ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/366 ޤަޟިއްޔާގެ ޙުކުމް
1
2{15/HC-A/366
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 366/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ
ރަޖިސްޓްރޭޝަން ނަންބަރު: 107
/
2006-C
، ދާއިމީ އެޑްރެސް: ހ.މިއަލަނި | ކ.މާލެ * މިހާރުގެ އެޑްރެސް: ފ.މިއަލަނި! ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އިސްމާޢީލް މަސްޢޫދު
ދާއިމީ އެޑްރެސް: ބ.ތުޅާގިރި ކ.މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:
12 ނޮވެމްބަރު 2015
އައިޑީކާޑްނަންބަރު: A062253
* މިހާރުގެ އެޑްރެސް: ބ.ތުޅާގިރި މާލެ
* ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
• ނަންބަރު: 2013/Cv-C/1502
• ނިންމެވި ތަން: ސިވިލް ކޯޓް
މައްސަލާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ހުށަހެޅި ތާރީޚް: 30 ޖުލައި 2013
ނިމުނު ތާރީޚް: 03 ސެޕްޓެމްބަރ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2015/HC-A/366
• ދަޢުވާގެ ޚުލާޞާ
ހއ،
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1502 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހައުސިންގ
ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ.ތުޅާގިރި/ ކ.މާލެ އިސްމާޢީލް މަސްޢޫދެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
ol- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1502 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއްޔާއަކީ، ސަން އޮންލައިން ނޫހުގައި 21 މާރޗް 2013 ގައި ޝާއިޢު ކޮށްފައިވާ
ޚަބަރުގައި މ.ތުޅާގިރިއިސްމާޢީލް މަސްޢޫދުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް
ބުނާ މައްސަލައިގައި އޭނާއަށް ޙަވާލާދީ އޭނާ ބުނެފައިވާ ވާހަކަތަކެއްކަމަށް ބުނެ ލިޔެފައިވާ ދޮގު
ވާހަކަތަކާއި ގުޅިގެން އެޗް.ޑީ.އެފް.ސީގެ އަބުރަށް ގެއްލުން ލިބިފައިވާތީވެ، މި މައްސަލަ ބައްލަވައި
ޢަދުލުވެރި ބަދަލު ނަންގަވައި ދެއްވުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން
(އެޗް.ޑީ.އެފްސީ) ގެ ފަރާތުން އިސްމާޢީލް މަސްޢޫދުގެ މައްޗަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއް
ކަމާއި،
ވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{015/HC-A366
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
0
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ލިޔެކިޔުންތަކަށާއި،
ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ސަން އޮންލައިން ނޫހުގައި 21 މާރޗް 2013 ގައި
ޝާއިޢު ކޮށްފައިވާ ޚަބަރުގައި އިސްމާޢީލް މަސްޢޫދު އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި އޮތް
ވާހަކައެއް ސަން އޮންލައިން ނޫހުގައި ޚަބަރެއްގެ ގޮތުގައި ލިޔެ ޝާއިޢު ކޮށްފައިވުމަކީ އެ މަޢުލޫމާތު
ދަޢުވާލިބޭ ފަރާތުން ހާމަކުރީކަމަށް ނުވަތަ ވަކި ފަރާތަކަށް ދިނީކަމަށް ބެލެވިދާނެ ސަބަބެއްކަމަށް
މައްސަލައިގެ ޝަރީޢަތަށް ޤަބޫލު ނުކުރެވޭ ކަމާއި ސަން އޮންލައިން އިން އެޚަބަރު ލިޔެފައިވަނީ
އިސްމާޢީލް މަސްޢޫދު އޭސީސީއަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައި އޮތް އެއްޗެއްގެ ޚަބަރެއްގެ ގޮތުން
ގެނެސް ދިނުމަށް ކަމާއި، އެޚަބަރުގައި އިސްމާއީލް މަސްޢޫދު އޭސީސީއަށް ހުށަހެޅި މައްސަލައާގުޅޭ
ލިޔެކިޔުން ސަން އޮންލައިންއަށް ލިބިފައިވާ ގޮތެއް އެ ލިޔުމުން އެނގެން ނެތްކަމާއި،
ބުނެވިދިޔަ ލިޔުމުގައި ސަން އޮންލައިންއަށް އެއްވެސް މަޢުލޫމާތެއް ދަޢުވާލިބޭ ފަރާތުން
ދީފައިވާކަމަށް ނުވަތަ ދަޢުވާކުރާ ފަރާތާ ޙަވާލާދީ މަޢުލޫމާތު ލިބިފައިވާކަމަށް ބަޔާންކޮށްފައިނުވާކަމާއި،
ބުނެވުނު ލިޔުމުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ސަން އޮންލައިން އިން މަޢުލޫމާތު
ނަގާފައިވަނީ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލާގައި އޮތް އެއްޗަކަށް ބަލައި އޭގައި ބުނެފައިވާ ވާހަކައެއް
ގެނެސްދިނުމުގެ އުޞޫލުން ކަން އެނގެން އޮންނާތީ،
ސަން އޮންލައިން ނޫހުގައި 21 މާރޗް 2013 ގައި ޝާއިޢު ކޮށްފައިވާ ޚަބަރުގައި
މ.ތުޅާގިރި އިސްމާޢީލް މަސްޢޫދުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް ބުނާ
މައްސަލާގައި ޙަވާލާދީ އޭނާ ބުނެފައިވާ ވާހަކަތަކެއް ކަމަށް ލިޔެފައިވާ ދޮގު ވާހަކަތަކާއި ގުޅިގެން
އެޗް.ޑީ.އެފް.ސީގެ އަބުރަށް ގެއްލުން ލިބިފައިވާކަމަށް ކަނޑައެޅޭ މިންވަރަށް ދަޢުވާކުރާ ފަރާތުން ހެކި
ހުށަހަޅާފައިނުވާތީ، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާފަދަ ބަދަލެއް ދަޢުވާލިބޭ ފަރާތުގެ
X
c2 / ތތ
ދިވެހިރާއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/366
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ކިބައިން ނަގައި ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންކަން
އެނގެން އޮންނަކަމެވެ.
OX
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1502 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައުސިންގ
ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ނުކުތާއަކީ:
"
އިސްމާޢީލް މަސްޢޫދު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސާބިތުނުހިފޭ ދޮގު
މައްސަލައެއް
ހުށަހެޅުމަށްފަހު، މީޑިއާއަށް އަންގައިގެން އެޗް.ޑީ.އެފް.ސީގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި
އެކަން ކުރުމަށްފަހު، އެ މައްސަލަ ހުށަހެޅީ އިސްމާއީލް މަސްޢޫދު ކަމަށާއި އަދި އެ މައްސަލައިގެ
ތަފްޞީލް މީޑިޔާއަށް ހާމަކޮށްފައިވަނީ ސީދާ އިސްމާއީލް މަސްޢޫދުކަން "އޮން ބެލެންސް އޮފް
ޕްރޮބެބިލިޓީ" ގެ މިންގަނޑުން ސާބިތުވާއިރު، މިކަމަށް މައްސަލަ ބެއްލެވި ޤާޟީ ރިއާޔަތް
ކުރައްވާފައި ނުވާކަމާއި އަދި ފެންނަންހުރި ހެކި ވަޒަންކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި
2 3 4
ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1502
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯރޕަރޭޝަން ޕލކގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ އަށާއި، އެ ނުކުތާއާ
ބާޢީކްޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2015/HC-A/366
އެކުންފުނީގެ ފަރާތުންނާއި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ އިސްމާޢީލް މަސްޢޫދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯރޕަރޭޝަން ޕލކގެ ފަރާތުން ބ.ތުޅާގިރި!އިސްމާޢީލް މަސްޢޫދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ،
21 މާރޗް 2013 ދުވަހުގެ ސަން އޮންލައިން ނޫހުގައި "އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ
ބިޑުކުރުމާގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި" މިސުރުހީގެ ދަށުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ،
އިސްމާޢީލް މަސްޢޫދަށް ޙަވާލާދީ، އޭނާ ބުނެފައިވާ ވާހަކަތަކެއް ކަމަށްބުނެ ލިޔެފައިވާ ދޮގު
ވާހަކަތަކެއްކަމާއި އަދި އެވާހަކަތަކުގެ ސަބަބުން އެޗްޑީއެފްސީގެ އަބުރަށް ގެއްލުން ލިބިފައިވާތީ، އެކަމުގެ
ޢަދުލުވެރި ބަދަލެއް އިސްމާޢީލް މަސްޢޫދުގެ ކިބައިން ނަންގަވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ
ދަޢުވާއެއްކަން އެނގޭއިރު، އެދަޢުވާއަށް އިސްމާޢީލް މަސްޢޫދުގެ ފަރާތުން އިންކާރުކޮށް، ދަޢުވާގައި
ހަވާލާދީފައިވާ ޚަބަރުގައި އިސްމާޢީލް މަސްޢޫދަށް ޙަވާލާދީ އެއްވެސް ވާހަކައެއް ލިޔެފައިނުވާ ކަމަށާއި އަދި
އެފަދަ ވާހަކައެއް އިސްމާއީލް މަސްޢޫދު ސަން އޮންލައިނަށް ދީފައިނުވާނެ ކަމަށާއި، އެޗްޑީއެފްސީގެ
އަބުރަށް ގެއްލުން ލިބިފައިވާނަމަ، ލިބިފައިވަނީ އެ ކުންފުނީގެ މުވައްޒަ
ވައްޒަފުން ޢަމަލުކުރި ގޮތެއްގެ ސަބަބުން
ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ސަން އޮންލައިން 21 މާރޗް 2013 ދުވަހުގެ ނޫހުގައި
"އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބޮޑުކުރުމާގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅަންގެ"
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{015/HC-A366
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
هވ
OX
މިސުރުހީގެ ދަށުގައި ޝާއިޢު ކޮށްފައިވާ ޚަބަރަށް ބަލާއިރު، އެޚަބަރު އެނޫހަށް ލިބުނު ވަސީލަތެއް ނުވަތަ
ދިން ފަރާތެއްގެ މަޢުލޫމާތު ބަޔާންކޮށްފައި ދުވާކަމާއި
އާއި އަދި އެޚަބަރަކީ އިސްމާޢީލް މަސްޢޫދުގެ ފަރާތުން
ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް
ނާކޮށް ލިޔެފައިވާ ޚަބަރެއްކަމުގައި ބެލެވޭނެ އެއްވެސް ވާހަކައެއް އެ
ޚަބަރުގައި ބަޔާންކޮށްފައިނުވާކަމާއި، އެޚަބަރު ބިނާކޮށްފައިވަނީ އިސްމާޢީލް މަސްޢޫދު އެންޓި ކޮރަޕްޝަން
ކޮމިޝަނަށް ހުށަހެޅި މައްސަލައެއްގެ މައްޗަށް ޚަބަރު ކިޔާލުމުން އެނގޭއިރު، އެންޓި ކޮރަޕްޝަން
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު ނޫސްތަކުން ސާފުކުރުމަށް އެދުމުން ތަޙްޤީޤަށް ބުރޫ
ނާރާނެ ގޮތުގެމަތިން ދެމުން ގެންދާކަން އެކޮމިޝަނުން މި މައްސަލާގައި އެޗްޑީއެފްސީ ތަމްސީލްކުރާ
ޤާނޫނީ ވަކީލުކަމުގައިވާ މަޒްވާން އެންޑް މުރާދު އަށް ފޮނުވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ
ނަންބަރު 20131/B
/
MIS-123 (23 ޑިސެމްބަރ 2013) ގެ ސިޓީއަށް ބެލުމުން އެނގެން
އޮންނަކަމަވެ.
(ނ) ތިންވަނަކަމަކީ: މަދުނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކޮށްދިނުމުގެ ޒިންމާ
އަދާކުރަންޖެހޭނީ އެ މައްސަލައެއް ހުށަހެޅި ފަރާތުންކަން އެނގޭކަމާއި، މި މައްސަލާގައި ދަޢުވާ ސާބިތުކުރުމަށް
އެޗްޑީއެފްސީގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ބަލާއިރު، ސަން އޮންލައިން 21
މާރޗް 2013 ދުވަހުގެ ނޫހުގައި "އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ބޮޑުކުރުމާގުޅޭ
މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި" މިސުރުހީގެ ދަށުގައި ޝާއިޢު ކޮށްފައިވާ ޚަބަރަކީ މި މައްސަލާގައި
އިސްތި ތިއުނާފުރައްދުވާ އިސްމާއީލް މަސްޢޫދު ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް ލިޔެފައިވާ ޚަބަރެއްކަމަށް
ބުރަވެވޭ މިންވަރުގެ ހެކި އެޗްޑީއެފްސީގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިވާ ނުވާކަން އެނގެން
ންނަކަމެވެ.
ދިވެހިރާއްa
ޚަޢީކު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{15/HC-A/366
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެހެންކަމުން
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/1502 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ބެލެވޭފަދަ ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން ބަޔާން ކުރެވުނު
ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1502 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް މި ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ހައިކޯޑު
ދިވެހިންގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv