ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/308 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 1308/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: އަބްދުލްޙަންނާނު މޫސާ
ކާޑު ނަންބަރ: A002074
* ދާއިމީ އެޑްރެސް: ހެޕީނައިޓް/އއ.ރަސްދޫ
މިހާރުގެ އެޑްރެސް: ހެޕީނައިޓް/އއ.ރަސްދޫ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
*
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ
ކާޑު ނަންބަރ:
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރު 2013
ނިމުނު ތާރީޚް: 02 ޛުލްޙިއްޖާ 1434
07 އޮކްޓޯބަރު 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/8503(J(MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުއަމުރު
ހުށަހެޅި ތާރީޚް: 2013-09-26 ނިމުނު ތާރީޚް: 2013-09-26
L
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8503(J
(
MD-145 ކޯޓު އަމުރު"
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އއ.ރަސްދޫ ހެޕީނައިޓް
ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
Ocox
10
4
01 އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8503(J
(
MD-145
"ކޯޓު އަމުރު" އަށް ބަލާއިރު، އެއަމުރަކީ އއ.ރަސްދޫހެޕީނައިޓް، ޢަބްދުލްޙަންނާނު މޫސާ ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަދި ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ
ހިންގާފައިވާ ކަމުގެ ތުހުމަތުގައި ޢަބްދުލްޙަންނާނު މޫސާ ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު
އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު:TD057377 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ
ހުށަހަޅާ ފޯރމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރުގައި އެވަގުތު ޢަބްދުލްޙަންނާނު
މޫސާ ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ، 2013
ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 06 އޮކްޓޯބަރ 2013 ގެ 16:29 އަށް
ޢަބްދުލްޙަންނާނު މޫސާ، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/308
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02- ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8503(J
(
MD-145 "ކޯޓު އަމުރު" އަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 03 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 46 ވަނަ މާއްދާއާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި
ފުލުހުން ބުނާބުނުމެއްގެ މައްޗަށްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެފައިވާ ބުނުމެވެ.
ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8503(J
(
MD-145 ކޯޓު އަމުރަށާއި، އެއަމުރު
އިސްތިއުނާފު ކުރުމަށް ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށާއި މައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަ
ހއ ހދ ހއ
ކަންeއeއ
¢ ¢ ¢ ¢9
އއ.
l.3- ފުރަތަމަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން
ޢަބްދުލްޙަންނާނު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46
ވަނަ މާއްދާއާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި ފުލުހުން
ބުނާބުނުމެއްގެ މައްޗަށްކަމަށްބުނެ ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބެލިބެލުމުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާގައި، "ހައްޔަރުކުރާ މީހާއަށް
ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ
ce O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/308
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OCCOX
ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ
އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޢަބްދުލްޙަންނާނު މޫސާ ބަންދުކޮށްފައި
ބަންދުކޮށްފައިވަނީ ކޯޓުގެ
އަމުރަކުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، އަދި މިހާރު
ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ އަމުރަކީ، އޭނާ އެންމެ ފުރަތަމަ ބަންދުކުރުމަށް
ކޯޓުން ނެރެފައިވާ އަމުރު ނޫންކަމާއި، އެހެންކަމުން ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައަޅާފައިވާ
އުޞޫލާއި، މިހާރު އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8503(J/MD-145
ކޯޓު އަމުރު" ގެ ދަށުން ޢަބްދުލްޙަންނާނު މޫސާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ އިތުރު ކުރުމާއި
ޤާނޫނީގޮތުން އަޅާކިޔޭނެ ޖާގައެއް ނެތްކަމެވެ.
3.2- ދެވަނަ ކަމަކީ: ޢަބްދުލްޙަންނާނު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ އަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި
ފުލުހުން ބުނާބުނުމެއްގެ މައްޗަށްކަމަށާއި، އަދި ޢަބްދުލްޙަންނާނު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ޢަބްދުލްޙަންނާނު މޫސާގެ ފަރާތުން ބުނެފައިވާތީ
އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން،
މައްސަލައެއް ތަޙްޤީޤު ކުރެވެމުންދާ އިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަމާ މެދު
ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންކަމާއި،
83
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/308
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ
މީހާގެ ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެފަދަ
މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
93/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެ
މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ
ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ
ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު
ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ޢަބްދުލްޙަންނާނު މޫސާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގުންކަން
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު:TD057377 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް"
އިންނާއި ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8503(J(MD-145"ކޯޓު އަމުރު" އިންނާއި ހުށަހެޅިފައިވާ
އެހެނިހެން ލިޔުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުން އެނގެން އޮންނައިރު، ތުހުމަތު
ކުރެވިފައިވާ ކުށުގެ ބާވަތަކީ، އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މުޖްތަމަޢުގެ އަމަން
ގެއްލިގެން ހިގައިދާފަދަ ޢަމަލުތަކެއްކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ޢަބްދުލްޙަންނާނު މޫސާ ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި
ނިންމެވުމަށް ވާޞިލުވި ސަބަބުތައް ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8503(J
(
MD-145"ކޯޓު އަމުރު"
ގައި ބަޔާންކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން، މިފަދަ
އަމުރުތައް ނެރުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެ ކަންތައްތައް
44
2 ހ
66
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2013/HC-A/308
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
34
ބަޔާންކުރެވިފައި އެވަނީކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާ
އަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ
ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް
ހާޒިރުކުރެވިފައިވާ މީހާގެ ކިބާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާ އަށާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ފުރިހަމަވެފައިވާކަމަށް ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި އެސަބަބެއް ބަޔާންކުރުމުން ފުދޭނެކަމާއި، މީހެއްގެ
މައްޗަށް ކުށެއްގެ ތަޙުޤީޤު ކުރެވިގެން އެމީހާގެ މައްޗަށް ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް
ބައްލަވާ ފަނޑިޔާރަކު އެމައްސަލައެއްގެ ޙުކުމް ކުރެއްވުމުގެ ކުރިން އެޙުކުމަށް ވާޞިލުވި ސަބަބުތައް
ތަފުޞީލުކޮށް ބަޔާންކުރަމުން އަންނަ ފަދައިން މިފަދައިން ނެރޭ ކޯޓު އަމުރެއްގައި އެސަބަބުތައް ބަޔާންކުރުން
ލާޒިމްކޮށްފައިވާ އެއްވެސް ޤާނޫނެއް ގަވައިދެއް ވުޖޫދުވެފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ
ނަންބަރު:2013/8503(J
(
MD-145 ކޯޓު އަމުރުގައި އއ.ރަސްދޫ ހެޕީނައިޓް ޢަބްދުލްޙަންނާނު މޫސާ
(ދރ.ކާޑު ނަންބަރު:A002074 ) 2013 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން
06 އޮކްޓޯބަރ 2013 ގެ 16:29 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަ
އެޓުމަށް އަމުރު ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން ޝަރީޢަތަށް
ސާބިތުވާކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނެއެވެ.
އެވެ.
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8503(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް އއ.ރަސްދޫ/ ހެޕީސައިޓް ޢަބްދުލްޙަންނާނު މޫސާ (ދރ.ކާޑު ނަންބަރު:A002074
އްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2013/HC-A/308
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބެލިއިރު، އެއަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން ޝަރީޢަތަށް
ސާބިތު ނުވާކަމަށް ކަނޑައަޅައި އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv