ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/259 ޤަޟިއްޔާގެ ޙުކުމް
}} ޝިލިއްޔު ނމުން
.ސ
2009;HC-A:259
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 259/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު
* އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނަބީލް
ކާޑު ނަންބަރު: Al256348
ދާއިމީ އެޑްރެސް
ރީފް
މިހާރުގެ އެޑްރެސް: މ. އަސަރީ
ރަޖިސްޓްރީކުރެވުނު ތާރީޚް: 06 ރަމަޟާން 1430
27 އޮގަސްޓް 2009
ނިމުނު ތާރީޚް: 19 ރަޖަބު 1432
21 ޖޫން 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621
• ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
ނިންމެވިކޯޓް: ޖިނާއީ ކޯޓު (ކްރިމިނަލް ކޯޓު)
* ހުށަހެޅުނު ތާރީޚް: 3 މާޗް 2008
ނިމުނު ތާރީޚް: 19 މެއި 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ގޯން. 3325029، ފެކްސް: 3316471
އީމެއިލް:
ދެބޯ ސުއިޓް: ww.highcourt.gov.mv
[email protected],
fޔަ, ނިހެން
(dgHC-A759
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ހު
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ . ރީފް (މ. އަސަރީ) މުޙައްމަދު ނަބީލް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A125048) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
0
0
2
4 7ތ 4
3
e344ކދޮންބޖ4
1. މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެއްކަން.
2. އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، 2008 މެއި ވަނަ ދުވަހު 19:45 އެހާކަންހާއިރު ގ. ރީފް މުޙައްމަދު
ނަބީލް، އެހެންމީހަކާއެކު، އައި.ޖީ.އެމް.އެޗް. ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފުލް ޕެޓްރޯލް
ޝެޑް ކައިރިއަށްގޮސް، އެ ޕެޓްރޯލް ޝެޑްގެ ތެރެއިން ނިކުތް ހދ. ކުޅުދުއްފުނީ(ހިތްވަރު އަޙްމަދު
ޙަސަނާއި، މ. ހައިކަލް އަޙްމަދު ޒަބީހާއި މުޙައްމަދު ނަބީލްއާދެމެދު ހިނގި ހަމަނުޖެހުމެއްގައި،
އެމީހުންނަށް ބިރުދެއްކުމުގެގޮތުން އޭނާގެ ފަޓުލޫނު ޖީބުގައި އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް
އެ މީހުންނާ ދިމާއަށް ހޫރުވައި ބިރުދައްކާހަދާފައިވާކަމަށްބުނެ، ޤާނޫނުލްޢުޤޫބާދުގެ 88 ވަނަ މާއްދާގެ
(ހ) ގެ ދަށުން މުޙައްމަދު ނަބީލުގެ މައްޗަށް އަމުރަށް ނުކިޔަމަން ކުށުގެ ދަޢުވާކުރުމުން
ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
+ 5 5
FA7ل
ދިވެހިރާއްޖޭގެ ހައިކޯޓް، ބާބު ރެ ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info
{
{
thighcourt.gov.mv
fފގ
www.highcourt.gov.invier
33 ޟީއްޔާ ނިމުނު ގޮތުގެ ޚުލާސާ
2)9)HC-A259
37
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، މާލެގ.ރީފް (މ. އަސަރީ) މުޙައްމަދު ނަބީލްގެ
މައްޗަށް ދައުލަތުން ދަޢުވާކުރައްވާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، ކަޓަރު މީހުންނާ ދިމާއަށް ހޫރުވާ ބިރުދެއްކުމާބެހޭގޮތުން އޮތް ޝަރުޢީ އަދި ޤާނޫނީ
ޞަރީޙަ އަމުރަކީ ކޮބައިކަން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، މުޙައްމަދު
ނަބީލްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވައި
އެގޮތުގެމަތިންކަން އެ ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން.
3. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފް ކުރަމުން 4 (ހަތަރެއް ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މީހުންނަށް ބިރުދެއްކުމަކީ ޝަރުޢީގޮތުން މަނާކަމެއްކަން
އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ.
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ނަބީލުގެ މައްޗަށް ދައުލަތުންކުލަ އަމުރަށް
ނުކިޔަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެއްކެއްކަމަށްވާ، އދ.
އދ. ދިގުރަށް!
އަބުހަރީމަންޒިލް މުޙައްމަދު އަޙްމަދު ޝަރީޢަތަށް ދެއްވާފައިވާ ބަޔާނުގައި މުޙައްމަދު ނަބީލުގެ ޖީބުގައި
އޮތް ކަޓަރެއް ނަގާ ހޫރުވިތަން ދުށްކަމަށް ބުނެފައިވާއިރު، މިކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
• ތިންވަނަ ނުކުތާއަކީ، މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުންކުޅަ
އަމުރަށްނުކިޔަމަންތެރިވުމުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ 3 ހެކިންގެ ތެރެއިން
އދ. ދިގުރަށް ޢަބުހުރީމަންޒިލް މުޙައްމަދު އަޙްމަދު ފިޔަވައި ދެންތިބި ދެހެކިން ޙާޟިރުނުކުރައްވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖު އިނގުން. މްވެ. ދިވެހިރާއްޖެ: ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my et
އްޔާ ނިމުނު ގޮތުގެ ޚުލާސާ
2009. II-A;259
• ހަތަރުވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
4. މި މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަނާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ މުޙައްމަދު ނަބީލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ
ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
444
(ހ) ފުރަތަމަ ކަމަކީ، ގ. ރީފް މުޙައްމަދު ނަބީލް، އިތުރު މީހަކާއެކު، 2008
މެއި 17 ވަނަ ދުވަހު އައި.ޖީ.އެމް ހޮސްޕިޓަލް ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފިލް ޕެޓްރޯލް
ޝެޑްކައިރިއަށް ގޮސް، އެ ޕެޓްރޯލް ޝެޑް ތެރެއިން ނިކުތް ހދ. ކުޅުދުއްފުނީ(ހިއްވަރު އަޙްމަދު
ޙަސަނާއި، މ.ހައިކަލް އަޙްމަދު ޒަހީބާއި މުޙައްމަދު ނަބީލްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި،
މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް އެމީހުންނާ ދިމާއަށް
ހޫރުވައިފައިވާކަމާއި މިކަން މުޙައްމަދު ނަބީލް ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވެފައިވާ އިޢުތިރާފުން ރަނގަޅަށް އެނގެން އޮންނަކަން.
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ނަބީލް، އިތުރުމީހަކާއެކު، 2008 މެއި 7 ވަނަ
ދުވަހު އައި.ޖީ.އެމް. ހޮސްޕިޓަލް ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފުލް ޕެޓްރޯލް ޝެޑްކައިރިއަށް
ދިޔައިރު، އޭނާގެ ޖީބުގައި ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް އޮތީ، އޭނާ އެތަނަށް ދިޔަ ވަގުތަކީ
އުފަންދުވަހެއް ފާހަގަކުރުމަށްޓަކައި އެއްޗެހިތަކެއް ކަފަންވެގެން އުޅުނު ވަގުތަކަށްވެފައި، އެ ވަގުތު
ގެންގުޅުނު ކަޓަރު ޖީބުގައި އޮތީކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު
ނަބީލް ބުނެފައިވީނަމަވެސް، މި ވާހަކައަކީ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ނަބީލު
ދައްކާފައިވާ ވާހަކައެއް ނޫންކަމާއި، މި މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް، 2008 މެއި 7 ވަނަ ދުވަހު މުޙައްމަދު ނަބީލް ދީފައިވާ ބަޔާނުގައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖު ހިނގުން، މާލެ. ދިވެހިރާއްޖެ، ޕޯން: 33254029، ފެކްސް: ]331647
އީލެއިލް [email protected] ވެބް ސައިޓް: www.highcourt.gov.if1Y
ސިއްޔާ
ނިމުނު
209/HC-759
2 3 444 44
9هވޗވެ
4
ނަބީލް ކަޓަރު ގެންގުޅެނީ އޭނާގެ ރައްކަލަކަށްޓަކައިކަމަށް ބުނެފައިވާ ކަމަށާއި، އިސްވެދެންނެވުނު
ބަޔާނުގައިވާ އެއްވެސްކަމަކަށް ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައިވެސް އަދި ހައިކޯޓުގެ ޝަރީއަތުގެ
މަރުހަލާގައިވެސް މުޙައްމަދު ނަބީލު އިންކާރުކޮށްފައިނުވާކަން،
(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ނަބީލް، އިތުރު މީހަކާއެކު، 2008 މެއި 07
ވަނަ ދުވަހު އައި.ޖީ.އެމް. ހޮސްޕިޓަލް ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފުލް ޕެޓްރޯލް
ޝެޑްކައިރިއަށް ގޮސް، އެ ޕެޓްރޯލް ޝެޑް ތެރެއިން ނިކުތް ހދ. ކުޅުދުއްފުށީހިތްވަރު އަޙްމަދު
ޙަސަނާއި، މ.ހައިކަލް އަޙްމަދު ޒަހީބާއި މުޙައްމަދު ނަބީހްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި،
އޭނާގެ ޖީބުގައި އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް އެމީހުންނާ ދިމާއަށް 1 (އެކެއް) ފަހަރު
ހޫރުވާލިކަމަށާއި، އެކަން އެގޮތަށް ކުރީގެ އިސްވެދެންނެވުނު އަޙްމަދު ޙަސަނާއި އަޙްމަދު ޒަހީބު އޭނާއާ
ރަމުން
ތަޅައިގަންނަން އަންނަން ފެށުމުން ހަށިގަނޑަށް ނުރައްކަލެއް
އަތުވެދާނެކަމުގެ ބިރުހީވެގެންކަމަށާއި، އެއްވެސް މީހަކަށް ޙަމަލާދިނުމުގެ ގޮތުން ނޫންކަމަށް މި
މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، 2008 މެއި 7 ވަނަ ދުވަހު
މުޙައްމަދު ނަބީލް ދީފައިވާ ބަޔާނުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު
ނަބީލް ބުނެފައިވީނަމަވެސް، މުޙައްމަދު ނަބީލް އިސްވެ ދެންނެވުނު މީހުންނާ ދިމާއަށް ކަޓަރު
ހޫރުވާފައިވަނީ އެމީހުންގެ ފަރާތުން މުޙައްމަދު ނަބީލްގެ ހަށިގަނޑަށް ނުރައްކަލެއް އަތުވެދާނެކަމުގެ
ބިރުހީވެގެންކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭވަރުގެ އެއްވެސް ހެއްކެއް މުޙައްމަދު ނަބީލުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދެއްކިފައިނުވާކަމާއި، އެހެންކަމުން މުޙައްމަދު
ނަބީލުގެ މި ޢަމަލަކީ ބަޔަކަށް ބިރުދައްކައި އިންޒާރުދިނުމުގެ ގޮތުން ހިންގާފައިވާ ޢަމަލެއްކަން
ޝަރީއަތަށް ޤަބޫލުކުރެވޭކަން.
(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ނަބީލް، އިތުރު މީހަކާއެކު، 2008 މެއި 07
ވަނަ ދުވަހު އައި.ޖީ.އެމް ހޮސްޕިޓަލް ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފުލް ޕެޓްރީލް
ޝެޑްކައިރިއަށް ގޮސް، އެ ޕެޓްރޯލް ޝެޑް ތެރެއިން ނިކުތް ހދ. ކުޅުދުއްފުށީ!ހިތްވަރު އަޙްމަދު
ޙަސަނާއި، މ.ހައިކަލް އަޙްމަދު ޒަހީބާއި މުޙައްމަދު ނަބީލްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި،
މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް އެމީހުންނާ ދިމާއަށް
ހޫރުވާފައިވާކަން، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
4 22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: WWw.hightJurt.giyyv
[email protected],
;) ޤު ސިއްޔާ
ނިމުނު ގޮތުގެ ޚުލާސާ
2009HC-A:259
މ (މމދ
¢ ¢ 8:
އިތުރުން ޚުދު މުޙައްމަދު ނަބީލް ތަޙްޤީޤަށް ދީފައިވާ ބަޔާނުންނާއި، ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރުމުން ދޭހަވެ އެނގެން އޮތުމާއެކުވެސް، މުޙައްމަދު ނަބީލްގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޘާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ،
ކަޓަރު މީހުންނާ ދިމާއަށް ހޫރުވާ ބިރުދެއްކުން ތަޖްރީމް (ޕީނަލައިޒް) ކުރާ ޤާނޫނެއް ނުވަތަ
ޤަވާޢިދެއްވިޔަސް ނެތުމާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤަވާޢިދަކާ ނުލައި އުޤޫބާތް ކަނޑައެޅުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އެކަމަށް ހުރަސްއަޅާ
ކަމެއްކަމަށް ދަށުކޯޓުން ދެކެވަޑަގެންނެވި ދެކެވަޑައިގަތުމުގެ ސަބަބުންކަން.
(ބ) ފަސްވަނަ ކަމަކީ، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން
ރިޢާޔަތްކުރަންޖެހޭ އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅުއްވައި އާންމުކުރައްވާފައިވާކަމާއި، އެގޮތުން؟
ދިވެހިރާއްޖެއަކީ އިސްލާމީ ތަކުގެ މައްޗަން
ބިނާކުރެވިފައިވާ
ދައުލަތެއްކަމަށާއި، އިސްލާމީ ޝަރީޢަތަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަޞްދަރުކަމަށާއި،
އިސްލާމްދީނާއި ޚިލާފު ޤާނޫނެއް ދިވެހިރާއްޖޭގައި ނެހެދޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާއިރު، އިސްލާމީ ޝަރީޢަތުގައި ނުވަތަ
ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ
ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީ، އިސްލާމީ
އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ކޮންމެ އިސްލާމީ މުޖުތަމައެކޭވެސް އެއްފަދައަކުން ޤާނޫ
ދަށުން މަނާކުރެވޭ ކަންތައްތަކުގެ އިތުރަށް، ދިވެހިރާއްޖޭގައި ހުއްދަކަމަށް ބެލެވޭނެ ކަންތައްތަކާއި،
މަނާކަންތައްތަކެއް ކަމަށް ބެލެވޭނެ ކަންތައްތައް ކަނޑައެޅުމުގައި އަސާސެއްކަމަށް ބެލެވޭނީ އިސްލާމީ
ޝަރީޢަތުގައި އެކަމެއްގެ ޙުކުމް އޮންނަ ގޮތެއްގެ މައްޗަންކަމާއި، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި
ބަޔާންވެފައިވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން އިސްތިޘްނާ ޙާލަތެއްގައި އެފަދަ ޚާއްޞަ ޙާލަތަކަށް
ބޭނުންވާ މިންވަރުކަށްމެނުވީ އިސްލާމީ ޝަރީޢަތުގައި މަނާ ކުރެވިފައިވާ އެއްވެސްކަމެއް
ދިވެހިރާއްޖޭގައި ހުއްދަކުރެވޭނެ ހަމައެއްވެސް ފުރުޞަތެއް ނޯންނާނެކަން ރަނގަޅަށް އެނގެން
އޮންނައިރު، ޤާނޫނެއްގެ ދަށުން ނުވަތަ އިސްލާމީ ޝަރީޢަތުގައި މަނާކަމެއްގެ ގޮތުގައިބެލެވޭ
ކަމަކީ ކުށެއްކަމަށް ބެލެވޭނޭކަމާއި، އެފަދަ ކުށެއް ކޮށްފި ކޮންމެ މީހަކަށް ދިވެހިރާއްޖޭގައި ޢުޤޫބާތް
OLEOX
COLX
cox
ﷲ 2
ހައިކޯޓާ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
ދޫޤަ ސިއްޔާ ނިމުނު "
އީގެ ފުލުސް
2{{j0HY-A:39
OXOX ?
އެއްވެސް
/82އންކމެ،
ޙައްޤުވާނެކަން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން އެބައޮތްކަމާއި،
އަދި އެމާއްދާގައި ވަކިކަމެއްކުރުން ނުވަތަ ވަކިކަމެއްނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ
ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިނެތީސް އެކަމެއްކުރި މީހަކަށް ނުވަތަ އެކަމެއް
ނުކޮށްދޫކޮށްލި މީހަކަށް އެކަމަކާ ގުޅުވައިގެން އަދަބު ދީގެންނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި
އޮތުމުން އެކިއެކި ފަރާތްތަކުގެ ޢަމަލުތައް ތަޖްރީމް ކުރެވޭނީ ހަމައެކަނި ޤާނޫނެއްގެ ދަށުންނޫންކަމާއި،
ޢަމަލުތައް ދިވެހިރާއްޖޭގައި ތަޖްޒީމްކުރެވޭ ދެއަސާސަކީ ޝަރީޢަތާއި ޤާނޫނުކަމާމެދު ޙުކޫމަތެއް
ދެބަސްވުމެއް އުފެދެންޖެހޭ ޝަރުޢީ އަދި ޤާނޫނީވިއަސް ހަމައެއްނެތްކަމާއި،
އަދި ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައިވެސް
މަނާކަންތައްތަކެއްގެ ގޮތުގައިމެނުވީ، އުޞޫލެއްގެ ގޮތުންބެލެވޭނެ
ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، އެފަދަފަރާތްތަކުގެ
ނުރައްކަލުން ދިވެހިމުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިނާއީ ދަޢުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި
ދަޢުވާ އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމްގެ
ތެރެއިން ފަހިކޮށްދެވިފައި އޮތުމަކީވެސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން
ލާޒިމްވާކަމެއް ކަމަށާއި،
ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ
އީޖާބީގޮތުން ނުވަތަ ސަލްބީގޮތުންވިޔަސް ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް
އިސްލާމީ ޝަރީޢަތުގައި ޢަމުރުކު
އަމުރުކުރެވިފައިވާ ކޮންމެކަމަކަށް ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ
ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން އަމުރު ކުރުމާއި
ބާރު ލިބިގެންވާ ފަރާތަކުންކުރާ ޢަމުރަކަށް ނުކިޔަމަންތެރި ވުމަކީވެސް ކުށްވެރި
ޢަމަލެއްކަމަށާއި، އެފަދަކުށެއް ކޮށްފި މީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ ޢުޤޫބާތްވެސް އެމާއްދާގެ
(ހ) (ކ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކުވެސް އިސްލާމީ ޝަރީޢަތުގައި ޙަރާމް
ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ޙައްޤަކާނުލާ މީސްމީހުންނަށް ބިރުދެއްކުމާއި،
ގެއްލުންދޭނެކަމަށް ބުނެއިންޒާރު ދިނުމާއި، އެއްވެސް ފަރުދެއްގެ އެއްވެސް ޙައްޤަކަށް ނަހަމަގޮތުގައި
އަރައިގަތުމާއި، އެފަދަކަމެއް ކުރަންއުޅުމަކީވެސް ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއްaގެ ކިޗަށް
ދ 32
33
4
މެނކމގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316472
ޛުލް: [email protected] ވެބް ސައިޓްގެ www.highccurt.gov.cnY
8 ޤު ޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009, I-A:759
<<<<
ox)
ox
8
eޑތީ
روی هریک
ބެލެވޭނެތީ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 59
ވަނަ މާއްދާގެ (ހ) އާއި، 142 ވަނަ މާއްދާގެ އިތުރަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ ބުނެވިދިޔަ ކަންކަން ތަޖްރީމްކުރާ މާއްދާއެއް ޤާނޫނާއި ޤަވާއިދުގައި ނެތްކަމަށްބުނެ
އެކަންކަމަކީ ކުށުގެ ޢަމަލުތަކެއް ކަމަށް ބަލާނެތަނެއްނެތް ކަމަށާއި އަދި އެކަންކަމަށް ޢުޤޫބާތް
ކަނޑައެޅުމަކީވެސް ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ނ) އެކަމަށް ހުރަސްއަޅާ ކަމެއްކަމަށް
ދަށުކޯޓްތަކުން ބައްލަވަމުން އައިސްފައިވާގޮތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ
އަދި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ އެންމެހައި ކަންތައްތައް ދިވެހިރާއްޖޭގައި މަނާ
ކަންތައްތަކެއްގެ ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް
ދީފައިވާ ކަށަވަރު ކޮށްދިނުމާއި ފުށުއަރާކަމެއް ކަމެއްކަމަށް އިސްވެ ދެންނެވުނު
ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން.
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފު ކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/621 ޤަޟިއްޔާގައި ރީފް މުޙައްމަދު ނަބީލްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، މުޙައްމަދު
ނަބީލް، އިތުރު މީހަކާއެކު، 2008 މެއި 17 ވަނަ ދުވަހު އައި.ޖީ.އެމް. ހޮސްޕިޓަލް ކައިރީގައި
ހުންނަ އެސް.ޓީ.އޯ. ގެ އީޒީފިލް ޕެޓްރޯލް ޝެޑްކައިރިއަށް ގޮސް، އެ ޕެޓްރޯލް ޝެޑް ތެރެއިން ނިކުތް
ހދ. ކުޅުދުއްފުށީހިއްވަރު އަޙްމަދު ޙަސަނާއި، މ. ހައިކަލް އަޙްމަދު ޒަހީބާއި މުޙައްމަދު ނަބީލްއާ
ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އެ މީހުންނަށް ބިރުދެއްކުމުގެގޮތުން މުޙައްމަދު ނަބީލްގެ ޖީބުގައި
އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް އެމީހުންނާ ދިމާއަށް ހޫރުވައި ހަދާފައިވާތީ މުޙައްމަދު
ނަބީލްގެ މިޢަމަލަކީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމަކަށްވެފައި، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާއަކީ އެފަދަ ޢަމަލުތައް ތަޖްރީމް ކުރުމާއެކު އެފަދަ ކުށްކުށަށް ކަނޑައަޅަންޖެހޭ ޢުޤޫބާތްވެސް
ކަނޑައެޅި ބަޔާންވެފައިވާ މާއްދާއަށް ވުމުންކަމަށް ވުމާއެކުވެސް، މިކަންކަމުގެ މައްޗަށް ރިޢާޔަތް
ކުރެއްވުމަކާނުލާ، ކަޓަރުން މީހުންނަށް ބިރުދެއްކުމާބެހޭ ގޮތުން އޮތް ޝަރުޢީ ނުވަތަ ޤާނޫނީ ސަރީޙަ
އަމުރަކީ ކޮބައިކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ޘާބިތުކޮށް ދެއްވާފައިނުވާ ކަމަށް ވިދާޅުވެ
މުޙައްމަދު ނަބީލްގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ރީޢުތަން
ދިވެހިރާއްޖެ،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ވާ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3b16471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
2
info(whighcourt.gov.ally in
9 ޤާސިއްޔާ
ޚުލާސާ
200II.125.9
2 /
دروس مریم کد
ނަންބަރު
ޘާބިތުނުވާކަމަށް ޖިނާއީ ކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް،
ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ
(ހ) އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް
ހައިކޯޓުގެ 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުސޫލުތަކާއި އެއްގޮތްނުވާތީ، ޖިނާއީ ކޯޓުގެ އިސްވެދެންނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ބާތިލް ޙުކުމެއްކަމަށް ކަނޑައަޅަންޖެހޭކަން.
(ކ) ހަތްވަނަ ކަމަކީ، ރީފް މުޙައްމަދު ނަބީލްގެ ކުށުގެ ރެކޯޑު، ދިވެހިރާއްޖޭގެ
ހައިކޯޓުން ސާފުކުރުމުން، މުޙައްމަދު ނަބީލްއަކީ 2010 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 22 ވަނަ
ދުވަހު، ޤަސްދުގައި މީހަކުމެރުމުގެ ކުށް ސާބިތުވެގެން މެރުމަށް ޖިނާއީ ކޯޓުގެ ނަންބަރު
2010/Cr-C/585 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާ މީހެއްކަން އެނގެން އޮންނަކަން.
0 3 9
4
OX)
ދެންފަހެ، އިސްވެދެންނެވުނު ކަންކަން އެހެން ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/621 ޤަޟިއްޔާއާގައި ކޮށްފައިވާ ޙުކުމަކީ ބަދަލުކުރަންޖެހޭ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، ޖިނާއީ ކޯޓުގެ އެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް
ގ. ރީފް މުޙައްމަދު ނަބީލް، އިތުރު މީހަކާއެކު، 2008 މެއި 07 ވަނަ ދުވަހު
އައި.ޖީ.އެމް ހޮސްޕިޓަލް ކައިރީގައި ހުންނަ އެސް.ޓީ.އޯ. ގެ އީޒީފިލް ޕެޓްރޯލް ޝެޑްކައިރިއަށް ގޮސް،
އެ ޕެޓްރޯލް ޝެޑް ތެރެއިން ނިކުތް ހދ. ކުޅުދުއްފުށީހިއްވަރު އަޙްމަދު ޙަސަނާއި، މ.ހައިކަލް
އަޙްމަދު ޒަހީބާއި މުޙައްމަދު ނަބީހްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އެ މީހުންނަށް
ބިރުދެއްކުމުގެގޮތުން މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ގާތްގަނޑަކަށް 6 އިންޗީގެ ކަޓަރެއް
އެމީހުންނާ ދިމާއަށް ހޫރުވައި ހަދާފައިވާކަމަށާއި، މުޙައްމަދު ނަބީލްގެ މިޢަމަލަކީ ޝަރުޢީ ގޮތުން
ކުރެވިފައިވާ އަމުރަކަށް ނުކިޔަމަންތެރި ވުމުގެކުށުގެ ޢަމަލެއްކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދައުވާގައި
ބުނެފައިވާ ކަންތައްތައް އެދައުވާގައި ބުނެފައިވާ ގޮތުގެމަތިން ހިނގާފައިވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯނު: 332540260، ފެކްސް: 3316471
އީމެއިލް [email protected] ދެން ސުއިޓް: WAw.highcourt.gov11
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A,759
ދަ ތ 8
9
33
d
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/ITC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް
ރިޢާޔަތްކުރުމުން، މުޙައްމަދު ނަބީލްގެ އެޢަމަލަކީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވިފައިވާ ޢަމުރަކަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ޢަމަލަކަށްމެނުވީ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން ބެލެވޭތަނެއް ނެތްކަމަށްޓަކައި،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/621 ޤަޟިއްޔާގައި ދަޢުވާ ލިބުނު ރީފް މުޙައްމަދު ނަބީލްގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޘާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނުއަސާސީގެ 142 ވަނަ
މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނަބީލް
04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ގޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv