ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/124 ޤަޟިއްޔާގެ ޙުކުމް
1
201/HC-A/124
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 124/HC
-
A/2010
• އިސްތިއުނާފް ކުރިފަރާތް:
*ނަން: އިބްރާހީމްދީދީ
ދާއިމީ އެޑްރެސް: ސ.ހިތަދޫ ގާޑަންހައުސް
އައިޑީ ކާޑު ނަންބަރު
A021341
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އައްޑޫސިޓީކައުންސިލްގެ އިދާރާ
* ފަރާތުން: ވަކީލު
އޏ. ސުހާދު ޒާހިރު
0
05
2010
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޖުމާދަލްއޫލާ 1431 * ނިމުނު ތާރީޚް: 25 ޞަފަރު 1433
19 ޖެނުއަރީ 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2009/S2C/436
• ޤަޟިއްޔާގެ ބާވަތް: އުމުރު ޘާބިތުކުރުން
ނިންމެވި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓް
• ހުށަހެޅުނު ތާރީޚް: 02 އޯގަސްޓް 2009 ނިމުނު ތާރީޚް: 11 އޭޕްރީލް 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 16471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/124
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/436 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ސ.ހިތަދޫ ގާރޑަންހައުސް އިބްރާހީމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއެވެ.
* ފާހަގަކުރެވުނު ނުކުތާތައް
-01
އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު: 2009/S2C/436 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސ.ހިތަދޫ ގާރޑަންހައުސް އިބްރާހީމްދީދީ އޭނާގެ ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޭނާގެ އުމުރު ލިޔުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް އުމުރު
ސާބިތު ކުރުމަށްޓަކައި އައްޑުއަތޮޅު ހިތަދޫ އޮފީސް (މިހާރު އައްޑުއަތޮޅު ކައުންސިލްގެ އިދާރާ) ގެ މައްޗަށް
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ބުނެ
އެޤަޟިއްޔާގައި
/ޅ2
c 24
ކުރައްވާފައިވަނީ އިސްވެދިޔަ ޝަރީޢަތަށް ފާހަގަ ކުރެވުނު ނުކުތާތަކާއި
ލިބިފައިވާ ބަޔާންތަކާއި ޤަރީނާތަކަށް ބަލާއިރު ސ.ހިތަދޫ ގާރޑަންހައުސް އިބްރާހީމްދީދީ،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގައި ލިޔުއްވާފައިވާ އުފަންތާރީޚު ރަނގަޅު ނޫންކަމަށް ބުނެ އުމުރު
ސާބިތުކުރުމަށް ހުށަހެޅި މިމައްސަލާގައި، ހެކިންގެ ހެކިބަހުންނާއި ޝަރީޢަތާއި ގުޅޭ އެހެނިހެން
ލިޔުންތަކުންވެސް އިބްރާހީމްދީދީގެ އުފަން ތާރީޚަކީ 06-02-1945 ނޫންކަމަށް ނިންމުމުގެ ޖާގަ ނުލިބޭ
ކަމަށްޓަކައި އިބްރާހީމްދީދީގެ އުފަން ތާރީޚަކީ އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގައިވާ
1945-02-06 މިތާރީޚް ކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
އެހިރާއްޖޭގެ
ޢައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
[010/HC-A/124
02- އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު: 2009/S2C/436 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ ސ.ހިތަދޫ ގާރޑަންހައުސް އިބްރާހީމްދީދީގެ ފަރާތުން
02 (ދޭއް) ނުކުތާގެ
ކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ ކުރިން ހަދާފައިވާ
ޝަރުޢީ ލިޔުމަކަށް ނުބައްލަވާ މައްސަލަ ނިންމާފައިވުން.
• ދެވަނަ ނުކުތާއަކީ، ޝަރުޢީ ލިޔުމަކުން އުމުރު ސާބިތުވާން އޮތްއިރު އެކަމަށް ނުބައްލަވައި
މައްސަލަ ނިންމަވާފައިވުން.
އއtއeޅު
03- މިމައްސަލައާއި ގުޅިގެން ހިތަދޫ ކޯޓުގެ ނަންބަރު: 2009/S2C/436
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ
ކަމަށްބުނެ ސ.ހިތަދޫ ގާރޑަންހައުސް އިބްރާހީމްދީދީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އައްޑު އަތޮޅު ހިތަދޫކޯޓުގެ 2009/S2C/436 ނަންބަރު ޤަޟިއްޔާއިން
ބެލެވިފައިވާ މައްސަލައަކީ، އިބްރާހިމްދީދީގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޭނާގެ ޢުމުރު
ލިޔެފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އިބްރާހިމް ދީދީގެ ސައްޙަ ޢުމުރެއް ކަނޑައަޅައި ދިނުމަށް އެދި
ހުށައެޅުމުން ބެލުނު މައްސަލައެއްކަމާއި، އިބްރާހިމްދީދީގެ އައިޑީކާޑަށް ބެލުމުން އިބްރާހިމް ދީދީގެ އުފަން
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
[010/HC-A/124
ތާރީޚެއްގެ ގޮތުގައި ލިޔެފައިއޮންނަނީ 06 ފެބުރުއަރީ 1945 ކަން އެނގޭކަމާއި، އިސްތިއުނާފްކުރެވޭ މި
މައްސަލައިގައި ހައިކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފް ރައްދުވާ ފަރާތެއްގެ ޙައިސިއްޔަތުން
ޖަވާބުދާރީވީ ދައުލަތުންކަމާއި، ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/04
ސިޓީއާއި ގުޅިގެން މި މައްސަލައިގައި ޖަވާބުދާރީވާންޖެހެނީ އައްޑޫ ސިޓީ ކައުންސިލް ކަމުން
އެގޮތުގެމަތިންކަނޑައަޅައި، އެކައުންސިލުން މި މައްސަލައަށް ޖަވާބުދާރީވެފައިވެއެވެ.
ޢާއްމު
¢ ¢ ¢
44
OXOC
02 3 4
8
ދީދީގެ އުފަންދުވަހުގެ
.ދޫކޮށްލިފައިވާކަމަށްބުނާ
އި@ހ2ދ.3
(ނ) ދެވަނަކަމަކީ، ޢާއްމު އުސޫލެއްގެ ގޮތުން އައިޑީކާޑު ހެއްދެނީ އައިޑީކާޑު ހެދުމަށް އެދި
ހުށައަޅާފޯމުގައި އައިޑީކާޑު ހަދައިދިނުމަށް އެދޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް އިޤްރާރުވެ ސޮއިކުރުމަށް
ފަހުގައިކަމަށާއި އަދި މިމަޢުލޫމާތަކީ ރަށުއޮފީހުގައި ރަޖިސްޓްރީ ކުރެވިފައިވާ މަޢްލޫމާތާއި އެއްގޮތް
މަޢުލޫމާތެއްތޯ ބެލުމަށްފަހުގަ
ބެލުމަށްފަހުގައި ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އިބްރާހިމްދީދީ އައިޑީ ކާޑު
ސ.ހިތަދޫ ގާޑަން ހައުސްގެ ރަޖިސްޓްރީގައި އިބްރާ
ގޮތުގައި އޮންނަ 06 ފެބުރުއަރީ 1945 ކަން އެނގޭކަމާއި، އައިޑީކާރޑް ހެއްދުމަށްފަހު، އެއައިޑީ
ކާރޑުގައިވާ އުފަންތާރީޚު ރަނގަޅު ކުރަންވެއްޖެނަމަ، ޝަރީޢަތުން އެތާރީޚު ބަދަލުކުރެވޭނީ އައިޑީ
ކާޑުގައިވާ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމާއި، އަލުން ހުށައަޅާ ތާރީޚަކީ ރަނގަޅު
ތާރީހެއްކަމަށް ޝަރީޢަތަށް ސާބިތު ކޮށް ދިނުމަށް ފަހުގައި ކަމާއި، އިބްރާހިމް ދީދީގެ އައިޑީ ކާޑުގައި
އޮންނަ އޭނާގެ އުފަން ތާރީޚަކީ ސައްޙަ ނޫން ތާރީޚެއްކަމާއި، އަދި އިބްރާހިމް
ރަނގަޅު ތާރީޚެއްކަން ސާބިތުކުރުމަށް އިބްރާހިމް ދީދީގެ ފަރާތުން އައްޑު އަތޮޅު ހިތަދޫކޯޓަށް ހެކިން
އެމީހުންގެ ހެކިބަސް އައްޑުއަތޮޅު ހިތަދޫކޯޓުން ނަންގަވާފައިވާކަން އެނގެއެވެ.
ހުށައަޅާ ތާރީޚަކީ
3ދ 4
39
8
ހުށައެޅުމުން
(ނ) ތިންވަނަކަމަކީ، އިބްރާހިމް ދީދީގެ ސައްޙަ އުފަންތާރީޚު ސާބިތުކުރުމުގެ ގޮތުން އައްޑުއަ
ހިތަދޫކޯޓަށް ހުށައަޅާފައިވާ ހެކިންނަކީ، ސ.ހިތަދޫ ހުރާ އަޙުމަދު މުޙައްމަދާއި، ސ.ހިތަދޫ ނޫމާ ޙަސަން
އިބްރާހިމް އާއި، ސ.ހިތަދޫ ދިރިމާގެ ޢަބްދުﷲ ޙަސަން އާއި، ސ.މަރަދޫ އަލަމާގެ ޢަލިދީދީ ކަމާއި،
މިހެކީންގެ އިތުރުން އިތުރު ހެއްކެއް ހުށައަޅަން ބޭނުންނުވާކަމަށް އިބްރާހިމްދީދީ ބުނެފައިވާކަމާއި، އަދި
މީގެ އިތުރުން އެއްވެސް ހެއްކެއް އިބްރާހިމް ދީދީ ހުށައެޅިކަން އިބްރާހިމް ދީދީގެ ބަދަލުގައި
ނޭނގޭކަމަށް
ތާޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 6471
އީމެއިލް: irifo
@
highc0
]
urt.gov.mv
ވެބް ސައިޓް www.highcourt.gov.mv
5
[010/HC-A/124
މި މައްސަލައިގައި ދިވެހިރާއްޖޭގެހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވި ސ.ހިތަދޫ ނާސިރަށްދޫ
ޖާދުﷲ ބުނެފައިވާކަމާއި، އިބްރާހިމްދީދީގެ ފަރާތުން ހުށައެޅި ހެކިންގެ ހެކިބަހުގެ މައްޗަށް ބަލާއިރު،
ހެކިންގެ ތެރެއިން ޢަލިދީދީ ބުނެފައިވަނީ އޭނާއަކީ އިބްރާހިމް ދީދީއަށް ވުރެ އުމުރުން 01 އަހަރު މަދު
މީހެއްކަމަށާއި، ނަމަވެސް އިބްރާހިމް ދީދީގެ ޢުމުރުން 59 އަހަރު ވެދާނެކަމަށްކަމަށާއި، އަދި ހެކިންގެ
ތެރެއިން އަޙުމަދު މުޙައްމަދުވެސް ބުނެފައިވަނީ އިބްރާހިމް ދީދީއަށް ވުރެ އަޙުމަދު މުޙައްމަދު އެއްއަހަރު
ހަގުކަމަށްވާތީ އިބްރާހިމް ދީދީ އުފަންދުވަސް ނޭނގޭކަމަށްކަމަށާއި، ހެކިންގެ ތެރެއިން ޙަސަންއިބްރާހިމް
ބުނެފައިވަނީ އިބްރާހިމް ދީދީގެ އުފަންދުވަސް ނޭގޭކަމަށާއި، އިބްރާހިމް ދީދީ އުފަންވެފައިވާ ތަނެއްވެސް
ނޭނގޭކަމަށްބުނެކަން އެނގޭއިރު، ހެކިންގެ ތެރެއިން ޢަބްދުﷲ ޙަސަން ބުނެފައިވަނީ އިބްރާހިމްދީދީ ވިހޭ
ތާރީޚެއް އަދި އުފަން ދުވަހެއް ވެސް ނޭނގޭކަމަށެވެ.
(ށ) ހަތަރުވަނަކަމަކީ، ހެކިންގެ މިހެކި ބަސްތަކުގެ މައްޗަށް ބެލުމުން، މިއިން އެއްވެސް
ހެއްކެއްގެ ހެކިބަހުން އިބްރާހިމްދީދީގެ ސައްޙަ އުފަންތާރީޚެއް ޝަރީޢަތަށް ސާބިތުވާ މިންވަރަށް
ބަޔާންކޮށްދެވިފައިވާ ނުވާކަމާއި، އިބްރާހިމް ދީދީ އައްޑު އަތޮޅު ހިތަދޫކޯޓަށް މައްސަލަ ހުށައަޅާފައިވަނީ
އިބްރާހިމް ދީދީގެ ސައްޙަ އުފަން ތާރީޚެއް ޝަރީޢަތުން ކަނޑައަޅައިދިނުމަށް އެދިކަމުން، އިބްރާހިމްދީދީގެ
ސައްޙައުފަންތާރީޚު ސާބިތުކުރުމަށް އައްޑުއަތޮޅު ހިތަދޫކޯޓަށް ހުށައެޅި ހެކިތައް ވަޒަންކުރުމަށްފަހު،
އިބްރާހިމް ދީދީގެ އުފަންތާރީޚަކީ 06 ފެބުރުއަރީ 1945 ގައި ނޫންކަމަށް ނިންމުމުގެ ޖާގަ ނުލިބޭކަމަށާއި،
އިބްރާހިމް ދީދީގެ އުފަންތާރީޚަކީ އިބްރާހިމް ދީދީގެ އައިޑީ ކާޑުގައިވާ 06 ފެބުރުއަރީ 1945 މި ތާރީޚު
ކަމުގައި އައްޑުއަތޮޅު ހިތަދޫކޯޓުން ކަނޑައަޅައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާއި ޚިލާފަށް ކަމުގައި
ބަލާނެތަނެއް ނެތްކަމަށް
މަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/124
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއިއެކު، އައްޑުއަތޮޅު ހިތަދޫ
ކޯޓުގެ ނަންބަރު 2009/S2C/436 ޤަޟިއްޔާގައި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސ.ހިތަދޫ
ގާރޑަންހައުސް އިބްރާހިމްދީދީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ މެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
37
6
2 ހދ8
ހކެމެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv