ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/53 ޤަޟިއްޔާގެ ޙުކުމް
1)
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{13/HC-A/53
އިކޯޓު
"ދިވެހިން24 24
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 53/HC
-
A/2013
އިސްތިއުނާފްކުރި ފަރާތް
* ފުރިހަމަ ނަން: މުޙައްމަދު ހިލާލް
* ދާއިމީ އެޑްރެސް: ގްރީންލީފް/ ގދ.ތިނަދޫ
2 އައި.ޑީ.ކާޑު ނަންބަރު: A060534
*މިހާރުގެ އެޑްރެސް: ފ.ޕިކްޗަރކ.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް
* ފުރިހަމަނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:.
ރަޖިސްޓްރީ ނަންބަރު:
ރަޖިސްޓްރީކުރި ތާރީޚް: 01 ރަބީޢުލްއާޚިރު 1434 *ނިމުނު ތާރީޚް: 21 ރަބީޢުލްއާޚިރު 1434
18 ފެބްރުއަރީ 2013
ތިއުނާފްކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0865(J
(
MD-145 ކޯޓު އަމުރު
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓް
މައްސަލައިގެ ބާވަތް: ބަންދު ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 31.01.2013
* ނިމުނު ތާރީޚް: 31.01.2013
0
11
04
ފަރއަރ
2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ފަނޑިޔާރު ޢައްބާސް
/
4
;
2
2{13/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާސާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0865(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ގދ. ތިނަދޫ!ގްރީންލީފް މުޙައްމަދު ހިލާލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވުނު
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
7ހ0934
ހުށަހެޅެމުން
ފާހަގަކުރެވުނު ނުކުތާތައް:
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0865(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރު ނެރުއްވާފައިވަނީ ގދ. ތިނަދޫ!ގްރީންލީފް މުޙައްމަދު ހިލާލު އިތުބާރުކުރެވޭ މަޤާމެއްގައިހުރެ،
ކުޑަކުއްޖަކާއިމެދު ގަދަކަމުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ކުޑަކުއްޖަކަށް ޖިންސީ
ޢަމަލު ހިންގުމަށް ހިތްވަރު ދީފައިވާ މައްސަލައިގައި، މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި މިވަގުތު މުޙައްމަދު ހިލާފް ދޫކުރުމަށް ފެނިވަޑައިނުގަންނަވާތީ ކަމަށާއި، އެހެންކަމުން 31
ޖެނުއަރީ 2013 ވަނަ ދުވަހުގެ 20:18 އިން ފެށިގެން 15 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 20:17 ގެ
ނިޔަލަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ކަނޑައަޅާ ތަނެއްގައި މުޙައްމަދު
ހިލާލް ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވާފައިވާކަން އެނގެއެވެ.
02
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0865(JMD-145 ކޯޓު އަމުރު ކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، ގދ. ތިނަދޫގްރީންލީފް
މުޙައްމަދު ހިލާލްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ކުށެއް
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައި
ޚިލާފަށް ޝަރީޢަތް ހިންގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މާޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{013/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދުވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އިޖުރާޢަތާ
ޚިލާފަށް ޝަރީޢަތް ހިންގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ހައްޔަރާއި ނުވަތަ ބަންދާއިމެދު
ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރަށް ހުށަހަޅާނީ ތަޙުޤީޤުކުރާ މީހާކަމަށް ބަޔާންކުރެވިފައިވާކަމާއި،
އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައިގައި މުޙައްމަދު ހިލާލްގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި 31 ޖެނުއަރީ 2013 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި މުޙައްމަދު ހިލާލްގެ މައްސަލަ
ތަޙުޤީޤުކުރާ ފަރާތުން ޙާޟިރުވެފައިނުވާކަމަށް މުޙައްމަދު ހިލާލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަމާއި،
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން
ޑިޕާރޓްމަންޓްގެ ޗައިލްޑް އެބިޔުސް އިންވެސްޓިގޭޝަން ޔުނިޓްގެ އެންމެ އިސްފަރާތްކަމުގައިވާ ޕޮލިސް ސްޓާފް
ސަރޖަންޓް ސަޢުދިއްޔާ އަޙްމަދު ބުނެފައިވަނީ ސަޢުދިއްޔާ އަޙްމަދަކީ މުޙައްމަދު ހިލާލްގެ މައްސަލައިގެ
ތަހުޤީޤުކުރުމުގެ އެންމެ އިސްފަރާތްކަމަށާއި، އެހެންނަމަވެސް، މިމައްސަލައިގެ ތަހުޤީޤަށް ކުރަންޖެހޭ އެހެނިހެން
ކަންތައްތައް ކުރުމަށްޓަކައި ސްޓާފް ސަރޖަންޓް ސަޢުދިއްޔާ އަޙްމަދުގެ ބެލުމުގެ ދަށުން ޕޮލިސް ކޯރޕްރަލް
ޝަނާޒް އަޙްމަދުއަށް މަސައްކަތް ޙަވާލުކުރެވިފައިވާނެކަމަށާއި، އަދި މުޙައްމަދު ހިލާލްގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި 31 ޖެނުއަރީ 2013 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހަށް ކޯރޕްރަލް ޝަނާޒް އަޙްމަދުއަށް
ޙާޟިރުވެވެން ނެތުމުން، އެޝަރީޢަތަށް ޙާޟިރުވީ ސްޓާފް ސަރޖަންޓް ސަޢުދިއްޔާ އަޙްމަދުކަމަށާއި، އަދި
މިމައްސަލައިގެ ތަހުޤީޤު ފުރިހަމަވެފައިވާކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
ބުނެފައިނުވާނެކަމަށާއި، އެހެންނަމަވެސް މުޙައްމަދު ހިލާލްގެ މައްސަލަ ޕްރޮސިކިއުޓަރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{013/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފޮނުވަން ނިންމާފައިވާނެކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމެވެ.
4 22
4 0 22
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0865(JMD-145 ކޯޓު އަމުރުގެ
ޙަވާލާދޭ ފޯމު ނަންބަރު 085268/MF އަށް ބެލިއިރު، އެފޯމުގައި މައްސަލަ ތަޙުޤީޤުކުރާ ފަރާތްކަމަށް
ބަޔާންކުރެވިފައިއޮތީ ޕޮލިސް ސްޓާފް ސަރޖަންޓް ސަޢުދިއްޔާ އަޙްމަދުކަން ފާހަގަކުރެވޭކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ތަޙުޤީޤުކުރާ މީހާކަމަށް ބެލެވޭނީ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި ތަޙުޤީޤު ކުރާ މީހާކަމަށް ބަޔާންކޮށްފައިވާ ފަރާތް ނުވަތަ
ފަރާތްތައްކަމާއި، އަދި ހަމައެކަނި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާއާ މުޢާމަލާތްކުރި ފަރާތްނޫންކަމާއި،
އެހެންކަމުން، މުޙައްމަދު ހިލާލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
މައްސަލައަށް ބަލާއިރު، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ނަންބަރު 085268/MF ފޯމުގައި ތަހުޤީޤުކުރާ މީހާއަކީ
ސަޢުދިއްޔާ އަޙްމަދުކަމަށް ބަޔާންކުރެވިފައިވާއިރު، ކްރިމިނަލް ކޯޓުގެ އެމައްސަލައިގެ ޝަރީޢަތުގެ މަޖިލިހުގައި
ފަނޑިޔާރަށް އެމައްސަލަ ހުށަހަޅައިދިނީވެސް ޕޮލިސް ސްޓާފް ސަރޖަންޓް ސަޢުދިއްޔާ އަޙްމަދުކަން އެނގެން
އޮތުމުން، މުޙައްމަދު ހިލާލްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގާ ދިޔައީ ކުށެއްގެ ތުހުމަތުގައި
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ)
ގައި ބުނާ އިޖުރާޢަތާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
ހ ށ 22 4ޑ
ނދުކުރީ
(ނ) ތިންވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އިޖުރާޢަތާ
ޚިލާފަށް ޝަރީޢަތް ހިންގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
އިސްވެ ފާހަގަކުރެވުނު މާއްދާގައި ބަޔާންކުރެވިފައިވަނީ ހައްޔަރާއި ނުވަތަ ބަންދާމެދު ގޮތެއް
ނިންމާ މަޖިލިހުގައި ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހާއަށް ނުވަތަ އޭނާ ވަކީލަކާ އެކު
ޙާޟިރުކުރެވިފައިވާނަމަ، އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭންވާނެކަމަށާއި
4 22
ބައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{13/HC-A/53
މުޙައްމަދު ހިލާލްގެ ބަންދާމެދު ގޮތެއް ކަނޑައެޅުއްވި ޝަރީޢަތުގެ މަޖިލިހުގައި، މުޙައްމަދު
ހިލާލްގެ ޤާނޫނީ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުނުކަމަށް މުޙައްމަދު ހިލާލްގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙާޟިރުވި ތަހުޤީޤުކުރާ ފަރާތުން
މުޙައްމަދު ހިލާލްގެ މައްސަލަ ނިމިފައިވާކަމަށް ބުނެ ވާހަކަ ދައްކާފައި އޮތުމުން، މުޙައްމަދު ހިލާލްގެ މައްސަލަ
ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް ވަކީލަށް ދިފާޢުވުމާއި ޖަވާބުދާރީވުމަށް ފުރުޞަތު ލިބިފައިނުވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އެއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ
(ހ) ގެ ދަށުން ދިފާޢުވުމާއި އަދި ހަމަ އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ)
ދަށުން ދިފާޢުވުމުގައި
ތަފާތުތަކެއްވާތީކަމަށް މުޙައްމަދު ހިލާލްގެ ފަރާތުން ބުނެފައިވީނަމަވެސް،
މުޙައްމަދު ހިލާލްގެ މައްސަލައިގެ ތަޙުޤީޤު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން
ނިމިފައިވާކަމަށް އަދި ބެލިނަމަވެސް، އިސްވެ ބުނެވުނު މާއްދާގެ ދަށުންވެސް އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ)
ގެ ދަށުން މުޙައްމަދު ހިލާލްގެ ވަކީލަށް ދިފާޢުވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް ބެލެވެން ނެތްކަމަށް މިމައްސަލަ
ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2013/0865(J
(
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ފިޤާނިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv