ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/213 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 213/HC-A/2015
• އިސްތިއުނާފް ކުރިފަރާތް:
ނަން: ފަރިޔާޝް އަޙްމަދު
ކާޑު ނަންބަރު: A301686
ދާއިމީ އެޑްރެސް: ޖަވާހިރުވާދީ ގއ.މާމެންދޫ
މިހާރުގެ އެޑްރެސް: ޖަވާހިރުވާދީ/ ގއ.މާމެންދޫ
*
#
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ޝަޢުބާން 1436
ޖޫން 2015
. ނިމުނު ތާރީޚް 02 ޝަޢުބާން 1437
02
09
2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/JC/1664
• ޤަޟިއްޔާގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
• ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުނު ތާރީޚް: 06 ޑިސެމްބަރ 2006 ނިމުނު ތާރީޚް: 29 ޖުލައި 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އޗ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އޗ.ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އގ.ޢަބްދު
ފަނޑިޔާރު
އޏ.ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ބް ސައިޓް www.highcourt.gov.mv
**
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ގއ. މާމެންދޫ،
ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހ 424
3
2
ފާހަގަކުރެވުނު ނުކުތާތައް:
A01 ޖިނާޢީ ކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ގއ. މާމެންދޫ މާސް، ގުލިސްތާނުގެ ޢަލީ މަސްޢޫދު ސަޢީދުއާއި،
މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހްމަދުއާއި، ގއ. މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާސިމްއާއި،
މާމެންދޫ ޕިންކްލައިޓް މުޙައްމަދު ޝިފާޒްގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ޤަޞްދުގައި މީހަކު
ރާލުމުގެ ކުށުގެ ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
43
އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މާމެންދޫ ގުލިސްތާނުގެ ޢަލީ މަސްޢޫދުއާއި، އެރަށު ޖަވާހިރުވާދީ
ފަރިޔާޝް އަޙްމަދުއާއި، އެރަށު ތަރިވިދާގެ މުޙައްމަދު ޤާސިމްއާއި، އެރަށު ޕިންކްލައިޓް މުޙައްމަދު
ޝިފްރާޒްގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، 14 ޖުލައި 2006 ދުވަހު މުޙައްމަދު ޝިހާބު މާމެންދޫއަށް ގޮސް އެރަށު
އަތިރިފިނިވާގޭގައި ހުއްޓާ އަލީ މަސްޢޫދު ސަޢީދުއާއި، ފަރިޔާޝް އަޙްމަދުއާއި، މުޙައްމަދު ޤާސިމްއާއި،
މުޙައްމަދު ޝިފްރާޒް އެގެއަށްވަދެ މުޙައްމަދު ޝިހާބުގެ ގައިގާ ލަކުޑިފަތިބުރިތަކުންނާއި މިހަތަރުމީހުންގެ
ތީ ޑ20 ހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected]، ންބޭ ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
އަތުންނާއި ފައިން ތަޅާ މާރާމާރީހިންގާފައިވާކަން ހެކިންގެ ހެކިބަހުން އެނގެންއޮންނައިރު، މިމާރާމާރީގެ
ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދެމުންދަނިކޮށް 17 ޖުލައި 2006 ދުވަހު މުހައްމަދު ޝިހާބު
މަރުވެފައިވާކަން އެނގެން އޮތުމުން ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ޢަލީ މަސްޢޫދު ސަޢީދުއާއި،
ފަރިޔާޝް އަޙްމަދުއާއި، މުޙައްމަދު ޤާސިމްއާއި، މުޙައްމަދު ޝިފްރާޒް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ގއ. މާމެންދޫ
ގުލިސްތާނުގެ ޢަލީ މަސްޢޫދުއާއި، މާމެންދޫ/ ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދުއާއި،
ގއ. މާމެންދޫ
ޕިންކްލައިޓް މުޙައްމަދު ޝިފްރާޒްއާއި މިހަތަރު މީހުން މެރުމަށް ޙުކުމްކޮށް މައްސަލަނިންމީއެވެ."
މިފަދައިންނެވެ.
32- ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ގއ.މާމެންދޫ
ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާ އެނު
އެނުކުތާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
ބެހޭގޮތުން
CCCO
• ފުރަތަމަ ނުކުތާއަކީ، މި މައްސަލަ ނިންމުމުގައި ޝަރީޢަތުން ރިޢާޔަތްކޮށްފަވާ،
ދައުލަތުން ޝަރީޢަތަށް ހާޟިރުކުރި ހެކިވެރިންގެ ބަޔާންތަކުގައި ދީފަވާ ހެކިބަހުގެ ޝަބުދަ އުފެދޭ ބޮޑެތި
ހުރިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3
2 ގދ ޏ ސ ޑ 8
ފެށުއެރުންތަކެއް
• ދެވަނަ ނުކުތާއަކީ، މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފަވާ މުހިންމު ބައެއް
ހެކިވެރިން ކޯޓަށް ހާޒިރުކޮށްފައިނުވުމާ ހުވާލައިދިނުމެއްނެތި އެމީހުން ފުލުސްއޮފީހަށް ދީފައިވާ ބަޔާނަކީ
ތެދުބަޔާނެއްކަމުގައި ބަލައިގެން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޝިހާބު ނިޔާވީ ކާކު ޖެހި އެތިފަހަރަކުންކަން
ނޭގޭތީ ކަމަށްބުނެ ފަރިޔާޝް އަޙްމަދަކީވެސް މުޙައްމަދު ޝިހާބުގެ މަރާއިމެދު ޒިންމާވާންޖެހޭ
ފަރާތެއްކަމަށް ޝަރީޢަތުން ނިންމާފައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޗައި"
ކް"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ
މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާ
ދީދީ
4
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
3 33 29
403 މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ގއ. މާމެންދޫ ޖަވާހިރުވާދީ، ފަރިޔާޝް އަޙްމަދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ އެކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ
ގައި ޙުކުމްކުރައްވާފައިވަނީ، 29 ޖުލައި 2008 މިތާރީޚުގައިކަމާއި، މިމައްސަލަ ނިމުނުއިރު ޢަމަލުކުރަމުން
ދިޔަ ޤަވާޢިދަށް ބަލާއިރު، ޢާއްމު އުޞޫލެއްގެ ގޮތުން މައްސަލަތަކުގައި ދަށުކޯޓުތަކުން ނިންމާ ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތުކަމުގައި ބަލަނީ 90 ދުވަސްކަމާއި، ނަމަވެސް
މިމައްސަލަ އެގޮތުގައި ނިމިގެން ފަރިޔާޝް އަޙްމަދުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރުމަށް
އެމުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާކަމާއި، މިމައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު
ހަމަވެފައިވާތީ، މައްސަލަ ހުށަހެޅުމުގެ ހުއްދައަކަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ފަރިޔާޝް އަޙްމަދުގެ
ފަރާތުން ހުށަހަޅާފައިވަނީ މައްސަލަ ނިމުނުތާ 7 އަހަރު ފަހުން 2015 ވަނަ އަހަރުގެ ތެރޭގައިކަމާއި،
މައްސަލަ އިސްތިއުނާފު ކުރުމަށް ފަރިޔާޝް އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަވާޢިދުގައި ކަނޑައެޅި ބަޔާންވެގެންވާ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްކަމުގައިވިޔަސް، ޖިނާއީކޯޓުގެ
ނަންބަރު 2006/JC/1664 ޤަޟިއްޔާގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެފައިވަނީ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ސަބަބުތައްކަމަށް
ފަރިޔާޝް އަޙްމަދުގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، މައްސަލައިގެ ބާވަތަށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތްކުރައްވައި، އެޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ފަރިޔާޝް އަޙްމަދަށް
ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމެވުމާއި ގުޅިގެންކަން ފާހަގަކުރެވެން އޮންނަކަމެވެ.
ބުނެ
##
(ނ) ދެވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ، މާމެންދޫ މާސް، ޢަލީ
މަސްޢޫދު ސަޢީދުއާއި، ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދުއާއި، އ. މާމެންދޫ ތަރިވިދާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ghighcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ޕީ.
އެރަށު
ޝިހާބުގެ
މުޙައްމަދު ޤާސިމްއާއި، މާމެންދޫ ތަރިވިދާގެ މުޙައްމަދު ޝިފްރާޒް، މި
4 މީހުންގެ ވެގެން
ގއ.ވިލިނގިލި ކަނޑުއޮޅި މުޙައްމަދު ޝިހާބު 14 ޖުލައި 2006 ވަނަ ދުވަހު ގއ.މާމެންދުއަށް
ގެންގޮސް
އަތިރިފިނިވާގޭގައި
ހުއްޓާ، އެގެއަށްވަދެ މުޙައްމަދު
ގައިގައި
ލަކުޑިފަތިބުރިތަކަކުންނާއި، މިމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގާފައިވާކަމަށްބުނެ،
މިމާރާމާރީގައި ލިބުނު ގެއްލުމަށް ފަރުވާދެމުންދަނިކޮށް 17 ޖުލައި 2006 ދުވަހު މުޙައްމަދު ޝިހާބު
މަރުވެފައިވާތީ، މި 4 މީހުންގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އުފުލުމުން ޖިނާއީކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި، މި 4 މީހުންގެ
މައްޗަށް ކުރެވުނު މިދަޢުވާ ޖިނާއީކޯޓުގައި ހިންގާފައިވަނީ އެއްޤަޟިއްޔާއެއްގެ ގޮތުގައި ކަން އެނގޭއިރު،
މިފަރާތްތަކުގެ މައްޗަށް ޙުކުމްކުރައްވާފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)
މިހަތަރު މީހުން މެރުމަށް ކަން އެނގޭކަމެވެ.
COCO
ޙަވާލާދީ
CC et
(ނ) ތިންވަނަކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގައި އިސްވެ
ބަޔާންކުރެވުނު ބީޣާއިން ދަޢުވާކުރުމުން އެދަޢުވާއަށް ޖަވާބުދެމުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ފަރިޔާޝް އަޙްމަދު ދައްކާފައިވާ ވާހަކައަށް ބަލާއިރު، ދައުލަތުން އޭނާގެ މައްޗަށް ކުޅަ ޤަޞްތުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާ ސާފުވެއްޖެ ކަމަށާއި، އެ ދަޢުވާއަކީ އޭނާ ޤަބޫލުކުރާ ދަޢުވާއެއްނޫންކަމަށާއި، އެއީ
އޭނާ ކޮށްފައިވާކަމެއް ކަމަށް ބުނެ މިދަޢުވާއަށް އިންކާރުކުރާކަމަށް ފަރިޔާޝް އަޙްމަދުގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮންނައިރު،
4 ދ ތ 4
22
8 އ ހވ
ކަމެއްނޫންކަމަށް
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ފަރިޔާޝް އަޙްމަދު ދީފައިވާ ބަޔާނުގައި،
މިޙާދިސާއާއި ގުޅޭ ގޮތުން ފަރިޔާޝް އަޙްމަދުގެ ފަރާތުން ބުނެފައިވަނީ، 14 ޖުލައި 2006 ވަނަ ދުވަހުގެ
13:30 ހާއިރު އޭނާގެ ގޭގައި ހުރެފައި ގއ. މާމެންދޫ ފުޓްބޯޅަ ދަނޑަށް ދިޔަކަމަށާއި، އެތަނަށް ދިޔައީ
އޭނާގެ ރައްޓެއްސެއްކަމަށްވާ ސާލިމްގެ ސައިކަލު ފަހަތުގައި އިނދެގެންކަމަށާއި، އެތަނަށް ދިޔައިރު
އެތަނުގައި މުޙައްމަދު ޝިފްރާޒްއާއި އިއްސޭއާއި (ފުރިހަމަ ނަން ނޭނގޭ) އާއި ގިނައަދަދެއްގެ މީހުން
ދަނޑުގައި ތިބިކަމަށާއި، އެތަނުގައި 2 މިނިޓެއްހާއިރު މަޑުކުރުމަށްފަހު ރަށުގެ އެކިމަގުތަކުން ސައިކަލުގައި
ދުއްވާފައިގޮސް، ފަރިޔާޝް އަޙްމަދު ދިރިއުޅޭގެ ކަމުގައިވާ ޖަވާހިރުވާދީއަށް ގޮސް ސައިކަލުން ފަރިޔާޝް
2
ޓީމެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ އެއްބައި ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
6
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
އަޙްމަދު ފޭބުމުން، ސާލިމް ދިޔައީކަމަށާއި، އަދި ސައިކަލުދުއްވަން އުޅުނުއިރު އެއްވެސް ތަނަކަށް
މަޑުނުކުރާކަމަށާއި، އޭނާއަށް ގެއަށްދެވުނު ގައިކަމަށް ލަފާކުރެވެނީ 14:00 ހާއިރުކަމަށާއި،
2006 ޖުލައި 14 ދުވަހުގެ 15:45 ހާއިރު ފަރިޔާޝް އަޙްމަދުގެ މަންމަ (ގއ.
މާމެންދޫ ލަވްނެސްޓް ފަރީޝާ ޢަލީ) ފަރިޔާޝް ޓީވީ ބަލަން އިންދާ ޢަލީ ސަޢީދުމެންގޭ ކައިރީގައި
ތަޅާގަނެގެން އުޅޭކަމުގައި ބުނުމުން، އެތަނަށް ދިޔައިރު، މާމެންދޫ އަތިރިފިނިވާގެ ޢަލީ ސަޢީދުގެ
ކޮނޑަށް މީހަކުލައިގެން ބަނދަރާއި ދިމާލަށް ދަނިކޮށް ދުށްކަމަށާއި، އެއީ ކާކުކަން ނޭނގޭކަމަށާއި، އެމީހާ
ދޯންޏަށްލުމުން ދޯނިފުރައިގެން ދިޔައީކަމަށާއި، ދޯނިފުރުމުން، ގެއަށް ވަދެފައި އޭނާ
ދިޔައީ ފުޓްބޯޅަ ކުޅެން
ދަނޑަށްކަމަށާއި، ދަނޑުގައި ތިބިމީހުންގެ ފަރާތުން މާރާމާރީގައި އަނިޔާލިބިފައިވަނީ، މޯޑްއަށް (ގއ.
ވިލިނގިލި/ ކަނޑުއޮޅި މުޙައްމަދު ޝިހާބު) ކަން އެނގުނު ކަމަށާއި، މުޙައްމަދު ޝިހާބުއަކީ އޭނާ ދަންނަ
މީހެއްނޫންކަމަށާއި އެއްވެސް ހަސަދަވެރިކަމެއްވެސް ނޯންނާނެކަމަށް ބުނެ ބަޔާންދެމުން މިކުށްކުރިކަމުގެ
މައްޗަށް ތަޙްޤީޤު މަރުޙަލާގައިވެސް ފަރިޔާޝް އަޙްމަދުގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭކަމެވެ.
44
(ރ) ހަތަރުވަނަކަމަކީ، ފަރިޔާޝް އަޙްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ،
ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް، ފަރިޔާޝް އަޙްމަދު އިންކާރުކުރުމުން، މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، ގދ.ފަރެސް މާތޮޑާ ދިރާސާގެ
އިބްރާހިމް ނާޒިމްއާއި، ގއ.މާމެންދޫ އަތިރިފިނިވާގެ ޖިނާނުޢަލީއާއި، ގއ.މާމެންދޫ އަތިރިފިނިވާގެ ރަޤީބާ
ޙުސައިން އާއި، ޏ.ފުވައްމުލައް ފުލޫނިޔާގެ ޙުސައިން ސަޢީދުއާއި، ގދ.ފަރެސްމާތޮޑާ ފިނިހިޔާގެ
މުޙައްމަދު ޖިހާދުއާއި މި 5 މީހުންނާއި، މި
5 މީހުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުން އެނގެން
މި 5 މީހުން ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ މިމައްސަލައިގައި، ޖިނާއީ
ކޯޓުގައި ދަޢުވާ ލިބުނު ފަރާތްތައް (ފަރިޔާޝް އަޙްމަދުވެސް ހިމެނޭ ގޮތަށް) މިޙާދިސާ ހިނގިކަމަށް
ދުވަހު މުޙައްމަދު ޝިހާބުގެ ގައިގައި ތަޅައި މާރާމާރީ ހިންގިކަން ސާބިތުކޮށް ދިނުމުގެ ގޮތުންކަން
އެނގޭކަމާއި، މިމައްސަލައިގައި ހެކިން ދީފައިވާ މި ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު ޝިހާބު
މަރާލުމުގައި ފަރިޔާޝް އަޙްމަދުގެ ދައުރު އޮތްކަމަށް ބުނެ، ދައުލަތުގެ ފަރާތުން ކުޅަ ޤަޞްދުގައި މީހަކު
މަރާލުމުގެ ދަޢުވާ ފަރިޔާޝް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން ކަނޑައަޅުއްވާފައިވަ؟ ،
ދި ހއ
އަންނަކަމާއި،
404
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ދުރު ހިނގުން (
އީމެއިލް
ނަންބަރު ދޮރާ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
info@big cout.gov.my ons
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
ތަޅާ މާރާމާރީ
މައްސަލައިގެ ތަޙްޤީޤަށާއި، ޝަރީޢަތުގެ މަޖިލީހަށް އިޝާރާތްކުރެވުނު ހެކިން ދީފައިވާ ހެކިބަސްތަކުގެ
މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލައިގައި ދަޢުވާ ލިބުނު 4 މީހުންވެސް މުޙައްމަދު ޝިހާބުގެ ގައިގައި
މާރީ ހިންގާ ހަދާފައިވާކަން އެނގެން އޮތުމާއި، އަދި މުޙައްމަދު ޝިހާބުގެ ބަނޑުމައްޗަށް
ފުންމަފުންމައިގެން އަރާ ހެދިކަން އެނގެން އޮތްއިރު، މުޙައްމަދު ޝިހާބު މަރުވެފައިވަނީ ލިބިފައިވާ
ގެއްލުމަށް ފަރުވާ ދެނިކޮށްކަމަށްވެފައި، ނިޔާ ވެފައިވަނީ ވަކި މިވެނި މީހަކު ޖެހި ޖެހުމުންކަން
ކަނޑައެޅިގެން އެނގެން ނެތުމާއިއެކު މިއެންމެނަކީވެސް މުޙައްމަދު ޝިހާބުގެ މަރާއި މެދު ޒިންމާވާންޖެހޭ
ފަރާތްތަކެއްކަމުގައި ޝަރީޢަތުން ދެކޭތީކަމަށް ޖިނާއީ ކޯޓުން މިމައްސަލަ ނިންމެވި ގޮތުގެ ރިޕޯޓަށް ބެލުމުން
އޮތުމުން، މިމައްސަލައިގައި ޖިނާއީ ކޯޓުން ކުރައްވާފައިވާ ބިނާކުރައްވާފައިވަނީ
މިމައްސަލައާއި ގުޅިގެން ހެކިބަސްދީފައިވާ ހެކިންގެ ހެކިބަހުގެ މައްޗަށް އެކަނި ބައްލަވައިގެންކަން
ޑޑ 4
އެނގެން
ޙުކުމް
އެނގޭކަމެވެ.
(ބ) ފަސްވަނަކަމަކީ، ފަރިޔާޝް އަޙްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލިދަޢުވާއަކީ
އިސްވެ އިޝާރާތްކުރެވުނު ފަދައިން، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމާއި، ޝަރުޢީ
އިސްތިލާޙުގައި ޤަޞްދުމަރު ނުވަތަ ޖޫلل ޅهلا އަކީ ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން ނުވަތަ
ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ
ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ހަމަލާ
ދިނުމުގެ ސަބަބުން އެމީހާ މަރުވުން ކަމާއި،
3 ގދ (ޤަޞްދު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް
ލާޒިމްކުރާކަމާއި، އެއީ؛ (1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިވާ ނުވާ) މީހެއްކަމުގައި ވުން. (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ
ޢަމަލެއްކަމުގައިވުން. މިތިން ރުކުން ކަމާއި، މިހެންކަމުން ދައުލަތުގެ ފަރާތުން މީހެއްގެ މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އުފުލާނަމަ، ޤަޞްދުމަރެއްގައި ހުރުން ލާޒިމްވާކަމަށް
ކަނޑައަޅާފައިވާ، އިޝާރާތްކުރެވުނު 03 ރުކުން ކުށުގެ ޢަމަލުގައި ފުރިހަމެވަފައި އޮތްކަން ދައުލަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ޗެޕްމާ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
8
-ތިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
cucou Ox>
OCOCO
ފަރާތުން ސާބިތުކޮށް
ތުކޮށްދޭންޖެހޭނެކަމާއި، ޢާއްމު އުޞޫލެއްގެ ގޮތުން ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި
ބެލެވޭ މިންގަނޑަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ
ޝައްކެތްނެތް މިންވަރަށް ސާބިތުކޮށްދިނުންކަމުގައި ވީނަމަވެސް، އިސްލާމްދީނުގައި ޢުޤޫބާތް
ކަނޑައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޤިޞާޞް އަދި ޙައްދުގެ މައްސަލަތައް ސާބިތުކުރުމުގައި
ބަލަންޖެހޭނީ އެއްވެސް ޝައްކެތްނެތް މިންގަނޑުން ދަޢުވާ ސާބިތުކުރުމުގެ މައްޗަށްކަން އެނގޭކަމެވެ.
OCOCO
ހދީ 5*ހ
"1664/JC/2006
(ޅ) ހަވަނަކަމަކީ، ފަރިޔާޝް އަޙްމަދުގެ ފަރާތުން ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައްކާފައިވާ ވާހަކަތައް އަމާޒުކޮށްފައިވަނީ،
އެޤަޟިއްޔާގައި ޙުކުމް ބިނާކުރައްވާފައިވާ ހެކީންގެ ހެކިބަހުން ފަރިޔާޝް އަޙްމަދުގެ މައްޗަށް ކުށް
ސާބިތުކުރެވޭ ވަރުގެ ކާރީ ހެއްކާއި ހަރުދަނާ ޤަރީނާ ލިބިފައިނުވާކަމަށް ބަޔާންކޮށް
ބަޔާންކޮށްދިނުމުގެ ގޮތުންނާއި،
ހެކިންގެ ހެކިބަސް ނެގުމުގައި ޖިނާއީ ކޯޓުން ކުރިއަށް ގެންދިޔަ އިޖުރާއްތާއި ގުޅޭ ގޮތުން ކަމުގައިވާތީ،
ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގައިވެސް އަމާޒުކޮށްފައިވަނީ ހެކިބަސްދިފައިވާ ހެކީން، މައްސަލައިގެ
ތަޙްޤީޤަށާއި ޝަރީޢަތުގެ މަޖިލީސްތަކަށް ދީފައިވާ ބަޔާންތަކަށާއި ހެކިބަސްނެގުމުގައި އެކޯޓުން ޢަމަލުކުރި
އިޖުރާއާތުގެ މައްޗަށްބަލައި ޤަޞްދުމަރެއް ސާބިތުކުރުމަށް ލާޒިމުކުރާ ކުށުގެ ރުކުންތައް ކަމުގައިވާ،
މުޙައްމަދު ޝިހާބު މަރުވެފައިވަނީ ފަރިޔާޝް އަޙްމަދު ކުޅަޢަމަލެއްގެ ނަތީޖާއަކުންތޯއާއި، ފަރިޔާޝް
އަޙްމަދު ކުރިކަމަށް ބުނާ ޢަމަލަކީ މުޙައްމަދު ޝިހާބު މަރާލުމުގެ ނިޔަތް އޮވެގެން ކުރި ޢަމަލެއްތޯ
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުން އެއްވެސް ޝައްކެތްނެތް މިންވަރަށް ސާބިތުކޮށްދެވިފައިވާކަން
ނުވަތަ ނޫންކަމާއި މެދުގައިކަމެވެ.
COX >
(ކ) ހަތްވަނަކަމަކީ، އިސްލާމްދީނުގައި ޢުޤޫބާތް ކަނޑައެޅިފައިވާ މައްސަލަތަކުގެ
ތެރެއިން ޤިޞާޞް އަދި ޙައްދުގެ މައްސަލަތައް ސާބިތުކުރުމުގައި ބަލަންޖެހޭނީ އެއްވެސް ޝައްކެތްނެތް
މިންގަނޑުން ދަޢުވާ ސާބިތުކުރުމުގެ މައްޗަށްކަން އެނގެން އޮންނަ އޮތުމަށާއި "ޤަދީނަތުލް ބަރާއާ"
(presumption of innocence) ގެ ޢާއްމު ޤާނޫނީ މަޞްދައުއަށް ބަލާއިރު، މިފަދަ މަރުގެ
މައްސަލަތަކާއި ގުޅިގެން ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބައްލަވައި ފަނޑިޔާރު ތަޤްރީމްކޮށް
ވަޒަންކުރުމަށްފަހު، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 13 ހުރަށް، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected]ރިވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ޝައްކެތް ނެތް މިންވަރަށް އިޤްތިޞާޢުވެގެންމެނުވީ މިފަދަ މައްސަލައެއް ސާބިތުވެއްޖެކަމަށް ކަނޑައެޅިގެން
ނުވާނެކަން އެނގޭކަމާއި، މިގޮތުން މިމައްސަލައާއި ގުޅިގެން ހުށަހެޅުނު އެންމެހައި ހެކިތައް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ވަޒަންކޮށް ބެލިއިރު،
(1) ދައުލަތުގެ ފަރާތުން އުފުލާފައިވާ ދަޢުވާގެ އަޞްލު ބިނާވެގެންވަނީ،
ގއ.ވިލިނގިލި/ ކަނޑުއޮޅި މުޙައްމަދު ޝިހާބު މަރުވެފައިވަނީ، 14 ޖުލައި 2006 ވަނަ ދުވަހު މުޙައްމަދު
ޝިހާބާއި މެދު ހިންގި މާރާމާރީއަކަށް ފަރުވާ ދެމުން ދަނިކޮށް، އެމާރާމާރީގައި ލިބުނު ގެއްލުމެއްގެ
ސަބަބުން މުޙައްމަދު ޝިހާބު މަރުވެފައިވާތީ، މުޙައްމަދު ޝިހާބު އާއި މެދު މާރާމާރީ ހިންގި މީހުންނަކީ،
މުޙައްމަދު ޝިހާބުގެ މަރުގެ ޒިންމާ އުފުލަންޖެހޭ މީހުންކަމަށް ބުނެކަން އެނގެން އޮންނައިރު، މުޙައްމަދު
ޝިހާބާއި މެދު ފަރިޔާޝް އަޙްމަދު މާރާމާރީ ހިންގިކަމަށް ދައުލަތުން ބުނާ ބުނުމަށް ފަރިޔާޝް އަޙްމަދު
ތަޙްޤީޤު މަރުޙަލާގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް އިންކާރުކޮށްފައިވާކަމާއި، ފަރިޔާޝް އަޙްމަދު
މިދަޢުވާއަށް އިންކާރު ކުރުމުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހަމައެކަނި ހުށަހަޅާފައިވަނީ،
މިޙާދިސާ ހިނގާދިޔަ ގޮތް ފެނުނުކަމަށް ބުނެ ބަޔާންދިން ފަރާތްތަކެއްގެ ހެކިބަސްކަމާއި، މީގެ އިތުރުން
އިތުރު ހެކި ޤަރީނާ މައްސަލައިގައި ހުށަހެޅިފައިނުވާކަން އެނގޭކަން.
24
ދީ ~ 98 ހ2
މާމެންދޫއަށް
ގޮސް
(2) މިޙާދިސާގައި މަރުވި، މުޙައްމަދު ޝިހާބަކީ، ގއ.ވިލިނގިލި މީހެއްކަމާއި، އޭނާ އާއި
މެދު މާރާމާރީ ހިންގާފައިވަނީ، ދަތުރެއްގައި
އެރަށުގައި އުޅުމުގެ
ތެރޭގައިކަމާއި، މުޙައްމަދު ޝިހާބާއި މެދު މާރާމާރީ ހިންގާފައިވަނީ، ދެތަނެއްގައިކަމާއި، އެއީ
ގއ.މާމެންދޫ އަތިރިފިނިވާގޭގެ ތެރޭގައި އަދި އެގޭގެ ދޮރުމަތިން މަގުމަތީގައިކަން މިޙާދިސާއާއި ގުޅިގެން
ހެކިންގެ ފަރާތުން ތަޙްޤީޤުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ވާހަކަތަކުން އެނގޭއިރު، އެޙާދިސާ
ހިނގާދިޔަ ތަންކަމުގައިވާ ގއ.މާމެންދޫ އަތިރީ ފިނިވާގޭގެ ތެރޭގައި މިޙާދިސާ ހިނގިއިރު ތިބި ފަރާތްތަކަކީ،
ގއ.މާމެންދޫ ޕިންކްލައިޓް މުޙައްމަދު ޝިފްރާޒުއާއި، ގއ.މާމެންދޫ އަތިރީފިނިވާގެ ރަޤީބާ ޙުސައިންއާއި،
ގދ.ފަރެސްމާތޮޑާ/ ދިލްކުޝާގެ ޖަމްޝީދު މުޙައްމަދާއި، ގއ.މާމެންދޫ މާސް ޢަލީ މަސްޢޫދު ސަޢީދުއާއި،
ގއ.މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާސިމު ކަމަށް މިޙާދިސާ އެންމެ ގާތުން ދުށް ފަރާތްކަމަށްވާ
ގއ.މާމެންދޫ އަތިރިފިނިވާގެ ރަޤީބާ ޙުސައިންގެ ފަރާތުން ތަޙްޤީޤުގައި ދިން ބަޔާނަށާއި، ޝަރީޢަތުގައި
ދެއްކި ވާހަކަތަކުގައިބުނެފައިވާކަން.
4
ރާއްޖޭގެ ކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީގޅުވެ،8ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt-gov.my en
1)
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
43
(3) ރަޤީބާ ޙުސައިން އަކީ، މުޙައްމަދު ޝިހާބާއި މެދު މާރާމާރީ ހިންގިތަން އެންމެ
ގާތުން ފެނުނު އެއްފަރާތްކަމުގައިވާއިރު، މިޙާދިސާ ހިނގާދިޔަ ގޮތް ބަޔާންކޮށްދެމުން، ރަޤީބާ ޙުސައިންގެ
ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤު ބަޔާނަށާއި ޝަރީއަތުގެ މަޖިލީހަށް ދީފައިވާ
ހެކިބަހަށް ބެލުމުން، މިޙާދިސާ ހިނގާ ދިޔަ ގޮތް ސިފަކޮށްދެމުން އަދި އެޙާދިސާ ހިނގިވަގުތު އެތަނުގައި
ތިބި މީހުން ބަޔާންކޮށްދެމުން ބުނެފައިވަނީ، މާމެންދޫގައި މީނާ ދިރިއުޅޭ އަތިރިފިނިވާގޭގެ
ކޮޓަރިއެއްގައި އުޅެނިކޮށް ކޮންމެވެސް މީހަކު ބޭރުންއައިސް ސަލާމް ގޮވާލުމުން ނިކުމެ ބަލާލިއިރު، ގދ.
ފަރެސްމާތޮޑާ| ދިލްކުޝާގެ ޖަމްޝީދު މުޙައްމަދާއި، ވިލިނގިލީ ކަނޑުއޮޅި މުޙައްމަދު ޝިހާބު
ހުރިކަމަށާއި، ރަޤީބާ ޙަސަން ޖަމް ޝާދު މުޙައްމަދާއި ވާހަކަދައްކަން ހުއްޓާ ގއ.މާމެންދޫ ޕިންކް ލައިޓް
މުޙައްމަދު ޝިފްރާޒް އައިސް މުޙައްމަދު ޝިހާބުގެ ބޮލުގައި 4 ފޫޓް 2 އިންޗި ފުޅާ ލަކުޑިބުރިއަކުން
ޖެހިތަ ތަންދުށްކަމަށާއި، އެވަގުތު މުޙައްމަދު ޝިހާބު ބިންމައްޗަށް ވެއްޓުނުކަމަށާއި، މުޙައްމަދު ޝިހާބު
ބިންމައްޗަށް ވެއްޓިފައި އޮއްވާ ޢަލީ މަސްޢޫދު ސަޢީދު އޭނާގެ ފައިން މުޙައްމަދު ޝިހާބުގެ ބުރަކަށީގައި
ޖެހިތަން ދުށްކަމަށާއި،
ނާއި، މުޙައްމަދު ޝިފްރާޒްއާއި ޢަލީ މަސްޢޫދު ސަޢީދު، މުޙައްމަދު ޝިހާބުގެ ގައިގެ
އެކިތަންތާގައި އަތުންނާއި ފައިން ތަޅާ މާރާމާރީހިންގި ކަމަށާއި، މާރާމާރީ ހިންގި ވަގުތު އެމަންޒަރު ބަލަން
ގއ.މާމެންދޫ ތަރިވިދާގެ މުޙައްމަދު ޚާލިދު (މުޙައްމަދު ޤާސިމް) ހުރިކަމަށާއި، މުޙައްމަދު ޚާލިދު އެއްވެސް
މީހެއްގެ ގައިގައި ޖެހިތަން ފެނިފައިނުވާކަމަށާއި، މުޙައްމަދު ޝިފުރާޒު އާއި ޢަލީ މަސްޢޫދު ފިޔަވައި އިތުރު
މީހަކު މުޙައްމަދު ޝިހާބުގެ ގައިގައި ޖަހާ މާރާމާރީ ހިންގަނިކޮށް ނުދެކޭކަމަށް ބުނެފައިވާއިރު، ރަޤީބާ
ޙުސައިންގެ ފަރާތުން ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި، މުޙައްމަދު ޝިހާބުއަށް ގއ.މާމެންދޫ
އަތިރީ ފިނިވާގެ ތެރޭގައި މާރާމާރީ ހިންގުމަށްފަހު، އެގެއިން ނެރެ މަގުމަތީގައި ބާއްވައިގެން ޢަލީ މަސްޢޫދު
އާއި މުޙައްމަދު ޝިފްރާޒު އާއި ދެމީހުން މުޙައްމަދު ޝިހާބުގެ ގައިގެ އެކިތަންތަނުގައި އެމީހުންގެ
އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގިކަމަށާއި، ރަޤީބާ ޙުސައިން ގެ ގޭގެ ތެރޭގައި މުޙައްމަދު ޝިހާބާއި
މެދު ޢަލީ މަސްޢޫދު އާއި މުޙައްމަދު ޝިފްރާޒު މާރާމާރީ ހިންގިއިރު އެމަންޒަރު އެހެން މީހަކަށް
ފެންނާނެކަމެއް ނޭނގޭކަމަށާއި، އެހެންނަމަވެސް މުޙައްމަދު ޝިހާބު މަގުމައްޗަށް ނެރެގެން އެމީހުން
ދިޔައިރު މިސްކިތުން ނަމާދުން ފައިބައިގެން ދިޔަ މީހުންނަށް އެމަންޒަރު ފެންނާނެކަމަށާއި،
މުޙައްމަދު ޝިހާބު ވެއްޓިފައި އޮއްވާ މުޙައްމަދު ޝިހާބު ބަނދަރާއި ހަމައަށް ގެންދިއައީ ރަޤީބާ
ޙުސައިންގެ ފިރިމީހާ ގއ.މާމެންދޫ އަތިރީފިނިވާގެ ޢަލީ ސަޢީދުއާއި ނަމާއި އެޑްރެސް ނޭނގޭ މީހަކާއި
8ގޅުކޮން
އްޖޭގެ ޝަޒީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު، ފުޒު ހިނގުން، ތީމުގޭ 3 ނަކަ
އީމެއިލް: [email protected]
، ދިވެހިވާ
މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
ސައިޓް www.highcourt.gov.mv
11
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ދެމީހުންކަމަށް ބުނެ އެފަދައިންކަން އެނގޭއިރު، ރަޤީބާ ޙުސައިން އަކީ މިޙާދިސާ އެންމެ ފުރަތަމަ
ހިނގާދިޔައިރު، އެޙާދިސާ އެންމެ ގާތުން ފެނުނު އެކަކު ކަމާއި، އެހެނީ މިޙާދިސާ ހިނގާދިޔައީ ރަޤީބާ
ޙުސައިންގެ ކުރިމަތީގައި ރަޤީބާ ޙުސައިންގެ ގޭތެރޭގައި އަދި އެގޭގެ ދޮރުމަތީގައިކަމަށްވާތީކަމާއި،
އެހެންނަމަވެސް ރަޤީބާ ޙުސައިންގެ ފަރާތުން ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައިވެސް އަދި ކޯޓަށް
ދިން ހެކިބަހުގައިވެސް ފަރިޔާޝް އަޙްމަދު، މުޙައްމަދު ޝިހާބާއި މެދު މާރާމާރީއެއް ހިންގާފައިވާކަމަށް
ބުނެފައިނުވާކަން އެނގެން އޮންނަކަން.
Uccuc
(4) މިމައްސަލައިގެ ޙާދިސާ ހިނގާދިޔައިރު، އެޙާދިސާ ހިނގާދިޔަ ތަނުގައި ހުރި ދެވަނަ
ފަރާތަކީ، ގއ.މާމެންދޫ ޕިންކްލައިޓް މުޙައްމަދު ޝިފްރާޒުކަމާއި، މުޙައްމަދު ޝިފްރާޒުގެ ފަރާތުން
ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މިޙާދިސާގައި ކަން ހިނގާދިޔަ ގޮތް ވަރަށް ތަފްޞީލްކޮށް
ކިޔައިދީފައިވާއިރު، މުޙައްމަދު ޝިފްރާޒްގެ ބަޔާނުގައި، މުޙައްމަދު ޝިފްރާޒު ގއ.މާމެންދޫ
އަތިރިފިނިވާގެއަށް ދިޔައިރު، މުޙައްމަދު ޝިހާބު ހުރީ ރަޤީބާ ޙުސައިން އާއި ވާހަކަދައްކަންކަމަށާއި،
މުޙައްމަދު ޝިފްރާޒް އެގެއަށް ވަދެ އެގޭގެ ތެރެއިން ލަކުޑި ފަތިބުރި އެއް ހިފައިގެން އައިސް، މުޙައްމަދު
ޝިހާބުގެ ގައިގައި ޖެހުމުން މުޙައްމަދު ޝިހާބު ވެއްޓުނުކަމަށާއި، އެވަގުތު އެގޭގެތެރޭގައި ހުރި ފާރެއްގައި
މުޙައްމަދު ޝިހާބު ޖެހި ބޯ ފަޅައިގެން ދިޔަކަމަށާއި، މުޙައްމަދު ޝިހާބު ވެއްޓިފައި އޮއްވާވެސް އޭނާގެ
ގައިގައި ޖެހިންކަމަށާއި، ދެވަނަ ފަހަރަށް ޖަހަން މަޅާލުމުން، މުޙައްމަދި ހުޝިފްރާޒުގެ ފުރަގަހުން
ގއ.މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާސިމް އައިސް ލަކުޑިބުރިފަތި ދަމައިގެންފައި ގެންދިޔައީ ކަމަށާއި،
މުޙައްމަދު ޝިހާބު އަތިރިފިނިވާގެއިން ނެރުނީ މުޙައްމަދު ޝިފްރާޒްކަމަށާއި، މަގުމަތީގައި މުޙައްމަދު
ޝިހާބު ބޭއްވުމަށްފަހުވެސް ގައިގައި ޖެހިންކަމަށް މުޙައްމަދު ޝިފްރާޒް ބުނެފައިވާއިރު، މިއީ
މުޙައްމަދު ޝިހާބާއި މެދު މާރާމާރީ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތެއްކަން މުޙައްމަދު
ޝިފްރާޒުގެ މިބަހުންނާއި، ރަޤީބާ ޙުސައިންގެ ބަހުން އެނގޭއިރު، މުޙައްމަދު ޝިހާބާއިމެދު މާރާމާރީ
ހިންގުމުގައި ބައިވެރިވުމުގެ ގޮތުން ފަރިޔާޝް އަޙްމަދު އެއްވެސް ޢަމަލެއް ކުރިކަމަށް މުޙައްމަދު ޝިފްރާޒު
ބުނެފައިނުވާކަން އެނގޭކަން.
6 24
ދެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
(5) މިޙާދިސާ ހިނގާދިޔައިރު، އެޙާދިސާ ހިނގާދިޔަތަނުގައި ހުރި ތިންވަނަ ފަރާތްކަމަށް
ހެކިންގެ ފަރާތުން ބުނާ، ގއ.މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާސިމުގެ ތަޙްޤީޤު ބަޔާނުގައި، މުޙައްމަދު
ޤާސިމް ގއ.މާމެންދޫ އަތިރީފިނިވާގެއަށް ދިޔައިރު، އެގޭގެ ތެރޭގައި ބަޔަކު މާރާމާރީ ހިންގަން ތިބިކަމަށް
އަދި އެކަމުގައި ފަރިޔާޝް އަޙްމަދު ބައިވެރިވެފައިވާކަމަށް ބުނެފައިވާއިރު، ހަމަ އެބަޔާނުގައި މުޙައްމަދު
ޝިހާބުގެ ގައިގައި މުޙައްމަދު ޝިފްރާޒު އާއި، ޢަލީ މަސްޢޫދު ސަޢީދު ތަޅަމުންދިޔައިރު، އެމީހުންގެ
ތެރޭގައި ހުރި ފަރިޔާޝް އަޙްމަދު އާއި ޖަމްޝީދު މުޙައްމަދު، މުޙައްމަދު ޝިހާބުގެ ގައިގައި
ނުޖެހިނަމަވެސް އެތަނުގައި އަޅާވެސް ނުލައި މަޑުކޮށްލައިގެން ހުރީކަމަށް ބުނެފައި އޮންނަކަމާއި،
މުޙައްމަދު ޤާސިމްގެ މި ބަޔާނުގައި ހުރި ފުށުއެރުންތައް މިފަދައިން ހުރުމުން، ފަރިޔާޝް
އަޙްމަދު މިމާރާމާރީގައި ބައިވެރިކަން މުޙައްމަދު ޤާސިމުގެ ބަހުން ޔަޤީންވާ
4
2 ހ3 0
މިހެންކަމުން
4
2 ށ ކތ ދ ތ
ންވާންނެތްކަން.
(6) މިޙާދިސާ ގއ.މާމެންދޫ އަތިށީފިނިވާގޭގެ ތެރޭގައި ހިނގާ ދިއުމަށްފަހު، އެގެއިން
މުޙައްމަދު ޝިހާބު ނެރުމުގެ ކުރިން މިޙާދިސާ ހިނގިކަން އެނގިފައިވާ އިތުރު ފަރާތަކީ،
ގއ. މާމެންދޫ
އަތިރީ ފިނިވާގެ ޖިނާނުޢަލީކަމާއި، ޖިންނުޢަލީ އަކީ ރަޤީބާ ޙުސައިންގެ ދަރިއެއްކަމާއި، ޖިނާނު، ޢަލީގެ
ފަރާތުން މިޙާދިސާ ހިނގިގޮތް ސިފަކޮށްދީފައި ދިނުމަށް ބަލާއިރު، ޖިނާނު ޢަލީގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހާއި، ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން، 14 ޖުލައި 2006 ދުވަހުގެ
ހަވީރުގެ ވަގުތެއްގައި ގިފިލީގައި މަސްކަނޑަން އިންދާ މުޙައްމަދު ޝަފްރާޒް އައިސް ގިފިލިތެރެއަށް
ބޯދިއްކޮށްލާފައި ބައްޕަ ކޮބައިތޯ އެހިކަމަށާއި، ބައްޕަނެތް ކަމަށް ބުނުމުން މުޙައްމަދު ޝަފްރާޒު ގޭތެރޭގައި
ލައްގާފައިހުރި ލަކުޑިބުރިއެއް ހިފައިގެން ދިޔަކަމަށާއި، މުޙައްމަދު ޝިފްރާޒް ލަކުޑިބުރި ހިފައިގެން ދިޔަތަނާ
ކުޑައިރުކޮޅެއްތެރޭގައި މީހަކު ހަޅޭއްލަވައިގެން އަޑުއިވިގެން ބޭރަށް ނިކުމެ ބަލާލިއިރު، ވެއްޓިފައި
އޮތްމީހެއްގެ ދެފައިގައި ހިފާ ދަމާފައި ބޭރަށް ނެރެނީ ކަމަށާއި، އެމީހަކު ބޭރަށްނެރުމުން އެރަށު ގިނަބަޔަކު
އެއްވިކަމަށާއި، ވެއްޓިފައިއޮތްމީހާގެ ގައިގާ ޢަލީ މަސްޢޫދު ފައިންޖެހިތަން ދުށްކަމަށާއި، އޭރު މީނާ
ހުންނާނީ ގޭދޮރުމަތީގައި ކަމަށާއި، ޢަލީ މަސްޢޫދު ފިޔަވައި އެހެން މީހަކު މުޙައްމަދު ޝިހާބުގެ ގައިގައި
ޖެހިތަން ނުދެކޭކަމަށާއި، އިރުކޮޅަކުން ޖިނާނުޢަލީގެ ބައްޕަ އެތަނަށް އައިކަމަށާއި، ބައްޕަ އެތަނަށް
އައިސް، އެތަނުގައި ހުރި އެހެން މީހަކާއި އެކު ވެއްޓިފައި އޮތް މީހާ ނަގައިގެން ގެންދިޔައީކަމަށް ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޭރަށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
އެފަދައިން ހެކިބަސް ދީފައިވާއިރު، ޖިނާނު ޢަލީގެ ހެކިބަހުގައިވެސް އަދި ތަޙްޤީޤު ބަޔާނުގައިވެސް
ފަރިޔާޝް އަޙްމަދު މުޙައްމަދު ޝިހާބާއި މެދު އެއްވެސް މާރާމާރީގެ
މާރީއެއް ހިންގަނިކޮށް ފެނިފައިވާކަމަށް
ބުނެފައިނުވާކަން އެނގެން އޮތްކަން.
(7) މިޙާދިސާ ހިނގާދިޔައިރު، އެޙާދިސާ ހިނގިތާ ހުރި އިތުރު ފަރާތެއްކަމަށްވާ
ގއ.ފަރެސްމާތޮޑާ ޖަމް ޝާދު މުޙައްމަދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، މިޙާދިސާ ސިފަކޮށްދީފައިވާ
ގޮތަށް ބަލާއިރު، ޖަމް ޝާދު މުޙައްމަދު މިޙާދިސާ ހިނގިގޮތް ސިފަކޮށްދީފައިވާގޮތާއި، މިމާރާމާރީ
ޢަމަލީގޮތުން ހިންގުމުގައި ބައިވެރިކަމަށް ތަޙްޤީޤުގައި އިޢުތިރާފުވެފައިވާ މުޙައްމަދު ޝަފްރާޙް އާއި،
މިޙާދިސާ އެންމެ ގާތުން ދުށް އެއް ފަރާތްކަމަށްވާ ރަޤީބާ ޙުސައިން އާއި، ރަޤީބާ ޙުސައިންގެ ދަރިފުޅު
ޖިނާނު ޢަލީގެ ފަރާތުން ޙާދިސާ ސިފަކޮށްދީފައިވާ ގޮތް ތަފާތުކަމާ ، 3 ފަރާތުގެ ބަހުގައިވެސް ޙާދިސާ
ހިނގިއިރު، ފަރިޔާޝް އަޙްމަދު އެއްވެސް މާރާމާރީއެއް ހިންގިކަމަށް ބުނެފައި ނުވާއިރު، ޖަމް ޝާދު
މުޙައްމަދުގެ ތަޙްޤީޤު ބަޔާނުގައި މިމާރާމާރީގައި ފަރިޔާޝް އަޙްމަދު ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް
ބުނެފައިވީނަމަވެސް، ޖަމްޝީދު މުޙައްމަދުއަކީ، ގއ.މާމެންދޫ މީހަކަށް ނުވެފައި، އޭނާއަށް ފަރިޔާޝް
އަޙުމަދު ކުރިން ދެކެ ފަރިތަނުވާއިރު އޭނާއަށް ފަރިޔާޝް އަޙްމަދު މިޙާދިސާ ގައި ބައިވެރިވިކަމަށް
ފެނިފައިވާކަމަށް ބުނެފައިވަނީ، ފުލުހުންގެ ފަރާތުން ފަހުން އެނގުނު އެނގުމެއްގެ މައްޗަށް
ބިނާކޮށްގެންކަމަށް ޖަމް ޝާދު މުޙައްމަދުގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގުމުގެ
އިތުރަށް މުޙައްމަދު ޖަމްޝީދުގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، އޭނާއަކީ، މަސްތުވާތަކެތީގެ
މައްސަލައެއްގައި ޖިނާއީކޯޓުން 06 އަހަރު ދުވަހު ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނިކޮށް، ޢާއިލާއާއި
ބައްދަލުކުރުމަށް ގެއަށް ގެނެސް ހުއްޓާ ސަރުކާރުގެ ކަމާއިބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ނުހޯދާ
ފިލައިގެން އުޅޭ މީހެއްކަމަށް ބަޔާންކޮށްފައި އޮތުމުން، މީނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
ޝާމިލްވެ އުޅޭ ފަރާތެއްކަން އެނގެން އޮތުމުން، މިފަދަ މީހުންނަކީ، އެފަދަ މީހުންގެ ބަހުގައި
ޢަދުލުވެރިކަން އޮތް މީހެއްކަމާއި މެދު ތުހުމަތު އުފެދޭ މަޙައްލެއްގައި ހުރި ފަރާތެއްކަމުން އަދި މިފަދަ
މީހެއްގެ ބަސް ދެން މި ޙާދިސާ ފެނުނު އެހެން ފަރާތްތަކާއި ޚިލާފަށްދީފައިވާއިރު، އިތުރު އެހެން އެއްވެސް
ޤަރީނާއެއް ނެތި ހަމައެކަނި އެފަދަ ބަހެއްގެ މައްޗަށް ރިޢާޔަތްކޮށް، ޤަސްދު މަރުގެ މިފަދަ މައްސަލައެއްގައި
އެބަހުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމަށް ޤަބޫލުކުރެވެން ނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
14
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
(8) ޝަރީޢަތުގެ މަޖިލީހުގައި ދެވޭ ހެކިބަހަކީ، އެއާމެދު ޝަރީޢަތުގައި ސުވާލުކުރެވި
ސާފުކޮށް ޝަރީޢަތަށް ކަންވެފައިވާގޮތް ހާމަކުރެވެންޖެހޭ ޝަރީޢަތުގައި ދެވޭ ހެކިބަހަކަށްވުން ޝަރުޢީ
ގޮތުން ލާޒިމްވެގެންވާކަމާއި، އަދި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކީންނާއި
ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ފުރުސަތު ދަޢުވާލިބޭ ފަރާތަށް ލިބި ދިނުމަކީވެސް ދަޢުވާލިބޭ
ފަރާތަށް ލިބިގެންވާ ޙައްޤެއްކަމާއި، މިމައްސަލައިގައި ޖިނާއީކޯޓަށް ޙާޟިރުކުރެވިފައިވާ ހެކިންގެ ތެރެއިން
ރަޤީބާ ޙުސައިން އާއި ޖިނާނު ޢަލީއާއި ސުވާލުކުރުމުގެ ފުރުސަތު ދަޢުވާ ކުރާ ފަރާތްތަކަށް ލިބިފައިވީ
ނަމަވެސް މިމައްސަލައާއި ގުޅިގެން ދަށުކޯޓުގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ތެރެއިން، ގދ.
ފަރެސްމާތޮޑާ ދިރާސާގެ އިބްރާހިމް ނާޒިމްއާއި، ގދ. ފަރެސްމާތޮޑާ ފިނިހިޔާގެ މުޙައްމަދު ޖިހާދާއި، ޏ.
ފުވައްމުލައް ފުލޫނިޔާގެ ޙުސައިން ސަޢީދު ދީފައިވާ ހެކިބަހާއި ގުޅިގެން ސުވާލުކުރުމުގެ ފުރުސަތު
ފަރިޔާޝް އަޙްމަދަށް ލިބިދީފައިވާކަން އެނގެން ނެތްކަމާއި، މީގެ އިތުރުން އެފަރާތްތަކުގެ ހެކިބަހުގައި
ހަމައެކަނި ބުނެފައިވަނީ އެފަރާތްތަކުން ތަޙްޤީޤަށް ބަޔާނެއް ދީފައިވާނޭކަމަށްބުނެ އެމިންވަރަށްކަން
އެނގޭއިރު، އެއީ ޝަރީޢަތަށް ކަމެއް ސާބިތުކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި އެކަމެއް
ކުރަނިކޮށްދުށްގޮތަށް އެކަމަކާއި އެކަންކުރި ބައެއް ސިފަކޮށް ބަޔާންކޮށްދޭންޖެހޭ އުސޫލުން ދީފައިވާ
ހެކިބަހެއްގެ ގޮތުގައި ބެލެވެންނެތްކަން.
(9) ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު، ގދ. ފަރެސްމާތޮޑާ| ދިރާސާގެ
އިބްރާހީމް ނާޒިމްގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މީނާއަކީ ގދ. ފަރެސްމާތޮޑާ|
އަލްފާ މުޙައްމަދު ވަޙީދުގެ އަލްފާ "2" ދޯނީގައި މަސައްކަތް ކުރާ މީހެއްކަމަށާއި، 14 ޖުލައި 2006
ދުވަހުގެ 15:30 ހާއިރު، ގއ. މާމެންދޫއަށް ދެވުނު ކަމަށާއި، މާމެންދޫއަށް ގޮސް ދޯނީގެ، އައްސަން
ފޭބީ އަންވަރު އިބްރާހީމް ކިޔާ މީހަކާއި މުޙައްމަދު ޝިހާބު "މޯޑު" އާއި ދެމީހުންކަމަށާއި، މޯޑު ވާ
އައްސަން އޮއްވާ ކާކުކަން ނޭނގޭ މީހަކުއައިސް މޯޑަށް ގޮވާލާފައިވާ ދިޔަކަމަށާއި، އެމީހާ ދިޔުމުން
މޯޑު(މުޙައްމަދު ޝިހާބު) އައިސް އެމީހަކީ ތަންކޮޅެއް ކުރިން ހިނގި ރޭޕް މައްސަލައެއްގައި މޯޑުއާއި
މައްސަލަ ޖެހިފައި ހުންނަ މީހެއްކަމަށާއި، މުޙައްމަދު ޝިހާބު އެހެންބުނުމުން ޖަމްޝީދު މުޙައްމަދު
ހުރެފައި މީގެކުރިންވެސް މޯޑު މާމެންދޫއަށް އައިކަމަށާއި، އެއްވެސް މީހަކު މީނާގެ ގައިގާނުޖަހާ ކަމަށް
ބުނުމުން މުޙައްމަދު ޝިހާބު އާއެކޭ ބުނިކަމަށާއި، ޖަމް ޝާދު މުޙައްމަދު އާއި، މުޙައްމަދު ޝިހާބުއާއި
Oco
އިހިރާއްa
އޯއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2015/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެމީހުން ހިގާފައިގޮސް އެރަށުގައިހުރި ގެއަކަށް ވަތްކަމަށާއި، އޭރު އިބްރާހީމް ނާޒިމް ދޯނީގައި އިށީދެގެން
އިންކަމާއި، ޖަމްޝާދުއާއި މުޙައްމަދު ޝިހާބު އެގެއަށް ވަންތާ ކުޑައިރުކޮޅެއްގެ ތެރޭގައި މީހަކު
ހަޅޭއްލަވައިގެން އަޑުއިވުނުކަމާއި، ކާއެއްޗެއް ސާފުނުވާކަމަށާއި، އެވަގުތު މުޙައްމަދު ޝިހާބު ގެ ފައިގާހިފާ
ދަމާފައި އެގެއިން ނެރުނުތަން ފެނުނުކަމަށާއި، މުޙައްމަދު ޝިހާބުގެ ގައިގާ ބަޔަކު ތަޅަނިކޮށް ދުށްކަމަށާއި،
އެމީހުން މުޙައްމަދު ޝިހާބުގެ ގައިގާ ފައިންތަކާ ހެދިކަމަށާއި، ފުންމަ ފުންމައިގެން މެއާބަނޑުމައްޗަށް
އަރާހެދިތަން ފެނުނުކަމަށާއި، މުޙައްމަދު ޝިހާބުގެ ގައިގާތެޅި މީހުންގެ ތެރޭގައި
މާމެންދޫ ތަރިވިދާގެ
މުޙައްމަދު ޤާސިމް(ޚާލިދު) ހިމެނޭކަމަށާއި، މިކަން ހިގިހިސާބަކީ ދޯނީގައި ތިބޭއިރު ފެންނަމީހުން ރަނގަޅަށް
ވަކިކުރަން އެނގޭ ހިސާބެއްކަމަށް ބުނެ އެ
އެފަދައިންކަން އެނގޭއިރު، މިމާރާމާރީގައި ފަރިޔާޝް އަޙްމަދު
ބައިވެރިވެފައިވާކަމަށް އިބްރާހިމް ނާޒިމްގެ ފަރާތުން ބުނެފައިނުވާކަން އެނގޭކަން.
(10) މިމައްސަލަ އާއި ގުޅިގެން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު
މީހުންގެ ތެރެއިން ގދ. ފަރެސްމާތޮޑާ ފިނިހިޔާގެ މުޙައްމަދު ޖިހާދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި،
މީނާއަކީ ގދ. ފަރެސްމާތޮޑާ! އަލްފާ މުޙައްމަދު ވަޙީދުގެ އަލްފާ 2 މަސްދޯނީގައި މަސައްކަތްކުރާ
މީހެއްކަމަށާއި، 14 ޖުލައި 2006 ދުވަހުގެ ގއ. މާމެންދޫ އަށް ދިޔަކަމަށާއި، ދޯނީގެ ވާ އައްސަން
މާމެންދޫއަށް ފޭބީ "މޯޑް" (މުޙައްމަދު ޝިހާބު) ކަމަށާއި، މޯޑު ވާ އައްސަން އޮށްވާ މީހަކު އައިސް
ގޮވާލާފައި ދިޔަކަމަށާއި، އެމީހަކީ މީގެކުރިން ހިގާދިޔަ ރޭޕް މައްސަލައެއްގައި މުޙައްމަދު ޝިހާބު ދެކެ
ރުޅިއައިސްފައިވާ މީހެއްކަމަށް މުޙައްމަދު ޝިތިހާބު ދޯނިމީހުންގާތުގައި ބުނިކަމަށާއި، އަދި އެމީހަކީ
މަސްޢޫދުކަމަށާއި، އެމީހަކު ޖަހާފާނެކަމަށް މުޙައްމަދު ޝިހާބު ބުނުމުން ޖަމް ޝާދު މުޙައްމަދު،
މީގެކުރިންވެސް އައީމެންނޫންހޭ، މީހަކު ކަލޭގެ ގައިގާ ނުޖަހަ ތިމަންނަގެ ރައްޓެއްސެއްގެ
ގެއަށްވަދެފައި އަންނަން ހިގާށޭ ކިޔާފައި ޖަމްޝީދު މުޙައްމަދު ދޯނިން ފޭބުމުން، މުޙައްމަދު ޝިހާބުވެސް
ދޯނިން ފައިބައިގެން ދިޔަކަމަށާއި، ޖަމްޝީދު މުޙައްމަދު ދިޔައީ ދޯންޏަށް ފެންލުމުގެ ކަންތައް ހަމަޖައްސަން
ކަމަށާއި، މިދެމީހުންގެ ފަހަތުން 20 ވަރަކަށް ފޫޓުދުރުން ހުސައިން ސަޢީދުއާއި މުހައްމަދު ޖިހާދުއާއި
އާދިލް އާދަމް ވެސް ދިޔަކަމަށާއި، މުޙައްމަދު ޝިހާބުއާއި، ޖަމްޝީދު ހިނގާފައިގޮސް ކަނާތުން ފުރަތަމަ
ޖެހުނު ގެއަށް ވަންކަމަށާއި، އެދެމީހުން އެގެއަށް ވަންތަނާ ކުޑައިރުކޮޅެ ތެރޭގައި ބަޔަކުމީހުން އައިސް
މުޙައްމަދު ޝިހާބު ވަންގޭގެ އުތުރު ފަރާތު ދޮރުންނާއި ދެކުނު ފަރާތު ދޮރުން އެގޭތެރެއަށް ވަންކަމަށާއި،
.ހ 8
9
8
4
USCOCX
ހއ$އJ#ރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
ޢަލީ މަސްޢޫދު އަތުގައި ވަޅިއަކާއި ލަކުޑި ބުރިއެއް އޮއްވާފެނިފައިވާކަމަށާއި، މުޙައްމަދު ޝިހާބުގެ
ބޮލުގައި ލަކުޑި ބުރިއަކުން ޖެހިތަން ފެނުނުކަމަށާއި، ލަކުޑިބުރިން ޖެހިމީހާއަށް ކިޔަނީ ޝިފްރާޒްކަން
ފަހުން އެނގުނު ކަމަށާއި، މުހައްމަދު ޤާސިމް (ޚާލިދު) މުހައްމަދު ޝިހާބުގެ ގައިގެއެކިތަންތަނުގައި
ލަކުޑިބުރިއަކުންނާއި ފައިން ތަކާ ހެދިތަން ފެނުނުކަމަށާއި، މީގެ އިތުރުން ޢަލީ މަސްޢޫދުއާއި،
ޝިފްރާޒްއާއި، ފަރިޔާޝް އަކީ، މުޙައްމަދު ޝިހާބުގެ ގައިގާ ތަޅާ އޭނާގެ ބަނޑު މައްޗަށް
ފުންމަފުންމައިގެން އަރާހެދިމީހުންކަމަށް ބުނެފައިވާއިރު،
ހެއްކެއްގެ
ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ޏ.ފުވައްމުލައް ފުލޫނިޔާގެ ޙުސައިން
ސަޢީދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މީނާ ބުނެފައިވަނީ، މީނާއަކީ ގދ.ފަރެސްމާތޮޑާ އަލްފާ މުޙައްމަދު
ވަޙީދުގެ އަލްފާ 2 މަސްދޯނީގައި މަސައްކަތްކުރާ މީހެއްކަމަށާއި، 14 ޖުލައި 2006 ދުވަހު ގއ.
މާމެންދޫ އަށް ދިޔަކަމަށާއި، މާމެންދޫ އަށް ގޮސް ދޯނީގެ ވާ އައްސަން ފޭބީ "މޯޑް" (މުޙައްމަދު ޝިހާބު)
ކަމަށާއި، މޯޑު ވާ އައްސަން އޮށްވާ މީހަކު އައިސް ގޮވާލާފައި ދިޔަކަމަށާއި، އެމީހަކީ މީގެކުރިން ހިގާދިޔަ
ރޭޕް މައްސަލައެއްގައި މުޙައްމަދު ޝިހާބު ދެކެ ރުޅިއައިސްފައިވާ މީހެއްކަމަށް މުޙައްމަދު ޝިހާބު
ދޯނިމީހުންގާތުގައި ބުނިކަމަށާއި، އަދި އެމީހަކީ މަސްޢޫދުކަމަށާއި، އެމީހަކު ޖަހާފާނެކަމަށް މުޙައްމަދު
ޝިހާބު ބުނުމުން ޖަމްޝީދު މުޙައްމަދު މީގެކުރިންވެސް އައީމެންނޫހޭ، މީހަކު ކަލޭގެގައިގާ
ނުޖަހައެއްނޫންހޭ، ތިމަންނަގެ ރައްޓެއްސެއްގެ ގެއަށްވަދެފައި އަންނަން ހިގާށޭ ކިޔާފައި ޖަމް ޝާދު
މުޙައްމަދު ދޯނިން ފޭބުމުން، މުޙައްމަދު ޝިހާބުވެސް ދޯނިން ފައިބައިގެން ދިޔައީކަމަށާއި، ޖަމް ޝާދު
ދިޔައީ ދޯންޏަށް ފެންލުމުގެ ކަންތައް ހަމަޖައްސަން ކަމަށާއި، މިދެމީހުންގެ ފަހަތުގައި ހުސައިން ސަޢީދު
އާއި މުހައްމަދު ޖިހާދު އާއި އާދިލް އާދަމް ވެސް ދިޔަކަމަށާއި، މުޙައްމަދު ޝިހާބުއާއި، ޖަމް ޝާދު
ހިގާފައިގޮސް ކަނާތުން ފުރަތަމަޖެހުނު ގެއަށް ވަންކަމަށާއި، އެދެމީހުން އެގެއަށް ވަންތަނާ ކުޑައިރުކޮޅެއްގެ
ތެރޭގައި ބަޔަކު އައިސް ވަންކަމާއި، ގޭތެރެއަށް އެގެއަށް ވަންތަނާ ކުޑައިރުކޮޅެއްގެ ތެރޭގައި
ބަޔަކު އައިސް އެގޭތެރެއަށް ވަންކަމާއި، ގޭތެރެއަށް ވަންމީހުންގެ އަތުގައި ލަކުޑިބުރިފަތިތަކެއްހުރި ކަމާއި،
އެމީހުންތަޅައިގަންތަން ފެނުނުކަމާއި، މުޙައްމަދު ޝިހާބުގެ ގައިގާ ތެޅިމީހުންގެތެރޭގައި،
މަސްޢޫދުއާއި، މުޙައްމަދު ޤާސިމްއާއި، ޝިފްރާޒްއާއި، ފަރިޔާޝް ހުރިކަމަށާއި، މިއެންމެންވެސް މުޙައްމަދު
ޝިހާބުގެ ގައިގާ ޖެހިކަމަށް ބުނެ އެފަދައިން ތަޙްޤީޤުގައި ބަޔާން ދީފައިވާކަމާއި،
4 ހ2
Occuc
18 6
މިޑްޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
އެހެންނަމަވެސް، ކުރިންވެސް ފާހަގަކޮށްފައިވާފަދައިން މިމާރާމާރީ ހިންގާފައިވަނީ ގއ.
މާމެންދޫ އަތިރިފިނިވާގޭގެ ތެރޭގައިކަން މިމައްސަލައިގައި ހެކިބަސް ދިން އެންމެހައި ފަރާތްތަކުގެ
ބަޔާންތަކުން އެނގެން އޮތް އިރު، އޭރު އެޙާޟިރުގައި އެންމެ ގާތުން މިމަންޒަރުތައް ފެނުނު ގއ.
މާމެންދޫ އަތިރިފިނިވާގޭ ރަޤީބާ ޙުސައިން އާއި، މިމާރާމާރީ ޢަމަލީ ގޮތުން ހިންގުމުގައި ބައިވެރިވިކަމަށް
ތަޙްޤީޤުގައި އިޢުތިރާފުވި މުޙައްމަދު ޝަފްރާޒް އަދި އަތިރީފިނިވާގެ ޖިނާނު ޢަލީގެ ފަރާތުން ތަޙްޤީޤަށް
އަދި ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން ވަރަށް ތަފްސީލުކޮށް މިހާދިސާ ފެށިގެން ގޮސް
ނިމެންދެން ކިޔައިދީފައިވާއިރު، މިއިން އެއްވެސް ފަރާތެއްގެ ބަޔާނެއްގައި ފަރިޔާޝް އަޙްމަދު މިމާރާމާރީ
ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ބުނެފައިނުވާއިރު ޙުސައިން ސަޢީދު އާއި، މުޙައްމަދު
ޖިހާދަކީ، ގއ.މާމެންދޫ އަތިރީ ފިނިވާގޭގެ ތެރޭގައި މިމާރާމާރީ ހިންގި މަންޒަރު އެގޭގޭ ބޭރުން މަގުމަތިން
ފެނުނު
ފަރާތްތަކެއް
ބުނާކަން އެނގޭކަމާއި، މީގެ އިތު
އިތުރުން
2 މީހުންނާއި
އެއްޙާޟިރެއްގައި އެވަގުތު
2 މީހުންވެސް ބުނާ ގދ.ފަރެސްމާތޮޑާ ރޯޝަންހާރު ޢާދިލް އާދަމްގެ ތަޙްޤީޤު ބަޔާނުގައި
ބުނެފައިވަނީ އެގެއަށް ބަޔަކު ވަންނަތަން ދުށްކަމަށާއި، އެގެއަށް ވަތް މީހުންތައް ކޮންމެވެސް މީހެއްގެ
ގައިގައި ތަޅާގަތްކަން އެނގުނުކަމަށްބުނެ އެފަދައިންކަން އެނގެން އޮތުމުން، މިމަންޒަރު އެގޭގެ ތެރޭގައި
ހިނގިއިރު، އެމަންޒަރު ހިނގާދިޔަގޮތް އެމީހުންނަށް ސާފުކޮށް ފެނުނުކަމަށް އެމީހުން ބުނާ ބުނުމުގައި
ސުވާލު އުފެދޭކަމެވެ.
44s
ހުރިކަމަށް މި
COX
· ·
އޭނާގެ ގައިގާ
(އ) އަށްވަނަކަމަކީ، ޖަމާއަތް ހަދައިގެން ބަޔަކު، މީހަކު މެރުމަށް އެބައިމީހުންގެ ޤަޞްދު
އޮތްކަން ޝަރުޢީ މިންގަނޑުތަކުން ސާބިތުވާހިނދު އޭނާމެރުމުގައި އޭގެތެރެއިން ކޮންމެ މީހެއްގެ ފިއުލް
އެއީ އޭގެޒާތުގައި އޭނާ ފުރާނަ ދުއްވާލަނިވި ފިޢުލެއްކަމަށް ނުވިނަމަވެސް އެ އެންމެން
ތެޅުމުގެ ޤަޞްދުކޮށް ތެޅިތެޅުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ މަރުވެއްޖެނަމަ އެ
އެންމެންގެ ކިބައިން
ޤިޞާޞް ހިފޭނެކަމަށް އިސްލާމީ ފިޤުހުގެ ޢިލްމުވެރިން ކުރައްވާފައިވާ ބަސްފުޅުތަކުން އެނގެން
އޮންނަކަމަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވައި
ޤަރާރުކުރައްވާފައިވާ ޝަރުޢީ އަދި ޤާނޫނީ އުސޫލަކީ ގިނަބައެއްގެ ޢަމަލުތަކުން މީހަކު މަރާލާ ޙާލަތުގައި
އުޞޫލުކަމަށް ވީހިނދު އެއުޞޫލަށް މިމައްސަލަ ފައްތާއިރު، ފަރިޔާޝް އަޙްމަދަކީ
މުޙައްމަދު ޝިހާބުގެ މަރުގެޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއްކަމަށް ދައުލަތުގެ
2
އދ39 މ 8
6
ޚުލާސްރންޖް"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ރާނީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
18
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/21
COCOC
OCOCO
ކެބޭނޭބޮ
COC
ފަރާތުން ބުނާއިރު، ގިނަ ބަޔަކުވެގެން މީހަކު މަރާލުމުގައި ބައިވެރިވެއްޖެނަމަ އެމީހަކު މަރާލުމުގައި
ބައިވެރިވި އެންމެންގެ މައްޗަށް ޤިޞާސް ހިފޭނީ އެކަމުގައި އެފަދަ މީހަކު ބައިވެރިކަމަށް އެއްވެސް
ޝައްކެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާން އޮންނަ ޙާލަތުގައި ކަމާއި، މިމައްސަލައިގައި ކަން
ހިނގާފައިވާ ގޮތްކަމަށް އިސްވެ އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅުނު ލިޔުންތަކަށް ބަލައި
ދެނެގަނެވެން އޮތް ނަތީޖާއަށް ބެލުމުން، މުޙައްމަދު ޝިހާބު މަރުވެފައިވަނީ އޭނާއާ މެދު ބަޔަކު މީހުން
ހިންގި މާރާމާރީގެ ނަތީޖާއެއްގެ ގޮތުންކަމާއި، މުޙައްމަދު ޝިހާބުގެ މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން،
މުޙައްމަދު ޝިހާބު މަރުވެފައިވަނީ އޭނާގެ ބޮލަށާއި، ސިކުނޑިއަށް އަދި ހަށިގަނޑަށް ލިބިފައިވާ
އަނިޔާތަކުގެ ސަބަބުން ކަމާއި، މުޙައްމަދު ޝިހާބު މަރުވުމަށް މެދުވެރިވިކަމަށް ބެލެވެން އޮތް މާރާމާރީ
އޭނާއާއި މެދު ހިންގިފައިވަނީ ގއ.މާމެންދޫ އަތިށީފިނިވާގޭގެ ތެރޭގައި އަދި އެގޭގެ ބޭރުން މަގުމަތީގައި
ކަމާއި، އަތިށީފިނިވާގޭގެ ތެރޭގައި މާރާމާރީ ހިންގިއިރު، އެޙާޟިރުގައި ހުރި ފަރާތްތަކުން ދީފައިވާ
ހެކިބަހަށް ބެލުމުން، މުޙައްމަދު ޝިހާބުގެ ބޮލުގައި ލަކުޑި ބުރިއަކުން ޖެހިފަރާތަކާއި، އެގޭތެރޭގަ
ތިރޭގައި މާރާމާރީ
ހިންގި މީހުންގެ ނަންތައް ކިޔައިދީފައިވާއިރު، އެގޭތެރޭގައި މުޙައްމަދު ޝިހާބާއި މެދު ފަރިޔާޝް އަޙްމަދު
މާރާމާރީ ހިންގިކަން މިފަދަ މައްސަލައެއްގައި ބަލަންޖެހޭ މިންގަނޑުކަމަށްވާ އެއްވެސް ޝައްކެތް ނެތް
މިންވަރަށް ސާބިތުވާކަމުގައި ބެލެވެންނެތްކަމާއި، ގއ.މާމެންދޫ އަތިށީފިނިވާގޭގެ ތެރޭގައި މިމާރާމާރީ
ހިންގުމަށްފަހު، މުޙައްމަދު ޝިހާބު އެގެއިން ނެރެގެން މަގުމަތީގައި އޮއްވާވެސް އޭނާއާއި މެދު ބަޔަކު
މާރާމާރީ ހިންގިކަމާއި އަދި އެމަންޒަރު ފެންނަ ގޮތަށް އެރަށުގެ ވަރަށް ގިނަ ބަޔަކު ތިބިކަން ހެކިންގެ
ހެކިބަހުން އެނގޭއިރު، އެފަރާތްތަކުގެ ހެކި ބަސް ނެގިފައިނެތްކަމާއި، މީގެ އިތުރުން މިމައްސަލައިގައި
ހެކިބަސް ދިން ފަރާތްތަކުން ދެއްކި ވާހަކަތަކުންވެސް މުޙައްމަދު ޝިހާބުއާއި މެދު ފަރިޔާޝް އަޙްމަދު
ގއ.މާމެންދޫ އަތިށީފިނިވާގޭގެ ބޭރުން މަގުމަތީގައިވެސް މާރާމާރީ ހިންގާފައިވާކަން އެއްވެސް ޝައްކެތް
މިންވަރަށް އެނގެން ނެތްކަމާއި، މިޙާދިސާ ފަރިޔާޝް އަޙްމަދާއި ގުޅުވާލުމަށް އިތުރު އެހެން
ހެކިތަކެއް ނުވަތަ ޤަރީނާތަކެއް ހުށަހެޅިފައި ނެތްކަމާއި، މިހެންކަމުން އިސްވެ އިޝާރާތްކުރެވުނު އެންމެހައި
ކަންކަމުގެ މައްޗަށް ބެލުމުން، 17 ޖުލައި 2006 މިތާރީޚުގައި މުޙައްމަދު ޝިހާބު މަރުވެފައިވަނީ
ފަރިޔާޝް އަޙްމަދު ކުރި ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުންކަން އެއްވެސް ޝައްކެތްނެތި ޝަރީޢަތަށް
ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އެއްބަސްވެވުނުކަމެވެ.
Occc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
19
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/213
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
14 ޖުލައި 2006 ދުވަހު މުޙައްމަދު ޝިހާބު
ގއ.މާމެންދޫއަށް ގޮސް އެރަށު އަތިރިފިނިވާގޭގައި ހުއްޓާ ޢަލީ މަސްޢޫދު ސަޢީދުއާއި، ފަރިޔާޝް
އަޙްމަދުއާއި، މުޙައްމަދު ޤާސިމްއާއި، މުޙައްމަދު ޝިފްރާޒް އެގެއަށްވަދެ މުޙައްމަދު ޝިހާބުގެ ގައިގާ
ލަކުޑިފަތިބުރިތަކުންނާއި މިހަތަރުމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީހިންގާފައިވާކަން ހެކިންގެ
ހެކިބަހުން އެނގެންއޮންނައިރު، މިމާރާމާރީގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދެމުންދަނިކޮށް 17
ޖުލައި 2006 ދުވަހު މުހައްމަދު ޝިހާބު މަރުވެފައިވާކަން އެނގެން އޮތުމުން ޤަޞްދުގައި މީހަކު
ކުށުން ފަރިޔާޝް އަޙްމަދު ކުށްވެރިވެއްޖެކަމަށް
ކަމަށް ކަނޑައަޅާ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޗުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ފަރިޔާޝް އަޙްމަދު މެރުމަށް ކުރައްވާފައިވާ ޙުކުމުގެ
އެބަޔަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ.
ޤާނޫނުލްޢުޤޫބާތުގެ
CC cuco Oc
1664/JC/2006
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، ޤަސްދުގައި މީހަކު މަރާލުމުގެ ކުށުން ފަރިޔާޝް އަޙްމަދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 80 ވަނަ މާއްދާގެ (ރ)
ގެ ދަށުން ފަރިޔާޝް އަޙްމަދު މެރުމަށް ކުރައްވާފައިވާ ޙުކުމުގެ
ކުމުގެ އެބައި ބާތިލުކުރަންޖެހޭކަމަށް
މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ޖިނާއީ ކޯޓުގެ
2006/JC/1664 ޤަޟިއްޔާގައި، ގއ. މާމެންދޫ، ޖަވާހިރުވާދީ! ފަރިޔާޝް އަޙްމަދު
މެރުމަށްކޮށްފައިވާ ޙުކުމްގެ އެބައި ބާޠިލުކޮށް، މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ނަންބަރު
Ox>
oxo
މާއްޖާގެ ޙައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv