ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/373 ޤަޟިއްޔާގެ ޙުކުމް
9
1
2016/HC-A/373
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 373/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
ރަޝީދު ޙުސައިން
- އައިޑެންޓިޓީ ކާޑު ނަންބަރު:A131065
* ދާއިމީ އެޑްރެސް: ޝަބްނަމްގެ/ ހދ.ނޮޅިވަރަން * މިހާރުގެ އެޑްރެސް: ޝަބްނަމްގެ/ ހދ.ނޮޅިވަރަން
* ނަން:
ޢަލީ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ނިމުނު ތާރީޚް: 18 ޖުލައި 2017
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އޯގަސްޓް 2016
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
ނަންބަރު: 2014/14B9C
ނިންމި ކޯޓް: ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 20 މާރިޗު 2014
* ނިމުނު ތާރީޚް: 26 މެއި 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ދިވެހިރާއްa
ފަނޑިޔާރު ޢަލީ ސަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2016/HC-A/373
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
.ދައުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހދ.ނޮޅިވަރަން/ ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިން ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
2x/
1- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޢަލީ ރަޝީދު ޙުސައިން
ހދ.ނޮޅިވަރަމު ރަށުއޮފީހުގެ ކަތީބުގެ މަގާމުގައިހުރެ، 2010 ޖެނުއަރީ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ
ގޮތުގައި ހދ.ނޮޅިވަރަމު އޮފީހަށް ލިބިފައިވާ 32030
/
70ރ (ބައްތިރީސްހާސް ތިރީސް ރުފިޔާ ހަތްދިހަ ލާރި)
28 ފެބްރުވަރީ 2010 ދުވަހު ހދ.އަތޮޅު އޮފީހާއި ޙަވާލު ކުރުމަށް މީނާ އަތަށް ދިނުމުން، އެފައިސާތައް
އޮފީހާ ޙަވާލު ކޮށްފައި ނުވާތީ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ
މާއްދާގެ ދަށުން ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ
ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ ހދ.ނޮޅިވަރަމު ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް
ދަޢުލަތުން ކޮށްފައިވާ ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުން ބެލިކައް މި
މިދަޢުވާއަށް ދަޢުވާލިބޭ ހދ.ނޮޅިވަރަމު ޝަބްނަމްގެ ޢުލީ ރަޝީދު ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{16/HC-A/373
ޤަޟިއްޔާ ނިމުނު
ނަމަވެސް ނޮޅިވަރަމު އޮފީހުން އަތޮޅު އޮފީހާއި ޙަވާލު ކުރުމަށް ޢަލީ ރަޝީދު ޙުސައިންއާއި ޙަވާލުކުރި
32030
/
70ރ (ބައްތިރީސްހާސް ތިރީސް ރުފިޔާ ހަތްދިހަ ލާރި) އޭގެ ހަތަރުމަސް ފަހުން އަތޮޅު އޮފީހާއި
ޙަވާލު ކޮށްފައިވާ ކަމަށް ދަޢުވާލިބޭ ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން އިންކާރު ކޮށްފައިވާކަން އެނގެން
ނެތުމާއި ބުނެވިދިޔަ މުއްދަތަކީ އެފައިސާއިން މަންފާއެއް ހޯދޭ މުއްދަތެއްކަން އެނގެން އޮތުމުންނާއި އަދި
މިދަޢުވާގައި ޙާޟިރު ކުރެވުނު ހދ.ނޮޅިވަރަމު އޯކިޑް މުޙައްމަދު ޝުޖާޢުގެ ބަހުންވެސް ބުނެވިދިޔަ ފައިސާ
ޢަލީ ރަޝީދު ޙުސައިން އާއި ޙަވާލުކޮށް އޭގެ ގާތް ގަނޑަކަށް 04 މަސްދުވަސް ފަހުން އެފައިސާ އަތޮޅު
އޮފީހާއި ޙަވާލުކޮށްފައިވާކަން އެނގެން އޮންނާތީ، ދައުލަތުން ހދ.ނޮޅިވަރަމު ޝަބްނަމްގެ ޢަލީ ރަޝީދު
ޙުސައިންގެ މައްޗަށް ކޮށްފައިވާ ދައުލަތުގެ މުދަލަކުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޢަލީ ރަޝީދު
ޙުސައިންގެ މައްޗަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިއީ މިބާވަތުގެ ކުށެއް ޢަލީ ރަޝީދުގެ މައްޗަށް ޘާބިތުވެ
ފުރަތަމަ ފަހަރުކަމަށްވާތީ، މިދަޢުވާއަށް އަދަބު ކަނޑައެޅުމުގައި ދަޢުވާކޮށްފައިވާ ކުރީގެ ޤާނޫނުލް ޢުޤޫބާތައް
ބަލާއިރު މިއީ ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވުންކަމަށްވާތީ، އެކަމަށް ކަނޑައެޅިފައިވާ އަދަބު މިހާރު
ޤާނޫނުލް ޢުޤޫބާތުން މިދަޢުވާއަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑުކަމަށް ފެންނާތީ، ޤާނޫނުއަސާސީގެ 59
ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އަލަށް ފާސްކުރެވުނު ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާއާއި ޙަވާލާދީ 210
ވަނަ މާއްދާގެ ދަށުން މިއީ ޖުނަހުގެ 05 ވަނަ ދަރަޖައިގެ ކުށެއްކަން އެނގެން އޮންނާތީ، މިކުށުގެ ޢުޤޫބާތައް
އަލަށް ފާސްކުރެވުނު ޤާނޫނުލް ޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ހ)ގެ ދަށުން
ހދ.ނޮޅިވަރަމު ޝަބްނަމް ޢަލީ ރަޝީދު ޙުސައިން 09 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް އަންގައި ޙުކުމްކޮށް، މިފަދައިން ކަން އެނގެން އޮންނަކަމެވެ.
ކިތަންމެ ގެ
2- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހދ.ނޮޅިވަރަންޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން ތެދޭ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
مری شیر
2016/HC-A/373
ޤަޟިއްޔާ ނިމުނު
ހަޢަ
ނުކުތާ ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ:=
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 41/HC
-
A/2010
ޤަޟިއްޔާ އާއި ނަންބަރު 99/HC
-
A/2010 ޤަޟިއްޔާ އާއި ނަންބަރު 190/HC-A/2010 އާއި ނަންބަރު
273/IHC
-
A!2014 ޤަޟިއްޔާއަށް ބެލުމުން ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ޘާބިތުވާކަށް ކަނޑައެޅޭނީ
ޚިޔާނާތުގެ ކުށުގައި ހިމެނޭ ހުރިހާ އުންސުރުތަކެއް ޘާބިތުވެގެންކަމަށް ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ
އުޞޫލާއި މިހިނދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކުށް
ސާބިތުވާކަމަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 34/SC
-
A/2010 ޤަޟިއްޔާ އާއި ހަމަ އެކޯޓުގެ
ނަންބަރު 01/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވާކަމަށް ޖިނާޢީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމަށް
ކަނޑައަޅާފައިވާ އުޞޫލާއި އަދި "ޤަރީނަތުލް ބަރާޢު" ގެ މަބްދަޢު އާ ޚިލާފަށް ކުށް ސާބިތުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
3- ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހދ.ނޮޅިވަރަން/ ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން
ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅޭ ގޮތުން ހދ.ނޮޅިވަރަން/ ޝަބްނަމްގެ ޢަލީ ރަޝީދު ޙުސައިންގެ
މި އިސްތިއުނާފް ދަޢުވާރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާ
g
2 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2016/HC-A/373
ޤަޟިއްޔާ ނިމުނު
އިމީގެ ޚުލާ
کرتی کی
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ހު
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
OLOO
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު ކުރެވިފައިމިވާ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14 ޤަޟިއްޔާގައި ހދ.ނޮޅިވަރަމް ޝަބްނަމްގެ، ޢަލީ ރަޝީދު
ޙުސައިންގެ މައްޗަށް ޤާނޫނު
ނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ ދަށުން
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ
ދަޢުވާކޮށްފައިވަނީ، ޢަލީ ރަޝީދު ޙުސައިން، ހދ.ނޮޅިވަރަމް ރަށު އޮފީހުގެ ކަތީބު ކަމުގެ މަޤާމުގައި ހުރެ
2010 ވަނަ އަހަރުގެ ޖަނަވަރީ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 32030
/
70ރ (ތިރީސްދެހާސް
ތިރީސް ރުފިޔާ ހަތްދިހަ ލާރި) 28 ފެބްރުއަރީ 2010 ވަނަ ދުވަހު ހދ.އަތޮޅު އޮފީހާ ހަވާލުކުރުމަށް ޢަލީ
ރަޝީދު ޙުސައިންގެ އަތަށް ދިނުމުން، އެފައިސާ ހދ.އަތޮޅު އޮފީހާ ހަވާލުކޮށްފައިނުވާތީކަން އޭނާގެ މައްޗަށް
ކޮށްފައިވާ ދަޢުވާގެ ޞިޣާއިން އެނގެން އޮންނައިރު، އެދަޢުވާއަށް އިންކާރުކޮށް ޢަލީ ރަޝީދު ޙުސައިންގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގެ ތަޙްޤީޤުކުރެވުނު އިރު އެފައިސާ ވާނީ
ހދ.އަތޮޅު އޮފީހަށް ދައްކާފައިކަމަށާއި، އެފައިސާ ދައްކާފައިވަނިކޮށް ތަޙްޤީޤުކުރުމަކީ މާލިއްޔަތު ގަވާއިދާ
ޚިލާފުކަމެއްކަމަށާއި، މާލިއްޔަތު ގަވާއިދާ ޚިލާފުކަމެއް ކޮށްފައިވާނަމަ ޖޫރިމަނާކުރުން އޮންނަކަމަށާއި
އެހެންކަމުން އެގޮތަށް ޢަމަލުނުކޮށް ޢަލީ ރަޝީދު ޙުސައިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ކުރެވުމަކީ އިސްވެ.
ބުނެވުނު ގަވާއިދާ ޚިލާފު ކަމެއް ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
9
އައިކޯޓް
0 24 23:
2
/
0928ނ
(ށ) ދެވަނަ ކަމަކީ، މި މައްސަލައިގެ ޙާދިސާ ހިނގިއިރު،
ޤާނޫނުލްޢުޤޫބާތުގައި "ޚިޔާނާތް" މާނަކޮށްފައިވަނީ،ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާއާ ޙަވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2 32
2{16/HC-A/373
ޤަޟިއްޔާ ނިމުނު
میری لے
އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނައާ ނުލައި ބޭނުންކުރުން ނުވަތަ
އެއެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް
ގެންގުޅުންކަން ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގޭއިރު، ޢަލީ ރަޝީދު
ޙުސައިން، ހދ.ނޮޅިވަރަމް ރަށު އޮފީހުގެ ކަތީބު ކަމުގެ މަޤާމުގައި އަދާކުރަމުން ދިޔައިރު، 2010 ވަނަ
އަހަރުގެ ޖަނަވަރީ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 32030,70ރ (ތިރީސްދެހާސް ތިރީސް ރުފިޔާ
ހަތްދިހަ ލާރި) ހދ.އަތޮޅު އޮފީހާ ހަވާލުކުރުމަށް ޢަލީ ރަޝީދު ޙުސައިންގެ އަތަށް ދީފައިވީނަމަވެސް އެފައިސާ
ހދ.އަތޮޅު އޮފީހާ ހަވާލުކޮށްފައިނުވާކަމާއި، ފައިސާ މަދުވުމުން އެކަން ހދ.ނޮޅިވަރަމް ރަށު އޮފީހަށް ޢަލީ
ރަޝީދު ޙުސައިން އަންގާފައިނުވާކަމާއި އަދި އެފައިސާ މަދުވެފައިވާކަން އަލީ ރަޝީދު ޙުސައިނަށް އެނގުމުން
އެފައިސާ މަދުވެފައިވާ ގޮތެއް ބެލުމަށްޓަކައި ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި
މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމާއި އެއާޚިލާފަށް ޢަލީ ރަޝީދު ޙުސައިން މަސައްކަތްކޮށްފައިވަނީ
އޭނާއާ ޙަވާލުކުރި ފައިސާގެ ތެރެއިން މަދުވެފައިވާ ފައިސާ ހަމަކޮށް ހދ.ނޮޅިވަރަމް އޮފީހަށް ދެއްކުމަށްކަން މި
މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނާތީ، ޢަލީ ރަޝީދު ޙުސައިންއާ
ޙަވާލުކުރި ފައިސާއަށް ޢަލީ ރަޝީދު ޙުސައިން ޚިޔާނާތްތެރިވެފައިވާ ކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން
x
0 ދ ތ 4
އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ހދ.އަތޮޅު އޮފީހާ ޙަވާލުކުރުމަށް ހދ.ނޮޅިވަރަމް ރަށު އޮފީހުން
އެރަށުގެ ކުތީބުކަމުގެ މަޤާމުގައި ހުރި، ޢަލީ ރަޝީދު ޙުސައިން އާ ޙަވާލުކުރި ފައިސާ އެއޮފީހާ ޙަވާލުނުކޮށް
އަދި އެފައިސާގެ ތެރެއިން ބައެއް މަދުވެފައިވާކަން ޢަލީ ރަޝީދު ޙުސައިންގެ ބަހުން ސާފުކޮށް އެނގެން
އޮންނާތީއާއި އަދި އެފައިސާ މަދުވުމުން އެކަމާބެހޭ ގޮތުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ޢަލީ ރަޝީދު
ޙުސައިން ޢަމަލުނުކޮށް އޭނާގެ އަމިއްލަ ފައިސާއިން އެފައިސާ ހަމަކޮށް އެފައިސާ ހދ.ނޮޅިވަރަމް އޮފީހަށް ޢަލީ
ރަޝީދު ޙުސައިން ދައްކާފައިވުމަކީ، އެފައިސާއަށް ޢަލީ ރަޝީދު ޙުސައިން ޚިޔާނާތްތެރިވެފައިވާ
ބަލަންޖެހޭފަދަ ކާފީ ހެއްކެއް ކަމުގައިވާތީ، ދައުލަތުގެ ފަރާތުން ޢަލީ ރަޝީދު ޙުސައިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
2{16/HC-A/373
r 3
23
ޤަޟިއްޔާ ނިމުނު
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އިސްތިއުނާފު ކުރެވިފައި މިވާ ދަށު
ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބެލެވޭނެ
ތަނެއް ނެތްކަމެވެ.
އެހެންކަމުން،
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14 ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ޢަލީ ރަޝީދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
/
OX
35
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެ ގޮތަށް ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B9C/14 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢަލީ ރަޝީދު
ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްaގެ
ހަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv