ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/32 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 32/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ:-
ދާއިމީ އެޑްރެސް: ސްޓެލްކޯ ބިލްޑިންގ
މިހާރުގެ އެޑްރެސް: ސްޓެލްކޯ ބިލްޑިންގ
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އޭޑީކޭ އެންޓަރޕްރައިސަސް ޕވޓ.ލޓޑ
އައިޑީ ކާޑުނަންބަރު:-
*
* ދާއިމީ އެޑްރެސް: މ. ތިލަފިހިގެ/ށ.މާލެ
މިހާރުގެ އެޑްރެސް: މ. ތިލަފިހިގެ|ކ.މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ރަބީޢުލްއައްވަލް 1439
31 ޖެނުއަރީ 2012
ނިމުނު ތާރީޚް: 23 ރަޖަބު 1434
02) ޖޫން 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/632
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2010-05-26 * ނިމުނު ތާރީޚް: 2011-08-29
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/632 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކަކީ އޭ.ޑީ.ކޭ
އެންޓަރޕްރައިސަސް ޕވޓ ލޓޑ
8
އެވެ.
01
ރެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/632 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު ގެ
ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
02- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު: 2010/Cv-C/632 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޚާއްޞަ ރޭޓަކުން
ކަރަންޓުގެ ޚިދުމަތް ދިނުމަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
އާއިދެމެދު 18 ޖުލައި 2004 ގައި ސޮއިކޮށްފައިވާ އެގްރިމެންޓް 03 މާރޗް 2010 ދުވަހު ސިވިލް ކޯޓުގެ
ނަންބަރު 2009/MC/1720 ޤަޟިއްޔާއިން ބާޠިލްކުރުމާއިހަމައަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުން ކަރަންޓު ބިލަށް ފައިސާ ދައްކަންޖެހޭނީ އެގްރިމެންޓްގައި ބުނެފައިވާ ޚާއްޞަ ރޭޓުންކަމަށްވުމުން
އެރޭޓުން ކަރަންޓްބިލަށް ފައިސާ ދައްކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަށް ދިއުމުން ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީން ގަސްތުގައި ފައިސާ ބަލައިނުގަނެ 1 އަހަރު ދުވަހުގެ މުއްދަތަށްފަހު އޭ.ޑީ.ކޭ
އެންޓަރޕްރައިސަސްއަށް ނަންބަރު 1875990 އާއި 1875991 ކަރަންޓް ބިލް ފޮނުވިއިރު، އެދެބިމުގައިވާ
ފައިސާ 10 ދުވަހުގެތެރޭގައި ދެއްކުމަށް އަންގާފައިވާތީ، އެމުއްދަތުގައި ފައިސާ ދެއްކެން ނެތްކަމަށް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީގައި ބުނުމުން 04 ފަހަރެއްގެ މަތިން ދެއްކުން އެންމެ ރަނގަޅުކަމަށާއި
OU O
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުދެއްކިހުރި ޢަދަދަށް ކޮންމެ މަހަކު %2 ސަރޗާރޖެއްގެ ގޮތުގައި އިތުރުކުރެވޭނެކަމަށްބުނެ ފައިސާ
ބަލައިނުގަތުމަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ގަސްތުގައި ކޮށްފައިވާކަމެއްކަމަށްވާތީ މިސަރޗާރޖަކީ އޭ.ޑީ.ކޭ
އެންޓަރޕްރައިސަސްއިން
ފައިސާއެއްނޫންކަމަށް ކަނޑައަޅައިދިނުމަށްއެދި،
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ
ބަލާފައިވާ ޤަޟިއްޔާ އެއްކަމާއި،
ދައްކަންޖެހޭ
މައްޗަށް ދަޢުވާކުރުމުން
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު
ނުކުތާ ތަކަށާއި ހުށަހެޅިފައިވާ ބަޔާން ތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑާއި އޭޑީކޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 18 ޖުލައި 2004 ގައި ސޮއި
ކުރެވިފައިވާ "ޚާއްޞަ ރޭޓުން ކަރަންޓްގެ ޚިދުމަތް ލިބިދިނުމަށް ވެވޭ އެއްބަސްވުން" 03 މާރޗް 2010 ގައި
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާއިން ބާޠިލް ކުރުމާއި ހަމައަށް ހިނގާފައިވާ
ދުވަސްތަކަށް ބަޔާންވެދިޔަ އެއްބަސްވުމުގައި ބުނާ ޚާއްޞަ
ރޭޓުން
ދެޕޭމަންޓަކަށް ބަހާލައިގެން
ބިލްކުރެވިފައިވާއިރު މިގޮތުން ހެދިފައިވާ ދެބިލްކަމުގައިވާ ބިލް ނަންބަރ: 1875990
ނަންބަރ: 1875991 ގައި ސާރޗާޖުގެ ގޮތުގައި ހިމަނާފައިވާ ފައިސާ ފިޔަވައި އެދެބިލްގައި ހިމެނޭ
އެންމެހައި ފައިސާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް އޭޑީކޭ އެންޓަރ ޕްރައިސަސްގެ ފަރާތުން
ދައްކާފައިވާކަން ދައުވާލިބޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އިޢުތިރާފުން އެނގެން އޮތުމާއެކު 03
މާރޗް 2010 ގެ ނިޔަލަށް ނުދެއްކިވާ ބިލްތަކަކީ އޭ.ޑީ.ކޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
އިހުމާވުން ނުދެއްކި ފައިސާއެއް ނޫންކަމާއި، އިސްވެ އިޝާރާތް ކުރެވުނު މުއްދަތާއި ހަމައަށް ނުދެއްކިވާ
ފައިސާއަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ޢަމަލު ކުޅަ ގޮތެއްގެ ސަބަބުން އުފެދުނު ޚިލާފެއްގެ ތެރޭން
ނުދެއްކި ފައިސާއެއްކަމަށް ވާތީ ބަޔާންވެދިޔަ ފައިސާގެ ތެރެއަށް ސާރޗާޖްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އިތުރު ކޮށްފައިވާ ފައިސާއަކީ އޭޑީކޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ
މިފަދައިން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2010/Cv-C/632
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
އެނުކުތާއަކީ: ސްޓެލްކޯ ގެ ބިލް ނަންބަރު 1875990 އަދި 1875991 އޭ.ޑީ.ކޭ އަށް
ފޮނުވުނުއިރު ސަރޗަރޖް ހިމެނިފައިނުވާތީއާއި، އޭ.ޑީ.ކޭ ގެ އެދިލެއްވުމަށް އެފައިސާ 4 މަހަށްބަހާލާފައިވާތީ
އެފައިސާ ދައްކަވާ މުއްދަތަށް އެދެބިލަށް އިތުރުވާ ފައިސާއަކީ ސްޓެލްކޯ ގެ ފަރާތުން ޢަމަލުކުރި ގޮތަކުން
އުފެދުނު ޚިލާފެއްގެ ތެރެއިން ނުދެއްކިވާ ފައިސާކަމަށް ދަށުކޯޓުން ޙުކުމް ކުރައްވާފައިވަނީ
ރަގަޅަށްނޫންކަމަށްވާތީ އެޙުކުމް ބާޠިލްކޮށްދެއްވާ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމަވާ ދެއްވުން އެދި
ހުށަހެޅި ނުކުތާ އެވެ.
Ocx
04- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/632 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/632
ޤަޟިއްޔާގައި އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އޭ.ޑީ.ކޭ
ހޮސްޕިޓަލަށް ޚާއްޞަ ރޭޓަކުން ކަރަންޓުގެ ޚިދުމަތް ދިނުމަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ދެމެދު 18 ޖުލައި 2004 ގައި ސޮއިކޮށްފައިވާ
އެގްރިމެންޓް 03 މާރޗް 2010 ދުވަހު ސިވިލް ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާއިން
ބާޠިލްކުރުމާއި ހަމައަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކަރަންޓު ބިލަށް ފައިސާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/32
etco
24
ދައްކަންޖެހޭނީ އެގްރިމެންޓްގައި ބުނެފައިވާ ޚާއްޞަ ރޭޓުންކަމަށްވުމުން އެރޭޓުން ކަރަންޓްބިލަށް ފައިސާ
ދައްކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަށް ދިއުމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ޤަޞްތުގައި ފައިސާ
ބަލައިނުގަނެ 01 އަހަރު ދުވަހުގެ މުއްދަތަކަށްފަހު އޭ.ޑީ.ކޭ އެންޓަރޕްރައިސަސްއަށް ނަންބަރު 1875990
ބިލާއި ނަންބަރު 1875991 ބިލް ފޮނުވިއިރު، އެދެބިލުގައިވާ ފައިސާ 10 ދުވަހުގެތެރޭގައި ދެއްކުމަށް
އަންގާފައިވާތީ، އެމުއްދަތުގައި ފައިސާ ދެއްކެން ނެތްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަށް
އަންގައި، އެދެބިލުގައިވާ ފައިސާ 04 ޕޭމަންޓަކަށް ބަހައިގެން ދައްކާގޮތަށް ހަމަޖައްސައި ދިނުމަށް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގައި އެދުމުން، އެފަދައިން ހަމަޖައްސައި ދިނުމަށްފަހު، އޭ.ޑީ.ކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އެކަން އަންގާ ފޮނުވި ލިޔުމުގައި، ސާރޗާޖްގެ ގޮތުގައި ފައިސާ
ހިމަނައިފައިވުމުން، އެފައިސާއަކީ އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކަންޖެހޭ
ފައިސާއެއް ނޫންކަމުގައި ކަނޑައަޅުއްވައި ދެއްވުން އެދި ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެދަޢުވާއަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޖަވާބު ދެމުން ސިވިލް ކޯޓުގައި
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޚާއްޞަ ރޭޓަކުން ކަރަންޓްގެ ޚިދުމަތް ދިނުމަށް
އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްއްއި ދެމެދު
18 ޖުލައި 2004 ގައި ސޮއިކޮށްފައިވާ އެގްރިމަންޓެއް ވެފައި އޮންނަކަމާއި،
އަދި 03 މާރޗް 2010 ވަނަ ދުވަހު މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720
ޤަޟިއްޔާއިން ބުނެވިދިޔަ އެގްރިމަންޓް ބާޠިލްކުރުމާއި ގުޅިގެން އޭގެ ކުރީގެ މުއްދަތުގެ ބިލްތަކަށް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން 02 ބިލެއް ފޮނުވާފައިވާކަމަށާއި، މި ދެބިލްގައިވާ މުއްދަތަށް ފައިސާ
ދެއްކިފައިނުވާތީ، އެބިލްތައް މަސްތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ފުރުޞަތު ދީފައިވާނެކަމަށާއި އަދި
މިގޮތަށް ބިލަށް ފައިސާ ނުދެއްކޭ ކޮންމެ ފަރާތެއްގެ ބިލުވެސް ބަހާލައިގެން ދައްކާނަމަ، ސާރޗާރޖްގެ ގޮތުގައި
ފައިސާ ދައްކަންޖެހޭ އުޞޫލުން އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ވެސް 02 ބިލަށް
ސާރޗާރޖް ދައްކަންޖެހޭނެކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
COX
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04 0
مع مع
ޒ 2
(ށ) ދެވަނަ ކަމަކީ: އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީން ފޮނުވާފައިވާ ނަންބަރު 1875990 ބިލާއި އަދި ނަންބަރު 1875991 ބިލަށް ސާރޗާޖްގައި
ދައްކަންޖެހިފައިވާ ފައިސާ ފިޔަވައި އެހެންހުރިހާ ފައިސާއެއް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ގެ ފަރާތުން
ދައްކާފައިވާކަމަށް ސިވިލްކޯޓުގައާއި ހައިކޯޓުގައިވެސް އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން
އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި،
މިދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ހަމައެކަނި ކަމަކީ، އޭ.ޑީ.ކޭ އެންޓަރޕްރައިސް
ޕްރައިވެޓް ލިމިޓެޑާއި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ދެމެދު 18 ޖުލައި 2004 ގައި އޭ.ޑީ.ކޭ
ހޮސްޕިޓަލަށް ޚާއްޞަ ރޭޓުން ކަރަންޓްގެ ޚިދުމަތް ލިބިދިނުމަށް ވެވުނު އެގްރީމެންޓް 03 މާރޗް 2010 ގައި
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1720 ޤަޟިއްޔާއިން ބާޠިލްކުރިއިރު، އެހާތަނަށް އޭ.ޑީ.ކޭ އިން ސްޓޭ
އިލެކްޓްރިކް ކޮމްޕެނީ އަށް ނުދެއްކި ފައިސާ މަސްތަކަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދިންއިރު ސާރޗާޖް ނެގުމަށް ނިންމާފައިވާ ނިންމުމާއި
މެދުގައިކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން މަސްތަކަކަށް ބަހާލައިގެން ދެއްކުމުގެ
އިންތިޒާމް ހަމަޖައްސައިދީފައިވާ ފައިސާއަކީ ޚާއްޞަ ރޭޓުން ކަރަންޓްގެ ޚިދުމަތް ދިނުމަށް ކުރެވުނު
އެގްރީމެންޓާއި ޚިލާފަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއިން ބިލްކުރުމާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި އުފެދުނު
ޚިލާފެއްގެ ސަބަބުން ނުދެއްކިހުރި ފައިސާކަމަށްވުމުންނާއި، އަދި އެފައިސާ ނުދެއްކިވަނީ އެގްރީމެންޓާއި
އެއްގޮތަށް ފައިސާ ދައްކަން އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ގެ ފަރާތުން ދިޔުމުން އެފައިސާ އެގްރީމެންޓުގައިވާ
ޚާއްޞަ ރޭޓުން ބަލައިގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ދެކޮޅު ހެދުމުގެ ސަބަބުން ކަމުގައިވާތީ،
އެފައިސާ ނުދެއްކި ހިނގާ ދުވަސްތަކަށް ޢާންމު އުޞޫލުން ސާރޗާޖް ނެގުމަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
އަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ގެ ފަރާތުން ދެކޭއިރު، އެއާއި ޚިލާފަށް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަށް ޤަބޫލުކުރެވޭތީކަން މިދެފަރާތުގެ ބަހުން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: މިހާރު އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު: 2010/Cv-C/632 ޤަޟިއްޔާގެ ކުރިން މި ދެފަރާތުގެ ދެމެދުގައި ހިނގާ ނިމިފައިވާ މަދަނީ ކޯޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/32
އެ
ނަންބަރު 2009/MC/1720 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ
އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ގެ ދަށުން ހިންގާ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޚާއްޞަ ރޭޓަކުން ކަރަންޓްގެ ޚިދުމަތް
ދިނުމަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި ދެމެދު 18 ޖުލައި 2004
ގައި ވެވިފައިވާ އެއްބަސްވުން ޝަރީޢަތުން ބާޠިލް ކޮށްދިނުމަށް އެދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ގެ
ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެއްބަސްވުން ބާޠިލްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ގެ ފަރާތުން އިސްވެ
ހުށަހަޅަންޖެހުނު ސަބަބަކީ، ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން،
އޭ.ޑީ.ކޭ އެންޓަރޕްރައިސަސް އާއި ދެމެދު ޚާއްޞަ ރޭޓުން ކަރަންޓް ދިނުމަށް ވެވިފައިވާ
އެއްބަސްވުމާއި އެއްގޮތަށް އެ ޚިދުމަތް ދެވެންނެތިގެން، އެއްބަސްވުން ވުޖޫދުގައިވަނިކޮށް، އޭ.ޑީ.ކޭ
ހޮސްޕިޓަލްގެ ބިލްތަކަށް ޢާންމު ރޭޓުން ބިލްކުރަން ފެށުމާއި ގުޅިގެން، އެބިލްތަކަށް ޢާންމު ރޭޓުން ފައިސާ
ދެއްކުމަށް އޭ.ޑީ.ކޭ އެންޓަރޕްރައިސަސް އިން ދެކޮޅުހަދައި، ޚާއްޞަ ރޭޓުން ފައިސާ ދެއްކުމަށް ދިޔުމުން،
ބިލްކުރެވިފައިވާ ގޮތަށް ނޫނީ ފައިސާ ބަލައިގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން އިންކާރު ކުރުމާއި
ގުޅިގެން އެދެފަރާތުގެ ދެމެދުގައި އުފެދުނު ޚިލާފުގެ ސަބަބުންކަން ދެފަރާތުން އެޤަޟިއްޔާގައި ދައްކާފައިވާ
ވާހަކައިން ރަނގަޅަށް އެނގޭކަމާއި،
މަދަނީ ކޯޓުގެ އެޤަޟިއްޔާ ނިންމަވާފައިވަނީ، އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޚާއްޞަ ރޭޓުން ކަރަންޓުގެ
ޚިދުމަތް ދިނުމަށް ވެވިފައިވާ އިސްވެ ބަޔާންކުރެވުނު އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅުއްވާފައިކަމާއި،
އިބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި ޚިލާފަށް ޢާންމު ރޭޓުން ކޮށްފައިވާ ބިލްތައް
އަލުން އިޞްލާޙް ކުރުމާއި ގުޅިގެން އެބިލްތަކަށް ދައްކަންޖެހޭ ފައިސާ އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ދައްކާފައިވާކަން ދެފަރާތުގެ ބަހުންވެސް އެނގެން އޮންނަކަމާއި،
މިހާރު އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2010/Cv
-
C/632 ޤަޟިއްޔާގައި
އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ކޮށްފައިވާ ދަޢުވާއަކީ، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/1720 ޤަޟިއްޔާއިން އިސްވެ މިބުނެވުނު އެއްބަސްވުން ބާޠިލް ކުރުމާއި
ޑ 8 ހ 30
0/6
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެއް
8
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭގެ ކުރީގެ މުއްދަތުގައި، އެ އެއްބަސްވުމާއި ޚިލާފަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ކަރަންޓުގެ ޚިދުމަތަށް ޢާންމު
ރޭޓުން ބިލްކުރުމުން ދެފަރާތުގެ ދެމެދުގައި ޚިލާފް އުފެދުމާއި ގުޅިގެން ނުދެއްކި ފައިސާ ދެއްކުމަށް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް
އިންތިޒާމްތަކެއް ހަމަޖައްސައިދިން އިރު، އޭގެ ތެރެއަށް ސާރޗާޖް ހިމަނާފައިވާތީ، ސާރޗާޖްގެ ގޮތުގައި އިތުރު
ކޮށްފައިވާ ފައިސާއަކީ އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް
ނޫންކަމަށްބުނެ ކޮށްފައިވާ ދަޢުވާއެއްކަން ފާހަގަކުރެވެން އޮތްއިރު، މިދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައިންނާއި، އަދި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެއްބަސްވުން ބާޠިލްކުރިއިރު،
އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ނުދައްކާ ފައިސާއަކީ، ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑް އިން އެއްބަސްވުމާއި ޚިލާފަށް ބިލްކުރުމުގެ ސަބަބުން އުފެދުނު ޚިލާފާއި ގުޅިގެން ނުދެއްކިވާ
ފައިސާއެއްކަމާއި، އެއްބަސްވުން ވުޖޫދުގައި އޮތްއިރު އެއްބަސްވުމުގައިވާ ރޭޓުން އެފައިސާ ދެއްކުމަށް އޭ.ޑީ.ކޭ
އިން މަސައްކަތް ކޮށްފައިވާކަމާއި، އެފައިސާ ނުދެއްކި ލަސްވުމުގައި އޭ.ޑީ.ކޭ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް ގެ އެއްވެސް އިހުމާލެއް ނެތްކަން ޝަރީޢަތަށް ސާބިތުވާތީ، އެފައިސާގެ މައްޗަށް ބިނާކޮށް އޭ.ޑީ.ކޭ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ އަތުން ސާރޗާޖްގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަކީ
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ލިބިގެންވާ ޙައްޤެއްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، އިސްތިއުނާފު
މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/632 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
އެއްވެސް ބަދަލެއް ގެންނަންޖެހޭ ނެތްކަމަށް މިމައްސަލަ ބަލާ ފަނޑިޔާރުންނަށް އިއްތިފާޤް
ވެވިފައިވެއެވެ.
24 2
ع ع
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާދީ،
ދިވެހިންގެ
9
2012/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ސަބަބުތައް
އެގޮތުގެ މަތީން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/632 ޤަޟިއްޔާ ބައްލަވާ އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެ
އެއްވެސް ސަބަބެއް ނެތްކަމަށްޓަކައި، އެޤަޟިއްޔާގެ ޙުކުމަށް ތާއީދު ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv