ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/207 ޤަޟިއްޔާގެ ޙުކުމް
1
Feb
2011/HC-A/207
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 207/HC
-
A/2011
* ނަން: މުޙައްމަދު ޔާސީން ޒާދީ
އައިޑީ ކާޑު ނަންބަރ: A164836
ދާއިމީ އެޑްރެސް: ޕޮރިޒަން/ ސ.ފޭދޫ
، މިހާރުގެ އެޑްރެސް: ޕޮރިޒަން
704
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
ނިމުނު ތާރީޚް: 19 އޭޕްރީލް 2012
• ހުށަހެޅުނު ތާރީޚް: 18 އޯގަސްޓް 2011
، ޤަޟިއްޔާގެ ބާވަތް: ވައްކަން ކުރުން
0
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/207
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S4C/43 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން، ޕޮރިޒަން ސ.ފޭދޫ މުޙައްމަދު ޔާސީން ޒާދީ އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
CCCO
ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
0
ހަގަކުރެވުނު ނުކުތާތައް:
01- އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S4C/43 ޤަޟިއްޔާގައި
މުޙައްމަދު ޔާސީން ޒާދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) އާއި 138 ވަނަ މާއްދާގެ ދަށުން ވައްކަންކު
ންކުރުމުގެ ކުށުގެ ދަޢުވާ ކަމާއިގެ
އެޤަޟިއްޔާ ނިންމަވާފައިވަނީ، މައްސަލައާ ގުޅިގެން ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން
ވައްކަންކުރުމުގެ ކުށް މުޙައްމަދު ޔާސީން ޒާދީގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ، އެކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު
ދުވަހުގެ މުއްދަތަށް
ދުތަށް މުޙައްމަދު ޔާސީން ޒާދީ
ޖަލަށްލުމަށްކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން
އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2011/S4C/43 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ މުޙައްމަދު ޔާސީން ޒާދީގެ ފަރާތުން އިސްތިއުނާފު ކުރުމަށް އަށެއް
ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- އައްޑު
އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/S4C/43 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޔާސީން ޒާދީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/207
ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެ
(ހ) އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S4C/43 ޤަޟިއްޔާގައި
ދައުލަތުގެ ފަރާތުން، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ ދަށުން
މުޙައްމަދު ޔާސީން ޒާދީގެ މައްޗަށް ކޮށްފައިވާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ޔާސީން ޒާދީ
އިންކާރުކޮށްފައިވާކަން އެނގެން އޮވެއެވެ.
މަރަދޫ ފޭދޫ
(ނ) މިމައްސަލައާއި ގުޅިގެން އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޙާޒިރުކުރެވިފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، 23 ނޮވެމްބަރު 2010 ގައި
ކުދިރަތްމާގޭގައި ނިދަން އޮށޯވެފައި އޮތްވާ މާމަ އައިސް އެގޭގެ ކޮޓަރި ތެރޭގައި އޮތް ނޮކިޔާ ބްރޭންޑްގެ ފޯނެއް
ގެއްލުނު ވާހަކަ ބުނި ކަމަށާއި، އަދި އެފޯނު ނެގީ އެގެއަށް ފުލުހުން ކަމަށްބުނެ އައި ދެމީހަކުކަންވެސް އެގުނު
ކަމަށާއި، އެކަން އެގުނީ ކާފައަށް ފުލުހުން ފޮޓޯ ދައްކައި އެފޮޓޯގައި ހުރީ އެގެއަށް ވަން މީހާތޯ ސުވާލު
ކުރުމުން ކާފަ އާނ އެކޭ ބުނި ކަމަށާއި، އާމިނަތު ޝީލާއަށް ވަންކަން ކުރަނިކޮށް ފެނިފައި ނުވާކަމަށް
ބުނެފައިވުމުން މުޙައްމަދު ޔާސީން ޒާދީގެ މައްޗަށް ހުށަހެޅިފައިވާ މިމައްސަލައިގާ އާމިނަތު ޝީލާގެ ވާހަކަތަކަށް
ސީދާ ހެއްކެއްގެ ދަރަޖަ ދެވެން ނެތްކަމުގައިވީނަމަވެސް އޭނަގެ ބަސް ގަރީނާއެއްގެ ގޮތުގައި ބެލިދާނެކަން
އެނގެއެވެ.
(ނ) މިމައްސަލައާއި ގުޅިގެން އައްޑު އަތޮޅު
އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް،
ހިތަދޫ ފޫޅުމާގެ މުޙައްމަދު ޙަނީފު ދީފައިވާ ބަޔާނުގައި، މުޙައްމަދު ޔާސީން ޒާދީ އެދުމުގެ މަތީން އޭނާ
ގޮވައިގެން މަރަދޫ ފޭދޫ ކުދިރަތްމާގެއަށް ދިޔަކަމަށް ބުނެފައިވާކަމާއި، އެހެން ނަމަވެސް އެގެއިން
މުޙައްމަދު ޔާސީން ޒާދީ ވައްކަން ކުރަނިކޮށް ނުދޭކަމަށާއި އަދި އެގެއިން މުޙައްމަދު ޔާސީން ޒާދީ ނިކުމެގެން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
F ހއ
4
; eއ
2011/HC-A/207
އައި އިރު މުޙައްމަދު ޔާސީން ޒާދީގެ އަތުގައި އެއްވެސް އެއްޗެއް އޮތްކަމެއް މުޙައްމަދު ޙަދީފަށް ނޭނގޭ ކަމަށް
ބުނެފައިވާކަން އެނގެން އޮވެއެވެ.
(ށ) މިމައްސަލައާއި ގުޅިގެން އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް،
ފޭދޫ ޝަބްނަމީވިލާ މުޙައްމަދު ދީދީ ދީފައިވާ ބަޔާނުގައި މަރަދޫ ފޭދޫ ކަލަރުމާގެ ޙުސައިން
ޒިޔާދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެއްލެވުމުގެ ދަށުން ސ. ފޭދޫ ޞިއްޙީ މަރުކަޒަށް ބޭސްފަރުވާއަކަށް
ގޮސްހުއްޓާ ފޭދޫ ޕޮރިޒަން، މުޙައްމަދު ޔާސީން ޒާދީ އެތަނަށް އައިސް އެގެއިން ގެއްލުނު ފޯނުގެ ލޮކް
ކޯޑަކީ ކޮބައިތީ މުޙައްމަދު ޔާސީން ޒާދީ، ޙުސައިން ޒިޔާދު އާއި ސުވާލުކޮށް ހެދި އަޑު މުޙައްމަދު ދީދީ
އެހިކަމަށާއި، މިމައްސަލައާއި ގުޅިގެން މުޙައްމަދު ޔާސީން ޒާދީ ބަންދުކޮށް މުޙައްމަދު ޔާސީން ޒާދީގެ ފޮޓޯ
ނަގައި މަރަދޫ ފޭދޫ ކުދިރަތްމާގެ އަޙްމަދު ދީދީއަށް ދެއްކުމުން އެގެއަށް ފުލުހުންގެ ނަމުގައިވަނީ
މުޙައްމަދު ޔާސީން ޒާދީ ކަމަށް ބުނެފައިވާކަމާއި، މިމައްސަލައާއި ގުޅިގެން ކަންހިނގާ ދިޔަގޮތަށް މޯލްޑިވްސް
ޕޮލިސް ސަރވިސް ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެ ކަމަށް މުޙައްމަދު ދީދީ ބުނެފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި 2010
ނޮވެމްބަރ 24 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު މުޙައްމަދު ދީދީ ޑިއުޓީގައި އުޅެނިކޮށް
ގަން ޕޮލިސް
ސްޓޭޝަނުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި އޮތް ސ. މަރަދޫ ފޭދޫ ކަލަރުމާގެ ޙުސައިން
ޒިޔާދު ބަލިވެގެން ޑޮކްޓަރަށް ދައްކައި ދިނުމަށް ބުނުމުން އޭނާ ގޮވައިގެން ފޭދޫ ޞިއްޙީ މަރުކަޒަށް
ދިޔަކަމަށާއި، އަދި ޙުސައިން ޒިޔާދު ޞިއްޙީ މަރުކަޒުގެ އެތެރޭގައި ހުރި ގޮނޑީގައި ބައިންދައިގެން ތިއްބާ
އެތަނަށް ސ. ފޭދޫ ޕޮރިޒަން މުޙައްމަދު ޔާސީން ޒާދީ އައި ކަމަށާއި، އަދި މުޙައްމަދު ޔާސީން ޒާދީ، ޙުސައިން
ޒިޔާދުގެ ގާތުން ”ކީއްކުރަންހޭ ކިހިނެތްވީހޭ އެހުމަށްފަހު ޙުސައިން ޒިޔާދު ކައިރީގައި އިން ގޮނޑީގައި
އިށީންކަމަށާއި، އަދި ޙުސައިން ޒިޔާދު ގާތުގައި ”ކަލޭގެ ގެއިން ގެއްލުނު ފޯނުގެ ލޮކުކޯޑަކީ (ސެކިއުރިޓީ ކޯޑް)
ކޮބައިތޯ އެހި ކަމަށާއި، އަދި އެގޮތަށް ތިން ފަހަރު އެހުމުންވެސް ޙުސައިން ޒިޔާދު އެއްވެސް
މުޙައްމަދު ޔާސީން ޒާދީ ގާތުގައި ނުބުނާކަމަށާއި، ދެން ޕޮލިސް ލ. ކޯޕްރަލް މުޙައްމަދު އިކްރިމް އިބްރާހީމް
މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 332529 ، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
FP
2011/HC-A/207
މުޙައްމަދު ޔާސީން ޒާދީ ގެ ގާތުގައި ޙުސައިން ޒިޔާދު އާއި ވާހަކަ ނުދެއްކުމަށާއި އެތަނުން ދިޔުމަށް
ނަސޭހަތްތެރިވެ މުޙައްމަދު ޔާސީން ޒާދީ ފޮނުވާލި ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
CCCX
(.) މިމައްސަލައާއި ގުޅިގެން އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޙާޒިރުކުރެވިފައިވާ ހެކިންގެ ތެރެއިން . ސ. މަރަދޫފޭދޫ އިވްނިންގ ފްލާވަރ ޝާހިދު ޝައުޤީ ދީފައިވާ ބަޔާނުގައި
މުޙައްމަދު ޔާސިން ޒާދީ ޘާހިދު ޝައުޤީއަށް ފޯނެއް ވިއްކި ކަމަށާއި، މިމައްސަލައާއި ގުޅިގެން ކަން
ހިނގާފައިވާގޮތަށް ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަމަށް ބުނެފައިވާއިރު،
ޝާހިދު ޝައުޤީ މޯލްޑިވްސް ޕޮލިސް ސަރވިސް ތަޙްޤީޤަށް ދިފައިވާ ބަޔާނުގައި 2010 ނޮވެމްބަރު
24 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޝާހިދު ޝައުޤީ އާއި އަޙްމަދު ނަޒީރު އާއި ދެމީހުން ވާހަކަދައްކަން
ތިއްބާ ޝާހިދު ޝައުޤީގެ ފޯނަށް މުޙައްމަދު ޔާސީން ޒާދީ ގުޅާފައި މުޙައްމަދު ޔާސީން ޒާދީގެ އަތުގައި މޮބައިލް
ފޯނެއް އެބައޮތްކަމަށާއި މުޙައްމަދު ޔާސީން ޒާދީއަށް -/55ރ (ފަންސާސް ފަސްރުފިޔާ) ދީފައިވާ ޝާހިދު
ޝައުޤީގެ އަތުގައި ބާއްވާފައި ފޯނު ފަހުން ލާރި ހިފައިގެން އައިސް ނަގާނެ ކަމަށް މުޙައްމަދު ޔާސީން ޒާދީ
ބުނިކަމަށާއި، ދެން ޝާހިދު ޝައުޤީ ބަލާލަން ފޯނު ހިފައިގެން އަންނާށޭ މުޙައްމަދު ޔާސީން ޒާދީ ގާތު ބުނުމުން
އޭގެ އިރުކޮޅެއް ފަހުން މުޙައްމަދު ޔާސީން ޒާދީ މޮބައިލް ފޯނެއް ހިފައިގެން އައިސް ދިން ކަމަށާއި، އެމޮބައިލް
ފޯނު ނަގައިގެން ބަލާލިއިރު ފޯނުގެ ލޮކް ކޯޑެއް ޖަހާފައި ހުރި ކަމަށާއި، އެފޯނަކީ މުޙައްމަދު ޔާސީން ޒާދީގެ
ފޯނެއް ކަމަށް މުޙައްމަދު ޔާސީން ޒާދީ ބުނިކަމަށާއި، މުޙައްމަދު ޔާސީން ޒާދީއަށް -/55ރ (ފަންސާސް
ފަސްރުފިޔާ) ދިނުމުން އެފޯނު ޝާހިދު ޝައުޤީގެ އަތުގައި ބާއްވާށޭ ތިމަންނަ މާދަމާ ހެނދުނު ބަލާ އަންނާނެ
ވާހަކަ މުޙައްމަދު ޔާސީން ޒާދީ ބުނެފައި އޭނަ ދިޔައީ ކަމަށާއި، ދެން ޝާހިދު ޝައުޤީ އެފޯނު އަޙްމަދު ނަޒީރު
އަތަށް ދީފައި މުޙައްމަދު ޔާސީން ޒާދީ ފައިސާ ހިފައިގެން އައުމުން ނޫނީ ފޯނު ނުދޭށޭ ބުނިކަމަށާއި، ދެން
އަނެއް ދުވަހު (2010 ނޮވެމްބަރ 25 ވަނަ ދުވަހު) އަޙްމަދު ނަޒީރު އާއި ޝާހިދު ޝައުޤީ އާއި ދެމީހުން
ތިބެގެން މުޙައްމަދު ޔާސީން ޒާދީއަށް ގުޅާފައި ފޯނު ބަލާ އަންނާށޭ ބުނުމުންވެސް މުޙައްމަދު ޔާސީން ޒާދީ
އެފޯނު ބަލާ ނާންނަކަމަށް ބުނެފައިވާކަމާއި، ޝާހިދު ޝައުޤީ ބަލިވެގެން ސ. ފޭދޫ ޞިއްޙީ މަރުކަޒުގައި
އެދުމަތިކޮށްފައި އޮތްވައި، 2010 ނޮވެމްބަރ 26 ވަނަ ދުވަހުގެ 22:36 ހާއިރު ފުލުހުން އައިސް އެފޯނާ
443
CC
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 332529 ، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A/207
ބެހޭގޮތުން ސުވާލުކުރުމުން އެފޯނު އޮތީ އަޙްމަދު ނަޒީރު އަތުގައި ކަމަށާއި، އަޙްމަދު ނަޒީރު އާއި ގުޅައިގެން
އޭނާ ޞިއްޙީ މަރުކަޒަށް ގެންނާށޭ ފުލުހުން ބުނުމުން އަޙްމަދު ނަޒީރަށް ގުޅާފައި މަރުކަޒަށް އަންނާށޭ ބުނި
ކަމަށާއި، އަޙްމަދު ނަޒީރު އައުމުން އެފޯނާ ބެހޭ ގޮތުން ސުވާލު ކުރުމަށްފަހު އަޙްމަދު ނަޒީރު ގޮވައިގެން
އެފޯނު ހޯދުމަށް ފުލުހުން ދިޔަކަމަށް ބުނެފައިވާކަން
ން އެނގެން އޮވެއެވެ.
CCCX
(ޅ) މިމައްސަލައާއި ގުޅިގެން އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޙާޒިރުކުރެވިފައިވާ ހެކިންގެ ތެރެއިން ސ.ފޭދޫ ބްލޫހެރޯ އަޙްމަދު ނަޒީރު ދީފައިވާ ބާޔާނުގައި މުޙައްމަދު
ޔާސީން ޒާދީ އާއި ސ. މަރަދޫފޭދޫ އިވްނިންގްޕްލާވާރ ޒާހިދު ޝައުޤީ އާއި ދެމީހުންނާއި ދެމެދު ފޯނަކާއި ބެހޭ
މުޢާމަލާތެއް ހިނގި ކަމަށާއި، އަދި ޒާހިދު ޝައުޤީ އަޙްމަދު ނަޒީރު އަތަށް ނޮކިޔާ 2638 މޮޑެލް ފޯނެއްދީފައި
އަޙްމަދު ނަޒީރު އަތުގައި ބާއްވަދިނުމަށް އެދުނު ކަމަށާއި -/55 ރުފިޔާ ދިނުމުން މުޙައްމަދު ޔާސީން ޒާދީ އަށް
ދިނުމަށް އެދުނުކަމަށާއި، މިމައްސަލައާއި ގުޅިގެން ކަން ހިނގާ ދިޔަގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސް
ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެ ކަމަށް ބުނެފައިވާއިރު؟
އަޙްމަދު ނަޒީރު މޯލްޑިވްސް ޕޮލިސް ސަރވިސް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި 23 ނޮވެމްބަރ
2010 ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުޙައްމަދު ޔާސީން ޒާދީގެ މޮބައިލް ފޯނަށް ގުޅާފައި ޝާހިދު ޝައުޤީގެ
އަތަށް ދިން ފޯނު މިހާރު އޮތީ އަޙްމަދު ނަޒީރުގެ އަތުގައި ކަމަށާއި އެފޯނު ބަލާ އަންނާށޭ ބުނުމުން، އަޙްމަދު
ނަޒީރު ގާތުގައި ފޯނު ހިފައިގެން އައުމަށް މުޙައްމަދު ޔާސީން ޒާދީ ބުނިކަމަށާއި، އަޙްމަދު ނަޒީރު ނުދެވޭނެ
ކަމަށް ބުނުމުން، މުޙައްމަދު ޔާސީން ޒާދި ފޯނު ބަލައި އަންނާނެ ކަމަށް ބުނެފައިވާކަމަށާއި، ދެން މޮބައިލް
ފޯނު ހިފައިގެންގޮސް އަޙްމަދު ނަޒީރުގެ ގޭގައި ބޭއްވީ ކަމަށާއި، ދާހިދު ޝައުޤީ ބަލިވެގެން ސ. ފޭދޫ ޞިއްޙީ
މަރުކަޒުގައި އެދުމަތިކޮށްފައި އޮތްވައި 2010 ނޮވެމްބަރ 26 ވަނަ ދުވަހުގެ 22:30 ހާއިރު ޝާހިދު ޝައުޤީ
ކައިރީގައި ހުރެފައި ބޭރަށް ދިޔަތާ އިރުކޮޅެއް ފަހުން އަޙްމަދު ނަޒީރަށް ދާހިދު ޝައުޤީ ގުޅާފައި އައިސް ބަލާށޭ
ބުނުމުން އަޙްމަދު ނަޒީރު އެތަނަށް ދިޔައިރު ޝާހިދު ޝައުޤީ ކައިރީ ފުލުހުން ތިބިކަމަށާއި އަޙްމަދު
ނަޒީރުއަތަށް ޝާހިދު ޝައުޤީ ދިން ފޯނާ ބެހޭގޮތުން ފުލުހުން ސުވާލު ކުރުމުން ފުލުހުން ގޮވައިގެން ގޮސް
އެފޯނު އަޙްމަދު ނަޒީރު ފުލުހުންނާ ޙަވާލު ކުރި ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
Y
ت مستمره
2011/HC-A/207
އިސްވެ ފާހަގަކުރި އެންމެހައި ކަންކަމަށް ބަލާއިރު، މުޙައްމަދު ޔާސީން ޒާދީ އެދުމުގެ މަތީން އޭނާ
ގޮވައިގެން 23 ނޮވެމްބަރ 2010 ދުވަހުގެ ރޭ 00:15 ހާއިރު، މަރަދޫ ފޭދޫ ކުދިރަތްމާގެއަށް
ދިޔަކަމާއި، އެގެއަށް މުޙައްމަދު ޔާސީން ޒާދީ ވަންކަން ހިތަދޫ ފޫޅުމާގެ މުޙައްމަދު ޙަނީފާގެ ބަހުން
އެނގޭކަމާއި،
މަރަދޫ ފޭދޫ ކަލަރުމާގެ ޙުސައިން ޒިޔާދު އުޅޭ، ސ.
.. މަރަދޫ ފޭދޫ ކުދިރަތްމާގޭގެ ކޮޓަރިން
23 ނޮވެމްބަރ 2010 ދުވަހުގެ ރޭ 00:15 ހާއިރު، ނޮކިޔާ ބްރޭންޑްގެ ފޯނެއް ގެއްލިފައިވާކަމާއި، އަދި
އެފޯނު ނެގީ އެގެއަށް ފުލުހުން ކަމަށްބުނެ އައި ބަޔަކު ކަމާއި، އެކަން އެގުނީ ކާފަ (ސ. މަރަދޫ ފޭދޫ
ކުދިރަތްމާގެ، އަޙްމަދު ދީދީ) އަށް ފުލުހުން ފޮޓޯ ދައްކައި އެފޮޓޯގައި ހުރީ އެގެއަށް ވަން ތޯ ސުވާލު
ކުރުމުން ކާފަ އާނ އެކޭ ބުނުމުން އެގޮތުގެ މަތީންކަން އާމިނަތު ޝީލާ ބަހުން އެނގޭ ކަމާއި؛
މިމައްސަލައާއި ގުޅިގެން މުޙައްމަދު ޔާސީން ޒާދީ ބަންދުކޮށް މުޙައްމަދު ޔާސީން ޒާދީގެ ފޮޓޯ
ނަގައި މަރަދޫފޭދޫ ކުދިރަތްމާގެ އަޙްމަދު ދީދީއަށް ދެއްކުމުން އެގެއަށް ފުލުހުންގެ ނަމުގައިވަނީ މުޙައްމަދު
ޔާސީން ޒާދީ ކަމަށް ބުނެފައިވާކަން ފޭދޫ ޝަބްނަމީވިލާ މުޙައްމަދު ދީދީގެ ބަހުން އެނގޭކަމާއިގެ
މަރަދޫ ފޭދޫ ކަލަރުމާގެ ޙުސައިން ޒިޔާދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ދަށުން 24 ނޮވެމްބަރ 2010 ދުވަހުގެ ރޭ 20:30 ހާއިރު، ފޭދޫ ޞިއްޙީ މަރުކަޒަށް ބޭސްފަރުވާއަކަށް
ގޮސްހުއްޓާ މުޙައްމަދު ޔާސީން ޒާދީ އެތަނަށް އައިސް އެގެއިން ގެއްލުނު ފޯނުގެ ލޮކް ކޯޑަކީ ކޮބައިތޯ
މުޙައްމަދު ޔާސީން ޒާދީ، ޙުސައިން ޒިޔާދު އާއި ސުވާލުކޮށް ހެދިކަން މުޙައްމަދު ދީދީގެ ބަހުން އެނގޭކަމާއިގެ
2010 ނޮވެމްބަރު 24 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޝާހިދު ޝައުޤީ އާއި އަޙްމަދު
ނަޒީރު އާއި ދެމީހުން ވާހަކަދައްކަން ތިއްބާ ޝާހިދު ޝައުޤީގެ ފޯނަށް މުޙައްމަދު ޔާސީން ޒާދީ ގުޅާފައި
މޮބައިލް ފޯނެއް އެބައޮތްކަމަށާއި މުޙައްމަދު ޔާސީން ޒާދީއަށް -/55ރ (ފަންސާސް ފަސްރުފިޔާ) ދީފައިވާ
ޝާހިދު ޝައުޤީގެ އަތުގައި ފޯނު ބާއްވާފައި ފަހުން ލާރި ހިފައިގެން އައިސް ނަގާނެ ކަމަށް ޝާހިދު ޝައުޤީގެ
ގާތު މުޙައްމަދު ޔާސީން ޒާދީ ބުނެފައިވާކަމާއި، މުޙައްމަދު ޔާސީން ޒާދީ މޮބައިލް ފޯނެއް ހިފައިގެން އައި
ކަމާއި، ފޯނު ބެލިއިރު ފޯނުގެ ލޮކް ކޯޑެއް ޖަހާފައި ހުރި ކަމާއި، މުޙައްމަދު ޔާސީން ޒާދީއަށް -/55ރ
6332 4 2
32394
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A/207
(ފަންސާސް ފަސްރުފިޔާ) ދިނުމުން އެފޯނު ބަލާ އަންނާނެ ވާހަކަ މުޙައްމަދު ޔާސީން ޒާދީ ބުނެފައި ދިޔައީ
ކަމާއިގެ
ޝާހިދު ޝައުޤީ އެފޯނު އަޙްމަދު ނަޒީރު އާއި ޙަވާލުކޮށްފައިވާ ކަމާއި، 2010 ނޮވެމްބަރ 25
ވަނަ ދުވަހު އަޙްމަދު ނަޒީރު އާއި ޝާހިދު ޝައުޤީ އާއި ދެމީހުން ތިބެގެން މުޙައްމަދު ޔާސީން ޒާދީއަށް
ގުޅާފައި ފޯނު ބަލާ އަންނާށޭ ބުނުމުންވެސް މުޙައްމަދު ޔާސީން ޒާދީ އެފޯނު ބަލާ އައިސްފައިނުވާކަން ޝާހިދު
ޝައުޤީ އާއި އަޙްމަދު ނަޒީރުގެ ބަހުން އެނގެން އޮވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2011/S4C/43 ޤަޟިއްޔާގައި ސ. ފޭދޫ ޕޮރިޒަން މުޙައްމަދު ޔާސީން ޒާދީގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
t
1
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv