ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/302 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012/HC-A/302
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
6
ޤަޟިއްޔާ ނަންބަރ: 302/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ރާޝިދު
:އައި.ޑީ.ކާޑް ނަންބަރ: A053417
ދާއިމީ އެޑްރެސް: މަރިޔަމްމާގެ / ގއ.ކޮލަމާފުށި
* މިހާރުގެ އެޑްރެސް: ވިލީފެއަރ / ވިލިމާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކޮލަމާފުށީ ކައުންސިލް އިދާރާ
ރަޖިސްޓްރީ ނަންބަރ:
* ދާއިމީ އެޑްރެސް، ކޮލަމާފުށީ ކައުންސިލް އިދާރާ
* މިހާރުގެ އެޑްރެސް: ކޮލަމާފުށީ ކައުންސިލް އިދާރާ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 އޮކްޓޯބަރ 2012
*ނިމުނު ތާރީޚް: 30 ޖެނުއަރީ 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/P7C/11
ނިންމިކޯޓް: ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓު
ހެޅުނު ތާރީޚް: 15 އެޕްރީލް 2012 ނިމުނު ތާރީޚް: 20 މެއި 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8؟
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012/HC-A/332
• ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P1C/11
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކޮލަމާފުށީ މަރިޔަމްމާގޭ މުޙައްމަދު ރާޝިދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް
އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P1C/11
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކޮލަމާފު.ހީދީ މަރިޔަމްމާގޭ ޛުޙައްމަދު ރަޝީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P7C/11
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ
މަރިޔަމްމާގޭ މުޙައްމަދު ރާޝިދުއަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި މަސް ކައްކައި
ހިއްކުމުގެ މަސައްކަތް ކުރަމުން ދާތީއާއި، އެގޯއްޗަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި އޮތް ގޯއްޗަކަށްވީ
28
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{012/HC-A/3402
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެސަރަޙައްދުގައި ދިރިއުޅޭ ގެތަކުގެ މީހުންނަށް އުނދަގޫވާތީ އެގެތަކުގެ ވެރީން ހުވަދު އަތޮޅު އުތުރުބުރީ
ކޮލަމާފުށީ ކައުންސިލް އިދާރާގައި ޝަކުވާކުރަމުންދާތީ އެމަސައްކަތް ހުއްޓުވުމަށް އެދި ހުވަދު އަތޮޅު އުތުރުބުރީ
ކޮލަމާފުށީ ކައުންސިލް އިދާރާގެ ފަރާތުން ށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ދީ މަރިޔަމްމާގޭ
(މ.އެލަސްކާ) މުޙައްމަދު ރާޝިދުއަށް ދިރިއުޅުމަށް ދޫކޮށްފައިވާ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ
މަރިޔަމްމާގޭ ނަމަކަށްކިޔާ ބަންޑާރަ ގޯތީގައި ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި މަސް ކައްކައި ހިއްކުމުގެ
މަސައްކަތްކުރާތީ މަސް ކެއްކުމުގެ ސަބަބުން އަރާ ދުމުގެ ސަބަބުންނާއި އެތަނުގައި ދުވާ ވަހުގެ ސަބަބުން
މަރިޔަމްމާގޭ ވަށައިގެން ދިރިއުޅޭ ގެތަކުގެ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި، މަރިޔަމްމާގޭ ގޯތި
މުޙައްމަދު ރާޝިދު ބޭނުން ކުރަނީ އެގޯތި އޭނާއަށް ދޫކޮށްފައިވާ ބޭނުންނޫން އެހެން ބޭނުންތަކަށް ކަމަށާއި،
އަދި އެގޯތި ދޫކުރުމުގެ މަޤްޞަދާއި ޚިލާފަށް ކަމަށާއި ޤާނޫނު ނަންބަރު 01/2002 "ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު"ގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ރާޝިދުއާ ދެކޮޅަށް ހުވަދު އަތޮޅު
އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާއިން ހުށަހަޅާފައިވާ މިދަޢުވާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައި ހުރި ވާހަކަތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިހުރި ލިޔުންތަކަށާއި، މައްސަލައިގެ
ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ / މަރިޔަމްމާގެ
ނަމަކަށްކިޔާ ބަންޑާރަ ގޯއްޗަކީ ދިރިއުޅުމަށް އެގޭ މުޙައްމަދު ރާޝިދުއަށް ދޫކޮށްފައިވާ ގޯއްޗެއްކަން މުޙައްމަދު
ރާޝިދުގެ ބަދަލުގައި ޝަރީއަތަށް ޙާޟިރުވި ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ / މަލަ މުޙައްމަދު ޙާޝިމާއި،
މައްސަލަ ހުށަހަޅާ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި
ކައުންސިލް މެމްބަރ ރިޔާޒު ޙުސައިންގެ ބަހުން އެގެން އޮތުމާއި، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ |
މަރިޔަމްމާގެ ނަމަކަށްކިޔާ ބަންޑާރަ ގޯތި ވިޔަފާރި އުޞޫލުން ފުޅާދާއިރާއެއްގައި މިހާރުވެސް މަސް ކައްކައި
ހިއްކަމުންދާކަމަށް މުޙައްމަދު ރާޝިދުގެ ބަދަލުގައި ޝަރީޢަތުގެ މަޖިލީހަށް ހާޟިރުވި މުޙައްމަދު ރާޝިމްގެ
ބަޔާނުން ޝަރީޢަތަށް ސާބިތުވާތީ ޤާނޫނު ނަންބަރު 01/2002 "ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު"ގެ 29
ވަނަ މައްދާގެ (ހ) އަށް ބަލާއިރު، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗެއް ދިރިއުޅުންނޫން އެހެން
ކުރަންވާނީ ކަމާއި ބެހޭ ފަރާތްތަކުން ހުއްދަ ހޯދައިގެން ކަން އެނގެން އޮންނާތީއާއި
މިގޯތީގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދަ
CU O
21 4 4 3 2
ޒ 2
0
2 ހ 2
4
همسر مرمر مرسي
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012HC-A/02
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަޔާންތަކުން ޝަރީޢަތަށް ސާބިތުވާތީ، ހުވަދު އަތޮޅު އުތުރުބުރީ
ކޮލަމާފުށީ { މަރިޔަމްމާގޭ މުޙައްމަދު ރާޝިދު ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ވިޔަފާރި އުޞޫލުން
ފުޅާދާއިރާއެއްގައި ކުރާ މަސައްކަތް ކަމަށްވާ މަސް ކައްކައި ހިއްކުމުގެ މަސައްކަތް ޤާނޫނު ނަންބަރު
01/2002 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު"ގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުއްދަ ހޯދަންޖެހޭ
ފަރާތްތަކުން ހުއްދަ ހޯދައިގެން މެނުވީ އެމަސައްކަތް ކުރިޔަށް ނުގެންދިއުމަށް ހުވަދު އަތޮޅު އުތުރުބުރީ
ކޮލަމާފުށީ / މަރިޔަމްމާގޭ (މ.އެލަސްކާ) މުޙައްމަދު ރާޝިދުއަށް އަންގަވައި އަދި މިމައްސަލައިގައި ހުވަދު
އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލުން 02 ވަނަ ކަމަކަށް ހުށަހަޅާފައިވަނީ މަރިޔަމްމާގޭ ގޯތީގައި މަސް
ކައްކައި ހިއްކާތީ، އޭގެ ސަބަބުން އަރާ ދުން އެގޭގެ ވަށައިގެން ދިރިއުޅޭ ގެތަކުގެ މީހުނަށް އުނދަގޫ ފިލުވުމަށް
ކަމަށްވީ ހިނދު، ޤާނޫނު ނަންބަރު 07/2010" ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ ޢުޞޫލުން
ހިންގުން" ގެ ޤާނޫނަށް ރިޢާޔަތްކުރާއިރު މީސްމީހުންގެ ފަރުދީ ދަޢުވާތައް އުފުލުމުގެ ޙައްޤު ރަށު ކައުންސިލަށް
ލިބިދީފައި ނުވާކަމަށް ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
3. ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P7C/11
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގއ. ކޮލަމާފުށީ / މަރިޔަމްލާގެ ޤުޙައްމަދު ރާޝިދުގެ ފަރާތުން 04 (ހަތަރު)
ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ ކޮލަމާފުށީ ކައުންސިލްގެ އިދާރާއިން ކޮލަމާފުށީ
މަރިޔަމްމާގެ މުޙައްމަދު ރާޝިދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"ގެ 23 ވަނަ މާއްދާގެ (ފ) އާއި ޤާނޫނު ނަންބަ
4/68 (ޏ) "އާއްމު ޤާނޫނު ތަކެއް" ގެ 07 ވަނަ މާއްދާއާ ޚިލާފަށް އެކައުންސިލްގެ އިދާރާއަށް މަދަނީ
މައްސަލައެއްގެ ގޮތުގައި ދަޢުވާކުރުމުގެ އިޚްތިޞާޞް ނެތްކަމެއްގައިކަމަށްވީހިނދު، ޝަރީޢަތުން އެކަމަށް
ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިކޯޑު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012/HC-A/302
(ނ) ދެވަނަ ނުކުތާއަކީ: "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ 29 ވަނަ މާއްދާގެ (ހ) ގެ
ދަށުން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން މެނުވީ ކޮލަމާފުށީ މަރިޔަމްމާގޭގައި މަސް
ކައްކައި ހިއްކުމުގެ މަސައްކަތް ނުކުރުމަށް ޝަރީޢަތުން ކޮލަމާފުށީ މަރިޔަމްމާގެ މުޙައްމަދު ރާޝިދަށް
އެންގި މިޤަޟިއްޔާއަކީ ފަރުދީ ދަޢުވާއަކަށްވާއިރު، މީސްމީހުންގެ ފަރުދީ ދަޢުވާތައް އުފުލުމުގެ ޙައްޤު
ކައުންސިލް އިދާރާއަށް ލިބިގެންނުވާކަމަށް ޝަރީޢަތުން ނިންމެވި ހަމައިގައި ފަރުދީ ދަޢުވާއެއްގެ ދަށުން
މަރިޔަމްމާގޭގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް ނުކުރުމަށް އެންގެވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
84
cocco
(ނ) ތިންވަނަ ނުކުތާއަކީ ކޮލަމާފުށީ މަރިޔަމްމާގެއެވެކިޔާ ގޭގައި މަސް ކައްކައި
ހިއްކުމުގެ މަސައްކަތް ކުރަނީ އެގޭގައި މީހުން ދިރިއުޅެމުންތޯ ޝަރީޢަތުން އެއްވެސް މިންވަރަކަށް
ބެއްލެވުމެއްނެތި، އަދި އެގޭގައި މީހުން ދިރިނުއުޅޭކަމުގެ އެއްވެސް ހެއްކެއް ނެތި ޤާނޫނު ނަންބަރު 1/2002
"ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން
މެނުވީ އެގޭގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް ނުކުރުމަށް ޝަރީޢަތަށް މުޙައްމަދު ރާޝިދަށް
އަންގަވާފައިވަނީ ޝަރީޢަތާއި އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
/ ބޑ ކ
(ރ) ހަތަރުވަނަ ނުކުތާއަކީ: ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މިޤަޟިއްޔާއިން
ދިވެހިރާއްޖޭގެ ޖުމްހޫރިއް
ހުރިއްޔާގެ ޤާނޫނުއަސާސީގެ 16,17,37 ވަނަ މާއްދާއާއި ޚިލާފަށް މުޙައްމަދު ރާޝިދު
ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓުވައިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
81
cuoc
4. ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P1C/11
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ. ކޮލަމާފުށީ ! މަރިޔަމްމާގޭ މުޙައްމަދު ރާޝިދުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ގއ. ކޮލަމާފުށި / މަރިޔަމްމާގޭ މުޙައްމަދު ރާޝިދުގެ ފަރާތުންނާއި
މިއިސްތިޢުނާފް ދަޢުވާ ރައްދުވާ، ކޮލަމާފުށި ކައުންނި އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/P7C/11 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުއީ އެންގޭގެ
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
81
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012/HC-A/302
4 3 22
އއ
އއގ
ދިވެހިރާއްޖޭގެ ހައިކޯ
(ހ) ފުރަތަމަ ކަމަކީ ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން އުފައްދާފައިވާ ރަށު ކައުންސިލްތަކަކީ އެ
ކައުންސިލްތަކުގެ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ
ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝައްކެއްކަމަށް
އެޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު
ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ
ކިޔާސަތުތައް އެކަށައަޅަ ގަވާއިދު ހަދައި ހިންގުމާއި، ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް
(އެޤާނޫނުގެ 23 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ނޫން) ކަންކަން ކުރުމުގެ ބާރު ލިބިގެންވާކަން
އެޤާނޫނުގެ 23 ވަނަ މާއްދާގެ (ބ) އާއި (ށ) އަށް ބެލުމުން އެނގޭކަމާއި، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި
ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ
މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރަތްކުރުމުގެ
ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި
މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން
ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެޤާނޫނުގެ 24
ވަނަމާއްދާގެ (ހ) އިން އެނގޭއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ދިރިއުޅުން ނޫން ބޭނުމަކު
ބޭނުން ކުރަންވާނީ، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށު އޮފީހުން އެކަމަކަށް ހުއްދަ ހޯދައިގެން ކަމަށާއި،
އެހުއްދަ ދޫކުރެވޭނީ އެގޯއްޗެއްގައި ކުރާ، ނުވަތަ ހިންގާ މަސައްކަތަކީ ނުވަތަ އެގޯއްޗަކުން ކުރާ ބޭނުމަކީ،
އެރަށެއްގެ ބިން ބޭނުން ކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ޚިލާފު މަސައްކަތެއް
ނުވަތަ ބޭނުމެއްކަމަށް ނުވާނަމަކަން ޤާނޫނުނަންބަރު 1/2002(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 29
ވަނަމާއްދާއިން އެނގޭކަމާއި،
4
464
3 އ
COCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012HC-A/02
ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ
އެރަށު މަރިޔަމްމާގޭގެ ގޯތީގައި ވިޔަފާރި ޢުޞޫލުން ފުޅާ ދާއިރާއެއްގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް
ކުރަމުން ގެންދަނީ އެގޯތި ދޫކޮށްފައިވާ އެހެން ބޭނުންތަކަށް ކަމަށާއި، އެއީ އެގޯތި ދޫކުރުމުގެ
މަޤުސަދާއި ޚިލާފު އަދި ޤާނޫނު ނަންބަރު o1
/
2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) ގެ 29 ވަނަ
މައްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް ބުނެ އެމަސައްކަތް ހުއްޓާލުމަށް އަމުރު ކޮށްދިނުމަށް އެދިގެންކަން އެނގެން
ޒ 2 ބ 22
2
مقر سفر سفر تقری
CuO
* އދ 44
އަނކު99.
OOOX C
0¢¢
OCCO
(ށ) ދެވަނަ ކަމަކީ: ކޮލަމާފުށީގައި ވިޔަފާރީގެ އުސޫލުން މަސް ކައްކައި ހިއްކުމަށް
ބޭނުންވާ ފަރާތްތަކަށް ބިންދޫކުރާނެ ސަރަހައްދާއި އަދި ބިންދޫކުރުމުގައި ޢަމަލުކުރާނޭ އުސޫލުތަކެއް
ކަނޑައަޅާފައިވާކަން 05 ޖޫން 2007 ގައި ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ އޮފީހުން ކޮށްފައިވާ އިޢުލާން
ނަންބަރ 2007/26 އާއި، 21 ފެބްރުއަރީ 2007 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން
ޑިވެލޮޕްމަންޓް އިން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހަށް ފޮނުވާފައިވާ ސިޓީއާއި، 04 އޭޕްރީލް 2005
ދުވަހުގެ ރޭ 21:00 ގައި ބޭއްވުނު ގއ. ކޮލަމާފުށީ ރކ.ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާއަށް ބެލުމުން
އެނގޭކަމާއި، އަދި ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ އޮފީހުން ކޮށްފައިވާ އިޢުލާން ނަންބަރ 2007/26
ގައި ކޮލަމާފުށީން މަސް ކައްކައި ހިއްކުމުގެ މަސައްކަތަށް ބިން ބޭނުންވެއްޖެ ނަމަ އެކަމަށް އެދި ހުށަހަޅަންޖެހޭ
ފޯމެއް އޮންނަކަމާއި، އެފޯމަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްއިން
ތައްޔާރުކޮށްފައިވާ ފޯމެއްކަން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި އެރަށުގައި މަސް
ކައްކައި ހިއްކުމަށް ބިން ދޫކުރުމާ
ގޮތުން އެރަށު
ނަންބަރ
2007
/
320/PC
-
HI (18 ފެބްރުއަރީ 2007) މެސެޖާއެކު ފޮނުވާފައިވާ ޗާޓުގައި ފާހަގަކުރައްވާފައިވާ
ބިންތައް ކޮލަމާފުށީގައި މަސް ކައްކައި ހިއްކުމަށް ދޫކުރެއްވުން ރަނގަޅުކަމަށް މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ކޮލަމާފުށީ އޮފީހަށް އަންގާފައިވާކަން އެމިނިސްޓްރީގެ
ނަންބަރު 2007
/
17/F
/
P-138 (21 ފެބްރުއަރީ 2007) ގެ ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
0%
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2012/HC-A/302
ދީމީ 23 ޑ ހ2
ޤަބޫލުކުރެވޭކަމައ
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީ މުޠުލަޤު ގޮތެއްގައި ލިބިދީފައިވާ ޙައްޤުތަކާއި
މިނިވަންކަމެއްނޫންކަން ޤާނޫނުއަސާސީގެ 16 ވަނަމާއްދާއަށް ރިޢާޔަތްކުރުމުން އެނގެން އޮންނައިރު، ޤާނޫނާއި
ޤަވާޢިދުގައި ވަކިގޮތަކަށް ކަމެއް ކުރުމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާއިދާ
ޚިލާފުކަމެއްކަމުގައިނުވާނަމަ، އެކަމެއް އެގޮތަކަށް ކުރަންވާނެކަމަށް ޤަބޫލު މިއުސޫލުންބަލާއިރު،
ކޮލަމާފުށީގެ ބިން ބޭނުންކުރުމަށް އެކުލަވާލާފައިވާ ބިނާވެށި ޕްލޭނުގައިވާ ގޮތުގެ މަތިން އެރަށުގައި
ވިޔަފާރީގެ އުސޫލުން މަސް ކައްކައި ހިއްކުމަށް ވަކި ސަރަހައްދަކުން ބިން ދޫކުރާ ގޮތަށް ހަމަޖެއްސި
ޖެއްސުމަކީ ޤާނޫނުއަސާސީގެ 37 ވަނަމާއްދާގެ ދަށުން މުޙައްމަދު ރާޝިދަށް ލިބިދޭ މަސައްކަތް ކުރުމުގެ ޙައްޤު
ލިބިނުދޭ ގޮތަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވެން ނެތްކަމާއި، އަދި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ
ގޯތިތަކުގައި ދިރިއުޅުންނޫން ބޭނުމެއް ކުރަށްވާނީ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދައިގެންކަން ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 29 ވަނަމާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ނަމަވެސް، ކޮލަމާފުށީ
މަރިޔަމްމާގޭގައި ވިޔަފާރީގެ އުސޫލުން މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެފަދަ ހުއްދައެއް
ނުހޯދައިކަން މިމައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
OX
(ރ) ހަތަރުވަނަ ކަމަކީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ފަރާތުން
ކޮށްފައިވާ ދަޢުވާއަކީ އެރަށު މަރިޔަމްމާގޭ ގޯތީގައި ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި މަސް ކައްކައި
ހިއްކުމުގެ މަސައްކަތްކުރަމުން ގެންދަނީ އެގޯތި ދޫކޮށްފައިވާ ބޭނުންނޫން އެހެން ބޭނުންތަކަށް ކަމަށާއި، އެއީ
އެގޯތި ދޫކުރުމުގެ މަޤުސަދާއި ޚިލާފު އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު)ގެ
29 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް ބުނެ އެމަސައްކަތް ހުއްޓާލުމަށް އަމުރުކޮށްދިނުމަށްކަން އެނގެން
އޮންނަކަމާއި، ހުއްދަ ހޯދައިގެން ކުރަންޖެހޭކަމެއް ހުއްދަ ނުހޯދައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރަމުން
ގެންދާނަމަ، އެކަމަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު، ލިބިގެންވާކަމާއި، އަދި ރަށެއްގައި ގަވާއިދާ ޚިލާފަށް
މީހަކު ކުރަމުން ގެންދާ ކަމެއްގެ ސަބަބުން ޢާންމު ރައްޔިތުންނަށް އުދަނގޫ ނުވަތަ ތުރާ ވާނަމަ، އެއުދަގުލެއް
ނުވަތަ ތުރާލެއް ފިލުވައިދީ، އެކަން ހައްލުކޮށްދިނުމަކީ ކައުންސިލްތަކުގެ ޢާންމު މަސްއޫލިއްޔަތެއްކަމަށް
ޤަބޫލުކުރެވޭތީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/FtE1C
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{12/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޤަޟިއްޔާގައި، އެރަށު ކައުންސިލް އިދާރާގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ އެކައުންސިލްގެ އިޚްތިޞާޞްއިން
ބޭރުންކޮށްފައިވާ ދަޢުވާއެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަ ކަމެވެ.
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހުވަދު އަތޮޅު
އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/PIC/11 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް
ބަދަލު ގެންނަންޖެހޭ ކަމަށެވެ.
• ޙުކުމް
cu o
ދެންފަހެ، އިސްވެ
ސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، ހުވަދު އަތޮޅު
އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/PIC/11 ޤަޟިއްޔާގައި ކޮލަމާފުށީ
މަރިޔަމްމާގޭ ގޯތީގައި މަސް ކައްކައި ހިއްކާތީ، އޭގެ ސަބަބުން އަރާ ދުން އެގޭގެ ވަށައިގެން ދިރިއުޅޭ ގެތަކުގެ
މީހުނަށް އުނދަގޫ ފިލުވުމަށް ކަމަށްވީ ހިނދު، ޤާނޫނު ނަންބަރު 2010/07 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް
ލާމަރުކަޒީ ޢުޞޫލުން ހިންގުން" ގެ ޤާނޫނަށް ރިޢާޔަތްކުރާއިރު މީސްމީހުންގެ ފަރުދީ ދަޢުވާތައް އުފުލުމުގެ
ޙައްޤު ރަށު ކައުންސިލަށް ލިބިދީފައި ނުވާކަމަށް ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލަށް އަންގަވައި
ކުރައްވާފައިވާ ޙުކުމުގެ އެބައި، ބާޠިލްކޮށް، ކޮލަމާފުށީ މަރިޔަމްމާގޭގައި މަސް ކައްކައި ހިއްކުމުގެ
މަސައްކަތް ކުރަމުންދަނީ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދައިގެން ނޫންކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެ ގޯތީގައި ވިޔަފާރި އުޞޫލުން ފުޅާދާއިރާއެއްގައި ކުރާ މަސް ކައްކައި ހިއްކުމުގެ
މަސައްކަތް ޤާނޫނު ނަންބަރު 2002/01 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު"ގެ 29 ވަނަ މާއްދާގެ (ހ)ގެ
ދަށުން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައިގެން މެނުވީ އެމަސައްކަތް ކުރިޔަށް ނުގެންދިއުމަށް ހުވަދު
އަތޮޅު އުތުރުބުރީ ކޮލަމާފުށީ ! މަރިޔަމްމާގޭ (މ.އެލަސްކާގެ މުޙައްމަދު ރާޝިދުއަށް އަންގަވައި ކުރައްވާފައިވާ
ޙުކުމުގެ އެބަޔަށް ތާޢީދުކޮށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv