ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/173 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/173
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 173/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޝަރީފް
ދާއިމީ އެޑްރެސް: ސީސަންގެ
އައިޑީ ކާޑު ނަންބަރު: A086301 ، މިހާރުގެ އެޑްރެސް: ސީސަންގެ|
5b32 3 4
ށ. މާއުނގޫދޫ
މާއުނގޫދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އާމިނަތު އަމީޤާ
އައިޑީ ކާޑު ނަންބަރު: A075037
ދާއިމީ އެޑްރެސް: ގުލްއަލާގެ އިރުމަތީބައި ގދ. ގައްދޫ
މިހާރުގެ އެޑްރެސް: ގުލްއަލާގެ އިރުމަތީބައި ގދ. ގައްދޫ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 11 މެއި 2015
ނިމުނު ތާރީޚް: 03 އޮކްޓޯބަރު 2017
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Q4C/99
ނިންމެވިކޯޓް: ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ސާބިތު ޚަރަދު
ނިމުނު ތާރީޚް: 2014-12-28
14-08-2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/173
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/Q4C/99
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި، މާއުނގޫދޫ ސީސަންގެ މުޙައްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާފަރާތަކީ ގދ. ގައްދޫ ގުލްއަލާގެ އިރުމަތީބައި އާމިނަތު
އަމީޤާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ol- ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/Q4C/99 ޤަޟިއްޔާ
އަކީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2008/Q4C/87 ޤަޟިއްޔާއިން ށ. މާއުގޫދޫ{
ސީސަންގެ މުޙައްމަދު ޝަރީފުގެ މައްޗަށް ދަރީންގެ ޚަރަދުގެ ގޮތުގައި ދެއްކުމަށް ކޮށްފައިވާ ޙުކުމާ އެއްގޮތަށް
މުޙައްމަދު ޝަރީފު ދަރިންގެ ޚަރަދުގެ ފައިސާގެ ގޮތުގައި ދައްކަންޖެހި ނުދައްކާ -/16875ރުފިޔާ (ސޯޅަހާސް
އަށްސަތޭކަ ހަތްދިހަފަހެއް) މުޙައްމަދު ޝަރީފުގެ ކިބައިން ލިބިގަތުމަށް އެދި ފައިސާ ލިބެންޖެހޭ ގދ. ގައްދޫ
ގުލްއަލާގެ އިރުމަތީބައި އާމިނަތު އަމީޤާ ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ އިސްވެދެންނެވި ބަޔާންތަކާއި ފާހަގަކުރެވުނު
ނުކުތާތަތަކާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ޝަރީއަތުން ނަޒަރުކުރުމުން ގދ.ގައްދޫ
ގުލްއަލާގެއިރުމަތީބައި އާމިނަތު އަމީޤާ (އައިޑީކާޑް ނަންބަރު A075037) އާއި މާއުނގޫދޫ ސީސަންގެ
މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) އާއި ދެމީހުންގެ ދަރިފުޅު މަރްޔަމް އަމްނާ މުޙައްމަދު
ޝަރީފު (އައިޑީކާޑް ނަންބަރ A368370) ގެ ޚަރަދު ދެއްކުމަށް މިކޯޓުގެ ނަންބަރު 2008/Q4C/87
ކޮށްފައިވާ ޙުކުމާއި އެއްގޮތަށް މުޙައްމަދު ޝަރީފު ޢަމަލުކޮށް ފައިސާ ދައްކަމުން ނުގެންދާކަމަށް ބުނެ ޚަރަދު
ފައިސާ ލިބިގަތުމަށް އާމިނަތު އަމީޤާ (އައިޑީކާޑް ނަންބަރު A075037) ހުށަހެޅި މިމައްސަލާގައި
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/173
ކ.މާއުނގޫދޫ ސީސަންގެ މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) ގެ މައްޗަށް މިކޯޓުގެ
ނަންބަރު 2008/Q4C
/
2014
،
87
/
Q4C/87 ކޮށްފައިވާ ޙުކުމާއި އެއްގޮތަށް މުޙައްމަދު ޝަރީފު ދަރިންގެ
ޚަރަދުގެ ގޮތުގައި 2008 އޮގަސްޓް މަހުން ފެށިގެން 2014 ނޮވެމްބަރ މަހުގެ ނިޔަލަށް ށ. މާއުނގޫދޫ
ސީސަންގެ މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) މިކޯޓަށް ދައްކަންޖެހި ނުދައްކައި
17627742 ރުފިޔާ (ސަތާރަހާސް ހަސަތޭކަ ހަތާވީސް ރުފިޔާ ސާޅީސްދެލާރި) ހުރިކަން ދެފަރާތުގެ ބަހުންނާއި
ކޯޓުގެ ރެކޯޑުތަކުން ސާބިތުވާކަމަށް ކަނޑައަޅައި މިފައިސާއަކީ ށ.މާއުނގޫދޫ މުޙައްމަދު ޝަރީފު (އައިޑީކާޑް
ނަންބަރ A086301) ގދ.ގައްދޫ ގުލްއަލާގެއިރުމަތިބައި އާމިނަތު އަމީޤާ (އައިޑީކާޑް ނަންބަރު A075037)
އަށް ދައްކަންޖެހޭ ދަރަންޏެއްކަމަށާއި، މިފައިސާ އަދުން (28-12-2014) ފެށިގެން 01 (އެކެއް)
މަސްދުވަހުގެ ތެރޭގައި މިފައިސާ ލިބެންވާ ގދ.ގައްދޫ ގުލްއަލާގެއިރުމަތީބައި އާމިނަތު އަމީޤާ (އައިޑީކާޑް
ނަންބަރު A075037) އާއި ހަވާލުކުރުމަށްޓަކައި މިކޯޓަށް (ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް) ދެއްކުމަށާއި
އަދި މި ކޯޓުގެ ނަންބަރު 2014/Q4C/87 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ދަރީންގެ ޚަރަދުގެ
ގޮތުގައި ދައްކަންޖެހޭ ފައިސާ މިކޯޓަށް (ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް) ދައްކަމުން ގެންދިޔުމަށް
މާއުނގޫދޫ ސީސަންގެ މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) އަށް އަންގައި އަދި މިއީ ށ.
މާއުނގޫދޫ ސީސަންގެ މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) ގެ މައްޗަށް މިކޯޓުގެ ނަންބަރު
2008/Q4C
/
2014
،
87
/
Q4C/87 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި ދަރިފުޅުގެ ޚަރަދު ފައިސާ
ނުދައްކައިގެން މައްސަލަ ހުށަހެޅި ޝަރީޢަތުން އަދަބެއް ކަނޑައަޅަންޖެހުނު ފުރަތަމަ ފަހަރުކަމަށްވާތީ އާއި
މުޙައްމަދު ޝަރީފަކީ ދަޢުލަތުގެ ވަޒީފާގައި ނުވަތަ އަމިއްލަފަރާތެއްގައި ދާއިމީ ވަޒީފާއެއް އަދާކުރަމުންގެންދާ
މީހެއްކަން އެނގެންނެތުމުން ޢާއިލާބެހޭ ގަވާޢިދުގެ 67 ވަނަ މާއްދާގެ ދަށުން 01 (އެކެއް) މަސްދުވަހުގެ
މުއްދަތަށް މާއުނގޫދޫ ސީސަންގެ މުޙައްމަދު ޝަރީފު (އައިޑީކާޑް ނަންބަރ A086301) ގޭގައި
ބަންދުކުރުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
8 =ހ8
އއJ
OC
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/173
ނަންބަރު
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2014/Q4C/99 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޝަރީފުގެ
ފަރާތުން އަންނަނިވި ތިންނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި
ޝަރީޢަތް ކުރެވެންވާނީ ޢަދުލުވެރި ކަމާއެކު ކަމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން
މައްސަލަ ދިފާޢުވުމަށް ހެކި ޤަރީނާ ހުށަހެޅުމުގެ ފުރުޞަތު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ދެވިފައިނުވުން
ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ހުށަހަޅާފައިވަނީ ޤަޟިއްޔާ
2008/Q4-C/87 އާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށްބުނެ ކަމުގައިވާއިރު، ޙުކުމުގައި
ޤަޟިއްޔާ ނަންބަރު 2014/Q4-C/87 އާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ކަނޑައަޅައި، އަދި
ޤަޟިއްޔާ ނަންބަރު 2014/Q4-C/87 ގެ ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައިވާ އެންގުމަކީ
އެދިފައި ނުވާ ކަމަކަށް ކޮށްފައިވާ ކަމެއްގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެއް ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މާއުނގޫދޫ / ސީސަންގެ މުޙައްމަދު ޝަރީފް އަކީ ދައުލަތުގެ
ވަޒީފާއަށް ނުވަތަ، އަމިއްލަ ފަރާތެއްވެސް ދާއިމީ ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށް އެނގެން ނެތް
ކަމަށް ޙުކުމްގައި ބަޔާންކޮށްފައިވާއިރު، ވަޒީފާގައި އުޅޭކަން ނުވަތަ ނޫޅޭކަން ސާފުކުރަން ޝަރީޢަތުގެ
މަޖިލީހުން ސުވާލުކޮށްފައި ނުވާކަމާއި، އެފަދަ ކަމެއްގައި ދިފާޢުގައި ވާހަކަ ދައްކަން ފުރުޞަތު ދެވިފައި
ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާ ގުޅިގެން ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/Q4C/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން އާމިނަތު އަމީޤާގެ ފަރާތުން
އްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/173
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/Q4C/87 ޤަޟިއްޔާއިން ށ.މާއުގޫދޫ
ސީސަންގެ މުޙައްމަދު ޝަރީފުގެ މައްޗަށް ދަރީންގެ ޚަރަދުގެ ގޮތުގައި ދެއްކުމަށް ކޮށްފައިވާ ޙުކުމާ އެއްގޮތަށް
މުޙައްމަދު ޝަރީފު ދަރިންގެ ޚަރަދުގެ ފައިސާގެ ގޮތުގައި ދައްކަންޖެހި ނުދައްކާ -/16875ރުފިޔާ (ސޯޅަހާސް
އަށްސަތޭކަ ހަތްދިހަފަހެއް) މުޙައްމަދު ޝަރީފުގެ ކިބައިން ލިބިގަތުމަށް އެދި ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/Q4C/99 ޤަޟިއްޔާގައި ގދ. ގައްދޫ ގުލްއަލާގެ އިރުމަތީބައި
އާމިނަތު އަމީޤާ ދަޢުވާކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/Q4C/87 ޤަޟިއްޔާއަށް ބަލާއިރު އާމިނަތު
އަމީޤާއާއި މުޙައްމަދު ޝަރީފުއާ ދެމީހުންނަށް ލިބިފައިވާ މަރިޔަމް އަމްނާ މުޙައްމަދު ޝަރީފުގެ (ދަރިންގެ) ޚަރަދު
ހޯދުމަށް އާމިނަތު އަމީޤާ ދަޢުވާކުރުމުން، މަހަކު -/450ރ. (ހަތަރުސަތޭކަ ފަންސާސްރުފިޔާ) އާއި
ބަލިވެއްޖެނަމަ
ހަމަ ބޭހުގެ ޚަރަދާ ކިޔެވުމުގެ އެންމެހާ ޚަރަދަކާއި އަހަރަކު 05 ހެދުމާއި، ޔުނިފޯމް އާއި ބޫޓާއި އެކު
ދިނުމަށް މުޙައްމަދު ޝަރީފުއަށް އަންގާ ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ށ) ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/Q4C/87 ޤަޟިއްޔާއިން އާމިނަތު
އަމީޤާއާއި މުޙައްމަދު ޝަރީފުއާ ދެމީހުންނަށް ލިބިފައިވާ މަރިޔަމް އަމްނާ މުޙައްމަދު ޝަރީފުގެ ޚަރަދުގެ ގޮތުގައި
ކޮންމެ މަހަކު ދެއްކުމަށް ކަނޑައަޅުއްވާފައިވާ -/450ރ. (ހަތަރުސަތޭކަ ފަންސާސްރުފިޔާ) ޢާއިލާއާބެހޭ ގަވާއިދަށް
2014 މާރޗް 17 ގައި ގެނެވުނު އިޞްލާޙުގައިވާ މިންވަރަށް ބޮޑުކޮށްދިނުމަށް އެދި ގދ. ގައްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/Q4C/87 ޤަޟިއްޔާއިން މުޙައްމަދު ޝަރީފުގެ މައްޗަށް 2014 އޮގަސްޓް 12 ވަނަ
ދުވަހު އާމިނަތު އަމީޤާ ހުށަހެޅުމުން، ޢާއިލާއާބެހޭ ގަވާއިދަށް 2014 މާރޗް 17 ގައި ގެނެވުނު އިޞްލާޙުގައިވާ
ގޮތުގެ މަތީން އާއިލާއާބެހޭ ގަވާއިދު 65 ވަނަ މާއްދާގެ ދަށުން ދަރިފުޅުގެ ޚަރަދު މަހަކު -/1000ރ. (އެއްހާސްރުފިޔާ)
ގެ މިންވަރަށް ބޮޑުކޮށް، ދަރިފުޅު ބެލުމުގެ ޚަރަދަށް މަހަކު -/
1000ރ. (އެއްހާސްރުފިޔާ) އަދި 66 ވަނަ މާއްދާގައި
ބަޔާންވެގެންވާ
ފެވާ ތަކެތި ނުވަތަ އެތަކެތީގެ ޚަރަދު ދަރިފުޅު ބަލަހައްޓަމުން ގެންދާ ދަރިފުޅުގެ މަންމަ އާމިނަތު އަމީޤާ
ޚަރަދު ބޮޑުކުރުމަށް ކޯޓަށް ދަޢުވާފޯމް ހުށަހެޅި ތާރީޚް ކަމަށްވާ 2014 އޮގަސްޓް 06 އިން ފެށިގެން
ދަރިފުޅުގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ދަރިފުޅުގެ ބައްޕަ މުޙައްމަދު ޝަރީފު ދޭންޖެހޭ ކަމަށް
އެހިރާއްa
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/173
44 44
ورفع مسم
ކަނޑައަޅުއްވައި، ދަރިފުޅުގެ ޚަރަދުގެ ގޮތުގައި މަހަކު ކަމަށް ކަނޑައަޅައިފައިވާ -/1000ރ.
(އެއްހާސްރުފިޔާ) އާއި ދަރިފުޅު ބެލުމުގެ ޚަރަދަށް ކަނޑައަޅައިފައިވާ -/
1000ރ. (އެއްހާސްރުފިޔާ) އާއި އެކު ޖުމްލަ
-/2000ރ. (ދެހާސްރުފިޔާ) ދަރިފުޅު ބަހަލައްޓަމުން ގެންދާ ދަރިފުޅުގެ މަންމަ އާމިނަތު އަމީޤާ އާއި
ޙަވާލުކުރުމަށްޓަކައި 2014 އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ މަހެއްގައި ދައްކަންޖެހޭ ފައިސާ އެމަހެއް ނިމޭ
ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އަދި 2014 އޮގަސްޓް، ސެޕްޓެމްބަރ މަހުގައި ދަރިފުޅުގެ
ޚަރަދަށް ދައްކަންޖެހޭ 3677142ރ. (ތިންހާސް ހަސަތޭކަ ހަތްދިހަހަތްރުފިޔާ ސާޅީސް ދެލާރި) 2014
ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ގދ. ގައްދޫ މެޖިސްޓްރޭޓް
ކޯޓަށް ދެއްކުމަށާއި ޢާއިލާއާބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގައި ބަޔާންވެގެންވާ
ދާންވެގެންވާ ތަކެތި ނުވަތަ އެތަކެތީގެ
ޚަރަދު، ދަރިފުޅުގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ދަރިފުޅު ބަލަހައްޓާ ފަރާތާ ޙަވާލުކުރުމަށް
ދަރިފުޅުގެ ބައްޕަ މުޙައްމަދު ޝަރީފުގެ މައްޗަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/Q4C
/
2014
،
87
/
Q4C/87 ކޮށްފައިވާ
ޙުކުމާއި އެއްގޮތަށް މުޙައްމަދު ޝަރީފު ދަރިންގެ ޚަރަދުގެ ގޮތުގައި 2008 އޮގަސްޓް މަހުން ފެށިގެން 2014
ނޮވެމްބަރ މަހުގެ ނިޔަލަށް މުޙައްމަދު ޝަރީފު ދައްކަންޖެހި ނުދައްކައި 17627/42 ރުފިޔާ (ސަތާރަހާސް
ހަސަތޭކަ ހަތާވީސް ރުފިޔާ ސާޅީސްދެލާރި) ހުރިކަން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުގެ ރެކޯޑުތަކުން
ޚަރަދު ފައިސާގެ ތަފްޞީލް) ސާބިތުވެއެވެ.
ވީމާ، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/Q4C/99
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތައް އެގޮތަށް
ހުރުމުން، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/Q4C/99 ޤަޟިއްޔާގައި
RE
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/173
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
iv>
d:
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ