ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/04 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-I-SH/04
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 04/HC-I-SH/2014
އިންތިޙާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ޖުމްހޫރީ ޕާޓީ
އައިޑީ ކާޑު ނަންބަރ:-
* ދާއިމީ އެޑްރެސް: ފ.ޗަނބޭލީގެ ކ.މާލެ
މިހާރުގެ އެޑްރެސް: މ.ކުނޫޒު(ކ.މާލެ
*
އިންތިޚާބީ ޝަކުވާ މައްސަލަ ރައްދުވިފަރާތް:
އިލެކްޝަންސް ކޮމިޝަން
މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް|ކ.މާލެ
ތަދައްޚުލްވި ފަރާތް:
ން: ޢަބްދުލްބާރީ ޢަބްދު
އައިޑީ ކާޑު ނަންބަރ: A059081
، ދާއިމީ އެޑްރެސް: ހ.މެލަން/ ކ.މާލެ
މިހާރުގެ އެޑްރެސް: ފ.މެލަން|ކ.މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 03 ޖުމާދަލްއާޚިރާ 1439
03 އޭޕްރީލް 2014
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1435
23 އޭޕްރީލް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2014/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚުލާޞާ؟
މިއީ، 2014 ވަނަ އަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގައި، ކުރެންދޫ ދާއިރާ (ދާއިރާ ކޯޑް:G03) އަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި
ޅ.ކުރެންދޫ ބޮޑުހިޔާގެ އަޙްމަދު މޫސާ އާއި އޭނާއާއި ވާދަކުރި ޢަބްދުލްބާރީ ޢަބްދުﷲ އާއި ދެމެދު އެ ދާއިރާގެ
އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން ހުރީ 7 (ހަތެއް) ވޯޓުގެ ތަފާތު ކަމަށާއި، އެދާއިރާގެ އިންތިޚާބުގެ ނަތީޖާ
ދައްކާގޮތުން ބާޠިލް ވޯޓުގެ ގޮތުގައި 11 (އެގާރަ) ވޯޓު ކަނޑައަޅާފައިވާކަމަށާއި، އަދި އެދާއިރާގެ
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ބާޠިލް ވޯޓުގެ ގޮތުގައި 11 (އެގާރަ) ވޯޓު ގުނިފައިވާކަމަށާއި، އެ ގޮތުން
ވޯޓުގުނުމުގައި، ބާޠިލް ވޯޓު ޞައްޙަވޯޓުގެ ގޮތުގައި އަދި ސައްޙަވޯޓު ބާޠިލް ވޯޓުގެ ގޮތުގައި
ގުނާފައިވާކަމަށާއި، އެހެންކަމުން އެ ދާއިރާގެ ވޯޓް އަލުން ގުނައިފިނަމަ، އަޙްމަދު މޫސާ އިންތިޚާބު ކާމިޔާބު
ކުރުމުގެ ފުރުޞަތު އޮތްކަމަށްބުނެ، ބަޔާންކުރެވުނު އިންތިޚާބުގެ ކުރެންދޫ ދާއިރާ (ދާއިރާ ކޯޑް:G03) އަށް
ވޯޓު ލާފައިވާ 66 (ސަހައްޓި) ދާއިރާގެ ނަތީޖާ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ
(ނ) އާއި 72 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 11/2008 ގެ 56 ވަނަ މާއްދާގެ (ނ) އާއި
(ރ) އާއި 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާޠިލްކޮށް، އެ ދާއިރާގެ ވޯޓް އަލުން ގުނުމަށް އިލެކްޝަންސް
ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދެއްވުންއެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބަލާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
މިމައްސަލަ ހައިކޯޓަށް ހުށަހެޅުމާގުޅިގެން ކުރެންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި
ފަރާތްކަމުގައިވާ ހ.މެލަން ޢަބްދުލްބާރީ ޢަބްދުﷲ މިމައްސަލައަށް ތަދައްޚުލް ވެފައިވެއެވެ.
cu O.
ހހހވެމުން
0
ހެކީގެ ގޮތުގައި ހުށަހެޅުނު ލިޔުންތައް:
01- ޖުމްހޫރީ ޕާޓީގެ ނަންބަރު:2014
/
03
/
359/JP
-
LT (24 މާރޗް 2014) ސިޓީ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02- އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 2014
/
51/CA
/
JP-38 (25 މާރޗް 2014) ސިޓީ.
• ޝަފަހީ ހެކީގެ ގޮތުގައި ހުށަހެޅުނު ނަންތައް:
03- ޅ.ކުރެންދޫ ފޭރުމާގެ މުޙައްމަދު ޙަނީފު
04- ޅ.ކުރެންދޫ ފޮނިލުބޯގެ ޙުސައިން އިބްރާހީމް
ރ
401 ޖުމްހޫރީ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހެޅި އިންތިޚާބީ
ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ގައި ކުރެންދޫ ދާއިރާއަށް ވާދަކުރި ޅ.ކުރެންދޫ ބޮޑުހިޔާގެ އަޙްމަދު މޫސާ ގެ މައްޗަށް އެދާއިރާއަށް ވާދަކުރި
ޢަބްދުލްބާރީ ޢަބްދުﷲ ކުރި ހޯދާފައިވަނީ 07 (ހަތެއް) ވޯޓުގެ ތަފާތަކުންކަން އެނގެން އޮވެފައި، އެދާއިރާގެ
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ބާޠިލް ވޯޓުގެ ގޮތުގައި 11 ވޯޓު އޮތްކަން އެނގެން އޮތްހިނދު، އެދާއިރާގެ
ވޯޓު ގުނުމުގައި ބާޠިލް ވޯޓް ޞައްޙަ ވޯޓުގެ ގޮތުގައި، އަދި ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި
ގުނާފައިވާކަމަށާއި،
އަދި އޭގެ އިތުރުން އެދާއިރާގެ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިންނާއި ފަހުންވެސް 06 (ހައެއް)
ވޯޓުގެ ތަފާތަކުން ޢަބްދުލްބާރީ ޢަބްދުﷲ އިންތިޚާބު ކާމިޔާބު ކޮށްފައިވާކަމަށް ޢަބްދުލްބާރީ ޢަބްދުﷲގެ
ސަޕޯޓަރުންނާއި އެމް.ޑީ.ޕީ ގެ ފަރާތުން ބުނަމުން ގެންގޮސްފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި
ޝަކުވާގެ ފޯމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
02- ހުށަހެޅިފައި މިވާ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު
ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޖުމްހޫރީ ޕާޓީ ގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތަކީ، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 74 ވަނަ މާއްދާގެ 13
ވަނަ ނަންބަރުގައި ބުނެފައިވާ، ޤަޞްދުގައި ޞައްޙަ ވޯޓެއް ބާޠިލް ވޯޓެއްގެ ގޮތުގައި ގުނުން ނޫނީ ޞައްޙަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2014/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވޯޓެއް ނުގުނައި ދޫކޮށްލުން މި ޢަމަލުގެ ތެރެއަށް ފެތޭ ތުހުމަތެއް ކަމަށާއި، ނަމަވެސް އެފަދައިން ތުހުމަތު
ކުރާއިރު އެ ތުހުމަތާގުޅިގެން އެފަރާތުން އެއްވެސް ހެއްކެއް ހުށަހަޅުއްވާފައި ނުވާކަމަށާއި، ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ދެ ޑޮކިއުމަންޓަކީ އެތުހުމަތު ސާބިތުކުރުމަށް ފުދޭ ދެ ޑޮކިއުމަންޓްގެ ގޮތުގައި ޤަބޫލު
ނުކުރެވޭކަމަށާއި، އަދި ހެކީގެގޮތުގައި ދެ ނަމެއް ބަޔާންކޮށްފައިވާއިރު، އެ ދެމީހުންނަކީ ކޮންކަމެއް ސާބިތު
ކުރުމަށް ހުށަހަޅާފައިވާ ދެމީހުންކަމެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވޭކަމަށާއި، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނަނީ "މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހައިކޯޓަށް
މައްސަލައެއް ހުށަހަޅާނަމަ ސަބަބާ، ތަފުޞީލާ، ހެއްކާ އެކު އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާތާ
ގިނަވެގެން 14 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލައެއް ހުށަހަޅަންވާނެއެވެ." މިފަދައިން
ކަމަށާއި، ވޯޓު ގުނުމުގެ ކަންތައްތަކާ ވޯޓާބެހޭ ގޮތުން ކަން
ހިންގި ގޮތުގެ ރިޕޯޓަށް ބަލާއިރު އެކަހަލަ އެއްވެސް
ޙާދިޘާއެއް ހިނގި ކަމަކަށް ނޯޓު ކުރެވިފައި ނެތްކަން އެރިޕޯޓުތަކުން އެނގޭކަމަށާއި،
އަދި ދެވަނަ ފަހަރަށް ވޯޓު ގުނުމާބެހޭގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި އެއްވެސް
ވާހަކައެއް ބުނެފައެއް ނެތްކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާޢިދު 2014 ގެ 43
ވަނަ މާއްދާގެ (ހ) ގައި ދެވަނަ ފަހަރަށް ވޯޓު ގުނިދާނެ ޙާލަތު ބަޔާންކޮށްފައިވާކަމަށާއި، އެގޮތުން 43 ވަނަ
މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި (2) ވަނަ ނަންބަރު ފާހަގަކުރާކަމަށާއި، އެގޮތުން (2) ވަނަ ނަންބަރަކީ
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއަކާއި ގުޅިގެން ހުށަހެޅިފައިވާ ހެކީގެ މައްޗަށް ބިނާކޮށް އަލުން
ގުނުމަށް އެކޮމިޝަނުން ނިންމާ ނިންމުންކަމަށާއި، އަދި (3) ވަނަ ނަންބަރަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅޭ މައްސަލައެއްގައި ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ބިނާކޮށް އަލުން ގުނުމަށް ޝަރީޢަތުން އަމުރު ކުރާ
ޙާލަތުކަން ފާހަގަކޮށް، މިމައްސަލަ ނިންމެވުމުގައި އެޤަވާއިދުގެ 43 ވަނަ މާއްދާގެ ނައްޞަށާއި، ހުށަހަޅާފައިވާ
ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ދިނުން އެދޭކަމަށް އެކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
403 މައްސަލާގެ ތެރެއަށް ތަދައްޚުލް ވެފައިވާ ޢަބްދުލްބާރީ ޢަބްދުﷲ ގެ ފަރާތުން
މިމައްސަލައާއި ގުޅިގެން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޢަބްދުލް ބާރީ ޢަބްދުﷲ ގެ ފަރާތުން މައިގަނޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
e
8
4, 2
އަޒަފުރާނަން،
ގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް
ފާހަގަކޮށްފައިވާ ކަންތައްތައްކަމާއި، އޭގެ އިތުރަށް ހުށަހެޅިފައިވާ ދެ ހެކީންނާމެދު ވާހަކަ ދައްކާފައިވާކަމާއި،
ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޅ.ކުރެންދޫ ފޭރުމާގެ މުޙައްމަދު ޙަނީފާ އަކީ މި އިންތިޚާބުގައި ޖުމްހޫރީ
ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އަޙްމަދު މޫސާގެ އުފަން ދަރިއެއް ކަމަށާއި، 2 ވަނަ ހެކި ޅ.ކުރެންދޫ
ފޮނިލުބޯގެ ޙުސައިން އިބްރާހީމް އަކީ އަޙްމަދު މޫސާ އާއި އެއްބަނޑު އެއްބަފާ ދައްތަގެ ދަރިއަކާ
ކައިވެނީގެގޮތުން ގުޅިގެންއުޅޭ މީހެއްކަމަށާއި، އެހެންކަމުން ޝަރީޢަތުން އެކަމަށް ރިޢާޔަތްކޮށްދިނުން
އެދޭކަމަށާއި، އަދި އިންތިޚާބާ
ފިޚާބާބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާ އަށާއި، 64 ވަނަ މާއްދާއަށާއި ޤަވާޢިދަށް
ބަލާއިރު، ވޯޓު އަލުން ގުނަންޖެހޭ އުޞޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާކަމަށާއި، ވޯޓު ފޮށިތަކުގެ ވޯޓު
ގުނަމުންދިޔަ ވަގުތު މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާފަދަ ޝަކުވާއެއް ކޮށްފައި ނުވާކަން
ފާހަގަކުރާކަމަށާއި، ވޯޓު ގުނަމުންދާއިރު، ވޯޓުލާ މަރުކަޒެއްގައި ތިބޭ އޮފިޝަލުންނާ،
ކެންޑިޑޭޓުންގެ މަންދޫބުންނާ، މޮނިޓަރުންނަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ ނިންމުންތަކާމެދު
ވަގުތުން ޝަކުވާ ކޮށްގެން އެވޯޓަކާ މެދުގައި ބަހުސްކޮށް ގޮތެއް ނިންމުމުގެ ފުރުޞަތު ދީފައިވާކަމަށާއި،
ނަމަވެސް އެފުރުސަތުގެ ބޭނުން ހިފާފައި ނުވާކަމަށާއި، އެފަދަ ޝަކުވާއެއް ހުށަހެޅި ކަމުގެ އެއްވެސް ހެއްކެއް
ހުށަހަޅާފައި ނުވާކަމަށާއި، އެހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މިޝަކުވާއަކީ އިންތިޚާބާބެހޭ
ޝަކުވާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ބުނެފައިވާފަދައިން ހުށަހަޅާފައިވާ ޝަކުވާއެއްކަމުގައި
ޢަބްދުލްބާރީ ޢަބްދުﷲ ގެ ފަރާތުން ނުދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް"
އިން، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަށާއި، މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައަށް ތަދައްޚުލްވި ހ.މެލަން
ޢަބްދުލްބާރީ ޢަބްދުﷲ ގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
25
8
9 8ޑ
ކޮށްދެއްވުން
ލިޔުންތަކަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު
2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ޤަވާއިދު 2014 އަށާއި، އިންތިޚާބުތަކާއިބެހޭ ޢާންމު އުޞޫލުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
4.1 ފުރަތަމަ ކަމަކީ: ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މިމައްސަލައަށް ބަލާއިރު، މިޝަކުވާއަކީ 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު ގައި، ޅ.ކުރެންދޫ ދާއިރާ (ދާއިރާ ކޯޑް G03) އަށް ވޯޓުލާފައިވާ 66 ދާއިރާގެ ވޯޓު ގުނުމުގައި،
ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށްބުނެ، އެ
ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު
ވުންއެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮތްއިރު، ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި
ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވަނީ އެ 66 ދާއިރާގައި ބަހައްޓާފައިވާ ކޮން ފޮއްޓެއް
ފޮށިތަކެއްގެ ވޯޓު ގުނުމުގައިކަމެއް ޖުމްހޫރީ ޕާޓީގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގެ ޚުލާޞާގައިވެސް އަދި
މައްސަލާގެ ތަފްޞީލުގައިވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
4.2 ދެވަނަ ކަމަކީ: ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މިމައްސަލަ ސާބިތުކުރުމަށްޓަކައި
ހެކީގެގޮތުގައި ހުށަހަޅާފައިވަނީ، ޖުމްހޫރީ ޕާޓީގެ ނަންބަރު:2014
/
03
/
359/JP
-
LT (24 މާރޗް 2014)
ސިޓީގެ ނަކަތާއި، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 2014
/
51/CA
/
JP-38 (25 މާރޗް 2014)
ސިޓީގެ ނަކަމާއި، ޅ.ކުރެންދޫ ފޭރުމާގެ މުޙައްމަދު ޙަނީފު ގެ ނަމާއި، އެރަށު ފޮނިލުބޯގެ ޙުސައިން އިބްރާހީމް
ގެ ނަންކަން އެނގެން އޮންނަކަމާއި،
މީގެ ތެރެއިން ބަޔާންކުރެވުނު ޖުމްހޫރީ ޕާޓީގެ ސިޓީއަށް ބަލާއިރު، އެސިޓީއަކީ އެޕާޓީގެ
ފަރާތުން 24 މާރޗް 2014 ގައި ލިޔެ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްކަމާއި،
އެސިޓީގައި، 22 މާރޗް 2014 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-I-SH/04
(G03) އަށް ވޯޓުލުމަށް ބެހެއްޓިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ބައެއް ވޯޓުފޮށިތައް ގުނައިފިނަމަ، ވަގުތީ
ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށްބުނެ، އެދާއިރާގައި ބެހެއްޓިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން
ނަންބަރު G03.04.1 ވޯޓުފޮއްޓާއި، ނަންބަރު G03.03.1 ވޯޓު ފޮއްޓާއި، ނަންބަރު G03.03.2 ވޯޓު
ފޮއްޓާއި، އަދި ނަންބަރު G02.02.3 ވޯޓު ފޮއްޓާއި މި ހަތަރު ވޯޓު ފޮށި އަލުން ގުނައިދިނުމަށް
އެދިފައިވާކަމާއި،
މިމައްސަލަ ހުށަހެޅި ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ
ނަންބަރު: 2014
/
51/CA
/
JP-38 (25 މާރޗް 2014) ސިޓީއަށް ބަލާއިރު، އެސިޓީގައި، ޖުމްހޫރީ ޕާޓީގެ
ފަރާތުން އެކޮމިޝަނަށް ފޮނުވާފައިވާ ތިން ސިޓީއަކަށް ޙަވާލާ ދެއްވުމަށްފަހު، އެސިޓީތަކުގައި ބަޔާން
ކުރައްވާފައިވާ ކަންކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ އުޞޫލާއި
ޝަކުވާ ފޯމް ފުރިހަމަކުރުމަށްފަހު، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމަށް
2
8
aދ8
ދަންނަވާފައިވާކަން ފާހަގަކުރެވޭކަމާއި،
ox.
އަދި ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ޅ.ކުރެންދޫ ފޭރުމާގެ މުޙައްމަދު ޙަނީފާ އާއި އެރަށު
ފޮނިލުބޯގެ| ޙުސައިން އިބްރާހީމް ހުށަހަޅާފައިވާ ބޭނުމެއް މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ނުވާތީ
އެކަން ސާފުކުރުމުގެގޮތުން ޝަރީޢަތުން ސުވާލުކުރުމުން، އޭގެތެރެއިން މުޙައްމަދު އަނީފް ހުށަހަޅާފައިވަނީ
ނަންބަރު G03.0.1 ވޯޓު ފޮށީގެ ވޯޓު ގުނަމުން ދިޔައިރު ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި، އަދި ބާޠިލް
ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި ގުނާފައިވާކަން ސާބިތު ކޮށްދިނުމަށްކަމަށާއި، މި މުޙައްމަދު ޙަނީފަކީ އެދާއިރާއަށް
ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ފަރާތުން އެފޮށި ކައިރީގައިހުރި މަންދޫބު ކަމަށާއި، ހަމައެފަދައިން ހެކީގެ
ގޮތުގައި ހުށަހަޅާފައިވާ ޅ.ކުރެންދޫ ފޮނިލުބޯގެ ޙުސައިން އިބްރާހީމް ހުށަހަޅާފައިވަނީ ނަންބަރު G03.02.1
ވޯޓު ފޮށި ގުނަމުން ދިޔައިރު ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި، އަދި ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި
ގުނާފައިވާކަން ސާބިތު ކޮށްދިނުމަށްކަމަށާއި، އޭނާއަކީ އެފޮށި ކައިރީގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ފަރާތުން
ހުރި ފަރާތްކަމަށް އެޕާޓީގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާތީ، ހައިކޯޓުން ބެލިބެލުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-I-SH/04
ޖުމްހޫރީ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އެޕާޓީގެ
ނަންބަރު:2014
/
03
/
359/JP
-
LT (24 މާރޗް 2014) ސިޓީއަކީ، ކުރެންދޫ ދާއިރާގެ ކަނޑައެޅިފައިވާ ވަކި
ހަތަރު ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށްއެދި އެކޮމިޝަނަށް ހުށަހެޅި ހުށަހެޅުމެއްކަން އެނގެން އޮތްއިރު،
އެހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ޖެހިގެން އައިދުވަހު ޖަވާބުދީ، އެކަންކުރަންޖެހޭ އިޖްރާއަތާއި
އެއްގޮތަށް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް އެކަން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެކޮމިޝަނުން
ޖަވާބުދީފައިވާކަން، ހެކީގެ ގޮތުގައި ހުށަހެޅިފައިވާ ދެވަނަ ޑޮކިއުމަންޓް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ
ނަންބަރު: 2014
/
51/CA
/
JP-38 (25 މާރޗް 2014) ސިޓީ އިން އެނގެން އޮންނަކަމާއި، ނަމަވެސް
އެކޮމިޝަނުގެ ސިޓީގައި ބަޔާންކޮށްފައިވާފަދައިން ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޝަކުވާ ކަމާބެހޭ ބިއުރޯއަށް
ހުށަހަޅާފައި ނުވާނެކަމަށް އެޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
cu o
ފާހަގަކުރެވެއެވެ.
ބަ4948
ކަމުގެ
4.3 ތިންވަނަ ކަމަކީ: ތާއީދުހޯދުމަށް މަސައްކަތްކުރުމަށާއި، ވޯޓު ނެގުމަށް ތައްޔާރުވުމާގުޅޭ
ގޮތުންނާއި، ވޯޓުނެގުމާއި، ވޯޓުގުނުމާއި ނަތީޖާ އިޢުލާންކުރުމާއި، އިންތިޚާބާބެހޭ ޝަކުވާއާއި، ފައިސާއާއި މާލީ
ގޮތުންނާއި، އިންތިޚާބާބެހޭ ކުށާއި އަދަބާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ޢަމަލުކުރަންވާނީ ޤާނޫނު ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި އެކަންކަމާގުޅޭގޮތުން
ކަނޑައަޅާފައިވާ ގޮތުގެމަތިންކަމަށް، ޤާނޫނު ނަންބަރު:2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު)
ގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައިވުމުންނާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަކީ
ވޯޓު ގުނުމުގައި ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި އަދި ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި
ގުނާފައިވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނާތީ، މިމައްސަލައާ ގުޅިގެން
ރުޖޫޢަވާންޖެހޭނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި އެކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކަށްކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ބަލާއިރު، ވޯޓު ގުނުމަށްޓަކައި ވޯޓުފޮށި ހުޅުވައި، ވޯޓުތައް
ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދާނީ، ވޯޓުލާ އެ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން
ޢައްޔަންކޮށްފައިވާ އިސްފަރާތުގެ ބެލުމުގެދަށުން، އެ މަރުކަޒެއްގައި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން
ތިބޭ މީހުންގެ ތެރެއިން ވޯޓުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ބައެއްކަމަށް އެޤާނޫނުގެ 55
ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު
ގުނައި، ޢަދަދުކޮށް ނަތީޖާ ހޯދައި، ނަތީޖާ އިޢުލާންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ވޯޓުލާ
މަރުކަޒެއްގައި އެކަންކަން ކުރާތަން ރަނގަޅަށް އަދި ވީހާވެސް ގާތުން ފެންނަތަނެއްގައި ތިބެގެން އެ
މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމުގެ ފުރުޞަތު، ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ
އޭޖެންޓުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، އިންތިޚާބުގެ އޮބްޒާރވަރުންނަށާއި، އިންތިޚާބު
މޮނިޓަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޫކޮށްފައިވާ މީހުންނަށް ލިބިގެންވާކަމަށް އެ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، ވޯޓު ގުނުމުގެ މަސައްކަތް އެފަދައިން ކުރިއަށްދާއިރު،
ވޯޓުގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުން ބާޠިލް ވޯޓެއްކަމަށް ނިންމާ ނިންމުމާމެދު ޝަކުވާކުރުމުގެ ޙައްޤު
ވޯޓުގުނާތާނގައި ޙާޟިރުވެތިބޭ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް
ލިބިގެންވާކަން
އެޤާނޫނުގެ 56 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ބާޠިލް ވޯޓެއްކަމަށް،
ކަނޑައެޅުމުގައި ޚިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލްވޯޓެއް
ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެމަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަންކޮށްފައިވާ އިސް
މީހާކަމަށާއި، އަދި އެގޮތުން އެކަމާމެދު ޝަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް އެ ޤާނޫނުގެ 58 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެކަމަށް އެ މާއްދާގެ (ރ) ގައި ބަޔާންކުރުމަށްފަހު،
އެފަދައިން ބާޠިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓުތައް، އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ
ދަށުން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމަށް ތިބި ބަޔަކަށް ދައްކަންވާނެކަމަށް އެ މާއްދާގެ (ބ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނާތީ، ޖުމްހޫރީ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Ocox
މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ނަންބަރު:2014
/
03
/
359/JP
-
LT (24 މާރޗް 2014) ސިޓީގައި
ބަޔާންކޮށްފައިވާ 4 ހަތަރު ވޯޓު ފޮށީގެ ކަންހިނގާ ދިޔަގޮތުގެ ރިޕޯޓަށާއި، އަދި ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ފާހަގަކޮށްފައިވާ ވޯޓު ފޮށީގައި ކަންހިނގާގޮސްފައިވާ ގޮތުގެ ރިޕޯޓަށް ބަލައި އެރިޕޯޓުތަކަށް
ޝަރީޢަތުން ރިޢާޔަތްކޮށްފައިވާނެކަމާއި،
އޭގެ ތެރެއިން G02.02.3 ނަންބަރު ވޯޓު ފޮއްޓަކީ ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ
ޖަމާލުއްދީން މާލަމް ގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްކަމާއި، އެފޮށީގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް
ދިޔައިރު، ވޯޓުގުނި އޮފިޝަލުން ބާޠިލް ވޯޓުގެގޮތުގައި ކަނޑައެޅި ވޯޓާމެދު ހުށަހެޅުނު ޝަކުވާއެއް ނެތްކަމަށް
އެރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާރވަރުންގެ ގޮތުގައި އެރިޕޯޓުގައި 6
މީހަކު ސޮއިކޮށްފައިވާކަމާއި، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ތަމްސީލް
ކުރުމަށްޓަކައި އިންނެވި ޢަލީ މުޙައްމަދު ކިޔާ ބޭފުޅަކުވެސް އެއްވެސް ރިޒަވޭޝަނެއް ނެތި އެރިޕޯޓުގައި
ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި G03.03.1 ނަންބަރު ވޯޓު ފޮށީގެ ކަންހިނގާފައިވާ ގޮތުގެ ރިޕޯޓަށް ބަލާއިރު، އެފޮއްޓަކީ
މަދްރަސާގައި ބަހައްޓާފައިވާ ވޯޓުފޮއް
ފޮއްޓެއްކަމާއި، އެފޮށީގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް
ދިޔައިރު، ވޯޓުގުނި އޮފިޝަލުން ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައެޅި ވޯޓާމެދު ހުށަހެޅުނު ޝަކުވާއެއް ނެތްކަމަށް
އެރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާރވަރުންގެ ގޮތުގައި އެރިޕޯޓުގައި 6
މީހަކު ސޮއިކޮށްފައިވާކަމާއި، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ތަމްސީލް
ކުރުމަށްޓަކައި އިންނެވި ޢަބްދުއްރަޙްމާން ޢަބްދުﷲ ކިޔާ ބޭފުޅަކުވެސް ސޮއިކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
ނަންބަރު ވޯޓު ފޮށީގެ ކަންހިނގާފައިވާ ގޮތުގެ ރިޕޯޓަށް ބަލާއިރު،
އެފޮއްޓަކީ "ޙަބްޝީ ޕްރީ ސްކޫލް” ޅ.ކުރެންދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްކަމާއި، އެފޮށީގެ ވޯޓު ގުނުމުގެ
މަސައްކަތް ކުރިއަށް ދިޔައިރު، ވޯޓުގުނި އޮފިޝަލުން ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައެޅި ވޯޓާމެދު ހުށަހެޅުނު
ހ9
އަދި 03.2.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަކުވާއެއް ނެތްކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާރވަރުންގެ
ގޮތުގައި އެރިޕޯޓުގައި 4 މީހަކު ސޮއިކޮށްފައިވާކަމާއި، އޭގެ ތެރޭގައި ވީ މީޑިއާގެ ފަރާތުންނާއި
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ބޭފުޅުން ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން G03.04.1 ނަންބަރު ވޯޓު ފޮށީގެ ކަންހިނގާފައިވާ ގޮތުގެ ރިޕޯޓަށް
ބަލާއިރު، އެފޮއްޓަކީ ފާދިއްޕޮޅު އޮޅުވެލިފުށި ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްކަމާއި، އެފޮށީގެ ވޯޓު
ގުނުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ވޯޓުގުނި އޮފިޝަލުން ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައެޅި ވޯޓާމެދު
ހުށަހެޅުނު
ޝަކުވާއެއް ނެތްކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނާއި
އޮބްޒާރވަރުންގެ ގޮތުގައި އެރިޕޯޓުގައި 4 މީހަކު ސޮއިކޮށްފައިވާކަމާއި، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން
ވާދަކުރާ ކެންޑިޑޭޓް ތަމްސީލް ކުރުމަށްޓަކައި އިންނެވި އިބްރާހީމް ޢަބްދުއްސައްތާރު ކިޔާ ބޭފުޅަކުވެސް
ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު ޖުމްހޫރީ ޕާޓީގެ ސިޓީގައި ބަޔާންކޮށްފައިވާ 4 ވޯޓު ފޮށީގެ އިތުރުން
މިމައްސަލަ ހައިކޯޓަށް ހުށަހެޅިއިރު، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ދެމީހެއްގެ ނަމާއި ގުޅުވައިގެން އިތުރު ދެ
ވޯޓު ނަންބަރު ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޛިކުރު
ކޮށްފައިވާކަމާއި، އެއީ ނަންބަރު G03.0.1 ވޯޓު ފޮއްޓާއި، އަދި ނަންބަރު G03.02.1 ވޯޓު ފޮށިކަމާއި،
މީގެ ތެރެއިން G03.0.1 ނަންބަރު ވޯޓު ފޮށީގެ ކަންހިނގާފައިވާ ގޮތުގެ ރިޕޯޓަށް ބަލާއިރު،
އެފޮއްޓަކީ މާލެ/ ޢިމާދުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްކަމާއި، އެފޮށީގެ ވޯޓު ގުނުމުގެ މަސައްކަތް
ކުރިއަށް ދިޔައިރު، ވޯޓުގުނި އޮފިޝަލުން ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައެޅި ވޯޓާމެދު ހުށަހެޅުނު ޝަކުވާއެއް
ނެތްކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާރވަރުންގެ ގޮތުގައި
އެރިޕޯޓުގައި 6 މީހަކު ސޮއިކޮށްފައިވާކަމާއި، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް
ތަމްސީލް ކުރުމަށްޓަކައި ތިއްބެވި ޝާއިޤާ މުޙައްމަދު ކިޔާބޭފުޅަކާއި، އާމިނަތު ނަފްޙާ ކިޔާ ބޭފުޅަކާއި،
COCOX
ފޮއްޓެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
P
މުޙައްމަދު އަނީފް ކިޔާ ބޭފުޅަކާއި، މުޙައްމަދު ޝާފިޢު ކިޔާ ބޭފުޅަކާއި ހަތަރު ބޭފުޅުންވެސް
ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޅ.ކުރެންދޫ ފޮނިލުބޯގެ ޙުސައިން އިބްރާހީމް
ހުށަހަޅާފައިވަނީ ނަންބަރު G03.02.1 ވޯޓު ފޮށީގެ ވޯޓު ގުނަމުންދިޔައިރު، ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ
ގޮތުގައި އަދި ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި ގުނިކަން ސާބިތުކޮށްދިނުމަށްކަމަށް އެޕާޓީގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު
ކުރުމަށް ބޭއްވި އިންތިޚާބުގައި ކުރެންދޫ ދާއިރާގެ މީހުން ވޯޓުލުމަށް ބެހެއްޓި ވޯޓުފޮށިތަކާއި، އެދާއިރާގެ މީހުން
ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފޮށިތަކުގެ ތެރޭގައި G03.02.1 ނަންބަރު ދެވިފައިވާ ވޯޓު ފޮއްޓެއް
ހިމެނިފައިނުވާކަން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު:95
/
2014
/
14/CA-38 (12 އޭޕްރީލް 2014) ގެ
ސިޓީއާއެކު ފޮނުވާފައިވާ ލިސްޓަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
4.4 ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)
އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއް ޞަ ޤާނޫނާއި ނުވަތަ އެ
ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ
ގުޅިގެން އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން
އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ
ނުޖެހޭނަމަ އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށްއެދި އެޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ
ފަރާތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އިން
ލިބިދީފައިވިޔަސް، އެމައްސަލައެއް ހުށަހަޅަންޖެހޭނީ، އެމައްސަލައެއް ހުށަހަޅާ ސަބަބާއި ތަފްޞީލާއި
ހެއްކާއެކުކަން މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާކަމާއި،
ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލާގައި ޑޮކިއުމެންޓްރީ ހެކީގެ ގޮތުގައި
ހުށަހަޅާފައިވަނީ
ފަރާތުން
އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-I-SH/{04
ނަންބަރު:2014
/
03
/
359/JP
-
LT (24 މާރޗް 2014) ސިޓީ އާއި، އިލެކްޝަންސް ކޮމިޝަނުން
އެޕާޓީއަށް ފޮނުވާފައިވާ ނަންބަރު: 2014
/
51/CA
/
JP-38 (25 މާރޗް 2014) ސިޓީ ކަމާއި، މި ދެ
އުމަންޓް އަކީ ހުށަހެޅިފައިވާ މައްސަލަ ސާބިތުކުރުމަށް ހެކި ލިބޭ ދެ ޑޮކިއުމަންޓްކަމަށް ބެލެވެންނެތަތީއާއި،
އަދި މީގެ އިތުރުން އެޕާޓީގެ ފަރާތުން ހުށަހަޅާފައިވަނީ ޝަފަހީ ދެ ހެކި ކަމާއި، އެއީ
ޅ.ކުރެންދޫ ފޭރުމާގެ މުޙައްމަދު ޙަނީފާ އާއި، އެރަށު ފޮނިލުބޯގެ ޙުސައިން އިބްރާހީމް ކަމާއި، މި ދެމީހުންނަކީ
ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރެންދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ގެ މަންދޫބުންގެ ގޮތުގައި
ނަންބަރުG03.0.1 ވޯޓު ފޮށީގެ ކައިރީގައާއި ނަންބަރު G03.02.1 ވޯޓު ފޮށީގެ ކައިރީގައި ޙަރަކާތްތެރިވި ދެ
މީހުންކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާއިރު، އެ ދެފޮށީގެ ތެރެއިން ނަންބަރުG03.0.1 ވޯޓު ފޮށި ގުނުމުގައި
ބާޠިލް ވޯޓެއް ޞައްޙަ ވޯޓެއްގެ ގޮތުގައި ގުނައިގެން ނުވަތަ ޞައްޙަ ވޯޓެއް ބާޠިލް ވޯޓެއްގެ ގޮތުގައި
ގުނައިގެން މުޙައްމަދު ޙަލީފް އެވަގުތު ޝަކުވާއެއްކޮށް، އެޝަކުވާއާއި ގުޅިގެން ޚިލާފެއް އުފެދި އެޚިލާފާމެދު
ވޯޓުފޮށީގެ ވެރިޔާއަށް ގޮތެއް ނިންމަންޖެހި، އެނިންމުމާމެދު އިތުރަށް ޝަކުވާ ހުށަހެޅުންފަދަ އެއްވެސް ކަމެއް
ހިނގާފައިވާކަން އެރިޕޯޓުން އެނގެން ނެތްއިރު، އެފަދަ ކަމެއް ހިނގާފައިވާކަން އެނގޭނެ އިތުރު ހެއްކެއްވެސް
ހުށަހެޅިފައި ނެތަތީއާއި،
ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޅ.ކުރެންދޫ ފޮނިލުބޯގެ ޙުސައިން އިބްރާހީމް ހުށަހަޅާފައިވަނީ
ނަންބަރު G03.02.1 ވޯޓު ފޮށީގެ ވޯޓު ގުނަމުންދިޔައިރު، ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި އަދި ބާޠިލް
ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި ގުނިކަން ސާބިތުކޮށްދިނުމަށްކަމަށް އެޕާޓީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި
އިންތިޚާބުގައި ކުރެންދޫ ދާއިރާގެ މީހުން ވޯޓުލުމަށް ބެހެއްޓި ވޯޓުފޮށިތަކާއި، އެދާއިރާގެ މީހުން ވޯޓުވުމަށް
ރަޖިސްޓްރީ ކޮށްފައިވާ ފޮށިތަކުގެ ތެރޭގައި GO ނަންބަރު ދެވިފައިވާ ވޯޓު ފޮއްޓެއް ހިމެނިފައިނުވާކަން
އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު:95
/
2014
/
14/CA-38 (12 އޭޕްރީލް 2014) ގެ ސިޓީއާއެކު
ފޮނުވާފައިވާ ލިސްޓަށް ބެލުމުން އެނގެން އޮންނާތީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަކީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
20j4/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތަށް ސާބިތުވާފަދަ ކާރީ ހެއްކާއި ޤަރީނާ ލިބިފައި ނެތް މައްސަލައެއް ކަމުގައި މިމައްސަލަބެލި ހުރިހާ
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާކަން ފާހަގަކުރެވެއެވެ.
ދެންފަހެ، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ގައި، ކުރެންދޫ ދާއިރާ (ދާއިރާ ކޯޑް G03) އަށް ވޯޓުލާފައިވާ 66 ދާއިރާގެ ވޯޓު ގުނުމުގައި، ބާޠިލް ވޯޓު
ޞައްޙަ ވޯޓުގެ ގޮތުގައި، އަދި ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށްބުނެ، އެ ހުރިހާ
ދާއިރާއެއްގެ ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދެއްވުންއެދި
ހުށަހަޅާފައިވާ މިމައްސަލަ ބެލިބެލުމުގައި އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވިފައިވާ
ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން
ހުށަހަޅާފައިވާފަދައިން ކުރެންދޫ ދާއިރާގެ މީހުން ވޯޓުލުމަށްޓަކައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކުގެތެރެއިން
އެއްވެސް ފޮއްޓެއްގެ ވޯޓު ގުނުމުގައި، ބާޠިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި، އަދި ޞައްޙަ ވޯޓު ބާޠިލް ވޯޓުގެ
ގޮތުގައި ގުނާފައިވާކަން ސާބިތުވާފަދަ ކާފީ ހެއްކާއި ޤަރީނާ ހުށަހެޅިފައި ނުވާތީ، އެޕާޓީގެ ފަރާތުން
އެދިފައިވާފަދައިން ކުރެންދޫ ދާއިރާއަށް ވޯޓުލެވުނު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް އަމުރުކުރާނެތަނެއް ނެތްކަމަށް މިމައްސަލަބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
: 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv