ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ސަކީނާމަންޒިލް މާލެ
• ޤަޟިއްޔާ ނަންބަރު: 21/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް:
ސަކީނާމަންޒިލް މާލެ * މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ނަންބަރު: 0166
/
2010-C
• އިސްތިއުނާފް ރައްދުވި ފަރާތް:
ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ފެބުރުއަރީ 2014
ނިމުނު ތާރީޚް: 24 ޖުލައި 2016
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/28
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 31 ޖެނުއަރީ 2013
ނިމުނު ތާރީޚް: 16 އޮކްޓޯބަރ 2013
F
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/21
ދަޢުވާގެ ޚުލާޞާގެ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/28 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ،
CCCO
އެވެ.
0
OCOC
2 ހއ
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/28 މައްސަލައަކީ، އިސްތިއުނާފް
ރައްދުވާ ފަރާތުން މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގައި 28 ސެޕްޓެމްބަރު
2010 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާ އަދާކުރާތާ 2 އަހަރަށްވުރެ ދިގު މުއްދަތެއް
ފާއިތުވެފައިވަނިކޮށް، އޭނާއާއި މެގަ ގްލޯބަލް އެއަރ ސާރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އައުނުކޮށްދީ
ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގައިގައި ހުރި ބައްޔެއްގެ ސަބަބުންކަމަށް ދެކޭތީ، މައްސަލަ ރައްދުވި ފަރާތުން
އޭނާގެ ވަޒީފާގެ އެއްބަސްވުން އައުނުކޮށްދިނުމުގައި އޭނާއާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)
ގައިވާ ފަދައިން ތަފާތުކޮށްފައިވާކަމަށްބުނެ، އޭނާ ހުރި ވަޒީފާއަށް ދިނުމުގެ އަމުރެއް ނެރެދިނުމަށް
އެދި މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށްރައްދުވާގޮތަށް ހުށަހެޅުމުން، އެ
ޓްރައިބިއުނަލުން ބައްލަވާފައިވާ މައްސަލައެއްކަމާއިގެ
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި VTRPP1 އާއި މައްސަލަ ރައްދުވި
ގްލޯބަލް އެއަރ
ސަރވިސަސް މޯލްޑިވްސް)
(ރެޖިސްޓްރޭޝަން ނަންބަރު: 0166
/
2010-C) އާއި ދެމެދު ވެފައިވާ ދެއަހަރު ދުވަހުގެ ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކުންފުނީގައި އެނާއާ އެއް ވަޒީފާއެއްގައި ތިބި
އެހެން މުވައްޒަ
އްޒަފުންނަށް
ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތަށް މައްސަލަ ހުށަހެޅި VTRPP1 ގެ ވަޒީފާގެ އެއްބަސްވުން
މައްސަލަ ރައްދުވި ފަރާތުން އައުކޮށްދީފައިނުވަނީ އޭނާގައި ހުރި ބައްޔެއްގެ ސަބަބުން ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގައި ބަޔާންކުރާފަދަ ތަފާތުކުރުމެއް އޭނާއާމެދު މައްސަލަ
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
3 9 84
6 24
ރައްދުވި ފަރާތުން ގެންގުޅެފައިވާތީކަމަށް ބުނެ ހުށަހެޅި މި މައްސަލައިގައި، 16 އޭޕްރިލް 2013 ގައި
މައްސަލައިގެ ދެވަނަ އަޑުއެހުމަށާއި، 13 މެއި 2013 ގައި ބޭއްވުނު މައްސަލައިގެ ތިންވަނަ
އަޑުއެހުމަށާއި، 16 ޖުލައި 2013 ގައި ބޭއްވުނު މައްސަލައިގެ ހަވަނަ އަޑުއެހުމަށާއި، 6 އޯގަސްޓް 2013
ގައި ބޭއްވުނު މައްސަލައިގެ ހަތްވަނަ އަޑުއެހުމަށް މައްސަލަ ރައްދުވި މެގަ ގްލޯބަލް އެއަރ ސަރވިސަސް
(މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހާޟިރުވުމުގެ އަމުރު ލިބި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދު 2010 ގެ 42 ވަނަ މާއްދާގައިވާ ފަދަ މަޤުބޫލު ޢުޛުރެއް ހުށަހެޅުމަކާއިނުލާ
ހާޟިރުވެފައިނުވާތީ، އެ އަޑުއެހުންތަކަކީ މައްސަލަ ރައްދުވި ފަރާތުން މަޤުބޫލު ޢުޛުރެއް ހުށަހެޅުމެއް.
ހާޟިރުނުވާ އަޑުއެހުންތަ
ޑުއެހުންތަކެއްކަމަށް ކަނޑައަޅާ، އެ ޤަވާޢިދުގެ 41 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި
މައްސަލައިގައި ދެފަރާތުން ދައްކާފައިވާ އެންމެހާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުމަށް ބަލައި، މައްސަލަ
ރައްދުވި ފަރާތުގެ ޣައިރު ޙާޟިރުގައި ގޮތެއް ކަނޑައަޅަން ބަލާއިރު، މައްސަލަ ހުށަހެޅި VTRPP1 އާއި
މައްސަލަ ރައްދުވި ކުންފުންޏާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެމުއްދަތު ހަމަވުމުން، އޭނާއާއި އެއް
ވަޒީފާއެއްގައި ތިބި އެހެން މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުން އައުކޮށްދިން ފަދައިން އޭނާގެ ވަޒީފާގެ
އެއްބަސްވުން އައުކޮށްދީފައިނުވަނީ އޭނާގައި ހުރި ބައްޔެއްގެ ސަބަބުންކަން އެނގެން އޮންނާތީއާއި، އޭނާއާމެދު
ތަފާތުކުރުން މައްސަލަ ރައްދުވި ފަރާތުން ގެނައީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4
ވަނަ މާއްދާގެ (ހ) އާއި ޚިލާފުނުވާ ގޮތެއްގެމަތީން، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން މައްސަލަ
ރައްދުވި ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މައްސަލަ ހުށަހެޅި VTRPP1ގެ ވަޒީފާގެ އެއްބަސްވުން އައުކޮށް
ނުދިނުމުގައި މައްސަލަ ރައްދުވި ފަރާތުން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގައި ބަޔާންކުރާ ތަފާތު ނުކުރުމުގެ އަސާސީ އުޞޫލާއި ޚިލާފުވެފައިވާކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެމްބަރުންގެ އިއްތިފާޤުން ކަނޑައަޅާ، ޤާނޫނު ނަންބަރު 2/2008 (ވަޒިފާއާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ނ) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި VTRPP1 އާއި އެއް މަޤާމުގައި ތިބި މުވައްޒަފުންގެ ވަޒީފާގެ
އެއްބަސްވުން އައުކޮށްދިން މުއްދަތަށް މައްސަލަ ހުށަހެޅި VTRPP1ގެ ވަޒީފާގެ އެއްބަސްވުން އައުކޮށް
އަދާކުރަމުން ދިޔަ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދެމިހުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުމަށް
އޭނާއާއި އެއް މަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތުގައި
އެ
·15
ން
ދިވެހިރާއްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
މައްސަލަ ހުށަހެޅި VTRPP1 އަށް މިއަދު، 6 އޮކްޓޫބަރު 2013 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށާއި، މުވައްޒަފުންގެ ވަޒީފާގެ
ކަންކަމުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޚިލާފުނުވާ ގޮތެއްގެމަތީން ޢަމަލުކުރަމުން
ގެންދިއުމަށް މައްސަލަ ރައްދުވި މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
(ރެޖިސްޓްރޭޝަން ނަންބަރު: 0166
/
2010-C) ގެ ޣައިރު ޙާޟިރުގައި އެފަރާތަށް އަންގައި އަމުރުކޮށްކަން
އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
-02
پسر مقرر
އިސްވެ ބަޔާންކުރެ
ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/28 މައްސަލަ ނިންމެވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ބުނެ މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: ކުންފުންޏަކީ ވައިގެ ދަތުރު ފަތުރު ކުރާ ކުންފުންޏެއްކަމުން، ދިވެހިރާއްޖޭގެ
މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދަށާއި އަދި ކުންފުނިން ވައިގެ ދަތުރުފަތުރުކުރާ ޤައުމުތަކުގެ
ޤާނޫނާއި ޤަވާޢިދަށް އަމަލުކު އެކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކޮށްފައި
ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިސްތިއުނާފް ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހުށަހަޅާފައިވާ
[2000“ (Hoffman v South African Airways
(
CCT17
/
00 މައްސަލައިގައި ޙުކުމް
ކުރެވުނު ނުކުތާތަކަށް ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބައިވެރިވެފައިވާ މުޢާހަދާތަކަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
392 ދ ތ هلاދ ހއ
/ބރަނޖހމ
ނުވާކަމަށް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/21
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/28 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް)
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވި
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފް ރައްދުވާ ފަރާތުން މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް)
ޕްރައިވެޓް ލިމިޓެޑްގައި [ފްލައިޓް އެޓެންޑެންޓްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 7 ނޮވެމްބަރު 2012 ގައި
އޭނާގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން ގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް)
ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުރައްދުވި ފަރާތަށް ފޮނުވާފައިވާ [Re
:
End of contract] ލިޔުމުން
އެނގެންއޮންނަކަމާއި؛
ބުނެވުނު ލިޔުމުގައި އިސްތިއުނާފުރައްދުވި ފަރާތުގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދީފައިނުވާ
ސަބަބެއް ބަޔާންކޮށްދީފައިނުވާކަމާއި، އިސްތިއުނާފުރައްދުވި ފަރާތަށް ފްލައިޓް އެޓެންޑެންޓްގެ މަޤާމް
ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 ސެޕްޓެމްބަރ 2010 ގައިކަން އެނގެން އޮންނަކަމާއި،
ބަޔާންވެދިޔަ އެއްބަސްވުމުގެ މުއްދަތަކީ 28 ސެޕްޓެމްބަރ 2010 އިން ފެށިގެން 24 މަސް ދުވަސްކަމާއި،
އޭގެ ފަހުން 28 ސެޕްޓެމްބަރ 2012 ގައި އެއް މަސް ދުވަހުގެ މުއްދަތަށް އިސްތިއުނާފުރައްދުވި
ފަރާތުގެ އެއްބަސްވުން އައުކޮށްދީފައިވާކަން 29 ސެޕްޓެމްބަރ 2012 ގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުން
އެނގެން އޮންނައިރު، 28 ސެޕްޓެމްބަރ 2010 އިން ފެށިގެން 31 އޮކްޓޯބަރ 2012 ގެ ނިޔަލަށް
އިސްތިއުނާފުރައްދުވި ފަރާތުން ވަޒީފާގައި ދެމިހުރެފައިވާކަން އިސްވެ ބުނެވުނު މެގަ ގްލޯބަލް އެއަރ
ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއިން އިސްތިއުނާފުރައްދުވި ފަރާތަށް ފޮނުވާފައިވާ، 37)
ނޮވެމްބަރ 2012 ގެ ތާރީޚުގައިވާ [Re
:
End of contract] މިލިޔުމުން އެނގެން އޮންނަކަމާއި؛
ދީ
Occ
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A21
9 ތތ ހ2 4
2
3c
އިސްތިއުނާފުރައްދުވި ފަރާތުގެ އެއްބަސްވުން އައުކޮށްދީފައިނުވަނީ އިސްތިއުނާފުރައްދުވި ފަރާތަކީ
އެޗް.އައި.ވީ ޕޮޒިޓިވް މީހެއްކަން އިސްތިއުނާފުކުރާ ފަރާތުގެ ސަމާލު
މާލުކަމަށް ގެނައުމުންކަމާއި، މިކަން
އިސްތިއުނާފުކުރާ ފަރާތުގެ ސަމާލުކަމަށް ގެނައުމުން އިސްތިއުނާފުރައްދުވި ފަރާތުގެ ވަޒީފާގެ އެއްބަސްވުން
ނިމެންދެން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުން އެކަހެރިކޮށްފައިވާކަން އިސްތިއުނާފުކުރި ފަރާތާއި
އިސްތިއުނާފުރައްދުވި ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި؛
އިސްތިއުނާފުރައްދުވި ފަރާތުން އަދާކުރަމުން ދިޔަ މަޤާމުގައި ތިބި މީހުންނާއެކު
އިސްތިއުނާފުކުރި ފަރާތުން ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް އައިސްފައިވާ، އެހެން މުވައްޒަފުންގެ
ކޮންޓްރެކްޓް އިތުރު 3 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައިވާ ކަމަށާއި، އިސްތިއުނާފުރައްދުވި ފަރާތުގެ
ވަޒީފާގެ އެއްބަސްވުން އައު ކޮށްދީފައިނުވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް،
އިސްތިއުނާފުރައްދުވި ފަރާތުގެ ގައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބަލައިގެން ކަމަށް އިސްތިއުނާފު ރައްދުވި
ފަރާތުން ފާހަގަކޮށްފައިވާއިރު،
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި، ވަޒީފާ ދިނުމާއި، އުޖޫރަ ކަނޑައެޅުމާއި،
ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި ، މީހުންގެ ނަސްލަކާއި،
ކުލައަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީ ގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ
ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، ޢާއިލާގައި އަދާކުރާ ޒިންމާތަކަށް، ޤާނޫނާއި ޚިލާފްނުވާ
ގޮތުން ޢުމުރަށް ނުވަތަ، ހުރި ނުކުޅެދުންތެރިކަމަކަށްބަލައި، މަސައްކަތް
މިކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި
އެއްވެސް ގޮތަކުން ތަފާތު ކުރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމާއި؛
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ތަފާތު ނުކުރެވޭނެ އަސާސެއްކަމުގައި މީހެއްގެ
ބައްޔެއް ނުހިމެނުނު ކަމުގައި ވިއަސް، ދިވެހިރާއްޖޭގެ އެ ޖަމްޢިއްޔާގެ މެންބަރަކަށް ވެފައިވާ
އިންޓަރނޭޝަނަލް ލޯބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ
4 2 2 4
(An ILO code of practice on
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
(2001
HIV
/
AIDS and the world of work އެން އައި.އެލްއޯ ކޯޑް އޮފް ޕްރެކްޓިސް އޮން
އެޗް.އައި.ވީ) އެއިޑްސް އެންޑް ދަ ވަރލްޑް އޮފް ވަރކް 2001 ގައި އެޗް.އައި.ވީ ސްޓޭޓަސް އަކީ
ތަފާތުނުކުރެވޭނެ އަސާސްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެހެންމެ،
އައި.އެމް.އޯގެ
އެއް
(Recommendation concerning HIV and AIDS and the world of work 2010
(200
Recommendation) ރެކޮމެންޑޭޝަން ކޮންސަރނިންގ އެޗް.އައި.ވީ އެންޑް އެއިޑްސް އެންޑް ދަ
ވަރލްޑް އޮފް ވަރކް 2010 (ރެކޮމެންޑޭޝަން 200) ގެ
3 ވަނަ ނަންބަރުގައިވާ ޖެނެރަލް
UCO OX
ޕްރިންސިޕަލްސް އަށް ނަޒަރުކުރުމުންވެސް އެޗް.އައި.ވީ ޕޮޒިޓިވް މީހަކަށް ވީތީ އެއްވެސް ގޮތަކުން
ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބައިވެރިވެފައިވާ މުޢާހަދާތަކަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ އިސްތިއުނާފްކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގައި ކެބިން ކްރޫގެ ކަންކަން ރެގިއުލޭޓްކުރުމުގެ ޤަވާޢިދު (އޯ.ޕީ.އެސް 11) ގައި
ކެބިންކްރޫއެއްގެ އަތުގައި އޮންނަންޖެހޭ މެޑިކަލް ސެޓްފިކެޓަކީ ކްލާސް 3 މެޑިކަލް ސެޓްފިކެޓްކަން އެ
ޤަވާޢިދުގެ 4.4 ވަނަ މާއްދާގައި ފާހަގަކޮށްފައިވާކަމާއި، ވައިގެ ދަތުރުފަތުރުކުރާ ފަރާތްތަކުގެ މެޑިކަލް
ހެދުމުގައި ޢަމަލުކުރަންޖެހޭނީ މެނުއަލް އޮފް ސިވިލް އޭވިއޭޝަން މެޑިސިންގައިވާ ގޮތަށްކަމާއި؛
އެ މެނުއަލްގެ ޗެޕްޓަރ 2 ގެ 6.5 ގައިވެސް ފްލައިޓް އެޓެންޑެންޓަކަށް ބޭނުންވަނީ ކްލާސް 3
ނުވަތަ އެއަރޓްރެފިކް ކޮންޓްރޯލަރުންނަށް ބޭނުންވާ މެޑިކަލް ސެޓްފިކެޓްކަން ބަޔާންކޮށްފައިވާކަމާއި،
ޙަވާލާދެވުނު މެނުއަލްގެ ޗެޕްޓަރ 13 ގައި އެޗް.އައި.ވީ ޕޮޒިޓިވް މީހުންގެ މެޑިކަލް ހެދުމުގައި ޢަމަލު
ބަޔާންކޮށްފައިވާކަމާއި،
އެގޮތުން، އިސްތިއުނާފުރައްދުވާ ފަރާތުގެ މެޑިކަލް، އެއިރޯ މެޑިކަލް ޑޮކްޓަރާއި، އިސްތިއުނާފުކުރާ
ފަރާތާއި، ހެލްތް މިނިސްޓްރީގެ ލަފާގެ މަތިން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަންގެ ޕައިލެޓުންނަށް
40 45 446 4
. م م و مر مر م پر
z
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
13
ގެ
ޚާއްސަ ގައިޑްލައިންއާ އެއްގޮތަށް ހެދިފައިވާކަމާއި، މެނުއަލް އޮފް ސިވިލް އޭވިއޭޝަން މެޑިސިންގެ ޗެޕްޓަރ
13.1.2 ގައި ކޮމާޝަލް ޕައިލެޓުންނާއި، ޕްރައިވެޓް ޕައިލެޓުންނާއި، އެއަރ ޓްރެފިކް
ކޮންޓްރޯލަރުންނަށް ހަދަން ޖެހޭނީ އެއް މެޑިކަލް އެސެސްމަންޓެއްކަމަށް ބަޔާންކޮށްފައިވާކަމާއި، 18 އޯގަސްޓް
2012 ގައި އިސްތިއުނާފުރައްދުވި ފަރާތް މެޑިކަލް އިން ފާސްވެފައިވާކަން އަންގައި ކްލާސް 3 ގެ މެޑިކަލް
ސެޓްފިކެޓެއް ދޫކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ޙަވާލާދެވުނު ޗެޕްޓަރ 13 ގެ 13.7.13 ގައި އެޗް.އައި.ވީ ޖެހިފައިހުރި ކޮންމެ މީހަކީ ފިޓް
މީހެއް ނޫންކަމަށާއި، ނަމަވެސް ބައެއް މީހުންނަކީ ފިޓް މީހުންކަމަށް ބަޔާންކޮށްފައިވާއިރު، ހަމަ އެޗެޕްޓަރގެ
13.1.2 ގެ ދަށުން ގެނެސްފައިވާ ނޯޓް 1 ގައި ބަލީގެ ކުރީ ކޮޅުގައި އެންޓިރެޓްރޯވައިރަލް ތެރަޕީ ނެގުމުން،
މެޑިކަލް އެސެސްމަންޓް ހަދާއިރު ފިޓްވުމުގެ ޗާންސް އިތުރުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުރައްދުވާ ފަރާތަކީ އެންޓިރެޓްރޯވައިރަލް ތެރަޕީ އާއި މެޑިޓޭޝަން ނަގަމުންދާ
ފަރާތެއްކަމަށާއި އޭނާގެ ވައިރަލް ލޯޑަކީ މިހާރު "އިންޑިޓެކްޓަބަލް، ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
އިސްތިއުނާފުރައްދުވި ފަރާތުން ބުނެފައިވާއިރު، އެ ކަމާގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާކަމަށް
އިސްތިއުނާފުކުރި ފަރާތުން ބުނެފައިވީނަމަވެސް އެކަމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމާއި، އިސްވެ އިޝާރާތްކުރެވުނު ކަންކަމާ ގުޅޭ
ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިނުވިނަމަވެސް އިސްތިއުނާފު ރައްދުވި ފަރާތް މެޑިކަލް
އިން ފާސްވެފައިވާކަން އެނގެން އޮތުމާއެކު އޭނާއަކީ ވަޒީފާ އަދާކުރުމަށް އެކަށޭނެ މީހެއްކަމުގައި ބެލެވެއެވެ.
(ނ) އިސްތިއުނާފުކުރާ ފަރާތަކީ ވައިގެ ދަތުރު ފަތުރުކުރާ ކުންފުންޏެއްކަމުން ދިވެހިރާއްޖޭގެ
މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދާއި، ކުންފުނިން ވައިގެ ދަތުރު ފަތުރުކުރާ ގައުމުތަކު ޤާނޫނާއި
ޤަވާޢިދުތަކަށް އެފަރާތުން ޢަމަލުކުރަންޖެހޭނެކަމަށް ފާހަގަކޮށްފައިވާ ނުކުތާ ރިއާޔަތްކޮށްފައިނުވާކަމަށް
ބުނެ
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އިރު،
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ގޮތުން ވައިގެ ދަތުރުފަތުރު ކުރާ މީހުންނާއި އުފުލާ
މުދަލުގެ ސަލާމަތަށް އިސްތިއުނާފުކުރާ ފަރާތުން ބަލަންޖެހޭއިރު ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާބެހޭ
ޤަވާޢިދު (ނަންބަރު އޭ.އެސް.ސީ 002) ގައި އިސްތިއުނާފުކުރާ ފަރާތުގެ ފްލައިޓަށް ނުވަތަ ވައިގެ ދަތުރުފަތުރު
ކުރަމުން ގެންދާ އުޅަނދަކަށް ނުވަތަ އުޅަނދުފަހަރުން ދަތުރުކުރާ މީހުންނަށް ނުވަތަ އުފުލާ މުދަލަކަށް
އެއްވެސް ނުރައްކަލެއް ނުވަތަ ޙާދިސާއެއް ނުވަތަ ރިސްކެއް އޮތްކަމުގެ އިޙްތިމާލެއް ނުވަތަ ފުރުޞަތެއް
އޮވެއްޖެނަމަ އިސްތިއުނާފުކުރާ ފަރާތުން އެކަމަކަށް ރައްކާތެރިވާންޖެހޭނެކަމަށާއި، އަދި ދިމާވެދާނެ
ނުރައްކަލަކުން ނުވަތަ ހާދިސާއަކުން ސަލާމަތްވާނެ ގޮތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށާއި، ވައިގެ
ދަތުރުފަތުރުގެ ރައްކާތެރިކަމާބެހޭ ޤަވާޢިދުގައި ފްލައިޓުން ނުވަތަ ވައިގެ ދަތުރުފަތުރު ކުރަމުން ގެންދާ
އުޅަނދެއްގައިވާ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމުގެ ޒިންމާ ނަގަންޖެހޭނީވެސް އެފަރާތުންކަމަށާއި،
މިހެންކަމުން ފްލައިޓުން ދަތުރުކުރަމުން ގެންދަނިކޮށް ފްލައިޓްގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނާއި
ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޖިސްމާނީ ގޮތުން އަނިޔާވެ، އެކަމުގެ ތެރޭގައި އިސްތިއުނާފުރައްދުވާ ފަރާތުގެ
ބަލި އެހެން މީހަކަށް ވާރުތަވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތުން ކަމުގައި
އެފަރާތުން ފާހަގަކޮށްފައިވާއިރު،
އައި.އެލް.އޯގެ ކޯޑް އޮފް ޕްރެކްޓިސް އޮން އެޗް.އައި.ވީ) އެއިޑްސް އެންޑް ދަ ވަރލްޑް އޮފް
ވަރކް 2001 ގެ އެޕެންޑިކްސް 1 ގައި އެޗް.އައި.ވީ ޖެހެނީ ހަށިގަނޑުގައި ހުންނަ ދިޔައިންކަމާއި، ޚާއްސަ
ގޮތެއްގައި ލެޔާއި، ސެމަން އާއި ވެޒައިނަލް ސެކްރިޝަންސް އަދި ގާތުންދޭ ކިރުންކަމަށާއި؛
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
¢¢
އެއް
ކެޝުއަލް ފިޒިކަލް ކޮންޓެކްޓުންނާއި، ކެއްސުމުންނާއި، ކިނބިހިއެޅުމާއި، ފާޚާނާ ބޭނުންކުރުމާއި،
ކެއުން ބު
ބުއިމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ބޭނުން ކުރުމުންނާއި، އެޗް.އައި.ވީ ޕޮޒިޓިވް މީހެއް ގެންގުޅޭ
ކާބޯތަކެތި ކެއުމުންނާއި، މަދިރި ހެފުމުން އެޗް.އައި.ވީ ނުފެތުރޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި؛
އެހެންކަމުން، އެޗް.އައި.ވީ އަށް ޕޮޒިޓިވްވުމަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫންކަމާއި،
އެޗް.އައި.ވީ އަކީ ”އިންފެކްޝަސް ޑިޒީޒް“ އެއް ނަމަވެސް އެއީ ވަކި ޚާއްޞަ ގޮތްތަކަކުން ޖެހޭ ބައްޔެއްކަން
އެނގޭކަމާއި، އިސްތިއުނާފުރައްދުވާ ފަރާތް އާދައިގެ މަތިން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި
އެއްވެސް މީހަކަށް ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށްދޭ މެޑިކަލް ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅާފައިވާކަމުން
އިސްތިއުނާފްކުރާ ފަރާތުގެ ބަލި އޭނާގެ ފަރާތުން އެހެން މީހަކަށް އަރާފާނެކަމުގެ ފުރުޞަތު އޮތްކަމަށް
ނުބެލެވޭކަމާއި؛
އިސްތިއުނާފްކުރާ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ސަބަބުކަމުގައިވާ
އިސްތިއުނާފުރައްދުވާ ފަރާތަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހެއް ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ކުންފުނިން
ދަތުރުކުރާ މައިގަނޑު މަންޒިލްކަމުގައިވާ ޗައިނާއަށް ދިޔުމުގައި ބޭނުންވާ ކްރޫ ވިސް އިސްތިއުނާފުރައްދުވާ
ފަރާތަށް ނުލިބޭކަމަށާއި، ގައިންގަޔަށް އަރާ ނުރައްކާތެރި
ގައިގައި ހުރިނަމަ، އެކްރޫއަކަށް
ވިސާ ނުލިބޭކަމަށާއި، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި އެޗް.އައި.ވީ ވެސް
ހިމެނިފައިވާކަމަށް އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާކަމާއި،
ނަމަވެސް އިސްތިއުނާފްކުރާ ފަރާތުން ހަމައެކަނި ދަތުރުކުރަނީ ޗައިނާއަށް ނޫންކަމާއި، އޭގެ
އިތުރުން ހޮންގކޮންގ އާއި ކޮރެއާއަށްވެސް ދަތުރުކުރާކަމަށާއި، މި މަންޒިލްތަކަށް ދަތުރުކުރުމުގައި ކްރޫ ވިސާ
ދެފަރާތުން ވެސް ފާހަގަކޮށްފައިވާއިރު، އިސްތިއުނާފުކުރި ފަރާތުން ހަމައެކަނި ހޮންގކޮންގއަށް
ދަތުރުކުރާ ކްރޫއެއް ވަޒީފާގައި ބަހައްޓާފައިވާކަން އިސްތިއުނާފުރައްދުވި ފަރާތުންނާއި އިސްތިއުނާފުކުރި
ވެސް ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން، އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޗް.އައި.ވީ ޕޮޒިޓިވް
ބާއެވެއެ ކްރޫއެއް
ce
4
9
8
9 ހ އ ދވ
ނނ ފޅ2ނ
މ 9 0ޑ
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
ބޮލަފިނޭންބޭކަން
މީހަކަށްވުމަކީ އެފަރާތުގެ ވަޒީފާގެ އެއްބަސްވުން އައު ނުކޮށްދިނުމަށް އޮތް މަޤްބޫލު އެކަށީގެންވާ ސަބަބެއް
ކަމުގައި ތެކަން
(ށ) އިސްތިއުނާފުރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އަލުން އަނބުރާ ވަޒީފާއަށް ދާން ބޭނުންނުވާކަމަށާއި،
ނަމަވެސް އިސްތިއުނާފުރައްދުވި ފަރާތާ އެއް މަޤާމެއްގައި ތިބި މެގަ ގްލޯބަލް އެއަރ
ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު
ނިމުމަކަށް އައިސްފައިވާ އެހެން މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އިތުރު 03 (ތިނެއް) އަހަރު ދުވަހަށް
އާ ކޮށްދީފައިވާތީ، އެ 03 (ތިނެއް) އަހަރު ދުވަހަކީ އިސްތިއުނާފުރައްދުވި ފަރާތާމެދު ތަފާތުނުކުރިނަމަ
ވަޒީފާގައި އުޅޭނެ 03 (ތިނެއް) އަހަރު ދުވަސް ކަމުން އެ 03 (ތިނެއް) އަހަރު ދުވަހަށް ވާ މުސާރަ އާއި
ސަރވިސް އެލަވަންސް ނަގައިދިނުމަށް އެދިފައިވާކަމާއިގެ
އިސްތިއުނާފުރައްދުވާ ފަރާތަށް ވަޒީފާގެ އެއްބަސްވުން އައުކޮށްދީފައިނުވާ ސަބަބަކީ ޤާނޫނީ ގޮތުން
އެކަށީގެންވާ މަޤްބޫލު ސަބަބެއް ކަމުގައި ނުވާތީ، އިސްތިއުނާފުރައްދުވާ ފަރާތަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއްގެ
ގޮތުގައި ޢަދުލުވެރި ބަދަލެއްގެ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/28 މައްސަލާގައި
ނަގައިދިނުމަށް ކަނޑައަޅާފައިވާ އިސްތިއުނާފުރައްދުވާ ފަރާތާ އެއްމަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ
އެއްބަސްވުން އައުކޮށްދިން މުއްދަތުގައި އިސްތިއުނާފުރައްދުވި ފަރާތް ދެމިހުރިނަމަ މުސާރައާއި އިނާޔަތުގެ
ގޮތުގައި ލިބޭނޭ އެންމެހާ ފައިސާ، ބަދަލުގެ ގޮތުގައި އިސްތިއުނާފުރައްދުވި ފަރާތަށް ލިބިދެވެންޖެހޭ ކަމަށް
މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެއެވެ.
4 c
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/28 މައްސަލަ އިސްތިއުނާފުކުރުމަށް މެގަ ގްލޯބަލް
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/21
އެއަރ ސަރވިސަސް (މޯލްޑިވްސް) ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ
މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަމަށް މި
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
r;
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ