ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14f ޤަޟިއްޔާގެ ޙުކުމް
1
212/HC-A/145
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 145/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޙުސައިން އިރުޝާދު
އައިޑީ ކާޑު ނަންބަރު: A158124
ދާއިމީ އެޑްރެސް: ބްލޫއައްސޭރި ށ.ކޮމަންޑޫ
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
އައިޑީ ކާޑުނަންބަރު.
މިހާރުގެ އެޑްރެސް: -
0
ރަޖިސްޓްރީ ތާރީޚް: 26 ޖުމާދަލްއާޚިރާ 1433
ނިމުނު ތާރީޚް: 17 ރަޖަބު 1433
28 މެއި 2012
17
2010
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3976(J
(
MD-145
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 15.05.2012
ނިމުނު ތާރީޚް: 15.05.2012
• މައްސަލަ ބެއްލެވި ފަނޑިޔާރުން،
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢައްބާސް ޝަރީފް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
'2
2012/HC-A/145
ދައުވާގެ ޚުލާސާ
ޑ 8 ހ2
އއ 43ށް
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3976(J(MD-145 ކޯޓު އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ނޫންކަމަށްބުނެ އެކޯޓުގެ އަމުރު
އިސްތިއުނާފުކުރުމަށް ށ.ކޮމަންޑޫ ބްލޫއައްސޭރި ޙުސައިން އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
-1
ފާހަގަކުރެވުނު ނުކުތާތައް:
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3976(J(MD-145 ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ މ.ދިލާވޭސްގެ 09 ވަނަ ފަންގިފިލާއަށް ވަދެ، އެ ގެއިން ވައްކަންކުރަން އުޅުނުކަމުގެ
މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ށ.ކޮމަންޑޫ ބްލޫއައްސޭރި ޙުސައިން އިރުޝާދު
ހައްޔަރުކޮށް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެކަމަށް
ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ، 15 މެއި 2012 ދުވަހު 19:51 އިން ފެށިގެން 20 މެއި 2012 ދުވަހު
19:50 އަށް ދ.ކޮމަންޑޫ (ބްލޫއައްސޭރި
އެސޭރި ޙުސައިން އިރުޝާދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް
ކޯޓުން ނެރުއްވާފައި އޮންނަ އަމުގެ
ގިނަ އަމުރެއްކަން އެނގެއެވެ.
-2
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3976(J
(
MD-145 ކޯޓު އަމުރު އެ
ކޯޓުން ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން،
ށ.ކޮމަންޑޫފުބްލޫއައްސޭރި ޙުސައިން އިރުޝާދުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
ccc
ޑ 34
8
ބެހޭގޮތުން
ޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/145
ފުރަތަމަ ނުކުތާއަކީ، ޙުސައިން އިރުޝާދު ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 45 އަދި 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ދެވަނަ ނުކުތާއަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" ގެ 05 ވަނަ މާއްދާގެ (ށ) ގައި
ކަނޑައަޅާފައިވާ އިޖްރާޢަތާ ޚިލާފަށް މުއްދަތު އިތުރު ކުރުމުގެ ކުރިން ކުރަންޖެހޭ ހުވާ ނުކޮށް،
ޝަރީޢަތުގެ މަޖިލިހުގައި މައްސަލަ ތަޙްޤީޤުކުރާ ފަރާތް ނޫން އެހެން ފަރާތަކުން ފޯމު ހުށަހަޅައި،
އެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ތިންވަނަ ނުކުތާއަކީ، ޙުސައިން އިރުޝާދަށް ޤާނޫނުއަސާސީގެ ދަށުން ލިބިދޭ
ޙައްޤުތަކާއި މިނިވަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
-3
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/3976(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ށ.ކޮމަންޑޫ ބްލޫއައްސޭރި ޙުސައިން އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތްތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޙުސައިން އިރުޝާދު ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 45 އަދި 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ނުކުތާއާ ގުޅިގެން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
އޮތުމުން
4
2012/HC-A/145
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
4 22 22
4 22
އއ
جود
ދި 8
5*8
4
2
مسرترايسر
3 2
ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ކަނޑައެޅިފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނަކާ
މަތިން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި،
ހައްޔަރުކޮށް،
ނުވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް
ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ
ކުށެއް ކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން،
ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ
ބަންދުކޮށްގެން ނުވާނެކަމަށް ބަޔާންކުރެވިފައިވާ ކަމާއި،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން މީހުން ހިފައި
ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމު" ނަންބަރު
TD041565 ގައި ޙުސައިން އިރުޝާދު ބަންދުކުރެވުނު މައްސަލައަކީ މ.ދިލާވޭސް ގޭގެ 9 ވަނަ
ފަންގިފިލާއަށް 2012 މޭ 15 ވަނަ ދުވަހުގެ 00:15 ހާއިރު ވައްކަންކުރަން ވަދެ އުޅުނުކަމަށް
މައްސަލައިގައިކަން އެ ފޯމަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި ޙުސައިން އިރުޝާދު
ހައްޔަރުކުރެވުނީ ކުށުގެ ވެށިންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
އަދި އެތަނުގައި އެވަގުތުހުރީ ކުށެއްކުރަން ކަމަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް އެ ފޯމުގައި
ފާހަގަކޮށްފައިވާކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޙުސައިން އިރުޝާދު ބަންދުކުރެވުނުތާ
24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވި ބަންދުގެ މުއްދަތު އިތުރުކުރެވިފައި
9 ހ9 5
6
4
ކރ
ހ 2
2
ޙުސައިން އިރުޝާދު ބަންދުކޮށްފައިވަނީ މީހަކު ބަންދުކުރުމުގައި ޢަމަލުކުރަންޖެހޭ
އިޖުރާޢަތާއި އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވޭނެ ނެތްކަމާއި، ޙުސައިން އިރުޝާދު
ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބަލާނެ
ތަނެއް ނެތްކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/145
ދެވަނަ ކަމަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާގެ (ށ) ގައި
ކަނޑައަޅާފައިވާ އިޖްރާޢަތާ ޚިލާފަށް މުއްދަތު އިތުރު ކުރުމުގެ ކުރިން ކުރަންޖެހޭ ހުވާ ނުކޮށް،
ޝަރީޢަތުގެ މަޖިލިހުގައި މައްސަލަ ތަޙްޤީޤުކުރާ ފަރާތް ނޫން އެހެން ފަރާތަކުން ފޯމު ހުށަހަޅައި،
އެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިދިނީ ޕޮލިސް ކޯރޕްރަލް އަޙްމަދު
ފަލާޙްކަމަށް އަޙްމަދު ފަލާޙު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަޙްމަދު
ފަލާޙްއަކީ މި މައްސަލަ ތަހުޤީޤުކުރި ފަރާތްކަން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ
24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމު" ނަންބަރު
TD041565 އިން އެނގެންއޮންނަކަމާއި، އަދި ޙުސައިން އިރުޝާދުގެ މައްސަލަ ކްރިމިނަލް ކޯޓުގެ
ޤާޟީއަށް އަޙްމަދު ފަލާޙު ހުށަހަޅައިދިނުމުގެ ކުރިން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާގެ
(ށ) ގައި ބުނެފައިވާ ހުވާ އަޙްމަދު ފަލާޙްއަށް މައްސަލަބެއްލެވި ޤާޟީ ލައިދެއްވާފައިވާކަމާއި، އަދި
މިކަން ހިނގީ ޙުސައިން އިރުޝާދުގެ ޙާޟިރުގައިކަންވެސް ފާހަގަކޮށްފައިވާކަމާއި، މިކަމާ ގުޅޭގޮތުން
ޙުސައިން އިރުޝާދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ އިސްވެ
ބަޔާންކުރެވުނު މުވާ މައްސަލަ ބެއްލެވި ޤާޟީ ލައިދެއްވިކަމަށް ޙުސައިން އިރުޝާދަށް
ފާހަގަކުރެވިފައިނުވާކަމާއި،
އެހެންކަމުން، މައްސަލަ ބެއްލެވި ޤާޟީ ހުވާ ލައިދެއްވާފައިނުވާކަމަށް ޙުސައިން
އިރުޝާދުއަށް ޔަޤީންކަމާއެކު ބުނެވިފައި އަދި މި މައްސަލަ ތަހުޤީޤުކުރި އަޙްމަދު ފަލާޙް
ބުނެފައިވަނީ މި މައްސަލައިގައި ޤާޟީ ހުވާ ލައިދެއްވާފައިވާކަމާއި، އަދި ދެވަނަ ފަހަރަށް ޙުސައިން
އިރުޝާދުގެ މުއްދަތު އިތުރުކުރުމަށް އެދުމުންވެސް ޤާޟީ ހުވާ ލައިދެއްވާފައިވާކަމަށްކަން
ފާހަގަކުރެވުމުން،
މައްސަލައިގައި ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާގެ (ށ) ގައި
ބުނެފައިވާ އިޖުރާއަތާއި ޚިލާފަށް ކްރިމިނަލް ކޯޓުން ޢަމަލުކުރައްވާފައިވާ ކަމަށް ބެލެވެން ނެތްކަމެވެ.
سرمرتسر
ކުށެއްގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/145
ތިންވަނަ ކަމަކީ، ޙުސައިން އިރުޝާދަށް ޤާނޫނުއަސާސީގެ ދަށުން ލިބިދޭ
ޙައްޤުތަކާއި މިނިވަންކަން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ޙުސައިން އިރުޝާދުގެ ފަރާތުން ތަހުޤީޤުގެ ބޭނުމަށް މީހަކު ބަންދުގައި
ބަހައްޓަންޖެހޭ ސަބަބު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެކަމަށް
ބުނެފައިވީނަމަވެސް،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ
ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއްގައި، އެމީހަކު
ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެމަތިން ކަމަށް ކަނޑައެޅުމަށްފަހު، އެމީހެއްގެ ބަންދުގެ މުއްދަތު
އިތުރު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައި ވީނަމަވެސް، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު
ބަންދުގައި ބެހެއްޓޭނީ، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކަ
އެކަމަށްޓަކައި، ނުވަތަ ކޯޓަށް
ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލައިފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެކަނިކަން
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބެލުމުން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި
ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ
ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި،
ކުށުގެ ކުޑަބޮޑު
މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/145
ހއ 394
6
3294/
ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް
ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
42
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޙުސައިން އިރުޝާދުގެ ބަންދުގެ މުއްދަތު ޖަހައިދިނުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުނު
ސަބަބަކީ ޙުސައިން އިރުޝާދު މ.ދިލާވޭސް ގޭގެ 9 ވަނަ ފަންގިފިލާއަށް ވަދެ އެގެއިން ވައްކަން ކުރަން
އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައިކަން އެނގޭކަމާއި، އަދި ޙުސައިން އިރުޝާދު ހައްޔަރު
ކުރެވުނީވެސް ކުށުގެ ވެށިންކަމަށް ފާހަގަކުރެވޭކަމާއި، މިހެންކަމުން، ކުށެއްގެ ތުހުމަތުގައި މީހަކު
ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، އެކުށެއް ކުރިކަން ސާބިތުވާ މިންވަރަށް ހެކި ހުށަހެޅުން ލާޒިމް
ނޫންކަމުގައިވީ ހިނދު، އަދި އެފަދަ މަޖިލިހަކަށް ހެކި ހުށަހަޅަން ޖެހޭ މިންވަރަކީ، އެމީހާގެ ބަންދުގެ
މުއްދަތު އިތުރުކުރުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އެދޭ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭފަދަ
ހެކި ހުރިތޯ ބެލުންކަމުގައިވީ ހިނދު، ޙުސައިން އިރުޝާދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ހެއްކާއި
ޤަރީނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލިހަށް "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމު" ނަންބަރު TD041565 އިން ހުށަހެޅުނުކަން ފާހަގަކުރެވޭތީ،
އިސްވެ ބަޔާންކުރެވުނު "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ
24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމު" ނަންބަރު
TD041565 އިން ހުށަހެޅިފައިވާ ހެކިތަކަށް ރިޢާތް ކުރައްވާ، މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި ޙުސައިން އިރުޝާދު ބަންދުކުރައްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
ބެލެވޭނެ ތަނެއް ނެތްކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
8
2012/HC-A/145
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންތައް އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/3976(J
(
MD-145 ކޯޓު އަމުރުގެ ދަށުން، ށ.ކޮމަންޑޫފުބްލޫއައްސޭރި ޙުސައިން
އިރުޝާދު 15 މެއި 2012 ދުވަހު 19:51 އިން ފެށިގެން 20 މެއި 2012 ދުވަހުގެ 19:50 އަށް، ގޭ
ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ
ތަނެއްނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;