ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/28 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 28/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: އައިޝަތު އާޞިމާ
ދާއިމީ އެޑްރެސް: ހ.ސުނޫޕީ / މާލެ
އައި.ޑީ.ކާރޑް ނަންބަރ: A009949
* މިހާރުގެ އެޑްރެސް: މ.ގުލްފާމުގެ / މާލެ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އެޑްރެސް: ޓީ-ބިލްޑިންގ ( މާލެ * މިހާރުގެ އެޑްރެސް: ޓީބިލްޑިންގ | މާލެ
ދާއިމީ
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖަނަވަރީ 2015
ނިމުނު ތާރީޚް: 23 ނޮވެމްބަރު 2016
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2014
/
005/TAT
-
CA
-
W
*މައްސަލައިގެ ބާވަތް: ވިތްހޯލްޑިންގ ޓެކްސް
* މައްސަލަ ނިންމި ތަން: ޓެކްސް އެޕީލް ޓްރައިބިއުނަލް
* ނިންމެވި ތާރީޚް: 10 ނޮވެމްބަރ 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުﷲ ޙަމީދު،
ފަނޑިޔާ އަލީ ސަމީރުއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
ދަޢުވާގެ ޚުލާޞާ
މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލަ
އެޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެމައްސަލަ އިސްތިއުނާފު ކުރުމަށް ހ.ސުނޫޕީ| ޢާއިޝަތު އާޞިމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލަ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކުރުމަށް ހ.ސުނޫޕީ ޢާއިޝަތު އާޞިމާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
-2
TAT-CA-W/2014/005
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ހ.ސުނޫޕީ؛ ޢައިޝަތު އާޞިމާ
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު)ގެ ދަށުން ދައްކަންޖެހޭ
ވިތްހޯލްޑިންގ ޓެކުހާ ގުޅިގެން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކޮށްފައިވާ
އޮޑިޓަކަށް ފަހު 27 ނޮވެމްބަރ 2013 ގައި މީރާއިން ޢާއިޝަތު އާޞިމާއަށް ފޮނުވާފައިވާ ނަންބަރު
3-a 8- (%) 3,5 : 5 = 220-BPT/PRIV/2013/4621
އާޞިމާ ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައަމްގައި ހާ
ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްނޫން ކަމަށް ބަޔާންކޮށް، 24 ޑިސެމްބަރ 2013 ގައި
etc.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
އިއުތިރާޒު ގުޅިގެން، މީރާއިން 10 މާރޗް 2014 ގައި ނިންމި ނަންބަރު 2013
/
52/TA-220
ނިންމުމާމެދު ޢާއިޝަތު އާޞިމާ ހިތްހަމަނުޖެހޭތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ޓެކްސް އެޕީލް
ޓްރައިބިއުނަލްއަށް ހުށަހެޅުމުން ބެލެވުނު މައްސަލައެއް ކަމާއި، އެ މައްސަލައިގައި ނިންމަވާފައިވަނީ،
މީރާގެ ނަންބަރު 2013
/
52/OA-220 އިއުތިރާޒު ކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި މީރާއިން
ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް، އެ މައްސަލަ ބެލި ޓްރައިބިއުނަލްގެ 2 (ދޭއް) މެމްބަރުންގެ
އަޣުލަބިއްޔަތުން ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
3- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލަ
އެޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ
މައްސަލަ އިސްތިއުނާފު ކުރުމަށް ހ.ސުނޫޕީ/ ޢާއިޝަތު އާޞިމާގެ ފަރާތުން 05 (ފަހެއް) ނުކުތާ
ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ
މާއްދާގައި ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައިވަނިކޮށް ދިވެހިރާއްޖޭގެ ސަރަހައްދުން ނުވަތަ
ޖުރިސްޑިކްޝަނުން ބޭރުގައި ހިނގާފައިވާ މުޢާމަލާތަކުން ޤާނޫނު ނަންބަރު 2011/5 ގެ 2 ވަނަ އަދި 6
ވަނަ މާއްދާއާ ޚިލާފަށް ރާއްޖޭގައި ޓެކްސް
ސް ނެގޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާ ޝަރީޢަތުގެ މަޖިލީހުގައިވާ
އިއުތިރާފް ފިޔަވާ އެހެން އިއުތިރާފްތައް ހެކީގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ދެއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
(ނ) ތިންވަނަ ނުކުތާއަކީ: ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ނަންބަރު 2010/7 ގެ 3
ވަނަ މާއްދާގައި ބުނާ ޓެކްސް ދައްކާފަރާތުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އޮންނަ އޮބްލިގޭޝަން
ނުވަތަ އިލްތިޒާމާ ޚިލާފަށް ޢަމަލު ކުރުމުގެ ފުރުސަތު މީރާއަށް ލިބިދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ: ވިޔަފާރި ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު (ޤާނޫނު
ނަންބަރު 2011/5) ގެ 30 ވަނަ މާއްދާގައި ޓެކްސް ދެއްކުމަށް އެއްކިބާވުމަށް ކުރާ ޢަމަލުގެ ނިޔަތަކީ
ނުވަތަ މަޤްސަދަކީ ޓެކްސް ދެއްކުމުން އެއްކިބާވުން ކަމުގައިވާންޖެހޭ ހާލު އެފަދަ ނިޔަތެއް ނެތް ޢަމަލަކަށް
ބިނާކޮށް ޓެކްސް ނެގުމުގެ ފުރުސަތު މީރާއަށް ލިބިދެއްވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ބ) ފަސްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2011/5 (ވިޔަފާރި ފައިދާއިން ޓެކްސް
ނެގުމާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގައި ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބު ކުރުމުގައި ކައިވެނީގެ
ގުޅުމަށް ބެލުމަށް އޮންނަ
ވިތްހޯލްޑިންގ ޓެކްސް ނެގުމަށް ވެސް
ބޭނުން ކުރެއްވުމަކީ ޤާނޫނު ތަންދޭ
ކަމަކަށްނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
44
4- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލަ،
cu o
3,
އިސްތިއުނާފުކުރުމަށް، ހ.ސުނޫޕީ| ޢާއިޝަތު އާޞިމާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ
ގޮތުން ޢާއިޝަތު ޢާޞިމާގެ ފަރާތުންނާއި މި އިސްތިއުނާފު ދަޢުވާ ރައްދުވާ މީރާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
2014
/
005/TAT
-
CA
-
W މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/28
(ހ) ފުރަތަމަ ކަމަކީ: ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް
ނެގުމާބެހޭ ޤާނޫނު) ގެ 43 ވަނަ މައްދާގެ (ހ) ގައި "ވިތްހޯލްޑިން ޓެކްސް" ކަމަށް ބުނެފައިވަނީ އެ
ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ބިނާކުރެވޭ ޓެކްހަށް ކަމާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން
ނުގެންދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއް ނަމަ، އެ
ފައިސާ ދައްކާ ފަރާތުން އެ މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެއް ކަމަށް ބަޔާންކޮށްފައި
ވާއިރު، އެ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި "ހިންގުމުގެ ގޮތުން، އަމިއްލަ ގޮތުން ނުވަތަ
ޓެކްނިކަލް ގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާ، އަދި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ އެނޫން ވެސް
ފީއެއް ނުވަތަ ކޮމިޝަނެއް" މިފަދައިން ބަޔާންކޮށްފައި އޮންނައިރު،
މި މައްސަލަ އިސްތިއުނާފުކުރާ ހ.ސްނޫޕީ/ ޢާއިޝަތު އާޞިމާގެ ފަރާތުން ވިތްހޯލްޑިންގ
ޓެކްސް ދައްކަންޖެހޭނެ ކަމަށް މީރާގެ ފަރާތުން ބުނާ މުޢާމަލާތަކީ ޢާއިޝަތު އާޞިމާގެ ނަމުގައި
ހުޅުމާލޭގައި ހިންގަމުން ގެންދާ "އޯޝަންސް ސައުންޑް ގެސްޓް ހައުސް", އިގިރޭސިވިލާތުގެ
ވެބްސައިޓެއްގައި އިޝްތިހާރު ކުރުމަށް 15 މެއި 2013 އިން 15 މެއި 2014 ގެ ނިޔަލަށް 249.00]
(ދުއިސައްތަ ސާޅީސް ނުވައެއް ޕައުންޑް} ދައްކާފައިވާ މުޢާމަލާތް ކަމާއި، އެފައިސާ ދައްކާފައިވަނީ
ޢާއިޝަތު އާޞިމާގެ ފިރިމީހާގެ ނަމުގައި އިނގިރޭސިވިލާތުގެ ބޭންކަކުން ހައްދާފައިވާ ކްރެޑިޓް ކާޑަކުން
ކަމުގައިވީނަމަވެސް، "އޯޝަން ސައުންޑްސް ގެސްޓް ހައުސް"ގެ އެންމެހައި ކަންކަން އެ ވިޔަފާރީގެ
މެނޭޖަރެއްގެ ހައިސިއްޔަތުން ބަލަހައްޓަނީ އާއިޝަތު އާޞިމާގެ ފިރިމީހާ އިދުހާމް މުޢިއްޒު އަދުނާން
ކަމާއި، މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރާ ފޯމުގައި ވެސް މީރާއިން ކޮންޓެކްޓް (މުޢާސަލާތު) ކުރުމަށް
ދީފައިވަނީ އިދުހާމް މުޢިއްޒު އަދުނާންގެ އީމެއިލް އެޑްރެސްކަމާއި، އަދި މީރާއިން "އޯޝަންސް ސައުންޑް
ގެސްޓް ހައުސް" ކުރި އޮޑިޓާއި ގުޅިގެން ޢާއިޝަތު އާޞިމާގެ ފަރާތުން ކުރި ހުރިހާ މުޢާމަލާތެއް ކޮކީ
ޢާއިޝަތު އާޞިމާގެ ފިރިމީހާ އިފްޙާމް މުޢިއްޒު އަދުނާންގެ އީމެއިލް މެދުވެރިކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
މި މައްސަލާގައި ޢާއިޝަތު އާޞިމާގެ ފަރާތުން ވިތުހޯލްޑިނގް ޓެކްސް ދެއްކުމަށް މީރާއި
އަދުނާންޕާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނައިރު،
އެފައިސާ ދައްކާފައިވަނީ އިދުހާމް މުޢިއްޒު އަދުނާނުގެ ނަމުގައި އިގިރޭސިވިލާތުގެ ބޭންކަކުން ދޫކޮށްފައިވާ
ކުރެޑިޓް ކާޑަކުން ކަމުގައި ވީނަމަވެސް، އެއީ ޢާއިޝަތު އާޞިމާގެ ނަމުގައި ދިވެހިރާއްޖޭގައި
ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ އިސްވެ ބަޔާންކޮށްފައިވާ އޯޝަން ސައުންޑް ގެސްޓް ހައުސް" އިން
ދައްކާފައިވާ ފައިސާއެއް ކަމުގައި ބެލެވޭތީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް
ނެގުމާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާގެ ދަށުން ޓެކްސް ކުރެވޭނެ އެވިޔަފާރި އެމީހެއްގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކުންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަކީ
ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހާގެ އިޢުތިރާފާއި، ޤާނޫނާ ޚިލާފަށް ހޯދާ ހެއްކާ ގުޅޭ މާއްދާއެއް ކަމާއި،
ތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި،
ލެވޭނެކަމަށާއި، މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި،
ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫންކަމަށާއި، އެގޮތަށް ހޯދާ
ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ ނިޒާމުގައި މީރާއިން ގެންގުޅޭ އުސޫލަކީ "ޑެކްލެއަރޑް
ޑޮކިއުމަންޓްސް" ތަކަށް ޓެކްސް ކުރުން ކަމާއި، މީރާއިން ޢާއިޝަތު އާޞިމާއަށް ވިތްހޯލްޑިންގްސް ޓެކްސް
ދެއްކުމަށް އަންގާފައިވަނީ ޢާއިޝަތު އާޞިމާ އަމިއްލައަށް ހުށަހެޅި ލިޔުންތަކުގެ މައްޗަށްކަމާއި، މި
ލިޔުންތައް ދިނުމަށް ޢާއިޝަތު އާޞިމާއަށް އެއްވެސް ފަރާތަކުން މަޖްބޫރުކޮށްފައިވާކަން އެނގެން ނެތްމާއި،
އަދި މިލިޔުންތަކުގެ ޞައްޙަކަމާއިމެދު ޢާއިޝަތު އާޞިމާގެ ފަރާތުން އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި
0 ( 3 ދމ( * 4
އ 03ނ ތެހެމާތެކެވެ
އެހެން އިޢުތިރާފުތަކަކީ
¢¢ 0
¢ ކމ އ
3 ޑ އދއ
ހެއްކެއްކަމުގައެއް ނުބެލެވޭނެކަމ
މީރާއިން ކުރި އޮޑިޓްއަށް ޢާއިޝަތު އާޞިމާގެ ފަރާތުން ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް މޭނާކިށާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
ކަމާއި، އެލިޔުންތައް ހުށަހެޅުމަށް އަދި އެކަމާގުޅިގެން ވަކިގޮތަކަށް ބަޔާންދިނުމަށް މީރާގެ ފަރާތުން
ޢާއިޝަތު އާޞިމާއަށް އަންގާފައި ނުވާއިރު، އެލިޔުންތަކަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރި ތަޙްޤީޤަކަށް
ޢާއިޝަތު އާޞިމާއަށް މަޖްބޫރުކޮށް ނުވަތަ އޭނާގެ އިޚްތިޔާރުން ބޭރުން ހޯދާފައިވާ ލިޔުންތަކެއްކަމަށް
ބެލެވޭފަދަ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ޢާއިޝަތު އާޞިމާގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގައި
ދެއްކިފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ލިބިދޭ ދިފާޢު
މި މައްސަލާގައި ތަޠުބީޤު ނުކުރެވޭނެ ކަން އެނގެން އޮންނަކަމެވެ.
2 ހއ
ކޮންކްޝަން
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ޓޫރިސްޓް ރިޒޯޓެއްގައި ހުރި
އެނދުތައް ވިއްކުމަށް ބޭރުގެ ޓުއަރ އޮޕަރޭޓަރަކު ވެބްސައިޓްގައި އިސްތިހާރު ކުރުމަށް ހިންގާ ޚަރަދަކުން
ރިޒޯޓު ހިންގާ ފަރާތުން ވިތްހޯލްޑިންގ ޓެކްސް ދައްކަން ނުޖެހޭކަމާއި އެހެންކަމުން މައްސަލާގައި
ޢާއިޝަތު އާޞިމާ ނަމުގައި ރަޖިސްޓްރީކޮށް "އޯޝަންސް ސައުންޑް ގެސްޓް ހައުސް" ގެ ނަމުގައި
ހުޅުމާލޭގައި ހިންގަމުން ގެންދާ ގެސްޓް ހައުސް އިސްތިހާރުކުރުމަށް އާއިޝަތު އާޞިމާގެ ފިރިމީހާގެ
ނަމުގައި އިނގިރޭސިވިލާތުގެ ހައްދާފައިވާ ކްރެޑިޓް ކާޑަކުން އިގިރޭސިވިލާތުގައި ހިންގާ
ވެބްސައިޓަކަށް ދެއްކި ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ދައްކަންނުޖެހޭނެ ކަމަށް ބުނާއިރު، މިދެ
މުޢާމަލާތް ހިންގަމުން ގެންދާ ގޮތަށް ބަލާއިރު، ރާއްޖޭގައި ޓްއަރިސްޓް ރިޒޯޓު ހިންގާ ފަރާތްތަކުން ރިޒޯޓުގެ
އެނދުތައް ޓުއަރ އޮޕަރޭޓަރަށް ވިއްކާލުމުން އެ ރިޒޯޓުގެ އެރިޒޯޓަށް ފަތުރުވެރިން ގެނައުމަށް އެރިޒޯޓް
ހިންގާފަރާތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭކަމާއި، ހުރިހާ ޚަރަދެއްވެސް ކުރަނީ އެރިޒޯޓުގެ އެދުތައް
ގަތް ޓުއަރ އޮޕަރޭޓްކަމާއި، ޓުއަރ އޮޕަރޭޓަރު މާކެޓް ކުރުމުގެ ގޮތުން ކުރާ ޚަރަދުތަކަށް ރިޒޯޓު ހިންގާ
ފަރާތުން ޒިންމާވާން ނުޖެހޭތީ، އެއީ ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް ނޫންކަމާއި،
ނަމަވެސް، ރިޒޯޓު ހިންގާ ފަރާތުން އެފަރާތުގެ ރިޒޯޓް މާކެޓްކޮށް އިސްތިހާރު ކުރުމަށް ޓުއަރ އޮޕަރޭޓަރަށް
ފައިސާ ދައްކައިފިނަމަ، އެފައިސާއަކުން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭއިރު، މި
.ބާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/28
މުޢާމަލާތަކީ، އޯޝަން ސައުންޑް ގެސްޓް ހައުސް އިސްތިހާރު ކުރުމަށްޓަކައި އެގެސްޓް ހައުސް
ހިންގާފަރާތުން ދައްކާފައިވާ ފައިސާއެއް ކަމުގައިވާތީ އެފައިސާއިން ޓެކްސް ދައްކަންޖެހޭނެ ކަމަށް މީރާގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
() ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް
ނެގުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް ބަލާއިރު، ހޯދާ ޚިދުމަތަކާ ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅެމުން
ނުގެންދާ މީހަކަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ފައިސާއަކުން، އެފައިސާ ދައްކާ ފަރާތުން ޓެކްސް
ދައްކަން ޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން ޢާއިޝަތު އާޞިމާ ހިންގާ އޯޝަންސް
ސައުންޑް ގެސްޓް ހައުސް އިސްތިހާރުކުރުމަށް ފައިސާ ދައްކާފައިވަނީ އާއިޝަތު އާޞިމާގެ ފިރިމީހާގެ
ނަމުގައި އިނގިރޭސިވިލާތުގެ ބޭންކަކުން ހައްދާފައިވާ ކްރެޑިޓް ކާޑަކުންކަމާއި، މިއީ ދިވެހިރާއްޖެއިން
ބޭރުވެފައިވާ ފައިސާއެއްނޫން ކަމާއި، އަދި މިމުޢާމަލާތަކީ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި
ހިނގި މުޢާމަލާތެއްކަމަށް ޢާއިޝަތު އާޞިމާގެ ފަރާތުން ބުނެފައިވީ ނަމަވެސް، ބުނެވިދިޔަ ޤާނޫނުގެ 6
ވަނަ މާއްދާގެ ދަށުން މިހާލަތުގައި ޓެކްސް ނެގޭނީ އެފައިސާ ދެއްކި ވިޔަފާރިއެއްގެ ވެރިފަރާތް ނުވަތަ
އެވިޔަފާރިއެއް މިރާގައި ޓެކްހުގެ ބޭނުމަށްޓަކައި ރަޖިސްޓްރީކުރެވިފައިވާ ފަރާތަކުންކަން އެމާއްދާގެ
މަޤްޞަދަށް ބެލުމުން އެނގޭކަމާއި، މި މައްސަލާގައި ޢާއިޝަތު އާޞިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
"އޯޝަންސް ސައުންޑް ގެސްޓް ހައުސް" އަކީ ހުޅުމާލޭގައި ހިންގާ ވިޔަފާރިއެއް ކަމާއި، ޢާއިޝަތު
އާޞިމާގެ ވިޔަފާރީގެ ހުރިހާ ކަމެއް މެނޭޖަރެއްގެ ހައިސިއްޔަތުން ބަލަހައްޓަނީ އޭނާގެ ފިރިމީހާ ކަމަށް
ބުނެފައިވާ ކަމާއި، އަދި ގެސްޓްހައުސްއާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މުޢާމަލާތެއް ވެސް ކުރަނީ އިފްހާމް
މުޢިއްޒު އަދުނާނުކަން އެނގެން އޮންނަކަމާއި، ޢާއިޝަތު އާޞިމާގެ ނަމުގައި ރަޖިސްޓްރީކޮށް، ހިންގާ
ގެސްޓް ހައުސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭރުގެ ވެބްސައިޓެއްގައި އިސްތިހާރުކުރީ އެތަނުގެ މެނޭޖަރެއްގެ
ހައިސިއްޔަތުން އިދުހާމް މުޢިއްޒު އަދުނާން ކަމާއި، މި މުޢާމަލާތަކީ ޢާއިޝަތު އާޞިމާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/22
ފިރިމީހާއާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމާއި، އެއާޚިލާފަށް އެއީ ޢާއިޝަތު އާޞިމާގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ބުނެވިދިޔަ ގެސްޓް ހައުސް ވިޔަފާރިން އެވިޔަފާރި އިސްތިހާރު ކުރުމުގެ ގޮތުން
އިގިރޭސިވިލާތުގެ ވެބްސައިޓެއް ހިންގާފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއްކަން އެނގޭކަމާއި،
އެހެންކަމުން އިދުހާމް މުޢިއްޒު އަދުނާންގެ ނަމުގައި އޮތް ކްރެޑިޓް ކާޑުން ކުރި މުޢާމަލާތަކުން
ވިތްހޯލްޑިންގ ޓެކްސް އާއިޝަތު އާޞިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިން ނަގާފައިވަނީ
ޢާއިޝަތު އާޞިމާއާއި އިދުހާމް މުޢިއްޒު ޢަދުނާންއާ ދެމެދު އޮތް ކައިވެނީގެ ގުޅުމުގެ މައްޗަށް
ބިނާކޮށްގެންކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްއިރު، އެމުޢާމަލާތަކީ ޢާއިޝަތު އާޞިމާގެ ނަމުގައި
ހިންގާ ވިޔަފާރީގެ މަންފާއަށްޓަކައި އެތަން އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި އިދުހާމް މުޢިއްޒު
އަދުނާން ކޮށްފައިވާ މުޢާމަލާތެއް ކަމުން،
އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ
ވެސް
ޢާއިޝަތު އާޞިމާއަށްކަން ބެލެވެން އޮތުމުން ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް
ނެގުމުގެ ޤާނޫނު) ގެ 6 މާއްދާގައި ބުނާ ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ އެވިޔަފާރީގެ
ވެރިފަރާތްކަމުގައިވާ ހ.ސުނޫޕީ ޢާއިޝަތު އާޞިމާގެ ފަރާތުންކަން އެނގެން އޮންނަކަމެވެ.
3
2 ހ2 3
4
މުޢާމަލާތުން އެންމެ
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލާގައި އެޓްރައިބިއުނަލުގައި އެ މައްސަލަ
ބެލި މަޖިލީހުގެ 2 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/22
ދެންފަހެ، އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ނަންބަރު 2014
/
005/TAT
-
CA
-
W މައްސަލާގައި އެޓްރައިބިއުނަލުގައި އެ މައްސަލަ
ބެލި މަޖިލީހުގެ 2 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
، ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv