބީބުގެ މައްޗަށް މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި ގެންގުޅެން އުޅުމުގެ ކުށް ސާބިތުވެފައިވާކަމުގައި
ކަނޑައަޅާފައިވަނީ، އިބްރާހީމް ޙަބީބު 17 ނޮވެމްބަރ 2007 ދުވަހު 12:15 އެހައިކަންހައިއިރު،
ފުޑްގާރޑްން ރެސްޓޯރަންޓަށް ގޮސް ކ.ހިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދުއާއި ބައްދަލުކޮށް
ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު ދެކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް ގެނެސްފައިވާކަން މީނާއަށް އެނގިހުރެ
މަސްތުވާތަކެތި ހިފައިގެން ރާއްޖެއިން ބޭރުން އައިސްހުރި އަޒްމަތުޚާން ހުރި ސަރފްވިއު ގެސްޓް ހައުސްއިން
މަސްތުވާތަކެތި ބޭރުކުރުމަށްޓަކައި ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު އެދުމުގެމަތިން މީނާ ސަރފްވިއު ގެސްޓް
ހައުސްގެ ދޮރުމަތީގައި ހުރެ ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަށް ފޯނުން ގުޅާ ވާނުވާ އަންގާ މަސްތުވާތަކެތި
ހިފައިގެން ރާއްޖެއައިސް ހުރި ޢަޒުމަތުޚާން ސަރފްވިއު ގެސްޓްހައުސްގެ ރިސެޕްޝަންގައި
އޭނާ ގޮވައިގެން އައުމަށް ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މީނާގާތު ބުނުމުން މީނާ އެގެސްޓްހައުސްއަށް
ގޮސްފައިވާކަން މީނާގެ ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާތީއާއި، މި އިޢުތިރާފުގެ
އިތުރުން ގުޅިފައިވާ ހަރުދަނާ ޤަރީނާތަކެއްހުރުމުން ކަމަށް ޖިނާއީކޯޓުގެ ނަންބަރު 2008/JC/178
ޙުކުމުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
3
2
2 2ތ ހ2
ހނުންނަކަމަށްއ
2 20
ޤަޟިއްޔާގެ
(ނ) ދެވަނަކަމަކީ، މި މައްސަލައާއި ގުޅިގެން 20 ނޮވެމްބަރ 2007 ގައި އިބްރާހީމް ޙަބީބު
ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ އިބްރާހިމް ޙަބީބު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނެއްކަމަށް،
17 ފެބުރުއަރީ 2008 ގައި އިބްރާހިމް ޙަބީބުގެ ފަރާތުން ޖިނާއީކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، ނަމަވެސް މިބަޔާނަކީ އިބްރާހިމް ޙަބީބު އިޢުތިރާފްވެގެން ލިޔުނު ބަޔާނެއް ނޫންކަމަށް
މީނާ ޖިނާއީކޯޓުގެ ޝަރީޢަތުގައި ބުނާތީ، އެމައްސަލަ ތަޙްޤީޤުކުރެއްވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ސަބް އިނިސްޕެކްޓަރ މުޙައްމަދު ޖިނާޙުއާއި، އެމައްސަލަ ތަޙްޤީޤު ކުރިއިރު، އެޙާޟިރުގައި ތިބި
ސްޓޭޝަން އިނިސްޕެކްޓަރ މުޙައްމަދު ރަޝީދުއާއި ސްޓޭޝަން އިނިސްޕެކްޓަރ މުޙައްމަދު ޙަމީދު އާއި މި
03 މީހުން 2008 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ޖިނާއީކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރެވި އެމީހުންގެ ހެކިބަސް ހޯދިފައިވާކަމާއި، އެތިންމީހުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާނުގައި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޙްޤީޤުބަޔާނަކީ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{{8}HC-A/194
އިބްރާހިމް ޙަބީބު ކިޔައި ދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށާއި އެބަޔާނުގައި އިބްރާހިމް ޙަބީބު ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި
ކަމަށާއި އިބްރާހިމް ޙަބީބަށް އެއްވެސްބާވަތެއްގެ މަޖުބޫރެއްކޮށް ބިރުދައްކާފައިނުވާ ކަމަށްބުނެ މިކަންކަމުގެ
މައްޗަށް މުޙައްމަދު ޖިނާޙުއާއި މުޙައްމަދު ރަޝީދުއާއި މުޙައްމަދު ޙަމީދު އާއި މި ތިން މީހުން ޖިނާއީ
ކޯޓްގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަން ފާހަގަ ކުރެވިފައި އޮން.
ދަ
22 2x
(ނ) ތިންވަނަކަމަކީ، މި މައްސަލަ ހިނގާދިޔައިރު ޢަމަލުކުރަމުންދިޔަ، 7 އޮގަސްޓް 2008 ގެ
ކުރިން ދިވެހިރާއްޖޭގައި ޢަމަލުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (1998 ގެ
ޤާނޫނުއަސާސީ) ގެ 16 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައިވާ ޤާނޫނީ ވަކީލެއްގެ އެހީ ލިބިގަތުމުގެ
ޙައްޤުން އިބްރާހިމް ޙަބީބު މަޙްރޫމުކޮށްފައިވާކަމަށް އިބްރާހިމް ޙަބީބު ބުނެފައިވާއިރު، 20 ނޮވެމްބަރ
2007 ގައި އިބްރާހީމް ޙަބީބު ތަޙްޤީށް ދީފައިވާ ބަޔާނުގައި، އޭނާ ދީފައިވާ ބަޔާނަކީ ޤާނޫނީ ވަކީލެއްގެ
ޣައިރު ޙާޟިރުގައި އިބްރާހިމް ޙަބީބުގެ އެއްވެސް އިޢުތިރާޝެއްނެތި ދީފައިވާ ބަޔާނެއްކަމަށް އިބްރާހިމް
ޙަބީބު ބުނެފައިވާތީ، އެބަޔާނަކީ ޤާނޫނީ ވަކީލެއްގެ ޣައިރު ޙާޟިރުގައި ތަޙްޤީޤުކުރިއަށް ގެންދިއުމަށް
އިބްރާހިމް އަބީބުގެ އެއްވެސް އިޢުތިރާޅެއް ކޮށްފައިނުވުމުން ނެގިފައިވާ ތަޙްޤީޤު ބަޔާނެއްކަން
އެނގޭކަމާއި، ތަޙްޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމާއި، ލިބިނުގަތުމަކީ ކުށެއްގެ
ތުހުމަތުގައިވާ ފަރާތްތަކުގެ އިޚްތިޔާރަށް ދޫކުރެވިފައިވާ ޙައްޤެއްކަމުން، އިބްރާހިމް ޙަބީބުގެ ފަރާތުން
ތަޙްޤީޤަށް ބަޔާންދިނުމުގެ ކުރިން މިޙައްޤުގެ ބޭނުންކޮށްފައިނުވަނީ އިބްރާހިމް ޙަބީބުގެ ރުހުމާއި އެކުގައި
ކަން އެނގެންއޮތުމުން ޤާނޫނުއަސާސީ (1998 ގެ ޤާނޫނުއަސާސީ) ގެ 16 ވަނަ މާއްދާގެ (2) ވަނަ
ނަންބަރުގައިވާ ޤާނޫނީ ވަކީލެއްގެ އެހީ ލިބިގަތުމުގެ ޙައްޤުން އިބްރާހިމް ޙަބީބު މަޙްރޫމުކޮށްފައިވާކަމުގައި
44 4 04
ބެލެވެން ނެތެކެމެވެ
(ނ) ހަތަރުވަނަކަމަކީ، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމުގައި ގެންގުޅެން އުޅުމުގެ ކުށް އިބްރާހިމް
ޙަބީބުގެ މައްޗަށް ސާބިތުވާކަމަށް ޖިނާއީކޯޓުން ޙުކުމްކޮށްފައިވަނީ ، 29 މެއި 2008 ގައި ކަމުން، މި
OXO
8
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
7
2008HC-A/194
2x2c4ތ
مرا سردره م کرمی
ޙުކުމް އިބްރާހިމް ޙަބީބުގެ މައްޗަށް ކުރެވިފައިވަނީ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ
ތަސްދީޤުކުރުމުގެ ކުރިން ކަމަށްވާތީ، މި މައްސަލައިގައި ބަލަން ޖެހޭނީ 2008 ވަނަ އަހަރުގެ
ޤާނޫނުއަސާސީ ތަސްދީޤުކުރުމުގެ ކުރިން ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އަދި
އުސޫލުތަކުގެ މައްޗަށް ކަމަށްވީ ހިނދު، އެއިރު ޢަމަލުކުރެވެމުން ދިޔަ ޝަރީޢަތްކުރުމާއިބެހޭ
ހެދިފައިވާ ޤަވާޢިދުގެ 06 ގެ 197 ވަނަ މާއްދާގެ ދަށުން، މާތް ރަސްކަލާނގެ ޙައްޤުތަކުގައި މެނުވީ
ދައުލަތުގެ ރަސްމީ އޮފީހަކުން ކުރެވުނު ތަޙްޤީޤެއްގެ ރިޕޯޓެއްގައި އިޢުތިރާފްވެ ސޮއިކޮށްފައިވާނަމަ
އެއިޢްތިރާފަކީ ޝަރީޢަތުގެ ކުރިމަތީގައި ޤަބޫލުކުރެވޭ އެއްޗެއްކަމުގައިވާނެ ކަމަށް އޮންނައިރު، ތަޙްޤީޤުގައި
ވެފައިވާ އިޢްތިރާފަށް ، އެމައްސަލައިގައި ދަޢުވާލިބޭ ފަރާތް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފިނަމަ،
ތަޙްޤީޤުކުރިފަރާތާއި، ތަޙްޤީޤުކުރި އިރު އަޑުއަހަން ތިބި މީހުންގެ ގޮތުގައި ތަޙްޤީޤު ބަޔާނުގައި
ސޮއިކޮށްފައިވާ ފަރާތްތައް ޙާޟިރުކޮށް، އެބަޔާނަކީ ދަޢުވާލިބުނު ފަރާތުން އެއްވެސް މަޖުބޫރުކަމެއްނެތި
ދީފައިވާ، އަދި އެފަރާތުން ކިޔައިދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ހެކިބަސްދީފިނަމަ،ދަޢްވާ ލިބުނު
ފަރާތުން ތަޙްޤީޤުގައި ވެފައިވާ އިޢްތިރާފްގެ މައްޗަށްބަލައި، ކޯޓް ތަކުން މައްސަލަ ނިންމަވަމުން
ގޮސްފައިވާކަމާއި، އަދި މިކަމަކީ އޭރު ޢަމަލު ކުރަމުން ދިޔަ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދަކާއި
ފުށުއަރާގޮތަށް ކުރަމުންދާކަމެއް ކަން އެނގެންނެތުމުން، އިބްރާހިމް ޙަބީބު ތަޙްޤީޤަށް ދީފައިވާ ބަޔާން
ޝަރީޢަތުން ޤަބޫލުކޮށްފައިވަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމުގައި ބެލެވޭނެ ޖާގައެއްނެތްކަން އެނގެއެވެ.
24
کس کو ما
22
22
22
2 ހދ
(ބ) ފަސްވަނަކަމަކީ، މީހެއްގެ މައްޗަށް ޢަދުލުވެރިކަމާއިއެކު ޝަރީޢަތްކުރުމަށްޓަކައި، ތަޙްޤީޤުގެ
މަރުޙަލާގައި އެމީހެއްގެ މައްޗަށް ޢަދުލުވެރި ތަޙްޤީޤައް ކުރެވެންޖެހޭނެކަމާއި، ޢާއްމު އުސޫލެއްގެ ގޮތުން
ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މީހަކަށް އެއްވެސް ބޭހެއް ދޭންވާނީ ޑޮކްޓަރެއްގެ ހުއްދަ
ލިބިގެންކަމާއި، އަދި ތަޙްޤީޤުކުރެވޭ ގަޑިއަކީވެސް އެކަށީގެންވާ ވަގުތެއް ކަމުގައިވާން ޖެހޭނެކަމާއި،
މައްސަލައާއި ގުޅިގެން ހުށައެޅިފައިވާ ހެކިތަކަށް ބެލުމުން އިބްރާހިމް ޙަބީބުގެ ތަޙްޤީޤު ހިނގަމުން
ދިޔައިރު، އިބްރާހިމް ޙަބީބުގެ ބޮލުގައި ރިއްސާކަމަށް ބުނުމުން ލީނާއަށް ބޭސް ދީފައިވާކަން މި މައްސަލަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
8
2{{8/HC-A/194
Puc
404
ތަޙްޤީޤުކުރި ފުލުހުންގެ ބަޔާނުންނާއި، ތަޙްޤީޤު ވީޑިއޯ އިން އެނގެން އޮންނަކަމާއި، އަދި މިތަޙްޤީޤު
ކުރެވިފައިވަނީ ކޮންވަގުތެއްގައި ކަން ސާފުވެ އެނގެން ނެތްކަމާއި، ތަޙްޤީޤެއް ކުރެވެމުންދާއިރު، އުސޫލެއްގެ
ގޮތުން ކުށުގެ ތުހުމަތުގައިވާ މީހަކަށް ޑޮކްޓަރެއްގެ ހުއްދަނެތި ބޭސް ދިނުމާއި، އެކަށީގެންނުވާ ވަގުތުތަކުގައި
އޭންގެ ތަޙްޤީޤުބަޔާން ނެގުމަކީ ތަޙްޤީޤުގެ ޢަދުލުވެރިކަން ގެއްލޭ ކަމެއްކަމުގައިވާތީ، މި ސަބަބުތަކަށްޓަކައި
އިބްރާހިމް ޙަބީބުގެ މައްޗަށް ކުރެވިފައިވާ ތަޙްޤީޤަކީ އެ ތަޙްޤީޤުގައި ޢަދުލުވެރިކަމެއް ނެތް ބާތިލު
ތަޙްޤީޤަކަށް ވޭތޯ ޝަރީޢަތުގެ ފަރާތުން ބެލިއިރު، ޑޮކްޓަރެއްގެ ހުއްދަނެތި ފުލުހުން އިބްރާހިމް ޙަބީބަށް
ދީފައިވާ މި ބޭސް އިބްރާހިމް ޙަބީބު ކައިފައިވަނީ އިބްރާހިމް ޙަބީބުގެ ބޮލުގައި ރިއްސާތީ، އިބްރާހިމް
ޙަބީބުގެ ރުހުމުގައި ކަން އަދި މި ބޭސް ކެއުމުގެ ކުރިން ތަޙްޤީޤުގައި އިބްރާހިމް ޙަބީބުގެ ފަރާތުން
ދައްކަން ޖެހޭ ވާހަކަތައް ދައްކާފައިވާކަން އިބްރާހިމް ޙަބީބުގެ ތައްޤީޤު ވީޑިއޯއިން ފެންނަން އޮތްއިރު، 20
ނޮވެމްބަރ 2007 ގެ ފަހުގެ ތާރީޚުތަކުގައި އިބްރާހިމް ޙަބީބުގެ ފަރާތުން ވަކީލެއްގެ ޙާޟިރުގައި ދީފައިވާ
ތަޙްޤީޤުގެ ބަޔާންތަކުގެ ވީޑިޔޯއަށް ބެލުމުން 20 ނޮވެމްބަރ 2007 ގެ ތަޙްޤީޤު ބަޔާނަށް ޙަވާލާދީ
ވާހަކަދައްކާފައިވާއިރު، ކުރިން އިބްރާހިމް ޙަބީބު ދީފައިވާ ތަޙްޤީޤު ބަޔާންތަކުގެ މައްޗަށް އެއްވެސް
ވަރަކަށް އިންކާރުކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި 20 ނޮވެމްބަރ 2007 ގެ ތަޙްޤީޤުގެ ވާހަކަ
އޭގެ ފަހުގެ ތަޙްޤީޤު ބަޔާންތަކުގައި ދައްކާ ކުރީގެބަޔާނަށް ޙަވާލާދީފައިވުމުން، 20 ނޮވެމްބަރ 2007 ގެ
ތަޙްޤީޤަށް އިބްރާހީމް ޙަބީބު ދީފައިވާ ބަޔާން ދިނުމުގައި، އޭނާއަށް ދީފައިވާ ބޭހުގެ ސަބަބުން ނުވަތަ
ތަޙްޤީޤުކުރެވުނު ވަގުތުގެ ސަބަބުން ނުރަނގަޅު އަސަރެއް ކޮށްފައިނުވާކަން ދަލީލުކޮށްދޭކަމާއި،
ހެންކަމުން، އިބްރާހިމް ޙަބީބުގެ ފަރާތުން މި ތަޙްޤީޤު ބަޔާން ދީފައިވަނީ އިބްރާހިމް ޙަބީބުގެ ރުހުމުގައި
މީނާއަށް އެއްވެސް މަޖުބޫރުކުރުވުމެއް ނެތިކަން އެނގޭކަމުން، 20 ނޮވެމްބަރ 2007 ގެ ތަޙްޤީޤު ގައި
އިބްރާހިމް ޙަބީބު ދައްކާފައިވާ ވާހަކަތަކަކީ އެވާހަކަތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްނުކޮށް ދޫކޮށްލަން
ޖެހޭ ބާތިލު ވާހަކަތަކެއް ކަމުގައި ބެލެވެންނެތްކަން އެނގެއެވެ.
OX
22
0 ހ2
4ހ
އައިކޯޓް
ދިވެހިޖާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
9
2{{8}HC-A/194
0x0)
(ޅ) ހަވަނަކަމަކީ، 15 ނޮވެމްބަރ 2007 ދުވަހު ގަތަރު އެއާރވޭސްގެ 382 ފްލައިޓުން
ރާއްޖެއަށްއައި ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ ޢަޒުމަތުޚާން ރާއްޖެއަށް ގެނައި 2 ކިލޯ މަސްތުވާތަކެތި
ޢަޒުމަތުޚާންހުރި ސާފުވިއު ގެސްޓްހައުސްއިން ރައްކާތެރިކަމާއެކު ނެރުމަށްޓަކައި ތ.ބުރުނީ ސޯސަންވިލާ
އިބްރާހީމް ޙަބީބުއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް މަނާނު މުޙައްމަދު ޝަރީފްއާއި،
ބައްދަލުކޮށް މިދެމީހުންގެ އެހީތެރިކަމާއެކު ސާފުވިއު ގެސްޓްހައުސްއިން ގެނެސްފައިހުރި މަސްތުވާތަކެތި
ނެރުމަށް މަސައްކަތްކޮށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރަން އުޅެފައިވާކަން ޢަބްދުލް ޙަމީދު
ޢަބްދުއްސަމަދުގެ މައްޗަށް ޝަރީޢަތަށް ޘާބިތުވާތީ، ޢަބްދުލްޙަމީދު ޢަބްދުއްޞަމަދު މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް
ކަނޑައަޅައި، ޢަބްދުލް ޙަމީދު ޢަބްދުއްސަމަދުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު 2008/JC/179
ޤަޟިއްޔާގައި އުމުކޮށްފައިވާއިރު، މި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/IIC
-
A/2008
ޤަޟިއްޔާއިން ތާއީދުކޮށްފައިވާކަން އެނގޭކަމާއި، އެމައްސަލައާއި ގުޅިގެން ޢަބްދުލްޙަމީދު ޢަބްދުއްސަމަދު
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، އިބްރާހިމް ޙަބީބު އާއި ޢަބްދުލްޙަމީދު ޢަބްދުއްސަމަދާއި ފުޑްގާރޑަން
ރެސްޓޯރެންޓްގައި ބައްދަލުކުރިކަމަށާއި، އިބްރާހިމް ޙަބީބަށް 02 ކިލޯގެ މަސްތުވާތަކެތި ރާއްޖެ
ގެނެސްފާވާނެކަން އެނގޭނެ ކަމަށާއި، މަސްތުވާތަކެތި ރާއްޖެއިން ބޭރުން ގެނައި އަޒުމަތުޚާން ހުރި
ސާފުވިޔު ގެސްޓްހައުސްއިން މި މަސްތުވާތަކެތި ބޭރުކުރުމަށްޓަކައި ޢަބްދުލް ޙަމީދު ޢަބްދުއްސަމަދުގެ
އެދުމުގެ މަތިން އިބްރާހިމް ޙަބީބު ސާފުވިޔު ގެސްޓް ހައުސްއަށް ގޮސް ޢަބްދުލް ޙަމީދު ޢަބްދުއްޞަމަދަށް
ފޯނުން ގުޅާ ވާނުވާ އަންގާފައިވާކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
(ކ) ހަތްވަނަކަމަކީ، ޖިނާއީކޯޓުން އެ ބަޔާނުގެ މައްޗަށް ބުރަވެފައިވާ 20 ނޮވެމްބަރ 2007
ގައި އިބްރާހީމް ޙަބީބު ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެ ބަޔާނުގައި، ގ. ޢިލްމަން ޢަބްދުލްޙަމީދު
ޢަބްދުއްސަމަދު ދަންނަކަމަށާއި، އޭނާއަކީ ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv
10
2{{08/HC-A/194
99
ކުރާމީހެއްކަން އެނގޭކަމަށާއި، ޢަބްދުލްޙަމީދު ޢަބްދުއްސަމަދަށް ރާއްޖެއިން ބޭރުން މަސްތުވާތަކެތި
އައިކަމަށް ޢަބްދުލްޙަމީދު ޢަބްދުއްސަމަދު، އިބްރާހިމް ޙަބީބުގެ ގާތުގައި ބުނިކަމަށާއި، އަދި އިބްރާހިމް ޙަބީބު
ގެ އެއްޙާޟިރެއްގައި މި މަސްތުވާތަކެއްޗާއި ގުޅޭގޮތުން ޢަބްދުލްޙަމީދު ޢަބްދުއްސަމަދު އާއި، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުގައި އުޅޭ މަނާރު މުޙައްމަދު ޝަރީފާއި ވާހަކަ
ދެއްކިކަން އެނގޭކަމަށާއި، ޢަބްދުލްޙަމީދު ގެނެސްގެން އުޅޭ މީހަކު ސަރފްވިޔު ގެސްޓްހައުސްގައި
ހުރިކަމަށް އިބްރާހިމް ޙަބީބުގެ ގާތުގައި ޢަބްދުލްޙަމީދު ޢަބްދުއްސަމަދު ބުނިކަމަށާއި އަދި އެމީހާ ގޮވައިގެން
އައުމަށް ބުނުމުން އިބްރާހިމް ޙަބީބު ސަރފްވިޔު ގެސްޓްހައުސްއަށް ދިޔަ ކަމަށް އިބްރާހިމް ޙަބީބު
އިޢްތިރާފްވެފައިވާކަން އެނގޭކަމާއި، އަދި މި ބިދޭސީ މީހާއަކީ ޕާކިސްތާނުން ރާއްޖެއަށް މަސްތުވާތަކެތި
ހިފައިގެން އައިސްހުރި މީހާކަމަށް ފަހުން އެނގުނު ކަމުގައިވެސް އިބްރާހިމް ޙަބީބު ބުނެފައި އޮންނަކަމާއި،
އިބްރާހިމް ޙަބީބުގެ ތަޙްޤީޤުގެ މި ބަޔާނުގެ މައްޗަށާއި، އެ ޙާދިސާއާއި ގުޅިގެން އިބްރާހިމް ޙަބީބު
ތަޙްޤީޤުގައި ދައްކައިފައިވާ އެންމެހާ ވާހަކަތަކަށާއި، މި މައްސަލައާއި ގުޅިގެން ގ. ފިލްމަން ޢަބްދުލް
ޙަމީދު ޢަބްދުއްސަމަދު ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން އިބްރާހިމް ޙަބީބު ސަރފްވިޔު
ގެސްޓްހައުސްއަށް ގޮސްފައިވަނީ
ޢިލްމަން ޢަބްދުލްޙަމީދު ޢަބްދުއްޞަމަދަކީ ރާއްޖެއިން ބޭރުން
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާމީހެއްކަމާއި، ޢަބްދުލްޙަމީދު ޢަބްދުއްސަމަދަށް ރާއްޖެއިން ބޭރުން
02 ކިލޯގެ މަސްތުވާތަކެތި ހިފައިގެން މީހަކު އައިސްހުރިކަން އެނގިހުރެ، ޢަބްދުލްޙަމީދު ޢަބްދުއްސަމަދުގެ
އެދުމުގެމަތިން މި މަސްތުވާތަކެތި ލިބިގަތުމަށްކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާން
އޮންނަކަމުގައި
ހު
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބެލެވޭކަމާއި، އިބްރާހިމް
ޢަމަލުގެ ސަބަބުން މީނާގެ މައްޗަށް ޤާނޫނު ނަންބަރު 17/77 ( މަސްތުވާތަކެ
ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި
ގެންގުޅެން އުޅުމުގެ ކުށް
ޝަރީޢަތަށް ސާބިތުވާކަމަށް، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/178
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމައް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއްއޮތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެނެއެވެ.
ޙަބީބުގެ
0
2 / ތ 4
2&2
9ތވާތަކެއްޗާބެހޭ
ދިވެހިރާއްޖޭގެ
ކުއީޓޯ
ވީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv
11
2{{8/HC-A/194
އެކުވެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ޤާނޫނު ނަންބަރު
17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ތ. ބުރުނި ސޯސަންވިލާ،
އިބްރާހިމް ޙަބީބުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި ގެންގުޅެން އުޅުމުގެ
ކުށް ސާބިތުވާކަމަށާއި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން އިބްރާހިމް ޙަބީބު އުމުރަށް ޖަލަށް ލުމަށް ޖިނާއީކޯޓުގެ
ނަންބަރު 2008/JC/178 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ބެލެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތް ކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޢިއްތިފާޤުވެވުނު ހިނދު، ޖިނާއީކޯޓުގެ ނަންބަރު
2008/JC/178 ޤަޟިއްޔާގައި ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ޚިލާފުކަމަށް
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv