ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/327 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/327
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 327/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
ރަޖިސްޓްރީ ނަންބަރު: 680-C
ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ ޓަވަރ
ބޮޑުތަކުރުފާނު މަގު | ކ. މާލެ
މިހާރުގެ އެޑްރެސް: އެމް.ޓީ.ސީ.ސީ ޓަވަރ
ބޮޑުތަކުރުފާނު މަގު / ކ. މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އަޙްމަދުދީދީ
އައިޑީ
ދާންދޫ
ދާއިމީ އެޑްރެސް: މާރިޔާ | .
މިހާރުގެ އެޑްރެސް: މާރިޔާ
.. މވ .3
A063928
/ ތpp
ގއ. ދާންދޫ
::
• ރަޖިސްޓްރީ ތާރީޚް: 11 ޞަފަރު 1436
03 ޑިސެމްބަރު 2014
ނިމުނު ތާރީޚް:
21 ޞަފަރު 1438
21 ނޮވެމްބަރު 2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P7C/50
ޤަޟިއްޔާ
ނިންމެވި ކޯޓު:
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
• ހުށަހެޅި ތާރީޚް: 03.04.2013
ނިމުނު ތާރީޚް: 2014-19.06
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ޑްގަ
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު ޢަބްދުއްރައޫފް އިބް
އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބު އުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:33252029 ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
2014/HC-A/327
ދަޢުވާގެ ޚުލާޞާ
އެންޑް
ހުއްދަ“ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާ، އެ ކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ޓްރާންސްޕޯޓް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕީލކ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
| މާޒިޔާ، އަޙްމަދުދީދީ އެވެ.
CCC.
728 2
(1
އިސްތިއުނާފު ކުރެވޭ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50
ޤަޟިއްޔާއަކީ 2009 ވަނަ އަހަރު ތެރޭގައި ދާންދޫގެ އިރުމަތީ ފަރާތުން 60 ފޫޓުގެ ފުޅާމިނަށް
ބިންބޮޑުކޮށް ފަސްއެޅުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
(އެމް.ޓީ.ސީ.ސީ) އިން ކުރިއިރު އެ މަސައްކަތް ކުރުމަށް ބޭނުންކުރި އެކްސްކަވޭޓަރ އާއި ލޮރީ އަދި މިނޫންވެސް
އެބާވަތުގެ ބަރުވެހިކަލްތައް، ގއ. ދާންދޫ އިރުމަތީ ފަރާތު ގޮނޑުދޮށާއި އެންމެ ކައިރީގައި ހުރި މާހިޔާ ގޭގެ
އިމުގެ ކައިރީން ދުއްވުމުގެ ސަބަބުން އެގޭގެ ޢިމާރާތުގެ އެކިތަންތަނުން ރެނދުލައި ގޭގޭ ފުރާޅުގައި ޖަހާފައިވާ
ސިމެންތި ޓިނުތައް ފަޅަފަޅައިގެންގޮސް މާހިޔާގެއަށް -/99,600ރ (ނުވަދިހަ ނުވަހާސް ހަސަތޭކަ) ރުފިޔާގެ
ގެއްލުން ވެފައިވާކަމަށާއި، މާރިޔާ އަށް ލިބުނު ގެއްލުންތައް ލިބިފައިވަނީ ދާންދޫގެ އިރުމަތީ ފަރާތަށް
ފަސްއެޅުމަށްޓަކައި ފަސްބަރުކޮށްގެން ދަތުރުކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ (އެމް.ޓީ.ސީ.ސީ)ގެ އެއްގަމު އުޅަނދުތައް މާކިޔާ ގޭގެ އިމުގެ ކައިރީން ދަތުރު ކުރުމުގެ ސަބަބުންކަމަށާއި،
މާހިޔާގެއަށް ލިބުނު ގެއްލުން މަރާމާތުކުރެވޭނީ -/99,600ރ (ނުވަދިހަ ނުވަހާސް ހަސަތޭކަ) ރުފިޔާ
ލިބިގެންކަމުގައި ބުނެ އެ ފައިސާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްކީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325.029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/327
(އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ހޯދުމަށް އެދި
ގއ. ދާންދޫ | މާރިޔާ އަޙްމަދުދީދީ ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަމާއި،
ce
#
OcOOX
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ދެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހެކިތަކަށާއި މި ޤަޟިއްޔާގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތްކޮށް ބެލުމަށްފަހު 2009 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ (ޕަބްލިކް ލިމިޓެޑް) ގެ ފަރާތުން ގއ. ދާންދޫގެ އިރުމަތީފަރާތަށް 60 ފޫޓަށް
ފަސްއެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރި ބަރުވެހިކަލްތައް ދާންދޫ މާހިޔާގޭ ޢިމާރާތާއި މާކައިރީން
ދުއްވުމުގެ ސަބަބުން ގއ. ދާންދޫ މާހިޔާގޭގެ ފުރާޅުގައި ޖަހާފައިވާ ސިމެންތި ޓިނުތައް ފަޅަފަޅައިގެން މާހިޔާގޭ
އެކިތަންތަނުން ރެނދުއަޅައި ގޭގެ ތަޅުންގަނޑު ފަޅަފަޅައިގެން ގޮސްފައިވާތީ މާރިޔާ އަށް ލިބުނު މިގެއްލުން
މަރާމާތުކުރުމަށް -/99,600ރ (ނުވަދިހަ ނުވަހާސް ހަސަތޭކަ ރުފިޔާ) އެމް.ޓީ.ސީ.ސީގެ ފަރާތުން ހޯދުމަށް ގއ.
ދާންދޫ މާރިޔާ އަޙްމަދުދީދީ 3 އޭޕްރީލް 2013 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)ގެ މައްޗަށް ކުރި މިދަޢުވާއާއި ގުޅިގެން މިދަޢުވާއަށް އިންކާރުކުރަމުން ކޯޓުން
ބޭރުގައި މި މައްސަލަ ޙައްލުކުރުމަށް ފެންނަކަމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ބުނެ
އެދުނު އެދުމުގެ މަތިން މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ޝަރީޢަތުގެ ފަރާތުން ދިން ފުރުސަތުގައި
ދަޢުވާކުރާ ގއ. ދާންދޫ މާރިޔާ އަޙްމަދުދީދީއާއި، މިދަޢުވާލިބޭ ފަރާތްކަމުގައިވާ އެމް.ޓީ.ސީ.ސީ އާއި ދެމެދު
އެއްބަސްވުމަކާއި ހަމަޔަށް ނާދެވި ގިނަދުވަސްވަމުން ދިޔަދިއުމާއެކު 2009 ވަނަ އަހަރުގައި
އިރުމަތީފަރާތަށް ފަސްއެޅުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ބޭނުންކުރި ބަރުވެހިކަލްތައް
ދާންދޫ މާހިޔާގޭގެ ޢިމާރާތުގެ ކައިރީން ދުއްވުމުގެ ސަބަބުން މާރިޔާ އަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް
-/25,000ރ (ފަންސަވީސް ހާސް ރުފިޔާ) ދީފާނެކަމުގައި ގއ. ދާންދޫ މާރިޔާ އަޙްމަދުދީދީއަށް އެމް.ޓީ.ސީ.ސީގެ
ފަރާތުން ފޮނުވި ނަންބަރު 2014
/
219/MTCC
-
LD
/
MIS (30 އޭޕްރީލް 2014) ގެ ސިޓީއިން އެންގެވި
އެންގެވުމަކީ މިކަމަށް ވެފައިވާ ޢިއުތިރާފެއްކަމަށްވާތީ މިވެފައިވާ ޢިއުތިރާފްގެ މައްޗަށާއި، އަދި
440
ދިވެހިރާއްޖޭގެ ހައިކޯޓް އެބު އުޒުހިނގުން މާލެ ދިވެހިރާއްޖެ :3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
4
2014/HC-A/327
ބ*
ލިބިފައިވާ އެންމެހައި ހެކިތަކަށާއި، ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދާންދޫ މާހިޔާގެއަށް ލިބިފައިވާ
ގެއްލުން ލިބިފައިވަނީ 2009 ވަނައަހަރު އެމް.ޓީ.ސީ.ސީގެ ފަރާތުން ދާންދޫގެ އިރުމަތީފަރާތަށް
ފަސްއެޅުމުގެ މަސައްކަތް ކުރެއްވުމަށް ބޭނުންކުރެއްވި ބަރުވެހިކަލްތައް މާހިޔާގެއާއި، މާކައިރީން ދުއްވުމުގެ
ސަބަބުންކަން ޝަރީޢަތުގެ ފަރާތުން ކަނޑައަޅައި އަދި މިހާރު މުދަލުގެ އަގާއި މަސައްކަތުގެ އަގު
ދުވަހެއްދުވަހަކަށް މަތިވަމުންދާތީ މާރިޔާ އަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރެވޭނެކަމަށް މާރިޔާ އަޙްމަދުދީދީ
ހުށަހެޅި -/99,600ރ (ނުވަދިހަ ނުވަހާސް ހަސަތޭކަ) ރުފިޔާ އަކީ ޝަރީޢަތުން ޤަބޫލުކުރާ މިންވަރުކަމަށް
ކަނޑައަޅައި މިފައިސާ މިއަދު 19 ޖޫން 2014 ވަނަ ދުވަހުން ފެށިގެން 21 (އެކެއް) މަސް ދުވަހުގެ ތެރޭގައި
ގއ. ދާންދޫ މާރިޔާ އަޙްމަދުދީދީއަށް ރައްދުކުރުމަށްޓަކައި ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކާ
ޚަލާސްކުރުމަށް އެމް.ޓީ.ސީ.ސީގެ މައްޗަށް އަންގައި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާ އެ ކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް
ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ޑ
0
ޤައެލަނeއ
ފުރަތަމަ ނުކުތާއަކީ،
ގއ. ދާންދޫ ރަށު ކައުންސިލަކީ ޢިމާރާތްތަކަށް
ތަޙުޤީޤުކޮށް ކޮންޓިފައިކޮށް، އެގެއްލުންތައް ދިމާވާ ސަބަބުތައް ދެނެގަނެވޭނެ ޓެކްނިކަލް ނުވަތަ ޤާނޫނީ ބާރެއް
އޮތް ފަރާތެއް ނޫންކަމަށް ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން ބުނެފައިވީނަމަވެސް އެކަމަށް
ރިޢާޔަތްނުކުރައްވާ ޙުކުމްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު އުޒުހިނރގުން މާލެ ދިވެހިރާއްޖެ ޕޯން:3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
5
2014/HC-A/327
13ހ
ދެވަނަ ނުކުތާއަކީ، ދާންދޫ ޒާހިޔާއެވެ ކިޔާ ގެއަށް -/99,600ރ (ނުވަދިހަ
ނުވަހާސް ހަސަތޭކަ) ރުފިޔާގެ ގެއްލުންވެފައިވަނީ ކިހިނެއްކަމާއި، އެކަން ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުން
އަގުމަގު ކުރިގޮތެއް އިސްވެ ދެންނެވި ޤަޟިއްޔާއިން ސާފުކޮށްދެއްވާފައި ނެތްކަމަށާއި އަދި މިކަމާމެދު މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ދައްކާފައިވާ އެއްވެސް ވާހަކައަކަށް ރިޢާޔަތް
ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
86
ތިންވަނަ ނުކުތާއަކީ، ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50
ޤަޟިއްޔާގައި ހުށަހެޅުނު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ނަންބަރު
2014
/
219/MTCC
-
LD
/
MIS (30 އޭޕްރީލް 2014) ސިޓީއަކީ އެ ކުންފުންޏާ ދެކޮޅަށް ބޭނުންކުރެވޭނެ
ލިޔުމެއް ނޫންކަމަށް ނުވަތަ (WITHOUT PREJUDICE) އުޞޫލުން ފޮނުވާފައިވާ ލިޔުމެއްކަމުގައި
ވީނަމަވެސް، އެކަމަށް ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގައި
ރިޢާޔަތްކުރައްވާފައިނުވުން އަދި އެލިޔުމުގެ މައްޗަށް ބިނާކޮށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/P5C/50 ޤަޟިއްޔާގައި 2009 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ގއ. ދާންދޫ އިރުމަތީފަރާތުގައި ފަސްއެޅުމުގެ ވަ=އްކަތް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325.029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
6
2014/HC-A/327
ކުރިއަށް ގެންދިޔައިރު ބޭނުންކުރި ބަރުވެހިކަލްތައް ދާންދޫ | މާހިޔާގޭ ޢިމާރާތާއި މާކައިރީން ދުއްވުމުގެ
ސަބަބުން ގއ. ދާންދޫ | މާހިޔާގޭގެ ފުރާޅުގައި ޖަހާފައިވާ ސިމެންތި ޓިނުތައް ފަޅަފަޅައިގެން ގޮސް މާހިޔާގޭ
އެކިތަންތަނުން ރެނދުލާފައިވާތީ، މާރިޔާ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ގެ މަރާމާތުކުރުމަށް
-/99,600ރ (ނުވަދިހަ ނުވަހާސް ހަސަތޭކަ ރުފިޔާ) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ހޯދުމަށް އެދި ގއ.ދާންދޫ މާހިޔާ، އަޙްމަދު ދީދީގެ ފަރާތުން
ހުށަހެޅިކަމާއި،
ބުނެވުނު ޤަޟިއްޔާގައި
ދާންދޫ | މާރިޔާ އަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރުވެހިކަލްތައް
ދާންދޫ | މާހިޔާގޭ އިމާރާތުގެ ކައިރިން ދުއްވުމުގެ ސަބަބުން ލިބުނު ގެއްލުމެއްކަން މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން އަޙްމަދު ދީދީއަށް ފޮނުވި
އެ ކުންފުނީގެ ނަންބަރު 2014
/
219/MTCC
-
LD
/
MIS
(30 އެޕްރީލް 2014) ސިޓީގައި ވެފައިވާ
އިޢުތިރާފުންނާއި، ހުށަހެޅިފައިވާ ހެކިތަކާއި، ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
އެ ބަދަލު ނަންގަވައިދެއްވާފައިވާކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ގއ. ދާންދޫ | މާހިޔާގޭ ޢިމާރާތަށް ލިބުނު ގެއްލުމަކީ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރުވެހިކަލްތައް
އެ ގޭ ކައިރިން ދުއްވުމުގެ ސަބަބުން ލިބުނު ގެއްލުމެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކީގެ ގޮތުގައި
ވިލިނގިލި/ ކަޝްމީރުވިލާ، އަޙްމަދު ޢަލީ ދީފައިވާ ހެކިބަހުގެ އިތުރުން، އަޙްމަދު ދީދީގެ ފަރާތުން
ހުށަހަޅާފައިވާ ފައިސާގެ ބިލާއި، ހުވަދުއަތޮޅު ދެކުނުބުރީ ދާންދޫ އޮފީހުގެ ނަންބަރު 2009
/
298/P5
-
C
((މާހިޔާގެއަށް ލިބުނު ގެއްލުންތަކާބެހޭ ) 20 ޖުލައި 2009) ގެ ލިޔުމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން އަޙްމަދު ދީދީއަށް
އްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބު އުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:33252029 ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
1
2014/HC-A/327
ކުންފުނީގެ ނަންބަރު 2014
/
219/MTCC
-
LD
/
MIS
(30 އެޕްރީލް 2014) ސިޓީ ހުށަހަޅާފައިވާކަން
އެނގޭކަމާއި،
ބުނެވުނު ހެކީންގެ ހެކިބަހަށާއި ލިޔުންތަކަށް ބަލާއިރު އަޙްމަދު ޢަލީ މުލަކު އަތޮޅު ކޮޅުފުށީ
މެޖިސްޓްރޭޓް ކޯޓުގައި (17 ޖޫން 2014) ދީފައިވާ ހެކިބަހުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ފަސްފެތުރުމުގެ މަސައްކަތް ކުރަމުންދިޔައިރު،
ގއ. ދާންދޫ | މާހިޔާގޭ ފަރާތުން ޝަކުވާއެއް ކޮށްފައިވާކަމަށާއި، ބުނެވުނު ޝަކުވާއާ ގުޅިގެން އެ ގޭ ބަލަން
ދިޔަކަމަށާއި، އެ ގޭ ފާރުގައި ރެނދުތަކެއް ހުރިކަމަށާއި، ނަމަވެސް އެއީ ކޮންއިރަކު ކިހިނަކުން އަޅާފައި ހުރި
ރެނދުތަކެއްކަން އެ ގޭ މީހުންނަށްވެސް ނޭނގޭކަމަށާއި، އެއީ ސުނާމީގެ ކުރީގެ ގެއެއްކަމަށް ބުނެފައިވާކަން
ދާންދޫ | މާހިޔާގެއަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް ޓްރާންސްޕޯޓް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބަރު ވެހިކަލް ދުއްވުމުގެ ސަބަބުން ލިބުނު
އެނގެންއޮތުމުން،
އެންޑް
ގެއްލުމެއްކަން އެނގެންނެތްކަމާއި،
ޕީއ.
އަޙްމަދު ދީދީގެ ފަރާތުން ހުށަހެޅި ހުވަދުއަތޮޅު ދެކުނުބުރީ ދާންދޫ އޮފީހުގެ ނަންބަރު
2009
/
298/P5
-
C ((މާހިޔާގެއަށް ލިބުނު ގެއްލުންތަކާބެހޭ ) 20 ޖުލައި 2009) ގެ ލިޔުމަށް ބަލާއިރު،
ބުނެވުނު ލިޔުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ
ފަރާތުން ބޭނުންކުރި ބަރުވެހިކަލްތަކުން ދާންދޫ | މާހިޔާގޭ ކައިރިން ފަސްގަނޑު ފަތުރަމުން ދިއުމުގައި އެ
ގެއަށް ބޮޑެތި ލޮޅުންތައް އަރާ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ބުނެފައިވާއިރު، ގެއަށް ލިބިފައިވާކަމަށް
ފާހަގަކުރެވިފައިވާ ގެއްލުންތަކަކީ، އެ ޢިމާރާތުގެ އެކިތަންތަނުގައި ރެނދުލާފައި ހުރި ހުރުންކަން އިސްވެ ބުނެވުނު
ލިޔުމަށް ބެލުމުން އެނގޭކަމާއި،
ބުނެވުނު ލިޔުމުގައި
ގއ. ދާންދޫ / މާޒިޔާގެއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެފައިވާއިރު،
ލިބިފައިވާކަމަށް ކަނޑައެޅުނުގޮތާއި އެ ރެނދުތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރު ވެހިކަލްތައް ދުއްވުމުގެ ކުރިން
އެ
2
8
9
8 ދވ
ގއނeއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން:3325.029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/327
ދީ ތ 38 * 4
އދކވެ
އެ ގޭގައި ހުރި ރެނދުތަކެއްތޯއާއި، އަދި ގއ. ދާންދޫ | މާހިޔާގޭގައި ރެނދުތަކެއް ހުރިކަމަށް އިޝާރާ
އެ ލިޔުމުގައި ބަޔާންކޮށްފައިވާއިރު، ބުނެވުނު ރެނދުތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބެނުންކުރި ވެހިކަލްތަކުގެ ސަބަބުން ލީ ރެނދުތަކެއްކަން މި
މައްސަލައާ ގުޅިގެން ހުށަހެޅުނުލިޔުންތަކުން އެނގެންނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދާންދޫ | މާހިޔާގެއަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރު
ވެހިކަލްތައް އެ ގެއާ ކައިރިން ދުއްވުމުގެ ސަބަބުން ލިބުނު ގެއްލުމެއްކަމަށް ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރެއްވި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ނަންބަރު
2014
/
219/MTCC
-
LD
/
MIS (30 އެޕްރީލް 2014ސިޓީއަށް ބަލާއިރު،
އިޝާރާތްކުރެވުނު ސިޓީގެ 5 (ފަހެއް) ވަނަ ނަންބަރުގައި، އެ ސިޓީއަކީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގެ ދަޢުވާ ދިފާޢުކުރުމުގައި އަދި އެ މައްސަލައާ
ގުޅިގެން އުފުލޭ އެހެން މައްސަލައެއްގައި ނުވަތަ ދަޢުވާއެއްގަ
ވާއެއްގައިވެސް، އެ ކުންފުނިން މައްސަލަ ދިފާޢުކުރުމަށް
އޮތް އެއްވެސް ޙައްޤަކަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް ފޮނުވޭ ސިޓީއެއްކަމަށާއި، އަދި އެ ސިޓީއަކީ
އެއްވެސް ފަރާތަކުން އެ ކުންފުންޏާ ދެކޮޅަށް ކުރާ ދަޢުވާއެއްގައިވިޔަސް މައްސަލައެއްގައި ވިޔަސް އެ ކުންފުންޏާ
ދެކޮޅަށް ބޭނުންކުރެވިދާނެ ލިޔުމެއްނޫންކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން،
ބުނެވުނު ސިޓީއަކީ ވިތައުޓް ޕުރިޖުޑިސް (WITHOUT PREJUDICE) އުޞޫލުން
ފޮނުވާފައިވާ ސިޓީއެއްކަން އެނގޭކަމާއި، އިޝާރާތްކުރެވުނު އުޞޫލުގެދަށުން ފޮނުވި އެ ސިޓީއަކީ ކޯޓުން
ބެރުގައި މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި ފޮނުވާފައިވާ ސިޓީއެއްކަން އެނގެންއޮންނައިރު، ބުނެވުނު
ސިޓީއަކީ، ކޯޓުގެ މަރުޙަލާގައި ހެކީގެ ގޮތުގައި ރިޢާޔަތްކުރެވިދާނެ ލިޔުމެއްނޫންކަން އެނގޭކަމާއި،
އިސްތިއުނާފުކުރެވޭ ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގައި ބުނެވި
02) 4 2 4
އހނވ2،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބު އުޒުހިނގުން މާލެ ދިވެހިރާއްޖެ :3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
9
2014/HC-A/327
ގެއާ ކައިރިން
probandi)
(onus
(
ސިޓީއާ ޙަވާލާދީ ދާންދޫ | ހިޔާގެއަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރު ވެހިކަލްތައް އެ
ދުއްވުމުގެ ސަބަބުން ލިބުނު ގެއްލުމެއްކަން އެނގޭކަމަށް ކަނޑައަޅުއްވާފައިވަނީ އިސްވެ ބުނެވުނު ވިތައުޓް
ފުރިޖުޑިސް (WITHOUT PREJUDICE) އުސޫލާ ޚިލާފަށްކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި "..ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި
އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު"
(plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ
ކަމަށް
ކަނޑައަޅުއްވާފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި އަޙްމަދު ދީދީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮން
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި
ވެހިކަލްތަކެއް ގއ. ދާންދޫ | މާހިޔާގޭ ކައިރިން ދުއްވުމުގެ ސަބަބުން އެ ގެއަށް ލިބުނު ގެއްލުމުގެ ބަދަލު
ހޯދުންކަން އެނގެންއޮންނައިރު، ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އަޙްމަދު ދީދީކަމުގައި ވީހިނދު،
އަޙްމަދު ދީދީގެ ފަރާތުން ހުށަހެޅި އިސްވެ ބަޔާންކުރެވުނު ހެކީންގެ ހެކިބަހަށާއި ލިޔުންތަކުން، ދާންދޫ |
މާހިޔާގޭ ޢިމާރާތަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
(އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ބޭނުންކުރި ބަރު ވެހިކަލްތަކެއް ގއ. ދާންދޫ | މާހިޔާގޭ ކައިރިން ދުއްވުމުގެ
ސަބަބުން ލިބުނު ގެއްލުމެއްކަން އަޙްމަދު ދީދީއަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އެހެންކަމު
އިސްތިއުނާފުކުރެވޭ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގައި
"ދަފްއެއް"
ކުރާ ފަރާތް..."
ދިވެހިރާއްޖޭގެ ހައިކޯޓް އާބު އުޒުހިނރގުން މާލެ ދިވެހިރާއްޖެ ޕޯން:3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
10
2014/HC-A/327
{ މާރިޔާ އަށް ލިބިފައިވާކަމަށް ބުނާ ގެއްލުމާއި ގުޅިގެން ނަގާދިނުމަށް ޙުކުމްކުރައްވާފައިވާ ބަދަލަކީ ނަގައިދެވޭނެ
ބަދަލެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނުކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ގއ. ދާންދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލި ހުރިހާ
ފަނޑިޔާރުންނަށްވެސް ފެނުނެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/P5C/50 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325.029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv