ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/552 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/552
گمرکی
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 552/HC
-
A/2016
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޢަރީފް
، ދާއިމީ އެޑްރެސް: ރޭޝަމް| ރ.ރަސްމާދޫ
* އައި.ޑީ.ކާޑު ނަންބަރު: A065783
* ދާއިމީ އެޑްރެސް: ރޭޝަމް ރ.ރަސްމާދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެންސީޒް ފޯރ އިންޓަރނޭޝަނަލްޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މއ. އާދިއްޕަރު
ރަޖިސްޓްރީ ނަންބަރު: 98
/
2007-C
މިހާރުގެ އެޑްރެސް: މއ. އާދިއްޕަރު
*
ހައްރަމް 1438
0
1439
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 މުޙައްރަ
20 އޮކްޓޯބަރު 2016
ނިމުނު ތާރީޚް: 22 މުޙައްރަމް
12 އޮކްޓޯބަރު 2017
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016
/
03/E11C
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް
ތާރީޚް: 18 ސެޕްޓެމްބަރ 2016 ނިމުނު ތާރީޚް: 19 ސެޕްޓެމްބަރ 2016
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު އުޘްމާން ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
443
ޤަޟިއްޔާ ނިމުނު
2016/HC-A/552
کی عمری
• ދަޢުވާގެ ޚުލާޞާ
OX
،
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/E11C ކޯޓު އަމުރު ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ
އެ އަމުރު އިސްތިއުނާފު ކޮށްދިނުން އެދި ރޭޝަމް| ރ. ރަސްމާދޫ މުޙައްމަދު ޢަރީފުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ އެންސީޓް ފޯރ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
02c 0 0
01- މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/E11C ކޯޓު އަމުރަކީ، ރ. ރަސްމާދޫ ރޭޝަމް، މުޙައްމަދު ޢަރީފް އާއި އެންސީޒް ފޯރ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 ސެޕްޓެމްބަރު 2016 ވަނަ ދުވަހު ވެފައިވާ
އެއްބަސްވުމެއްގެ ދަށުން އަޅާދީފައިވާ ލޯންޗެއްގެ މޯލްޑެއް ނަގައިގެން ވިޔަފާރީގެ އުޞޫލުން ބޭނުން ކުރާތީ
އެކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ރ.އިންނަމާދޫ ތިންނިރު، ޢަބްދުﷲ އާތިފްގެ
ފަރާތުން ހުށަހެޅުމުން
ފެމުން ނެރުއްވާފައިވާ ކޯޓު އަމުރެއްކަމާއި،
އެ ކޯޓު އަމުރު ނެރުއްވާފައިވާ ގޮތަށް ބަލާއިރު އެންސީޒް ފޯރ އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް އާއި ރ.ރަސްމާދޫ ރޭޝަމް، މުޙައްމަދު ޢަރީފްއާ ދެމެދުގައި 05 ސެޕްޓެމްބަރ 2016
ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލޯންޗެއް ހަދައި ގަނެގެން ގެންދިއުމަށްފަހު އެލޯންޗުން
މޯލްޑްނަގައިގެން އިތުރު ލޯންޗެއް ރ.ރަސްމާދޫ1އޯކިޑުމާގެ، ޙަސަން ޒަރީރު އަޅަމުންދާތީ މިކަމަކީ މުޙައްމަދު
މިރާއްޖޭގެ އި
ޢަރީފްއާއި އެންސީޒް ފޯރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުއާއި ދެމެދު ވެވިފައިވާ އެއްބަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
3 ޤަޟިއްޔާ ނިމުނު 1
2016/HC-A/552
کی مرگی
ދެލީ
2.0 ވަނަ މާއްދާއާއި ޚިލާފު ކަމަކަށްވާތީ އެމަސައްކަތް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކުންފުނީގެ
ފަރާތުން ރ.އިންނަމާދޫ ތިންނިރު، އަބްދުﷲ ޢާތިފް ހުށަހެޅި މި މައްސަލައަށް ބެލިއިރު މިމަސައްކަތް
ކުރަމުންދާކަން ޝަރީޢަތުގެ މަޖިލިސްގައި ދެފަރާތުން ދެފަރާތުން ދައްކާފައިވާ ވާހަކައިން ޝަރީއަތަށް
އެނގުނު ހިނދު، މި މަސައްކަތް ނުހުއްޓުވާފިނަމަ މިކަމަކީ އެންސީޒް ފޯރ އިންޓަރޭނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުއިން ކުރަމުންދާ މިބާވަތުގެ މަސައްކަތްތަކަށް ހުއްޓުންއަރައި ކުންފުންޏަށް މާލީ ގެއްލުންތަކެއް
ލިބިދާނެ ކަމަށް ޝަރީޢަތަށް ފެންނާތީ ރ. ރަސްމާދޫ ރޭޝަމް، މުޙައްމަދު ޢަރީފްއަށް އެންސީޒް ފޯރ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ފަރާތުން އަބްދުﷲ ޢާތިފް ވިއްކާފައިވާ ލޯންޗް މޯލްޑަށް އިތުރު
ލޯންޗެއް އެޅުމަށް ކުރަމުންދާ މަސައްކަތް މިހާރުންމިހާރަށް ހުއްޓާލުމަށް ރ.ރަސްމާދޫ ރޭޝަމް، މުޙައްމަދު
ޢަރީފަށް އަމުރުކޮށް މިއަމުރު ދަމަހައްޓާ މި މަސައްކަތް ހުއްޓުވުމަށް ރ.ރަސްމާދޫ ކައުންސިލްގެ އިދާރާގެ
މައްޗަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އުނގޫފާރު ޕޮލިސް ސްޓޭޝަންގެ މައްޗަށް އަމުރުކޮށް"
ނެރެފައިވާ އަމުރެކެވެ.
02 0 0
02- މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2016
/
03/E11C ކޯޓު އަމުރު ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ
އެ ކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުން އެދި ރ. ރަސްމާދޫ ރޭޝަމް، މުޙައްމަދު ޢަރީފުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
OLC
(ހ) ފުރަތަމަ ނުކުތާއަކީ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/E11C ކޯޓު އަމުރަށް އެދިފައިވަނީ އެކޯޓު
އަމުރަށް އެދިފައިވަނީ އެކޯޓު އަމުރަށް އިޚްތިޞާޞް ލިބިގެންވާ
ފަރާތެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/552
کی حر متی * ب*
(ނ) ދެވަނަ ނުކުތާއަކީ، އެއަމުރުގައި، އެއްބަސްވުމުގެ 2.0 ވަނަ މާއްދާ ކޯޓުން
މާނަކޮށްފައިވަނީ އެ މާއްދާގެ މަޤުޞަދާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
-03
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/E11C ކޯޓު އަމުރު ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
އެއަމުރު އިސްތިއުނާފު ކޮށްދިނުން އެދި ރ.ރަސްމާދޫ ރޭޝަމް، މުޙައްމަދު ޢަރީފްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ އަމުރަކީ، އެންސީޒް ފޯރ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ޢަރީފު އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން
ހެދިފައިވާ ލޯންޗެއްގެ މޯލްޑް މުޙައްމަދު އަރީފު ވިޔަފާރީގެ އުޞޫލުން ބޭނުންކުރާކަމަށް ބުނެ އެމަސައްކަތް
ހުއްޓުވާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ރ.އިންނަމާދޫ ! ތިންނިރު، ޢަބްދުﷲ އާތިފުގެ ފަރާތުން
ނެރެފައިވާ އަމުރެ
އަމުރެއްކަން އެނގެން އޮންނަކަމާއި،
ތ 24
23
ވަގުތީ އަމުރު ނެރުއްވުމުގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލަށް
ބަލާއިރު، ވަގުތީ އަމުރެއް ކޯޓުން ނެރެދެވޭނީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން
އެމައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގެ ހިމެނޭ
ފަރާތަކަށް ގެއްލުން ލިބިދާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތެއްގައިކަމަށް
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
**
4
ޤަޟިއްޔާ ނިމުނު
2016/HC-A/552
کی مرگی
"ޝަރީޢަތް ކުރުމާބެހޭ
07w
ގެތެނޭ
ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި،
އިސްތިއުނާފު ކުރެވިފައިވާ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/E11C އަމުރަކީ، އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނެރުއްވާފައިވާ އަމުރެއް
ނޫންކަން މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން، އިސްތިއުނާފު
ކުރެވިފައިމިވާ އަމުރަކީ ވަގުތީ އަމުރު ނެރުއްވުމުގައި ޢަމަލުކުރަންޖެހޭ އިސްވެބުނެދިޔަ އުޞޫލާއި ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ވަގުތީ އަމުރަކަށް އެދި ހުށަހަޅާފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ
ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވާންޖެހޭނެކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ
ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ
4 އާއި، 5 ގެ (ބ) އިން އެނގެން އޮންނަކަމާއި،
ރ.އިންނަމާދޫ! ތިންނިރު، ޢަބްދުﷲ އާތިފުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ކޯޓުގައި
އެދިފައިވަނީ މުޙައްމަދު އަރީފް އާއި އެންސީޒް ފޯރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 05
ސެޕްޓެމްބަރު 2016 ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެންސީޒް ފޯރ އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން އަޅާދީފައިވާ، ލޯންޗެއްގެ، މޯލްޑާއި ގުޅިގެން ކަމާއި،
ކުންފުނިތަކުން ކުރާ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކުގައި ދަޢުވާކުރުމުގެ
ހައިސިއްޔަތު ކުންފުނިތަކަށް ލިބިފައިވޭތޯއާއި، އަދި ކުންފުންޏަކީ އެ ކުންފުނީގެ މެމްބަރުންނާ ވަކިން
އުފެދިފައި އޮންނަ ޤާނޫނީގޮތުން މުސްތަޤިއްލު ވަކި ޝަޚްޞިއްތޯ ބަލާއިރު، ޤާނޫނު ނަންބަރު 10/96
(ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައިވަނީ
"... ކުންފުންޏަas
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
8, q3
ޤަޟިއްޔާ ނިމުނު 1
2016/HC-A/552
کی مری
ދެލީ
OXO
ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި،
ހު
ގާނޫނާ އެއްގޮތް ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ
ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު
ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް
އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްކެވެ." މިފަދައިންކަން
އެނގޭއިރު،
މި މައްސަލާގައި އިސްތިއުނާފުކުރެވިފައި މިވާ އަމުރު ހޯދުމަށް، ވަގުތީ އަމުރަކަށް އެދި
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފޯމާއި އެފޯމާއި އެކު ހުށަހަޅާފައިވާ
އެންމެހާ ލިޔުންތަކަށް ބަލާއިރު، އެ އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވަނީ އެންސީޒް ފޯރ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނޫންކަމާއި، އެ އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވާނީ
ޢަބްދުﷲ އާތިފު އޭނާގެ އަމިއްލަ ނަމުގައިކަމާއި، ޢަބްދުﷲ އާތިފު އެ އަމުރު ނެރެދިނުމަށް ހުށަހަޅާފައިވަނީ
އެންސީޒް ފޯރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު
ޢަބްދުﷲ އާތިފަށް ލިބިގެންކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ވިޔަސް ހުށަހެޅިފައި ނުވާކަން މި
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމެވެ.
(ބ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން،
އިސްތިއުނާފުކުރެވިފައި މިވާ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016
/
03/11C ކޯޓު އަމުރަކީ، އެ ފަދަ ވަގުތީ އަމުރު ނެރެދިނުމަށް ކަނޑައެޅި އަމަލުކުރަމުން އަންނަ
އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމާއި، އަދި އެ އަމުރަށް އެދި ހުށަހެޅި ފަރާތަކީވެސް އެކަމުގެ
ހައިސިއްޔަތު ލިބިފައިނުވާ ފަރާތެއްކަމުން، އެ އަމުރު ބާޠިލުކުރަންޖެހޭކަމަށް މި މައްސަލަ މި ކޯޓުގައި ބެލި
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/552
مری معلمي *
OLC OO
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ،
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
03/E11C ކޯޓު އަމުރު، މި
މައްސަލަ މި ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv