ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/355 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 355/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: ފަޒީން ޙަސަން
ދާއިމީ އެޑްރެސް:
ހިތަދޫ! ނޫމާގެ
އައިޑީ ކާޑު ނަންބަރ: A293061
* މިހާރުގެ އެޑްރެސް: ޑީ.ޕީ.އާރ.އެސް
*
• އިސްތިއުނާފް ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 15 ޑިސެމްބަރ 2009
* ނިމުނު ތާރީޚް: 25 އޭޕްރީލް 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/S2C/539
ނިންމެވިކޯޓް: ސ. ހިތަދޫ ކޯޓް
.ޢީލާޑީ ބާވަތް: އަމަން ނަގާލުން
ހުށަހެޅުނުތާރީޚް: 29 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 15 އޮކްޓޯބަރ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
2
2009/HC-A/35:
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ،
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/539 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން، ހިތަދޫ ނޫމާގެ ފަޒީން ޙަސަން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް.
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/539 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ފަޒީން ޙަސަންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(.) މިމައްސަލައާއި ގުޅިގެން ފަޒީން ޙަސަން ސ. ހިތަދޫކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
2009 އޮކްޓޯބަރު 15 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، 2009 އޮކްޓޯބަރ 12 ވަނަ ދުވަހު ސ.
ހިތަދޫ ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި ވަކީލަކު ޢައްޔަން ކުރުމަށް ފުރުޞަތަކަށް އެދުމުން،
ޝަރީޢަތުގެ މަޖިލީހުން ފަޒީން ޙަސަނަށް 3 ދުވަހުގެ ފުރުޞަތެއް ދެއްވާފައިވާކަން އެނގެން އޮތްއިރު،
2009 އޮކްޓޯބަރު 15 ވަނަ ދުވަހު ކޯޓުން މައްސަލައިގެ ޙުކުމު ކުރެއްވި އިރު، ކޯޓުން ދެއްވި 3 ދުވަހުގެ
މުއްދަތުގައި ވަކީލަކު ޢައްޔަން ކުރެވިފައި ނުވާކަން އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ކުށުން
ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެ
ކަމަށާއި، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުޞަތު ދޭންވާނެކަމަށް
ބަޔާންވެފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
3
2009/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ޙައްޤު ލިބިގެންވާ ކަން އެނގެން އޮތުމުގެ
އިތުރުން؛
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ
ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް
ބަޔާންކޮށްފައިވެއެވެ.
(ނ) ފަޒީން ޙަސަންގެ މައްޗަށް ދަޢުވާ އުފުލުނީ ހިތަދޫ ކޯޓުގައިކަން އެނގެން އޮވެފައި،
ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދޭންވާނެ ކަމަށް
ބަޔާންކޮށް އެޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ކަށަވަރު
ކޮށްދީފައިވުމާއިއެކު،
ސ. ހިތަދޫ ކޯޓުން ވަކީލަކު ޢައްޔަނު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ބަންދުގައި ހުރި، ފަޒީން ޙަސަނަށް ދެއްވި ތިން ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ޝަރީޢަތުން
ވިސްނާއިރު، ޢާންމު ގޮތެއްގައި ޤާނޫނީ ވަކީލުން ޤާއިމުވެ ތިބެނީ ވެރިރަށް މާލޭގައި ކަމުން، ޤާނޫނީ
ވަކީލުންގެ އެހީ އަތޮޅު ތަކުން ހޯދުމަކީ އެއްވެސް ފަރާތެއްގެ ބަންދެއްގައި ނުވާ މިނިވަނަކަށްވެސް ފަސޭހަ
ކަމެއް ނޫންކަން އެއީ ޤަބޫލު ކުރެވޭ ޙަޤީޤަތެއް ކަމާއި، 3 ދުވަހުގެ މުއްދަތުގައި ފަޒީން ޙަސަންގެ ޙާލަތަށް
ބަލާ ވަކީލަކު ޢައްޔަނު ކުރުމަކީ އެކަން ކުރެވުމަށް ވުރެ ނުކުރެވުން ގާތް ކަމެއްކަމަށް ޤަބޫލު ކަމާއި؛
ހިތަދޫކޯޓުގެ ނަންބަރު 2009/S2C/539 ޤަޟިއްޔާގައި ފަޒީން ޙަސަނަށް ވަކީލަކު
ޢައްޔަނު ކުރުމަށް ކޯޓުން ދެއްވި މުއްދަތު ހަމަވި ދުވަހު އޭނަގެ މައްޗަށް ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ، ކުށެއްގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ވަކީލެއްގެ އެހީގައި ކުނުން
ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދޭންވާނެ ކަމަށް ޤާނޫނީ އަސާސީގައި
ބަޔާންކުރެވި ކަށަވަރުކޮށްދީފައިވާ އެޙައްޤު ބޭނުން ކުރުމުގެ އެކަށީގެންވާ ފުރުޞަތު ފަޒީން ޙަސަނަށް
ލިބިދީފައި ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
އެއްބަސްވެވިފައި ނުވާތީ، ހިތަދޫ ކޯޓުގެ ނަންބަރު 2009/SC/539 ޤަޟިއްޔާގައި ފަޒީން
ޙަސަންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމް ބާތިލް ކުރަންޖެހޭ ކަމާއި، މިމައްސަލަ އަލުން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
4
2009/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހަޅައިފިނަމަ، ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު
ފަޒީން ޙަސަނަށް ދިނުމާއިއެކު، އަލުން މައްސަލަ ބެލުމަށްފަހު ޙުކުމެއް ކަނޑައަޅަން ޖެހޭކަން އެނގެއެވެ.
033
24
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ހިތަދޫކޯޓުގެ ނަންބަރު 2009/S2C/539 ޤަޟިއްޔާގައި
ހިތަދޫ/ ނޫމާގެ ފަޒީން ޙަސަންގެ
މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ
މީހަކަށްމެ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައި، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި
ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ އަސާސީ ޙައްޤު ބޭނުން ކުރުމުގެ ފުރުޞަތު އެކަށީގެންވާ
ގޮތެއްގައި ލިބިދެވިގެން ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، އެޤަޟިއްޔާގައި ފަޒީން ޙަސަންގެ މައްޗަށް ކުށް ސާބިތުވާކަމަށް
ކަނޑައެޅުއްވި ކަނޑައެޅުން ބާތިލުކޮށް، އެދަޢުވާ ފަޒީން ޙަސަންގެ މައްޗަށް އަލުން ހުށަހަޅައިފިނަމަ،
ބެލުމަށް އަންގާ، ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އި)
އަ
ޢަބްދުﷲ ޙަމީދު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ފިރިންގެ މިކު
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]