ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/255 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 255/HC-A/2008
• އިސްތިއުނާފުކުރި ފަރާތް: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މިހާރުގެ އެޑްރެސް:12 ބޮޑުތަކުރުފާނު މަގު
މާލެ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
(1) * ނަން: ޢަބްދުﷲ ޙަސަން
އައިޑީ ކާޑު ނަންބަރު: A009914
(2) * ނަން: އިބްރާހީމް ޝުޖާދު
އައިޑީ ކާޑު ނަންބަރު: A012609
ހ.
އެޑްރެސް:މާލޭ މުނިސިޕަލްޓީގެ ޙާއްޞަ ދަފްތަރު
މިހާރުގެ އެޑްރެސް: މ. ދޮންތަޑަފިގެ މާލެ
ދާއިމީ އެޑްރެސް: މޮހޮރީގެ| ކ. މާލެ
މިހާރުގެ އެޑްރެސް: ގ. މޮހޮރީގެ/ ކ. މާލެ
14
*
*
• ހުށަހެޅުނު ތާރީޚް: 31 އޮގަސްޓް 2008
ނިމުނު ތާރީޚް: 26 ޖޫން
2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/251
ނިންމެވިކާޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 30-02-2008
* ނިމުނު ތާރީޚް: 30-06-2008
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2008/HC-A/255
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2008/MC/251 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މި އިސްތިއުނާފް
ދަޢުވާ ރައްދުވާ ފަރާތަކީ މ. ދޮއްތަޑަފިގެ ޢަބްދުﷲ ޙަސަން އާއި ގ. މޮހޮރީގެ އިބްރާހީމް ޝުޖާދު އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ol- މަދަނީ ކޯޓުގެ ނަންބަރު 2008/MC/251 ޤަޟިއްޔާ އަކީ، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އެކު މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު (މ. ދޮއްތަޑަޕީގެ)
ޢަބްދުﷲ ޙަސަން ކޮށްފައިވާ ލީޒް އެގްރީމެންޓެއްގެ ދަށުން ލީޒްކުރި ރަޖިސްޓްރީ ނަންބަރު -C 1347 A
T-10
01 ”މަސްހިބަރު، ނަމަކަށް ކިޔާ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދަށް ޢަބްދުﷲ ޙަސަން ޤަވާޢިދުން
ލީޒް ޕޭމަންޓް ދައްކަމުންނުދާތީ، 12 ޑިސެމްބަރު 2007 ގައި ލީޒް އެގްރީމެންޓް ބާޠިލްކޮށް، ދޯނި އަތުލި
އިރު ޢަބްދުﷲ ޙަސަން އެދޯނި ރަނގަޅަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން، ދޯނީގެ އަގު އިންތިހާއަށް މިހާރު
ދަށްވެފައިވާތީ އާއި، މިހާރު ދޯނި އޮތް ޙާލަތުން ދޯނި ބޭނުން ކުރެވެން އަންނަނީ ބޮޑެތި މަރާމާތު ތަކެއް
ކޮށްގެން ކަމަށްވާތީ، ދޯނީގެ އަޞްލު އަގުން އެބައި -/1,307,706ރ. (އެއްމިލިއަން ތިންސަތޭކަ ހަތްހާސް
ހަތްސަތޭކަ ހަރުފިޔާ) އިން ޢަބްދުﷲ ޙަސަން ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ -34,5061ރ. (ތިރީސް
ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) އާއި ދޯނީގެ މިހާރުގެ އަގުކަމަށް އަންދާޒާ ކުރެވޭ ނުވަތަ ވިއްކާލެވޭނެ
އަގުކަމުގައި ބެލެވޭ-
334,5061ރ. (ތިންލައްކަ ތިރީސް ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) ދޯނީގެ އަޞްލު
އަގުން އުނިކުރުމުން ދޯނީގެ އަގުގެ ބާކީއަށްވާ-/
973,200ރ. (ނުވަލައްކަ ހަތްދިހަ ތިންހާސް
ދުއިސައްތަރުފިޔާ) ހޯދުމަށާއި،
އަދި 21 ޖެނުއަރީ 2008 އާއި ހަމައަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލީޒް އެގްރީމެންޓްގެ
ދަށުން ދައްކަންޖެހޭ ފައިސާ އާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ގެއްލުމުގެ ފައިސާ 84,288
/
86ރ.
coc
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A255
(އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އަށްރުފިޔާ އަށްޑިހަ ހަލާރި) އާއި، އެދޯނި އާދަޔާ ޚިލާފަށް ދިޔަވެ،
ފެންމަތީގައި ނުބޭއްވޭތީ ކުއްލި ގޮތަކަށް ދޯނި އެހެލަންޖެހި އެކަން މަރާމާތުކުރުމަށް
ހިނގި 76,843
/
60ރ.
(ހަތްދިހަ ހަހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ ފަސްދޮޅަސްލާރި) ހޯދުމަށާއި،
2007 މާރޗް އިން ފެށިގެން 12 ޑިސެމްބަރު 2007 އަށް ދޯނީގެ ލީޒް އެގްރީމެންޓްގެ ދަށުން
ޢަބްދުﷲ ޙަސަން ބޭނުންކޮށްފައިވާތީ، އެދުވަސް ތަކުގެ ލީޒް ރެންޓަލްސް ޕޭމަންޓްގެ ގޮތުގައި ޢަބްދުﷲ ޙަސަން
ދައްކަންޖެހި ނުދައްކައިވާ -/
199,706ރ. (އެއްލައްކަ ނުވަދިހަ ނުވަހާސް ހަތްސަތޭކަ ހަރުފިޔާ) ހޯދުމަށް
ޢަބްދުﷲ ޙަސަންގެ މައްޗަށާއި ޢަބްދުﷲ ޙަސަންގެ ފަރާތުން މިފައިސާ ދެއްކުމަށް ގެރެންޓީކޮށްދީފައިވާ
އިބްރާހީމް ޝުޖާދުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: ”ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، މ.މ. ޚާއްޞަ ދަފްތަރު (މ. ދޮއްތަޑަފިގެ} ޢަބްދުﷲ ޙަސަން އާއި،
މޮހޮރީގެ/ މާލެ، އިބްރާހީމް ޝުޖާދުގެ މައްޗަށް މިކުޅަ ދަޢުވާއަށް ޝަރީޢަތުން ބަލާ ނަޒަރުކޮށް، އިސްވެ ފާހަގަ
ކުރެވުނު ނުކު މައްޗަށް ބެލިއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއިއެކު، ޢަބްދުﷲ ޙަސަން ކޮށްފައިވާ ލީޒް އެގްރީމެންޓުގެ ދަށުން ލީޒް ކުރި ނަންބަރު
A
-
01 10
-
T ”މަސްހިބަރު، ނަމަކަށް ކިޔާ މަސްވެރިކަމަށް ބޭނުން ކުރާ އުޅަނދު، ޢަބްދުﷲ ޙަސަން
އިއްބަސްވެފައިވާ ގޮތަށް ލީޒް ޕޭމަންޓް ދައްކަމުންނުދާތީ، 12 ޑިސެމްބަރު 2007 ގައި ލީޒް އެގްރީމެންޓް
ބާތިލްކޮށް ދޯނި އަތުލި އިރު، ޢަބްދުﷲ ޙަސަން މިދޯނި ރަނގަޅަށް ބަލަހައްޓާފައިނުވުމުގެ ސަބަބުން، ދޯނީގެ
އަގު އިންތިހާއަށް ދަށްވެފައިވާތީ، ދޯނި އޮތް ޙާލަތުން ދޯނި ބޭނުން ކުރެވެން އަންނަނީ ބޮޑެތި މަރާމާތު ތަކެއް
ކޮށްގެން ކަމަށްވާތީ، ދޯނީގެ އަޞްލު އަގު ކަމަށްވާ -/
1,307,706ރ. (އެއްމިލިއަން ތިންސަތޭކަ ހަތްހާސް
ހަތްސަތޭކަ ހަރުފިޔާ އިން ޢަބްދުﷲ ޙަސަން ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ -/
34,506ރ. (ތިރީސް
ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) އާއި ދޯނީގެ މިހާރުގެ އަގުކަމަށް އަންދާޒާ ކުރެވޭ ނުވަތަ ވިއްކާލެވޭނެ
ކަމަށް ބެލެވޭ -/
300,000ރ. (ތިއްލައްކަ ރުފިޔާ) އާއި އެކު ޖުމްލަ -/
334,506ރ. (ތިންލައްކަ ތިރީސް
ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) ދޯނީގެ އަޞްލު އައުން އުނިކުރުމުން ދޯނީގެ އަގުގެ ބާކީއަށްވާ
ނޭކުތކެތީ
C 1347
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
-/
973,200ރ. (ނުވަލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަރުފިޔާ) އާއި، 21 ޖެނުއަރީ 2008 އާއި ހަމައަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި ލީޒް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ އާއި، އެހެނިހެން ގޮތް ގޮތުން
ލިބިފައިވާ ގެއްލުމުގެ ފައިސާ ކަމަށްވާ 84,288
/
86ރ. (އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އަށްރުފިޔާ
އަށްޑިހަ ހަލާރި) އާއި، އަދި ދޯނި އާދަޔާ ޚިލާފަށް ދިޔަވެ، ފެންމަތީގައި ނުބޭއްވި ކުއްލި ގޮތަކަށް ދޯނި
އެހެލަންޖެހި، އަދި މަރާމާތު ކުރުމަށް ހިނގި 76,843
/
60ރ. (ހަތްދިހަ ހަހާސް އަށްސަތޭކަ ސާޅީސް
ތިންރުފިޔާ ފަސްދޮޅަސްލާރި) އާއި، 2007 މާރޗް އިން ފެށިގެން 12 ޑިސެމްބަރު 2007 އަށް ލީޒް
އެގްރީމެންޓްގެ ދަށުން ޢަބްދުﷲ ޙަސަން ދޯނި ބޭނުންކޮށްފައިވާތީ، އެދުވަސް ތަކުގެ ލީޒް ރެންޓަލްސް
ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާ -/
199,706ރ. (އެއްލައްކަ ނުވަދިހަ ނުވަހާސް ހަތްސަތޭކަ
ހަރުފިޔާ) ހޯދުމަށް ދަޢުވާ ލިބުނު ޢަބްދުﷲ ޙަސަނާއި، މިފައިސާ ދެއްކުމަށް ގެރެންޓީކޮށްދީފައިވާ އިބްރާހީމް
ޝުޖާދުގެ މައްޗަށް މިކުޅަ ދަޢުވާއަށް ބަލާއިރު، ދެފަރާތުގެ މެދުގައި ވެވުނު ލީޒް އެގްރީމެންޓްގެ ދަށުން،
”މަސްހިބަރު، ނަމަކަށް ކިޔާ ދޯނި ޢަބްދުﷲ ޙަސަނަށް ދޫކޮށްފައިވާކަން ސާބިތުވާ ކަމާއި، އަދި މިދޯންޏަށް
މަހު ކުލީގެ ގޮތުގައި، ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދެއްކިފައިނުވާކަން ދަޢުވާލިބުނު ޢަބްދު
ޙަސަންގެ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާކަމާއި، ނަމަވެސް ވިއްކުމުގެ މިމުޢާމަލާތަކީ، އެމުޢާމަލާތެއްގައި
ވިއްކުމަށް ކަނޑައަޅާ އެތީގެ ނުވަތަ އުޅަނދުގެ އަގު ކަނޑައެޅުމަށްފަހު، އެއަގު އަދާކޮށް ނިންމުމުން ގަންނަ
ފަރާތުގެ ފުރިހަމަ މިލްކްވެރިކަމުގެ ދަށަށް އިތުރު ޝަރުތަކާއި ނުލައި ދާންޖެހޭ އެއްޗަކަށްވާއިރު، މިމުޢާމަލާތާއި
ގުޅިގެން ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓުގެ 31 ވަނަ މާއްދާއަށް ބަލާއިރު، މިއެގްރީމެންޓްގެ ދަށުން
”ލީޒް ކުރެވުނު މުދާ ނޮމިނަލް އަގެއްގައި ގަތުން އިޚްތިޔާރު ކުރެވިދާނެއެވެ.” މިގޮތަށް އޮންނާތީ، މިއީ އިތުރު
ޝަރުތެއް ކަމާއި، މިފަދަ ޝަރުތު ތަކަކީ ވިޔަފާރީގެ ވިއްކުމުގެ ޢަޤުދުގައި ބާތިލް ޝަރުތަކަށްވާތީ، މިއީ
ވިއްކުމުގެ މުޢާމަލާތެއްގެ ގޮތުގައި ބަލައިފިނަމަ ޞައްހަ އެއްބަސްވުމެއް ކަމަށް ބެލެންނެތް ކަމާއި، ނަމަވެސް
މިއެއްބަސްވުމަކީ ލީޒް އެއްބަސްވުމަކަށް ވުމާއިއެކު، މިއެއްބަސްވުމުގެ ދަށުން ހިނގާފައިވާ މުޢާމަލާތަށް
ބަލާއިރު، މިއީ ލީޒް އުޞޫލުން ހިނގާފައިވާ މުޢާމަލާތެއް ކަމަށް ކަނޑައެޅުން ޤާނޫނީ ތަރަހައިގެ ތެރެއިން
ހުއްދަ ކުރާތީ، މިއީ ލީޒް އުޞޫލުން ހިނގާފައިވާ މުޢާމަލާތެއް ކަމަށް ބަލައި، މިގޮތުން އުޅަނދު ޢަބްދު
ޙަސަން އާއި، ޙަވާލުކުރި ތާރީޚުން ފެށިގެން މިއުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ކމ ހއ 4
2 ހ
6 24
ccc
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2008/HC-A/255
ލިމިޓެޑުން ޙަވާލުވި ތާރީޚު ކަމަށްވާ 29 އޯގަސްޓް 2007 އާއި ހަމައަށް މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ
ފައިސާގެ ތެރެއިން ޢަބްދުﷲ ޙަސަން ދައްކާފައިވާ ފައިސާ އުނިކުރުމުން، ބާކީ ދައްކަންޖެހޭ -/
64,060ރ.
(ފަސްދޮޅަސްހަތަރުހާސް ފަސްދޮޅަސް ރުފިޔާ) އާއި، މަހު ކުލީގެ ފައިސާގެ ތެރެއިން ނުދެއްކި ޑިއުވެފައިވާ
ޢަދަދުން ކޮންމެ -/1,000ރ. (އެއްހާސް ރުފިޔާ) އަކަށް ދުވާލަކަށް 0.47 ގެ ރޭޓުން ޖެހޭ ފައިސާ
ނަގައިދޭންޖެހޭ ކަމަށް އެއްބަސްވުމުގައި ބުނެފައިވާތީ، މިބަޔަށް ޖެހޭ -/2,176ރ. (ދެހާސް އެއްސަތޭކަ
ހަތްދިހަހަރުފިޔާ) އާއި، އަދި މިފައިސާ ހޯދުމަށްޓަކައި، ކުރާ ޤާނޫނީ މަސައްކަތަށްދާ ފައިސާ ލިބިދެވޭނެ ކަމަށް
އެގްރީމެންޓުގައި ބުނެފައިވާތީ، ލީގަލް ފީއެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ޚަރަދު ކޮށްފައިވާ ފައިސާކަމަށްވާ
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާ -/
25,000ރ. (ފަންސަވީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ
-/
91,236ރ. (ނުވަދިހައެއްހާސް ދުއިސައްތަ ތިރީސްހަރުފިޔާ) އަކީ ޢަބްދުﷲ ޙަސަނާއި، މިމުޢާމަލާތަށް
ޔަޤީންކަން ދީފައިވާ އިބްރާހީމް ޝުޖާދު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މިފައިސާ މިއަދު 30 ޖޫން 2008 ދުވަހުން ފެށިގެން 01
މަސް ދުވަހުގެ ތެރޭގައި މަދަނީކޯޓަށް ދެއްކުމަށް ދަޢުވާލިބުނު ފަރާތްތަކަށް އަންގައި ޙުކުމްކޮށް، އަދި
މިދަޢުވާގައި ހޯދުމަށް އެދިފައިވާ އެހެނިހެން ފައިސާގެ ތެރޭގައި ހިމެނޭ ދޯނީގެ އަގުން ބާކީވާ -/
973,200ރ.
(ނުވަލައްކަ ހަތްދިހަތިންހާސް ދުއިސައްތަ ރުފިޔާ) އާއި، އަދި ދޯނި އެހެލަންޖެހި މަރާމާތު ކުރުމަށް
މަންމެ
76,843
/
60ރ. (ހަތްދިހަހަހާސް އަށްސަތޭކަ ސާޅިސްތިންރުފިޔާ ފަސްދޮޅަސްލާރި) އަދި އެހެނިހެން ގޮތްގޮތުން
ލިބިފައިވާ ގެއްލުމުގެ ބަދަލަށްވާ ފައިސާކަމަށްބުނެ، ހޯދުމަށް ހުށަހަޅާފައިވާ 84,288
/
86ރ. (އަށްޑިހަ
ހަތަރުހާސް ދުއިސައްތަ އަށްޑިހަ އަށްރުފިޔާ އަށްޑިހަ ހަލާރި) އާއި، މިފައިސާއަކީ ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ ގޮތަށް ނަގާދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިން
ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCCXOC
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2008/MC/251
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށްބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2008/HC-A/255
އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު
ކުރެވުނު އެގްރީމެންޓަކީ ފައިނޭންސް ލީސިންގ އުޞޫލުން ވެފައިވާ އެއްބަސްވުމެއް ކަމަށްވީހިނދު،
އެމުޢާމަލާތަކީ ޢާންމުކޮށް ތަކެތި ކުއްޔަށްދޭ އުޞޫލުން ކުއްޔަށް ދިނުމުގެ އެގްރީމެންޓެއް ކަމަށް ޝަރީޢަތުން
ބައްލަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ފައިނޭންސް ލީސިން އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި
ޢަބްދުﷲ ޙަސަން އާއި ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން ޢަބްދުﷲ ޙަސަން ދައްކަންޖެހޭ ކަމަށް އޭނާ
އެއްބަސްވެފައިވާ ފައިސާ އެކުގައި ޝަރީޢަތުން ނަންގަވާ ދެއްވާފައި ނުވަނީ ކަނޑައެޅިގެން އެގްރީމެންޓްގެ
17.2 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ފައިނޭންސް ލީސިންގ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ
ފަރާތުން ޢަބްދުﷲ ޙަސަނަށް ދޫކޮށްފައިވާ އުޅަނދު އޭނާގެ ޙަވާލުގައި، އަދި އޭނާގެ ބެލުމުގެ ދަށުގައި އޮވެ،
އެއުޅަނދަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަންގަވާ ދެއްވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި •
0
· · 499
ނޭކުއވެ.
03- މަދަނީ ކޯޓްގެ ނަންބަރު 2008/MC/251 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅުންހުރި އެންމެހައި
ލިޔެކިޔުންތަކަށް ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފައިނޭންސް ލީސިން އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު ކުރެވުނު ނަންބަރު 07030420 ލީޒް އެގްރީމެންޓްގެ ދަށުން، ޢަބްދު
ޙަސަން އާއި ޙަވާލުކުރެވިފައިވާ ނަންބަރު T-10
01-C 1347 A ”މަސްހިބަރު” ނަމަކަށް ކިޔާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
މަސްވެރިކަމަށް ބޭނުން ކުރާ އުޅަނދަށް ޢަބްދުﷲ ޙަސަން އެއްބަސްވެފައިވާ ގޮތަށް ލީޒް ޕޭމަންޓް
ދައްކަމުންނުދާތީ، 29 އޯގަސްޓް 2007 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެ އުޅަނދާއި ޙަވާލުވެފައިވާއިރު، 12 ޑިސެމްބަރު 2007 ގައި ދެފަރާތުގެ މެދުގައި
ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެގްރީމެންޓް ބާތިލްކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
ހ) މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު ކުރެވުނު
އެގްރީމެންޓަކީ ފައިނޭންސް ލީސިންގ އުޞޫލުން ވެފައިވާ އެއްބަސްވުމެއް ކަމަށްވީހިނދު، އެމުޢާމަލާތަކީ
މުކޮށް ތަކެތި ކުއްޔަށްދޭ އުޞޫލުން ކުއްޔަށް ދިނުމުގެ އެގްރީމެންޓެއް ކަމަށް ޝަރީޢަތުން ބައްލަވާފައިވާ
ކަމަށް ބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރާއިރު
ފައިނޭންސް ލީސް (نلލهلا لللهلل) އަކީ މިލްކިއްޔާތަކަށް ނިމޭ ކުއްޔަށް ދިނުމުގެ (1لاފG لللاهللا
للللا) މުޢާމަލާތެއްކަމާއި، މިބާވަތުގެ މުޢާމަލާތުގައި ތިންފަރާތެއްވާކަމާއި އެއީ:
1- މުދާ ވިއްކާ ފަރާތް (މުދަލުގެ ވެރިފަރާތް)؟
2- ކުއްޔަށް ހިފާ ފަރާތް؟
3- މުމައްވިލު ނުވަތަ ފައިނޭންސް ކުރާފަރާތް (މުދަލުގެ އަގުދައްކާ ފަރާތް) އާއި، މިތިން
ފަރާތްކަމާއި،
މުޢާމަލާތުގައި ފައިސާ ދައްކާ ފަރާތުގެ ދައުރަކީ މުދަލުގެ އަގުދެއްކުން ކަމަށްވާތީ، މި މުޢާމަލާތަށް
ތައުޖީރު ތަމްވީލީ (هلލދީ هلގ އޭ ކިޔޭކަމާއި،
އިސްމާލީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިލްކިއްޔާތަކަށް ނިމޭ ކުއްޔަށް ދިނުމުގެ އެއްބަސްވުން ހުއްދަ
މުޢާމަލާތަކަށްވާނީ އަންނަނިވި 5 (ފަހެއް) ވައްތަރުގެ ތެރެއިން ވައްތަރަކަށް ވާނަމަކަމާއި، އެއީ،
1. ޙަޤީޤީ ކުއްޔަށް ދިނުމަކަށްވެފައި، ވިއްކުން ޚިޔާރު (option} އަކަށްވުން.1
2. ވިއްކުމުގެ ވަޢުދު ކުއްޔަށް ދިނުމުގެ ޢަޤްދާ ގުޅިފައިވުން.
41
2 ހ2
P
I
އަލްއިމާމު އަޙްމަދާއި އަބޫ ޔޫސުފާއި އިބްނުލްމުންދިރާއި އިސްޙާޤާއި އަބޫ ޘައުރުގެ އަރިހުގައި ދިގު މުއްދަތަކަށް ފަސްކުރެވޭ ޚިޔާރު ނުވަތަ ޚިޔާރު
މުއައްޖަލު ހުއްދަވާނެއެވެ.
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
3. އަގު ދެއްކުމުން ނޫނީ ވިއްކުން ވިއްކުމަކަށް ނުވާގޮތަށް ވިއްކުން.
4. އަގު ދައްކާ ނިމުމުގެ ކުރިން އެ މުދާ ތަޞައްރުފު ނުކުރުމަށް ޝަރުތުކޮށް ވިއްކުން.
5. އީޖާރު ނުވަތަ ކުއްޔަށް ދިނުމުގެ ޢަޤްދާ ގުޅުވާފައިވާ ހިބައިގެ ވަޢުދެއްވުން، ކަމާއިގެ
1409 ވަނަ އަހަރުގެ ޖުމާދަލްއޫލާގެ 01 އިން 06 (10-15 ޑިސެމްބަރ 1988) އަށް
ކުވައިތުގައި ބޭއްވުނު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހު
އެކަޑަމީގެ ފަސްވަނަ ދައުރުގެ ނިންމުންތަކުގައި، މިލްކިއްޔާތަކަށް ނިމޭ ކުއްޔަށް ދިނުމުގެ ޢަޤްދު ޞައްޙަ
ޢަޤްދަކަށްވާނީ މިއަންނަ ޙާލަތްތަކުގައި ކަމަށް ބަޔާންކޮށްފައިވާ ކަމާއި އެއީ؟ 2
1. ފުރިހަމަ ގަރެންޓީ (ޖާމިނުވުން) އާއެކު އިންސްޓޯލްމެންޓަށް ވިއްކުން.
2. ވެރިފަރާތުން ކުއްޔަށް ހިފާފަރާތަށް،
(ހ) ކުލީގެ މުއްދަތު އިތުރުކުރުމުގެ؟ ނުވަތަ
(ށ) ކުލީގެ އެއްބަސްވުން ބާތިލްކޮށް ކުއްޔަށް ހިފި އެތި އޭގެ ވެރިފަރާތަށް އަނބުރާ ދިނުމުގެ؟ ނުވަތަ
(ނ) ކުލީގެ މުއްދަތު ހަމަވުމުން ބާޒާރުގެ އަގަށް އެ އެތި ގަތުމުގެ ޚިޔާރު ލިބިދޭ ޙާލަތްތަކުގައިކަން އެނގެން
އޮންނަކަމާއި؛
މިއިސްތިއުނާފުކުރެވޭ މައްސަލާގައި ހިމެނޭ މުޢާމަލާތާއި ގުޅިގެން ސޮއިކުރެވިފައިވާ އެގްރީމެންޓުގެ 31
ވަނަ މާއްދާގައި މިއެގްރީމެންޓްގެ ދަށުން ”ލީޒް ކުރެވުނު މުދާ ނޮމިނަލް އަގެއްގައި ގަތުން އިޚްތިޔާރު
ކުރެވިދާނެ“ ކަމަށް ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމާއި، މިމާއްދާގައި މިހިމެނޭ ޙާލަތަކީ އިސްވެ
އިޝާރާތްކުރެވުނު ފިޤުހު އެކަޑަމީގެ ނިންމުމުގެ 2 ގެ (ނ) ގައި ބަޔާންކުރެވިފައިވާ ޙާލަތްކަން އެނގޭކަމާއި،
އެގޮތުންބަލާއިރު މިލްކިއްޔާތަކަށްނިމޭ ފައިނޭންސް ލީސިންގެ މިމުޢާމަލާތް ޝަރުޢީ ގޮތުން ޞައްޙަ
މުޢާމަލާތެއްގެ ގޮތުގައި ހެދުމަށްޓަކައި، އިޝާރާތްކުރެވުނު އެގްރީމެންޓުގެ 31 ވަނަ މާއްދާގައިވާ ފަދައިން
ގަތުން ޚިޔާރެއްގެ ގޮތުގައި ފައިނޭންސް ލީސިންގެ ޢަޤުދުގައި ބަޔާންކުރުން ލާޒިމްވާކަން އެނގޭކަމާއި،
އެހެންކަމުން ރަޖިސްޓްރީ ނަންބަރު C_1347 A
-
01 10
-
T މަސްހިބަރު ނަމަކަށް ކިޔާ
މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ފައިނޭންސް ލީސިން އުޞޫލުން ޢަބްދުﷲ ޙަސަނަށް ދޫކުރުމަށްޓަކައި
COOC
Occ
مجلة مجمع
الفقه الإسلامي، العدد الخامس، الجزء الرابع
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު
ސޮއިކުރެވިފައިވާ އެގްރީމެންޓްގެ 31 ވަނަ މާއްދާގައި ”މިއެގްރީމެންޓްގެ ދަށުން ލީޒް ކުރެވުނު މުދާ ނޮމިނަލް
އަގެއްގައި ގަތުން އިޚްތިޔާރު ކުރެވިދާނެ“ ކަމަށް ބަޔާންކުރެވިފައި އޮންނަ އޮތުމުގެ މައްޗަށް ހަމަ އެކަނި ބަލައި
އެ އެއްބަސްވުމުގެ ދަށުން ކުރެވުނު ފައިނޭންސް ލީސިންގެ ޢަޤްދަކީ އޭގެ ޒާތުން ބާތިލް ޢަޤްދެއްގެ ގޮތުގައި
ބެލެވެން ނެތްއިރު، ފައިނޭންސް ލީސް (للاهلا ﷲهلل) އަކީ އިސްލާމީ ފިޤްހު ޢިލްމުގައި ބަލައިގަނެވޭ
ޞައްޙަ މުޢާމަލާތެއްކަން އެނގެން އޮތުމުގެ އިތުރުން؛
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިފަދަ ފައިނޭންސް
ލީސިންގ މުޢާމަލާތުތައް ކުރަމުންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ
މަތީން ދިވެހިރާއްޖޭގައި އެފަދަ މުޢާމަލާތްތައް ކުރުމަށް ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭކަންކަން
ފުރިހަމަކުރުމަށްފަހު އެފަދަ މުޢާމަލާތްތައް ކުރުމަށް އެދޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމާއި،
އަދި އެފަދަ އެއްބަސްވުންތަކަކީ ލިޔެވި، ދެފަރާތުން އެއެއްބަސްވުން ކިޔައި އޭގައިވާ ކަންކަމުގެ މައްޗަށް
އެއްބަސްވެ ސޮއިކޮށް، ދެފަރާތުގެ އިލްތިޒާމްތައް ކަނޑައެޅިފައި ހުންނަ އެއްބަސްވުންތަކެއް
މިތަކެއްކަން އެނގެން
ފައިނޭންސް ލީސިންގގެ ޢަޤްދަކީ ނުވަތަ ފައިނޭންސް ލީސިންގ ގެ އުޞޫލުން ކުރެވޭ މުޢާމަލާތަކީ
ޝަރުޢީ ޤާނޫނީ ހަމަތަކުން ޞައްޙަ މުޢާމަލާތެއްކަން އެނގެއެވެ.
ގޮތުގެ
މ4 36
އނމާއެކު6
(ނ) ފައިނޭންސް ލީސިން އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދުﷲ
ޙަސަން އާއި ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން ޢަބްދުﷲ ޙަސަން ދައްކަންޖެހޭ ކަމަށް
އެއްބަސްވެފައިވާ ފައިސާ އެކުގައި ޝަރީޢަތުން ނަންގަވާ ދެއްވާފައި ނުވަނީ ކަނޑައެޅިގެން އެގްރީމެންޓްގެ
17.2 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް ބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން
ފާހަގަކޮށްފައި ނުކުތާއަށް ބަލާއިރު،
އެއްބަސްވުމުގައި ނުވަތަ އެއްބަސްވުމުގެ ޝެޑިއުލްގައި ފެކޮށްފައިވާ ފައިސާއެއް ނުވަތަ އެފަދަ
ފައިސާއެއް ދައްކަން ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފިނަމަ ލެސީ އެގްރީމެންޓާއި ޚިލާފުވިކަމަށް
ބެލެވޭނެކަ
ޢަބްދުﷲ ޙަސަން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ދެމެދު
އދި 0x0
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
ސޮއިކުރެވިފައިވާ އެގްރީމެންޓުގެ 17.1 ގެ (ބ) ގައި ބުނެފައިވާއިރު، އެގްރީމެންޓާއި އެއްގޮތަށް ފައިސާ
ދެއްކިފައިނުވާކަން މިއިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/251 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހަށް ޢަބްދުﷲ ޙަސަންގެ ފަރާތުން 2008 ފެބުރުއަރީ 17 ވަނަ ދުވަހު ހުށަހަޅާފައިވާ
ބަޔާނުން އެނގެން އޮންނަކަމާއިގެ
ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓުގެ 17.1 ގެ (ބ) ގައި ބުނެފައިވާ ފަދަ ގޮތަކުން ކުރެ
ގޮތެއް މެދުވެރިވެއްޖެނަމަ، ލެސީ އެގްރީމެންޓާއި ޚިލާފުވީ ކަމަށް ބެލެވޭނެ ކަމަށާއި، އަދި އެގްރީމެންޓް
ބާތިލްކުރުމުގެ ޙައްޤު ލީސްކުރި ފަރާތަށް ލިބެންވާކަމަށާއި،
17.2 ގެ (އޭ) ގައި، އެގްރީމެންޓް ބާތިލްކުރާ ތާރީޚާ ހަމައަށް އެހާތަނަށް ލީސް ޕޭމަންޓުގެ ގޮތުގައި
ދައްކަންޖެހި ނުދައްކާވާ އެންމެހައި ފައިސާ ހޯދުމަށް ދަޢުވާކުރުމާއި ލިބިގަތުމާއި، ލީޒުގެ މުއްދަތާއި އަދި
އިތުރަށް ހިނގާ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އާއި،
އަދި ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން އެގްރީމެންޓްގައި
ބުނެފައިވާ ގެއްލުމުގެ ބަދަލުގެ ފައިސާއާއި، ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ އަދި
އެފައިސާ ހޯދުމަށް ޚަރަދުކުރަންޖެހޭ އެންމެހައި ފައިސާއެއް ލީސްކުރި ފަރާތުން ބޭނުންނަމަ އެގްރީމެންޓުގެ
ޝެޑިއުލްގައިވާ ގެއްލުމުގެ ބަދަލު ނެގުމަށް ކަނޑައެޅިފައިވާ ރޭޓުން ބަދަލު ހޯދުމުގެ ބާރު ކުއްޔަށްދޭ ފަރާތަށް
ލިބިގެންވާ ކަމަށާއި؟
އަދި އެގްރީމެންޓުގެ 17.2 ގެ (ބ) ގައި، ކުއްޔަށްދީފައިވާ މުދާ އަނބުރާ ނެގުމަށް ކުއްޔަށްދޭ ފަރާތަށް
ލިބިގެންވާ އިޚްތިޔާރުގެ ދަށުން، މުދާ އަނބުރާ ނަގައިފިނަމަ، މިމާއްދާގެ (އޭ) ގައި ބުނެފައިވާ ދައްކަންޖެހޭ
ފައިސާގެ ޢަދަދުގެ މިންވަރު ކަމުގައި ބެލެވޭނީ އެއިރެއްގައި މާރުކޭޓުގައި މުދަލުގެ އަގު ހުރި މިންވަރަކުން
އެކަށީގެންވާ އަގެއްގައި މުދާ ވިއްކާލުމަށްފަހު މުދަލުގެ އަސްލު އަގުން ކަނޑައި ބާކީވާ މިންވަރެއްކަމަށް
ބަޔާންކޮށްފައިވާކަމާއި،
ޢަބްދުﷲ ޙަސަން އެއްބަސްވެފައިވާ ގޮތަށް ލީޒް ޕޭމަންޓް ދައްކަމުންނުދާތީ، އެގްރީމެންޓުގެ ދަށުން
ލީސްކުރި ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ލިބިގެންވާ އިޚްތިޔާރުގެ
UCO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A1255
ދަށުން 29 އޯގަސްޓް 2007 ގައި އުޅަނދާއި ޙަވާލުވެފައިވާކަން ނުވަތަ އުޅަނދު އަތުލާފައިވާކަން އެނގެން
އޮންނަކަމާއި؛
އެހެންކަމުން ރެސީ ދައްކަންޖެހި ނުދައްކާވާ ފައިސާ ކަނޑައެޅުމުގައި ޢަމަލުކުރެވޭނީ އެގްރީމެންޓްގެ
17.2 ގެ (ބ) ގައި ބުނެފައިވާގޮތުގެ މަތީންކަމާއި، އެއީ އެއިރެއްގައި މާރުކޭޓުގައި މުދަލުގެ އަގު ހުރި
މިންވަރަކުން އެކަށީގެންވާ އަގެއްގައި މުދާ ވިއްކާލުމަށްފަހު މުދަލުގެ އަސްލު އަގުން ކަނޑައި ބާކީވާ މިންވަރު
ލެސީގެ ފަރާތުން ދެއްކުންކަމާއި؛
އެގޮތުން ބަލާއިރު ދޯނީގެ އަޞްލު އަގު ކަމަށްވާ -/
1,307,706ރ. (އެއްމިލިއަން ތިންސަތޭކަ
ހަތްހާސް ހަތްސަތޭކަ ހަރުފިޔާ) އިން ޢަބްދުﷲ ޙަސަން ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ
/34,506ރ. (ތިރީސް ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) އާއި ދޯނީގެ މިހާރުގެ އަގުކަމަށް އަންދާޒާ ކުރެވޭ
ނުވަތަ ވިއްކާލެވޭނެ ކަމަށް ބެލެވޭ -/300,000ރ. (ތިއްލައްކަ ރުފިޔާ) އާއި އެކު ޖުމްލަ -/
334,506ރ.
(ތިންލައްކަ ތިރީސް ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) ދޯނީގެ އަޞްލު އައުން އުނިކުރުމުން ދޯނީގެ އަގުން
ބާކީވާ -/
973,200ރ. (ނުވަލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަރުފިޔާ) އަކީ ދެފަރާތުގެ މެދުގައި ވެވިފައިވާ
އެގްރީމެންޓުގެ 17.2 ގެ (ބ) ގެ ދަށުން ލެސީ ދައްކަންޖެހޭ ފައިސާކަން އެނގޭކަމާއި
އަދި މިފައިސާ ހޯދުމަށްޓަކައި، ކުރާ ޤާނޫނީ މަސައްކަތަށްދާ ފައިސާ ލިބިދެވޭނެ ކަމަށް އެގްރީމެންޓުގައި
ބުނެފައިވާތީ، ލީގަލް ފީއެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ޚަރަދު ކޮށްފައިވާ ފައިސާކަން ހުށަހެޅިފައިވާ
ލިޔެކިޔުން ތަކުން ސާބިތުވާ -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީވެސް، ލެސީގެ ހައިސިއްޔަތުން
ޢަބްދުﷲ ޙަސަން އާއި ޔަޤީންކަން ދީފައިވާ ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ޝުޖާދު އާއި ދެމީހުން
ޒިންމާވާންޖެހޭ ފައިސާކަން އެނގެއެވެ.
cccc
ހ) މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު ސޮއިކުރެވިފައިވާ
އެއްބަސްވުމުގެ ދަށުން ދޯނި ޢަބްދުﷲ ޙަސަން އަށް ދޫކުރެވިފައިވަނީ -/
95,000ރ. (ނުވަދިހަފަސްހާސް
ރުފިޔާ) މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގައި ބެހެއްޓުމަށްފަހުގައިކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
އެފައިސާއަކީ މި މުޢާމަލާތާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ލިބެންޖެހޭ ފައިސާއިން
އުނި ކުރެވެންޖެހޭނެ ފައިސާއެއްކަން އެނގެއެވެ.
COX
(ބ) ފައިނޭންސް ލީސިންގ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން
ޢަބްދުﷲ ޙަސަނަށް ދޫކޮށްފައިވާ އުޅަނދު އޭނާގެ ޙަވާލުގައި، އަދި އޭނާގެ ބެލުމުގެ ދަށުގައި އޮވެ، އެއުޅަނދަށް
ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަންގަވާ ދެއްވާފައިނުވާ ކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ދޯނި އަނބުރާ އަތުލިއިރު ދޯނި ރަނގަޅަށް ބަލަހައްޓާފައިނެތުމުގެ ސަބަބުން އާދަޔާ ޚިލާފަށް ދިޔަވެ.
ފެންމަތީގައި ނުބޭއްވޭތީ ދޯނި އެހެލައި، މަރާމާތުކުރުމަށް
76,843
/
60ރ. (ހަތްދިހަ ހަހާސް އަށްސަތޭކަ
ސާޅީސްތިންރުފިޔާ ފަސްދޮޅަސްލާރި) ޚަރަދުކުރަންޖެހުނުކަމަށް ބުނެ އެފައިސާ އެއްފަހަރާ ލިބިދިނުމަށް
މިއިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/251 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނަކަމާއި،
އެއްބަސްވުމުގެ މުއްދަތުގައި ލީސްކުރެވުނު މުދަލަށް ލިބޭ ކޮންމެ ގެއްލުމަކަށް ވެސް ޒިންމާވާނެ
ކަމަށާއި، ލީސްކުރެވުނު މުދަލުގެ ބަދަލުގައި ރަގަޅު ކޮންޑިޝަނުގައިވާ އެފަދަ މުދަލެއް ދިނުން ނުވަތަ
ލީސްކުރެވިފައިވާ މުދަލަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށް ރަގަޅު ޙާލަތަކަށް ގެނައުމާއި، މިދެގޮތުން ކުރެ
ލީސްކުރާ ފަރާތުން ބޭނުންވާ ގޮތަކަށް ލެސީގެ ފަރާތުން ޢަމަލު ކުރަންވާނެ ކަމަށް، މުޢާމަލާތާ ގުޅިގެން
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބުނެފައިވާކަން އެނގެން އޮންނައިރު،
ޢަބްދުﷲ ޙަސަންގެ ބެލުމުގެ ދަށުގައި ދޯނި އޮތްއިރު ދޯންޏަށް އެއްވެސް ގެއްލުމެއްދީ އަދި ދޯނި
ގުޅުމުގައި އިހުމާލުވެ ދޯނި ހަލާކުކޮށްފައި ނުވާނެކަމަށާއި، އެފަދަ ކަމެއް ކޮށްފައިވާނަމަ ކަމާބެހޭ ތަންތަނަށް
ރިޕޯޓްކުރެވެން އޮއްވައި އެފަދަ ތަނަކަށް ރިޕޯޓްނުކޮށް ނުތިބޭނެ ކަމަށާއި، އަދި ދޯންޏަށް މިހާ ބޮޑެތި
އެލުންތަކެއް ވެފައިވާނަމަ ދޯންޏާއި ޙަވާލުވުމުގެ ކުރިން ދެފަރާތުން އެކަންކަންބަލާ ގެއްލުމުގެ ތަފްޞީލް
ދެފަރާތަށްވެސް އެނގޭގޮތަށް ނެގިފައި ވާންޖެހޭނެ ކަމަށާއި، ދޯންޏާއި ޙަވާލުވެ އެތައް ދުވަހެއް ފާއިތުވާފަހުން
އިޚްމާލުވިކަމަށް ހޯދަން ދަޢުވާކުރާ ފައިސާތަކަކީ ދޭންޖެހޭނެ ފައިސާތަކެއްކަމަށް
23=6
އ 4ނ
2
3
3
3 ތ
ފޮނި ގި
3 0¢ ¢ ¢
cucou
ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
4 4
fu
ޢަބްދުﷲ ޙަސަން ނުދެކެކޭ ކަމަށާއި، ދޯންޏާއި ޙަވާލުވުމުގެ ކުރިން ސަރުކާރުގެ އެއްވެސް ފަރާތަކުން
ބަލާހަދާފައިވޭތޯ ސާފުކުރަން ބޭނުންވާކަމަށް މިއިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/251
ޤަޟިއްޔާގައި ޢަބްދުﷲ ޙަސަންގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
ދޯންޏާއި ޙަވާލުވާން ޖެހުނުގޮތުން އޭރު ދޯނި އޮތްޙާލަތު އެނގޭ އެސަސްމެންޓް ރިޕޯޓެއް
ހެދިފައިނެތްކަމަށް 2008 އޭޕްރީލް 09 ވަނަ ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން
މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެފައި،
29 އޯގަސްޓް 2007 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން އެ އުޅަނދާއި
ޙަވާލުވެފައިވާކަން އެނގެން އޮންނައިރު، ދޯންޏާ ޙަވާލުވިއިރު އެއްވެސް އެސެސްމެންޓް ރިޕޯޓެއް ނަހަދާ ދޯންޏާ
ޙަވާލުވިކަމަށް ދެންނެވިފައިވަނީ ކުންފުނީގެ މުވައްޒަފަކަށް އޮޅުމަކުން މަޢުލޫމާތެއް ދެވިފައިވާތީ ކަމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ބުނެފައިވާކަމާއި، އަދި ދޯންޏާ ޙަވާލުވުމަށްފަހު
ކުޅުދުއްފުށި ބަދަރުގައި ބާއްވާ ދޯނީގެ ޙާލަތު ދެނެގަތުމުގެ ގޮތުން، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީގެ އެދުމުގެ މަތީން ސެންކޯ މެރިން ސަރވިސަސް ޕވޓ ލޓޑ ގެ ފަރާތުން 4 ސެޕްޓެމްބަރު 2007
ގައި ދޯނި ސަރވޭކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިއިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތަށް ހުށަހަޅާފައިވާކަން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން އެޤަޟިއްޔާގައި 2008
އެޕްރީލް 28 ވަނަ ދުވަހު ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި؛
އެރިޕޯޓަށް ބަލާއިރު، އެރިޕޯޓުގެ 2.2 ގައި އުޅަނދުގެ ފެނުގެ އަޑީގައި އޮންނަ ބައިގެ ޙާލަތު ހުރީ،
ބޯޓް ޔާޑަކަށް ގެންގޮސް ވަގުތުން މަރާމާތުކުރަންޖެހޭ ވަރަށް ދަށް ފެންވަރުގައި ކަމަށް ފާހަގަކޮށްފައިވާއިރު،
އުޅަނދުގެ އެތެރޭގެ ޙާލަތުވެސް ވަރަށް ދެރަ ކަމަށާއި، އެ ޙާލަތަށް ދިޔައީ އުޅަނދު މަރާމާތުކޮށް
ބެލެހެއްޓިފައިނުވާތީ ކަމަށާއި، އެއްވަތުގައި ހުރީ ފެހިޖަހާފައިކަމަށާއި، ފަށަނާއި، މަޑުލާއި، ކަވަރުނާތައްވެސް
މަރާމާތުކުރަންޖެހޭ ވަރަށް ހަލާކުވެފައިކަމަށް ރިޕޯޓުގެ 3.3 ގައި ފާހަގަކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
އިސްތިއުނާފު މިކުރެވޭ މަދަނީކޯޓުގެ ޤަޟިއްޔާއާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު ދޯނި އެހެލައި، މަރާމާތުކުރުމާއި ދޯންޏާ ގުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
އެކި ކަންކަމަށް 76,843
/
60ރ. (ހަތްދިހަހަހާސް އަށްސަތޭކަ ސާޅީސްތިންރުފިޔާ ފަސްދޮޅަސްލާރި) އަށްވުރެ
ގިނަ ފައިސާ ޚަރަދުކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
ދޯނި އަނބުރާ އަތުލިއިރު ދޯނި ރަނގަޅަށް ބަލަހައްޓާފައިނެތުމުގެ ސަބަބުން އާދަޔާ ޚިލާފަށް ދިޔަވެ
ފެންމަތީގައި ނުބޭއްވޭތީ ދޯނި އެހެލައި، މަރާމާތުކުރުމަށް ޚަރަދުކުރަންޖެހުނުކަމަށް ބުނެ ލިބިދިނުމަށް އެދިފައިވާ
76,843
/
60ރ. (ހަތްދިހަ ހަހާސް އަށްސަތޭކަ ސާޅީސްތިންރުފިޔާ ފަސްދޮޅަސްލާރި) އަކީވެސް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ލިބިދެވެން ޖެހޭ ފައިސާއެއްކަން އެނގެއެވެ.
ވީމާ، ފައިނޭންސް ލީސިންގެ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދު
ޙަސަން އާއި ދެމެދު ކުރެވިފައިވާ މިމުޢާމަލާތުގައި، ޢަބްދުﷲ ޙަސަން ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ -
/34,506ރ. (ތިރީސް ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) އާއި ދޯނި ވިއްކާލެވޭނެ ކަމަށް ބެލެވޭ -/300,000
(ތިއްލައްކަ ރުފިޔާ) އާއި، ޑިޕޮޒިޓްގެ ގޮތުގައި ޢަބްދުﷲ ޙަސަން ބަހައްޓާފައިވާ -/95,000ރ.
(ނުވަދިހަފަސްހާސް ރުފިޔާ) އާއި އެކު ޖުމްލަ -/
429,506ރ. (ހަތަރުލައްކަ އޮނަތިރީސް ހާސް ފަސްސަތޭކަ
ހަރުފިޔާ)، ދޯނީގެ އަޞްލު އަގު ކަމަށް ދެފަރާތުން އެއްބަސްވެފައިވާ -/
1,307,706ރ. (އެއްމިލިއަން
ތިންސަތޭކަ ހަތްހާސް ހަތްސަތޭކަ ހަރުފިޔާ) އިން އުނިކުރުމުން، ދޯނީގެ އަގުން ބާކީވާ -/
878,200ރ.
(އަށްލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަރުފިޔާ) އާއި، ލީގަލް ފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީގެ ފަރާތުން ޚަރަދުކޮށްފައިވާ -/
25,000ރ. (ފަންސަވީސްހާސް ރުފިޔާ) އާއި، ދޯނި
އެހެލައި، މަރާމާތުކުރުމުގެ ޚަރަދުގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ 76,843
/
60ރ. (ހަތްދިހަ ހަހާސް
އަށްސަތޭކަ ސާޅީސްތިންރުފިޔާ ފަސްދޮޅަސްލާރި) އެކު ޖުމްލަ 980,043
/
60ރ. (ނުވަލައްކަ އަށްޑިހަހާސް
ސާޅީސްތިންރުފިޔާ ފަސްދޮޅަށްލާރި) އަކީ، ފައިނޭންސް ލީސިން އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން ލެސީގެ ހައިސިއްޔަތުން ޢަބްދު
ޙަސަންއާއި އެމުޢާމަލާތުގައި ޔަޤީންކަން ދީފައިވާ ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ޝުޖާދު އާއި ދެމީހުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ދައްކަން ޖެހޭނެ ފައިސާކަމަށާއި، މަދަނީ ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
ނަންބަރު 2008/MC/251 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާތިލް ކުރަންޖެހޭ ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުން
2
8 ގ ޏ ސ ޑ ޒ
އެއްބަސްވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމުން، ފައިނޭންސް ލީސިންގެ އުޞޫލުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދު
ޙަސަން އާއި ދެމެދު ކުރެވިފައިވާ މިމުޢާމަލާތުގައި، ޢަބްދުﷲ ޙަސަން ލީޒް ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ -
/34,506ރ. (ތިރީސް ހަތަރުހާސް ފަސްސަތޭކަ ހަރުފިޔާ) އާއި ދޯނި ވިއްކާލެވޭނެ ކަމަށް ބެލެވޭ -/300,000
(ތިއްލައްކަ ރުފިޔާ) އާއި، މިމުޢާމަލާތާ ގުޅިގެން ޑިޕޮޒިޓްގެ ގޮތުގައި ޢަބްދުﷲ ޙަސަން ބަހައްޓާފައިވާ -
/95,000ރ. (ނުވަދިހަފަސްހާސް ރުފިޔާ) އާއި އެކު ޖުމްލަ -/
429,506ރ. (ހަތަރުލައްކަ އޮނަތިރީސް ހާސް
ފަސްސަތޭކަ ހަރުފިޔާ)، ދޯނީގެ އަޞްލު އަގު ކަމަށް ދެފަރާތުން އެއްބަސްވެފައިވާ -/
1,307,706ރ.
(އެއްމިލިއަން ތިންސަތޭކަ ހަތްހާސް ހަތްސަތޭކަ ހަރުފިޔާ) އިން އުނިކުރުމުން، ދޯނީގެ އަގުން ބާކީވާ
-/878,200ރ. (އަށްލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަރުފިޔާ) އާއި، ލީގަލް ފީގެ ގޮތުގައި މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ޚަރަދުކޮށްފައިވާ -/25,000 ރ. (ފަންސަވީސްހާސް ރުފިޔާ) އާއި،
ދޯނި އެހެލައި، މަރާމާތުކުރުމުގެ ޚަރަދުގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ 76,843
/
60ރ. (ހަތްދިހަ ހަހާސް
އަށްސަތޭކަ ސާޅީސްތިންރުފިޔާ ފަސްދޮޅަސްލާރި) އާއި އެކު ޖުމްލަ 980,043
/
60ރ. (ނުވަލައްކަ
އަށްޑިހަހާސް ސާޅީސްތިންރުފިޔާ ފަސްދޮޅަށްލާރި) އަކީ، ފައިނޭންސް ލީސިންގ އުޞޫލުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި ޢަބްދުﷲ ޙަސަން އާއި ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން ލެސީގެ
ހައިސިއްޔަތުން ޢަބްދުﷲ ޙަސަންއާއި އެމުޢާމަލާތުގައި ޔަޤީންކަން ދީފައިވާ ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް
ޝުޖާދު އާއި ދެމީހުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ދައްކަން ޖެހޭނެ ފައިސާކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއަށް ލިބިދިނުމުގެ ގޮތުން މިއަދު (2014 ޖޫން 26 ވަނަ ދުވަހު)ން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/255
ފެށިގެން 12 (ބާރަ) މަސް ދުވަހުގެ މުއްދަތުގައި މަދުވެގެން އެމަހަކަށްޖެހޭ މިންވަރު އެމަހަކު ސިވިލް ކޯޓަށް
ދައްކާ ޚަލާޞް ކުރުމަށް މ.މ. ޚާއްޞަ ދަފްތަރު (މ. ދޮއްތޮޑަފިގެ) ޢަބްދުﷲ ޙަސަން އާއި، ގ. މޮހޮރީގެ
މާލެ، އިބްރާހީމް ޝުޖާދުއަށް އަންގައި ޙުކުމްކޮށް، މަދަނީ ކޯޓުގެ ނަންބަރު 2008/MC/251 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv