ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/209 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/209
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم تا مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 209/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޝާހިދާ ޢަލީ
އައި.ޑީ.ކާޑް ނަންބަރު: A033913
މިހާރުގެ އެޑްރެސް:
* ދާއިމީ އެޑްރެސް: ގ. އީގަލްނެސްޓް / މާލެ
ސާޔާ | މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަލީ އިބްރާހީމް މަނިކު
ދާއިމީ އެޑްރެސް: 5. އީގަލްނެސްޓް/ މާލެ
* އައި.ޑީ.ކާޑް ނަންބަރު: A078049
މިހާރުގެ އެޑްރެސް: މއ. މާވަރު / މާލެ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޖޫން 2013
ނިމުނު ތާރީޚް: 12 ސެޕްޓެމްބަރ 2013
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
4 ނަންބަރު: 2011/Cv
-
C/2030
* ކޯޓު: ސިވިލް ކޯޓު
ނިންމެވި ތާރީޚް: 13 ފެބްރުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ޞައްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B81647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ
ނިމުނު
2{13/HC-A/209
يمر مني .*
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2030 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ. އީގަލްނެސްޓް، ޝާހިދާ އަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
/
<< O
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މއ. ޘާވަރު ޢަލީ އިބްރާހީމް މަނިކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ. އީގަލްނެސްޓް ޝާހިދާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
0އ"
2- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤްޟިއްޔާއަކީ އީގަލްނެސްޓް ޢަލީ އިބްރާހީމް މަނިކު (ދ.ރ.ކާޑު ނަންބަރު
A078049) ގެ ނަމުގައި ރަޖިސްޓްރީ ކޮސްފައިވާ މާތުޑި އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު
ބ.9042) 1425 (ސާދަސަތޭކަ ފަންސަވީސް) އަކަފޫޓުގެ ބަންޑާރަ ގޯއްޗާއި، ގޯތީގައިވާ ޢިމާރާތަކާއި
ނުއުފުލޭ މުދާ، ޢަލީ އިބްރާހީމް މަނިކުގެ މިލްކުން ކަނޑައި، ޢަލީ އިބްރާހީމް މަނިކުގެ 04 (ހަތަރެއް)
ދަރިން ކަމުގައިވާ އީގަލްނެސްޓް އިސްމާޢީލް ޝާހިދު (A032879) އަށާއި، މާތުޑި ޙައްވާ
ސާޖިދާ (A050037) އަށާއި، އީގަލްނެސްޓް ޝާހިދާ ޢަލީ (A033913) އަށާއި، އެގޭ
"42
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 3 29
3 ޤަޟިއްޔާ ނިމުނު 1
2013/HC-A/209
می هرکی
އާޞިމާ (A035386) އަށް ހަމަހަމަވާގޮތަށް ހިބައިން ދިނުމަށް އެދި ޢަލީ އިބްރާހީމް މަނިކު ފަރާތުން
ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެއްކަމާއި، އެޤްޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޢަލީ އިބްރާހީމް މަނިކުގެ
ފަރާތުން ހުށަހަޅާފައިވާ ފަދައިން އިސްމާޢީލް ޝާހިދާއި، ޙައްވާ ސާޖިދާގެ ފަރާތުން އެހިބަ
ޤަބޫލުކޮށްފައިވާކަމާއި، ޢަލީ އިބްރާހީމް މަނިކު ގެ 9 (ނުވައެއް) ދަރިންގެ ތެރެއިން ހިބައިގައި ނުހިމެނޭ
ގ. އީގަލްނެސްޓް އިބްރާހީމް ނަޝީދު (ދ.ރ.ކާޑު ނަންބަރު A037905) އާއި ގ. އީގަލްނެސްޓް
އާމިނަތު ނަޝީދާ (ދ.ރ.ކާޑު ނަންބަރު A043594) އާއި، އީގަލްނެސްޓް އަޙްމަދު ނިމާދު
(ދ.ރ.ކާޑު ނަންބަރު A043587) އާއި، އީގަލްނެސްޓް ޙުސައިން ނިޔާޒު (ދ.ރ.ކާޑު ނަންބަރު
A043585) އާއި، އީގަލްނެސްޓް މަރިޔަމް ޝަހީދާ (ދ.ރ.ކާޑު ނަންބަރު A324530) އާއި، ޢަލީ
އިބްރާހީމް މަނިކުގެ އަނބި މ. ތިންކުރި ތަހްމީނާ އިބްރާހީމް (ދ.ރ.ކާޑު ނަންބަރު A043586) ގެ
ފަރާތުން ޢަލީ އިބްރާހީމް މަނިކު ހުށަހަޅާފައިވާ ފަދައިން ހިބައިން ދިނުމާމެދު އިޢުތިރާޟު ނުކުރާކަމުގައި
ބަޔާންދީފައިވާހިނދު، ހިބައިގައި ހިމެނިގެންވާ ޝާހިދާ ޢަލީ އާއި ޢާއިޝަތު ޢާޞިމާ ޢަލީގެ ފަރާތުން
ހުށަހަޅާފައިވާ ފަދައިން ހިބައިންލިބިގަތުމަށް ނުއެދޭކަމުގައި ބުނެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީފައިވާތީ،
ބުނެ
0 .
22
ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ޙައްވާ ސާޖިދާއަށާއި އިސްމާޢީލް ޝާހިދުއަށް ހިބައިން
ދީފައިވާ ދިނުން ޞައްޙަ ކަމުގައި ކަނޑައަޅުއްވައި، ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ހުށަހަޅާފައިވާ
ޗާޓާއި އެއްގޮތަށް (މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 144
/
2013
/
30/C-425 (29 ޖެނުއަރީ 2013)
ސިޓީއާއެކު ފޮނުވާފައިވާ ޗާޓުގައިވާ ފަދައިން) މާކުޑި އެވެ ކިޔާ ބަންޑާރަ ގޯތީގެ މެދުން، އިރުން
ހުޅަނގަށް 4 (ހަތަރެއް) ފޫޓު ފުޅާ، 38 (ނަވާރަ) ފޫޓްގެ ދިގުމިން ހުރި ގޯޅިމަގެއް ނަގައި، އެގޯޅި މަގު
އަދި ގޯތީގެ އުތުރަށް އޮތް 637 (ހަސަތޭކަ ތިރީސް ހަތް) އަކަފޫޓުގެ ބައިގެ މެދުން، އުތުރުން ދެކުނަށް
ރޯލެއް ދަމައި، ގޯޅިމަގުގެ އުތުރަށް އޮތްބައި 318.25 (ތިންސަތޭކަ އަށާރަ ޕޮއިންޓް
އަކަފޫޓުގެ ދެބަޔަށް ބައިކޮށް، އަދި ގޯޅިމަގާއި ގޯތީގެ ދެކުނަށް އޮތް 637 (ހަސަތޭކަ
OLC
4/
އައި 32
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
¢ ¢3
ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/209
کی مرکی
02c
އަކަފޫޓުގެ ބައިގެ މެދުން، އުތުރުން ދެކުނަށް ލޯނެއް ދަމައި، ގޯޅިމަގުގެ ދެކުނަށް އޮތްބައި 318.25
(ތިންސަތޭކަ އަށާރަ ޕޮއިންޓް ދޭއް ފަހެއް) އަކަފޫޓުގެ ދެބަޔަށް ބައިކޮށް، ބަޔާންކުރެވުނު 318.25
(ތިންސަތޭކަ އަށާރަ ޕޮއިންޓް ދޭއް ފަހެއް) އަކަފޫޓުގެ ހަތަރު ބައިގެ ތެރެއިން ގޯތީގެ ހުޅަނގު އުތުރަށް
އޮތް 318.25 (ތިންސަތޭކަ އަށާރަ ޕޮއިންޓް ދޭއް ފަހެއް) އަކަފޫޓުގެ ބައި ޙައްވާ ސާޖިދާއަށް، އަދި
ގޯތީގެ ހުޅަނގު ދެކުނަށް އޮތް 318.25 (ތިންސަތޭކަ އަށާރަ ޕޮއިންޓް ދޭއް ފަހެއް) އަކަފޫޓުގެ ބައި
އިސްމާޢީލް ޝާހިދުއަށް މިލްކުވެގެންވާކަމުގައި ކަނޑައަޅުއްވައިކަން އެނގެން އޮންނަ ކަމެވެ.
02c
3- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
. އީގަލްނެސްޓް | ޝާހިދާ ޢަލީގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
12
(ހ) ފުރަތަމަ ނުކުތާއަކީ: ޢަލީ އިބްރާހީމް މަނިކު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
މާތުނޑި އެވެ، ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ނުއުފުލޭ މުދާ އޭނާގެ މިލްކުން ކަނޑައި، އޭނާގެ 4
(ހަތަރެއް) ދަރިން ކަމުގައިވާ އިސްމާޢީލް ޝާހިދުއާއި، ޝާހިދާ ޢަލީއާއި އަދި ޙައްވާ ސާޖިދާއާއި
ހަމަހަމަވާގޮތަށް ހިބައިން ދިނުމަށް ހުށަހެޅި ގޮތާއި، މުޅިން ޚިލާފަށް އެ ހަތަރު ކުދިންގެ ތެރެއިން
ޙައްވާ ސާޖިދާއާއި އިސްމާޢީލް ޝާހިދު އެދުނު ގޮތަށް ހިބައިގެ މައްސަލަ ހިންގައި ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މއ. މާތުނޑި އެވެ، ކިޔާ ބަންޑާރަ ގޯތީގެ ބޮޑުމިނަކީ 1925
(އެއްހާސް ހަތަރުސަތޭކަ ފަންސަވީސް) އަކަފޫޓުކަން، އެ ގޯއްޗަށް ހައްދަވައިދެއްވާފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/209
و مری
ދެވެ
ބ.9042 ރަޖިސްޓްރީ އެނގެން އޮތްއިރު، އެ ގޯތީގެ މެދުން، އިރުން ހުޅަނގަށް 4 (ހަތަރެއް) ފޫޓު ފުޅާ
19(ނަވާރަ) ފޫޓު ދިގުމިނުގެ (76 އަކަފޫޓްގެ) ގޯޅިމަގެއް (އެތެރޭގައިވާ ދެ ބަޔާއި ހަމައަށް) ނަގައިފިނަމަ
އެގޯތިން ބަހަން އޮންނާނީ 1349 (އެއްހާސް ތިންސަތޭކަ ސާޅީސް ނުވައެއް) އަކަފޫޓުގެ ކަމަށް ވިޔަސް
އެވަރުގެ ގޯޅިމަގެއް ނެގުމުން ގޯތީގައި ބަހަން އޮތީ، 1274 (އެއްހާސް ދުއިސައްތަ ހަތްދިހަ ހަތަރެއް)
އަކަފޫޓްކަމަށް ބަލައިގެން ބަހާފައިވުމާއި، 1349 (އެއްހާސް ތިންސަތޭކަ ސާޅީސް ނުވައެއް) އަކަފޫޓުގެ
4(ހަތަރެއް) ބަޔަށް ބަހައިފިނަމަ، ބަޔަކަށް ލިބޭނީ 337.25 (ތިންސަތޭކަ ތިރީސްހަތެއް ޕޮއިންޓް ދޭއް
ފަހެއް) އަކަފޫޓުކަމަށްވާއިރު، ބަހަން އޮތީ 1274 (އެއްހާސް ދުއިސައްތަ ހަތްދިހަ ހަތަރެއް) އަކަފޫޓްކަމަށް
ބަލައިގެން، ދެފަޅިއަށް ގޯތި ފަޅާލިކަމުގައިވެސް، ފުޅިއެއްގައި އޮންނާނީ 637 (ހަސަތޭކަ ތިރީސްހަތެއް)
އަކަފޫޓް ކަމަށްވާއިރު އެ 637 (ހަސަތޭކަ ތިރީސްހަތެއް) އަކަފޫޓް 2 (ދޭއް) ބަޔަށް ބެހުމުން ބަޔެއްގައި
އޮންނާނީ، 318.5 (ތިންސަތޭކަ އަށާރަ ޕޮއިންޓް ފަހެއް) އަކަފޫޓް ކަމަށްވާއިރު، އެ 637 (ހަސަތޭކަ
ތިރީސް ހަތެއް) އަކަފޫޓް 2 (ދޭއް) ބަޔަށް ބެހުމުން ބަޔެއްގައި އޮތީ، 318.25 (ތިސްސަތޭކަ އަށާރަ
ޕޮއިންޓް ދޭއް ފަހެއް) އަކަފޫޓް ކަމަށް ބަލައިގެން ނިންމާފައި އޮތުމުން ހަމަހަމަ ކަމާއި، ޢަދުލު
އިންޞާފާއި ޙިލާފުވުން ކަމަށް ބުނެ ހުށަހެޅީ ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ނުއުފުލޭ މުދަލެއް (ޢިމާރާތްތަކާއެކު ބަންޑާރަ ބިންވެސް
ހިމެނޭ ގޮތުން) އެމުދަލުގެ ވެރިފަރާތުގެ މިލްކުން ކަނޑައި، ހިބައިން ދޭން ހުށަހެޅި ގޮތްނޫން އެހެން
ގޮތަކަށް އެހިބަ ލިބޭ މީހާ ނުވަތަ މީހުން ނުވަތަ ބަޔަކު ޤަބޫލުކޮށް ބަލައިގަތްކަމުގައިވިޔަސް، ހިބަ ލިބޭ
މީހުން ނުވަތަ ހިބަލިބޭ ބަޔަކު ޤަބޫލުކުރި ގޮތަކީ، ހިބަދޭ މީހާވެސް ޤަބޫކުރާގޮތްކަމަށް ނުވާނަމަ (މާނައަކީ
ހިބަލިބޭ ހަތަރު މީހުންގެ ތެރެއިން ދެމީހުން ޤަބޫލު ކުރިގޮތަކީވެސް، އަދި ހިބަ ދޭ ފަރާތުން ހިބަދޭން
ހުށަހެޅިގޮތަށް އެހި ޤަބޫލުނުކުރި ދެމީހުން ބުނާ ގޮތަކީވެސް ހިބަދޭ މީހާވެސް ޤަބޫލުކުރާ ގޮތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B81647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/239
6 ޤަޟިއްޔާ ނިމުނު ގޮ
کرم محترمب
2 2 2 4 8
ޑޮލަޅަ ޗެންގ
ނުވާނަމަ) އެހިބައަކީ، އީޖާބާއި ޤަބޫލު އެއްގޮތްނުވާ އަދި އެއީ ޞައްޙަ ހިބަޔަކަށް ނުވުމުން،
ހިބަޔަށް އެހިބަވެގެންދާނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ކުރުމަށް
4 ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާ، އިސްތިއުނާފު
ގ. އީގަލްނެސްޓް ގެ ޝާހިދާ ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޝާހިދާ
ޢަލީގެ ފަރާތުންނާއި އިސްތިއުނާފް ދަޢުވާ ރައްދުވާ ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/2030 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ:
މާތުޑިއެވެ (ރަޖިސްޓްރީ ނަންބަރު 90420 ބ) ކިޔާ
ބަންޑާރަ ގޯއްޗަކީ ޢަލީ އިބްރާހީމް މަނިކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ 1424 (ސާދަސަތޭކަ
ސައްވީސް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނޫފުލޭ މުދާ ޢަލީ
އިބްރާހީމްގެ މިލްކުން ކަނޑައި އޭނާގެ ދަރިންގެ ތެރެއިން ގ. އީގަލްނެސްޓް އިސްމާޢީލް ޝާހިދަށާއި،
އެގޭ ޝާހިދާ ޢަލީއަށާއި، ޢާއިޝަތު އާޞިމާ އަށާއި، މާތު، ޙައްވާ ސާޖިދާއަށް ހަމަހަމަވާގޮތަށް
ޝަރީޢަތް މެދުވެރިކޮށް ހިބައިން ދިނުމަށް އެދި ހުށަހަޅާފައިވާ ކަމާއި، އެގޮތަށް އެ 4 ދަރިންނަށް ހިބައިން
ދިނުމާމެދު ޢަލީ އިބްރާހީމްގެ އަނބިމީހާއާއި، ބާކީ ތިބި 5 ދަރިން އިޢުތިރާޒް ނުކުރާކަން އެނގެން
އޮންނަކަމާއި،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ހަނކޮށް އއ،
2{13/HC-A/209
می هرکی
ޤަޟިއްޔާ ނިމުނު "
މއ. މާތު، އޭ ކިޔާބަންޑާރަ ގޯތީގައިވާ ޢަލީ އިބްރާހީމްގެ މިލްކު އިމާރާތްތައް
ހިބައިންދިނުމަށް ޢަލީ އިބްރާހީމުގެ ފަރާތުން ހުށަހެޅި ގޮތަށް އެހިބަ ޤަބޫލުކުރާކަމަށް އެ4 ދަރިންގެ
ތެރެއިން ހ. އީގަލްނެސްޓް އިސްމާއިލް ޝާހިދާއި މާކުޑި ޙައްވާ ސާޖިދާގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން އެނގޭއިރު، ގ. އީގަލްނެސްޓް ޝާހިދާ ޢަލީއާއި އެގޭ ޢާއިޝަތު އާސިމާ ޢަލީ
އަށް ހިބައިން ދިނުމަށް އިބްރާހީމް މަނިކު ހުށަހަޅާފައިވާގޮތަށް މިހިބަ ޤަބޫލުކުރުމަށް އިންކާރުކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
4 332
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައި ދެފަރާތުން ދެއްކި
ވާހަކަތަކަށް ބަލާއިރު، ޢަލީ އިބްރާހީމް މަނިކުގެ ހަތަރު ކުދިންނަށް އޭނާ ހިބައިން ދިނުމަށް
ކަނޑައަޅާފައިވާ ބައިތަކަކީ ކުރިން އެފަރާތްތަކާއި މެދު ވާހަކަދެކެވި އެފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށް
މަތިން އެކުއްޖެއް މިހާރުވެސް (މއ. މާތުޑީގައި) ދިރިއުޅެމުން ދާ ނުވަތަ ކުރިން ދިރިއުޅުނު ބަޔަކީ
އެކުއްޖަކަށް ހިބައިން ލިބޭބައި ކަމުގައި ބަލައިގެންކަމަށް ޢަލީ އިބްރާހީމް މަނިކުގެ ފަރާތުން ބުނެފައިވާކަން
އެނގޭއިރު، އެގޮތަށް ހިބަ ލިބިގަތުމަށް ގ. އީގަލްނެސްޓް ޝާހިދާ ޢަލީއާއި އެގޭ ޢާއިޝަތު އާސިމާ ޢަލީ
އިންކާރުކޮށްފައިވަނީ، ވަކިތަނެއް ކަނޑައަޅައި ހިބައިން ދިނުމަށް ހުށަހަޅާފައިވާ ގޮތަށް އެހިބަ ލިބުން
ނުއެދޭތީކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި މިބައެއް ޞައްޙަވުމުގައި، އެކިބައިން
ދިނުމާއި އަދި އެހިބަ ޤަބޫލުކުރުމުގައި އެއްވެސް ޝަރުތެއް ނެތުމާއި، ހިބައިދޭ މުދަލުގެ މިލްކްވެރިކަން
ހިބައިން ދޭމީހާއަށް ލިބިގެންވުމާއި، ހިބައިގެ އީޖާބާއި ޤާބޫލު އެއްގޮތްވުން
އެނގޭކަމާއި،
OOX OL
ދި 433
2
0 ތތ
ޝަރުތްވެގެންވާކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: M16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
¢ ¢3
ޤަޟިއްޔާ ނިމުނު '
2{013/HC-A/2!39
کی عمری
ދެވެ
ހިބައިން ނުވަތަ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް،
ވަޞިއްޔަތުން ދިނުމުގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާއަށާއި، އެޤާނޫނު ދަށުން ހެދިފައިވާ،
”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު“ އަށް ބެލިބެލުމުން،
ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ
އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ
މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއަކަށް ވާންވާނެކަމަށް އިޝާރާތް ކުރެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ
(ހ) އާއި، އިޝާރާތްކުރެވުނު ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައި އޮންނަކަމާއި،
ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި
ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން
ދެވޭނި ހިބަ ނުވަތަ ވަޞިއްޔަތުގައި ނުހިމެނޭ ފަރާތްތަކުގެ ބިމުގެ ތަނަވަސްކަންހުރިނަމަކަމަށާއި، ހިބަ
ނުވަތަ ވަޞިއްޔަތުގައި ނުހިމެނޭ އުފަންދަރިންގެ ބިމުގެ ތަނަވަސްކަން ނެތްނަމަވެސް އެއިން އެއްވެސް
ފަރާތަކުން އެފަރާތްތައް ނުހިމަނާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް އިޢްތިރާޟް ނުކުރާނަމަ
އެދަރިން ނުހިމަނާ ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެކަން ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) އާއި
ޤަވާޢިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުން އެނގެން އޮންނަކަމާއި، ޢަލީ އިބްރާހީމް މަނިކުގެ
ފަރާތުން އޭނާގެ ހަތަރު ކުދިންނަށް ހިބައިން ދިނުމަށް ހުށަހެޅުމުން، އެހުށަހެޅިގޮތަށް ހިބަ ޤަބޫލުކޮށްފައިވާ
ދެކުދިންނަށް ހިބައިން ދިންދިނުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ފުރިހަމަވެފައިވާކަމަށް ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާގައި ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޑިއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/A
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/239
9 ޤަޟިއްޔާ ނިމުނު "
کیم محترمب
ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ޙުކުމް
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2030 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް ކަމަށް ބަލާނެތަނެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv