ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/236 ޤަޟިއްޔާގެ ޙުކުމް
ވާ، ދިވެހިރާއްޖެ
1
2011/HC-A/236
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 236/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ވަޙީދު
އައިޑީ ކާޑު ނަންބަރު: A055598
ދާއިމީ އެޑްރެސް: ނެލިވަރު/ރ.ކަނދޮޅުދޫ
މިހާރުގެ އެޑްރެސް: ފ.ވަށްފުށި މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
އައިޑީ
ކާޑުނަންބަރު:
0
• ރަޖިސްޓްރީ ތާރީޚް: 01 ޛުލްޤަޢިދާ 1432
29 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 30 ޖުމާދަލްއާޚިރާ 1433
މެއި
21
2012
އިސްތިއުނާފުކުރެވުނު ނިންމުން ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު: 2011
/
11/Cv
-
C
/
DFJ
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ބަދަލު ދިނުން
ހުށަހެޅި ތާރީޚް: 14.08.2011
ނިމުނު ތާރީޚް: 19.09.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
2011/HC-A/236
3
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ ރަޖިސްޓްރަރގެ
ނިންމުން އަލުން ބަލައިދިނުން އެދި ހުށަހެޅި ފޯމުގެ ޖަވާބާމެދު ހިތްހަމަނުޖެހިގެން، އެނިންމުން އިސްތިއުނާފު
ކޮށްދިނުމަށް އެދި ރ.ކަނދޮޅުދޫ/ނެލިވަރު އަޙްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ.
0
(l
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ
ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބުގައި، ރ.ކަނދޮޅުދޫނެލިވަރު އަޙްމަދު
ވަޙީދު ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި 14 އޯގަސްޓް 2011 ގައި
އެދުމުން، ސިވިލް ކޯޓުން ރ.ކަނދޮޅުދޫ މީހުން މިހާރު ބަދަލުކޮށްފައިވާ ރ.ދުވާފަރަށް ސިޓީ ފޮނުއްވާ މަޢުލޫމާތު
ސާފުކުރެއްވިއިރު، ރ.ދުވާފަރު ކައުންސިލްގެ ޖަވާބުން އަޙްމަދު ވަޙީދަކީ މިހާރު ދުވާފަރުގައި ރަޖިސްޓްރީވެފައިވާ
ފަރާތެއްކަން އެނގެން އޮތަތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5
ގެ 3 ގެ (ހ) އަށް ރިޢާޔަތްކުރައްވާ ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމާއި އެއްގޮ
އެއްގޮތަށް އަޙްމަދު ވަޙީދު
ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމުގައި ސިވިލް ކޯޓުގެ ނަންބަރު
2011
/
11/Cv
-
C
/
DFJ ޖަވާބަށް ބެލުމުން އެނގެން އޮވެއެވެ.
(2
ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ ރަޖިސްޓްރާރގެ ނިންމުން
އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބާމެދު ހިތްހަމަނުޖެހިގެން އެލިޔުން އިސްތިއުނާފުކުރަމުން
ރ.ކަނދޮޅުދޫ/ނެލިވަރު އަޙްމަދު ވަޙީދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއް5
a
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/236
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ
ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ގެ (ހ) ގައި ވަކިރަށެއްގެ ރަށްވެއްސަކަށްވުމުން މައްސަލަ ހުށަހެޅުމުގެ
އިޚްތިޞާޞް ގެއްލޭނެކަމަށް ބަޔާންކޮށްފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ
ޤާނޫނު) ޖަދުވަލު 5 ގެ 3 ގެ (ހ) ގައި އެރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި
އެރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތަކުގެ ފުރަތަމަ މަރުހަލާގެ ކޯޓުކަމުގައިވަނީ އެރަށެއްގެ
މެޖިސްޓްރޭޓް ކޯޓުކަމަށް ބަޔާންކޮށްފައިއޮތްހިނދު، ރ.ކަނދޮޅުދޫގައި ހުރި ގޯއްޗެއްގެ ބަދަލު ހޯދުމުގެ
މައްސަލައެއް ރ.ކަނދޮޅުދޫގައި ކޯޓެއް ނެތުމުން އެރަށުގައި ނުހިންގޭނެތީ ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން
އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ހަމައެކަނި ކޯޓަކަށްވަނީ އެންމެހައި މަދަނީ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ސިވިލް ކޯޓަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ ރަޖިސްޓްރާރގެ
ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް
ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއު
ޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ccc
ފުރަތަމަ ކަމަކީ، ސިވިލް ކޯޓަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށްކަމުގައިވާ މާލޭގައި
އުފައްދާފައިވާ ސުޕީރިއަރ މަރުޙަލާގެ ކޯޓެއްކަމާއި،
ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، ސުޕީރިއަރ
22/2010
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/236
ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞް އިޝާރާތް ކުރެވުނު ޤާނޫނުގެ ޖަދުވަލު 1 ގައި
ބަޔާންކޮށްފައިވާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަކީ، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން
ބާރު ލިބިގެން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ
ދަށުން އުފައްދާފައިވާ ތިރީ ގިންތީގެ ކޯޓު ތަކެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެކޯޓުތަކުގެ
އިޚްތިޞާޞް އެޤާނޫނުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
22/2010
ދެވަނަ ކަމަކީ، މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 އަށް ބެލިއިރު، އެ ޖަދުވަލުގައި
ނުވަތަ އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ
މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި
އާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދީފައިވާކަން އެނގެން
އޮންނަކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް
އިސްތިސްނާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ
މައްސަލަތަކަށް ބަލާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭގޮތަށް، ހަމައެކަނި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ
ގޮތުގެ ކަނޑައެޅި ބަޔާން ކުރެވިފައި އޮތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގެ (އ) ގައި ބަޔާންކޮށްފައިވާ، 5,000,000 (ފަސް
މިލިއަން ރުފިޔާއިން ފެށިގެން މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް
އެކަނިކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، 5,000,000 (ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީގެ
އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި
co
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2011/HC-A/236
މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް، އުޞޫލެއްގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް
ލިބިފައިވާކަން އެނގެންއޮތުމުން، މަދަނީ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް ވަކި އިޚްތިޞާޞްއް
ލިބިފައިވާ މައްސަލައަކީ 5,000,000 (ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީގެ އަދަދުގެ ފައިސާ
ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް އެކަނިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
22/HC-A/2011 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމެވެ.
ވަކި ރަށަކާ ގުޅޭގޮތުން
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި ޤާނޫނުގެ އެހެން މާއްދާއެއްގައި
ކޮންމެ ގޮތަކަށް
ބަޔާންކޮށްފައިވީ ނަމަވެސް،
ގޮތުން އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ
މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންކަމަށް ބަޔާންކުރެވިފައިވާކަމާއި،
އަދި އެ ނަންބަރުގެ (ހ) ގައި "އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ
ނުއުފުލޭ މުދަލުގެ މައްސަލަތައް" މިހެން ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރެވޭކަމެވެ.
4J
ހަތަރުވަނަ ކަމަކީ، އަޙްމަދު ވަޙީދު ސިވިލް ކޯޓަށް 21 ޖުލައި 2011 ގައި
ހުށަހަޅާފައިވާ އެކޯޓުގެ މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އަޙްމަދު ވަޙީދުގެ ފަރާތުން
ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާސާކަމަށް ބަޔާންކޮށްފައިވަނީ،
"2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ގެދޮރު
ހަލާކުވި ރ.ކަނދޮޅުދޫ ރައްޔިތުންނަށް ރ.ދުވާފަރުން ދާއިމީ ބޯހިޔާވެހިކަން ހޯދައިދިނުމަށް ސަރުކާރުން
ރ.ދުވާފަރު އާރާސްތުކޮށް އެރަށުން ރ.ކަނދޮޅުދޫ މީހުންނަށް ގެދޮރު ދިނުމުގެ ގޮތުން ކުރީގެ މިނިސްޓްރީ
އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ 2007
/
24-C ނަންބަރު އިޢުލާން (10 އޭޕްރީލް 2007) ގެ ދަށުން
ނެރުއްވި ލިސްޓުގައި އަޙްމަދު ވަޙީދުއަށް ރ.ކަނދޮޅުދޫ އޮފީހުގެ 303 ނަންބަރު ރަޖިސްޓްރީގެ ދަށުން
30 ޑިސެމްބަރު 1979 ގައި ދޫކޮށްފައިވާ "ރަންމެދު" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ގޯތީގައި
ކޮށްފައިވާ ޢިމާރާތުގެ ބަދަލުގައި ގޯއްޗެއް ނުވަތަ ޢިމާރާތެއް ދެއްވުމަށް ހިމަނުއްވާފައި ނުވުމުން އިސްވެ
ދެންނެވުނު އިޢުލާނާއި ޙަވާލާދީ އެކަމުގެ ޝަކުވާ އަޙްމަދު ވަޙީދު ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް
ދިވެހިރާއްޖޭގެ
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2011/HC-A/236
އެންޑް
އެ
ޑިވެލޮޕްމަންޓުގައި ދެންނެވުމުންވެސް
ޝަކުވާއަށް ޖަވާބެއް ދެއްވާފައިނުވާތީއާއި،
ރައީސުލްޖުމްހޫރިއްޔާގެ 2010/15 ނަންބަރު ޤަރާރު (14 އޯގަސްޓް 2010) ގެ ދަށުން ދިވެހިރާއްޖޭގެ
މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވިއިރު ރ.ކަނދޮޅުދޫ ހިމަނުއްވާފައި ނުވުމުން ރ.ކަނދޮޅުދޫއަކީ
މީހުން ދިރިނުއުޅޭ ރަށަކަށްވީހިނދު، ރ.ކަނދޮޅުދޫއިން އަޙްމަދު ވަޙީދުއަށް ދޫކުރައްވާފައިވާ "ރަންމެދު"
އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައި ކޮށްފައިވާ ޢިމާރާތުގެ ބަދަލުގައި ރ.ދުވާފަރުން އަދި ރާއްޖޭގެ
އެހެން ރަށަކުން ގޯއްޗެއް ނުވަތަ ޢިމާރާތެއް ދެއްވާފައިނުވާތީ، އަޙްމަދު ވަޙީދުއަށް ދޫކޮށްފައިވާ
"ރަންމެދު" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިކޮށްފައިވާ ޢިމާރާތުގެ ބަދަލުގައި ރ.ދުވާފަރުން
"ރަންދު" އެވެ ކިޔާ ގޯއްޗަށްވުރެ ކުޑަނޫން ގޯއްޗެއް ނުވަތަ ޢިމާރާތެއް ދިނުމަށް މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަޔަރަމެންޓްގެ މައްޗަށް އަމުރުކޮށްދެއްވުން އެދި ކުރާ ދަޢުވާ" އެއްކަން އެ ފޯމަށް
ބެލުމުން އެނގެން އޮންނަކަމާއި،
އަދި ރ.ކަނދޮޅުދޫގެ މީހުން މިހާރު ބަދަލުކޮށްފައިވާ ރ.ދުވާފަރު ކައުންސިލްއަށް
ސިވިލް ކޯޓުން މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމުން، އަޙްމަދު ވަޙީދުއަކީ މިހާރު
ރ.ދުވާފަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަން އެނގެންއޮންނަ
ންނަކަމަށް ސިވިލް ކޯޓުގެ ނަންބަރު
2011
/
11/Cv
-
C
/
DFJ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުން އެދި ހުށަހެޅި ފޯމުގެ ޖަވާބުގައި
ބަޔާންކުރައްވާފައިވާކަމާއި، އަދި އަޙްމަދު ވަޙީދުއަކީ ކުރިން ރ.ކަނދޮޅުދޫގެ ރައްޔިތެއް
ކަމުގައިވީނަމަވެސް، މިހާރު ރ.ދުވާފަރަށް ރަޖިސްޓްރީ ބަދަލުވެފައިވާކަން އަޙްމަދު ވަޙީދުގެ ފަރާތުންވެސް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
cc ecc
(-
ފަސްވަނަ ކަމަކީ، ސިވިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި މަދަނީ މައްސަލަތަކުގެ
ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް
ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައި އޮތްއިރު، އާއިލީ
މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
ވެފާ
2011/HC-A/236
ލިބިގެންވާކަން އިޝާރާތް ކުރެވުނު ޖަދުވަލު 1 ގެ 27 ވަނަ ނަންބަރުގެ ސާފު އިބާރާތުން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، ޤާނޫނު އަސާސީއާއި
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން އެމާއްދާގައި
ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާކަމަށް ބަޔާން
ކުރުމަށްފަހު،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި، އެޤާނޫނުގެ ދަށުން
ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞްކާއި އެޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން
ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެޙާލަތުގައި އެމައްސަލައެއް ބަލާނީ އެ ވަކި
އިޚްތިޞާޞް ލިބިގެންވާ ކޯޓުންކަމަށް ބަޔާން ކޮށްފައިވާއިރު، ހުށަހެޅިފައިމިވާ މައްސަލައިގައި، އަޙްމަދު
ވަޙީދު ސިވިލް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލައަކީ ރ.ކަނދޮޅުދޫއަކީ މީހުން ދިރިނުއުޅޭ ރަށެއްކަމަށް
ސަރުކާރުން ކަނޑައެޅުމުން، ރ.ކަނދޮޅުދޫއިން އަޙްމަދު ވަޙީދުއަށް ދޫކޮށްފައިވާ "ރަންމެދު" އެވެ ކިޔާ
ބަންޑާރަ ގޯއްޗާއި އެގޯތީގައި ކޮށްފައިވާ ޢިމާރާތުގެ ބަދަލުގައި ރ.ދުވާފަރުން އަދި ރާއްޖޭގެ އެހެން
ރަށަކުން ގޯއްޗެއް ނުވަތަ ޢިމާރާތެއް ދީފައިނުވާތީ، އަޙްމަދު ވަޙީދުއަށް ރ.ކަނދޮޅުދޫއިން ދޫކޮށްފައިވާ
"ރަންމެދު" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިކޮށްފައިވާ ޢިމާރާތުގެ ބަދަލުގައި ރ.ދުވާފަރުން އެ
ގޯއްޗަށްވުރެ ކުޑަނޫން ގޯއްޗެއް ނުވަތަ ޢިމާރާތެއް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަމެންޓްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ކުރާ ދަޢުވާއެއްކަމަށްވާތީ،
އިސްވެ ފާހަގަކުރެވުނު ފަދައިން، މަދަނީ މައްސަލަތަކުގެ ތެރެއިން ސިވިލް
ކޯޓަށް ވަކި އިޚްތިޞާބެއް ލިބިފައިވާ މައްސަލައަކީ 5,000,000 (ފަސް މިލިއަން ރުފިޔާއިން ފެށިގެން
މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް އެކަނި ބެލުންކަމާއި،
އެހެންކަމުން، މިހާރު ހުށަހެޅިފައިމިވާ މައްސަލައަކީ ސިވިލް ކޯޓަށް ޚާއްސަ އިޚްތިޞާޞްއެއް ލިބިގެންވާ
މައްސަލައެއްކަމަށް ބަލާނެ ތަނެއް ނެތްކަމާއި، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ގެ (ހ) ގެ ސަރީޙަ އިބާރާތުން އެ ރަށެއްގެ ބިމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
8
2011/HC-A/236
އެނގެން
ޢިމާރާތާއި، ގޯތިގެދޮރާބެހޭ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓަކަށް ހުށަހަޅަންޖެހޭނީ އެ ރަށެއްގެ
ކޯޓަށްކަމަށް ބަޔާންކުރެވިފައިވާ ހިނދު،
ރ.ކަނދޮޅުދޫއަކީ މީހުން ދިރިނޫޅޭ ރަށެއްކަ
އެކަމަށް ސަރުކާރުން ކަނޑައަޅާފައިވީ
ނަމަވެސް، އެ ރަށުގައި ކުރިން ދިރިއުޅުނު މީހުންގެ ރަޖިސްޓްރީވަނީ ރ.ދުވާފަރަށް ބަދަލުކޮށްފައިކަން
އެނގެންއޮންނަކަމާއި، އަދި އަޙްމަދު ވަޙީދުއަކީވެސް ކުރިން ރ.ކަނދޮޅުދޫއަށް ރަޖިސްޓްރީކުރެވިފައިވާ
ފަރާތެއްކަމުން،
އަޙްމަދު ވަޙީދުގެ ރަޖިސްޓްރީވެސް ރ.ދުވާފަރަށް ބަދަލުކުރެވިފައިވާކަން
ނގެންއޮންނަކަމާއި، އަދި ރ.ކަނދޮޅުދޫގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ސަރުކާރުންދޭން
ހަމަޖެއްސީ ރ.ދުވާފަރުގައިކަން އަޙްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައިވެސް
ފާހަގަކޮށްފައި އޮތުމުންނާއި، އަދި އަޙްމަދު ވަޙީދު ސިވިލް ކޯޓަށް ހުށަހަޅަން ބޭނުންވި މައްސަލައަކީވެސް
ރ.ދުވާފަރުން ގޯއްޗެއް ހޯދުމުގެ މައްސަލަކަމުން،
ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ ރަޖިސްޓްރާރގެ ނިންމުން
އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބުގައި އަޙްމަދު ވަހީދުއަކީ ރ.ދުވާފަރަށް
ރަޖިސްޓްރީވެފައިވާ ފަރާތެއްކަމަށް ވެފައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ގެ (ހ) އަށް ރިޢާޔަތް ކުރެއްވުމަށްފަހު، އަހްމަދު ވަޙީދުގެ ފަރާތުން އެ
ކޯޓަށް ހުށަހެޅި މައްސަލައަކީ އެކޯޓުން އެ މައްސަލަ ބެއްލެވުމުގެ އިޚްތިޞާޞް ލިބިގެންނުވާ
މައްސަލައެއްކަމަށް ކަނޑައެޅުއްވީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް
ނެތްކަމަށް މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމެވެ.
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ
މައްޗަށް
ރިޢާޔަތްކޮށް، ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ގެ (ހ) އަށް ބަލާއިރު، އެއަކުރުގައި ޤާނޫނުގެ އެހެން މާއްދާއެއްގައި
ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ
ނުއުފުލޭ މުދަލުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/236
ކޯޓުންކަމަށް ބަޔާންކޮށްފައިވާއިރު، ރ.ކަނދޮޅުދޫއަކީ މީހުން ދިރިނުއުޅޭ ރަށެއްކަމުގައި ސަރުކާރުން
ކަނޑައަޅާފައިވާއިރު، އަދި ކުރިން އެ ރަށުގައި ދިރިއުޅުނު މީހުން ބަދަލުކޮށްފައިވަނީ ރ.ދުވާފަރަށް ކަމުގައިވާއިރު،
އަޙްމަދު ވަޙީދުގެ ފަރާތުން ދައުލަތުގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ
ރ.ކަނދޮޅުދޫ ގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވެހިކަން ރ.ދުވާފަރުން ހޯދައިދީފައިވާތީ، ރ.ކަނދޮޅުދޫގައިއޮތް
އަޙްމަދު ވަޙީދުގެ ގޯތީގެ ބަދަލުގައި ރ.ދުވާފަރުން އަޙްމަދު ވަހީދުއަށްވެސް ގޯއްޗެއް ހަމަޖައްސައިދިނުމަށް
އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ދަޢުވާއެއްކަމުން، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތީ ރ.ދުވާފަރު
މެޖިސްޓްރޭޓް ކޯޓަށްކަން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 3
ގެ (ހ) ގެ ޞަރީޙަ ނައްޞުން އެނގެންއޮތަތީ، އަޙްމަދު ވަޙީދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި
ސިވިލް ކޯޓުގެ ނަންބަރު 2011
/
11/Cv
-
C
/
DFJ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުން އެދި ހުށަހެޅި
ފޯމުގެ ޖަވާބުގައި އަޙްމަދު ވަޙީދު ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ
މައްސަލައެއް ކަމަށް ވިދާޅުވެ އެމައްސަލަ ސިވިލް ކޯޓަށް ބަލައިނުގަތުމަށް، ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމެވި
ނިންމެވުން ބަދަލުކުރާނެ ތަނެއްނެތްކަމުގައި ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ
އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވުނު ހިނދު، ސިވިލް ކޯޓުގެ (ނަންބަރު 2011
/
11/Cv
-
C
/
DFJ) އެނިންމުމަށް ތާޢީދު ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv