ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/280 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/280
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 280/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
ނަން: މެރިންގިއަރ ކޮމްޕެނީ ޕވޓ.ލީޓޑ
ޑީ ކާޑު ނަންބަރ:
އިސްތިއުނާފު ރައްދުވި ފަރާތް:
ދާއިމީ އެޑްރެސް: އަޙުމަދީ ބާޒާރު، ސެކަންޑްލޭން،2 ނަންބަރު
މިހާރުގެ އެޑްރެސް: އަޙުމަދީ ބާޒާރު، ސެކަންޑްލޭން،2 ނަންބަރު
0
* ނަން: ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑުނަންބަރު:
އެޑްރެސް: ވެލްކަމް ބޭރުމަތި/ ސ.ހިތަދޫ
ރުގެ އެޑްރެސް: ހ.ފިނިމާގެއާގެ/ މާލެ
ރަޖިސްޓްރީކުރެވުން
06 މުޙައްރަމް 1438
ނިމުނު ތާރީޚް: 17 ޝައްވާލް 1434
14 އޯގަސްޓް 2013
01 ޑިސެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2007
)
24
/
Cv
-
C/1207)
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 2007-07-25 * ނިމުނު ތާރީޚް: 14 އޯގަސްޓް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު.ޢަބްދުﷲ ޙަމީދު ފަނޑިޔާރު.ޢަލީ ސަމީރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ.
Cox
ފެހަގަކުރެވުނު ނުކު
OC
401 އިސްތިއުނާފް ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2010/Cv
-
C/24 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި އެކުންފުނީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އުޅަނދުފަހަރުގައި، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ބޮޑުކަންނެއްޔާއި، އަދި މިނޫންވެސް ފަރުމަހުގެ ތެރޭގައި ހިމެނޭ އެހެނިހެން ބާވަތްތަކުގެ ފަރުމަސް، ބާނައިގެން
ގެނެސްދިނުމާއި ބެހޭގޮތުން، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 15 ޖުލައި 2001 ވަނަ ދުވަހުގައި ވެވިފައިވާ އެއްބަސްވުމުގެދަށުން، އިސްވެ ބުނެވުނު
މަސައްކަތްތައް ކުރުމަށްޓަކައި ދޯނިފަހަރު ތައްޔާރުކުރުމަށާއި، އަދި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އަންގައިގެން އެކުންފުނި ޒިންމާވާގޮތަށް، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ލައްވާ ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ކުރުވި އިތުރު މަސައްކަތްތަކާއި ކަންތައްތަކަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ޚަރަދުކޮށްފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ނުލިބިވާ 3,012,650
/
53ރ. (ތިންމިލިއަން
ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ | ފަންސާސް ތިންލާރި) ދެއްކުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގައި އެކިފަހަރުމަތިން ތަކުރާރުކޮށް އެދުމުންވެސް އެފައިސާ ނުދީ ގިނަ އަހަރުތަކެއް ފާއިތުވެފައިވާތީ،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދުވަހުން ދުވަހަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށްބުނެ،
އިސްވެބުނެވުނު 3,012,650
/
53ރ. (ތިންމިލިއަން ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ | ފަންސާސް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލާރި) އެކީ އެއްފަހަރާ ހޯދުމަށްއެދި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ލިމިޓެޑުގެ މައްޗަށް މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، 3,012,650
/
53ރ. (ތިންމިލިއަން ބާރަހާސް
ހަސަތޭކަ ފަންސާސް ރުފިޔާ ( ފަންސާސް ތިން ލާރި) ހޯދުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރު،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު
15 ޖުލައި 2001 ވަނަ ދުވަހު މަސައްކަތުގެ އެގްރިމެންޓެއް ހަދާފައިވާކަން މިމައްސަލައިގައި ހުށަހަޅާފައިވާ
ލިޔުންތަކުން ޝަރީޢަތަށް އެނގެންއޮތްހިނދު، މިއެއްބަސްވުމުގައިވާ މަޤްޞަދުތައް ފުރިހަމަ ކުރުމަށްޓަކައި
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ބައެއް މަސައްކަތްތައް ކުރުމަށް ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި އެދުމުން އެމަސައްކަތްތައް އެކުންފުނިން
ކޮށްފައިވާކަމަށްބުނެ، އެމަސައްކަތްތައް ކުރުމަށް ހިނގި ޚަރަދުކަމުގައިވާ އެކުޖުމްލަ 3,012,650
/
53ރ.
ތިންމިލިއަން ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ | ފަންސާސް ތިން ލާރި) އަކީ ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ހިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމުގައި ބުނިނަމަވެސް،
އެފައިސާގެ ތެރޭގައި ހިމަނާފައިވާ ޖުމްލަ 1,867,637
/
04ރ. (އެއްމިލިއަން އަށްސަތޭކަ
ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ތިރީސްހަތް ރުފިޔާ / ހަތަރުލާރި) އަކީ ވެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ އޮފީހެއް މާލޭގައާއި އައްޑޫއަތޮޅުގައި ޤާއިމްކުރުމަށް ސްޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެދުމުން
އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށާއި، އެދެއޮފީހަށް ހިނގާފައިވާ ޚަރަދުކަމުގައިވާއިރު، އެފައިސާ
ދިނުމާމެދު ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކުރާހިނދު، އެދެއޮފީސް މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ޤާއިމުކުރުމުގެ މަޤްޞަދަކީ އެކުންފުންޏަށް ފަސޭހަވުންކަމުގައި މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން މައްސަލައިގައި ހުށަހަޅާފައިވާ ސްޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 08 ނޮވެމްބަރ
2001 ވަނަ ތާރީޚުގެ ސިޓީއިން އެނގެންއޮންނާތީއާއި، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ދެއޮފީސް ޤާއިމުކުރުމުގެ ކުރިން އެއޮފީސްތަކަށް ހިނގާނެ ޚަރަދުތަކާއި، އަދި އެޚަރަދުތަކަށް ޒިންމާޑާޑީ
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންކަން މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
¢ ¢ 3 2+
20jj/HC-A/220
ޤަޟިއްޔާ ނިމުނު |
مریم تمنع
އެޚަރަދުތައް ސާބިތުކުރުމަށްޓަކައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ، އެކުންފުނީގެ
އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށް، އެފައިސާ ނަގައިދެވެންނެތްކަމާއި،
އަދި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރު 04
/
02/MGL
(31 ޖުލައި 2002) ގެ އިންވޮއިސްގައިވާ 1,079159ރ. (އެއްހާސް ހަތްދިހަނުވާ ރުފިޔާ ފަންސާސް
ނުވަލާރި) އަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގެ ފޯނުން ކޮށްފައިވާ ކޯލްތަކަށް ދޭންޖެހޭ ފައިސާއެއްކަމުގައި
އެކުންފުނިން ބުނިނަމަވެސް، އެކޯލްތައް ކޮށްފައިވަނީ މުޙައްމަދު ރަޝީދުކަން އަދި މުޙައްމަދު ރަޝީދު
އެކޯލުތައް ކޮށްފައިވަނީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބޭނުމުގައި ނުވަތަ ފަރާތުންކަން މައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތަތީ، މިކޯލްތަކަށް ފައިސާ ދިނުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އިންކާރުކުރާހިނދު، އިސްވެ ބަޔާންކުރެވުނު ކަންކަން ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާއަކީ
ނަގައިދެވޭނެ ފައިސާއެއް ނޫންކަމާއި،
ހަމަމިފަދައިން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި މަޑަވެލީގައި މިނީ
ފެކްޓަރީއެއް ހެދުމަށާއި، އެތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދާއިއެކު އެކުޖްމްލަ 697,999
/
10ރ
(ހަސަތޭކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ | ދިހަލާރި) ޚަރަދުވެފައިވާކަމަށް މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް، މިފައިސާ ދިނުމާމެދު ސްޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކުރާހިނދު، ހަމައެކަނި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގެ މައްޗަށް
ބިނާކޮށް މިފައިސާއަކީވެސް ނަގައިދެވެންނެތް ފައިސާއެއްކަމާއި،
އަދި އައްޑޫއަތޮޅުގައާއި ހުވަދޫއަތޮޅުގައި މަސް ކަލެކްޝަން ސެންޓަރުތަކެއް ހެދުމަށްޓަކައި
އެކުޖުމްލަ 175,042
/
29ރ. (އެއްސަތޭކަ ހަތްދިހަ ފަސްހާސް ސާޅީސް ދެރުފިޔާ ( ނަވާވީސް ލާރި)
ޚަރަދުވެފައިވާކަމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް، މަސް ކަރެކްޝަން
ސެންޓަރުތައް ހަދާފައިވަނީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދޭގޮތަށްކަން މައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތަތީ، މިފައިސާ ދިނުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކުރާހިނދު، ހަމައެކަނި ވެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގެ
އަހަރު
ބިނާކޮށް މިފައިސާއާއި ބުނެވިދިޔަ ފައިސާތަކަކީ ނަގައިދެވެންނެތް ފައިސާއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މީގެއިތުރުން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަންގައިގެން މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުން ގެނެސްފައިވާ މުދަލައްވާ އެކުޖުމްލަ 270,892
/
51ރ. (ދުއިސައްތަ
ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ | ފަންސާސް އެއްލާރި) އަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މައްސަލައިގައި ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމުގެ ގޮތުން މިއަދު 28 ޖޫން 2011 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި
ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް މިފައިސާ އެމުއްދަތުގެ ތެރޭގައި
ދައްކައި ޚަލާޞްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި އަންގައި
ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
004
އާއަށް
cccx
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/24
ޤަޟިއްޔާގެ ޙުކުމް ކުރެއްވުމާއި ގުޅިގެން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން -/
270،892.51ރ.
(ދެލައްކަ ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ، ފަންސާސް އެއްލާރި) އަކީ، ދަޢުވާލިބޭ ފަރާތުން
ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއް ކަމަށް ޝަރީޢަތުން ކަނޑައެޅުއްވިއިރު، ދަޢުވާގައި އެދިފައިވާ
އެހެނިހެން ފައިސާ ސާބިތުކުރުމުގައި، ޝަރީޢަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތައް ޝަރީޢަތުން ބަލައި
ވަޒަންކުރުމުގައި ތަފާތުކުރެވިފައިވުމުގެ ސަބަބުން، މައްސަލައިގައި އިންސާފު ޤާއިމުކޮށްދެވިފައިނުވުން
ބުނެ ހުށަހަޅާފައިވާ
* ދެވަނަ ނުކުތާއަކީ: ދަޢުވާ ކުރާފަރާތުން އެދިފައިވާ ފައިސާގެ ތެރޭގައި ހިމަނާފައިވާ
1,867،637.04ރ (އެއްމިލިއަން އަށްލައްކަ ފަސްދޮޅަސްހަތްހާސް ހަސަތޭކަތިރީސްހަތް ރުފިޔާ ހަތަރު
ލާރި) ދިނުމާއި މެދު ދަޢުވާ ލިބޭފަރާތުން އިންކާރު ކުރާހިނދު، އެ ޚަރަދުތައް ސާބިތުކުރުމަށްޓަކައި މަޢްލޫ ހައި
ކުރާފަރާތުން ހުށަހަޅާފައިވާ އެކުންފުނީގެ އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށް އެފައިސާ ނަގައި
އއ20 •
.
2 6
eކއވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
624
ނެތްކަމަށް ކަނޑައެޅުއްވިއިރު، އެފައިސާ ދޭނެކަމަށްބުނެ 26 ޑިސެމްބަރ 2012 ގައި ދަޢުވާ ލިބޭ ފަރާތުން
ފޮނުވާފައިވާ ސިޓީގެ މައްޗަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ޑެވެލީގައި މިނީ ފެކްޓްރީއެއް ހެދުމަށާއި އެތަނުގައި
މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދާއިއެކު 697,999.10ރ (ހަލައްކަ ނުވަދިހަހަތް ހާސް ނުވަސަތޭކަ
ނުވަދިހަ ނުވަރުފިޔާ ދިހަލާރި) ޚަރަދުވެފައިވާ ކަމަށް ދަޢުވާ ކުރިފަރާތުން ބުނިނަމަވެސް މިފައިސާ
ދިނުމާއިމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ކުރާހިނދު ހަމައެކަނި ދަޢުވާ ކުރާފަރާތުގެ އިންވޮއިސްތަކުގެ
މައްޗަށް ބިނާކޮށް މި ފައިސާއަކީ ނަގައިދެވެން ނެތް ފައިސާއެއްކަމަށް ކަނޑައެޅުއްވިއިރު އެފަސާ ދޭނެ
ކަމަށްބުނެ 30 އޭޕްރިލް 2002 ގައި ދަޢުވާ ލިބޭ ފަރާތުން ފޮނުވާފައިވާ ސިޓީގެ މައްޗަށް ރިޢާޔަތް
ކުރައްވާފައިނުވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ހަތަރުވަނަ ނުކުތާއަކީ: މަސް ކަލެކްޝަން ސެންޓަރު ތަކެއް .ދުމަށްޓަކައި
175,042.29ރ (އެއްލައްކަ ހަތްދިހަފަސް ހާސް ސާޅިސް ދެރުފިޔާ އޮނަތިރީސް ލާރި) ޚަރަދުވެފައި
ވާކަމަށް ބުނިނަމަވެސް އެކަންތައްތަކަށް ޚަރަދު ކޮށްފައިވަނީ ދަޢުވާ ލިބޭފަރާތުން ފައިސާ ދޭ ގޮތައްކަން
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތަތީ މިފައިސާ ދިނުމަށް ދަޢުވާ ލިބޭ ފަރާތުން
އިންކާރުކުރާތީ ހަމައެކަނި ދަޢުވާ ކުރާ ފަރާތުގެ އިންވޮއިސް ތަކުގެ މައްޗަށް ބިނާކޮށް މިފައިސާއަކީ
ނަގައިދެވެން ނެތް ފައިސާ އެއްކަމަށް ކަނޑައެޅުއްވިއިރު އެފައިސާ ދޭނެކަމަށް ބުނެ 4 މާރޗް 2003 ގައި
ދަޢުވާ ލިބޭފަރާތުން ފޮނުވާފައިވާ ސިޓީގެ މައްޗަށް ރިޢާޔަތް ކުރައްވާފައި ނުވުން ކަމަށްބުނެ ހުށަހަޅާފައިވާ
ހ
ކއވެ
ފަސްވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތް ފެށުމާ އަދި ނިމުމާއި
ހަމައަށް ދެފަރާތުގެ މެދުގައި ބަދަލުއުކުރެވިފައިވާ ސިޓީ ތަކުގައި ދަޢުވާލިބޭ ފަރާތުން އެކުންފުނީގެ މެނޭޖިން
ޑިރެކްޓަރ މުޙައްމަދު ރަޝީދު ސޮއިކޮށް ސިޓީތައް ފޮނުވާފައިވާކަން އެނގެން އޮތުމާއި ދެފަރާތުގެ މެދުގައި
ބަދަލުކޮށްފައިވާ ސިޓީތައް ދަޢުވާ ލިބޭފަރާތުން އިންކާރު ކޮށްފައި ނުވާއިރު ދެފަރާތުގެ މެދުގައި އީޖާބާއި
ޤަބުލު ހިނގައި ނިމިފައިވާ މުޢާމަލާތްތަކަށް ފަހުން އިންކާރު ނުކުރެވޭނެ ކަމަށް ވީހިނދު، އެކަމުގެ މައްޗަށް
→→ޑ 4ޑ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތުން ބައްލަވާފައި ނުވުމުން މައްސަލައިގައި އިންސާފު ޤާއިމް ކޮށްދެވިފައިނުވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: ދަޢުވާ ކުރާފަރާތުން ހުށަހަޅާފައިފައިވާ ކިތާބީ ހެކިތައް ޝަރީޢަތުން
ބަލައި ވަޒަން ކުރުމުގައި އެކަމެއް ހިނގާފައިވާ ގޮތަށާއި ޤާނޫނީ ހަމަ ތަކާއި ކޮންޓްރެކްޓް ގެ އުސޫލުތަކާއި
އަދި ޝަރުޢީ އުސޫލުތަކުގެ މައްޗަށް ރިޢާޔަތް ނުކޮށް ނިންމޭ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ މިން
ގަނޑުން ބައްލަވަން ވާވަރަށް ނުބައްލަވާ ނިންމަވާފައިވާ ނިންމެވުމެއްކަމަށް ވާތީ، މީ އެކަމުގެ ސަބަބުން
ޞައްޙަ ގޮތުގައި ބެލެވިފައިވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅަންޖެހޭ ޤާނޫނީ ނުކުތާއެއް
ތާއެއް ކަމަށް
ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ: ދަޢުވާ ލިބޭ ފަރާތުން ދައްކާފައިވާ ވާހަކަ ތަކުގެ މައްޗަށް އެކަނި
ބަރޯސާކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* އަށްވަނަ ނުކުތާއަކީ: ކިތާބީ ހެކިތަކުގެ މައްޗަށް ބިނާކޮށް ދަޢުވާގައި އެދިފައިވާ ފައިސާގެ
ތެރެއިން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައެޅުއްވި އިރު ދަޢުވާގައި އެދިފައިވާ ފައިސާގެ އެހެން
ބައިތަކަށް ކިތާބީ ހެކިތައް ލިބިފައި ހުރިއިރުވެސް އެކަން ޝަރީޢަތަށް ސާބިތުނުވާކަމަށް
އެންވާކަމަށް ކަނޑައެޅުން
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތަe
ބައއ
04- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅޭގޮތުން ފެންނަންހުރި އެންމެހައި ލިޔެކިޔުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
4.1 ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި
ހުށަހެޅިފައިވާ ލިޔުންތަކުން -/
270,892.51ރ. (ދެލައްކަ ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ
ދެރުފިޔާ، ފަންސާސް އެއްލާރި) އަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްގެ ކުރި އަށް
ޝަރީޢަތުން ކަނޑައެޅުއްވިއިރު، ދަޢުވާގައި އެދިފައިވާ އެހެން ފައިސާ ސާބިތުކުރުމުގައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅިފައިވާ ކިތާބީ ހެކިތައް ޝަރީޢަތުން ބަލައި ވަޒަންކުރުމުގައި ތަފާތުކުރެވިފައިވުމުގެ ސަބަބުން،
މައްސަލައިގައި އިންސާފު ޤާއިމުކޮށްދެވިފައިނުވާކަމަށްބުނެ އިސްތިއުނާފް މައިގަނޑު ނުކުތާއެއްގެ ގޮތުގައި
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެކަން ފާހަގަކޮށްފައިވާތީ، ސިވިލް ކޯޓުގެ
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެރިޕޯޓުގައި ހިމެނިފައިވާ އެންމެހައި ލިޔުންތަކަށް ބެލުމުން،
މިދެކުންފުނީގެ ދެމެދު 15 ޖުލައި 2001 ވަނަ ދުވަހު ވެވިފައިވާ އެގްރިމެންޓުގެ ދަށުން މެރިން ގިއަރ އިން
ދަޢުވާ ކޮށްފައިވަނީ އެ ކުންފުނީން ކޮށްފައިވާ ޚަރަދު ކަމުގައިވާ އެކު ޖުމްލަ 3,012,650
/
53ރ.
(ތިންމިލިއަން ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ | ފަންސާސް ތިން ލާރި) ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ހޯދުމަށްކަމާއި، އެފައިސާގެ ތެރެއިން އެޤަޟިއްޔާގައި ޝަރީޢަތުން ނަންގަވައި ދެއްވާފައިވަނީ
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަންގައިގެން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން
ބޭރުން ގެނެސްފައިވާ މުދަލައްވާ އެކު ޖުމްލަ 270,892
/
51ރ. (ދުއިސައްތަ ހަތްދިހަހާސް އަށްސަތޭކަ
ނުވަދިހަ ދެރުފިޔާ | ފަންސާސް އެއްލާރި) އެކަނިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަމާއި، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްތިއުނާފް ބިނާކޮށްފައިވަނީ އެ
ކުންފުނީން ކުރި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އެޤަޟިއްޔާގައި ނަންގަވައި ނުދެއްވި
ފައިސާތަކަކީ ވެސް އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ސިވިލްކޯޓުގައި ސާބިތުކޮށްދީފައިވާކަމަށްބުނެ އެކަމުގެ މައްޗަށްކަން އެނގެން އޮންނަކަމެވެ.
4.2 ދެވަނަ ކަމަކީ، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް
ކޯޓުގައި ކޮށްފައިވާ ދަޢުވާގައި ހިމަނާފައިވާ 1,867,637
/
04ރ. (އެއްމިލިއަން އަށްސަތޭކަ ފަސްދޮޅަސް
ހަތްހާސް ހަސަތޭކަ ތިރީސްހަތް ރުފިޔާ ހަތަރުލާރި) އަކީ އެ ކުންފުނީގެ އޮފީހެއް މާލޭގަ އާއި އައްޑޫއަތޮޅުގައި
ޤާއިމްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެދުމުން އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށާއި،
އެ ދެ އޮފީހަށް ހިނގާފައިވާ ޚަރަދުކަމުގައިވާއިރު، އެފައިސާ ދިނުމާމެދު ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކުރާހިނދު، އެ ދެ އޮފީސް މެރިންގިއަރ އިން ޤާއިމުކުރުމުގެ މަޤްޞަދަކީ އެ ކުންފުންޏަށް
ފަސޭހަވުންކަމުގައި މައްސަލައިގައި ހުށަހަޅާފައިވާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
08 ނޮވެމްބަރ 2001 ވަނަ ތާރީޚުގެ ސިޓީއިން އެނގެން އޮންނާތީއާއި، އެ ކުންފުނީން އެ ދެ
ޤާއިމުކުރުމުގެ ކުރިން އެ އޮފީސްތަކަށް ހިނގާނެ ޚަރަދުތަކާއި، އަދި އެޚަރަދުތަކަށް ޒިންމާވާނީ
OCX
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންކަން މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތްއިރު، އެ ޚަރަދުތައް
ސާބިތުކުރުމަށްޓަކައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ، އެ ކުންފުނީގެ
އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށް، އެފައިސާ ނަގައިދެވެންނެތްކަމަށް އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ
ޤަޟިއްޔާ ގައި ނިންމަވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޙަވާލާ ދެއްވާފައިވާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ސިޓީއިން، މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ އޮފީހެއް އައްޑު އަތޮޅުގައި ޤާއިމް ކުރުމަށް އެސިޓީގައި މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދިފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، އިސްތިއުނާފުކުރާ މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޙަވާލާ ދީފައިވާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ
26 ޑިސެމްބަރ 2002 ގެ ތާރީޚުގެ ސިޓީގައި، މިކުންފުނީން އަންގައިގެން، މާލޭގައާއި، އައްޑުއަތޮޅުގައި
އޮފީސް ޤާއިމްކޮށްގެން ހިގަމުންދާ އެންމެހައި ޚަރަދުތައް (މާވެއާއި، އައްޑޫ އޮފީހުގެ ކުއްޔާއި، ކަރަންޓް
ބިލުތަކާއި، ފެންބިލްތަކާއި، ފޯނުބިލްތަކާއި، މާލޭ އޮފީހުގެ އެކައުންޓެންޓާއި، އޮފީސްމެނޭޖަރާއި، ސަޕްލައި
ސެކްރެޓަރީއާއި، އެޑްމިނިސްޓްރޭޝަން މެނޭޖަރާއި، އޮޕަރޭޝަން މެނޭޖަރާއި، އޮފީސް ބޯޢީއާއި، އައްޑޫ
އެންމެހާ މުވައްޒަފުންގެ މުސާރައާއި، މިކަމާގުޅިގެން ހިނގާ އެންމެހާ ޚަރަދުތައް) މަސްގަތުމުގެ
މަސައްކަތް ފެއްޓުމާއެކު ބިލް ފޮނުވުމުން އެޚަރަދުތަކުގެ ފައިސާތައް މިކުންފުނީން ދޭނަމެވެ." މިފަދައިން
ބަޔާންކޮށް، އެސިޓީގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް، ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން
އެނގެން އޮންނާތީ، ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ 1,867,637
/
04ރ. (އެއްމިލިއަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް
ހަސަތޭކަ ތިރީސްހަތް ރުފިޔާ | ހަތަރުލާރި) މެރިންގިއަރ ކޮމްޕެނީން ޚަރަދު ކޮށްފައިވަނީ އެފައިސާ ދޭނެކަމަށް
ސްޓެޕް ކޮމްޕެނީން ބުނެ އެކަން އެގޮތަށް ކުރުމަށް އެ ކުންފުނީން އެދިފައިވުމުންކަން ސާފުކޮށް އެނގެން
އޮންނަކަމަށްޓަކައި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި ހަމައެކަނި ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ 08 ނޮވެމްބަރ 2001 ވަނަ ތާރީޚުގެ ސިޓީއާއި ޙަވާލާ ދެއްވާ، އެފައިސާ މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނަންގަވައި ނުދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަކީ ޝަރުމީ އޭދި
އުޞޫލުތަކާއި އެއްގޮތް ނިންމުމެއް ނޫންކަން އެނގޭކަމެވެ.
#
COX
COX
OXOC
ce
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24/Cv-C/2010
43- ތިންވަނަ ކަމަކީ: މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި މަޑަވެލީގައި
މިނީ ފެކްޓަރީއެއް ހެދުމަށާއި، އެތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދާއިއެކު އެކުޖުމްލަ
697,999
/
10ރ (ހަސަތޭކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ދިހަލާރި) ޚަރަދުވެފައިވާކަމަށް
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް، މިފައިސާ ދިނުމާމެދު ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އިންކާރުކުރާހިނދު، ހަމައެކަނި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގެ
މައްޗަށް ބިނާކޮށް މިފައިސާއަކީވެސް ނަގައިދެވެން ނެތް ފައިސާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ގައި
ނިންމަވާފައިވާއިރު، އެފައިސާ ދިނުމަށް އެއްބަސްވެ
30 އޭޕްރީލް 2002 ގައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށް
ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން އެ ސިޓީގައިވާ ޢިބާރާތަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، އެ ސިޓީއަކީ
މެރިންއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އަލްފާޟިލް
ޒުހައިރު މުޙައްމަދަށް އެޑްރެސްކޮށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވާފައިވާ
ސިޓީއެއްކަމާއި، އެސިޓީގެ ފަހު ޕެރެގްރާފްގައި، "އަދި ދަންނަވަމެވެ. ތިޔަކުންފުނީގެ ޚަރަދުގައި، މަޑަވެލީގައި
މިނީ ފެކްޓްރީއެއް ހެދުމަށް މިކުންފުނީން ދޭލަފާގެމަތިން، ކަންތައްކޮށްގެން ތިޔަބޭފުޅުންގެ އަތުން ހިނގާ
އެންމެހައި ޚަރަދުތަކުގެ ފައިސާ، މިކުންފުނީން ދޭނަމެވެ. އަދި ތިޔަކުންފުނީގެ ޚަރަދުގައި މަޑަވެލީގައި ހަދާ
މިނީ ފެކްޓްރީއަށް މެޝިންތައް ހޯދާނޭގޮތަކާމެދު ތިޔަބޭފުޅުން ވިސްނާކަށް ނުޖެހޭނެއެވެ. އެފެކްޓްރީއަށް ބޭނުންވާ
އެންމެހައި މެޝިނަރީސްތައް ސްޓެޕް ކުންފުނީން ހޯދައި ދޭނަމެވެ." މިފަދައިން ބަޔާންކޮށް، އެސިޓީގައި ސްޓެޕް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް، ކުންފުނީގެ ތައްގަނޑު ޖަހާފައިވުމުން އެ
ސިޓީއިން އެވަނީ އެ ޚަރަދުތަކާ އެ ކުންފުނި ޒިންމާވުމަށް އެއްބަސްވެފައިކަން އެނގެން އޮންނައިރު، ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި ޙަވާލާ ދެއްވާފައިވާ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ބިލްތަކަކީ އެސިޓީއަށްވުރެ ފަހުގެ ތާރީޚްތަކެއްގެ ބިލްތަކެއްކަމާއި، އެބިލްތަކުގައި ކޮށްފައިވާ ޚަރަދު
ތަކުގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ކަން ޙަވާލާ ދެވިފައިވާ ސްޓެޕް
ކޮމްޕެނީގެ ސިޓީގައިވާ ޢިބާރާތުން ސާފުކޮށް އެނގެން އޮންނަކަމަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/24 ޤަޟިއްޔާގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ކުޅި ދަޢުމާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި މަޑަވެލީގައި މިނީ ފެކްޓަރީއެއް ހެދުމަށާއި، އެތަނުގައި
މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދާއިއެކު އެކުޖުމްލަ 697,999
/
10ރ (ހަސަތޭކަ ނުވަދިހަ ހަތްހާސް
ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ދިހަލާރި) ޚަރަދުވެފައިވާކަމަށްބުނެ އެފައިސާ ހޯދުމަށް އެދިފައިވާއިރު، އެފައިސާ
ނަގައިދެވެން ނެތްކަމަށް ބިނާކުރެއްވި އަސާސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނޫންކަން
އެނގޭކަމެވެ.
4.4
OCO
ހަތަރުވަނަ ކަމަކީ:
އައްޑޫއަތޮޅުގައާއި ހުވަދޫއަތޮޅުގައި މަސް ކަލެކްޝަން
ސެންޓަރުތަކެއް ހެދުމަށްޓަކައި އެކުޖުމްލަ 175,042
/
29ރ. (އެއްސަތޭކަ ހަތްދިހަ ފަސްހާސް ސާޅީސް
ދެރުފިޔާ | ނަވާވީސް ލާރި) ޚަރަދުވެފައިވާކަމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް،
މަސް ކަލެކްޝަން ސެންޓަރުތައް ހަދާފައިވަނީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދޭގޮތަށްކަން
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތަތީ، މިފައިސާ ދިނުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އިންކާރުކުރާހިނދު، ހަމައެކަނި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އިންވޮއިސްތަކުގެ
މައްޗަށް ބިނާކޮށް މިފައިސާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24
ޤަޟިއްޔާގައި ނިންމަވާފައިވާއިރު، އެފައިސާ ދޭނެކަމަށްބުނެ 04 މާރޗް 2003 ގައި ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީއަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށް މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފް ނުކުތާއާއި ގުޅިގެން، ޙަވާލާ ދީފައިވާ
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިޓީއަށް ބެލުމުން، އެ ސިޓީއަކީ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަބޫބަކުރު ޙަނީފަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްކަމާއި،
އެސިޓީގައި، "ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓުގެ 4 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތާއި
ޚިލާފަށް، މަސްގަންނަ ބޭރުޕާރޓީ ބޭނުންވަނީ މަސްދިރުވައިގެން ގެނައުން ކަމަށްވުމާ
ކަމަށްވުމާއެކު، މަސްދިރުވައިގެން
ފެކްޓްރީއާއި ހަމައަށް ގެނެވޭނީ، ހުވަދުއަތޮޅާއި، އައްޑުއަތޮޅުގެ ރަށްރަށުގައި ކޮށިތައްހަދައި، އެކޮށިތަކުގައި
މަސްދިރުވާފައި ބެހެއްޓުމުންކަމަށްވާތީ، މަސްގަންނަން ފެއްޓުމުގެ ކުރިން، މިދެންނެވިފަދައިން ހުވަދުއަތޮޅާއި
އައްޑުއަތޮޅުގައި ކޮށިތައް އެޅުމަށް ދެންނެވީމެވެ."
މިއީ، ދެފަރާތުން ކުރިން އެއްބަސްވި ގޮތާއި ޚިލާފަށް ކުރަންޖެހޭ ކަމަކަށްވާތީ،
ތިޔަކުންފުނިން ހިނގާ ހުރިހާ ޚަރަދެއްގެ ފައިސާ މިކުންފުނީން ދޭނަމެވެ." މިފަދައިން ބަޔާންކޮށް މެރި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން
ފާހަގަކުރެވޭއިރު، އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކުރާ ޚަރަދުތަކުގެ ޒިންމާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އުފުލުމަށް އެއްބަސްވެފައިވާކަން އެނގެން
އޮންނައިރު، އެފައިސާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި
ނިންމަވާފައިވާ ނިންމެވުމަކީ ވެސް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ނިންމުމެއް ނޫންކަން
އެނގޭކަމެވެ.
4.5 ފަސްވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/24 ޤަޟިއްޔާގައި
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވަނީ ޖުމްލަ
3,012,650
/
53ރ. (ތިންމިލިއަށް ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ | ފަންސާސް ތިން ލާރި) ކަމާއި،
އެއީގެ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހެއް މާލޭގައާއި އައްޑޫއަތޮޅުގައި
ޤާއިމްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެދުމުން އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށާއި،
އެ ދެ އޮފީހަށް ހިނގާފައިވާ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 1,867,637
/
04ރ. (އެއްމިލިއަން
އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ތިރީސްހަތް ރުފިޔާ / ހަތަރުލާރި) އާއި،
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގެ ފޯނުން ކޮށްފައިވާ ކޯލްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި
ހޯދުމަށް ދަޢުވާކޮށްފައިވާ 1,079
/
59 ރ. (އެއްހާސް ހަތްދިހަނުވަ ރުފިޔާ ފަންސާސް ނުވަލާރި) އާއި،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި މަޑަވެލީގައި ދިނީ ފެކްޓަރީއެއް
ހެދުމަށާއި، އެތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ
697,999
/
10ރ (ހަސަތޭކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ | ދިހަލާރި) އާއި،
އަދި އައްޑޫއަތޮޅުގައާއި ހުވަދޫއަތޮޅުގައި މަސް ކަލެކްޝަން ސެންޓަރުތަކެއް
ހެދުމަށްޓަކައި
ޚަރަދުވިކަމަށް ބުނާ 175,042
/
29ރ. (އެއްސަތޭކަ ހަތްދިހަ ފަސްހާސް ސާޅީސް ދެރުފިޔާ | ނަވާވީސް ލާރި)
އާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މީގެ އިތުރުން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަންގައިގެން މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުން ގެނެސްފައިވާ މުދަލަށްވާ 270,892
/
51ރ. (ދުއިސައްތަ
ހަތްދިހަހާސް
ދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ / ފަންސާސް އެއްލާރި) ކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/24 ޤަޟިއްޔާ ބައްލަވާ އެ ކޯޓުން ކުރައްވާފައިވާ
ޙުކުމުގައި ނަންގަވައި ދެއްވާފައިވަނީ އެންމެ ފަހުން މިބަޔާންކުރެވުނު ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އަންގައިގެން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުން ގެނެސްފައިވާ މުދަލަށްވާ
270,892
/
51ރ. (ދުއިސައްތަ ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ | ފަންސާސް އެއްލާރި) ކަން
އެނގެން އޮންނައިރު، އެޤަޟިއްޔާގައި ޝަރީޢަތުން ނަންގަވައި ދެއްވާފައިނުވާ ޢަދަދުތަކުގެ މައްޗަށް ބިނާކޮށް
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައިވާ އިސްތިއުނާފް ބިނާކޮށްފައިވަނީ، ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި ޝަރީޢަތުން ނަންގަވައި ދެއްވާފައިނުވާ ޢަދަދުތަކުގެ
ތެރެއިން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގެ ފޯނުން ކޮށްފައިވާ ކޯލްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި
ހޯދުމަށް ދަޢުވާކޮށްފައިވާ 1,079
/
59ރ. (އެއްހާސް ހަތްދިހަނުވަ ރުފިޔާ ފަންސާސް ނުވަލާރި) ހިމެނިގެން
ނުވާގޮތަށް ބާކީ އަނެއް ތިން ޢަދަދުގެ މައްޗަށްކަމާއި، އެ ތިން ޢަދަދާއި ބެހޭގޮތުން މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިޓީތަކުގައި އެފައިސާ ދިނުމަށް
އެއްބަސްވެފައިވާކަން އެނގެން އޮންނާތީ، އެކަމާގުޅޭގޮތުން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރިމަތިކުރުމުން، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ އިސްތިއުނާފް
ނުކުތާތަކުގައި ޙަވާލާ ދީފައިވާ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިޓީތަކަކީ އެކުންފުނީގެ އިސްވެރިންނަށް
ނޭގި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމިއްލައަށް ފޮނުވާފައިވާ ސިޓީތަކެއް ކަމަށާއި، އެ ސިޓީ ތަކުގައި އެ
ކުންފުނިން ނެގުމަށް ނިންމާފައިވާ ޒިންމާތަކަކީވެސް މެނޭޖިންގ ޑިރެކްޓަރ ގެ އަމިއްލަ ހައިސިއްޔަތުން
ނިންމާފައިވާ ނިންމުންތަކެއްކަމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ، އެ ސިޓީތަކުން
ބަރީއަވުމަށް ދައްކާފައިވާ ވާހަކައަކީ ޤާނޫނީގޮތުން ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ކަމަށް ނުވާތީ، އެ
ސިޓީތަކުގެ މައްޗަށް ބިނާކޮށް، އެކަންކަމާއި ބެހޭގޮތުން ހައިކޯޓުގެ މިޤަޟިއްޔާ ބައްލަވާ ފަނޑިޔާރުންނަށް
ފެންނަގޮތް މިރިޕޯޓުގެ 4.2، 4.3، އަދި 4.4 ގައި ބަޔާންކުރެވިފައި އެވަނީކަމާއި، އެހެންކަމުން
0) 0 7 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އދ2
377އއި
ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އަންގައިގެން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުން ގެނެސްފައިވާ
މުދަލަށްވާ އެކުޖުމްލަ 270,892
/
51 ރ. (ދުއިސައްތަ ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ |
ފަންސާސް އެއްލާރި) އަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދޭންޖެހޭ ފައިސާއެއްކަން މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގެ އިތުރުން، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހެއް
އައްޑޫއަތޮޅުގައި ޤާއިމްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެދުމުން އެ ކުންފުނިން
ކޮށްފައިވާ މަސައްކަތްތަކަށާއި، އެ ދެ އޮފީހަށް ހިނގާފައިވާ ޚަރަދުގެ ގޮތުގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ 1,867,637
/
04ރ. (އެއްމިލިއަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް
ހަސަތޭކަ ތިރީސްހަތް ރުފިޔާ | ހަތަރުލާރި) އާއި، މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި
މަޑަވެލީގައި މިނީ ފެކްޓަރީއެއް ހެދުމަށާއި، އެތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި
ހޯދުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކޮށްފައިވާ 697,999
/
10ރ (ހަސަތޭކަ ނުވަދިހަ
ހަތްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ | ދިހަލާރި) އާއި، އައްޑޫއަތޮޅުގައާއި ހުވަދޫއަތޮޅުގައި މަސް
ކަލެކްޝަން ސެންޓަރުތަކެއް ހެދުމަށްޓަކައި ޚަރަދުވެފައިވާކަމަށް ބުނެ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ 175,042
/
29ރ. (އެއްސަތޭކަ ހަތްދިހަ ފަސްހާސް ސާޅީސް ދެރުފިޔާ
ނަވާވީސް ލާރި) އަކީ ވެސް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން އެޤަޟިއްޔާގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާތީ، ސިވިލް ކޯޓުގެ
ނަންބަރު: 2010/Cv-C/24 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް ހައިކޯޓުގެ
މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ucou
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/280
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް
ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު: 2010/Cv
-
C/24 ޤަޟިއްޔާގައި މެރިންގިއަރ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 3,012,650
/
53ރ. (ތިންމިލިއަށް ބާރަހާސް ހަސަތޭކަ ފަންސާސް ރުފިޔާ
ފަންސާސް ތިން ލާރި) ހޯދުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުޅަ ދަޢުވާ ބައްލަވައި
ކުރައްވާފައިވާ ޙުކުމުގައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަންގައިގެން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ރާއްޖެއިން ބޭރުން ގެނެސްފައިވާ މުދަލަށްވާ އެކުޖުމްލަ 270,892
/
51ރ. (ދުއިސައްތަ
ހަތްދިހަހާސް އަށްސަތޭކަ ނުވަދިހަ ދެރުފިޔާ | ފަންސާސް އެއްލާރި) އަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މައްސަލައިގައި ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގެ އިތުރުން، މެރިންގިއަރ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޮފީހެއް މާލޭގައާއި އައްޑޫއަތޮޅުގައި ޤާއިމްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް އިން އެދުމުން އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށާއި، އެ ދެ އޮފީހަށް ހިނގާފައިވާ ޚަރަދުގެ
ގޮތުގައި މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ 1,867,637
/
04 ރ.
(އެއްމިލިއަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ތިރީސްހަތް ރުފިޔާ | ހަތަރުލާރި) އާއި،
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި މަޑަވެލީގައި މިނީ ފެކްޓަރީއެއް ހެދުމަށާއި، އެތަނުގައި
މަސައްކަތްކުރި މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި ހޯދުމަށް މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާ
ކޮށްފައިވާ 697,999
/
10ރ (ހަސަތޭކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ | ދިހަލާރި)
އާއި، އައްޑޫއަތޮޅުގައާއި ހުވަދޫއަތޮޅުގައި މަސް ކަލެކްޝަން ސެންޓަރުތަކެއް ހެދުމަށްޓަކައި ޚަރަދުވެފައިވާކަމަށް
ބުނެ މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ 175,042
/
29ރ. (އެއްސަތޭކަ
ހަތްދިހަ ފަސްހާސް ސާޅީސް ދެރުފިޔާ / ނަވާވީސް ލާރި) އަކީ ވެސް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ
މެރިންގިއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު (14 އޯގަސްޓް acy2013ﷲ ހައިދީ
ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
20jj/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ކޯޓަށް ދައްކަމުންގޮސް އެކުޖުމްލަ -011
571'3ރ.(ތިންމިލިއަން އެގާރަހާސް ފަސްސަތޭކަ ހަތްދިހަ
އެކެއް) ރުފިޔާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/24 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް އެގޮތުގެ މަތިން
ޙުކުމް ކޮށްފީމެވެ.
96 49 8 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv