ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/329 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/329
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 329/HC
-
A/2014
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޒުލައިޚާ ޙަސަން
އައިޑީ ކާޑު ނަންބަރު: A092886
ދާއިމީ އެޑްރެސް: މާމެންދޫ ލ. މާވަށް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަޝާދު
* އައިޑީ ކާޑު ނަންބަރު: A090824
* ދާއިމީ އެޑްރެސް:
ފެހިކޮކާ މާލެ
ޖިސްޓްރީކުރެވުނު
0
-: 28 މުޙައްރަމް 1436
20 ނޮވެމްބަރު 2014
ނިމުނު ތާރީޚް: 13 ޝަޢުބާން 1436
31 މެއި 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/20/08C
ޤަޟިއްޔާގެ ބާވަތް: އެހެނިހެން މަދަނީ (މުދާ އަނބުރާ ހޯދުން)
ނިންމެވި ކޯޓް: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 9 އޭޕްރިލް 2014
ނިމުނު ތާރީޚް: 28 މެއި 2014
ou oo
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/329
مل من *
ޢުފާގެ ޚުލާޞާ
މިއީ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/O8C/20
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި، ޒުލައިޚާ ޙަސަން، މާމެންދޫގެ /ލ. މާވަށް (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A092886) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ، މުޙައްމަދު ރަޝާދު، ގ. ފެހިކޮކާ މާލެ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A090824) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
ou o
1. އިސްތިއުނާފުކުރެވިފައިމިވާ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/20
/
08C ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ފެހިކޮކާ މާލެ، މުޙައްމަދު ރަޝާދު، ލ.
މާވަށުގައި ރޯމަސްގަނެ ކައްކާ، ހިއްކައި، ހިކިމަސް ތައްޔާރުކުރުމާއި، ވަޅޯމަސް ބަންދުކުރުމުގެ
މަސައްކަތަށް، ލ. މާވަށަށް މުޙައްމަދު ރަޝާދު ގެންގޮސްފައިވާ ވަޅޯމަސް ބަންދުކުރާ 1 (އެކެއް)
މެޝިނާއި، މުގުރާ 1 (އެކެއް) މެޝިނާއި، މަސްބަންދުކުރުމަށް ބޭނުންކުރާ 385 (ތިންސަތޭކަ
އަށްޑިހަފަހެއް) ފޮށްޓާއި، 3750 (ތިންހާސް ހަތްސަތޭކަ ފަންސާސް) ރަބަޅުކޮތަޅާ، 1 (އެކެއް) ރޯލް
ރަބަރު ކޮތަޅާ، 3 ފޭސް ކަރަންޓް ސަޕްލައިނަރާ، 3 ފޭސް މީޓަރަކާ، 1 (އެކެއް) ޗޭނުކިހާ، 1.5
(އެކެއް ޕޮއިންޓް ފަހެއް) ޓަނުގެ 1 (އެކެއް) ޕިކަޕް، މިމަސައްކަތް ހިންގުމަށް ހަވާލުވެތިބި
ދެމީހުންކަމުގައިވާ ލ. މާވަށް ސްނޯ، މުޙައްމަދު ޙުސައިންއާއި، ލ. މާވަށް ނޫރާނީގެ، މުޙައްމަދު
މުބާރިކުއާއި ދެމީހުންގެ ތެރެއިން، މުޙައްމަދު މުބާރިކު އެތަކެތި ހިފަހައްޓައި، އެތަކެތީގެ މައްޗަށް
އެތަކެތި މުޙައްމަދު ރަޝާދުއާ ޙަވާލުކޮށްފައިނުވާތީ، އެތަކެތި ޝަރީޢަތުން
ހޯއްދަވައިދެއްވުންއެދި، ލ. މާވަށް ނޫރާނީގެ، މުޙައްމަދު މުބާރިކުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް،
ہم کو ترموس
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ
2014/HC-A/329
کی عمری
ދެވެ
ނިމުނު ގޮ
މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅެމުން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އްޔާރުކުރުމާއި،
އެޤަޟިއްޔާގެ ޙުކުމްގައިވަނީ، "ދެންފަހެ މާލެ، ގ.ފެހިކޮކާ މުޙައްމަދު ރަޝާދު
ލ.މާވަށުގައި ރޯމަސްގަނެ ކައްކާ ހިއްކައި، ހިކިމަސް ތައްޔާރުކު
ވަޅޯމަސް ބަންދުކުރުމުގެ
މަސައްކަތަށް ލ.މާވަށަށް މުހައްމަދު ރަޝާދު ގެންގޮސްފައިވާ ވަޅޯމަސް ބަންދުކުރާ 1 މެޝިނާ،
މުގުރާ 1 މެޝިނާ، މަސްބަންދުކުރުމަށް ބޭނުންކުރާ 385 ފޮއްޓާ، 3750 ރަބަރުކޮތަޅާ، 1 ރޯލް ރަބަރު
ކޮތަޅާ، 3 ފޭސް ކަރަންޓް ސަޕްލައިނަރާ، 3 ފޭސް މީޓަރަކާ، 1 ޗޭނުކިހާ، 1.5 ޓަނުގެ 1 ޕިކަޕް
މިމަސައްކަތް ހިންގުމަށް ޙަވާލުވެތިބި ދެމީހުންކަމުގައިވާ ލ.މާވަށުސުނޯ މުޙައްމަދު ޙުސައިން އާއި
ލ.މާވަށް!ނޫރާނީގެ މުޙައްމަދު މުބާރިކުގެ ތެރެއިން، މިތަނުން މުޙައްމަދު މުބާރިކު
އިސްވެދެންނެވިފައިވާތަކެތި ހިފަހައްޓާ އެތަކެތީގެ މައްޗަށް އަތްގަދަކޮށް މިތަކެތި މުޙައްމަދު ރަޝާދުއާ
ޙަވާލުކޮށްފައިނުވާތީ، މިތަކެތި ޝަރީއަތުން ހޯއްދަވައިދެއްވުންއެދި ހުށަހެޅުމުން ބެލުނު
މިމަމައްސަލައިގައި، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ވިސްނާ ނަޒަރުކުރާއިރު ލ.މާވަށުގައި
ރޯމަސްގަނެ ކައްކާ ހިއްކައި، ހިކިމަސް ތައްޔާރުކުރުމާ، ވަޅޯމަސް ބަންދުކުރުމުގެ މަސައްކަތަށް ލ.މާވަށަށް
މުޙައްމަދު ރަޝާދު ގެންގޮސް މުޙައްމަދު މުބާރިކާ ފައިވާކަމަށްބުނާ 01 ވަޅޯމަސް ބަންދުކުރާ
މެޝިނާއި، 01 މުގުރާ މެޝިނާއި، 385 މަސް ބަންދުކުރާ ފޮށްޓާއި، 3750 ރަބަރު ކޮތަޅާއި، 01
ރޯލް ރަބަރު ކޮތަޅާއި، 80 ވަރަކަށް ފޫޓްގެ 03 ފޭސް ކަރަންޓް ސަޕްލައިއާއި، 03 ފޭސް 01
މީޓަރާއި، 16 އިންޗީގެ 01 ޗޭނު ކީހާއި، 1.5 ޓަނުގެ 01 ޕިކަޕަކީ މުޙައްމަދު މުބާރިކުގެ މަންމަ،
ލ.މާވަށް މާމެންދޫގޭ ޒުލައިޚާ ޙަސަން މުހައްމަދު މުބާރިކާ ޙަވާލުކޮށްފައިވާ ތަކެތިކަމަށާއި، އަދި
އެމަސައްކަތް މުޙައްމަދު މުބާރިކާ ޙަވާލުކުރީވެސް މުޙައްމަދު މުބާރިކުގެ މަންމަ ޒުލައިޚާ ޙަސަންކަމަށާއި،
އެތަކެއްޗަކީ މުޙައްމަދު ރަޝާދު މުޙައްމަދު މުބާރިކާ ޙަވާލުކުރި އެއްޗެއްނޫންކަމަށް ބުނެ، މުޙައްމަދު
2x320
2
4
2 ހއ 3
ޙަވާލުކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
23 3 )
¢ ¢3
=32
2014/HC-A/329
سي تي سي یری
އެއްޗެއްކަން
ރަޝާދުކުރާ
ކުރާ ދަޢުވާއަށް މުޙައްމަދު މުބާރިކު އިންކާރު ކުރިނަމަވެސް، އެތަކެއްޗަކީ މުޙައްމަދު މުބާރިކުގެ
ނުވަތަ މުޙައްމަދު މުބާރިކުގެ މަންމަ ޒުލައިޚާ ޙަސަންގެ އެއްޗެއް ޝަރީޢަތަށް
ސާބިތުކޮށްދެވިފައި ނުވާތީއާއި، އަދި އެތަކެއްޗަކީ، މުޙައްމަދު ރަޝާދުގެ ބޭނުމަކަށް މުޙައްމަދު ރަޝާދު
ގެނެސްފައިވާ ތަކެތިކަމާއި، އެތަކެތި މުޙައްމަދު މުބާރިކާ ޙަވާލުކޮށްފައިވާކަމާއި، އަދި މިތަކެތި
މިހާރުވެސްވަނީ މުޙައްމަދު މުބާރިކުގެ ބެލުމުގެ ދަށުގައިކަން މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅި
ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، މުޙައްމަދު މުބާރިކާ މިމައްސަލައިގައި މުޙައްމަދު މުބާރިކުގެ
އަތުގައި ހިފަހައްޓާފައިވާ މުޙައްމަދު ރަޝާދުގެ ވަޅޯމަސް ބަންދުކުރާ މެޝިނާއި، މުގުރާ މެޝިނާއި،
މަސް ބަންދުކުރާ 385 ފޮއްޓާއި، 3750 ރަބަރު ކޮތަޅާއި، 01 ރޯލް ރަބަރު ކޮތަޅާއި، 80 ވަރަކަށް
ފޫޓުގެ 03 ފޭސް ކަރަންޓް ސަޕްލައިއާއި، 03 ފޭސް 01 މީޓަރާއި، 16 އިންޗީގެ 01 ޗޭނު ކީހާއި،
1.5 ޓަނުގެ ޕިކަޕް ހިފެހެއްޓުމުގެ އެއްވެސް މަޞްލަޙަތެއް އޮތްކަމަށް ނުފެންނާތީ، މިއަދުން ފެށިގެން 10
ދުވަސް ތެރޭގައި އިސްވެ ބަޔާންކޮށްފައިވާ އެންމެހާތަކެތި މާލެ، ގ.ފެހިކޮކާ މުޙައްމަދު ރަޝާދުއާ
ހަވާލުކުރުމަށް ލ.މާވަށު ނޫރާނީގޭ މުޙައްމަދު މުބާރިކުގެ މައްޗަށް އަންގާ އަމުރުކޮށް، މިގޮތުގެ މަތިން
ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެގެން އޮންނަކަމެވެ
ކަމެވެ.
2. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/O8C/20 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޒުލައިޚާ ޙަސަންގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ޒުލައިޚާ ޙަސަންގެ
ފަރާތުން ހުށަހަޅާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
2014/HC-A/329
ދެލީ
UC O
• ފުރަތަމަ ނުކުތާއަކީ، އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް
ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި
ކަނޑައެޅިފައިވާއިރު އަދި "ދިވެހިރާއްޖޭގައި ހިގާ އެންމެހައި ޝަރީޢަތްތައް ހިނގަންވާނީ
ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ހާމަކަމާއެކުގައި" ކަމަށް އެމާއްދާގެ (ނ) ގައި ޞަރީޙަ ބަހުން
ބުނެފައިވީ ނަމަވެސް، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/20/08C ޤަޟިއްޔާ
ހިނގިއިރު އެ ޤަޟިއްޔާގެ ތެރެއަށް ޒުލައިޚާ ޙަސަން ތަދައްޚުލްވެފައިވަނިކޮށް ޒުލައިޚާ ޙަސަން ކޯޓަށް
ހާޟިރުނުކުރައްވައި (ޒުލައިޚާ ޙަސަންގެ ބަހެއް ޝަރީޢަތަށް ހޯދުމަކާނުލައި) އެ ޤަޟިއްޔާ ބަލައި ޙުކުމް
ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OU OO
0
ދެވަނަ ނުކުތާއަކީ، ޒުލައިޚާ ޙަސަންގެ ޣައިރު ހާޟިރުގައި ފޮނަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/20
/
08C ޤަޟިއްޔާގައި ޙުކުމްކޮށްފައިވާއިރު، އެޤަޟިއްޔާގެ ތެރެއަށް ޒުލައިޚާ
ޙަސަން ތަދައްޚުލްވި މައްސަލައަށް ވީގޮތެއް އެޤަޟިއްޔާގައި އެއްވެސް މިންވަރަކަށް ފަނޑިޔާރު
ނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2 0x 0 20
ބަޔާންކޮށްފައި
ou oo
3. މިމައްސަލައާ ގުޅިގެން، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/20
/
08C ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ޖުލައިޚާ ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
ރައްދުވާ މުޙައްމަދު ރަޝާދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ޤި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/329
6 ޤަޟިއްޔާ ނިމުނު ގޮ
کی مرکی
ތ 0
2
22
2#
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/20
/
08C ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، ފެހިކޮކާ މާލެ، މުޙައްމަދު ރަޝާދު، ލ. މާވަށުގައި ރޯމަސްގަނެ ކައްކާ، ހިއްކައި،
ހިކިމަސް ޔާރުކުރުމާއި، ވަޅޯމަސް ބަންދުކުރުމުގެ މަސައްކަތަށް، ލ. މާވަށަށް މުޙައްމަދު ރަޝާދު
ގެންގޮސްފައިވާ ބައެއް ތަކެތި، އެމަސައްކަތް ހިންގުމަށް ހަވާލުވެތިބި ދެމީހުންގެ ތެރެއިން، މުޙައްމަދު
މުބާރިކް
ހިފަހައްޓައި، އެތަކެތީގެ މައްޗަށް އަތްގަދަކޮށް، އެތަކެތި މުޙައްމަދު ރަޝާދުއާ
ޙަވާލުކޮށްފައިނުވާތީ، އެތަކެތި ޝަރީޢަތުން ހޯއްދަވައިދެއްވުންއެދި، ލ. މާވަށް ނޫރާނީގެ، މުޙައްމަދު
މުބާރިކްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް، މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހެޅުމުން ހައްދުންމަތީ
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ މައްސަލައެއްކަން އެނގެން އޮތްއިރު، އެމައްސަލަ އެކޯޓަށް
ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތެރެއިން،
ތެރެއިން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކޮށްފައިމިވާ، ލ. މާވަށް މާމެންދޫގެ، ޒުލައިޚާ ޙަސަން ތަދައްޚުލްވެފަ
ފުއްޚުލްވެފައިވާކަން، އެމައްސަލައާ
ގުޅިގެން، 13 މެއި 2014 ގެ ތާރީޚުގައި ޒުލައިޚާ ޙަސަންގެ ފަރާތުން ދަށުކޯޓަށް ހުށަހެޅިފައިވާ
"ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް ވަނުމަށް ނުވަތަ ކޯޓަށް ހުށަހެޅި ހިނގަމުންދާ
މައްސަލައެއްގައި ދަޢުވާ ކުރުމަށްއެދޭ ފޯމު" އަށާއި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ރިޕޯޓަށާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.
02& 0 0
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓު
މަރުޙަލާގައި ކަންހިނގާ ގޮސްފައިވާގޮތް ސާފުކުރުމުގެ ގޮތުން، އެމައްސަލައިގެ ފައިލް ހައްދުންމަތީ
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނެސް ބެލިބެލުމުން، އެމައްސަލައާ ގުޅިގެން
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވިފައިވާ އަޑުއެހުންތަކުގެ ތެރެއިން މަދުވެގެން 1
(އެކެއް) އަޑުއެހުމަ
ޑުއެހުމަށް ޒުލައިޚާ ޙަސަން ޙާޟިރުކޮށްފައިވާކަން، އެފައިލްގައި ހިމެނިފައިވާ މައްސަލައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2014/HC-A/329
ޤަޟިއްޔާ ނިމުނު 1
کرم محترمب
ޑ20
ސދޝް ޑީ
2cތe
ބޭރަށް
ޝީޓަށާއި، 18 މެއި 2014 ގެ ތާރީޚުގައި މުޙައްމަދު ރަޝާދުގެ ފަރާތުން އެކޯޓަށް
ހުށަހަޅާފައިވާ ބަޔާނަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދީ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގެ އަޑުއެހުންތައް ނިމުމުގެ ކުރިން، ބޭސްފަރުވާއަކަށް މާލެ ދިއުމުގެ
ހުއްދައަށް އެދި، 18 މެއި 2014 ގައި ޒުލައިޚާ ޙަސަންގެ ފަރާތުން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް
ކޯޓަށް ސިޓީއެއް ފޮނުވުމުން އެސިޓީގެ ޖަވާބުގައި ޒުލައިޚާ ޙަސަން އެދިފައިވާ ގޮތުގެމަތިން ރަށުން
ދިޔުމުގެ ހުއްދަ ދެވެން ނެތްކަމަށާއި، އަދި ޒުލައިޚާ ޙަސަން ބޭނުންނަމަ ރަށުން ބޭރަށް
ދެވިދާނެކަމަށާއި، ނަމަވެސް އެގޮތަށް ގޮސްފިނަމަ ޒުލައިޚާ ޙަސަން ބައިވެރިނުކޮށް މައްސަލަ ކުރިއަށް
ގެންދެވޭނޭކަމަށާއި، އަދި އެހާތަނަށް ލިބިފައިވާ ހެކި1ޤަރީނާގެ މައްޗަށް ބައްލަވާ މައްސަލަ
ނިންމަވާނޭކަމަށް، 19 މެއި 2014 ގެ ތާރީޚުގައި، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޒުލައިޚާ
ޙަސަނަށް ފޯނުންގުޅާ ޖަވާބުދީފައިވާކަމާއި،
އަދި އެއަށްފަހު، މައްސަލައާ ގުޅިގެން ދެފަހަރެއްގެ މަތިން، ކޯޓަށް ހާޒިރުވުމަށް
އަންގާ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޒުލައިޚާ ޙަސަންއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު
ފޮނުވާފައިވާކަމާއި، އަދި އެ ދެއަމުރުވެސް ޒުލައިޚާ ޙަސަންއަށް ރައްދުވެފައިވާކަމާއި، އެހެންނަމަވެސް
އެއިން އެއްވެސް އަމުރަކާ ގުޅިގެން ޒުލައިޚާ ޙަސަން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް
ޙާޟިރުވެފައިވާކަން އެނގެން ނެތްކަމާއި، އިސްވެމިބަޔާންކުރެވުނު ދެއަމުރުގެ ތެރެއިން އެއްއަމުރަކީ،
މައްސަލައާއި ގުޅިގެން 22 މެއި 2014 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު
އަޑުއެހުމަށް ޙާޟިރުވުމަށް އަންގާ ފޮނުވިފައިވާ އަމުރެއްކަމާއި އަދި އަނެއް އަމުރަކީ މައްސަލައިގެ
ޙުކުމްކުރުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަ
އަންގައި ޒުލައިޚާ ޙަސަނަށް ފޮނުވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
02c 0 0
ޅަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8 ޤަޟިއްޔާ ނިމުނު 1
2014/HC-A/329
می هرکی
0c
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓު
މަރުޙަލާގައި ކަންހިނގާފައިވާ ގޮތާބެހޭ، އިސްވެބަޔާންކުރެވިފައިވާ ވާޤިޔާތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި
ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި
ތަދައްޚުލުވުމުގެ ފުރުޞަތު ޒުލައިޚާ ޙަސަނަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމާއި،
އަދި އެމައްސަލައާ ގުޅިގެން ޒުލައިޚާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ "ކޯޓަށް ހުށަހެޅި ހިނގަމުންދާ
މައްސަލައެއްގެ ތެރެއަށް ވަނުމަށް ނުވަތަ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި ދަޢުވާ
ކުރުމަށްއެދޭ ފޯމު" ވެސް އެކޯޓުން ބަލައިގެންފައިވާކަމާއި، އަދި އެމައްސަލައާ ގުޅިގެން އެކޯޓުގައި
ބޭއްވިފައިވާ ޝަރީޢަތުގެ އަޑުއެހުންތަކަށް ޙާޟިރުވުމަށް އަންގައި، އެކޯޓުން ޒުލައިޚާ ޙަސަނަށް
އަމުރުވެސް ފޮނުވާފައިވާކަމާއި، މިގޮތުން އެކޯޓުން ފޮނުވާފައިވާ ބައެއް އަމުރުތަކާ ގުޅިގެން،
އެއަމުރުގައިވާ ތާރީޚާއި ގަޑިތަކަށް ޒުލައިޚް ޙަސަން އެކޯޓަށް ހާޟިރުވެފައިނުވާކަމާއި، އަދި އެމައްސަލަ
ހިނގަމުންދަނިކޮށް ޒުލައިޚާ ޙަސަން ރަށުން ބޭރަށް ދާން އެދުމުން އެހުއްދަ ދެވެން ނެތްކަމަށާއި، އަދި
ޒުލައިޚާ ޙަސަން އެމުއްދަތުގައި ރަށުން ބޭރަށް ހިނގައްޖެނަމަ ޒުލައިޚާ ޙަސަން ބައިވެރިނުކޮށް މައްސަލަ
ކުރިއަށް ގެންދެވޭނޭކަމަށާއި، އަދި އެހާތަނަށް ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބައްލަވާ މައްސަލަ
ނިންމަވާނޭކަމަށް އެކޯޓުން ޒުލައިޚާ ޙަސަނަށް އަންގާފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޒުލައިޚާ ޙަސަންގެ ޣައިރު ޙާޟިރުގައިކަމަށްވުމަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤެއް އުނިވާގޮތަށް
ނުވަތަ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ޚިލާފުވާގޮތަށް އެކޯޓުން ކުރައްވާފައިވާކަމެއް ކަމަށް،
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވެން ނެތްކަމެވެ.
2c
8 ގތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/329
9 ޤަޟިއްޔާ ނިމުނު ގޮ
کی رل مل می
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/O8C/20 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ، ޒުލައިޚާ ޙަސަންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަށް، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
0 2
<< O
4
0 /
<< O
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/O8C/20
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން
ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ، ލ. މާވަށް |މާމެންދޫގެ، ޒުލައިޚާ ޙަސަން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A092886) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ
ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv