ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/14 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-SH/14
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޏެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 14/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު ޢާދިލް
ދާއިމީ އެޑްރެސް: ގއ.ނިލަންދޫ ކަރަންކާގެ
އައިޑީކާޑް ނަންބަރު.
އެޑްރެސް: ލ.ކެލްވީނިޔާ/ ކ.މާލެ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 23 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފް ޢަލީ
ތިރޭގެހ
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮޔާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-SH/14
ދަޢުވާގެ ޚުލާޞާ
މިއީ، 05 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި
ގއ.މާމެންދޫގައި ވޯޓުލުމަށް ބަހައްޓާފައިވާ ނަންބަރ P02.03.01 ވޯޓު ފޮށީގެ ވަގުތީ ނަތީޖާގެ ގޮތުގައި
މުޙައްމަދު ޢާދިލްއަށް ލިބިފައިވަނީ 297 ވޯޓު ކަމަށާއި ބާޠިލްވެފައިވަނީ 8 ވޯޓުކަމަށް އެފޮށި ކައިރީގައި
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަސައްކަތްކުރި 3 ފަރާތުން ސޮއިކޮށްފައިވާ " ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބު 2011 ވަގުތީ ނަތީޖާ" މިލިޔުމުގައި ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ސައިޓްގައި
އޭނާއަށް ލިބިފައިވަނީ 272 ވޯޓުކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން
ކޮށްފައިވަނީ އެފޮށިން މުޙައްމަދު ޢާދިލްއަށް ލިބިފައިވަނީ 271 ވޯޓުކަމަށް ބަލައިގެން ކަމަށް ވުމުން
އިސްވެބަޔާންކުރި ވޯޓު ފޮށި ކައިރީގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަސައްކަތްކުރި އެމަރުކަޒުގެ
އިސްވެރިޔާގެ އިތުރުން ވޯޓުގުރި ދެމުވައްޒަފުންނާއެކު ޖުމްލަ 3 ފަރާތުން ސޮއިކޮށް އެމަރުކަޒުގައި
އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާގައި ބަޔާންކޮށްފައިވާ އަދަދު މަދުކޮށްފައިވާ މަދުކުރުމަކީ ޤާނޫނު ނަންބަރ
11/2008(އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު)ގެ 55 ވަނަ މާއްދާއާއި އެޤާނޫނުގެ 57 ވަނަ މާއްދާއާއި
އެޤާނޫނުގެ 60 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް
ބުނެ ގއ.މާމެންދޫގައި ވޯޓުލުމަށް ބެހެއްޓިފައިހުރި ނަންބަރ P02.03.01 ވޯޓު ފޮށީގެ ވަގުތީ ނަތީޖާގެ
ގޮތުގައި މުޙައްމަދު ޢާދިލްއަށް ލިބިފައިވަނީ 297 ވޯޓުކަމަށް ޝަރީޢަތުން ކަނޑައަޅާ ދިނުމަށް އެދި
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގއ.ނިލަންދޫ!ކަރަންކާގެ މުޙައްމަދު ޢާދިލް ހުށަހަޅާފައިވާ ދަޢުވާއެކެވެ.
ގަކުރެވުނު ނުކުތާތައް:
މިމައްސަލާގައި ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ޝަރީޢަތަށް
ހުށަހެޅިފައިވާލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައް ވަނީ ފާހަގަ ކުރެވިފައެވެ.
(ހ) ވޯޓުލާ މަރުކަޒުގައި އިއުލާންކުރި ވަގުތީ ނަތީޖާގައި ސާފުނުވާ ކަންތައްތަކެއް ނުވަތަ
ދިމާނުވާ ކަންތައްތަކެއް ހުރިކަމަށް ނުވަތަ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އިލެކްޝަންސް
ކޮމިޝަނަށް ފެނިއްޖެނަމަ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އެކަންތައްތައް ޤާނޫނުގައި ކަނޑައެޅިފައިވާ
ގޮތުގެ މަތީން ބަލާ އެކަންކަން ސާފުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ގޮތުން ލިބިގެންވާ
ޙައްޤެއްކަން އެގެންއޮތްއިރު ވޯޓުލާ މަރުކަޒަކުން ފޮނުވާފައިވާ އެމަރުކަޒެއްގެ ވަގުތީ ނަތީޖާގައި މައްސަލައެއް
އެއި
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
3
2011/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުރިކަން އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އެކަންކަން ބަލާ
އެކަން ހައްލު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވާޖިބެއްކަން އެގޭކަމާއި އަދި ޤާނޫނު ނަންބަރު
11/2008(އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު) ގެ 55 ވަނަ މާއްދާއާއި 57 ވަނަ މާއްދާއާއި 60 ވަނަ
ބާލާއިރު އެއީ ވޯޓުލާ މަރުކަޒުތަކުގައި އިއުލާންކުރެވޭ ވަގުތީ ނަތީޖާގެ ޞައްޙަކަން ކަށަވަރުކޮށްދޭ
މާއްދާތަކެއް ނޫން ކަންވެސް އެގެއެވެ.
e OX >
22
2 ހއ
މުއްދަތަށް
44 24
(ނ) މިމައްސަލާގައި ދެފަރާތުން ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު
ގއ.މާމެންދޫގައި ވޯޓުލުމަށް ބަހައްޓާފައިވާ ނަންބަރު 01-03-P02 ގެ ވޯޓުފޮށިން މުޙައްމަދު ޢާދިލަށް 297
ވޯޓު ޤާނޫނީ ހަމަތަކުގެ މަތީން ލިބިފައިވާ ކަމަށް ޝަރީޢަތަށް ސާބިތުކުރެވޭ ޤާނޫނީ ނުވަތަ ޝަރުޢީ
ހުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައިވާ ނުވާކަން އެގެއެވެ.
ޙުކުމް.
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމާއެކު 05 ފެބްރުއަރީ 2011
ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ގއ.މާމެންދޫގައި ވޯޓުލުމަށް ބަހައްޓާފައިވާ
ނަންބަރު 01-03-P02 ވޯޓުފޮށީގެ ވަގުތީ ނަތީޖާ ޝީޓުގައި މުޙައްމަދު ޢާދިލްއަށް 297 ވޯޓު ލިބިފައިވާކަމަށް
ބަޔާން ކޮށްފައިވާއިރު އަދި އެޝީޓުގައި ވޯޓުފޮށްޓާ ޙަވާލުވެތިބި އޮފިޝަލުންގެ ތެރެއިން އެންމެ އިސްވެރިޔާއާއި
ވޯޓުގުރި ދެމުވައްޒަފުންނާއި ތިންފަރާތުން ސޮއިކޮށް އެނަތީޖާ އެމަރުކަޒުކަޒުގައި އިއުލާންކޮށްފައިވާއިރު ވަގުތީ
ނަތީޖާގައިވާ ޢަދަދު މަދުކޮށްފައިވާ މަދުކުރުމަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާއްމު
ޤާނޫނު) ގެ 55 ވަނަ މާއްދާއާއި 57 ވަނަ މާއްދާއާއި 60 ވަނަ މާއްދާ އާ ޚިލާފަށް އިލެކްޝަންސް
ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށްބުނެ ގއ.މާމެންދޫގައި ވޯޓުލުމަށް ބެހެއްޓިފައި ހުރި ނަންބަރ -03-P02
01 ވޯޓު ފޮށީގެ ވަގުތީ ނަތީޖާގެ ގޮތުގައި މުޙައްމަދު ޢާދިލަށް ލިބިފައިވަނީ 297 ވޯޓުކަމަށް ޝަރީޢަތުން
ކަނޑައަޅައި ދިނުމަށް އެދި މުޙައްމަދު ޢާދިލް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލައާއި
ގުޅިގެން އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް އެފަރާތުން އެދިފައިވާފަދައިން ގއ.މާމެންދުގައި
ވޯޓުލުމަށް ބަހައްޓާފައި ހުރި ނަންބަރP02.03.01 ވޯޓު ފޮށިން މުޙައްމަދު ޢާދިލްއަށް ޤާނޫނީ ހަމަތަކުގެ
މަތިން 297 ވޯޓު ލިބިފައިވާކަން ޝަރީޢަތަށް ސާބިތު ނުވާތީ، އެވޯޓު ފޮށިން މުޙައްމަދު ޢާދިލްއަށް 297 ވޯޓު
ލިބިފައިވާކަމަށް ޝަރީޢަތުން ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމް ކޮށްފީމެވެ.
**
s!
t
ހިތާގެގ
ތިރޭގެހ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv