ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/281 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/281
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 281/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
• އިސްތިއުނާފު ރައްދުވި ފަރާތް: ޓްރައިނަސްސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ފ. ހުޅުގަލި/ މާލެ މިހާރުގެ އެޑްރެސް: ފ. ހުޅުގަލި/ މާލެ
* ރެޖިސްޓްރީ ނަންބަރު: 829
/
2009-C
ވަކީލު: އޏ. އަޙްމަދު ޢަބްދުﷲ ޢަފީފް
ތަދައްޚުލްވި ފަރާތް: ޓްއަރމަލިން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
، ދާއިމީ އެޑްރެސް: ފ. އޯކިޑްމާގެ/ މާލެ * މިހާރުގެ އެޑްރެސް: ފ. އޯކިޑްމާގެ/ މާލެ
* ރެޖިސްޓްރީ ނަންބަރު: G0019
/
2013
ވަކީލުން ޢަލީ ޙުސައިން
64
ހުށަހެޅުނު ތާރީޚް: 12 ސެޕްޓެމްބަރު 2013
ނިމުނު ތާރީޚް: 07 ސެޕްޓެމްބަރ 2014
.....
އިސްތިއުނާފުކުރެވުނު ވަގުތީ އަމުރު ނަންބަރު: 2013
/
02/B
-
CR
-
5
/
VA
• އަމުރު ނެރުއްވިކޯޓު: ސިވިލް ކޯޓު
• އަމުރު ނެރުއްވި ތާރީޚް: 07 އޯގަސްޓް 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
ރ.
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/281
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވަނީ ޓްރައިނަސްސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްއަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު: 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރަށް ބަލާއިރު އެ އަމުރުގައި
ބަޔާންކޮށްފައިވަނީ، ”ގއ. މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ
އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއެކު ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް
ޕްރައިވެޓް ލިމިޓެޑުން 19 ސެޕްޓެމްބަރ 2011 ގައި ވެފައިވާ އެއްބަސްވުމަކީ، މިނިސްޓްރީ އޮފް
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19
ނޮވެމްބަރ 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގެ
ދަށުން އެރަށް ކުއްޔަށް ދެވިފައިވިއަސް، އެރަށުގެ މައްޗަށް އިސްވެ ބަޔާންވެދިޔަ 02 (ދޭއް) އެއްބަސްވުމުގެ
ޝަރުޠުތައް ހިނގަމުންދާކަން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ނަންބަރު:
2013
/
745/MBR
/
PRIV-88 (12 މެއި 2013) ސިޓީން އެނގެން އޮތުމުން، އެރަށުގެ މައްޗަށް އޮތް
އަސާސީ އަދި ފުރަތަމަ އެއްބަސްވުމަކީ، 19 ނޮވެމްބަރ 2009 ގެ އެއްބަސްވުންކަމާއި،
އިސްވެ ބަޔާންވެދިޔަ، ގއ. މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް
19 ސެޕްޓެމްބަރ 2011 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއެކު ޓްރެއިނަސް-
ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް
ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ބާޠިލްކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް
ކޮމިއުނިކޭޝަނާއި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
.ދިޘް
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/281
ޑ 428
427
އއ3200
ވެފައިވާ އެއްބަސްވުން ބާޠިލުކުރެވިފައިވުމުގެ ސަބަބުންކަން، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް
ކަލްޗަރގެ ނަންބަރު: 2013
/
745/MBR
/
PRIV-88 (12 މެއި 2013) ސިޓީން އެނގެން އޮތަތީ،
މާނަގަލާ އެވެކިޔުނު ރަށް ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ
ކިބައިން ވަކިކުރުމުގެ ބިނާއަކީ، މިމައްސަލައިގެ މައުޟޫގައި ހިމެނިގެންވާ ކަމެއްކަމާއި، އަދި މިމައްސަލައިގެ
މައުޟޫއާމެދު ޝަރީޢަތުން ފައިޞަލާކުރުމަކީ، އެރަށް ވަކިކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް
އެންޑް ކަލްޗަރ އިން ދައްކާފައިވާ އަސާސްގެ ޞައްހަކަން ދެމިއޮތުމާއި، ނެތިދިއުމުގެ މައްޗަށް އޮތް
ނިޔާކުރުމެއްކަމާއި، އަދި އެނިޔާ ބިނާވެފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި
ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި ވެފައިވާ
މައްޗަށްކަމުގައިވާތީ، އެރަށުގެ މައްޗަށް މިއެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޙައްޤުތައް
ޙިމާޔަތްކުރުމަށް ވަޤުތީ އަމުރަކަށް އެދުމުގެ ޞިފަތު ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް
މިޙާލަތުގައި ލިބިގެންވާކަމަށް ޝަރީޢަތަށް ބުރަވެވޭކަމާއި،
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސް.ސީއޭއީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި ވެފައިވާ އެއްބަސްވުމަކީ މަތިދެކުނު ޕްރޮވިންސްގެ
ދަތުރުފަތުރުކުރުމުގެ ނިޒާމް އިންތިޒާމްކޮށް، އެނިޒާމް ހިންގުމަށްޓަކައި 50 (ފަންސާސް) އަހަރު ދުވަހުގެ
މުއްދަތަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގެ ދަށުން ޢާންމުންނަށް ހެޔޮ އަގުގައި ދަތުރު ފަތުރު
ކުރުމުގެ ޚިދުމަތް ހަމަޖެއްސުމަށްޓަކައި، އެ އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 15 (ފަނަރަ) ހެކްޓަރުގެ
ސަރަޙައްދެއް ފަތުރުވެރިކަމުގެ ބޭނުމަށް ޓްރައިނަސްސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް
ދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން އެއްބަސްވެފައިވާކަމާއި، އަދި މިޒިންމާ
ދައުލަތުން އަދާކުރުމުގެ ބޭނުމުގައި، ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، ދައުލަތުގެ
ޙިއްޞާ ހިމެނިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމުގައިވާ، ޓްރައިސް-ސީއޭއީ ސަދަން
ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ގއ. މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް
19 ސެޕްޓެމްބަރ 2011 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއެކު ވެފައިވާ
މުގެ ދަށުން 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދެވިފައިވާކަމާއި، މިގޮތުން މިދެ
6 ދ 4
3 2ޑ
އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/281
UCOC
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި
ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި ވެފައިވާ
އެއްބަސްވުން ބާޠިލްކުރެވިފައިވަނީ، އެ އެއްބަސްވުމުގެ ދަށުން ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި،
ޒިންމާތައް އަދާކުރުމުގައި އުފެދިފައިވާ ދެބަސްވުމުގެ މައްޗަށް ކަމުގައިވާހިނދު، އެ އެއްބަސްވުމުގެ ދަށުން
އެފަރާތަކުން އުފުލަންޖެހޭ އިލްތިޒާމާއި، ޒިންމާތައް އަދާކުރެވިފައިވާ މިންވަރު ދެނެގަނެ، އެ މިންވަރު
ވަޒަންކުރެވި، އެ އެއްބަސްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ނިމުމަކަށް
ގެނެސްފައިވަނީ، ޢަދުލުވެރި ޤާނޫނީ ހަމަތަކުގެ މަތީން، އެ އެއްބަސްވުމުގެ ދަށުންކަމާމެދު އުފެދިފައިވާ
ދެބަސްވުމަށް ޝަރީޢަތުން ފައިޞަލާ ކުރުމުގެ ކުރިން، އެ އެއްބަސްވުމުގެ ދަށުން 19 ސެޕްޓެމްބަރ 2011
ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއެކު ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް
އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން މެދުވެރިކޮށް ގއ. މާނަގަ އެވެކިޔުނު ރަށުގެ
މައްޗަށް އޮތް ޙައްޤުތަކަކީ މިމައްސަލައިގެ ތެރެއިން ޙިމާޔަތް ލިބެންޖެހޭ ޙައްޤުތަކެއްކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭކަމާއި،
އަދި މިމުޢާމަލާތުގައި ތިންވަނަ ފަރާތެއްގެ ގޮތުގައި ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
ހިމެނިފައިވަނީ، މާނަގަލާ އެވެކިޔުނު ރަށް ކުއްޔަށް ހިފުމަށް ޢާންމުކޮށް ހުޅުވާލެވުނު ބީލަމެއް
ކާމިޔާބުކުރުމުން ނުވަތަ، ދައުލަތުން ހުޅުވާލި ފުރުޞަތެއްގައި، އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅުމުން،
ދައުލަތުގެ ޙިއްޞާ ހިމެނިގެން އުފެދުނު ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ޙައިޘިއްޔަތުން ނޫންކަމާއި،
ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ގއ. މާނަގަލާ އެވެކިޔުނު ރަށުގެ މައްޗަށް
އުފަންވެފައިވަނީ، އެރަށް އެކުންފުންޏަށް ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް
ލިމިޓެޑުން ކުއްޔަށް ދިނުމުންކަމާއި، އަދި އެރަށުގެ މައްޗަށް ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ
ޙައްޤެއް އުފެދުމުގެ ފުރުޞަތު ތަނަވަސްވެފައިވަނީވެސް، ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
މެދުވެރިވެގެން ކަމަށްވީހިނދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސްސީއޭއީ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ
ޓްރައިނަސް-ސީއޭ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް މާނަގަލާ
30 31
مرمت سر
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/281
އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް 19 ސެޕްޓެމްބަރ 2011 ގައި ވެފައިވާ
އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ބާޠިލް ކޮށް، އެ އެއްބަސްވު
އެބަސްވުމުގެ
ދަށުން އެރަށުގެ ހެޑް ލީސް ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އެސައިންކުރެވިފައިވަނީ، އެ
އެއްބަސްވުންތައް މެދުވެރިކޮށް ކަމަށްވީހިނދު، އެރަށުގެ ހެޑް ލީސް މިހާރު ލިބިފައިވާ ފަރާތުގެ ޙައިޘިއްޔަތުން،
ޓުއަރމަލިން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އެރަށް ރަހުނު ކުރުމުން، ނުވަތަ އެރަށުގެ މައްޗަށް ލިބިފައިވާ
ޙައްޤުތައް ބަދަލުކުރުމުން، އެރަށުގެ މައްޗަށް އިތުރު އެހެން ފަރާތްތަކެއްގެ ޙައްޤުތަކެއް އުފެދި، މިމައްސަލައާ
މެދު ޝަރީޢަތުން ފައިޞަލާކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިމައްސަލައިގައި ހިމެނިފައިވާ އަޞްލު
އެއްބަސްވުންތައް އަލުން ރުޖޫޢަކުރާން ޖެހިއްޖެ ހިނދެއްގައި، އެކަން ނުކުރެވި، ތަދާރުކު ނުކުރެވޭ ޙާލަތެއް
މެދުވެރިވުމުގެ އިޙްތިމާލު އޮތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އެރަށުގެ ހެޑް ލީސް ޓުއަރމަލިން ރިސޯޓްސް
ޕްރައިވެޓް ލިމިޓެޑަށް މިހާރު އެސައިން ކުރެވިފައިވިއަސް، މިހިނދަށް އެސައިންކުރުން ނުވަތަ ޓުއަރމަލިން
ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް މިހާރު ލިބިފައިވާ ހެޑް ލެސީގެ ޙައިޘިއްޔަތު، ތަންފީޛުވުން ފަސްކުރުމަށް
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އަށާއި، މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ
މައްޗަށް އަންގައި އަމުރުކޮށްފީމެވެ.” މިފަދައިންކަން އެނގެން އޮވެއެވެ.
¢¢ ¢ ¢
CCCX
02- ސިވިލް ކޯޓުގެ ނަންބަރު: 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ
ފާހަގަކޮށް އެނުކުތްތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާއިން
ވަގުތީ އަމުރު ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭނެ ކަމަށް ކަނޑައަޅުއްވާފައިވާ ޢާންމު ޝަރުތުތަކުގެ
ތެރޭގައި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ”ސިފަތައް، ނުވަތަ ހައިސިއްޔަތު ޤާނޫނީ
ގޮތުން ލިބިގެންވާ ފަރާތެއް ކަމަށްވުން ހިމެނޭއިރު، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ
ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަކީ އެދިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/281
ވަގުތީ އަމުރަށް އެދުމުގެ ސިފަތައް“ ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ނޫންކަމަށް
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާއިން ހުށަހަޅާފައިވާ ވަގުތީ އަމުރުގެ ޖަވާބުގައި
ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، އެކަން އިސްވެ ދެންނެވި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949
ޤަޟިއްޔާއިން ނެރުއްވާފައިވާ ނަންބަރު 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރުގައި ރިޢާޔަތްކުރައްވާ
ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާއިން ނެރުއްވާފައިވާ
ނަންބަރު 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު ނެރެދެއްވާފައިވަނީ އިސްވެ ދެންނެވި ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/949 ޤަޟިއްޔާގެ މައުޟޫޢާ ނުގުޅޭ އަދި މައުޟޫޢާމެދު ފައިޞަލާ ކުރެވުމުގައި
ރިޢާޔަތް ނުކުރެވޭނެ ޙައްޤެއް ޙިމާޔަތް ކުރެއްވުމަށްކަމަށްވާތީ، ވަގުތީ އަމުރު ނެރެދެއްވާފައިވަނީ ދަޢުވާގެ
މައުޟޫޢުން ބޭރުކަމަކަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/949 ޤަޟިއްޔާއިން ނެރުއްވާފައިވާ ނަންބަރު
2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރަށާއި އެ އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާއަކީ، ޓްރައިނަސްސީއޭއީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާ ދެމެދު 2009 ނޮވެމްބަރު 19
ވަނަ ދުވަހު ވެވުނު އެގްރީމެންޓެއްގެ ދަށުން މަތިދެކުނު ސަރަހައްދުގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ
އެންމެހައި ކަންކަން ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މިއެގްރީމެންޓްގެ ދަށުން ހަވާލުކޮށް،
މިއެގްރީމެންޓްގެ ބައެއް މާއްދާތަކުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް
ޒިމުވެގެންވާ އިލްތިޒާމް
ތިޒާމްތައް ފުރިހަމަ ނުކޮށް އިންފިރާދީ ގޮތުން މި ޢަޤުދު ބާޠިލްކޮށްފައިވާކަމަށް ބުނެ،
Occ>
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/281
8 0 4
ގއ. މާނަގަލާ
އެގްރީމެންޓް ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް
ކޮމިއުނިކޭޝަންގެ މައްޗަށް ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
(ށ) ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާއިން ނެރުއްވާފައިވާ ނަންބަރު
2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރަކީ ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ވަގުތީ އަމުރެއް ނެރެދެއްވުން އެދި ސިވިލްކޯޓަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ނެރުއްވާފައިވާ ވަގުތީ
އަމުރެއްކަން އެނގެން އޮންނައިރު، ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަކީ އެފަދަ ވަގުތީ
އަމުރަކަށް އެދި ހުށަހެޅުމުގެ ”ސިފަތޯ، ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްތޯ ބަލާއިރު،
މަތިދެކުނު ސަރަހައްދު (ގއ. އަދި ގދ. އަތޮޅު) ގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމާބެހޭ ގޮތުން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑާ ދެމެދު 2009 ނޮވެމްބަރު 19 ވަނަ ދުވަހު އެއްބަސްވުމެއް ވެވިފައިވާކަމާއި،
އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް
ކަލްޗަރ އާއި ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19
ސެޕްޓެމްބަރު 2011 ގައި ވެވިފައިވާކަން އެނގެން އޮންނައިރު، 19 ސެޕްޓެމްބަރު 2011 ގެ
މި އެއްބަސްވުމަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސް-ސީއޭއީ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރު 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން
އުފެދިފައިވާ އެއްބަސްވުމެއްކަން ދައުލަތުގެ ބަހުންނާއި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ބަހުން ޝަރީޢަތަށް ސާބިތުވާކަމާއިގެ
19 ސެޕްޓެމްބަރު 2011 ގެ އެއްބަސްވުމުގެ ދަށުން ގއ. މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ
ދެވިފައިވިއަސް، އެރަށުގެ މައްޗަށް އިސްވެ ބަޔާންވެދިޔަ 02 (ދޭއް) އެއްބަސްވުމުގެ
ޝަރުޠުތައް ހިނގަމުންދާކަން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ނަންބަރު:
2013
/
745/MBR
/
PRIV-88 (12 މެއި 2013) ސިޓީން އެނގެން އޮތުމުން، އެރަށުގެ މައްޗަށް އޮތް
އަސާސީ އަދި ފުރަތަމަ އެއްބަސްވުމަކީ، 19 ނޮވެމްބަރ 2009 ގެ އެއްބަސްވުންކަމާއިގެ
އއބސް03އ
ބޭނުމަށް
ކުއްޔަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/281
28
މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް 19 ސެޕްޓެމްބަރު
2011 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއެކު ޓްރައިނަސް-ސީއޭއީ ސަދަން
ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމް
އާރޓްސް އެންޑް ކަލްޗަރ އިން ބާޠިލްކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި
ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2009 ގައި ވެފައިވާ
އެއްބަސްވުން ބާޠިލުކުރެވިފައިވުމުގެ ސަބަބުންކަން އެނގެން އޮންނައިރުގެ
ހއ. މާނަގަލާ އެވެކިޔުނު ރަށް ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް
ލިމިޓެޑުގެ ކިބައިން ވަކިކުރުމުގެ ބިނާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާގައި
ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގައި ހިމެނިގެންވާ ކަމެއްކަމާއި، އަދި އެމައްސަލައިގެ މައުޟޫޢާމެދު
ޝަރީޢަތުން ފައިޞަލާކުރުމަކީ، ގއ. މާނަގަލާ އެވެކިޔުނު ރަށް ވަކިކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް
އާރޓްސް އެންޑް ކަލްޗަރުން ދައްކާފައިވާ ސަބަބުތަކަކީ ޝަރުޢީ ޤާނޫނީ ހަމަތަކުގެ މަތީން ހަމަޖެހޭ ރަގަޅު
އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްޗަށް އޮތް
ފައިޞަލާކުރުމެއްކަމަށްވާއިރު، އެ މިނިސްޓްރީގެ ނިންމުން ގުޅި ލާމެހިފައިވަނީ، މިނިސްޓްރީ އޮފް
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 19
2009 ގައި ވެފައިވާ އެއްބަސްވުމުގެ މައްޗަށްކަމުގައިވާތީ، އެރަށުގެ މައްޗަށް ފަހުން
އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަގުތީ އަމުރަކަށް އެދުމުގެ
ޞިފަތު ނުވަތަ ހައިސިއްޔަތު ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާކަމަށް
ޝަރުޢީ ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު ނެރެދެއްވާފައިވަނީ ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާގެ މައުޟޫޢާ ނުގުޅޭ އަދި މައުޟޫޢާމެދު ފައިޞަލާ
ކުރެއްވުމުގައި ރިޢާޔަތް ނުކުރެވޭނެ ޙައްޤެއް ޙިމާޔަތް ކުރެއްވުމަށްކަމަށްވާތީ، ވަގުތީ އަމުރު ނެރެދެއްވާފައިވަނީ
ދަޢުވާގެ މައުޟޫޢުން ބޭރުކަމަކަށް ކަމަށް ބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކު
ނުކުތާއަށް
ނަޒަރުކުރާއިރު،
ގދ ދވ
ނޮވެމްބަރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/ 281
އެންޑް
ގއ. މާނަގަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް
ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި ޓްރައިނަސް-ސީއޭއީ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް
ލިމިޓެޑާ ދެމެދު 19 ސެޕްޓެމްބަރު 2011 ގައި އެއްބަސްވުމެއް ވެވިފައިވާކަން އެނގެން އޮވެފައި، 19
ސެޕްޓެމްބަރު 2011 ގެ މި އެއްބަސްވުމަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާއި
ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރު 2009 ގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އެއްބަސްވުމެއްކަން އެނގެން އޮތްނަމަވެސް އަދި 19 ސެޕްޓެމްބަރު
2011 ގެ އެއްބަސްވުމުގެ ދަށުން ގއ. މާނަލާ އެވެކިޔުނު ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް
ދެވިފައިވީނަމަވެސް އެރަށުގެ މައްޗަށް އިސްވެ ބަޔާންވެދިޔަ 02 (ދޭއް) އެއްބަސްވުމުގެ ޝަރުޠުތައް
ހިނގަމުންދާކަން މިނިސްޓްރީ އޮފް
އާރޓްސް
ކަލްޗަރގެ ނަންބަރު:
2013
/
745/MBR
/
PRIV-88 (12 މެއި 2013) ސިޓީން އެނގެން އޮންނައިރު، 20 ޖެނުއަރީ 2013
ގައި ޓްރައިނަސްސީއޭ ސަދަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޓުއަރމަލިންގ
ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ގއ. މާނަގަލާއެވެ ކިޔުނުރަށް
ޓުއަރމަލިންގ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ސަބްލީސް ކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަތިދެކުނު ސަރަހައްދު (ގއ.
އަދި ގދ. އަތޮޅު) ގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ދެމެހެއްޓުމަށްޓަކައި ޓްރައިނަސް-ސީއޭއީ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް މާލީ ނަފާ ހޯދުމަށް އޮތް މަގަކީ ގއ. މާނަގަލާއެވެ ކިޔުނު ރަށުގެ
ސަބްލީސް ރެންޓުގެ ގޮތުގައި ލިބޭ އެއްޗެއްކަން ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ބަހުން
އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާގައި ޓްރައިނަރސް-ސީއޭއީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ 19 ނޮވެމްބަރު 2009 ގައި ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާ ދެމެދު ވެވުނު އެގްރީމެންޓްގެ
ދަށުން މަތީ ދެކުނުގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ޓްރައިނަސްސީއޭއީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ހިންގުމަށް ކޮށްފައިވާ އެގްރީމެންޓް ބާޠިލް ކުރިކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/281
އެންޑް ކޮމިއުނިކޭޝަނުން އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުންކަން އެނގެން
އޮންނައިރު، އެ ދަޢުވާގެ ތެރެއިން ކަނޑައެޅިގެންދާނީ 19 ނޮވެމްބަރު 2009 ގައި ޓްރައިނަސް-ސީއޭއީ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާ ދެމެދު
ކުރެވިފައިވާ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢާ ބެހޭ އެގްރީމެންޓް ބާތިލްކުރީ ޤާނޫނީ ހަމަތަކާ
އެއްގޮތަށްތޯ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ތޯ ކަމާއި؟
އެ ދަޢުވާގައި ނިޔާ ކަނޑައެޅިގެންދާއިރު، ޓްރައިނަސްސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ހުށަހަޅާފައިވާ ފަދައިން އެގްރީމެންޓް ބާތިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅިއްޖެނަމަ އެނިޔާގެ
ނަތީޖާ އަކަށް ވެގެންދާނީ އެގްރީމެންޓްކުރި ޙާލަތަށް އެގްރީމެންޓުގެ ބައިވެރިން ރުޖޫޢަވުން ލާޒިމްވުންކަމާއި،
އެއީ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމުގެ މަޝްރޫއާ ބެހޭ އެގްރީމެންޓް އޭގެ ޞައްޙަކަމާއެކު ދެމި އޮތުމާއި، އެ
އެގްރީމެންޓުގެ ދަށުން ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ އެންމެހައި ބާރުތަކާއި
ޙައްޤުތައް ލިބިދެވުމާއި އެ ޙައްޤުތަކާއި ބާރުތައް އެ ގޮތުގެ މަތީގައި އޮތްކަން ޔަޤީން ކަށަވަރުވެގެން ދިއުމުގެ
އިތުރުން، އެ އެގްރީމެންޓުގެ ދަށުން ދައުލަތުގެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް ދައުލަތުގެ
މައްޗަށް ލާޒިމްވެގެން ދިއުންކަމާއިގެ
އެގޮތުން ދައުލަތުގެ އިލްތިޒާމްތަކުގެ ތެރޭގައި މިމައްސަލައިގާ ވާހަކަ ދެކެވޭ ގއ. މާނަގަލާއެވެ ކިޔުނު
ރަށުގެ މައްޗަށް ޓްރައިނަސް-ސީއޭއީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ޙައްޤުތަކަށް އުނިކަމެއް
ނާންނަ ގޮތެއްގެ މަތީން އެޙައްޤުތައް ފުރިހަމަ ގޮތުގައި ތަޞައްރުފު ކުރުމުގެ ބާރު ޓްރައިނަސް-ސީއޭއީ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުން ހިމެނޭކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު
2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު ނެރެދެއްވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949
ޤަޟިއްޔާގެ ދަޢުވާގެ މައުޟޫޢުން ބޭރުކަމަކަށް ޙިމާޔަތް ލިބިދިނުމަށްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/949 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގައި
އެދިފައިވަނީ އެގްރީމެންޓް ބާތިލްކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުން ކަމުގައިވީނަމަވެސް، އެކަން
އެގޮތުގެ މަތީން ކަނޑައެޅިގެންދާ ޙާލަތުގައި އެކަމުގެ މައްޗަށް ތަރުތީބުވެގެން އަންނަ ޤާނޫނީ ނަތީޖާއާއި،
އެނަތީޖާގެ ސަބަބުން ކުރާނެ އަސަރާއި އެކަމުގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ހުޅުވިގެންވާ ތަނަވަސް
Occo
COC
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/281
ވިސްނުމަކުން ވިސްނާ ނަޒަރުކުރުމުން އެޤަޟިއްޔާގެ
ދަށުން
ނެރުއްވާފައިވާ ނަންބަރު
2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ ޤާނޫނީ ހަމަތަކުން ބޭރުން ކަމަކަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
ޙުކުމް:
949/Cv-C/2013
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް
ނަންބަރު
ޤަޟިއްޔާއިން ނެރުއްވާފައިވާ ނަންބަރު
2013
/
02/B
-
CR
-
5
/
VA ވަގުތީ އަމުރު، އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ ހަމައެއްނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އައިކޯޓް
S;
.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv