ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/392 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/392
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 392/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ބަބުލް ޙާން
ދާއިމީ އެޑްރެސް: ބަނގުލަދޭޝް
* ޕާސްޕޯޓް ނަންބަރު BF0108843
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ޛުލްޤަޢިދާ 1437
30 އޯގަސްޓް 2016
* ނިމުނު ތާރީޚް: 04 ޛުލްޙިއްޖާ 1437
06 ސެޕްޓެމްބަރ 2016
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
5957/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި ބޭނުންކުރުން ގެންގުޅުން/ ޓްރެފިކްކުރުން)
އަމުރު ނެރުއްވި ތާރީޚް: 23 އޯގަސްޓް 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/392
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ބަނގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ ބަބުލް ޙާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ބަނގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ ބަބުލް ޙާންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ޑ ދޖ 2
4
އެއެޤްތެށެނޫން ކަމަށް ބުނޭ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ބަބުލް ޙާންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ
މައްސަލައިގައި ބަބުލް ޙާން ފިލާފާނެކަމަށް ފެންނާތީ 2016 އޯގަސްޓް 24 ވަނަ ދުވަހުގެ 10:53 އިން
ފެށިގެން 2016 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 10:52 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
49
3
2016/HC-A/392
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ބަބުލް ޙާންގެ ފަރާތުން އެއަމުރު
އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާއަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
އިން ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ޙައްޤު ގެއްލިގެންދާ ގޮތަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ބަބުލް ޙާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރާކަމަށް
ބަނގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ ބަބުލް ޙާންގެ މައްޗަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 148967/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން އޭނާގެ ބަންދުގެ
މުއްދަތު އިތުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 24 އޯގަސްޓް 2016 ވަނަ ދުވަހުގެ
10:53 އިން ފެށިގެން 08 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ 10:52 އަށް ބަބުލް ޙާން މިނިސްޓްރީ އޮފް
ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި އެގޮތަށް
ޖެހިރާއްޖޭގެ ހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/392
އެއަމުރު ނެރުއްވި ސަބަބަކީ، ބަބުލް ޙާން ފިލާފާނެކަމަށް ފެންނާތީކަން އެއަމުރަށް
ބެލުމުން
އެނގެންއޮންނަކަމެވެ.
COCOU
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ އަމުރު ނެރުއްވާފައިވަނީ ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ވަކީލެއްގެ އެހީތެރިކަން
ލިބިގަތުމުގެ ޙައްޤު ގެއްލިގެންދާ ގޮތަށްކަމަށް ބުނެ ބަބުލް ޙާންގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ
ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެ މީހުންނާއި ބަންދުކުރެވޭ މީހުންނަށް
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) ގައި، ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއްނެތި
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް
ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް
ބަޔާންކޮށްފައިވާކަމާއި، ހައްޔަރާއި ނުވަތަ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި ހައްޔަރުގައި ނުވަތަ
ބަންދުގައިވާ މީހާއަށް ނުވަތަ އޭނާގެ ވަކީލާއެކު ހާޒިރުކުރެވިފައިވާނަމަ އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަ
ދެއްކުމުގެ ފުރުސަތު ދޭންވާނެކަމަށް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި،
ބަބުލް ޙާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން
ހޯދުމުގެ ޙައްޤު ބަބުލް ޙާން އަށް ދީ، އޭނާގެ ފަރާތުން 23 ޖުލައި 2016 ވަނަ ދުވަހު ޤާނޫނީ ވަކީލަކު
އައްޔަނުކޮށްފައިވާކަމާއި، އިސްތިއުނާފު ކުރެވިފައިމިވާ އަމުރާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލިސް
ތާވަލުކުރެވިފައިވާކަން އެމަޖިލީހުގެ ކުރިން ބަބުލް ޙާންގެ ވަކީލަށް އަންގާފައިވާކަން ދެފަރާތުގެ ބަހުން ސާފުކޮށް
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/392
44
އި
އެނގެންއޮންނަކަމާއި، ބަބުލް ޙާންގެ ބަންދުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ވަކީލް ކޯޓުގައި
ހާޒިރުވެ އިންދާ އެމަޖިލީހަށް ނުވައްދާކަމަށް އޭނާގެ ވަކީލު ބުނާއިރު، ބަބުލް ޙާންގެ ބަންދުގެ މަޖިލީސް
ފެށުމުގެ ކުރިން ވަކީލުންގެ ޢާލަމަށް މައްސަލަ ބަލާ އައި.އޯ ގޮސް ޑީ.އީ.ޑީގެ މައްސަލަތަކުގައި ހާޒިރުވެތިބި
ހުރިހާ ވަކީލުން އޭނާއާއެކު އައުމަށް އެދިފައިވާނެކަމަށާއި އެގޮތުން ޑީ.އީ.ޑީގެ މައްސަލަތަކުގައި ހާޒިރުވެތިބި
ވަކީލުން އޭނާއާއެކު މުއްދަތު މަޖިލީހަށް ހާޒިރުވެފައިވާއިރު ބަބުލް ޙާންގެ ވަކީލް އޭގެތެރޭގައި ނުހިމެނޭކަމަށާއި
އެކަން ބަބުލް ޙާންގެ މުއްދަތު މަޖިލީހުގައިވެސް ފާހަގަކޮށްފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ބުނާއިރު، ބަބުލް ޙާންގެ މައްސަލަ ބަލާ އައި.އޯ ވަކީލުންގެ ޢާލަމަށް ވަތްތަން ބަބުލް ޙާންގެ ވަކީލު
ދުށްކަމަށާއި ނަމަވެސް އައި.އޯ ބުނެފައިވާފަދައިން އޭނާއާއެކު ހާޒިރުވުމަށް ބުނި އަޑު ނާހާކަމަށް ވަކީލު
ބުނެފައިވާތީ މިއެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިދީފައިވާ
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤު ބަބުލް ޙާން އަށް ގެއްލިގެން ދާގޮތަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ޢަމަލުކޮށްފައިވާކަމަށް
4
@ނނ12
/.
CCOCOCCC
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި
އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5957/J
/
MD-145 ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv