ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/102 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރ: 102/HC
-
A/2007
އިސްތިއުނާފުކުރި ފަރާތް.
* ނަން: ނަފީސާ ޢަބްދުލް ކަރީމް
އައިޑީ ކާޑު ނަންބަރ: A109452
ދާއިމީ
އެޑްރެސް:
. ދޮންފަނު ( ދޭލިޔާގެ
މިހާރުގެ
އެޑްރެސް: ބ. . ދޮންފަނު | ދޭލިޔާގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: މުޙައްމަދު ޝަފީޤު ޢަބްދުލް ކަރީމް * އެޑްރެސް: ބ. ދޮންފަނު | ދޭލިޔާގެ
އައިޑީ ކާޑު ނަންބަރ.
މިހާރުގެ އެޑްރެސް
ދޮންފަނު|ދޭލިޔާގެ
*
*
2- * ނަން: ޢާއިޝަތު ޢަބްދުލް ކަރީމް
* އައިޑީ ކާޑު ނަންބަރ.
* ދާއިމީ އެޑްރެސް: ބ. ދޮންފަނު ! ވީވަރު
* މިހާރުގެ އެޑްރެސް: ބ. ދޮންފަނު ވީވަރު
3
3- * ނަން: ޝަހީމާ ޢަބްދުލް ކަރީމް
އައިޑީ ކާޑު ނަންބަރ: -
އެޑްރެސް: ބ. ދޮންފަނު | ސިގުނަލް
ދޮންފަނު ސިގުނަލް
މިހާރުގެ އެޑްރެސް:
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް ވޭލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
2
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
*،
4- * ނަން: އާމިނަތު އަލިމަނިކު
* އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ކިހާދޫ | ފިޔާތޮށިގެ
ކިހާދޫ | ފިޔާތޮށިގެ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖުމާދަލްއޫލާ 1428 *ނިމުނު ތާރީޚް:11 ރަބީޢުލްއައްވަލް 1431
30 މެއި 2007
25 ފެބުރުއަރީ
2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2004/F
-
7
-
C/04
ނިންމެވިކޯޓް: ބ. ދޮންފަނު ކޯޓް
ޤަޟިއްޔާގެ ބާވަތް: ތަރިކަ ބެހުން
ހުށަހެޅުނުތާރީޚް: 2004-09-21
ނިމުނު ތާރީޚް: 2007-05-01
0
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް ވޭލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
3
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ،
. ދޮންފަނު ކޯޓުގެ ނަންބަރ 2004/F
-
7
-
C/04 ގެ ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން އެދި
ދޮންފަނު ދޭލިޔާގެ ނަފީސާ ޢަބްދުލް ކަރީމް ދިވެހިރާއްޖޭގެ ހައިކޯޓަށް
0 334 3
2 3 44
ޤަޅއްޔާއެކެވެ.
|.
49
کرد
* ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއިގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިމައްސަލަ އިސްތިއުނާފުކުރި
ފަރާތުންނާއި އަދި މިމައްސަލައިގައި އިސްތިއުނާފުގެ ދަޢުވާ ރައްދުވި ހުރިހާ ފަރާތްތަކުން ދައްކާފައިވާ
ވާހަކަތަކަށާއި، ދޮންފަނު ކޯޓުގެ ނަންބަރު 2004/F-7-C/04 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުގެ މައްޗަށާއި އަދި އެރިޕޯޓާއި އެކުގައިވާ ބަޔާންތަކަށާއި ލިޔެކިޔުންތަކާއި، އަދި
މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ހޯދިފައިވާ ރަސްމީ މަޢުލޫމާތު
ތަކުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ބ. ދޮންފަނު ކޯޓުގެ ނަންބަރު 2004/F
-
7
-
C/04 ގެ ޤަޟިއްޔާގެ ޝަރީޢަތަށް
މައްސަލަ ހުށަހަޅަމުން 2004/09/23 ދުވަހު، ބ. ދޮންފަނު ދޭލިޔާގެ މުޙައްމަދު ޝަފީޤް ޢަބްދުލް
ކަރީމް ދީފައިވާ ބަޔާނުގައި އޭނާގެ ބައްޕަ ބ. ދޮންފަނު ފުލްއަލާމާގެ ޢަބްދުލް ކަރީމް ކަރަކިއްޔާ
2003/04/19 ގައި ނިޔާވެފައިވާކަމަށްބުނެފައިވާއިރު، ހަމައެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް
2007/04/29 ދުވަހު، ދޮންފަނު ބްލާމްގެ މުޙައްމަދު އާދަމާއި، ދޮންފަނު ވާރޭވިލާ
އަބޫބަކުރު މޫސާއާއި ދެމީހުން ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން
ބ. ދޮންފަނު ދޭލިޔާގެ ގުލްއަލާމާގެ ޢަބްދުލް ކަރީމް ޒަކަރިއްޔާ ނިޔަވެފައިވާކަމާއި އެމަރުޙޫމް ނިޔާވިއިރު
އެމަރުޙޫމްގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައިތިބީ އެމަރުޙޫމް ނިޔާވިއިރު އިން އަނބި ކިހާދޫ
ފިޔާތޮށިގެ އާމިނަތު އަލިމަނިކާއި، އެއް ފިރިހެންދަރި ބ. ދޮންފަނު ދޭލިޔާގެ މުޙައްމަދު ޝަފީޤް
ޢަބްދުލް ކަރީމްއާއި، ތިންއަންހެން ދަރިންކަމުގައިވާ ބ. ދޮންފަނު ދޭލިޔާގެ ނަފީސާ ޢަބްދުލް ކަރީމާއި،
49
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
4
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ވީވަރު ޢާއިޝަތު ޢަބްދުލް ކަރީމާއި، ސިގްނަލް ޝަހީމާ ޢަބްދުލް ކަރީމާއި މި 05 ވާރިޘުންކަމާއި
މިކަންކަން އެނގެއެވެ.
ދޮންފަނު ކޯޓުގެ ނަންބަރު 2004/F
-
7
-
C/04 ގެ ޤަޟިއްޔާ އެކޯޓުން
ނިންމެވި ގޮތާއިމެދު ހިތްހަމަނުޖެހޭކަމަށްބުނެ ނަފީސާ ޢަބްދުލް ކަރީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ނުކުތާތަކަށް ބަލާއިރު،
އެނުކުތާތަކުގައި ނަފީސާ ޢަބްދުލްކަރީމު ކޮށްފައިވާ ޝަކުވާއަކީ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ
ބ. ދޮންފަނު ކޯޓުން ނިންމެވިއިރު ނަފީސާ ޢަބްދުލް ކަރީމުގެ ބައްޕަ ބ. ދޮންފަނު ދޭލިޔާގެ ގުލްއަލާމާގެ
އަލްމަރުޙޫމް ޢަބްދުލް ކަރީމް ޒަރަކިއްޔާ ނިޔާވިއިރު އެމަރުޙޫމުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ
ބ. ދޮންފަނު ދޭލިޔާގެ އެވެކިޔާ ބަންޑާރަގޯއްޗާއި ގުލްއަލާމާގެއެވެކިޔާ ބަންޑާރަ ގޯއްޗާއި މިދެގޯތިންކުރެ
ދޭލިޔާގެއެވެކިޔާ ގޯއްޗަކީ ގާތްގަނޑަކަށް 3380 އަކަފޫޓުގެ ގޯއްޗަކަށްވެފައި އަދި ގުލްއަލާމާގެ އެވެކިޔާ
ގޯއްޗަކީ ގާތްގަނޑަކަށް 2542 އަކަފޫޓުގެ ގޯއްޗަކަށް ވާއިރު މިދެގޯތީގެ ތެރެއިން ބޮޑު ގޯތިކަމުގައިވާ
ދޭލިޔާގެއެވެކިޔާ ގޯތީގެ ބިމުން ނަފީސާ ޢަބްދުލްކަރީމަށް އެއްވެސް މިންވަރެއް ނުލިބޭގޮތަށް މުޅި އެގޯތި
ނަފީސާ ޢަބްދުލް ކަރީމުގެ ބައްޕަގެ ވާރިޘުންކުރެ ފިރިހެންދަރި މުޙައްމަދު ޝަފީޤަށް ލިބޭގޮތަށް
މިދެގޯތިންކުރެ ކުޑަ ގޯތި ކަމުގައިވާ ގުލްއަލާމާގެއެވެކިޔާ ގޯތި ނަފީސާ ޢަބްދުލް ކަރީމަށް ލިބޭގޮތަށް
މައްސަލަ ނިންމަވާފައިވާތީ އެކަމާއިމެދު ހިތްހަމަނުޖެހޭކަމަށްބުނެ ނަފީސާ ޢަބްދުލް ކަރީމް ކޮށްފައިވާ
ޝަކުވާއެއްކަން ނަފީސާ ޢަބްދުލް ކަރީމުގެ އިސްތިއުނާފް ނުކުތާތަކަށް ބެލުމުން އެނގެން އޮތުމުން
މައްސަލަތައް އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުން ހައިކޯޓުގެ ޤަޟިއްޔާގައި
ބަލަންޖެހޭ ނުކުތާއަކީ ނަފީސާ ޢަބްދުލް ކަރީމުގެ ބައްޕަ ދޮންފަނު ދޭލިޔާގެ/ގުލްއަލާމާގެ މަރުޙޫމް
ޢަބްދުލް ކަރީމް ޒަކަރިއްޔާ ނިޔާވިއިރު އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ބ. ދޮންފަނު ދޭލިޔާގެ
އެވެކިޔާ ބަންޑާރަގޯއްޗާއި ގުލްއަލާމާގެ އެވެކިޔާ ގޯއްޗާއި މިދެގޯތިންކުރެ ދޭލިޔާގެ އެވެކިޔާ ގޯތީގެ ބިން
މުޙައްމަދު ޝަފީޤަށް، ގުލްއަލާމާގެ އެވެކިޔާ ގޯތީގެ ބިން ނަފީސާ ޢަބްދުލް ކަރީމަށް ހަމަޖެހިގެން
ދާގޮތަށް އިސްވެ އިޝާރާތްކުރެވުނު ބ. ދޮންފަނު ކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި ބެހޭބައި
އޮތީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމުގެ ނުކުތާކަން އެނގެއެވެ.
ބ. ދޮންފަނު ދޭލިޔާގެ ގުލްއަލާމާގެ ޢަބްދުލްކަރީމް ޒަކަރިއްޔާ ނިޔާވިއިރު،
އެމަރުޙޫމުގެ ތަރިކައިގެ ގޮތުގައި ހުރި މުދަލެއް އެމަރުޙޫމުގެ ވަރިޘުންގެ މެދުގައި އެޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
،މަރަދޫ9
5
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
443
05
ހ *(
*3
ﷲ ¢ ¢0
4
ހަމައެހެންމެ
ބެއްސެވިގޮތާއިމެދު ހިތްހަމަނުޖެހިގެން ނަފީސާ ޢަބްދުލް ކަރީމުގެ އިސްތިއުނާފް ނުކުތާތަކުގައި
ޝަކުވާއެއް ކޮށްފައި ނުވާތީ، މަރުޙޫމް ޢަބްދުލް ކަރީމް ޒަކަރިއްޔާ ނިޔާވިއިރު، މަރުޙޫމުގެ ތަރިކައިގެ
ގޮތުގައި ހުރި އެއްވެސް މުދަލެއް އެމަރުޙޫމުގެ ވަރިޘުންގެ މަދުގައި ދޮންފަނު ކޯޓުގެ ނަންބަރު
2004/F
--
7
-
C/04 ގެ ޤަޟިއްޔާގައި ބައްސަވާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ،
މައްސަލަތައް އިސްތިއުނާފުކުރުމާއިބެހޭ ޤާނޫނީ އުޞޫލުތަށް ނިޔާކުރާގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގެ ދަށުން ކުރަންޖެހޭ ކަމެއްނޫންކަން އެނގެއެވެ.
ދޮންފަނު ދޭލިޔާގެ އެވެކިޔާ ގޯއްޗަށް 1992/11/24 ގައި
އޮފީހުން ހައްދައްވައި ދެއްވާފައިވާ ނަންބަރު 39 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަށްބަލާއިރު
އެގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި އެގޯތި ދައުލަތުން ޙަވާލުކުރައްވާފައިވާ ފަރާތަކީ ދޭލިޔާގެ ޢަބްދުލް
ކުރީމް ޒަކަރިއްޔާ ކަމާއި މިކަންކަން އެރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނަކަމާއި އަދި
ދޮންފަނު ގުލްއަލާމާގެ އެވެކިޔާ ގޯއްޗަށް 1995/05/16 ގައި ހައްދަވާދެއްވާފައިވާ
ނަންބަރު: 18 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އަށްބަލާއިރު އެގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި އެގޯތި
ދައުލަތުން ޙަވާލުކުރައްވާފައިވާ ފަރާތަކީ ޢަބްދުލް ކަރީމް ޒަކަރިއްޔާ ކަމާއި މިކަންކަން އެރަޖިސްޓްރީއަށް
ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ދޮންފަނު ދޭލިޔާގެ/ގުލްއަލާމާގެ އަލްމަރުޙޫމް ޢަބްދުލް ކަރީމް ޒަކަރިއްޔާ
ނިޔާވިއިރު، އެމަރުޙޫމުގެ ވާރިޖުންގެ ގޮތުގައި ދުނިޔޭގައި ތިބި އިސްވެ އިޝާރާތްކުރެވުނު 05 (ފަސް)
އަންހެންދަރި ނަފީސާ ޢަބްދުލް ކަރީމާއި މިދެމީހުންނަކީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް
ނުވަތަ ގޯއްޗަކުން ބައެއް ލިބި ރަޖިސްޓްރީ ކުރެވިފައިވާ ދެމީހުން ނޫންކަން ކުރީގެ މިނިސްޓްރީ އޮފް
އެޓޯލްސް ޑިވޮލޮޕްމަންޓުން މިކޯޓަށް ފޮނުއްވި އެމިނިސްޓްރީގެ ނަންބަރު E95
/
2008
/
05-84
(2008/07/16) ގެ ސިޓީއިން އެނގެން އޮތުމުން ނަފީސާ ޢަބްދުލް ކަރީމާއި، މުޙައްމަދު ޝަފީޤު
ޢަބްދުލް ކަރީމާއި، މިދެމީހުންނަކީވެސް އެދެމީހުންގެ ބައްޕަ މަރުޙޫމް ޢަބްދުލް ކަރީމް ޒަކަރިއްޔާގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބ. ދޮންފަނު ދޭލިޔާގެ އެވެކިޔާ ބަންޑާރަ ގޯއްޗާއި ގުލްއަލާމާގެ
އެވެކިޔާ ބަންޑާރަ ގޯއްޗާއި މިދެގޯތީގެ ބިމުން ލިބުމުގެ ޙައްޤު ޤާނޫނު ނަންބަރު 1/2002
( ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިގެ
*9
ޑ (0293
4
02 ހ 3
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް ވޭލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
6
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
އުޞޫލުންގެ ލިބިގެން ބަންޑަރ ގޯތީގެ ބިމުން ލިބުމާއި ބެހޭ ޤަވާޢިދު" ގެ ދަށުން ލިބިގެންވާ
ދެމީހުންކަން އެނގެން އޮތުންކަމުގައިވިޔަސް ދޮންފަނު ކޯޓުގެ ނަންބަރު 2004/F
-
7
-
C/04 ގެ
ޤަޟިއްޔާއަށް މައްސަލަ ހުށަހަޅަމުން، މުޙައްމަދު ޝަފީޤް ޢަބްދުލް ކަރީމް 2004/09/23 ދުވަހު،
އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި "ބައްޕަ ވަޞިއްޔަތްކޮށްފައިވާ ފަދައިން އަދި
އަޅުގަނޑުގެ ގޯއްޗެއްވެސް ނެތުމާއިއެކު އަދި މިރަށު ރަޖިސްޓްރީއިންވެސް އަޅުގަނޑު ކެނޑިފައިވާތީ،
ބައްޕަގެ ރަޖިސްޓްރީގައިވާ ދޭލިޔާގެ އަޅުގަނޑަށް ލިބިދެއްވުން އެދެމެވެ." މިފަދައިން ބުނެ މުޙައްމަދު
ޝަފީޤުގެ ބައްޕަގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ދެގޯތިންކުރެ
މުޙައްމަދު ޝަފީޤް ބޭނުންވަނީ "ދޭލިޔާގެ" ކަމަށްބުނެ ހުށަހެޅި ހުށަހެޅުމާއިމެދު ހަމަ އެދުވަހުގެ
ޝަރީޢަތުގެ މަޖިލީހަށް (2004/09/23 ދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް) ނަފީސާ ޢަބްދުލް ކަރީމް
ދީފައިވާ ބަޔާނުގައި "ޝަފީޤް އެހުށަހެޅި ހުށަހެޅުމާއި ބެހޭގޮތުން އަޅުގަނޑުގެ އެއްވެސް އިންކާރެއް
ނެތެވެ." މިގޮތަށް ނަފީސާ ޢަބްދުލް ކަރީމުގެ ޞަރީޙަ ބަހުން ބުނެފައިވުމުން މުޙައްމަދު ޝަފީޤް
ބޭނުންވަނީ އޭނާގެ ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދެގޯތިންކުރެ "ދޭލިޔާގެ" ކަމަށް ކަމަށްބުނެ
މުޙައްމަދު ޝަފީޤް ޢަބްދުލް ކަރީމުގެ އިސްވެ އިޝާރާތްކުރެވުނު ބަޔާނުގައި ހުށަހެޅި ހުށަހެޅުން ނަފީސާ
ޢަބްދުލް ކަރީމް ޤަބޫލުކޮށްފައިވާކަން ނަފީސާޢަބްދުލް ކަރީމުގެ މިވާހަކައިން ރަނގަޅަށް އެނގެން
އޮންނައިރު، އިސްތިއުނާފު މިކުރެވޭ ބ. ދޮންފަނު ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ ނަފީސާ
ޢަބްދުލް ކަރީމުގެ ބައްޕަގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު ގޯތީގެ
ތެރެއިން ބ. ދޮންފަނު "ދޭލިޔާގެ" އެވެކިޔާ ގޯތި ނަފީސާ ޢަބްދުލް ކަރީމުގެ ބައްޕަގެ ފިރިހެންދަރި
މުޙައްމަދު ޝަފީޤް ޢަބްދުލް ކަރީމަށް ހަމަޖައްސަވާފައިވަނީ ނަފީސާ ޢަބްދުލް ކަރީމްގެވެސް ރުހުމާއި
ޤަބޫލު އެކަމަށް އޮވެގެންކަން އެނގެއެވެ.
ބ. ދޮންފަނު ދޭލިޔާގެ/ގުލްއަލާމާގެ އަލްމަރުޙޫމް ޢަބްދުލް ކަރީމް ޒަކަރިއްޔާ
ނިޔާވިއިރު އެމަރުޙޫމުގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައިތިބި އިސްވެ އިޝާރާތްކުރެވުނު 05 (ފަހެއް)
ވާރިޘުންގެ ތެރެއިން އެމަރުޙޫމް ނިޔާވިއިރު އިން އަނބި ޢާއިޝަތު އަލިމަނިކާއި، އެމަރުޙޫމުގެ 03
(ތިނެއް) އަންހެންދަރިންގެ ތެރެއިން ޢާއިޝަތު ޢަބްދުލް ކުރީމާއި ޝަހީމާ ޢަބްދުލް ކަރީމާއި މިތިން
ވާރިޘުންގެ ބަހުން އިސްވެ އިޝާރާތްކުރެވުނު ބ. ދޮންފަނު ކޯޓުގެ ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ގޮތާމެދު އެފަރާތްތަކުން ހިތްހަމަޖެހޭކަން އެނގެން އޮތުމުން މިތިން ވާރިޘުންގެ މުވައްރިޛު އަލްމަރުޙޫމް
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2ކތ ހ 3
މުޙައމްދި
*
ޢަބްދުލް ކަރީމް ޒަކަރިއްޔާ ނިޔާވިއިރު، އެމަރުޙޫމުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އިސްވެ
އިޝާރާތްކުރެވުނު ދެގޯތީގެ ތެރެއިން އެއްވެސް ގޯއްޗެއްގެ ބިމުން ލިބުން އެމީހުން ބޭނުން ނޫންކަން
އެނގެއެވެ.
(ކ) އިސްތިއުނާފު މިކުރެވޭ ބ. ދޮންފަނު ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ނަފީސާ ޢަބްދުލް ކަރީމުގެ ފަރާތުން
އިސްތިއުނާފުކުރި ނުކުތާތަކާއި ބެހޭގޮތުން މިމައްސަލައިގައި ދަޢުވާލިބޭ މީހުންކުރެ
ޝަފީޤްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، ނަފީސާ ޢަބްދުލް
ކަރީމުގެ ނުކުތާތަކުގައި ނަފީސާ ޢަބްދުލް ކަރީމް އެދިފައިވާ ކަންކަން މުޙައްމަދު ޝަފީޤުގެ ފަރާތުން
ޤަބޫލުކޮށްފައި ނުވާކަން އެނގެއެވެ.
(އ) އިސްތިއުނާފުމިކުރެވޭ ދޮންފަނު ކޯޓުގެ ނަންބަރު 2004/F-7-C/04 ގެ
ޤަޟިއްޔާ އެކޯޓުން ނިންމެވިއިރު، ނަފީސާ ޢަބްދުލް ކަރީމުގެ ބައްޕަ މަރުޙޫމް ޢަބްދުލް ކަރީމް
ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެގޯތީގެ ތެރެއިން، ނަފީސާ ޢަބްދުލް ކަރީމަށް
އެޤަޟިއްޔާގެ ދަށުން ހަމަޖައްސާފައިވަނީ ބ. ދޮންފަނު "ގުލްއަލާމާގެ" އެވެކިޔާ ގޯތި އެކަނި
ކަމަށްވާއިރު، މިމައްސަލަ ނިންމެވި ގޮތާއިމެދު ހިތްހަމަނުޖެހޭކަމަށްބުނެ ނަފީސާ ޢަބްދުލް ކަރީމުގެ
ފަރާތުން ފާހަގަކުރި ނުކުތާތަކާއި ގުޅިގެން އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ނަފީސާ ޢަބްދުލް
ކުރީމު ބޭނުންވަނީ އެގޯތީގެ / ކަން އެނގެން އޮތުމުން ނަފީސާ ޢަބްދުލް ކަރީމުގެ މިވާހަކައަކީ
ނަފީސާ ޢަބްދުލް ކަރީމަށް ބުނެވުނު ޤަޟިއްޔާގެ ދަށުން ހަމަޖައްސާފައިވާ
ދޮންފަނު ގުލްއަލާމާގެ
އެވެކިޔާ ގޯއްޗާއިމެދު އެޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށްވުރެ ނަފީސާ ޢަބްދުލް ކަރީމަށް
މަޞްލަހަތު ކުޑަ ވާހަކައެއްކަން އެނގެ އޮތުމުން ނަފީސާ ޢަބްދުލް ކަރީމުގެ މިވާހަކައަކީ ރަނގަޅު
އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކައެއް ނޫންކަމާއި، ބުނެވުނު ޤަޟިއްޔާ ނިންމެވިއިރު،
ބ. ދޮންފަނު ފުލްއަލާމާގެ އެވެކިޔާ ގޯތި އެކަށް އެޤަޟިއްޔާގެ ދަށުން ނަފީސާ ޢަބްދުލް ކަރީމަށް
ހަމަޖައްސަވާފައިވާ ހިނދު، އެގޯތީގެ ބައެއް އޭނާ މިހާރު ބޭނުން ނޫންކަމަށްވާނަމަ އެބޭނުންނުވާ
ބަޔާއިމެދު، ނަފީސާ ޢަބްދުލް ކަރީމް ބޭނުންވާ ގޮތެއް ބަޔާންކޮށް އެކަމާއިމެދު ގޮތެއް ކަންޑައަޅައި
ދިނުމަށްއެދި ކަމާއިބެހޭ ދަށު ކޯޓަށް ނަފީސާ ޢަބްދުލް ކަރީމުގެ ފަރާތުން ހުށަހެޅިދާނެ ކަމާއި މިކަންކަން
އެނގެން އޮންނަކަން ފާހަގަކުރެއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރ ރޭޓް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
8
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*3
04/F--C/2004
ދޮންފަނު
222
4
(ވ) އިސްވެ ބަޔާންކުރެވިދިޔަ ކަންކަން މިބަޔާންކުރެވިދިޔަގޮތުގެ މަތިން ހުރުމާއެކު
ދޮންފަނު ކޯޓުގެ ނަންބަރު
ގެ ޤަޟިއްޔާގައި،
ދޭލިޔާގެ ގުލްއަލާމާގެ
ޢަބްދުލް ކަރީމް ޒަކަރިއްޔާ ނިޔާވިއިރު،
ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ އެރަށު "ދޭލިޔާގެ" އެވެކިޔާ ގޯއްޗާއި، "ގުލްއަލާމާގެ" އެވެކިޔާ ގޯއްޗާއި
މިދެގޯތީގެ ތެރެއިން "ގުލްއަލާމާގެ" އެވެކިޔާ ގޯތީގެ ބިން އެމަރުޙޫމުގެ ވާރިޘުންކުރެ އެމަރުޙޫމުގެ
އަންހެންދަރި ނަފީސާ ޢަބްދުލް ކަރީމަށް "ދޭލިޔާގެ" އެވެކިޔާ ގޯތީގެ ބިން އެމަރުޙޫމުގެ ވާރިޘުންކުރެ
ފިރިހެންދަރި މުޙައްމަދު ޝަފީޤް ޢަބްދުލް ކަރީމަށް ހަމަޖެހިގެން ދާގޮތަށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމާއިބެހޭ ބަޔަށް ބަދަލެއް ނެގެވޭނެ ތަނެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
c4
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
ބަލާއިރު، ބ. ދޮންފަނު ކޯޓްގެ ނަންބަރު 2004/F
-
7
-
C/04 ގެ ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ބ.ދޮންފަނު ދޭލިޔާގެ ނަފީސާ ޢަބްދުލް ކަރީމުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާ ތަކުގެ މައްޗަށް ބަލައިގެން ބ.ދޮންފަނު
ދޭލިޔާގެ ގުލްއަލާމާގެ މަރުޙޫމް ޢަބުދުލް ކަރީމު ޒަކަރިއްޔާ ނިޔާވިއިރު، އެމަރުހޫމުގެ ނަމުގައި
ރަޖިސްޓަރީ ކުރެވިފައިވާ ބ.ދޮންފަނު "ދޭލިޔާގެ"އެވެ.ކިޔާ ބަންޑާރަ ގޯއްޗާއި"ގުލްއަލާމާގެ" އެވެ.
ކިޔާ ބަންޑާރަ ގޯއްޗާއި މިދެގޯތީގެ ތެރެއިން "ގުލްއަލާމާގެ"އެވެ. ކިޔާ ގޯތީގެ ބިން، އެމަރުހޫލް
ނިޔާވިއިރު، ދުނިޔޭގައި ތިބިކަން ސާބިތުވާ އެމަރުޙޫމުގެ 5 ވާރިޘުންގެ ތެރެއިން އެމަރުޙޫމް
އަންހެންދަރި ނަފީސާ ޢަބުދުލް ކަރީމަށް، "ދޭލިޔާގެ" އެވެ.ކިޔާ ގޯތީގެ ބިން އެމަރުޙޫމުގެ
ވާރިޘުންކުރެ ފިރިހެންދަރި މުޙައްމަދު ޝަފީޤަށް ހަމަ ޖެހިގެން ދާގޮތަށް ބ.ދޮންފަނު ކޯޓުގެ
މިބުނެވުނު އެކޯޓުގެ ނަންބަރ 2004/F
-
7
-
C}04ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
9
2007/HC-A/102
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔަށް ބަދަލެއް ގެނެވޭނެތަނެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި
ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނު ހިނދު
އެޤަޟިއްޔާގައި ބ.ދޮންފަނު ދޭލިޔާގެއެވެ.ކިޔާ ގޯތީގެ ބިން މުޙައްމަދު ޝަފީޤަށް،
ގުލްއަލާމާގެއެވެ.ކިޔާ ގޯތީގެ ބިން ނަފީސާ ޢަބުދުލް ކަރީމަށް ހަމަޖެހިގެންދާގޮތަށް ކުރައްވާފައިވާ
ޙުކުމާބެހޭ ބަޔަށް ބަދަލެއް ގެނެވޭނެ ތަނެއް ނެއްކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓްގެ މިޤަޟިއްޔާގައި ބެލެވިފައިވަނީ ބ.ދޮންފަނު ކޯޓު 2004/F
-
7
-
C/04
ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ބ.ދޮންފަނު ދޭލިޔާގެ
ނަފީސާ ޢަބުދުލް ކަރީމުގެ ފަރާތުން ހުށަހެޅި ނުކުތާތައް އެކަންޏެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
(
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޢަބްދު އަ
ޙަމީދު
(ފަނޑިޔާރު)
4
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީލްގެ 3 ނަންބަރ ގޭޓް ވޭލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv