ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/470 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/470
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 470/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: އަރުޝަދު ޚާލިދު
ދާއިމީ އެޑްރެސް: އަލޯރާ/ ގދ. ހޯނޑެއްދޫ
* އައި.ޑީ.ކާޑު ނަންބަރު: A298073
* މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 މުޙައްރަމް 1438 = ނިމުނު ތާރީޚް: 30 މުޙައްރަމް 1438
17 އޮކްޓޯބަރ 2016
31 އޮކްޓޯބަރ 2016
**
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
6794/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (ހުއްދަނެތި ގޯތި ގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް
ގެއްލުންދިނުން)
އަމުރު ނެރުއްވި ތާރީޚް: 29 ސެޕްޓެމްބަރ 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ފ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/470
ދަޢުވާގެ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބު
މަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުއެވެ.
ކުރެވުނު
145-J/MD/2016/6794
1. ކްރިމިނަލް ކޯޓުގެ
ނަންބަރު
ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
CCC
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ތުހުމަތުކުރެވުނު ހުއްދަނެތި ގޯތި ގެދޮރަށް ވަނުން
ވައްކަންކުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި ކޯޓަށް ހާޟިރުނުވެދާނެ ކަމަށްޓަކައި 29
ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ 16:33 އިން ފެށިގެން 14 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ 16:32
ގެ ނިޔަލަށް އަރުޝަދު ޚާލިދު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/470
ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
0
cu o
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ތުހުމަތުކުރެވުނު ހުއްދަނެތި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/470
ގޯތި ގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި އަރުޝަދު ޚާލިދުގެ ބަންދުގެ
މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 150388/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 29 ސެޕްޓެމްބަރ 2016 ވަނަ
ދުވަހުގެ 16:33 އިން ފެށިގެން 14 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ 16:32 ގެ ނިޔަލަށް އަރުޝަދު ޚާލިދު
ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެއަމުރަށް ބެލުމުން
އެނގެންއޮންނަކަމާއި،
އަދި އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ
އެއަމުރުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަރުޝަދު ޚާލިދު ގޭގައި ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ
ނިންމެވުން ބާޠިލްކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދުނުގޮތަށް އަރުޝަދު ޚާލިދު މިނިސްޓްރީ އޮފް
ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދިކަން ފާހަގަކުރެވޭކަމެވެ.
18
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/470
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެހާދިސާ ތަހުޤީޤުކުރުމުގައި ހުރީ
ކިހާމިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، ކުށުގެ ޠަބީޢަތަކީ
ކޮބާކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބާކަމާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބާކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރު އޮތީ
ކިހާވަރަކަށްކަމާއި އަދި ހެކިތަކާކުޅެ ހެކި ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
.8
3 ފ 8
6
4 ، ދ
ޒަންކުރަންޖެ
ޤަޟިއްޔާގެ
4 2 22
ނއސ
4
3 އއ އދ
سرع ماهی
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގައިވާ
ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ކަނޑައަޅުއްވާފައިވާކަމާއި،
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 355/HC
-
A/2013
ޤަޟިއްޔާއާއި ނަންބަރު
371/HC
-
A/2013 ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ، ދިވެހިރާއް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A47
ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު ބަންދުގައި
ހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުތަކުގައި އެމީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރެވުނު ޙާލަތު ނެތިކޮށްލެވޭނީ، އޭނާ ކޮންތާކު ކޮން ގޮތަކަށް ބަންދުކޮށްގެންކަން ކަނޑައެޅުމަށް އެންމެ
ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްކަމާއި، އަދި އެމީހަކު ބަންދުގައި
ބަހައްޓަންޖެހޭ ސަބަބަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވުން ކަމުގައިވާނަމަ، އެމީހަކު ބަންދުގައި ބަހައްޓާ
ތަނަކީ އެމީހަކު ދިރިއުޅޭގެ ކަމަށް ވުމަކީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް
ނެތިކޮށްނުލެވޭނެ ކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެމީހަކު ގޭގައި
ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާގޮތަށް ކޯޓުތަކުން އަމުރު ނެރުއްވައިގެން ނުވާނެކަމާއި، އެފަދަ
ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބެންވާނީ މޯލްޑިވްސް ޕޮލިސް
ސަރވިސް އެމުއައްސަސާއެއްގެ
ދަށުން ހިނގާ
މިނިސްޓްރީ އޮފް ހޯމްއެފެއަރޒަށް ކަމަށް
ކަނޑައަޅުއްވާފައިވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން، އަރުޝަދު ޚާލިދުގެ މައްޗަށް
ތުހުމަތުކުރެވޭ މައްސަލާގައި އަރުޝަދު ޚާލިދުގެ ބައިވެރިވުން
ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި
ޤަރީނާ ހުރިކަމަށް ތަޙްޤީޤަށް ފެންނާތީ، އަރުޝަދު ޚާލިދު ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާނެކަމެއް ކަމަށް ފެނިގެން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި
ބަހައްޓައިދިނުމަށް އެދިފައިވާ ފަރާތެއްކަން އެނގެންއޮންނައިރު، އެމައްސަލާގައި އަރުޝަދު ޚާލިދުގެ މައްޗަށް
ހެކި ޤަރީނާގެ ގޮތުގައި، އޭނާ އެވައްކަން ކުރުމުގައި ބައިވެރިވެފައިވާކަމަށް ހެކިބަސްދޭ ފަރާތުން ބުނާބުނުމާއި،
ވިއު ކޮންސްޓްރަކްޝަން އޮފީސް ތެރޭގައި އޭނާއާއި އިތުރު މީހަކު ވައްކަންކުރަން ވަދެ އުޅޭ މަންޒަރު ފެންނަ
ވީޑިއޯ ފޫޓޭޖް ލިބިފައިވާކަން އެނގެންއޮންނަކަމުން، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އަރުޝަދު
MF150388
އެބޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2016/HC-A/47[
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
ޚާލިދު ބަންދުގައި ގޭގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ މެވެ.
3 ސ ޑރ ޑ
ހުކރވާކަމެވެ
(ހ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މިމައްސަލާގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރު ބާޠިލްކޮށް، މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިދިނުމަށް އެދިކަމަށްވީނަމަވެސް، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް އިސްތިއުނާފުކުރެވިފައިމިވާ އަމުރުގެ ފާއިލިއްޔަތު
ނެތިގޮސްފައިވާތީ، އަރުޝަދު ޚާލިދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް
ކުރުމުގެ މަސްލަޙަތެއްނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރެވިފައިމިވާ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6794/J
/
MD-145 ކޯޓު އަމުރު ބާޠިލްކޮށް، މިމައްސަލައިގެ ދަށުން
ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް
ކުރުމުގެ މަޞްލަޙަތެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ce O
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv