ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/174 ޤަޟިއްޔާގެ ޙުކުމް
/އްޖޭގެ=
1
2009/HC-A![74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
sa
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 174/HC-A/2009
• އިސްތިއުނާފުކުރި ފަރާތް.
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
xe
ދާއިމީ އެޑްރެސް:
ރުގެ އެޑްރެސް
*
މިހާރުގެ
އިސްތިއުނާފު ރައްދުވި ފަރާތް:
*
* ނަން: ޢަލީ ނިޔާޒް
ދާއިމީ އެޑްރެސް: މއ.ގެމެންދޫގެ
މިހާރުގެ އެޑްރެސް: : ރޫ/ގދ.ނަޑެއްލާ
*
އައިޑީ ކާޑުނަންބަރު.
-308695
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޖޫން 2009
ނިމުނު ތާރީޚް: 20 މާރޗް 2012
އިސްތިއު
ތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2005/JC/394
• ނިންމެވިކޯޓް: ޖިނާއީ ކޯޓު
މައްސަލައިގެ ބާވަތް: މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުން
ހުށަހެޅި ތާރީޚް: 05 މެއި 2005
ނިމުނު ތާރީޚް: 17 މާރޗް 2009
، ހައިކޯ..
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 33254029، ފެކްސް: 33166471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.iny emos
2
2{{09/HC-A174
44 44
2» 8 2
އެ ދެ ނުކުތާއާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.ޑީޖޭގެ ޚައީބޯޑް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރޖެނެރަލް
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ
(ކ.ޕިންކްވިލާ) ނިޔާޒް(އައި.ޑީ.ކާޑް
ނަންބަރުA308695)އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޢަލީ ކިރިޔާޒް (އައި.ޑީ.ކާޑް ނަންބަރުA308695)
ގެ އަންހެނުން ބަލިވެގެން ގދ.ތިނަދޫއަށްގޮސް ހުރިއިރު 29 ނޮވެމްބަރ 2003 ދުވަހުގެ ރޭ އެރަށު ޒަމާނީ
ގެއަށް ވަދެ އެގޭ ކަބަޑުން 3 ފައުނާއި އަތުކުރީ ކެވެލި 2 ފަށް ވަގަށް ނަގާފައިވާ ކަމަށްބުނެ، ޢަލީ ނިޔާޒުގެ
މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ ދަށުން މީހުން ދިރިއުޅޭ
ތަނަކުން ވައްކަން ކުރުމުގެ ކުށުގެދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާނީ، ޢަލީ ނިޔާޒު ގެ މައްޗަށް ދައުލަތުން ކުޑަ ވައްކަން
ކުރުމުގެ ކުށުގެ ދަޢުވާއަށް ޢަލީ ނިޔާޒު އިންކާރު ކޮށްފައި ވުމާއި، އޭނާ ގެ މައްޗަށް އެދަޢުވާ ސާބިތުވާ ވަރުގެ
ހެއްކާއި ޤަރީނާ ލިބިފައި ނުވާކަމަށް ކަނޑައަޅުއްވައި ޢަލީ ނިޔާޒު ގެ މައްޗަށް ދައުލަތުން ކުޅި ދަޢުވާ ސާބިތު
ނުވާކަމަށް ކަނޑައަޅުއްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 ނުކުތާއެއް ފާހަގަކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/174
OL
(ހ) ފުރަތަމަ ނުކުތާއަކީ : ޢަލީ ނިޔާޒުގެ އަންހެނު
ހެނުން ބަލިވެގެން ގދ.ތިނަދޫއަށް ގޮސް
ހުރިއިރު 29 ނޮވެމްބަރ 2003 ދުވަހުގެ ރޭ އެރަށު ޒަމާނީ އާގެ ކަބަޑަކުން 03 ފައުނާއި އަތުކުރީ ކެވެލި
02 ފަށް ވަގަށް ނެގިކަމަށް ޢަލީ ނިޔާޒު އިޢުތިރާފު ވެފައިވާއިރު، މިއިޢުތިރާފަކީ މިހާރު ޢަމަލު ކުރަމުންދާ
ޤާނޫނުއަސާސީ ތަޞްދީޤު ވުމުގެކުރިން ވެފައިވާ އިޢުތިރާފެއް ކަމަށްވާއިރު އެކަމަށް ރިޢާޔަތް ނުކުރައްވާ
މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ޚިލާފު ވާކަމަށް ބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅިގެން ދެފަޚުތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ޢަލީ
ނިޔާޒު މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކަމާއި،
އެދަޢުވާއަށް ޢަލީ ނިޔާޒް އިންކާރު ކޮށްފައިވާ ކަމާއި، އޭނާ ދަޢުވާއަށް އިންކާރު ކުރުމުން އެދަޢުވާ ސާބިތު
ކުރުމަށް ހުށަހަޅާފައިވާ ހެއްޖީންނަކީ ނުވަތަ ހެކިތަކަކީ ކޮބައިކަން އެނގޭ ގޮތަށް ޝަރީޢަތުން ނަގާފައިވާ
ދައުލަތުގެ ވަކީލާގެ ބަޔާނެއް އެރިޕޯޓުގައި ހިމެނިފައި ނެތްކަމާއި، ނަމަވެސް ދަޢުވާގައި ބަޔާން ކޮށްފައިވާ
ޙާދިސާއާއި ގުޅިގެން ގދ.ތިނަދޫ ކޯޓު މެދުވެރިކޮށް ނަގާފައިވާ އެރަށު ހަނދުބަލާގެ/ ފަރީދާ ޙަސަން ގެ
ބަޔާނަކާއި، އަދި ބަޔާން ނެގި ވަކި އިދާރާއެއް އެނގެން ނެތް ގދ.ތިނަދޫ މިޔުޒިކްހޯމް ސަލްމާ އަޙްމަދުގެ
ނަމުގައިވާ ބަޔާނެއް އެރިޕޯޓުގައި ހިމެނިފައިވާ ކަން ފާހަގަކުރެވެއެވެ.
އިކޯޓް
.opއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.fiy
2009)HCA174
4
ޤަޟިއޯޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) މައްސަލާގެ ތަޙްޤީޤަށް 08 ޑިސެމްބަރ 2003 ގައި ޢަލީ ނިޔާޒު ދީފައިވާ ބަޔާނަށް
ބަލާއިރު، އެބަޔާނުގައި، "އަޅުގަޑު މިހާރު އުޅެނީ ގދ.ނަޑެއްލާ މުއުމިޔާ ޢަލީއާއި އިދެގެން ގަޑެއްލާ ޖޫ
މިގޭގައެވެ. މުއުމިން ޢަލި ދީދީ ބަލިވެގެން ހޮސްޕިޓަލަށް މިރަށަށް އައީއެވެ. އެވެނީ މިރަށު ގްރީންބާޑް ގޭގައެވެ.
އެއީ އަޅުގަޑުގެ ރައްޓެހި ގެއެކެވެ. އަޅުގަޑު މީގެ ހައެއްކަ ދުވަސްކުރިން މިރަށު ޒަމާނީއާގެ ކަބަޑަކުން 03
ފައުނާއި އަތުކުރި ކެވެލި 03 ފަށް މިރަންތައް ވަގަށް ނެގީމެވެ. އަދި މިރަށު ރަން ހަދާ މީހުންކައިރި އަށް
ގޮސް 02 ފައުނު ވިއްކީމެވެ. މިހާރު އެކަން ޒަމާނީ އާގެ ފަރީދާ ހަސަނުއަށް އެގިގެން އަޅުގަޑުގެ އަންހެނުން
މުއުމިނާ ޢަލިދީދީ އަޅުގަޑުގެ އަތުން އެރަންތައް ހަމަޔަށް ނަގައިގެން ފަރީދާ ހަސަނުއާއި ހަވާލު ކޮށް
ނިމިއްޖެއެވެ. އަދި މައްސަލަ ނުޖައްސަން ބުނެފައިވެއެވެ. ވީމާ، މިކަމަކީ އަޅުގަޑު ކުރި ކަމެކެވެ. އަޅުގަޑު
އެދެނީ މިކަން މައްސަލަ އަކަށް ނުހެދުމެވެ." މިފަދައިން ބުނެ އެބަޔާނުގައި އަލީ ނިޔާޒުގެ ނަން ލިޔެ ސޮއިކޮށް
އިގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަ ކަމާއި،
އަދި 29 ނޮވެމްބަރ 2003 ދުވަހުގެ ރޭ ހިގި އެޙާދިސާ އާއި ގުޅިގެން ދައުލަތުން ޢަލީ
ނިޔާޒު ގެ މައްޗަށް މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ 05 މެއި 2005
ގައި އެނގޭކަމާއި،
05 މެއި 2005 ގައި ހުށަހެޅި އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއް އެންމެ ފުރަތަމަ
ބޭއްވިފައިވަނީ 21 ޖެނުއަރީ 2009 ގައި ކަން ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ހުށަހެޅުމުގެ ގޮތުން
21 ޖެނުއަރީ 2009 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ
އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު ދީފައިވާ ބަޔާނުންނާއި، ހަމައެތާރީޚްގައި ޢަލީ ނިޔާޒު ޖިނާއީކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި އެއީ ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުން މިދާ ޤާނޫނުއަސާސީ ތަޞްދީޤްކޮށް
ޢަމަލު ކުރަން ފެށިތާރީޚަށްވުރެ ފަހުގެ ތާރީޚެއްކަމާއި، އެހެންކަމުން ޢަލީ ނިޔާޒު ގެ މައްޗަށް އުފުލިފައިވާ
ދަޢުވާއަށް ހިނގާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ،
ދިވެހިރާއްޖޭގެ ހައިކޯޓް: އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325402، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: YW WW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2000HC-A/174
If
444 44
404
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ." މިފަދައިން ބުނެފައިވާ ޤާނޫނީ މައްދައުކަމާއި،
އެގޮތުން ބަލާއިރު، ޢަލީ ނިޔާޒު، މައްސަލާގެ ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި، އޭނާ
ގދ.ތިނަދޫ ޒަމާނީއާގެ ކަބަޑަކުން 03 ރަން ފައުނާއި އަތުކުރި ކެވެލި 03 ފަށް ވަގަށް ނެގިކަމަށް
އިޢުތިރާފުވެފައި، ޝަރީޢަތުގެ މަޖިލީހުގައި އެ އިޢުތިރާފުން ރުޖޫޢަ ވެފައިވާކަން އެނގެން އޮންނާތީ،
މައްސަލާގެ ތަޙްޤީޤަށް 08 ޑިސެމްބަރ 2003 ގައި ޢަލީ ނިޔާޒު ދީފައިވާ ބަޔާނުގައި ވެފައިވާ އިޢުތިރާފަކީ
07 އޯގަސްޓް 2008 ގައި ތަޞްދީޤް ކުރެވުނު ޤާނޫނު އަސާސީއަށް ޢަމަލު ކުރުމަށްފަހު، ޝަރީޢަތުން
ގޮތުގައި ބެލޭނެ އިޢުތިރާފެއް ނޫންކަން އެނގެއެވެ.
(ނ) ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާ އަދި އެދަޢުވާއާއި މެދު ޢަލީ ނިޔާޒު ބުނާ އެއްޗެއް
އަޑުއަހާފައިވާ، ޝަރީޢަތުގެ މަޖިލީސް ބޭއްވިފައިވަނީ 21 ޖެނުއަރީ 2009 ގެ ތާރީޚްގައި ކަން އެނގޭ
ދެފަރާތުގެ ދެބަޔާން ހިމެނިފައިވާއިރު، އެޤަޟިއްޔާއާއި ގުޅިގެން 04 އޭޕްރީލް 2007 ގެ ތާރީޚްގައި ނަގާފައިވާ
ވ.ޕެންކްވިލާ ޢަލީ ނިޔާޒުގެ ބަޔާނަކާއި، 04 މާރޗް 2007 ގައި ނަގާފައިވާ ސަލްމާ އަޙްމަދު މިޔުޒިކް ހޯމް
ގދ.ތިނަދޫ މިގޮތަށް ލިޔެފައިވާ ބަޔާނެއް ހިމެނިފައިވާ ކަމާއި، ނަމަވެސް ދަޢުވާ ކުރި ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދަޢުވާ ހުށަހެޅުމުގެ ކުރިން އިސްވެ ދެންނެވުނު ދެ ބަޔާން ނަގަންޖެހުނު ސަބަބެއް އެޤަޟިއްޔާގެ
ރިޕޯޓުން އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި،
މީގެ އިތުރުން ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ އާއި ގުޅިގެން މޯލްޑިވްސް
ޕޮލިސް ސާރވިސް މެދުވެރިކޮށް ވީ ޢަލީ ނިޔާޒުގެ އިގިލީގެ ނިޝާން ތަހްލީލު ކުރެވިފައިވާކަން އެނގޭނެ
ރިޕޯޓެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާކަމާއި، އަދި އެރިޕޯޓު ތައްޔާރު ކުރި ފަރާތް
ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޯޕްރަލް 1320 އުސާމާތު މުޙައްމަދުގެ ބަޔާނެއްވެސް ޝަރީޢަތުން
ނަންގަވާފައިވާކަމާއި، ނަމަވެސް އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: (12)3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2][09/HC-A/174
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުތާތަކުގައިވެސް އަދި އެޤަޟިއްޔާގެ ޙުކުމުގައިވެސް އެއިން އެއްވެސް ކަމަކާއި ގުޅޭގޮތުން އެއްވެސް
މިންވަރަކަށް ޛިކުރު ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތަކަށް ބަލާއިރު،
ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާގައި ދައުލަތުން ޢަލީ ނިޔާޒުގެ މައްޗަށް ކުޅަ މީހުން
ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ތަޙްޤީޤުގައި އޭނާ އިޢުތިރާފު ވެފައި ވިޔަސް،
ޝަރީޢަތުގެ މަޖިލީހުގައި އެދައުވާއަށް އިންކާރު ކޮށްފައިވާތީ، އެދަޢުވާ ސާބިތުވާ ވަރުގެ ހެއްކާއި ޤަރީނާ
ލިބިފައި ނުވާކަމަށް ކަނޑައަޅުއްވައި، އެދަޢުވާ ޢަލީ ނިޔާޒުގެ މައްޗަށް ސާބިތު ނުވާކަމަށް ޙުކުމް
ކުރައްވާފައިވާއިރު، މައްސަލައާއި ގުޅިގެން ގދ.ތިނަދޫ ކޯޓު މެދުވެރިކޮށް ނަގާފައިވާ ގދ.ތިނަދޫ ހަނދުބަލާގެ
ފަރީދާ ޙަސަންގެ ބަޔާނަކާއި، އަދި ބަޔާން ނެގި ވަކި އިދާރާއެއް އެނގެން ނެތް ގދ.ތިނަދޫ މިޔުޒިކް ހޯމް/
ސަލްމާ އަޙްމަދުގެ ބަޔާނެއް ހިމެނިފައިވާއިރު، ޖިނާއީކޯޓުގެ ނަންބަރު: 2005/JC/394 ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓުގައި އެދެބަޔާނާއި ބެހޭގޮތުން އެއްވެސް ކަމެއް ފާހަގަކުރައްވާފައި ނުވާތީއާއި، އަދި ޢަލީ ނިޔާޒު
މައްސަލާގެ ތަޙްޤީޤަތް ދީފައިވާކަމަށް ފެންނަން އޮންނަ ބަޔާނުގައިވާ އިގިލީގެ ނިޝާން ސައިންޓިފިކް
މިންގަޑުން ތަޙްލީލު ކުރެވި އެރިޕޯޓުވެސް އެޤަޟިއްޔާގެ ރިޕޯޓުގައި ހިމަނާފައިވާއިރު، އެރިޕޯޓާއި
އަދި އެތަޙްލީލް ކުރި ފަރާތުގެ ބަޔާނެއް އެޤަޟިއްޔާގެ ޝަރީޢަތުން ނަންގަވާފައިވާއިރު،
އެބަޔާނާ ބެހޭގޮތުންވެސް ޤާނޫނީ ގޮތުން އެއްވެސް ކަމެއް ފަހަގަ ނުކުރައްވައި، މައްސަލަ ސާބިތުވާ ވަރަށް
ދެކި ލިބިފައި ނުވާކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ ޝަރުޢީ އަދި ޤާނޫނީ މިންގަޑުތަކާ އެއްގޮތަށް
ކުރައްވާފައިވާ ކަމެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ، އެޤަޟިއްޔާއަކީ
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން އެދަޢުވާ އަލުން ހުށަހަޅާފިނަމަ ކަމާބެހޭ ކޯޓުން އަލުން ބަލައި، އިސްވެ
ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ
ޤަޟިއްޔާއެއް ކަމުގައި މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
48 34244
ހޭގޮޗުންވެސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2009/HC-A/174
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) މިމައްސަލާގެ ޙުކުމް ކުރުމަށްޓަކައި 08 މާރޗް 2012 ވަނަ ދުވަހުގެ 15:30 އަށް
ހައިކޯޓަށް ހާޟިރުވުމަށް އަންގާ ޢަލީ ނިޔާޒް (އައި.ޑީ.ކާޑް ނަންބަރުA308695) ދިރިއުޅޭ އޭނާގެ އަމިއްލަ ގެ
(ކ.ޕިންކްވިލާ) އަށް މިކޯޓުގެ ނަންބަރު:3
/
2010
/
133-
MCB ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވުމުން
އެއަމުރާއި ޙަވާލުވުމަށް އޭނާގެ އަންހެނުން އިންކާރު ކޮށްފައިވާތީ، އެއަމުރު އޭނާއަށް ރައްދު ކުރެވިފައި
ނުވާކަމާއި، އަދި ޢަލީ ނިޔާޒު އާ ގުޅޭނެ ނަންބަރު ކަމަށް ބުނެ މިކޯޓަށް ދީފައިވާ ނަންބަރުތަކަށް ތަފާތު އެތަށް
ފަހަރަކު ގުޅުމުންވެސް އެއިން އެއްވެސް ނަންބަރަކަށް ގުޅިފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޝިޔާގެ
ޝަރީޢަތުގެ މަޖިލީހަށް 20 މާރޗް 2012 ވަނަ ދުވަހުގެ 14:45 އަށް ޢަލީ ނިޔާޒު ޙާޟިރުވުމަށާއި،
އެތާރީޚާއި ގަޑިއަށް މި އަލީ ނިޔާޒު ހައިކޯޓަށް ޙާޟިރު ނުވިކަމުގައި ވިޔަސް އޭނާގެ ޣައިރު ޙާޟިރުގައި
މިޤަޟިއްޔާގެ ޙުކުމް ކުރެވޭނޭކަން އަންގާ މިކޯޓުގެ ނަންބަރު2012
/
02/IUL
)
95
-
b3
/
INDIV) އިޢުލާނުން
ޢާންމުކޮށް އަންގާ އިޢުލާނު ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބެލިއިރު، ޖިނާއީކޯޓުގެ ނަންބަރު:
2005/JC/394 ޤަޟިއްޔާ ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވ.ޕިންކްވިލާ އަލީ ނިޔާޒު
(އައި.ޑީ.ކާޑް ނަންބަރުA308695) ގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138
ވަނަ މާއްދާގެ ދަށުން މީހުން ދިރިއުޅޭ ތަނަކުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން، އެދަޢުވާ ޝަރީޢަތަށް
ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި
މަތީން އެމައްސަލަ
ސާބިތު ވޭތޯ ބެލެންހުރި ގިނަ ކަންތައް ތަކަކަށް ބެލުމަކާއި ނުލައިކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤް ވެވިފައިވާތީއާއި، އެކަންތައްތައް ބެލުމުގެ ގޮތުން ބަލަންޖެހޭ އެންމެހައި
ކަންތައްތަކަށް މިޤަޟިއްޔާގައި ހައިކޯޓުން ބަލާފިނަމަ، އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ އިސްތިއުނާފު
23 4 0* * *
دو کمرم کمی
4 22
މީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2 އދ ވ.
8
2009/HC-A/174
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުރުމަށް ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ޙައްޤަށް އުނިކަން ލިބުމުގެ ފުރުޞަތު އޮތަތީ، މިދަޢުވާއަކީ
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ، މިޤަޟިއްޔާގައި
ހައިކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުމާއެކު ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ ދަޢުވާއެއް
ކަމުގައި ކަނޑައަޅައި، ޢަލީ ނިޔާޒުގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ:
ހ032 ހީ
އަޓެދެލިއެވ
އަޙްމަޝަރީފް
ޝުޢައިބު ޙުސައިން ޒަކުރިއްޔާ
ފަނޑިޔާރު)
(ފަނޑިޔާރު)
މިހިރާއްޖޭގެ
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: (12)3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv