ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8)
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 80/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަލީ ވަޙީދު
އައިޑީ ކާޑު ނަންބަރު، A037384
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2472/ މާލެ
މިހާރުގެ އެޑްރެސް: އެން.އެސް.އެސް.ފްލެޓް(ކ. ވިލިމާލެ
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 23 ފެބުރުއަރީ 2015
ނިމުނު ތާރީޚް: 01 ޑިސެންބަރު 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/498
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުން
ށަހެޅުނުތާރީޚް: 02/03/2014
ނިމުނު ތާރީޚް: 19/11/2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު،
ދިވެހިރާއްޖެ
ކައި
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/80
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ދައުލަތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 2472/ މާލެ ޢަލީ
ވަޙީދުއެވެ.
15
0
pl- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާއަކީ، ވަޒީފާއިން ވަކިކުރެވޭފަދަ
ޤާނޫނީ އެއްވެސް ސަބަބެއް ނެތި ދަފްތަރު ނަންބަރު ރސ 2742 | މާލެ ޢަލީ ވަޙީދު (އައިޑީކާޑް
ނަންބަރުA037384) މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ސާޖެންޓް ފަސްޓް
ކްލާސްގެ ވަޒީފާއިން 25 ނޮވެމްބަރ 2013 ގައި ޤާނޫނާއި، ޤަވާޢިދާ ޚިލާފަށް ވަކިކޮށްފައިވާތީ، ވަޒީފާ
އިޢާދަކޮށްދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން ފެށިގެން ވަޒީފާ އިޢާދަކޮށްދޭ ދުވަހާ ހަމައަށް ވަޒީފާއިން
ލިބެމުންދިޔަ މުސާރައާއި، އެލަވަންސްތަކާއި، އެންމެހާ ޢިނާޔަތްތައް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ
މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތަކާއި އަދި އެލަވަންސްތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ
އެބަދަލު ހިމަނައިގެން ލިބިދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން ފެށިގެން ވަޒީފާ ޢިއާދަކޮށްދޭ ދުވަހާ
ހަމައަށް ވޭތުވެދާ ދުވަސްތަކަކީ ޚިދުމަތުގައި ދެމިހުރި ދުވަސްތަކެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ޢަލީ
ވަޙީދުގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ދަޢުވާކޮށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާ ؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް
އެގޮތަށް ހުރުމާއެކު، ވަޒީފާއިން ވަކިކުރެވޭފަދަ ޤާނޫނީ އެއްވެސް ސަބަބެއް ނެތި ދަފްތަރު ނަންބަރު ރސ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/80
2742 | މާލެ ޢަލީ ވަޙީދު (އައިޑީކާޑް ނަންބަރު A037384) މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި
އަދާކުރަމުންދިޔަ ސާޖެންޓް ފަސްޓް ކްލާސްގެ ވަޒީފާއިން 25 ނޮވެމްބަރ 2013 ގައި ޤާނޫނާއި، ޤަވާޢިދާއި
ޚިލާފަށް ވަކިކޮށްފައިވާތީ، ވަޒީފާ އިޢާދަކޮށްދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން ފެށިގެން ވަޒީފާ
އިޢާދަކޮށްދޭ ދުވަހާއި ހަމައަށް ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި، އެލަވަންސްތަކާއި، އެންމެހާ ޢިނާޔަތްތައް،
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތަކާއި އަދި އެލަވަންސްތަކަށް
އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެބަދަލު ހިމަނައިގެން ލިބިދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން
ފެށިގެން ވަޒީފާ ޢިއާދަކޮށްދޭ ދުވަހާއި ހަމައަށް ވޭތުވެދާ ދުވަސްތަކަކީ ޚިދުމަތުގައި ދެމިހުރި ދުވަސްތަކެއްކަމަށް
ކަނޑައަޅައި ޙުކުމް ކޮށްދެއްވުން އެދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް ދަފްތަރު ނަންބަރު
ރސ 2742 | މާލެ ޢަލީ ވަޙީދު ކޮށްފައިވާ ދައުވާއަށް ޝަރީޢަތުން ބެލިއިރު،
ޢަލީ ވަޙީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކުށެއްގެ ތުހުމަތު ކަމަށްވެފައި، ޢަލީ ވަޙީދުގެ
މައްޗަށް ތަޙްޤީޤް ހިންގާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ކަމާއި، ޢަލީ ވަޙީދުއާއި މެދު
ކުރެވުނު ތުހުމަތުގައި މިލިޓަރީ ޕޮލިހުގެ ތަޙްޤީޤަށް ޢަލީ ވަޙީދު ދީފައިވާ ބަޔާނުގައި އެކަމަށް އިންކާރު
ކޮށްފައިވީނަމަވެސް، މިމައްސަލާގައި ޙާޟިރު ކުރެވުނު ފަރާތްތަކުގެ ބަޔާންތަކަށް ރިޢާޔަތްކޮށް، ޢަލީ ވަޙީދު
ސިފައިންގެ ތެރޭގައި ސިޔާސީ ގޮތުން ވަކި ފިކުރެއް ޕްރޮމޯޓްކޮށް ފިތުނަ ފަސާދަ އުފެދޭގޮތަށް ވާހަކަ
ދައްކާފައިވާކަން މިމައްސަލާގައި ޙާޟިރު ކުރެވުނު ފަރާތްތަކުގެ ބަޔާންތަކުން އެނގެން އޮތުމުން
ޢަލީ ވަޙީދުގެ
މިޢަމަލަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު:
MNDF
-
SR101 (ސިފައިންގެ ޢާއްމު ޤަވާޢިދު) ގެ ފުރަތަމަ ބާބުގެ (6) ވަނަ މާއްދާގެ (ނ)، (ރ) އާއި،
ޚިލާފަށް ސާޖަންޓް ފަސްޓް ކްލާސް ޢަލީ ވަޙީދު (ސނ.768) ކޮށްފައިވާ ކުށެއްކަމަށް ތަޙްޤީޤަށް ޘާބިތުވާތީ،
ޤަވާޢިދު ނަންބަރު: MNDF
-
SR109 (ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު) ގެ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/8)
ދެވަނަ ބާބުގެ 2 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރަށް ރިޢާޔަތްކޮށްކަން ދަޢުވާލިބޭ ފަރާތުގެ
ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި،
0
ޢަލީ ވަޙީދުއާއި މެދު ފިޔަވަޅު އަޅާފައިވަނީ ޢަލީ ވަހީދުއާއި މެދު ތުހުމަތު ކުރެވިފައިވާ ކުށުގެ
ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަޙްޤީޤު ކޮށްގެންކަން އެގޭކަމާއި، ޢަލީ ވަޙީދުގެ
މައްޗަށް ކުށްޘާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރީޢަތަށް މައްސަލަ ހުށަހަޅައި ޤާޟީގެ ޙުކުމަކުން ނޫންކަން
އެގޭކަމާއި،
ޢަލީ ވަޙީދުއާއި މެދު ކުރެވުނު ކުށުގެ ތުހުމަތާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް
ފޯސްއިން ތަޙްޤީޤުކޮށް، އެތަޙްޤީޤަށް ކުށް ޘާބިތުވާކަމަށް ކަނޑައެޅުމާއި، ޢަލީ ވަޙީދުއާއި މެދު ކުރެވުނު ކުށުގެ
ތުހުމަތާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ތަޙްޤީޤު ރިޕޯޓްގައި ޢަލީ
ވަޙީދުއާއި މެދު އަޅަން ފެންނަކަމަށް ބުނެފައިވާ ފިޔަވަޅު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ޢަލީ
ވަޙީދުއާއި މެދު އަޅާފައިވަނީ ކުށުގެ ތުހުމަތުގައިވާ ފަރާތަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ
ގެރެންޓީއާއި، ޖިނާއީ ޢަދުލުގެ ނިޒާމް ތެރޭގައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަމަށް އޮންނަ ގެރެންޓީތަކާއި،
ޚިލާފަށްކަމަށް ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ޢަލީ ވަޙީދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާ މިއަދުން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރުޖޫޢަކޮށްދިނުމަށް ނުވަތަ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ
ޤާނޫނު) ގެ ދަށުން ހަދާ ރިޓަޔަރމެންޓް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެދު، ސިފައިންގެ
ވަޒީފާއިން ވަކިވިމީހެއްކަމަށް ކަނޑައެޅުމަށާއި، ޢަލީ ވަޙީދު އެވަޒީފާގައި ދެމިހުރިކަމަށް ބެލުމަށާއި، 25
ނޮވެމްބަރ 2013 ވަނަ ދުވަހުން ފެށިގެން ޢަލީ ވަޙީދު ވަޒީފާއަށް ރުޖޫއަކުރެވޭ ދުވަހާއި ހަމައަށް ނުވަތަ
ރިޓަޔަރ ކުރެވޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެންމެހާ ޢިނާޔަތްތައް ޢަލީ ވަޙީދުއަށް ފުރިހަމައަށް
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/80
ލިބިދިނުމަށް ދަޢުވާލިބޭ ފަރާތަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
CCCXOC
ގޮތުގެ ރިޕޯޓުން
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން.
• ފުރަތަމަ ނުކުތާއަކީ: ޢާންމުކޮށް އެމީހަކާއި އެކީ އުޅޭ މީހެއް ކައިރީގައި ނުވަތަ ބައެއްގެ ކައިރީ
ވަކިބައެއް ރަނގަޅުކަމަށް ނުވަތަ ވަކި ކެނޑިޑޭޓެއް އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ލަފާކޮށް ބުނުން އެއީ
ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓްކޮށް ނުވަތަ ފިތުނަ ފަސާދަ އުފެދޭ ފަދަ ކަމެއް ނޫންކަމަށް ޝަރީޢަތުން
ނިންމާފައިވަނީ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ށ) އާއި ސިފައިންގެ ޤާނޫނުގެ 19 ވަނަ މާއްދާގެ
ދަށުން ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވުން، ނުވަތަ އެއްވެސް ސިޔާސީ ޕާރޓީއަކަށް
ނިސްބަތްވާފަދަގޮތަކަށް ޢަމަލުތައް ބެހެއްޓުން މަނާކޮށްފައި އޮތުމުގެ އަޞްލު މަޤްޞަދު ގެއްލޭފަދަ ގޮތަކަށް
އެމާއްދާއާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
ނަންބަރުގައި މައްސަލަތައް ނިންމުމުގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް
ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްތިއުނާފު ރައްދުވާފަރާތް
ވަޒީފާއިން
ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއާއި
ޤާނޫނީ ނުކުތާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތިކަމުގައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
0
ގެ
"1
ވަނަ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8
• ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގައި ކުމްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012
ޤަޟިއްޔާ ތަޠުބީޤުކޮށް ކަމަށްވާއިރު، ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާ ސިވިލް ކޯޓުގެ
ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާ އަދި އެމައްސަލާގައި ޤާއިމުކުރައްވާފައިވާ ޤާނޫނީ އުޞޫލުތަކާއި ގުޅިގެން
މައްސަލައިގެ ޚަޞްމުން ވަކާލާތުކޮށްފައިނުވާކަމާއި އަދި ޝަރީޢަތުން އެފުރުޞަތު ދެއްވާފައިވެސް ނުވާކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މަންފާއިން ދަޢުވާލިބޭ ފަރާތް
4 0
މަޙްރޫމްވެފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މ އ މވ ހޑ އ
ކނeއeއ
އެޕްޓްގެ
• ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC-A/2010 ޤަޟިއްޔާގައި،
މަދަނީ މައްސަލަތަކުގައި ޙުކުމުކުރެވޭ އުޞޫލަކީ ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ
ކަމުގައިވާނަމަ މަތީން އެދިފައިވާ ކަންތައްތަކުގެ މައްޗަށް ޙުކުމް ކުރެއްވުންކަމަށް
ކަނޑައަޅުއްވާފައި ވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގައި ދަޢުވާކުރާ ފަރާތުން އެދިފައިނުވާ ކަމަކަށް ފަރުވާދީފައިވުމާ އަދި އެދިފައިވާ ކަންތައްތަކާއި
ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޢާޔަތްކޮށްފައިނުވުން ކަމަށް ބުނެ ފާހަގަކުރި
4 2 2 32
ނަe Pއވެ
އެންކެތަކު
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި
ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/80
(ހ) މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި، ދަފްތަރު ނަންބަރު ރސ 2472/ މާލެ ޢަލީ
ވަޙީދު (އައިޑީކާޑް ނަންބަރު A037384) އަދާކުރަމުންދިޔަ ސާޖެންޓް ފަސްޓް ކްލާސްގެ ވަޒީފާއިން 25
ނޮވެމްބަރ 2013 ގައި ވަޒީފާއިން ވަކިކުރެވޭފަދަ ޤާނޫނީ އެއްވެސް ސަބަބެއް ނެތި، ޤާނޫނާއި، ޤަވާޢިދާއި
ޚިލާފަށް ވަކިކޮށްފައިވާތީ، ވަޒީފާ އިޢާދަކޮށްދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން ފެށިގެން ވަޒީފާ
އިޢާދަކޮށްދޭ ދުވަހާއި ހަމައަށް ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި، އެލަވަންސްތަކާއި، އެންމެހާ ޢިނާޔަތްތައް،
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތަކާއި އަދި އެލަވަންސްތަކަށް
އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެބަދަލު ހިމަނައިގެން ލިބިދިނުމަށާއި، 25 ނޮވެމްބަރ 2013 ދުވަހުން
ފެށިގެން ވަޒީފާ ޢިއާދަކޮށްދޭ ދުވަހާއި ހަމައަށް ވޭތުވެދާ ދުވަސްތަކަކީ ޚިދުމަތުގައި ދެމިހުރި ދުވަސްތަކެއްކަމަށް
ކަނޑައަޅައި ދިނުމަށް އެދި އަލީ ވަޙީދުގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ރައްދުވާގޮތަ
ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާގައި
ހުށަހަޅާފައިވާއިރު،
ޢަލީ ވަޙީދުއާއި މެދު ކުރެވުނު ކުށުގެ ތުހުމަތާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް
ފޯސްއިން ތަޙްޤީޤުކޮށް، އެތަޙްޤީޤަށް ކުށް ޘާބިތުވާކަމަށް ކަނޑައެޅުމާއި، ޢަލީ ވަޙީދުއާމެދު ކުރެވުނު ކުށުގެ
ތުހުމަތާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ތަޙްޤީޤު ރިޕޯޓްގައި އަޅަން
ފެންނަކަމަށް ބުނެފައިވާ ފިޔަވަޅު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ޢަލީ ވަޙީދާމެދު އަޅާފައިވަނީ
ކުށުގެ ތުހުމަތުގައިވާ ފަރާތަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ގެރެންޓީއާއި، ޖިނާއީ ޢަދުލުގެ
ނިޒާމް ތެރޭގައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަމަށް އޮންނަ ގެރެންޓީތަކާ ޚިލާފަށްކަމަށް ޝަރީޢަތަށް
ޘާބިތުވާކަމަށް ކަނޑައަޅުއްވައި، ޢަލީ ވަޙީދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ
ވަޒީފާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރުޖޫޢަކޮށްދިނުމަށް ނުވަތަ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ
ޤާނޫނު) ގެ ދަށުން ހަދާ ރިޓަޔަރމެންޓް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެދު، ސިފައިންގެ
އެހިރާއްޖޭގެ
، ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8{)
2012/SC-C/35
ވަޒީފާއިން ވަކިވިމީހެއްކަމަށް ކަނޑައެޅުމަށާއި، ޢަލީ ވަޙީދު އެވަޒީފާގައި ދެމިހުރިކަމަށް ބެލުމަށާއި، 25
ނޮވެމްބަރ 2013 ވަނަ ދުވަހުން ފެށިގެން ޢަލީ ވަޙީދު ވަޒީފާއަށް ރުޖޫއަކުރެވޭ ދުވަހާ ހަމައަށް ނުވަތަ
ރިޓަޔަރ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އެންމެހާ ޢިނާޔަތްތައް ޢަލީ ވަޙީދުއަށް ފުރިހަމައަށް
ލިބިދިނުމަށް ދައުލަތަށް އަންގަވައި، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެނގެންއޮވެއެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/498 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މުޅި
އަސާސް ބިނާވެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ
މައްޗަށްކަން އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ
މެންބަރެއްކަމަށްވާ ކޮއްކިރި މާލެ، މުޙައްމަދު ފަހުމީ ޙަސަން، އެކޮމިޝަނުގެ މެންބަރުކަމުން، ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާއަކުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ
ދުސްތޫރީ މަޞްދަރުތަކާއި އުސޫލުތަކުގެ ބޭރުންކަމަށްބުނެ މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމްކުރައްވާފައިވާ
މައްސަލައެއްކަން އެނގެންއޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ޤާއިމުކުރައްވާފައިވާ މަޞްދަރުތަކާއި އުޞޫލުތައް އެބަޔެއްގެ މައްޗަށް ތަޠްބީޤްކުރެވޭ.
ރެވޭނެ ފަރާތްތަކާއި ތަޠުބީޤުކުރުން
އިސްތިސްނާވާނޭ ފަރާތްތަކެއް އެޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއި،
ގ
cu o
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/8
ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާއާ ގުޅިގެން އެބައެއްގެ މައްޗަށް ތަޠްބީޤްކުރެވޭނެ ވަކި
ޚާއްޞަ ޤާނޫނެއް އޮތްނަމަ، އެބަޔެއްގެ މައްޗަށް ތަޠުބީޤުކޮށް ޢަމަލުކުރެވޭނީ އެ ޤާނޫނެއްކަމާއި، އެފަދަ
ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ޤާއިމުކުރައްވާފައިވާ އުޞޫލުތަކާއި މަޞްދަރުތައް ތަޠްބީޤްނުކުރެވޭނެކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
44/HC
-
A/2014 ޤަޟިއްޔާއާއި، ނަންބަރު 124/HC-A/2011 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި
ކަނޑައަޅާފައިވާކަން އެނގެންއޮވެއެވެ.
(ނ) ސިފައިންގެ ވަޒީފާއަކީ، ޗެއިން އޮފް ކޮމާންޑް“ އަށް ތަބާވެ އެ އަސާސްގެ ދަށުން
މަސައްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި
އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ތަފާތު ބައެއްކަމާއި، އެގޮތުން، ސިފައިންނަކީ، ޤައުމުގެ އަމަން އަމާންކަމާއި
ޞުލްޙަމަސަލަސްކަމާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ޒިންމާ ޤާނޫނުން މަތިކުރެވިފައިވާ
ބައެއްކަމުގައި ވީހިނދު، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތަކާއި ވަޒީފާގެ ސުލޫކީ މިންގަނޑާއި
އެހެނިހެން މުހިންމު އަސާސްތައް، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާޢިދު ނަންބަރު: MNDF
-
SR101 (ސިފައިންގެ ޢާއްމު ޤަވާޢިދު) އާއި، ނަންބަރު: -MNDF
SR109 (ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު) ގައި ބަޔާންކުރެވިފައިވާކަން
4
އެނގެންއޮވެއެވެ.
46
(ރ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާއަކީ، ޢަލީ
ވަޙީދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން އެފަރާތް ވަކިކޮށްފައިވާތީ،
ވަޒީފާ އަލުން އަނބުރާ ހޯދުމަށް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައަކަށްވާއިރު، އިސްވެ
ބަޔާންކުރި ފަދައިން ސިފައިންގެ ވަޒީފާއަކީ، ވަކި ޤާނޫނެއްގައި އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތާއި
ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް ކަނޑައެޅި ބަޔާންކުރެވިފައިވާ
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/80
ވަޒީފާއެއްކަމާއި، އެގޮތުން ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އެފަރާތްތަކުގެ މައްޗަށް ތަޠުބީޤް ކުރެވެމުންދަނީ،
ޤާނޫނު ނަންބަރު 1/2003 (ސިފައިންގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު
MNDF
-
SR101 (ސިފައިންގެ ޢާއްމު ޤަވާޢިދު) އާއި އަދި ނަންބަރު MNDF
-
SR109 (ސިފައިންކުރާ
ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު) ގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ކަމުގައި އެނގެން
އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/498ޤަޟިއްޔާއަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއާ ތަފާތު މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މަޞްދަރުތަކާއި އުޞޫލުތައް،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާއަށް ތަޠުބީޤް ނުކުރެވޭނެކަން އެނގެއެވެ.
(ލ) ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި ބަލަންޖެހޭނީ މަދަނީ އަދި
އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު ކަމަށްވާ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތައް
ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެފިޔަވަޅެއް އެޅުންކަން އެނގެން އޮންނަކަމާއި،
އެގޮތުން، ޖިނާއީ ކުށެއްގެ ތުހްމަތުގައި މުވައްޒަފަކާމެދު އިދާރީގޮތުން ފިޔަވަޅެއް އަޅާއިރު، އެފަދަ
ފަރާތަކާމެދު ތުހްމަތުކުރެ
ތިކުރެވޭ ޖިނާއީ ކުށުގެ ޢަމަލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ސާބިތުވުން ކޮންމެހެން ލާޒިމުނުވާކަން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 142/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގެއެވެ.
(ޅ) ޢަލީ ވަޙީދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސާޖެންޓް ފަސްޓް ކްލާސްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި ސިފައިންގެ
ޢާންމު ޤަވާއިދުގެ 1 ވަނަ ބާބުގެ (6) ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފު ޢަމަލެއްކޮށްފައިވާތީ،
ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދުގެ ބާބު 2 ގެ 2 ވަނަ މާއްދާގެ (6) ވަނަ
ނަންބަރުގެ ދަށުންކަން އެނގެން އޮންނަކަމާއިގެ
: e
CCCC
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8)
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ،
ހދ 4
2
2x
އުފާ#
e
8 ހ4
ވެރިން އަންގާ
”ސިފައިންގެ ތެރޭގައި ތްކޮށްފިނަމަ ނުވަތަ ފިތުނަފަސާދަ އުފައްދައިފިނަމަ، ނުވަތަ އެއިންކަމެއް ކުރަން
ރާވައިފިނަމަ، ނުވަތަ އެފަދަ ކަމެއް ކުރުމަށް ހިތްވަރުދީފިނަމަ ނުވަތަ އެއިންކަމެއް އެހެން ބަޔަކު ކުރާކަން
ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެއިން ކަމަކާބެހޭ މަޢުލޫމާތު ސިފައިންގެ އިސްވެރިޔަކަށް ނާންގައިފިނަމަ
ނުވަތަ އެންގުން ލަސްކޮށްފިނަމަ އެފަދަ ކޮންމެ ސިފައިންގެ މީހަކު މިޤާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.“
މިފަދައިންކަމާއި؛
”ސިފައިންގެ ޢާންމު ޤަވާއިދު”ގެ 1 ވަނަ ބާބުގެ (6) ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ،
”ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި ޤާނޫނަށާއި ސިފައިންގެ ޤަވާޢިދުތަކަށާއި އުޞޫލުތަކަށާއި މިކަންކަމާ
އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ
އެއްކަމުގައިވުން“ ކަމާއި، ބުނެވިދިޔަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، ”ސިފައިންގެ ޢިއްޒަތާއި
ކަރާމާތް ހިފެހެއްޓުމުގެ ގޮތުން ގެންގުޅޭ އެންމެހާ ރިވެތި އާދަކާދަތަކާއި އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް
ބެހެއްޓުން، މިފަދައިންކަމާއިގެ
”ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދު”ގެ ބާބު 2 ގައި ޢާންމު ކުށްތައް
ބަޔާންކޮށް އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބު ބަޔާންކޮށްފައިވާއިރު، އެ ޤަވާއިދުގެ ބާބު 2 ގެ 2 ވަނަ
ނަންބަރުގައި، "ސިފައިންގެ މަސްއޫލިއްޔަތާއި، ވާޖިބާ؟ ޚިލާފުވެއްޖެ ނުވަތަ އިހުމާލުވެއްޖެ މީހަކަށް ނުވަތަ
ބަޔަކަށް ދެވިދާނެ އަދަބުތައް ބަޔާންކޮށްފައިވާކަމާއި؛
”ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދު”ގެ ބާބު 2 ގެ 2 ވަނަ
މާއްދާގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ”ވަޒީފާއިން ވަކިކޮށް މައްސަލަ ޝަރީއަތަށް ފޮނުވުން“
މިފަދައިންކަން އެނގެން އޮންނަކަމާއި، އިސްވެ ޙަވާލާދެވުނު ޤާނޫނީ މާއްދާތަކަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ނުވަތަ މާއްދާތަކެއްކަމަށް މިހާތަނަށް ޝަރުޢީ އެއްވެ.
އެގެންނޭ،
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8)
ކޯޓަކުން ކަނޑައަޅާފައިނުވާއިރު، އެމާއްދާތަކަކީ އޭގެ ޞައްޙަކަންމަތީ ޤާނޫނީ ބާރުވެރިކަމާއެކު ދެމިއޮތް
މާއްދާތަކެއްކަމާއި؛
ޢަލީ ވަޙީދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސާޖެންޓް ފަސްޓް ކްލާސްގެ ވަޒީފާއިން
ވަކިކުރި ކުރުމަށް ބަލާއިރު، ޢަލީ ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި
ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ނެޝަނަލް
ޑިފެންސް ފޯސްއިން ތަޙްޤީޤް ކުރުމަށްފަހު، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް
އެގޮތުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޭސް ނަންބަރު: -2013/MNDF
-
85
/
ID
66/179 ތަޙްޤީޤް ރިޕޯޓާއި ތަޙްޤީޤަށް ނެގިފައިވާ ބަޔާންތަކުން، ޢަލީ ވަޙީދު ފާޅުކަން ބޮޑު ގޮތެއްގައި
ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް އަދި އެފިކުރުގެ އެޕާޓީއަށް ނިސްބަތްވާ މީހެއް ފަދައިން އެފިކުރާއި ޕާޓީ
ޕްރޮމޯޓްކުރުމަށް އޮފީސް މާޙައުލުގައްޔާއި އޮފީހުން ބޭރުގައިވެސް މަސައްކަތްކޮށްފައިވާކަން އެނގެން އޮންނާތީ،
ޢަލީ ވަޙީދުގެ އެޢަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 245 ވަނަ މާއްދާގެ (ށ) އާއި
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި އަދި ”ސިފައިންގެ ޢާންމު
ޤަވާއިދު”ގެ 1 ވަނަ ބާބުގެ (6) ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފު ޢަމަލެއްކަމުގަ
ލެއްކަމުގައިވުމުން ކަން
އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/498 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް
މަށެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/8{)
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު،
ޢަލީ ވަޙީދު ސިފައިންގެ ސާޖެންޓް ފަސްޓް ކްލާސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެވަޒީފާގައި ހުރެ،
ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވިގެން އެ
މައްސަލަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ތަޙްޤީޤް ކުރުމަށްފަހު، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ކަމާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޭސް ނަންބަރު:
2013-66
/
179/MNDF
-
85
/
ID ތަޙްޤީޤް ރިޕޯޓާއި ތަޙްޤީޤަށް ނެގިފައިވާ ބަޔާންތަކުން، ޢަލީ ވަޙީދު
ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް އެފިކުރާއި ޕާޓީ ޕްރޮމޯޓްކުރުމަށް އޮފީސް
މާޙައުލާއި، އޮފީހުން ބޭރުގައިވެސް މަސައްކަތްކޮށްފައިވާކަން އެނގެން އޮތުމުން، ޢަލީ ވަޙީދުގެ އެޢަމަލަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 1/2008
(ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި ”ސިފައިންގެ ޢާންމު ޤަވާއިދު”ގެ 1 ވަނަ ބާބުގެ (6) ވަނަ
މާއްދާގެ (ނ) އާއި (ރ) އާ ޚިލާފު ޢަމަލެއްކަން ސާބިތުވާތީ، ޢަލީ ވަޙީދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް
ފޯސްގެ ވަޒީފާއިން 25 ނޮވެންބަރު 2013 ގައި ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެންނެއް
ކަމަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/498 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
G.
ދިވެކީ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/80
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ