ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/91 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ނަ
2
!ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 91/HC-A/2012
0
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަޒީ. ޙުސައިން ޝަމީމް
އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒް. ޙުސައިން ނާޝިދު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން ޢާޠިފް
އެޑްރެސް: މ. ކުދެހިގެ
އައި.ޑީ.ކާޑު ނަންބަރު: A076727 މިހާރުގެ އެޑްރެސް: މ. ކުދެހިގެ
* ވަކީލް: އގ. އާދަމް އާޞިފް ވުޑްލޭންޑް ލ. ގަން
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1433 = ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ
02 އޭޕްރީލް
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2012
/
1884/J
(
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
8 0 4 63
"1433
21
2012
2012
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
0
ހުށަހެޅުނު ތާރީޚް: 16 މާރޗް 2012
ނިމުނު ތާރީޚް: 16 މާރޗް 2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
0
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(J/MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ. ކުދެހިގެ ޙުސައިން ޢާޠިފްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
¢ ¢ ¢
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(J
(
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 16 މާރޗް 2012 ވަނަ ދުވަހުގެ 19:56 އިން ފެށިގެން ޝަރީޢަތުން ވަކި ގޮތެއް
ކަނޑައަޅަންދެން (މައްސަލައިގެ ޙުކުމް ކުރެވެންދެން) ކުދެހިގެ ޙުސައިން ޢާޠިފް ފުލުހުންގެ ބެލުމުގެ
ދަށުގައި ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް ޙުސައިން ޢާޠިފް ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރެއްވި ސަބަބަކީ، "ޙުސައިން ޢާޠިފްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާއި
ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި މިވަގުތު މީނާ ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
I
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
0
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރުގައި ޙުސައިން ޢާޠިފްގެ
މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް
ބަލައި މިވަގުތު ޙުސައިން ޢާޠިފް، ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ،
މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީކަމަށް ބަޔާންކުރައްވައި، ޙުސައިން ޢާޠިފް
ޖަލުގައި ބަންދުކުރައްވާފައި ވަނިކޮށް، ޙުސައިން ޢާޠިފްގެ ކިބައިން މުޖުތަމަޢުއަށް ލިބިދާނެ ނުރައްކަލެއް
ފިލައިގެން ނުދަނީސް، އަދި މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް އޮތް ފުރުޞަތު އެގޮތުގައި
އޮއްވައި، ޙުސައިން ޢާޠިފް ގޭގައި ބަންދުކުރުމަށް 16 މާރޗް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
.4
މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(JMD-145 ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ޙުސައިން ޢާޠިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޙުސައިން ޢާޠިފް ގޭ ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޙުސައިން ޢާޠިފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
މައްސަލައަކީ ތަޙުޤީޤުކުރުމުގެ މަރުހަލާގައިވާ މައްސަލައެއް ނޫންކަމާއި، އަދި ތަޙުޤީޤު ނިމި ޝަރީޢަތަށް
ހުށަހެޅުމުގެ މަރުހަލާގައިވެސްވާ މައްސަލައެއްނޫންކަމާއި، އެހެންނަމަވެސް މިއީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި، އެކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން ސާފުކޮށް އެނގެން
އޮތްއިރު، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
I
ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ގޮތެއް ނިންމުމުގައި ޢަމަލުކުރާނެގޮތް އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެމާއްދާގެ (ހ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ
މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ." މިފަދައިން ކަމާއި،
އެމާއްދާގެ (ށ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ." މިފަދައިން
އ/ ޏ ސ ޑ ޖ ޗ
ބަޔާންވެގެނެވެ
އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން
ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށް ބަލައި، އެމީހަކު މިޤަވާޢިދުގެ ނުވަ ވަނަ މާއްދާގައި
ގޮތުގެމަތިން ޝަރުތުކުރުމަށްފަހު، ނުވަތަ ދިހަވަނަ މާއްދާއާއި އެގާރަ ވަނަ މާއްދާގައި
ބަޔާންވެގެންވާ ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ
ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް
ލިބިގެންވެއެވެ." މިފަދައިންކަން އެނގޭ ކަމާއި،
CCCO
އެހެންކަމުން، ޙުސައިން ޢާޠިފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން އެނގޭކަމާއި، އަދި މި މަރުހަލާ (ޝަރީޢަތުގެ މަރުހަލާ)
ގައި ޙުސައިން ޢާޠިފް ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ ލުއި ދިނުމުގެ ގޮތުން ޙުސައިން ޢާޠިފް
ގޭބަންދަށް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ޙުސައިން ޢާޠިފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ
މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރަށް ކަމާއި، ނުވަތަ ޤަވާއިދުގައިވާ ގޮތުގެ މަތިން ކްރިމިނަލް ކޯޓުގެ
އިސްގާޟީ ނުވަތަ އިސްގާޟީ ކަނޑައަޅުއްވާ އެހެން ފަނޑިޔާރަކަށްކަން އެނގޭކަމާއި،
އަދި އެފަދަ ނިންމެވުމެއް ނިންމަވަންޖެހެނީ، ޙުސައިން ޢާޠިފްގެ މައްޗަށް ތުހުމަތުކުރެވި
މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ
ކަންތައްތަކުގެ މައްޗަށް ބައްލަވައި، އެ
އެގޮތުގެ މަތިންކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 މައްސަލައަކީ،
ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އެކުށުގެ ތުހުމަތުގައިވާ މީހާ
ބަންދުން ދޫކޮށްލާފައިވާތީ އެކަމުގެ މައްޗަށް ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި، ނަމަވެސް ހައިކޯޓުގައި
ހިނގަމުންދާ މި މައްސަލައަކީ ޝަރީޢަތުގެ މަރުހަލާގައި ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން
އޭނާ ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ މައްސަލައެއްކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
އެމައްސަލައާއި މިކޯޓުން ބަލަމުންދާ މި މައްސަލައަކީ ތަފާތުތަކެއް ހުރި އެއްގޮތް ނޫން ދެމައްސަލަކަން
އެނގެން އޮންނަކަމެވެ.
ce O
3,
Ocx
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙުޤީޤު ނިންމައި އެމީހެއްގެ މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުހަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް
އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ
މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް
މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ކުށުގެ ތުހުމަތުގައިވާ މީހަކަށް
ލުއި ދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އެނގެން
އޮތްއިރު، ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމް ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ
ވަކި މުއްދަތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ
ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/SC-A/2010 ވަނަ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު،
އެމައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބެއްލެވުމަށް ފަހުގައިކަން އެނގޭކަމާއި، އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ކަންކަމާއި،
އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު
ކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި
42 0¢ ¢
4 0
ރާޖްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށްފަހު ނޫނީ
އެނގޭނެކަމެއް ނޫންކަމާއި،
އަދި މިގޮތުގެމަތީން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް
(ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި
އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި
ށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާ ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ
ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް
ލިބިގެންވާ "ތަޤްދީރީ" (discretionary) ބާރެއް ކަން އެނގޭކަމާއި،
OCX
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2009 މައްސަލަ ނިންމެވިއިރު ފާހަގަކުރެއްވި
ނުކުތާތަކުގެ 07 ވަނަ ނަންބަރުގައިވާ އުޞޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް ހުށައެޅޭ ކަންކަން
ވަޒަންކުރުމަށްފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން ކަނޑައެޅޭ ކަންކަމަކީ،
އެކަންކަމުގެ މައްޗަށް އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) ހިމެނިގެން ނުވާނެ ކަންތައްތަކެއްކަން
އެނގެއެވެ.
5 26
(ހ) ހަތަރުވަނަކަމަކީ، ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް،
ހުށަހެޅިފައިވާ މައްސަލައަށް ބަލައި، ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި،
ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު، މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ
އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ
އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ ފަނޑިޔާރަކު ނުވަތަ މައްސަލަބައްލަވާ
ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅުއްވާ ފަރާތެއް ކަމުގައިވުމާއި،
ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކުށުގެ ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ
ކުރިން އެމައްސަލައެއްގައި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށަހެޅިފައި، ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/91
މިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލާއިރު، ޙުސައިން ޢާޠިފްއަކީ މަސްތުވާތަކެތީގެ
ވިޔަފާރީގެ މައްސަލާގައި ތުހުމަތު ކުރެވިގެން އެމައްސަލައިގެ ތަޙްޤީޤު ނިންމައި، މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ ފަރާތެއްކަމާއި، ޙުސައިން ޢާޠިފްގެ ބަންދާއިމެދު ގޮތެއް ނިންމާފައިވަނީ އެމައްސަލަ ބައްލަވާ
ފަނޑިޔާރުކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު މިގޮތަށް ނިންމަވާފައިވަނީ ޙުސައިން ޢާޠިފްގެ ފަރާތުން އެދުނު
އެދުމެއްގެ މައްޗަށް ބަލައި، ޙުސައިން ޢާޠިފްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ ކަންތައްތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރުމަށްފަހުގައިކަން އެނގޭއިރު، ޙުސައިން ޢާޠިފް އަށް ލުއިދިނުމުގެ ގޮތުން އޭނާ ގޭބަންދަށް
ބަދަލުކުރީ، އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚުތިޔާރުން ބޭރުން އަދި ޤަވާއިދުގައިވާ އިޖުރާއާތުން
ބޭރުންކަން ވެސް އެނގޭކަށް ނެތެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/1884(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ
އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1884(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
މިށް
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ޖެހިރާއްޖޭގެ
ޢަލީ ސަމީރު
ފަނޑިޔާރު)
ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv