ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/137 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A1
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 137/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު މަޚްލޫފް
ނަންބަރު.
ދާއިމީ އެޑްރެސް: ގ.ހާފްސީ
މިހާރުގެ އެޑްރެސް: ގ.ހާފް-
A059559
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ
ކާޑުނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 19 ޖުމާދަލްއާޚިރާ 1436"
އެޕްރީލް 2015
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1436
އެޕްރީލް 2015
08
12
ސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
2525/J
/
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 03.04.2015 * ނިމުނު ތާރީޚް: 03.04.2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ކ.މާލެ / ގ.ހާފްސީ އަޙްމަދު މަޚްލޫފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤާއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
">
ރެވުނު ނުކުތާތައް
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
އަމުރަކީ ކ.މާލެ
ގ.ހާފްސީ، އަޙްމަދު މަޚްލޫފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވުމުގެ މައްސަލާގައި މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 04 އެޕްރީލް
2015 ގެ 12:43 އިން ފެށިގެން 19 އެޕްރީލް 2015 ގެ 12:42 ގެ ނިޔަލަށް އަޙްމަދު މަޚްލޫފް މިނިސްޓްރީ
އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެކެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، އަޙްމަދު
މަޚްލޫފްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
C
ފުރަތަމަ ނުކުތާއަކީ، ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ މުޒާހަރާއަށް
ނުދިއުމަށް ކުރި ޝަރުޠު ޤަބޫލުނުކުރުމުގެ އަދަބެއްގެ ގޮތުންކަމަށްވާއިރު، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔައްޖޭގެ ހައި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓިދާނެ ޙާލަތެއްނޫންކަމަށް ބުނެ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
3
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ދެވަނަ ނުކުތާއަކީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް މި
މައްސަލާގައި އަޙްމަދު މަޚްލޫފް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކ.މާލެ / ގ.ހާފްސީ، އަޙްމަދު މަޚްލޫފް އެންމެ ފުރަތަމަ ހައްޔަރު
ކުރެވިފައިވަނީ 25 މާރޗް 2015 ގައި، 2015 މާރޗް 13 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު
ނަޝީދުއަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެންނާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާރޑް
މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތާއި ގުޅިގެން މާލޭގެ އެކި
ސަރަޙައްދުތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން' ގެ ނަމުގައި ކުރަމުންގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ
ތެރެއިން 2015 މާރޗް 25 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް
މީނާ ވަދެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމަށް
މައްސަލާގައިކަމާއި، އެއަށްފަހު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2296/J
/
MD-145 ކޯޓު އަމުރުން
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަޙްމަދު މަޚްލޫފް 5 (ފަހެއް) ދުވަހަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އަމުރުކުރައްވާފައިވާއިރު، ބުނެވުނު އަމުރާއި ގުޅިގެން އަޙްމަދު
މަޚްލޫފް ބަންދުކުރެވިފައިހުރީ ދޫނިދޫ ޖަލުގައިކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގޭކަމާއި،
2& 4 224 22
ހދހނު
ދިވެހިރާއްSa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްވެ ބުނެވުނު ކޯޓު އަމުރުގެ މުއްދަތު އިތުރުކުރެވިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
2435/J
/
MD-145 ކޯޓު އަމުރުންކަމާއި، އެ އަމުރުގެ ދަށުން އަޙްމަދު މަޚްލޫފް ބަންދުކުރަން އަމުރު
ކުރައްވާފައިވަނީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވާއިރު،
އަޙްމަދު މަޚްލޫފް ބަންދުކުރައްވާފައިވަނީ 5 (ފަހެއް) ދުވަހުގެ މުއްދަތަށް ގޭގައިކަން އެ އަމުރަށް ބެލުމުން
އެނގޭކަމާއި، އިސްވެ ބުނެވުނު އަމުރުގެ ދަށުން އަޙްމަދު މަޚްލޫފް ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު
ކުރައްވާފައިވީ ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެ އަމުރު އިސްތިއުނާފު ކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި،
ބުނެވިދިޔަ އަމުރަށްފަހު، އަޙްމަދު މަޚްލޫފްގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މިހާރު
އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރުންކަމާއި، އެ
އަމުރުގައި އަޙްމަދު މަޚްލޫފް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ
ތަނެއްގައި
ކުރައްވާފައިވަނީ
މުޖުތަމަޢުގެ
ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައިކަމަށް އެ އަމުރުގައި ބަޔާންކުރެވިފައިވާކަމާއި
އިސްތިއުނާފު ކުރެވޭ އަމުރުގައި ޙަވާލާދެވިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
126509/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި އަޙްމަދު މަޚްލޫފް އިތުރަށް ބަންދުގައި
ބަހައްޓަންޖެހޭ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ، 2015 މާރޗް 25 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާގައި،
ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް މީނާ ވަދެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު
އަދާކުރަން ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، މުޖަތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށް
ބަޔާންކުރެވިފައިވާކަމާއި، އަދި އަޙްމަދު މަޚްލޫފްގެ ބަންދުގެ މުއްދަތު 10 (ދިހައެއް) ދުވަހުގެ މުއްދަތަކަށް
އިތުރުކޮށްދިނުމަށް އެ ފޯމުން އެދިފައިވާކަން ފާހަގަކުރެވެން އޮންނާކަމެވެ.
ބަންދުކުރުމަށް
(ނ) ދެވަނަ ކަމަކީ، އަޙްމަދު މަޚްލޫފް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ
މުޒާހަރާއަށް ނުދިއުމަށް ކުރި ޝަރުޠު ޤަބޫލުނުކުރުމުގެ އަދަބެއްގެ ގޮތުންކަމަށްވާއިރު، އެއީ ދިވެހިރާއްޖޭއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
FOX 32
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓިދާނެ ޙާލަތެއްނޫންކަމަށް ބުނެ
އަޙްމަދު މަޚްލޫފްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި މީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ
ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ
ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު ޝަރީޢަތުން
ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއްނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ
އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން
ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ." މިހެން ބަޔާން ކުރެވިފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރު
ސިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް
ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނަކަމާއި،
ބުނެވިދިޔަ ޙާލަތްތަކުންކުރެ ޙާލަތެއް ތުހުމަތުކުރެވޭ ފަރާތުގެ ކިބައިގައި ނެތްނަމަ، އެ މީހަކު
ބަންދުގައި ނުބެހެއްޓޭނެކަން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ސާފު އިބާރާތުން އެނގެން އޮންނަކަމާއި، އަދި
ބުނެވިދިޔަ ފަދަ ޙާލަތެއް ނެތި، އެމީހަކު ބަންދުން ދޫކޮށްލާއިރު، ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ
ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެކަމަށް
ބަޔާންކުރެވިފައިވާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ޝަރުޠު ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް
ލިބިދެވިފައިވަނީ ހަމައެކަނި ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމުގެ
ކުރުމުގެ ބޭނުމަށްކަން އެނގެން އޮންނަކަމާއި
22 92
ޑިހިރާއްޖޭގެ ހައިv
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/137
4 22
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ ދަށުން ޝަރުތުކޮށްފައި މީހަކު ބަންދުން ދޫކުރާއިރު،
އެމީހެއްގެ މައްޗަށް ކުރެވޭނެ ޝަރުޠުތައް ބަޔާންކުރެވި
ންކުރެވިފައިވާކަމާއި، އެގޮތުން، ބަންދުން މީހަކު ދޫކޮށްލުމުގައި
ފަނޑިޔާރަށް ކުރެވިދާނެ ޝަރުޠުތަކަކީ އެ މީހަކު ރަށުން ބޭރަށް ފުރައިގެން ނުދިޔުމުގެ ޝަރުޠާއި، ރަށުގެ ވަކި
ސަރަޙައްދަކަށް ނުދިޔުމުގެ ޝަރުޠާއި، ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެ
ސޮއިކުރުމުގެ ޝަރުޠާއި އަދި އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ ކަނޑައެޅޭ ވަކި އިދާރާއަކަށް
އެކަން އެންގުމުގެ ޝަރުތުކަން ފާހަގަކުރެވޭކަމާއި، އަދި ބުނެވިދިޔަ ޝަރުޠުތަކުން ޝަރުތަކަށް އެއްބަސްވެ
މީހަކު ބަންދުން ދޫކޮށްލެވޭ ޙާލަތު، އެ ޝަރުޠާއި އޭނާ ޚިލާފުވިކަން ސާބިތުވެއްޖެނަމަ، 15 (ފަނަރަ) ދުވަހަށް
ވުރެ ދިގުނޫން މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާކަން
އިސްވެ ބުނެވުނު ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އަޙްމަދު މަޚްލޫފް އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓީ
ދޫނިދޫގައިކަން މި މައްސަލާގެ ދެފަރާތުގެ ބަހުންވެސް އެނގޭކަމާއި، އެއަށްފަހު މުއްދަތު އިތުރުކުރެވުނުއިރު
އަޙްމަދު މަޚްލޫފް ބަންދުގައި ބެހެއްޓީ ގޭގައިކަން އެނގެން އޮންނައިރު، އަޙްމަދު މަޚްލޫފްގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ތިންވަނަ ފަހަރަށް ހުށަހެޅުނުއިރު، އިސްތިއުނާފުކުރެވޭ ކޯޓު އަމުރުން އަޙްމަދު މަޚްލޫފް
ގޭބަންދުގައި ހުރެފައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކުރެއްވިކަމާއި، ބުނެވިދިޔަ އަމުރުގެ މުއްދަތު މަޖިލިހުގައި، ޝަރުޠަކާއެކު އަޙްމަދު މަޚްލޫފް ދޫކޮށްލުމަށް
ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވިކަމަށާއި، އަދި އެގޮތުން ފަނޑިޔާރު ކުރެއްވި ޝަރުތަކީ 30
(ތިރީސް) ދުވަސްވާންދެން އަޙްމަދު މަޚްލޫފް ހަތަރު މީހުންނަށްވުރެ ގިނަ މީހުންނާއި އެކީ މަގުމަތީގައި
ފެމަށްކަމަށް މައްސަލާގައި ހިމެނޭ ދެފަރާތުގެ ވާހަކައިންވެސް އެނގޭކަމާއި، އެހެންނަމަވެސް އެ ޝަރުޠަށް
އަޙްމަދު މަޚްލޫފް އިންކާރުކުރުމުން، އަޙްމަދު މަޚްލޫފް އިތުރަށް ވިސްނުމަށް ފަނޑިޔާރު އިތުރު ފުރުޞަތުތަކެއް
ދެއްވިކަމަށާއި އަދި ޝަރުތު އިތުރު ޝަރުޠުތަކަކަށް ބަދަލު ނުކުރެއްވޭނެކަމަށާއި، ދެން މައްސަލަ
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު މަޚްލޫފް
29 އދ މ ގތ
ނޫޅުމަށް
އެހިރާއްޖޭގެ
04 9
ނަދުކުރުމަށްކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/137
ބެއްލެވި ފަނޑިޔާރު ވިދާޅުވިކަމަށާއި، ފަނޑިޔާރު ހުށަހެޅުއްވި ޝަރުތަށް އަޙްމަދު މަޚްލޫފް އެއްބަސްނުވުމުން،
15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު މަޚްލޫފް
ބަންދުގައި ބެހެއްޓުމަށް ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަމުރު ކުރެއްވީކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ބުނެވިދިޔަ ޝަރުޠާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ދެކޭ ގޮތަކީ ޤާނޫނުއަސާސީން
ލިބިދޭ ޙައްޤުތަކާއި މިނިވަންކަން މުޅިން ހިފެހެއްޓޭ ފަދަ ގޮތަކަށް ކޯޓުތަކަށް ޝަރުޠުނުކުރެވޭނެކަމާ
ކަމާއި، އަދި
ޝަރުތެއްކުރާނަމަ ޝަރުތެއްކުރެވޭނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތަކުންކުރެ
ޝަރުތެއް ނުވަތަ އެއިން ޝަރުތެއްގެ ފެތޭ ޝަރުޠެއް، ނުވަތަ ބަންދުން ދޫކޮށްލެވޭ މީހެއް ކޯޓަށް
ހާޒިރުވުން ކަށަވަރުކުރުމުގެ ގޮތުން ކުރާ ޝަރުތެއްކަމާއި، މިނޫން އެހެން ޝަރުޠުތައް ބެލެވޭނީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފު ޝަރުޠުތަކެއްކަމަށާއި،
4 · ބބ
ޗެށް
2
24
3 ތތ ހ2
ބެހެއްޓުމަށްފަހ،
04 0 22
އަޙްމަދު މަޚްލޫފް އެންމެ ފުރަތަމަ ބަންދުގައި
ގޭބަންދަށް ބަދަލު ކުރެވުނު
ފަހުން، އަޙްމަދު މަޚްލޫފްގެ ފަރާތުން އިތުރު އެއްވެސް ނުރައްކާތެރި ނުވަތަ އެނޫންވެސް އެހެން ޢަމަލެއް
ހިނގާފައިނުވާކަން ދެ ފަރާތުގެ ބަހުންވެސް އެނގެން އޮންނައިރު، އަދި އަޙްމަދު މަޚްލޫފް އިތުރަށް ބަންދުގައި
ބަހައްޓަވަން ނިންމެވި ސަބަބަކީ ކްރިމިނަލް ކޯޓުން ކުރެއްވި 30 (ތިރީސް) ދުވަސްވާންދެން އަޙްމަދު މަޚްލޫފް
ހަތަރު މީހުންނަށްވުރެ ގިނަ މީހުންނާއި އެކީ މަގުމަތީގައި ނޫޅުމުގެ ޝަރުތަށް އަޙްމަދު މަޚްލޫފް
އެއްބަސްނުވުމުންކަން
ހު
މައްސަލާގެ ދެފަރާތުގެ ބަހުންވެސް އެނގެން އޮންނައިރު، އަޙްމަދު މަޚްލޫފް
ދޫކުރެއްވުމަށްޓަކައި މި ޝަރުޠު ހުށަހަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް އެ އަމުރު ނެރުއްވިއިރު
ވުޖޫދުގައި އޮތްކަމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިނުގަތުމުންކަމަށް
ބެލެވޭކަމާއި، އެހެން ބުނެވުނު ސަބަބުތަކުން ކުރި ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ފެނިވަޑައިގެން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރުތެއް
ރަތެއް ނުވަތަ ކުށެއް؟
404
کی
އަޙްމަދު މަޚްލޫފް ބަހައްޓަންޖެހޭނީ ބަންދުގައިކަމަށްވެފައި، އޭނާ ޝަރުތަކާއެކު ނުވަތަ ޝަރުޠަކާ ނުލައިވެސް
ބަންދުން ދޫކޮށްލެވޭނީ އެއިން އެއްވެސް ސަބަބެއް ވުޖޫދުގައި ނުވާ ޙާލަތުގައި އެކަނިކަމަށް ވާތީކަމާއި،
އެހެންކަމުން، ބަންދުން މީހަކު ދޫކޮށްލުމުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ފަދަ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތަކުންކުރެ ޝަރުޠެއް، ނުވަތަ
އޭގެން ޝަރުތެއްގެ ދަށަށް ފެތޭ ފަދަ ޝަރުތެއް ފިޔަވައި އެހެން ޝަރުތެއް ކޯޓުން ކުރުމަކީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި ޚިލާފަށް ކުރެވޭނެ ޝަރުތެއްކަމާއި، އަޙްމަދު މަޚްލޫފްގެ ކިބައިގައި ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގައި ނުވަތަ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބުނާ ސަބަބުތަކުންކުރެ ސަބަބެއް ނެތި، 30
(ތިރީސް) ދުވަސްވާންދެން އަޙްމަދު މަޚްލޫފް ހަތަރު މީހުންނަށްވުރެ ގިނަ މީހުންނާއި އެކީ މަގުމަތީގައި ނޫޅުމަށް
ކުރެއްވި ޝަރުޠަށް އަޙްމަދު މަޚްލޫފް އެއްބަސްނުވުމުގެ މައްޗަށް ބިނާ ކުރައްވައި، އަޙްމަދު މަޚްލޫފް ބަންދުގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް މިނިސްޓްރީ
އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު މަޚްލޫފް ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރުން ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި
ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
22
0
2 ހތ
@ހއeމށް
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާ އުޞޫލުތަކާ ޚިލާފަށް މި
މައްސަލާގައި އަޙްމަދު މަޚްލޫފް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއަށް ބެލިއިރު،
*
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
;
9
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
202 22 22 2
ރކއޅުމަށް
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާ އުޞޫލުތައް ތަޠުބީޤުވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުކުރެވޭނެ
ކަމަށް
ބަޔާންކޮށްފައިވާ ފަސް ސަބަބުން ކުރެ ސަބަބެއް އުފަންވެ ދެމި އޮންނަ ޙާލަތުގައި ކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި އަޙްމަދު މަޚްލޫފްގެ ބަންދުގެ މުއްދަތު
ނިންމަވާފައިވަނީ އަޙްމަދު މަޚްލޫފް 30 (ތިރީސް) ދުވަސްވާންދެން ހަތަރު މީހުންނަށްވުރެ ގިނަ މީހުންނާއި އެކީ
މަގުމަތީގައި ނޫޅުމަށް ކުރެއްވި ޝަރުތަށް އަޙްމަދު މަޚްލޫފް އެއްބަސްނުވުމުންކަން އެނގޭކަމާއި، ކްރިމިނަލް
ކޯޓުގައި އަޙްމަދު މަޚްލޫފް ދޫކުރެއްވުމަށް އެފަދަ ޝަރުތެއް ހުށަހެޅުއްވިކަމީ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި .ގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަކުންކުރެ ސަބަބެއް އޮތް ކަމަށް އެ ކޯޓަށްވެސް
ފެނިވަޑައިނުގަތުންކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ފާހަގަކުރެއްވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު
2 20
ނުވާނެކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއިއެކު، އިސްތިއުނާފުކުރެވޭ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2015/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
می کرم
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް ގޮތުގެ މަތިން ހުރުމާއިއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
2525/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްވާތީ،
އެ އަމުރަކީ ބާޠިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
“ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv