ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2012/SC-A/29 ޤަޟިއްޔާ
ސަފްޙާ22ގެ1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 29/SC
-
A/2012
20
ދަޢުވާކުރާ ފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
• ދަޢުވާ ލިބޭ ފަރާތް: އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ގެއްލުމުގެ
ގެއްލުމުގެ ބަދަލު ހޯދުން
• މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 01 އޮކްޓޯބަރ 2012
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 22 އޮކްޓޯބަރ 2012
• ނިމުނު ތާރީޚް: 04 ޖޫން 2014
• މައްސަލަ ނިންމި ގަޑި: 16:05
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އަޙްމަދު
މުޢުތަޞިމް ޢަދްނާން .
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ
. ނަންބަރު: 47/HC
-
A/2009
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
• ހުށަހެޅުނު ތާރީޚް: 12 މާރޗް 2009
ނިމުނު ތާރީޚް: 24 ޖޫން 2012
0
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ2
A22
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާގެ ޙުކުމް
ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާއި ޚިލާފުވާގޮތަށް ކަމަށް ބުނެ، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑް އެވެ.
އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ
ނަންބަރު 2005/MC/700 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ގަކުރެވުނު ނުކުތާތައް
2x3
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު
2005/MC/700 ޤާޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު
47/HC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި
މައްސަލަތަކުގައި ތަޠްބީޤްކުރެވޭ ޤާނޫނީ ޢާންމު މަޞްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
مصر کی
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ3522
-l
މި މައްސަލަ ފުރަތަމަ މަދަނީ ކޯޓަށް ހުށަހެޅުނީ 26 އޭޕްރީލް 2005 ގައި
ކަމާއި، އެ ކޯޓުގައި މި މައްސަލަ ނިމުނު ތާރީޚަކީ 03 ޖުލައި 2007 ގައިކަން މަދަނީ ކޯޓުގެ ނަންބަރު
2005/MC/700 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާ، އަދި މި މައްސަލަ
އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނަންބަރު 47:HC
-
A;2009 ޤަޟިއްޔާ އެކޯޓުގައި ރަޖިސްޓްރީކުރެވުނު
ތާރީޚަކީ 12 މާރޗް 2009 ގައިކަން އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު،
ޙަވާލާދެވުނު މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާ، އެ ޤަޟިއްޔާ ނިމުނު ތާރީޚުން
ފެށިގެން 01 (އެކެއް) އަހަރާއި 08 (އަށެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވުމަށްފަހު
އިސްތިއުނާފުކުރުމަށް ހައިކޯޓަށް ބަލައިގަނެ އެ ކޯޓުގައި ރަޖިސްޓްރީކުރެވުނު އިޖްރާއީ އަސާސް
ސާފުކޮށްދިނުމަށް، 17 އެޕްރީލް 2014 ގައި ސުޕްރީމް ކޯޓުގެ ނަންބަރު B1
/
2014
/
18-191 ސިޓީއިން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން، އެ ސިޓީގެ ޖަވާބުގައި 21 އޭޕްރީލް 2014 ގައި ހައިކޯޓުން ފޮނުވި،
އެ ކޯޓުގެ ނަންބަރު 197
/
2014
/
16/CR-95 ސިޓީގައި މަދަނީ ކޯޓުގެ ނަންބަރު 2005/MC/700
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 28 އޯގަސްޓް 2007
ގައި ކަމަށާ، އަދި އެ މައްސަލަ 29 އޯގަސްޓް 2007 ގައި ރަޖިސްޓްރީކުރެވި، ނަންބަރު
160/HC
-
A/2007 ޤަޟިއްޔާގެ ގޮތުގައި ހިނގަމުން ދަނިކޮށް އެ މައްސަލަ އިސްތިއުނާފުކުރި ފަރާތުން
ކޯޓަށް ޙާޟިރުވެފައި ނުވާތީ ހައިކޯޓުގެ ޤަވާޢިދު (2008) ގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ
މަތިން 11 ފެބްރުއަރީ 2009 ގައި އެ މައްސަލަ ބާޠިލްކުރެވިފައިވާ ކަމަށާއި، އަދި އެއަށްފަހު، އެ
މައްސަލަ 10 މާރޗް 2009 ގައި ދެވަނަ ފަހަރަށް ހުށަހެޅި، ބުނެވިދިޔަ ޤަވާޢިދުގެ 11 ވަނަ މާއްދާގެ
(ށ) އަށް ރިޢާޔަތް
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ގޮތުގައި
12 މާރޗް 2009 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާކަމާ، އަދި ހައިކޯޓުން
ބަލާ ކޮންމެ ޤަޟިއްޔާއެއްވެސް، އެ ޤަޟިއްޔާ ބެލުމަށް ހައިކޯޓުން ކަނޑައަޅާ ތާރީޚާއި ގަޑިއަށް މަޤްބޫލު
/ ތތ xތ
14ތކަށް،
2009/HC-A/47
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ4
ޢުޒުރެއްނެތި ދަޢުވާކުރާ ފަރާތް ޙާޒިރުނުވެއްޖެނަމަ ދަޢުވާފޯމު ބާޠިލްކުރެވޭނެކަމާއި އަދި އެގޮތުން
ބާޠިލްކުރެވޭ ދަޢުވާ އަލުން ހުށަހަޅާނަމަ، ބާޠިލްކުރި ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި
ހުށަހަޅަންވާނެކަމަށް ހައިކޯޓުގެ ޤަވާޢިދު (2008) ގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން ވާއިރު،
މި މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވަނީ މައްސަލަ ބާޠިލްކުރެވުނު ތާރީޚުން ފެށިގެން 28 ވަނަ
ދުވަހުގައި ކަމަށް ހައިކޯޓުގެ ބުނެވިދިޔަ ސިޓީގައި ފާހަގަކޮށްފައިވާކަމާ، އެހެންކަމުން ހައިކޯޓުގެ
ޙަވާލާދެވުނު ނަންބަރު 47/HC
-
A/2009 ޤަޟިއްޔާ، އެ ކޯޓަށް ބަލައިގެންފައިވަނީ އިޖްރާއީގޮތުން
ޞައްޙަ އަސާސެއްގެ މައްޗަށްކަން އެނގެން އޮވެއެވެ.
-2
4 20 2 0 22
މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގައި އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އެސް.ޓީ.އޯ ގެ މައްޗަށް ދަޢުވާކޮށް އެދިފައިވަނީ، އެސް.ޓީ.އޯ ގެ
އޭޖެންޓުކަމުގެ ދަށުން ރާއްޖެއަށް އައި އިންޑޮނޭޝިޔާގެ އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ
ބޯޓުގައި ހުރި ހިލަ އާއި، ހިލަވެލި ތިލަފުއްޓަށް ބޭލުމަށްޓަކައި ފުރައިގެންއައިސް ތިލަފުއްޓާއި
ކައިރިކުރުމުގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި ބޯޓު ޖެހި، ޖެޓީއިން ބޮޑުބައެއް
ހަލާކުވުމާއި ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ގޮތުގައި ފެންނަންހުރި ގެއްލުމުގެ ބަދަލު
$US
96,344.86 (ނުވަދިހަ ހަހާސް ތިންސަތޭކަ ސާޅީސް ހަތަރެއް ޕޮއިންޓް އަށެއް ހައެއް ޔޫ.އެސް.
ޑޮލަރ،) ހޯދުމަށްކަން އެނގެން އޮންނައިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް
އެދިފައިވާ ގެއްލުމުގެ ބަދަލުގެ ޒިންމާ އެސް.ޓީ.އޯ އިން އުފުލަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް
ކަނޑައަޅައި މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ޤާޟިއްޔާގައި ޙުކުމްކޮށްފައިވާކަން، އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4 22
މަދަނީ ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2005/MC/700 ޤަޟިއްޔާ، އެ
ކޯޓުން ބަލައި ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960 + | ފޯން::Tel
3009996
360
ސަފްޙާ5522
އިސްތިއުނާފުކުރުމަށް އެޕޯލޯ
ރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބެލުން
އެ ކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއިން މަދަނީ ކޯޓުގެ
ނަންބަރު 2005/MC/700 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އެސް.ޓީ.އޯ ގެ އޭޖެންޓުކަމުގެ
ދަށުން ރާއްޖެ އައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ ހަވީރުގެ
ވަގުތެއްގައި، ކ.ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި،
ބޯޓުން އެޖެޓީގައި ޖެހި އެ ޖެޓީއަށް ގެއްލުން ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
އެޖެޓީއަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ޚަރަދުވެފައިވާ
1,228,397.00ރ. (އެއްމިލިޔަން ދުއިސައްތަ
އަށާވީސްހާސް ތިންސަތޭކަ ނުވަދިހަހަތް ރުފިޔާ) އަކީ، އެސް.ޓީ.އޯ އިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑަށް ލިބިދިނުމަށްޓަކައި، 24 ޖޫން 2012 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި
ފައިސާ އެއްކޮށް ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އެސް.ޓީ.އޯ އަށް އަންގައި ޙުކުމްކޮށްފައިވާކަން
އެނގެން އޮވެއެވެ.
4
މި މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، އެސް.ޓީ.އޯ އިން ގެންނަ 3400
ޓަނުގެ 9 ޝިޕްމަންޓް ހިލައާއި ހިލަވެލި ބޯޓުން ބާލައި، ކ. ތިލަފުށީގައި ހުންނަ އެސް.ޓީ.އޯ ގެ
ގުދަނުގައި ޖެއްސުމާބެހޭ ގޮތުން އެސް.ޓީ.އޯ އާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު
14 އޮކްޓޯބަރ 2004 ގައި، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، މި އެއްބަސްވުމުގެ ދަށުން މުދާ
ބޭލުމުގެ މަސައްކަތް ކުރަން ފަށާނީ، މުދާ ހިފައިގެން އަންނަ ބޯޓު
ތިލަފުށީގައި އޮންނަ އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް "އެލޯންގ ސައިޑް" ކުރުމުން ކަމަށް އެއްބަސްވުމުގެ 7 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާ، މިގޮތުން ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ބާލަންޖެހޭ ހިލައާއި ހިލަވެލީގެ
ޝިޕްމެންޓެއް ބޭލުމަށްޓަކައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ
#
0 0
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ6
.
ހަވީރުގެ ވަގުތެއްގައި ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް
ކައިރިކުރުމުގެ ތެރޭގައި ޖެޓީގައި ބޯޓުން ޖެހި އެކްސިޑެންޓެވީ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތަޙްޤީޤުކޮށް ތައްޔާރުކޮށްފައިވާ އެ ސަރވިސްގެ ނަންބަރ 2005
:
03:171PRE ރިޕޯޓުގައި، ބުނެވިދިޔަ
ބޯޓުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައިޖެހި، އެޖެޓީން ދިގުމިނުގައި 5.9 މީޓަރ،
ފުޅާމިނުގައި 0.5 މީޓަރު އަދި ފުން މިނުގައި 25 ސެންޓިމީޓަރުގެ ތަނެއް ހަލާކުވެފައިވާކަމަށާއި، މިގޮތަށް
އެކްސިޑެންޓްވާން މެދުވެރިވީ 27 އޮކްޓޯބަރ 2004 ދުވަހަކީ މޫސުން ގޯސް ދުވަހަކަށްވެފައި، ބޯޓު ޖެޓީ
އާ ކަ ކައިރިކުރާއިރު ޓަގު ބޯޓުގެ އެހީ ބޭނުންވާނެކަމަށް އެމް.ވީ ކަރަކަޖާޔާ ނިއާގާ 32-III ބޯޓުގެ ކެޕްޓަން
އިސްކަންދަރ ޕާސްޕޯޓް ނަންބަރ M953934| އިންޑޮނޭޝިޔާ) އެ ބޯޓުގެ ޕައިލެޓްކަން ކުރި،
ފައިންބީޗް ޢަލީ ރަޝީދު އިބްރާހީމު ގެ ގާތުގައި ބުނުމުން، ޢަލީ ރަޝީދު އިބްރާހީމުގެ ބެލުމުގެ ދަށުން އެ
ކުރީ ފަހަރަކުވެސް ޖެޓީއާއި ކައިރި ކޮށްފައިވާކަމަށާއި، އެހެންކަމުން އެފަހަރުވެސް ޓަގު ބޯޓެއްގެ
އެހީއާ ނުލައި ބޯޓު ޖެޓީއާއި ކައިރި ކުރެވޭނެކަމަށް ޢަލީ ރަޝީދު އިބްރާހީމް ބުނެ، ބޯޓު ޖެޓީއާއި
ކައިރިކުރުމުގައި ޕައިލެޓް ޢަލީ ރަޝީދު އިބްރާހީމް ޓަގް ބޯޓެއްގެ އެހީ ހޯދާފައި ނުވުމާއި، ޕައިލެޓް
އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ވަގުތަށްވުރެ ފަހުން އެންގުމުންކަމަށް އެބޯޓުގެ ކެޕްޓަން
42c
2 20
އިސްކަންދަރ ބުނެފައިވާ ކަމަށާއި، އަދި އެ އެކްސިޑެންޓް ހިނގާފައިވަނީ ބޯޓުގެ ކެޕްޓަން އިސްކަންދަރު
ބުނެފައިވާ ގޮތަށް ކަމަށް އެ އެކްސިޑެންޓް ހިނގި ވަގުތު ބޯޓުގެ ބްރިޖްގައި ތިބި ބޯޓުގެ އޭބީ
ބޯޓުގެ އޭބީ ބެން ޔާމިން
(ޕާސްޕޯޓް ނަންބަރ K782509| އިންޑޮނޭޝިޔާ) އާއި، އެބޯޓުގެ ޗީފް އޮފިސަރ ވިނޯސާ ޑާމިންޓޯ
(ޕާސް
ސްޕޯޓް ނަންބަރ D114025| އިންޑޮނޭޝިޔާ) ބުނެފައިވާކަމަށް އިސްވެދިޔަ ޕޮލިސް ރިޕޯޓުގައި
ބަޔާންކޮށްފައިވާއިރު، އިސްވެދިޔަ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯޓުގެ ކެޕްޓަން ބާރު ސްޕީޑެއްގައި
އައިސް ޖެޓީއާ ކައިރިކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެންކަމަށާއި، އެ ދުވަހަކީ ކަނޑުގަދަ
ދުވަހަކަށްވާތީ ޓަގު ބޯޓެއްގެ އެހީ ހޯދުމަށް ބޯޓުގެ ކެޕްޓަންގެ ގާތުގައި ބުނުމުން އެކަމަށް އޭނާ
2 0 2 0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ7
އިންކާރުކޮށްފައިވާ ކަމަށް ޢަލީ ރަޝީދު އިބްރާހީމް ބުނެފައިވާކަމަށް ބުނެވިދިޔަ ޕޮލިސް ރިޕޯޓުގައި
ފާހަގަކޮށްފައި އޮތުމުން، އެ ހާދިސާ ހިނގަން މެދުވެރިވީ ގޮތާމެދު އެ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން
ބުނާގޮތާއި، ބޯޓުގެ ޕައިލެޓްގެ ގޮތުގައި މަސައްކަތްކުރި، ޢަލީ ރަޝީދު އިބްރާހީމުގެ ބަސް ތަޢާރުޟުވާކަން
އެނގެން އޮވެއެވެ.
-5
OX OLX
އިސްވެ އިޝާރާތްކުރެވުނު އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓުގެ
ވެރިފަރާތަކީ އިންޑޮނޭޝިޔާގެ ކުންފުންޏެއްކަމަށްވާ "ޕީ.ޓީ. ޕެލަޔާރަން ނޭޝަނަލް ކަމާއި، އެ ބޯޓު އިސްވެ
އިޝާރާތްކުރެވުނު އެސް.ޓީ.އޯ އަށް ރާއްޖެއިން ބޭރުން ގެނައި ހިލަ އާއި ހިލަވެލި ބަރުކޮށްގެން ކުރި
ދަތުރުގައި އެ ބޯޓު ޗާޓަރުކޮށް އޮޕަރޭޓްކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ
އިންކަމާއި، އެ ބޯޓުގެ ރާއްޖޭގައި ހުންނަ ލޯކަލް އޭޖެންޓަކީ އެސް.ޓީ.އޯ ކަން އިސްވެ
މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި،
އަދި ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
ކަނެކްޝަންސް"
ޙަވާލާދެވެނެ
4 2 4x
"3874
-6
މެރިޓައިމް ލޯ ގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ނަޒަރުކުރާއިރު، ކަނޑު
ބޯޓުގެ ކެޕްޓަނާއި، ފަޅުވެރިންނާއި، އަދި ޕައިލެޓުން ފަދަ ބޯޓުގެ ޚިދުމަތުގައި މަސައްކަތްކުރާ އެހެނިހެން
ފަރާތްތައް އެފަރާތްތަކުގެ ވަޒީފާއަދާކުރުމުގައި، ނުވަތަ ވަޒީފާއާ ގުޅިގެން ކުރާ ކަމެއްގައި ހިމެނޭ ކުށެއް
(fault) ނުވަތަ އިހްމާލެއްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މަދަނީ މަސްއޫލިއްޔަތަކީ ބޯޓުގެ ވެރިފަރާތް
(owner) ނުވަތަ ވެރިފަރާތުގެ މަޤާމުގައިވާ، އެ ފަރާތެއްގެ އަމި ބެލުމާއި އިޝްރާފުގެ ދަށުން ބޯޓު
ދުއްވާ ޗާރޓަރަރ (charterer) ފަދަ، ފަރާތްތަކުގެ މަސްއޫލިއްޔަތެއްކަމާއި، މި
މަސްއޫލިއްޔަތުގެ ޤާނޫނީ އަސާސަކީ މަދަނީ ޤާނޫނުގެ މައްދައެއްކަމަށްވާ "ރެސްޕޮންޑިޓް ސްޕީރިއަރ"
(Respondeat Superior) ނުވަތަ އެ ވެރިއެއްގެ އޮތޯރިޓީގެ ދަށުން މަސައްކަތްކުރާ ނުވަތަ އެ ވެރިއަކަށް
x 02xxތ
އެޕްރެޓްކޯނޭ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ
ބައެއް ޙާލަތްތަކުގައި، 1957"
ތަބާވާ މުވައްޒަފަކު، އެ މުވައްޒަފަކާ ޒިންމާކުރެވިފައިވާ ވަޒީފާއަދާކުރުމުގައި ކުރާ ކުށެއްގެ ސަބަބުން
ނުވަތަ ވާ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މަސްއޫލިއްޔަތު އެ ވެރިޔަކު އުފުލުމުގެ މަޞްދައުކަން
އެނގެން އޮންނަކަމާ، އެހެންނަމަވެސް ބޯޓުގެ ކެޕްޓަން ނުވަތަ ފަޅުވެރިއަކު ކުރާ ކުށެއްގެ ސަބަބުން ނުވަތަ
ވާއިހްމާލެއްގެ ސަބަބުން، ބޯޓުގެ ވެރިފަރާތުން އުފުލަންޖެހޭ މަސްއޫލިއްޔަތު
ގެ ބްރޫސެލް (Bruxelles) ކޮންވެންޝަން އާއި، 1976 ގެ ލަންޑަން ކޮންވެންޝަން ފަދަ "ލިމިޓޭޝަން
ކޮންވެންޝަން" ތަކުގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، "ތަޙްދީދު"
ނުވަތަ "ލިމިޓް" ކުރުމަކީ ބޯޓުގެ ވެރިފަރާތަށް ލިބިދެވޭ ޙައްޤެއްކަން އެނގެން އޮންނަކަމާ، އަދި މީގެ
އިތުރުން ބޯޓުގެ ވެރިފަރާތުން އޭނާ އަމިއްލަޔަށް ކުރާ ކުށެއްގެ ސަބަބުން ލިބޭ ގެއްލުމުގެ މަދަނީ
މަސްއޫލިއްޔަތަކީވެސް ބޯޓުގެ ވެރިފަރާތުގެ މަސްއޫލިއްޔަތެއްކަން އެނގެން އޮވެއެވެ.
0x0
ބޯޓުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތުގެ މަޤާމުގައިވާ ފަރާތަކުން ބޯޓަށް
ޢައްޔަންކޮށްފައި ހުންނަ ބޯޓުގެ ކެޕްޓަނަކީ ވަރަށް ޚާއްޞަ ޤާނޫނީ މަރްކަޒެއް ލިބިގެންވާ ފަރާތެއް
ފަރާތެއްކަމާއި،
މިގޮތުން ބޯޓުގެ ވެރިފަރާތާއި ބޯޓުގެ ކެޕްޓަނާއި ދެމެދު ކުރެވޭ ޢަޤުދުގެ ދަށުން ކެޕްޓަނަކީ ބޯޓުގެ
ވެރިފަރާތަށް ތަބާވާ މީހެއްކަމާއި، ބޯޓުގައި ކެޕްޓަން އަދާކުރާ އަސާސީ ދެ ވަޒީފާއެއްވާކަމާ! އެގޮތުން
ފުރަތަމަ ވަޒީފާއަކީ ބޯޓު ދުއްވުމުގެ ފަންނީ ވަޒީފާކަމާ، ދެވަނަ ވަޒީފާއަކީ ބޯޓު އިސްތިޢުމާލުކޮށް ބޭނުން
ކުރުމުގެ ތިޖޫރީ ވަޒީފާކަމާ، މީގެ އިތުރުން، ބޯޓު ކުރާ ދަތުރުތަކުގައި ބޯޓުގެ ވެރިފަރާތުގެ ޣައިރު
ޙާޟިރުގައި އެފަރާތް ޤާނޫނީގޮތުން ތަމްޘީލުކުރުމުގެ ބާރު ކެޕްޓަނަށް ލިބިގެންވާކަމާ، އަދި
ކަނޑުމަތީގައި ދަތުރުކުރަމުންދާ ވަގުތު ބޯޓުގައި އަމްނު ޢާންމާއި ނިޒާމު ނެގެހެއްޓުމުގެ މަސްއޫލިއްޔަތު
އުފުލުމުގައި ދައުލަތުގެ ކަމާބެހޭ އޮތޯރިޓީތައް ތަމްޘީލުކުރުމުގެ ބާރަކީވެސް ކެޕްޓަނަށް ލިބިގެންވާ ބާރެއްކަން
އެނގެން އޮންނައިރު، ބޯޓު ކުރާ ކަނޑުދަތުރުތަކުގައި ކެޕްޓަން ތަބާވުން ލާޒިމްވެގެންވާ އިލްތިޒާމްތަކެއް
ވާކަމާ، މީގެ ތެރޭގައި، ބޯޓުގެ ދަތުރު ފެށުމުގެ ކުރިން ބޯޓު އޮތީ ދަތުރުކުރުމަށް އެކަށީގެންވާ ރަނގަޅު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ9
ޙާލަތުގައި ތޯ ބަލައި ޗެކްކުރުމާއި، ބޯޓު ދަތުރުފަށާ ވަގުތުން ފެށިގެން އަމާން ބަދަރަކަށް ބޯޓު ލަފަންދެން
ބޯޓު ދުއްވުމުގައި އިސްވެ ހުރުމާއިއެކު ބޯޓު ދޫކޮށްފައި ނުދިއުމާ، އަދި ވަކިން ޚާއްޞަގޮތެއްގައި
އެތެރެވަރީތަކާއި، ބަނދަރުތަކާއި، ކޯޓުތަކަށް ވަދެ ނިކުންނައިރާއި، ކެނަލްތައް ހުރަސްކޮށް ދާއިރާއި،
އަދިވެސް މޫސުން ގޯސްވުންފަދަ، ދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ އެންމެހައި ޙާލަތްތަކުގައި
ބޯޓުގެ ހުންގާނުގައި ސީދާ ކެޕްޓަން ހުރެ ބޯޓު ދުއްވުމާއި، ބޯޓުން ކުރާ ދަތުރުތަކުގައި ހިނގާ އެންމެހައި
ކަންތައްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ބޯޓާއި، ބޯޓުގެ ފަޅުވެރިންނާއި، ބޯޓުން ދަތުރުކުރާ ދަތުރުވެރިންނާއި،
ބޯޓުން އުފަލާ މުދަލުގެ މަޢުލޫމާތު ހިމެނޭ އެންމެހައި ޑޮކިއުމެންޓްތަ
އުމެންޓްތައް ބެލެހެއްޓުން ކެޕްޓަންގެ
އިލްތިޒާމްތަކުގެ ތެރޭގައި ޝާމިލްވެގެންވާކަމާ، އަދި ހަމައެހެންމެ، ބޯޓު ދަތުރުކޮށްފައިދާ ބަނދަރަށް ވަދެ
ނިކުތުމުގަޔާއި ބަނދަރުތެރޭގައި ދަތުރުކުރާއިރު، ޕައިލެޓެއްގެ އެހީ އާއި އިރުޝާދު ހޯދުމަކީ ގިނަ
ޖުރިސްޑިކްޝަންތަކުގައި ކެޕްޓަންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނަކަމާ، މީގެ
އިތުރުން، ތަފާތު ޖުރިސްޑިކްޝަން ތަކުގައި ކަނޑު ބޯޓުގެ ކެޕްޓަންގެ މަސްއޫލިއްޔަތު
އިންތިޒާމްކުރެވިފައިވާ ގޮތުގެމައްޗަށް ބަލާއިރު، ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ބޯޓުގެ ކެޕްޓަން
ޖިނާއީގޮތުންނާއި ތައުދީބީގޮތުން މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތްތަކުގެ އިތުރުން، ސީދާ ކެޕްޓަން
އަމިއްލައަށް ކުރާ ކުށްތަކުގެ މަދަނީ މަސްއޫލިއްޔަތު ބޯޓުގެ ވެރިފަރާތުގެ ކުރިމަތީގައި އުފުލަންޖެހޭ ކަމާއި،
މިއީ ޙަޤީޤަތުގައި، ބޯޓުގެ ވެރިފަރާތާއި ކެޕްޓަނާއި ދެމެދު ކުރެވިފައިވާ ޢަޤްދުގެ ދަށުން އުފުލަންޖެހޭ
ތަޢާޤުދީ މަސްއޫލިއްޔަތެއް (contractual liability) ކަމާއި، މީގެ އިތުރުން ސީދާ ކެޕްޓަން ކުރާ
ކުށްތަކުގެ ސަބަބުން އެހެންފަރާތްތަކަށް ލިބޭ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތުވެސް ބޯޓުގެ ވެރިފަރާތާއި
އެކު "ތަޝާމުނީ"
ކޮށް ކެޕްޓަން އުފުލަންޖެހޭ ކަމާއި، މަސްއޫލިއްޔަތަކީ "ތަޤް ޞރީ މަސްއޫލިއްޔަތު"
(omissive liability) އެއްކަމާއި، އޭގެ އަސާސަކީ ކެޕްޓަންގެ "އައިރު މަޝްރޫޢޫ ޢަމަލު"
(ilegitimate action) ކަމާ، އެހެންނަމަވެސް، ބޯޓުގެ ކެޕްޓަންގެ ވަޒީފާގެ ތެރޭގައި ނުހިމެނޭ ކަމެއް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ1022
ބޯޓުގެ ވެރިފަރާތުގެ އަމުރަކަށް ކުރުމުގައި ކެޕްޓަން ކުރާ ކުށްތަކުގެ މަސްއޫލިއްޔަތު އޭނާ އުފުލަން
ނުޖެހޭނެކަމާ، އަދި ބޯޓުގެ އެހެން ފަޅުވެރިންނާއި ބޯޓުން ދަތުރުކުރާ ދަތުރުވެރިން ކުރާ ކުށްތަކުގެ
މަސްއޫލިއްޔަތުވެސް، ކެޕްޓަން އެމީހުންގެ މައްޗަށް އިޝްރާފުކުރުމުގައި އިހްމާލުވާ ޙާލަތުގައި މެނުވީ،
ކެޕްޓަން އުފުލަން ނުޖެހޭނެކަން އެނގެން އޮވެއެވެ.
-8
ކަނޑު ބޯޓު ބަނދަރުތަކަށް ވަދެ ނިކުތުމުގަޔާއި، ބަނދަރުތެރޭގައި
ދަތުރުކުރާއިރު، ޕައިލޮޓޭޖް ޚިދުމަތް ހޯދުމުގެ ޙަޤީޤީ ބޭނުމަކީ، ކެޕްޓަނަށް ބައެއް ބަނދަރުތަކުގެ
ނެވިގޭޝަންގެ ޠަބީޢަތް ނޭގުމާއި، ބަނދަރުތަކަށް ވަންނަން ހުންނަ ވޯޓަރ ކޯރސްތަކުގެ ޙަޤީޤަތް ނޭގުމުގެ
ސަބަބުން ހިނގާފާނެ ޙާދިޘާތަކުން ސަލާމަތްވުންކަމާ
ސަލާމަތްވުންކަމާ، އެގޮތުން ޕައިލެޓެއްގެ އެހީ އާއި އިރުޝާދު ހޯދުން
ލާޒިމްވާ ޙާލަތްތަކާއި، އެފަދަ އެހީ ހޯދުން ލާޒިމްވާ ސަރަޙައްދުތައް ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ
ޤާނޫނުތަކުގައި ބަޔާންވެގެންވާކަމާއި، ޕައިލެޓެއްގެ ޚިދުމަތް ހޯދުން ލާޒިމްވާ ޙާލަތްތަކުގައި އެޚިދުމަތް
ނުހޯދައި ދަތުރުކުރުމަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި ބޯޓުގެ ކެޕްޓަން ކުށްވެރިވާ ކަމެއްކަމާއި، އެގޮތައް
ޕައިލެޓެއްގެ އެހީ ހޯދުމަކާނުލައި ދަތުރުކުރުމުގައި ހިނގާ ޙާދިޘާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މަދަނީ
މަސްއޫލިއްޔަތަކީވެސް ކެޕްޓަން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމާއި، ހަމައެއާއެކު، ޕައިލެޓްގެ ޚިދުމަތް
ހޯދުން ލާޒިމްވާ ޙާލަތްތަކުގައި ޕައިލެޓެއްގެ އެހީއާއެކު ބޯޓު ދަތުރުކުރުމަކީ އޭގެ ޒާތުގައި، ބޯޓުން ނުވަތަ
ބޯޓު ދުއްވިގޮތެއްގެ ސަބަބު ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތު ބޯޓުގެ ވެރިފަރާތް ނުވަތަ ކެޕްޓަން
އުފުލަންޖެހުން ނަފީކުރާ ކަމެއް ނޫންކަމާއި، އަދި ޕައިލޮޓޭޖް ޚިދުމަތް ހޯދުމުގައި، ޕައިލެޓްގެ ރައުޔަކީ
ނެވިގޭޝަންގެ އުޞޫލުތަކާ ޚިލާފު ރައުޔެއްކަމަށް ކެޕްޓަނަށް ޤަބޫލުކުރެވޭނަމަ، ނުވަތަ ޕައިލެޓްގެ ރައުޔަށް
ޢަމަލުކުރުމުގެ ސަބަބުން މީހުންގެ ފުރާނަޔަށާއި ބޯޓަށާއި މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުން
ލިބިގާ ކެޕްޓަނަށް ޤަބޫލުކުރެވޭނަމަ އެ ރައުޔަކަށް ތަބާވުމަކީ ކެޕްޓަންގެ މައްޗަށް ލާޒިމްވެގެންވާ
ނޫންކަން އެނގެން އޮންނައިރު، ބޯޓުގެ ޚިދުމަތުގައި ބޯޓަށް އަރާ ޕައިލެޓް، ޤަޞްދުގައި ނުވަތަ އޭނާ
024x
ދކެމެ
މ 4ތ
ކަމެއް ނޫން
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ11
:
22
އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމުގައި އިހްމާލުވެ ހުރެ ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން
ބޯޓަށާއި މީސްތަކުންގެ ފުރާނައަށާއި، މުދަލަށާއި، ތަންތަނަށް ލިބޭ ގެއްލުމުގެ ޖިނާއީ އަދި މަދަނީ ޒިންމާ
ޕައިލެޓް އުފުލަންޖެހޭކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރާ "ޕައިލޮޓޭޖް އެކްޓް" ތަކަށާއި،
މެރިޓައިމް ލޯގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
OLX
-9
ހުރަސްކުރުމަށް
ކަނޑު ބޯޓުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތުގެ މަޤާމުގައިވާ ފަރާތަކުން ބޯޓު
ދަތުރުކޮށްފައިދާ ބަނދަރުގައި ބޯޓަށް އާދައިގެ މަތިން ބޭނުންވާ ކަންތައްތައް ކުރުވުމަށްޓަކައި ޢައްޔަންކުރާ
ބޯޓުގެ އޭޖެންޓަކީ ބޯޓުގެ ވެރިފަރާތުގެ ނަމުގައި އަދި އެ ފަރާތުގެ ހިސާބަށް ކުރާ މަސައްކަތަށް، އަގު
ނަގައިގެން މަސައްކަތް
ކަތްކުރާ ފަރާތެއްކަމާއި، މިގޮތުން އޭޖެންޓް ޢާންމު ގޮތެއްގައި ކުރާ ކަންތަކުގެ ތެރޭގައި
ބޯޓަށް ތެލާއި ކާބޯތަކެތި ފަދަ އެއްޗެތި ސަޕްލައިކުރުވުމާއި، ބޯޓުން ބަނދަރުތައް ބޭނުންކުރުމަށާއި،
ކަނޑުގެ ޗެނަލްތައް ފަދަ ތަންތަން
ދައްކަންޖެހޭ ފީތައް ދެއްކުމާއި، ބޯޓު
މަރާމާތުކުރުންފަދަ ކަންތައް ކުރުވުމާއި، ބޯޓާއި އެއްކޮށް ތަފާތު ފަރާތްތަކުން ކުރާ މުދާ އުފުލުމުގެ
ކޮންޓްރެކްޓްތައް ފަދަ މެރިޓައިމް ކޮންޓްރެކްޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން
ހިމެނިގެންވާއިރު، ބޯޓުގެ ވެރިފަރާތާއި، ބޯޓުގެ އޭޖެންޓާއި ދެމެދު ޤާއިމުވެގެންވާ ގުޅުމަކީ ކުރީގައި
އިޝާރާތްކުރެވުނު ބޯޓުގެ ވެރިފަރާތާއި ބޯޓުގެ ކެޕްޓަނާއި ނުވަތަ ބޯޓުގެ ފަޅުވެރިންނާ ދެމެދު
ޤާއިމުވެގެންވާ، މުވައް ވެރިމީހާއަށް ތަބާވާންޖެހޭ ތަބީޢަތުގެ ނޫންކަމާއި، ނަމަވެސް
ބޯޓުގެ އޭޖެންޓަކީ އެކަށީގެންވާ މިންވަރެއްގެ މުސްތަޤިއްލުކަމާއެކު އޭޖެންޓުކަމުގެ ދަށުން ކުރަންޖެހޭ
މަސައްކަތް ތަންފީޒުކުރާ، އަދި އެއްފަހަރާ އެއް ބޯޓަށް ވުރެ ގިނަ ބޯޓުގެ އޭޖެންޓުކަންވެސް ކުރުމުގެ
އިޚްތިޔާރު ލިބިގެންވާ ފަރާތެއްކަމުގައި ވާއިރު، ބޯޓުގެ އޭޖެންޓު އެފަރާތުގެ އޭޖެންޓުކަން ތަންފީޒުކުރުމުގައި
ކުރާ ކުށެއްގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ބޯޓުގެ ވެރިފަރާތުން
އުފުލަން ނުޖެހޭނެކަމާ، ނަމަވެސް ބޯޓުގެ އޭޖެންޓަކީ ޙަޤީޤަތުގައި، ބޯޓުގެ ވެރިފަރާތަށް އޭޖެންޓްކަން ކޮށްދޭ
2 20
4 22
ދތ ވ3
وی کے مشترکہ
4 22
2 20
04c
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ12522
ފަރާތެއްކަމުގައި ވީހިނދު، އެ ފަރާތުން އޭޖެންޓުކަން ކުރުމުގައި ކުރާ ކުށްތަކުގެ މަދަނީ މަސްއޫލިއްޔަތު
ބޯޓްގެ ވެރިފަރާތުގެ ކުރިމަތީގައި އުފުލަންޖެހޭނެކަމާ، ނަމަވެސް އެހެންފަރާތްތަކުގެ ކުރިމަތީގައި އޭޖެންޓް
މަސްއޫލިއްޔަތު އުފުލަންޖެހޭނީ ސީދާ އޭޖެންޓް ކުރި ކުށެއްގެ ސަބަބުން ލިބޭ ގެއްލުންތަކަށް ކަމާ، އަދި
ބޯޓުގެ ވެރިފަރާތަށާއި، ބޯޓުގެ ކެޕްޓަނަށާއި، ބޯޓުގެ ފަޅުވެރިންނަށް ނިސްބަތްވާ ކުށްތަކުން ނުވަތަ
އިހްމާލުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތު ބޯޓުގެ އޭޖެންޓް އުފުލަން ނުޖެހޭނެކަން
ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މެރިޓައިމް ލޯގެ ޤަވާޢިދުތަކަށް ބެލުމުން އެނގެން
4 2 22
އ19:
ދި 0
<< O
10- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާގައި،
އެސް.ޓީ.އޯ. ގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު
27 އޮކްޓޯބަރ 2004 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި، ބޯޓުން އެ ޖެޓީގައި ޖެހީ އެޖެޓީއަށް ގެއްލުން
ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެ ޖެޓީއަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް
ޚަރަދުވެފައިވާ ފައިސާ އެސް.ޓީ.އޯ އިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް
ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ؟
އިސްވެ ބަޔާންވެދިޔަ އުޞޫލުތަކުގެ އަލީގައި، ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހުނަކު
(ހ) ފުރަތަމަ ކަމަކީ، ބޯޓު ކުރާ ދަތުރުތަކުގައި، ބޯޓު ފުރައިގެންދާ ބަނދަރަށް
ލަވަންދެން، ބޯޓު ފަރުވާތެރިކަމާއި ޢިނާޔަތްތެރިކަމާއެކު ދުއްވުމުގެ މަސްއޫލިއްޔަތަކީ ބޯޓުގެ
ކެޕްޓަންގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރު، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު
27 އޮކްޓޯބަރ 2004 ވަނަ ދުވަހުގެ ހަވީރުގެ ވަޤުތެއްގައި، ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި ހިނގި، ބަޔާންވެދިޔަ އެކްސިޑެންޓް ހިނގަން މެދުވެރިވި
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ13
:
22
ސަބަބަކީ 27 އޮކްޓޯބަރ 2004 ވަނަ ދުވަހަކީ މޫސުން ގޯސް ދުވަހަކަށް ވެފައި، އެފަދަ ޙާލަތަކީ ބޯޓް
ޖެޓީ އާއި ކައިރިކުރުމަށް ޓަގު ބޯޓެއްގެ އެހީ ބޭނުންވާ ޙާލަތެއް ކަމުގައި ވީނަމަވެސް، ޓަގު ބޯޓެއްގެ އެހީ
ހޯދުމަކާ ނުލައި ބޯޓު ޖެޓީ އާއި ކައިރުކުރުމުގެ ތެރޭގައި ބޯޓް ކޮންޓްރޯލް ނުވެގެންގޮސް ކަމަށް ބުނެ، ބޯޓުގެ
ކެޕްޓަން އިސްކަންދަރު އާއި، ބޯޓުގެ ޕައިލެޓްކަން ކުރި ޢަލީ ރަޝީދު އިބްރާހީމް ފުލުހުންގެ ތަޙްޤީޤަށް
ބަޔާންދީފައިވާކަން، އިސްވެ ބަޔާންވެދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް
ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މޫސުން ގޯސްވުމުގެ ސަބަބުން ޓަގު ބޯޓެއްގެ އެހީއަކާ ނުލައި،
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ބޯޓު ކައިރިކުރުމުގެ ސަބަބުން ހިނގާފާނެ ޙާދިޘާއަކުން
ބޯޓަށާއި އެހެންފަރާތްތަކަށް ގެއްލުން ލިބިދާނެކަމުގެ ބިރު އޮތުމާއެކުވެސް، އަދި އެފަދަ އެހީއަކާނުލައި
ޖެޓީއަށް ބޯޓު ކައިރި ނުކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓުގެ
ކެޕްޓަނަށް ލިބިގެންވާ ޙާލުގައިވެސް، ބަޔާންވެދިޔަ ޙާދިޘާ ހިނގިދުވަހު ޓަގު ބޯޓެއްގެ އެހީއަކާނުލައި ބޯޓު
ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި ހިނގައިދިޔަ
ޙާދިޘާއަކީ ބޯޓުގެ ކެޕްޓަންގެ އިހްމާލުން ހިނގާފައިވާ ޙާދިޘާއެއްކަން އެނގޭކަމާ، އަދި ބުނެވިދިޔަ ޙާދިޘާ
ހިނގަން މެދުވެރިވީ، ބޯޓުގައި ޙާދިޘާ ހިނގިދުވަހު ހުރި ޕައިލެޓް ޢަލީ ރަޝީދު އިބްރާހީމް ގާތުގައި ބޯޓު
ޖެޓީ އާއި ކައިރިކުރާއިރު ޓަގު ބޯޓުގެ އެހީ ބޭނުންވާނެކަމަށް ބުނުމުން، ޓަގު ބޯޓެއްގެ އެހީ އާއި ނުލައި
ބޯޓު ޖެޓީއާ ކައިރި ކުރެވޭނެކަމަށް ބުނެ، ބޯޓު ޖެޓީއާ ކައިރިކުރުމުގައި ޕައިލެޓް ޓަގު ބޯޓެއްގެ އެހީ
ހޯދާފައި ނުވުމުން ކަމުގައި، ބޯޓުގެ ކެޕްޓަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގައި ބުނެފައި
އޮންނަ އޮތުމަކީ، ބޯޓުގެ ކެޕްޓަންގެ ޙައިޘިއްޔަތުން އޭނާ އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވިދާފަދަ
ޙުއްޖަތެއް ނޫންކަމާ، ސަބަބަކީ އިސްވެ ބަޔާންވެދިޔަ ފަދައިން، ޕައިލޮޓޭޖް ޚިދުމަތް ހޯދުމުގައި، ޕައިލެޓްގެ
ރައުޔަކީ ނެވިގޭޝަންގެ އުޞޫލުތަކާ ޚިލާފު ރައުޔެއްކަމަށް ކެޕްޓަނަށް ޤަބޫލުކުރެވޭނަމަ، ނުވަތަ ޕައިލެޓްގެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ1422
ރައުޔަށް ޢަމަލުކުރުމުގެ ސަބަބުން މީހުންގެ ފުރާނަޔަށާއި ބޯޓަށާއި މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުން
ލިބިދާނެކަމަށް ކެޕްޓަނަށް ޤަބޫލުކުރެވޭނަމަ އެ ރައުޔަކަށް ތަބާވުމަކީ ކެޕްޓަންގެ މައްޗަށް ލާޒިމްވެގެންވާ
ކަމެއްކަމުގައި ނުވާހިނދު، ބަޔާންވެދިޔަ ޙާދިޘާ ހިނގި ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ޖެޓީއާ
ކައިރިކުރުމަށް ޓަގު ބޯޓެއްގެ އެހީ ބޭނުންވާކަން ކެޕްޓަނަށް ޚުދު ޤަބޫލުކުރެވިފައި ވީހިނދު، އަދި ޕައިލެޓްގެ
ރައުޔަށް ތަބާވުން ލާޒިމްކުރާ އެއްވެސް ސަބަބެއް ނެތީސް، ޓަގު ބޯޓެއްގެ އެހީ ހޯދުމަކާ ނުލައި ބޯޓް
ޖެޓީއާއި ކައިރިކުރުމުގެ ސަބަބުން ހިނގައިދިޔަ ޙާދިޘާއަކީ ބޯޓުގެ ކެޕްޓަންގެ އިހްމާލުން ހިނގާފައިވާ
ޙާދިޘާއެއްކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ އާދީޘް ހިނގަން މެދުވެރިވީ ބޯޓުގެ
ކެޕްޓަންގެ ކުށުންނާއި އިހްމާލުންކަން އެނގެން އޮންނައިރު، އޭގެ ސަބަބުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ދައްކަންޖެހުމުގެ މަސްއޫލިއްޔަތު ބޯޓުގެ ކެޕްޓަނާއި ތަޝާމުނީ
(collective ގޮތަކަށް އުފުލަންޖެހޭނީ ބޯޓުގެ ވެރިފަރާތުން ކަމާއި، ބޯޓުގެ ކެޕްޓަނަކީ ބޯޓުގެ އޭޖެންޓަށް
ތަބާވާ ނުވަތަ އޭޖެންޓުގެ އޮތޯރިޓީގެ ދަށުން މަސައްކަތްކުރާ، އޭޖެންޓުގެ ކުރިމަތީގައި މަސްއޫލިއްޔަތު
އުފުލަންޖެހޭ މުވައްޒަފަކަށް ނުވާހިނދު، ބޯޓުގެ ކެޕްޓަންގެ ކުށުންނާއި އިހްމާލުން އެއްވެސް ފަރާތަކަށް
ލިބޭގެއްލުމުގެ ބަދަލު އޭޖެންޓް ދައްކަންޖެހޭނެ ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ބުނެވިދިޔަ ޙާދިޘާ ހިނގި އިރު އެމް.ވީ ކަރަކަޖާޔާ ނިއާގާ
III-32 ބޯޓު ދަތުރުކޮށްފައި ދިޔައީ ޕައިލޮޓޭޖް ޚިދުމަތް ހޯދުން ލާޒިމްވާ ސަރަޙައްދެއްގައި ޕައިލެޓެއްގެ
އެހީތެރިކަން ލިބިގެންކަން އެނގެން އޮތްނަމަވެސް، އެ ޙާދިޘާ ހިނގަން މެދުވެރިވީ ބޯޓުގައި ހުރި ޕައިލެޓް
އަމިއްލައަށް ޤަޞްދުގައި ކުރި ބޮޑު ކުށެއްގެ ސަބަބުން ނުވަތަ އޭނާގެ ވާޖިބުތައް އަދާކުރުމުގައިވީ ބޮޑު
އިހްމާލެއްގެ ސަބަބުންކަން ޘާބިތުވާފަދަ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް، މި މައްސަލައާ
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައި ނުވާއިރު، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޕައިލެޓެއްގެ އެހީއާއެކު
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22 15
ބޯޓު ދަތުރުކުރުމަކީ އޭގެ ޒާތުގައި، ބޯޓުން ނުވަތަ ބޯޓު ދުއްވިގޮތެއްގެ ސަބަބުން ލިބޭ ގެއްލުމެއް ނުވަތަ
ހަލާކެއްގެ މަސްއޫލިއްޔަތު ބޯޓުގެ ވެރިފަރާތް ނުވަތަ ކެޕްޓަން އުފުލަންޖެހުން ނަފީކުރާ ކަމެއް ނޫންކަމާއި،
މި މަފްހޫމަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރާ ޕައިލޮޓޭޖް އެކްޓް ތަކުގަޔާއި، މޯލްޑިވްސް ޕޯޓްސް
ލިމިޓެޑުން ނެރެފައިވާ، ދިވެހިރާއްޖޭގައި ޢަމަލުކުރާ ޕައިލޮޓޭޖް ޚިދުމަތް ދިނުމާއި ބެހޭ ޤަވާޢިދުގައި
ބަޔާންވެގެންވާ މަފްހޫމެއްކަމާއި، މިގޮތުން ބުނެވިދިޔަ ޤަވާޢިދުގެ 10 ވަނަ މާއްދާގައި "ޕައިލޮޓޭޖް ޚިދުމަތް
ދިނުމުގެ ތެރޭގައި ދިމާވާ ހަލާކެއް ގެއްލުމެއް ނުވަތަ އުޅަނދު ދުއްވަމުން ދިޔަ ގޮތުން ދިމާވި
މައްސަލައަކުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ޕައިލެޓް ނުއުފުލާނެއެވެ. ޕައިލޮޓް ބޯޓުގައި ހުރުމަކީ
މިފަދަ އެއްވެސް ކަމެއްގެ ޒިންމާއިން މާސްޓަރ ބަރީއަވާ ކަމެއް ނޫނެވެ.' މިފަދައިން ބަޔާންވެގެންވާކަމާ،
މީގެ އިތުރުން ޕައިލޮޓްގެ ބޮޑު ކުށެއް ނުވަތަ އިހުމާލެއްގެ ސަބަބުން ހިނގާ ޙާދިޘާއަކުން
ފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާއަކީވެސް، ބޯޓުގެ އޭޖެންޓް ޤާނޫނީގޮތުން އުފުލަން ޖެހޭ ޒިންމާއެއް
ނޫންކަމާ، އެހެނީ ލޯކަލް ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރާ ކަމާބެހޭ ޤާނޫނުތަކާ ޤަވާޢިދުތަކާއި އެއްގޮތްވާ
ގޮތުގެމަތިން، ބޯޓަށް ޕައިލޮޓް އެރުމަށް ބޭނުންވާ އިޖްރާއާތުތައް ފުރިހަމަކޮށް ޕައިލޮޓްގެ ޚިދުމަތުގެ އަގު
އަދާކުރުން ފަދަކަންތަ
ކަންތައް ބޯޓުގެ އޭޖެންޓްގެ ފަރާތުން ކުރަނީ ޙަޤީޤަތުގައި، ބޯޓުގެ ވެރިފަރާތުގެ
މަޞްލަޙަތަށާއި އެފަރާތުގެ ނަމުގައި ކަމާއި، އޭޖެންޓުގެ ޒާތީ މަޞްލަޙަތަކަށް ނުވަތަ އޭޖެންޓުގެ އަމިއްލަ
ނަމުގައި ނޫންކަން އެނގެން އޮންނަކަމެވެ.
އެއްވެސް
11- އެސް.ޓީ.އޯ ގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ
III-32 ބޯޓު 27 އޮކްޓޯބަރ 2004 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ކ.ތިލަފުށީގައި އޮންނަ އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ޖެޓީއަށް ކައިރިކުރުމުގައި، ބޯޓުން އެޖެޓީގައި ޖެހި އެޖެޓީއަށް ގެއްލުން
ލިބުނު މައްސަލަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 27 އޮކްޓޯބަރ 2004 ވަނަ ދުވަހު
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުމުން، އެސަރވިސް އިން އެމައްސަލަ ތަޙްޤީޤުކޮށް ދޫކޮށްފައިވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ16
OXOOX
ނަންބަރ 2005
/
03/171PRE ޕޮލިސް ރިޕޯޓުގައި، މައްސަލައާ ގުޅޭގޮތުން ބޯޓުގެ ކެޕްޓަނާއި ބައެއް
ފަޅުވެރިންނާއި، ޕައިލެޓް ބުނެފައިވާ ވާހަކަތައް ބަޔާންކުރުމަށްފަހު، ރެކޮމެންޑްކޮށްފައިވަނީ މައްސަލަ މަދަނީ
ކޯޓަށް ހުށަހަޅައިގެން ޙައްލެއް ހޯދުމަށްކަން އެނގެން އޮންނައިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މި މައްސަލައާ ގުޅިގެން މަދަނީ ކޯޓުގައި ދަޢުވާކޮށްފައިވަނީ އެސް.ޓީ.އޯ ގެ
މައްޗަށްކަމާއި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓުގެ ވެރިފަރާތުގެ މައްޗަކަށް ނޫންކަމާ، އަދި މި
މައްސަލައާ ގުޅިގެން ބޯޓު ހިފެހެއްޓުމުގެ އަމުރެއް މަދަނީ ކޯޓުން ނުވަތަ ކަމާބެހޭ އެނޫންވެސް
އޮތޯރިޓީއަކުން ނެރެފައި ނުވާކަން އެނގެން އޮންނަކަމާ، އެހެންކަމުން ބޯޓުގެ ވެރިފަރާތުގެ މައްޗަށް ޚި
މައްސަލައާ ގުޅިގެން ދަޢުވާކުރެވިފައި ނުވާއިރު، ނުވަތަ ޝަމާންއެއް ނުވަތަ ކަފާލާ (bail
/
security)
އެއްގެ ގޮތުގައި ވަކި ޢަދަދެއްގެ ފައިސާ ބެހެއްޓުމަށް ބޯޓުގެ ވެރިފަރާތުގެ މައްޗަށް ކޯޓަކުން ނުވަތަ ކަމާބެހޭ
އެއްވެސް އޮތޯރިޓީއަކުން އަންގާފައި ނުވާއިރު، އެސް.ޓީ.އޯ ގެ ފަރާތުން ބޯޓު ފުރުވާލުމަށް ބޭނުންވާ
ކްލިއަރެންސް ހޯދައިދިނުމަށްފަހު، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު ފުރުވާލުމަކީ އޭގެޒާތުގައި ބޯޓުގެ
އޭޖެންޓުގެ ޙައިޘިއްޔަތުން އެސް.ޓީ.އޯ އިން އަދާކުރަންޖެހޭ އިލްތިޒާމެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި
ބޯޓުގެ ވެރިފަރާތުން ނުވަތަ އޭނާގެ ދަށުން މަސައްކަތްކުރާ ބޯޓުގެ ކެޕްޓަންގެ ކުށަކުން ނުވަތަ އިހްމާލަކުން
3x
ލިބޭ ގެއްލުމުގެ ޒިންމާ އެސް.ޓީ.އޯ ގެ ފަރާތުން އުފުލަންޖެހޭ ސަބަބެ
ބަބެއް ނޫންކަން އެނެގެން އޮންނަކަމާ،
އަދި އެއީ، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓުގެ ވެރިފަރާތުގެ މައްޗަށް، އެބޯޓުގެ ކެޕްޓަންގެ
އިހްމާލުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން
ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން ހިނގާ ކޯޓެއްގެ ކުރިމަތީގައި ދަޢުވާކުރުމަށް އޮތް ހުރަހެއްވެސް ނޫންކަމާ،
ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިޖްރާއާތުގެ ޤާނޫނު (Procedure Law) ގެ
ޢާންމު ޤަވާޢިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ކުރިމަތީގައި ބިދޭސީ ޝަޚްޞޫނަށް - އެއީ ޠަބީޢީ
ޝަޚްޞިން ކަމުގައި ވިއަސް، ނުވަތަ ޤާނޫނީ ޝަޚްޞިން ކަމުގައި ވިއަސް ދަޢުވާކުރުމާ ދަޢުވާ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ17
4 22
ތ 3
ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމާ، އެހެންނަމަވެސް، ކަނޑު ބޯޓުގެ ވެރިފަރާތުގެ މަޤަޞްރު ނޫން އެހެން
ލޯކަލް ޖުރިސްޑިކްޝަންތަކުގައި ބޯޓުގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރުމުގައި ނުވަތަ އޭނާގެ ފަރާތުން
ދަޢުވާ އުފުލުމުގައި ޢަމަލީގޮތުން ދިމާވެދާނެ ދަތިތަކަކަށްޓަކައި، ބައެއް ޖުރިސްޑިކްޝަންތަކުގައި ބޯޓުގެ
ލޯކަލް އޭޖެންޓުގެ އެޑްރެހަކީ ބޯޓުގެ ވެރިފަރާތުގެ މައްޗަށް ކުރާ ދަޢުވާތަކާއި އޭނާގެ ފަރާތުން ކުރާ
ދަޢުވާތަކާއި ގުޅިގެން ކޯޓުތަކުންނާ
ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތައް އަންގަންޖެހޭ
އެޑްރެސްކަމުގައި ކަނޑައަޅާފައިވާކަމާއި، އަދި އެފަދަ ދަޢުވާތަކުގައި އޭޖެންޓަކީ ބޯޓުގެ ވެރިފަރާތުގެ
ބަދަލުގައި ކޯޓުގައި ތަމްޘީލުކުރާ ފަރާތްކަމުގައިވެސް ކަނޑައަޅާފައިވާކަމާ، އެހެންކަމުން އެފަދަ ދަޢުވާތަކުގައި
ބޯޓުގެ ވެރިފަރާތުގެ ބަދަލުގައި ކޯޓުގައި ތަމްޘީލުކުރާ ފަރާތަކީ ބޯޓުގެ އޭޖެންޓް ކަމުގައި ވީނަމަވެސް،
އެފަދަ ދަޢުވާތަކުގައި ބޯޓުގެ ވެރިފަރާތުގެ މައްޗަށް ނުވަތަ އޭނާގެ މަޞްލަޙަތަށް ކުރެވޭ ޙުކުމްތައް
ތަންފީޒު ކުރެވެނީވެސް، އެފަރާތުގެ މައްޗަށް ނުވަތަ އެފަރާތުގެ މަޞަލްޙަތަށްކަމާއި، ބޯޓުގެ އޭޖެންޓުގެ
މައްޗަށް ނުވަތަ އޭޖެންޓުގެ މަޞްލަޙަތަށް ނޫންކަމާ، އެހެނީ އޭޖެންޓަކީ އެއްވެސް ޙާލެއްގައި އެފަދަ
ދަޢުވާތަކުގައި ދަޢުވާގެ އަޞްލު ޚަޞްމެއް ނޫންކަމާއި، ނަމަވެސް އަޞްލު ޚަޞްމު ކަމުގައިވާ ބޯޓުގެ
ވެރިފަރާތް ތަމްޘީލުކުރުމުގެ ބާރު ލިބިދެވޭ ފަރާތެއްކަން އެނގެން އޮވެއެވެ.
12- އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި، ބޯޓުން އެޖެޓީގައި ޖެހި، ޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
ބޯޓްގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރުމަކާ ނުލައި، ބޯޓުގެ އޭޖެންޓުގެ މައްޗަށް އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ބޯޓުތައް
ވަދެއުޅުމު ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ފެތަކާއި އަދި ދައުލަތަށް ލިބޭ އެނޫންވެސް ގެއްލުންތަކާ
ގުޅިގެން، ކަމާބެހޭ އޮތޯރިޓީތަކުން ނަގާ ބަދަލުތަކާއި ކުރާ ޖޫރިމަނާ ކުރަންވާނީ ބޯޓުގެ ވެރިފަރާތްކަމާއި،
ބޯޓުގެ އޭޖެންޓެއް ނޫންކަން ޤާނޫނު ނަންބަރު 7/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެޔަށް ފެތޭ
،
ގެއްލުންތަކާ
24
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ18
އުޅަނދުތަކާއި އުރޭ އުޅަނދުތަކާ ބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއިން ސާފުކޮށް
އެނގެން އޮވެއެވެ.
13- ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުގެ ލޯކަލް އޭޖެންޓެއްގެ ގޮތުގައި
ކަސްޓަމްސްގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާއިރު، އެކުންފުންޏެއްގެ އޭޖެންޓްކަމުގެ ދަށުގައިވާ
އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާ އުފުލާނެކަމުގެ ލިއުން ހުށަހަޅަންޖެހޭނެކަމަށް،
"ހާބަރ ޔުނިޓުން ހިންގާ ބަލަހައްޓާ މަސައްކަތްތައް" މިސުރުޚީގެ ދަށުން މޯލްޑިވްސް ކަސްޓަމްސް
ސަރވިސް އިން 01 ސެޕްޓެމްބަރ 2004 ގައި ނެރެފައިވާ ލިއުމުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް
ބަލާއިރު، އޭގައި އޭޖެންޓު އުފުލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޒިންމާއަކީ، އިސްވެ އިޝާރާތްކުރެވުނު
މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މެރިޓައިމް ލޯގެ ޤަވާޢިދުތަކާއި
އުޞޫލުތަކާއި، އަދި ޢާންމު ޤާނޫނީ މަޞްދަރުތަކާއި ޚިލާފަށް ތަފްސީރުކުރެވޭނެ ޒިންމާއެއް ނޫންކަމާ! އޭގައި
ބަޔާންކޮށްފައިވާ ޒިންމާއަކީ ޙަޤީޤަތުގައި، ބޯޓުގެ އެޖެންޓެއްގެ ޙައިޘިއްޔަތުން، ބޯޓުގެ ލޯކަލް އޭޖެންޓުގެ
ޖުރިސްޑިކްޝަން ހިނގާ ބަނދަރުގައި ބޯޓު އޮންނަ ހިނދު، އާދައިގެމަތިން އޭޖެންޓް ކުރަންޖެހޭ އިސްވެ
އިޝާރާތްކުރެވުނު ކަންތައްތައް ކުރުމުގެ ޒިންމާއާއި، އެކަންތައްތައް ކުރުމުގައި އޭޖެންޓުގެ ފަރާތުން ކުރާ
ކުށެއްގެ ސަބަބުން ނުވަތަ ވާއިހްމާލެއްގެ ސަބަބުން އުފުލަންޖެހޭ މަދަނީ ޒިންމާ، އޭޖެންޓް އުފުލަންޖެހޭނެ
ވާހަކަ ކަމާއި، އެއީ އެއްވެސް ޙާލެއްގައި ބޯޓުގެ ކެޕްޓަން ނުވަތަ ބޯޓުގެ ފަޅުވެރިއަކު ކުރާ ކުށެއް ނުވަތަ
ވާއިހްމާލެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ މަދަނީ ޒިންމާ އޭޖެންޓް އުފުލަންޖެހޭ ވާހަކަ
ނޫންކަން އެނގެން އޮންނައިރު، ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓުގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު ރާއްޖެއަށް އައީ އެސް.ޓީ.އޯ ގެ
ދަށުން ކަމަށްވެފައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާ
އުފުލަންޖެހޭ ފަރާތަކީ އެބޯޓުގެ އޭޖެންޓްކަން ކުރިފަރާތުންކަމަށް ޤަބޫލުކުރެވޭތީ،
ތިލަފުށީގައި އޮންނަ
22
0 2ދ 2
اسرع مسطح کی
-
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ19
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ޖެޓީގައި އެމް.ވީ. ކަރަކަޖާޔާ ނިއާގާ III-32 ބޯޓުން ޖެހި
އެޖެޓީއަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެސް.ޓީ.އޯ ކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ބަލަންޖެހޭކަމަށް" ކަނޑައަޅައި ބަޔާންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
OXO
ޚިލާފަށްކަން އެނގެން އޮވެއެވެ.
14- އެމް.ވީ. ކަރަކަޖާޔާ ނިއާގާ III-32 ބޯޓު ތިލަފުށީގައި އޮންނަ އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި، ބޯޓުން އެޖެޓީގައި ޖެހި އެޖެޓީއަށް ގެއްލުން
ލިބުނު މައްސަލާގައި، ބޯޓުގެ ލޯކަލް އޭޖެންޓް ކަމަށްވާ އެސް.ޓީ.އޯ އިން ބުނެވިދިޔަ ގެއްލުމުގެ ޒިންމާ
ފުލަންޖެހުމުގެ އަސާސަކީ، އޭޖެންޓުގެ ފަރާތުން ކަސްޓަމްސްއިން ހޯދަންޖެހޭ އައުޓްވޯޑް ކްލިއަރެންސް
ހޯދައި ދިނުމަށްފަހު ބޯޓު ފުރުވާލުންކަން ދޭހަވާގޮތަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކޮށްފައިވާ ކަންތަކަށް ބަލާއިރު، އަންނަވި ކަންތައް ފާހަގަކުރެވިފައި ވެއެވެ.
4 222 2
2 20
(ހ) ފުރަތަމަ ކަމަކީ، ބުނެވިދިޔަ ޙާދިޘާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްކަމަށްވާ
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އަބަދުވެސް މަސައްކަތްކޮށްފައިވަނީ އެފަރާތަށް ލިބުނު
ގެއްލުމުގެ ޒިންމާއަކީ ސީދާ ބޯޓުގެ އޭޖެންޓުގެ
ޑގެ އޭޖެންޓުގެ ޒިންމާއެއްކަން ޘާބިތުކުރުންކަމާއި، ބޯޓުގެ ކެޕްޓަން ނުވަތަ
އެނޫންވެސް ބޯޓުގެ ޚިދުމަތުގައި ބޯޓުގައި މަސައްކަތަކުރާ މީހެއްގެ ކުށަކުން ނުވަތަ އިހްމާލުން
އެހެންފަރާތަކަށް ލިބޭ ގެ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ ބޯޓުގެ ވެރިފަރާތުން ކަމަށް ޤަބޫލުކޮށް، ބޯޓުގެ
ވެރިފަރާތުގެ މައްޗަށް ކަމާބެހޭ އިދާރާއެއްގައި ވާއެއްކޮށް ނުވަތަ އެފަރާތުގެ މައްޗަށް ދަޢުވާވެސް
ކޮށްފައި ނުވާކަމާއި، މި މައްސަލައާގުޅިގެން އެސް.ޓީ.އޯ ގެ މައްޗަށް ދަޢުވާކޮށް، ބޯޓު ހިފެހެއްޓުމަށް ޓަކައި
ވަޤުތީ އަމުރަކަށް އެދި މަދަނީ ކޯޓަށް ފޯމު ހުށަހެޅިކަމަށާއި، ނަމަވެސް މަދަނީ ކޯޓުގެ އިދާރީ ސެކްޝަނުން
އެ ފޯމް ބަލައިގެންފައި ނުވާކަމަށް ދޭހަވާގޮތަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީ
ޝަކުވާއެއްex
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ20
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޔާނުގައި ބުނެފައިވާއިރު، އެސް.ޓީ.އޯ އަކީ، ބުނެވިދިޔަ
މަދަނީ ކޯޓަށް ހުށަހެޅުނު ދަޢުވާގައި، ދަޢުވާލިބޭ އަޞްލު ފަރާތްކަމަށް ވެފައި، އެސް.ޓީ.އޯ އަކީ ރާއްޖޭގައި
ޤާއިމުވެގެންވާ ކުންފުންޏަކަށްވާއިރު، އަދި ބޯޓަކީ އެސް.ޓީ.އޯ ގެ މިލްކަކަށް ނުވާއިރު، އެސް.ޓީ.އޯ އަށް
ދަޢުވާ ލިބޭ މައްސަލަތަކުގައި އެހެން ފަރާތެއްގެ މިލްކެއް ހިފެހެއްޓުމަކީ ޤާނޫނީގޮތުން ޞައްޙަކަމަށް
ނުވެދާނެތީ މަދަނީ ކޯޓުން ބުނެވިދިޔަ ވަޤުތީ އަމުރުގެ މައްސަލަ ބަލައި ނުގަތީކަމަށް ޤަބޫލުކުރެވޭކަމާއި،
މައްސަލައިގައި ދަޢުވާ ލިބޭ އަޞްލު ފަރާތަކީ ބޯޓުގެ ވެރިފަރާތްނަމަ ބޯޓުގެ ވެރިފަރާތުން އެކަށީގެންވާ
ގެރެންޓީ އެއް ދެއްކުމަށް ފަހުގައި މެނުވީ ބޯޓު ފުރައިގެން ނުދިއުމުގެ އަމުރެއް ނެރުމަކީ ޢާންމުކޮށް
މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރާގޮތްކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ ކޯޓުތަކުގެ
ޕްރެކްޓިސްތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ކޯޓަކުން މިފަދަ އަމުރެއް ނެރެފިނަމަ އެ އަމުރެއް
ތަންފީޒުކުރުމުގައި ބޯޓުގެ ވެރިފަރާތް ތަމްޘީލުކޮށް ކަމާބެހޭ އޮތޯރިޓީތަކަށް ބޯޓުގެ ވެރިފަރާތުގެ ނަމުގައި
އެއްބާރުލުން ދޭންޖެހޭ ފަރާތަކީ ބޯޓުގެ އޭޖެންޓްކަން އެނގެން އޮންނައިރު، ބުނެވިދިޔަ ޙާދިޘާއާ ގުޅިގެން
ބޯޓު ހިފެއްޓުމުގެ ކޯޓު އަމުރެއް ނެރެވިފައި ނުވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޢަމަލުކޮށްފައިވާ އިޖްރާއާތު ޞައްޙަ ނުވުމުންކަން ފާހަގަކުރެވިފައި ވެއެވެ.
(ށ) ދެވަނަ ކަމަކީ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ބުނެވިދިޔަ
ޙާދިޘާގެ ސަބަބުން އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ގެރެންޓީވާފަދަ ސެކިއުރިޓީ އެއް ބެހެއްޓުމަށް
ފަހުގައި މެނުވީ، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު ފުރައިގެން ދިއުން މަނާކުރުމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވީސް ފަދަ ކަމާބެހޭ އޮތޯރިޓީއެއްގައި އެދިފައިވާކަން އެނގެން ނެތްއިރު، އެކުންފުންޏަށް
ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ގެރެންޓީ ކުރުމުގައި އެކަށީގެންވާ އީޖާބީ ދައުރެއް އެކުންފުނީގެ ފަރާތުން
އަދާކޮށްފައި ނުވާކަން ފާހަގަކުރެވިފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ21122
(ނ) ތިންވަނަ ކަމަކީ، ބަޔާންވެދިޔަ ޙާދިޘާގެ ސަބަބުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެކުންފުނީގެ ފަރާތުން ބޯޓުގެ ކެޕްޓަންގެ މައްޗަށް
ނުވަތަ ބޯޓުގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކޮށްފައި ނުވާއިރު، އަދި ކަމާބެހޭ ކޯޓަކުން ނުވަތަ އިދާރާއަކުން
ބޯޓު ވަގުތީގޮތުން ހިފެހެއްޓުމުގެ އަމުރެއް ނެރެފައި ނުވާއިރު، ނުވަތަ ބޯޓުގެ މައްޗަށް ޖޫރިމާނާއެއްފަދަ
އެއްވެސް މާލީ އިލްތިޒާމެއް އަދާކުރުމުގެ އަމުރެއް ނެރެފައި ނުވާ ޙާލުގައި، ބޯޓުގެ ލޯކަލް އޭޖެންޓުގެ
ޙައިޘިއްޔަތުން، ބުނެވިދިޔަ ޙާދިޘާ ހިނގިއިރު މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ޢަމަލުކުރާ
ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ބޯޓު ފުރުމަށް ބޭނުންވާ އައުޓްވާޑް ކްލިއަރެންސް
އެސް.ޓީ.އޯ އިން ހޯދައިދިނުމަކީ އުޞޫލެއްގެ ގޮތުން އެސް.ޓީ.އޯ ގެ ފަރާތުން އުފުލަންޖެހޭ
އިލްތިޒާމެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި ބޯޓުގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރު
ކުރިން ބޯޓު ފުރުވާލުން ނޫންކަން އެނގެން އޮންނަ ކަމެވެ.
ދދު 3
3
3
4
می ترط ترکی
ޙުކުމް:
އިސްވެ.
ޓްރޭޑިންގ
.
ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ސްޓް
އޯގަނައިޒޭޝަން ޕލކ. ގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އައި، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ބޯޓު
27 އޮކްޓޯބަރ 2004 ވަނަ ދުވަހުގެ ހަވީރުގެ ވަޤުތެއްގައި، ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގައި، ބޯޓުން ޖެޓީގައި ޖެހި އެޖެޓީއަށް ލިބިފައިވާ ގެއްލުމަކީ
ބޯޓުގެ ކެޕްޓަންގެ އިހްމާލުން ލިބުނު
ޤަޟިއްޔާގެ ވަޤާއިޢުތަކުން އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް
ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު 2005/MC/700 ޤަޟިއްޔާގައި، އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ މައްޗަށް
ދަޢުވާކޮށް ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލުގެ ޒިންމާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
22
2
4
2 ހ2
کد مطر
0422 ތ ދ ތ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ22ގެ22
އިން އުފުލަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
860، ދިވެހިރޭ
ސަފްޙާ 9 ގެ 1
ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ތަފާތުވި ރަޢުޔު
-
A/2009 ޤަޟިއްޔާގެ
ހުކުމް ރަނގަޅުނޫންކަމަށް ދެކޭކަމަށް ބުނެ، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި
ފަރާތްކަމުގައިވާ ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) ގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އިލްތިމާސް ރައްދުވި ފަރާތްކަމުގައިވާ އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އޭގެ ޖަވާބުގައި ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
47/HC
-
A/2009 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި މަދަނީ ކޯޓުގެ ނަންބަރު 2005/MC/700
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކާއި ޚަޞްމުންގެ ފަރާތުން މި މައްސަލާގައި ހުށަހަޅާފައިވާ
އެންމެހައި ލިޔުންތަކަށާއި ދިވެހިރާއްޖޭގައި އަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށާއި، ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އަންނަނިވިކަންތައް ފާހަގަކުރެވިފައިވެއެވެ.
UC O
-1
ޓ
ފުރަތަމަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް
(އެސް.ޓީ.އޯ)އިން ގެންނަ ހިލައާއި ހިލަވެލި އުފުލައިގެން ރާއްޖެއައި އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32
ނަމަކަށް ކިޔާ ބޯޓު 27 އޮކްޓޯބަރ 2004 ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުދާ ބޭލުމައްޓަކައި،
ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއަށް ކައިރިކުރުމުގެ ތެރޭގައި ޖެޓީގައި
ބޯޓުން ޖެހި އެކްސިޑެންޓްވެފައިވާކަމާއި މި އެކްސިޑެންޓްގެ ސަބަބުން އެ ޖެޓީން ދިގު މިނުގައި 5.5
މީޓަރ، ފުޅާމިނުގައި 0.5 މީޓަރު އަދި ފުން މިނުގައި 25 ސެންޓި މީޓަރުގެ ތަނެއް ހަލާކުވެފައިވާކަމާއި،
މި އެކްސިޑެންޓަކީ، 27 އޮކްޓޯބަރ 2004 ދުވަހަކީ މޫސުން ގޯސް ދުވަހަކަށްވެފައި ބޯޓު ޖެޓީއާ
ކައިރިކުރިއިރު، ޓަގު ބޯޓުގެ އެހީ
އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓު
22ތ 2
2 ދ ތތ
ބޭނުންވާނެކަމަށް
ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 2
ގެ ކެޕްޓަން އިސްކަންދަރު (ޕާސްޕޯޓް ނަންބަރު M953934| އިންޑޮނޭޝިޔާ) އެމް.ވީ ކަރަކަޖާޔާ ނިއާގާ
III-32 ނަމަކަށްކިޔާ ބޯޓުގެ ޕައިލެޓްކަން އެދުވަހު ކުރި ފަރާތްކަމުގައިވާ ށ. ފައިން ބީޗް ޢަލީ ރަޝީދު
އިބްރާހިމްގެ ގާތުގައި ބުނިކަމަށާއި، އެކަމަކު، ޢަލީ ރަޝީދު އިބްރާހީމުގެ ބެލުމުގެ ދަށުން، އެ ބޯޓު އޭގެ
ކުރީ ފަހަރަކުވެސް ޖެޓީއާ ކައިރިކޮށްފައިވާފަދައިން މިފަހަރުވެސް ޓަގު ބޯޓެއްގެ އެހީހޯދުމަކާ ނުލައި، ބޯޓު
ޖެޓީއާ ކައިރި ކުރެވޭނެކަމަށް ޢަލީ ރަޝީދު އިބްރާހިމް ބުނެ، ބޯޓު ޖެޓީއާ ކައިރިކުރުމުގައި ޕައިލެޓް ޢަލީ
ރަޝީދު އިބްރާހިމް ޓަގު ބޯޓެއްގެ އެހީ ހޯދާފައިނުވުމާއި ޕައިލެޓް އަންގަން ޖެހޭ އެންގުންތައް އަންގަންޖެހޭ
ވަގުތަށްވުރެ ފަހުން އެންގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓެއްކަމުގައި އެ ބޯޓުގެ ކެޕްޓަން
އިސްކަންދަރު އާއި އެ އެކްސިޑެންޓް ހަންމި ވަގުތު ބޯޓުގެ ބްރިޖްގައި ތިބި ބޯޓުގެ އޭބީ. ބެން ޔާމިން
ޕާސްޕޯޓް ނަންބަރ K782509 | އިންޑޮނޭޝިޔާ) އާއި ބޯޓުގެ ޗީފް އޮފިސަރ، ވިނޯސް ޑާމިންޓޯ
(ޕާސްޕޯޓް ނަންބަރު D114025 | އިންޑޮނޭޝިޔާ) ބުނެފައިވާއިރު، މި އެކްސިޑެންޓަކީ ބޯޓުގެ ކެޕްޓަން
ބާރު ސްޕީޑެއްގައި އައިސް ޖެޓީއާ ކައިރިކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލްނުވެގެން ރަންދި
އެކްސިޑެންޓެއްކަމަށާއި، އަދި އެ ދުވަހަކީ ކަނޑު ގަދަ ދުވަހަކަށްވާތީ ޓަގު ބޯޓެއްގެ އެހީ ހޯދުމަށް ބޯޓުގެ
ކެޕްޓަންގެ ގާތުގައި ބުނުމުން އެކަމަށް އޭނާ އިންކާރުކޮށްފައިވާކަމަށް ޢަލީ ރަޝީދު ބުނެފައި
އޮންނައޮތުމަށާއި މި މައްސަލާގައި ހުށަހެޅިފައިވާ ޙަޤީޤަތްތަކުގެ މައްޗަށާއި މެރިޓައިމް ލޯގެ އުސޫލަށް
ރިޢާޔަތްކުރާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޕައިލެޓަކީ އެ ޕައިލެޓްގެ އިރުޝާދުގެދަށުން އުޅަނދު ދުއްވާއިރު، އެކްސިޑެންޓް
ފަރާތްކަމަށްވާއިރު، ޕައިލެޓް އުޅަނދަށް އަރަންޖެހޭ ތަނުން އުޅަނދަށް އެރުމަށްފަހު،
ޕައިލެޓުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާނެކަމާއި، އެހެންކަމުން ޕައިލެޓަށް
މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ބޯޓުގެ މާސްޓަރ ދީގެން، އުޅަނދުގެ ނެވިގޭޝަނުގެ
2x
20 ޓ ( /
اسرع روسا سر
2 2c
4
22c ޖެ
ޒިންމާ އޭނާއާ ޙަވާލުކުރަންވާނެކަން އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 3
(ށ) ޕައިލެޓާ އުޅަނދު ދުއްވުމުގެ ކަންތައް ޙަވާލުކުރުމުން ޕައިލެޓް އޭނާގެ އަމަލުތަކުގެ
ޒިންމާ ޤާނޫނީ ގޮތުން އުފުލަންވާނެކަން.
(ނ) ޕައިލެޓާ އުޅަނދު ދުއްވުމުގެ ކަންތައް ޙަވާލުކުރު
ކުރުމަށްފަހު، ޕައިލެޓަކީ ކަނޑައެޅިގެން
އެކަމަށް ޤާބިލުނޫން މީހެއްކަން ނުވަތަ އެކަމުގެ އަހުލުވެރިކަން ލިބިފައިވާ މީހެއްނޫންކަމުގެ ސާފު ހެކި
ފެންނަން ހުރެއްޖެއްޔާ މެނުވީ، ޕައިލެޓުގެ މަސްއޫލިއްޔަތުގެ ތެރެއަށް ވަދެ ހުރަސްއެޅޭގޮތަށް މާސްޓަރ
(ކައްޕިތާން) ޢަމަލު ކޮށްގެން ނުވާނެކަން.
(ރ) ޕައިލެޓު އުޅަނދަށް އަރައި އިރުޝާދު ދިނުމާ ޙަވާލުވުމަށްފަހު، އެ މަސްއޫލިއްޔަތުގެ
ތެރެއަށް މާސްޓަރ (ކައްޕިތާން) ވަދެ، އެކަމަށް ހުރަސްއެޅޭފަދަގޮތަކަށް ޢަމަލުކުރުމަކީ މާސްޓަރ
(ކައްޕިތާން) ޕައިލެޓުގެ ބޭނުންނުހިފިކަމުގައި ބެލެވޭނެކަމެއްކަން.
ބުނެވިދިޔަ މި އުސޫލުގެ އަލީގައި މި މައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް
ބަލާއިރު، ޕައިލެޓަށް ޕައިލެޓޭޖް ކުރުމުގައި، ދޭންޖެހޭ އިޚްތިޔާރުތަކާއި ފުރުޞަތުދީގެން ޕައިލެޓޭޖް
ކުރުވާފައިވާކަން މެރިޓައިމްގެ މިބާވަތުގެ މައްސަލަ ސާބިތުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި
އުޞޫލުގެ މަތިން ސާބިތުކުރެވިފައިވާކަމުގައި ބެލެވެން ނެތްކަން.
ދެވަނަކަމަކީ، އެސް.ޓީ.އޯ އިން ގެނައި ހިލައާއި، ހިލަވެލި އުފުލައިގެން ރާއްޖެއަށް
އައި އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓު ރާއްޖެ އައީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ
ކަޕްރޯކަނެކް ޝަނުން ޗާރޓަރުކޮށްގެންކަމާއި، އެ ބޯޓުގެ މިލްކުވެރި ފަރާތަކީ އިންޑޮނޭޝިޔާގެ
ކުންފުންޏެއްކަމާއި އެ ބޯޓު ޗާރޓަރ ކޮށްގެން ދުއްވި ޗާރޓަރ ޕާޓީ އާއި އޯނަރ (ބޯޓުގެ މިލްކުވެރިޔާ)
ރާއްޖޭގައި ތަމްޘީލުކުރާ އޭޖެންޓަކީ އެސް.ޓީ.އޯ، ކަމާއި، އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީއާ
އެ ބޯޓު ކައިރިކުރުމުގައި ހިނގި މި އެކްސިޑެންޓުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ، އެޕޯލޯ ހޯލްޑިނގްސް
ޕްރައިވެޓް ލިމިޓެޑް ކަމުގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓުގެ އޯނަރާއި ޗާރޓަރ
OLC
.2
2cx 8
ICO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 4
OX
ޕާޓީގެ ފަރާތުން، އެސް.ޓީ.އޯ އިން ދެކޭކަމަށް ބުނެ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެސް.ޓީ.އޯ
އިން 28 އޮކްޓޯބަރ 2004 ގައި ފޮނުވާފައިވާ "ލެޓަރ އޮފް ޕްރޮޓެސްޓް" އަށް ބެލުމުން، މި
އެކްސިޑެންޓާ ގުޅިގެން، އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި އެމް.ވީ ކަރަކަޖާޔާ ނިއާގާ
III-32 ނަމަކަށްކިޔާ ބޯޓާ ދެމެދު އުފެދިފައިވާ މި ޚުޞޫމަތުގައިވެސް އެ ބޯޓުގެ އޭޖެންޓުގެ ޙައިޘިއްޔަތުން
ބޯޓުގެ ވެރިފަރާތާއި ޗާރޓަރ ޕާރޓީ އެސް.ޓީ.އޯ އިން ތަމްޘީލުކޮށްފައިވާކަން ކަނޑައެޅިގެން އެނގެން
އޮންނަ އޮތުމާއި، އަދި އެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ނެތްއިރު، އަދި އެބޯޓުގެ އޯނަރ (މިލްކުވެރިޔާ)
އަކީ ކޮންފަރާތެއްކަން ނޭގޭއިރު، ބޯޓުގެ ވެރި ފަރާތުން ދިމާވާ އެންމެހައި ކަންތައްތަކުގައި، ޒިންމާ
އުފުލަންޖެހެނީ އެ ބޯޓުގެ އޭޖެންޓުކަން އެނގޭއިރު، ރާއްޖެއަށް އަންނަ ބޯޓެއް ރާއްޖެއިން ބޭރަށް
ފުރައިގެންދެވޭނީ އެ ބޯޓުގެ ފަރާތުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އަދާކޮށްފައިވާކަމުގެ
"ކްލިއަރެންސް" ކަސްޓަމްސްއިން ލިބިގެންކަމާއި މިގޮތުން މި ކްލިއަރެންސް ދެވޭނީ އެފަދަ ޒިންމާއެއް
އަދާކުރަންނެތްކަމަށް ޝިޕް އޭޖެންޓު ކަށަވަރުކޮށްދިނުމަށްޓަކައި ހުށަހަޅާ ހުށަހެޅުމުންކަމާއި، ރާއްޖެއިން
ބޭރުން އަންނަ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައިވާ އުޅަނދުފަހަރުގެ އޭޖެންޓުކަން
ކުރެވޭނީ، އެ އޭޖެންޓު ތަމްޘީލުކުރާ އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާވާނެކަމުގެ
ލިޔުން، ލޯކަލް ޝިޕިންގް އޭޖެންޓް ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު، ހުށަހެޅުމުންކަމާއި އެސް.ޓީ.އޯ އަކީ
ލޯކަލް ޝިޕިންގ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްކަމާއި އެމް.ވީ ކަރަކަޖާޔާ
ނިއާގާ III-32 ނަމަކަށްކިޔާ ބޯޓު 27 އޮކްޓޯބަރ 2004 ގައި ރާއްޖެއަށް އައީ އެސް.ޓީ.އޯ ގެ
ދަށުން ކަމަށްވާތީ އާއި ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ
ޖެޓީގައި އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓުން ޖެހި، އެ ޖެޓީއަށް ގެއްލުން ލިބިފައިވާތީ
އެ ބޯޓުގެ އޭޖެންޓުގެ ހައިޘިއްޔަތުން އެސް.ޓީ.އޯ އިން އުފުލަންޖެހޭ ޒިންމާ އެސް.ޓީ.އޯ އިން
8440
9 ވ 4
اسرع مار کر
#
33ތ 0
2
2
2
ންވާނެކަން
އެނގެން
އޮންނަކަމާއި ރާއްޖެއަށް ރާއްޖެއިން ބޭރުންއަންނަ އުޅަނދުފަހަރާއި
ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 5
اس کے سر ہے کہ
ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރެވޭނީ އެ ކުންފުންޏެއް ލޯކަލް
ޝިޕިންގެ އޭޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީކުރުމަށްފަހުގައިކަމާއި، ލޯކަލް ޝިޕިންގް
މިޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، އެ ކުންފުންޏެއްގެ އޭޖެންޓްކަމުގެ ދަށުގައިވާ
އުޅަނދުފަހަރަށް ދިމާވާ އެންމެހައި މައްސަލަތަކުގައި ޒިންމާ އުފުލާނެކަމުގެ ލިޔުމާއި، މިނިސްޓްރީ އޮފް
ޓްރޭޑް އެންޑް އިންޑަސްޓްރީއިން ދޫކޮށްފައިވާ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ އަސާސީ
ޤަވާޢިދު (މެމޮރަންޑަމް އޮފް އެސޯސިއޭޝަން) ގެ ކޮޕީއެއް ހުށަހަޅަންވާނެކަމާއި، އަދި އޭޖެންޓެއްގެ
ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކުންފުންޏަކީ އެ ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ލޯކަލް
ޝިޕިންގ އޭޖެންޓްކަންކުރުން ހިމެނޭ ކުންފުންޏަކަށްވާންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެސް.ޓީ.އޯ
ލޯކަލް ޝިޕިންގް އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވަނީ، އެ ކުންފުނީގެ އެ ޖެންޓުކަމުގެ ދަށުން
ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް ދިމާވާ އެންމެހައި ކަންތައްތަކުގެ ޒިންމާ އުފުލާނެކަމުގެ އިޤްރާރު
ލިޔުން ހުށަހަޅާފައިވާތީކަމަށް ޤަބޫލުކުރެވޭއިރު، އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓު
ރާއްޖެއަށް އައީ އެސް.ޓީ.އޯ ގެ އޭޖެންޓްކަމުގެ ދަށުންކަމަށްވެފައި، އެ ބޯޓަށް ދިމާވާ އެންމެހައި
މައްސަލަތަކުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ބޯޓުގެ އޭޖެންޓުކަންކުރި ފަރާތްކަމުގައިވާ އެސް.ޓީ.އޯ.
ކަމަށް ޤަބޫލުކުރެވޭތީ ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި އެމް.ވީ
ކަރަކަޖާޔާ ނިއާގެ
ނަމަކަށްކިޔާ ބޯޓުންޖެހި، ، އެ
އެ ޖެޓީއަށް
ލިބުނު ގެއްލުމުގެ
ޒިންމާއުފުލަންޖެހޭފަރާތަކީ އެސް.ޓީ.އޯ، ކަން ޝަރުޢީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް ހައިކޯޓުގެ
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ނުކުތާތަކަށް ވިސްނައި ނަޒަރު ހިންގާއިރު؟
މެރިޓައިމް ލޯގައި ޝިޕިންގް އޭޖެންޓުގެ މަސްއޫލިއްޔަތަތުތައް ކަނޑައެޅިފައިވާ ގޮތަށާއި
ހަރުދަނާކަމާއެކު ޤާއިމްވެފައިވާ އެޑްމިރަލްޓީ އުޞޫލުތަކާއި ޕްރެކްޓިސްތަކާއި ދިވެހިރާއްޖޭގައި މިކަންތަކުގައި
ޢަމަލުކުރާ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، ޝިޕް އޭޖެންޓަކީ އޭޖެންޓެއްގެ މަސައްކަތްތައް އަދާކުރާ މީހެއް
32-III
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 6
22 0 / / e
ނުވަތަ ކުންފުންޏެއްފަދަ ޤާނޫނީ ޝަޚްސެއްކަމުގައިވިޔަސް ނުވަތަ އެ ފަރާތުގެ ބިޒްނެސްއަކީ ޝިޕް
އޭޖެންޓްކަން ކުރުންކަމުގައިވިޔަސް ނުވަތަ ޝިޕް އޭޖެންޓްކަން ކުރަނީ އިތުރު ބިޒްނެސްއެއްގެ ގޮތުގައި
ކަމަށް ވިޔަސް ނުވަތަ "ޝިޕްރޯނިން" ނުވަތަ "އޮޕެރޭޓިން" ނުވަތަ "ވާރޑޯ ހޭންޑްލިން" ފަދަ އެހެން
މަސައްކަތްތަކާގުޅިފައިވާ މަސައްކަތެއްގެ ގޮތުގައި ކަމަށްވިޔަސް އޭނާ ހަރަކާތްތެރިވަނީ ޝިޕްގެ މާސްޓަރުގެ
ނުވަތަ ވެރިފަރާތުގެ ސަރވެންޓެއްގެ ގޮތުގައިކަމަށް އިންޓަރނޭޝަނަލް މެރިޓައިމް ކޮންވެންޝަންގައި
ބަޔާންވެފައިވާކަމާއި، ޝިޕް އޯނަރގެ ނުވަތަ ޗާރޓަރސްގެ އޭޖެންޓުގެ މަސްއޫލިއްޔަތު އެޑްމިރަލްޓީ
ޖުރިސްޕްރޫޑެންސްގައި ކަނޑައެޅިފައިވާގޮތަށް ރިޢާޔަތްކުރާއިރު، ކޮމަން ލޯ ރޫލްގައި ބުނާ އޭޖެންޓުގެ
މުވައްކިލު (ޕްރިންސިޕަލް) އަކީ ކޮންފަރާތެއްކަން ހާމަވެ އެނގެން އޮތްނަމަ އެ މުވައްކިލު (ޕްރިންސިޕަލް)
ގެ އޭޖެންޓަކީ އެ މުވައްކިލު ޒިންމާވާންޖެހޭ ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްނޫންކަމުގައި
ކަނޑައެޅިފައިވާ އުޞޫލަކީ އެޑްމިރަލްޓީ ދާއިރާގައި ޤަބޫލުކުރެވޭ އުޞޫލެއްކަން އެނގޭކަމާއި އެހެންކަމުން،
ބޯޓުގެ އޯނަރއަކީ ކާކުކަން ފާޅުވެ އެނގެން އޮންނަ ޙާލަތްތަކުގައި އޭޖެންޓް އުފުލަން ޖެހޭ ޒިންމާއަކީ،
ހަމައެކަނި އޭޖެންޓުގެ ހައިޘިއްޔަތުން ވާޖިބު އަދާކުރުމުގައި، އޭނާކުރާ ޢަމަލެއް ނުވަތަ އިހްމާލެއް ނުވަތަ،
ޑިކްލަރޭޝަނެއް ގެ ސަބަބުން ލިބޭގެއްލުން ފަދަ ގެއްލުންތަކުގެ ބަދަލުކަމާއި އޭޖެންޓުގެ މުވައްކިލު
(ޕްރިންސިޕަލް، އުފުލަންޖެހޭ ޒިންމާތައް އުފުލަންޖެހޭނީ ޕްރިންސިޕަލް ކަމާއި އެހެން ނަމަވެސް، ޝިޕް
އޭޖެންޓުގެ މަސްއޫލިއްޔަތާ ގުޅިގެން ސިވިލް ލައެބިލިޓީ (މަދަނީ މަސްއޫލިއްޔަތު) ޕަބްލިކް ލައެބިލިޓީ
(މަސްއޫލިއްޔާ ޢާއްމާ) ކަނޑައެޅުމުގެ މަޤުޞަދުގައި އެކި ޤައުމުތަކުގައި ޢަމަލުކުރެވޭ ރޫލްތަކަށް ބަލާއިރު،
ޝިޕް އޭޖެންޓް ޝިޕް އޯނަރއާ ވަކިންނާއި ޝިޕްއޯނަރއާއެކު އުފުލަންޖެހޭ ސިވިލް ލައެބިލިޓީ އާއި
ޕަބްލިކް ލައެބިލިޓީ ޒިންމާތަކެއް ބައެއް ޤައުމުތަކުގައި ޤާނޫނީ ގޮތުން ކަނޑައަޅާފައި ހުންނަކަން
އެނގޭކަމާއި އެގޮތުން ޑޮކްއަށް ނުވަތަ ބަނދަރަށް އުޅަނދުން (ޝިޕްއިން) ލިބޭގެއްލުން ފަދަ ގެއްލުންތަކަށް
ދޭންޖެހޭ ބަދަލު ނުވަތަ ދައްކަންޖެހޭ ސެކިޔުރިޓީ އެ އުޅަނދަށް ބަނދަރުން ފުރުމުގެ ހުއްދަދިނުމުގެ ކުރިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 7
ދަތު 2 ހ 0
22
ދައްކައި ޚަލާސްކުރަންޖެހޭ ފަރާތަކީ އުޅަނދުގެ މިލްކުވެރިފަރާތް (ޝިޕް އޯނަރ) ކަމާއި އަނެއްބައި
ޤައުމުތަކުގައި، ބަނދަރުން ފުރުމުގެ ހުއްދަ އުޅަނދަށް ދެވުނު ކަމުގައިވިޔަސް
އެ ހުއްދަ އެދެވެނީ
އޭޖެންޓް ބުނެވިދިޔަ ފަދަ ގެއްލުންތަކުގެ ބަދަލާއި ސެކިޔުރިޓީ ދައްކައި ޚަލާސްކުރާނެކަމުގެ މައްޗަށްކަމާއި
އެ ފައިސާ ދެއްކުމަށްފަހު އޭގެ އިންޑެމްނިފިކޭޝަން ހޯދުމަށް އުޅަނދުގެ މިލްކުވެރިފަރާތަށް ރުޖޫޢަވާންޖެހޭ
ފަރާތަކީ އޭޖެންޓުކަމާއި މިގޮތުން، މިސާލަކަށް ޔޫ.ކޭ ފަދަ ޤައުމުތަކުގައި ޕެނަލްޓީތަކާއި ޖޫރިމަނާތަކުގެ
ފައިސާވެސް ދައްކަންޖެހެނީ ސީދާ ޝިޕް އޭޖެންޓުކަން އެނގެން އޮންނަކަމާއި މި އުސޫލުގެމަތިން، ގިނަ
ޤައުމުތަކުގެ ޤާނޫނީ ނިޒާމް ހަމަޖެހިފައި އޮންނަގޮތުން، ބަނދަރު ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން
ނުވަތަ ބަނދަރަށް އުޅަނދުން ލިބޭގެއްލުމެއްގެ ނުވަތަ ބަނދަރު ޓެރިފްތަކުގެ ތެރެއިން ބޯޓުގެ ފަރާތުން،
އަދާކުރަންޖެހޭ ނުވަތަ ފައިސާއެއް ދެއްކުމުގެ ޒިންމާ ޝިޕިންގ އޭޖެންޓް އަދާކުރަން ޖެހޭކަމާއި ބޯޓުގެ
ނުވަތަ ބޯޓުގެ މާސްޓަރ އަދާކުރަންޖެހޭ ފީތަކާއި ފައިސާ އާއި ބޯޓުގެ ސަބަބުން ބަނދަރަށް ލިބޭގެއްލުމުގެ
ބަދަލުގައި ދައްކަންޖެހޭ ފައިސާ ފަދަ ޒިންމާއެއް އޮތްނަމަ އެ ޒިންމާ އަދާކުރުމުން މެނުވީ އުޅަނދެއް
ފުރުމަށް ދޭންޖެހޭ ކަސްޓަމްސް ސެރޓިފިކެޓް ފަދަ ލިޔުންތައް ދޫނުކޮށް ހިފެހެއްޓޭކަމާއި އެފަދަ ލިޔުންތައް
އޭޖެންޓުގެ ޒިންމާގެ ދަށުން ހޯދައިދީގެން ޝިޕް އޭޖެންޓް މެދުވެރިވެގެން ބޯޓު ފުރުވާލެވޭއިރު، ބޯޓުގެ
ފަރާތުން އަދާކުރަންޖެހޭ އެފަދަ ފައިސާތައް ޚަލާޞްކުރުމުގެ ޒިންމާ އޭޖެންޓް އުފުލަންޖެހޭކަން އެނގޭކަމާއި
މިފަދަ ޓޫލްތަކަކީ އެޑްމިރަލްޓީ އުސޫލުތަކާއި ރޫލްތަކުގެ ތެރޭގައި ޤަބޫލުކުރެވިފައިވާ އުޞޫލުތަކާއި
ޔޫލްތަކެއްކަން އެނގޭކަމާއި ބަނދަރު ޤަވާޢިދަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ބަނދަރަށް އުޅަނދުން
ލިބުމުގެ ސަބަބުން ނުވަތަ ބަނދަރު ޓެރިފްތަކުގެ ތެރެއިން ބޯޓުގެ ފަރާތުން ދައްކަންޖެހޭ
ފައިސާގެ ޒިންމާއާ ގުޅިގެން އުޅަނދު އަދި އުޅަނދުގެ މިލްކުވެރިފަރާތާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ
ތެރޭގައި، ބޯޓު ހިފެހެއްޓުން ނުވަތަ ބޯޓު ފުރުން މަނާކުރުން ނުވަތަ ބޯޓު ވިއްކާލުން، ނީލަންކިޔުން ފަދަ
ޤާނޫނީ އިޖުރާއާތުތަކާއި އަދި މިކަންކަމާ ގުޅިގެން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދުން ފަދަ ތަންފީޒީ
04 3 24
ﷲއަށް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 8
*20 0 0
2 &2ދ
13/
ވަސީލަތްތަކުން ބޯޓަށް ސަލާމަތްވެވުނީ ޝިޕް އޭޖެންޓު މެދުވެރިވެގެން އެފަރާތުގެ ޒިންމާގެ ދަށުން
ކަމަށްވާނަމަ، އަދި އަމުދުން، އޭޖެންޓު ގެ ޒިންމާދަށުގައިވާ އުޅަނދުގެ މިލްކުވެރިޔާއަކީ ކާކުކަން އެނގެން
ނެތްނަމަ، ބަނދަރު ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ ބަނދަރަށް ގެއްލުމެއް ލިބުމުގެ ސަބަބުން
ދޭންޖެހޭ ބަދަލު ނުވަތަ ބަނދަރު ޓެރިފްތައް ފަދަ ބޯޓުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުން ފަދަ
ޒިންމާތަކަކީ ޝިޕް އޭޖެންޓުގެ ހައިޘިއްޔަތުން ޝިޕް އޭޖެންޓާ ޤާނޫނީގޮތުން ޒިންމާކުރެވޭ
ޒިންމާތަކެއްކަމާއި، އަދި މިގޮތުން، އުޅަނދަކުން ލިބޭގެއްލުމަކާ ގުޅިގެން ނުވަތަ ޝިޕް އޭޖެންޓުގެ
އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅިގެން، ގެއްލުންލިބުނު ފަރާތުން އެފަރާތުގެ ޙައްޤު ހޯދުމަށްޓަކައި
އުޅަނދާއި އުޅަނދުގެ މައްޗަށް ކުރެވޭ ދައުވާގެ "އެކްޝަން އިން ރެމް" ގެ އުސޫލުގެ
މަތިންކުރެވޭ ދައުވާއާއި ކަމާގުޅުންހުރި ފަރާތުގެ މައްޗަށް "އެކްޝަން އިން ޕަރސޮނަމް" ގެ އުސޫލުން
ކުރެވޭ ދަޢުވާ ހިމެނޭކަން ފާހަގަކުރެވެއެވެ.
އިސްވެ ބަޔާންވެ ދިޔަ ކަންތައްތައް ބުނެވިދިޔަގޮތަށް ހުރުމުން، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެ.ސްޓީ.އޯ) އިން ގެނައި ހިލަ އާއި ހިލަވެލި އުފުލައިގެން އެ
ކުންފުނީގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އައި އެމް. ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓުން
ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައި ޖެހި، އެ ޖެޓީއަށް ލިބިފައިވާ
ގެއްލުމުގެ މައްސަލަ ހިނގަހިނގާ އޮއްވައި، އޭޖެންޓުގެ ހައިޘިއްޔަތުން ކަސްޓަމްސް ކްލިއަރެންސް އެ
ކުންފުނިން ހޯދައިދީގެން އެ ބޯޓު ފުރުވާލާފައިވާއިރު، އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި،
ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަން ބޭނުންވާ ދަޢުވާއާ ގުޅިގެން އެ ބޯޓާއި އެ ބޯޓުގެ
މިލްކުވެރިފަރާތާ ދެކޮޅަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ލިބޭ ޙައްޤުތަކުގެ ބޭނުންހިފައި އެފަދަ
އިޖުރާއާތުތަކަށް އަމަލުކުރުމަކީ އެޕޯލޯ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުގެ ކަމެއްކަމުގައިވާއިރު، އެފަދަ
ފިޔަވަޅުތައް އެކަށީގެންވާގޮތަށް އެޅިފައިވާކަން ސާބިތުކުރެވިފައިވާކަމަށް ނުފެންނާތީ، ޝިޕިން އޭޖެންޓުގެ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo
ސަފްޙާ 9 ގެ 9
ޒިންމާތައް ބަޔާންވެދިޔަގޮތައް ހުރިކަމުގައިވިޔަސް މި މައްސަލާގެ އިޖުރާއާތު ހިންގިފައިވާގޮތަށް ބަލާއިރު،
އެމް.ވީ ކަރަކަޖާޔާ ނިއާގާ III-32 ނަމަކަށްކިޔާ ބޯޓުން ކ. ތިލަފުށީގައި އޮންނަ އެޕޯލޯ ހޯލްޑިނގްސް
ޕްރައިވެޓް ލިމިޓެޑްގެ ޖެޓީގައިޖެހި އެ ޖެޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ މިހާރު
ގޮސްފައިވާ ހިސާބުން ދެން ކުރިއަށް ގެންދެވޭނީ ނުވަތަ ދައުވާކުރެވޭނީ އެމް.ވީ ކަރަކަޖާޔާ ނިއާގެ III-32
ނަމަކަށްކިޔާ ބޯޓާއި އެ ބޯޓުގެ މިލްކުވެރިފަރާތުގެ މައްޗަށްކަމަށް ޤަބޫލުކުރެވޭތީ މި ސަބަބައްޓަކައި މި
މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން އިއްތިފާޤު ވެފައިވާ ޙުކުމް އިއްތިފާޤުވެ، އެހެންނަމަވެސް ޙުކުމަށް
ވާސިލުވި ސަބަބު ތަފާތުވެފައިވާތީ އެ ސަބަބު ބަޔާންކޮށް އިއްވަމެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ގެ ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: jel
:
+960 300gggo