ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/177 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 177/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
ނަން: އިސްމާޢީލް މޫސާ
އައިޑީ ކާޑު ނަންބަރ: A052076
* ދާއިމީ އެޑްރެސް: ހުޅުމާލެ، ދޮޅަސް
މިހާރުގެ އެޑްރެސް: ހުޅުމާލެ ލޮޓްނަންބަރު 10203
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް މުއްޠަލިބް
އައިޑީ ކާޑު ނަންބަރ: A057274
ދާއިމީ އެޑްރެސް:
ފަންފިނި
މިހާރުގެ އެޑްރެސް: މ. ތޮއިބާ
**
0
ހުށަހެޅުނު ތާރީޚް:
11 ޖޫން 2011
ނިމުނު ތާރީޚް: 27 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1492
• ނިންމެވިކްޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފު
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1492 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުޅުމާލެ، ދޮޅަސްއިސްމާޢީލް
މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިބްރާހީމް މުއްޠަލިބް ހ.ފަންފިނިއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1492 ޤަޟިއްޔާއަކީ، އިބްރާހީމް މުއްޠަލިބުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފަންފިނި އެވެކިޔާ ގޯތީގައިވާ 2 ބުރި ޢިމާރާތް ކުއްޔަށް ހިފާފައިވާ
އިސްމާޢީލް މޫސާ، އިބްރާހީމް މުއްޠަލިބްގެ ހުއްދަ ނެތި ހ. ފަންފިނި އެވެކިޔާ ގޯތީގައިވާ 2 ބުރި ޢިމާރާތް
ތަޅާލާފައިވާތީ، އެ 2 ބުރި ޢިމާރާތް ކުއްޔަށް ދިނުމާގުޅޭގޮތުން މުޙައްމަދު އިސްމާޢީލް އާއެކު ވެފައިވާ
އެއްބަސްވުން
މިހާރު އުވިގެންގޮސްފައިވާކަމަށް ބުނެ،
އެއްބަސްވުން
ބާޠިލުވެއްޖެ
ކަމަށް
ކަނޑައަޅައިދިނުމަށާއި، ޢިމާރާތް ތަޅާލުމުގެ ސަބަބުން އިބްރާހީމް މުއްޠަލިބަށް ލިބިފައިވާ މާލީ ގެއްލުމުގެ
ބަދަލުގެ ގޮތުގައި އެތަނުގައި 2 ބުރި ޢިމާރާތެއް އެޅުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި -/
732,700ރ.
(ހަތްލައްކަ ބައްތިރީސްހާސް ހަތްސަތޭކަރުފިޔާ) ހޯދުމަށް ހުޅުމާލެ، ދޮޅަސް (ހ. ރުއްދޮށުގެ) އިސްމާޢީލް
މޫސާ (ދ.ރ.ކާޑް:A052076) ގެ މައްޗަށް ފަންފިނި (މ. ޠައިބާ) އިބްރާހީމް މުއްޠަލިބް
(ދ.ރ.ކާޑް :A057274} ދަޢުވާކޮށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކާއި
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުމަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް
ބަލައި ހުޅުމާލެ، ދޮޅަސް ރ. ރުއްދޮށުގެ އިސްމާޢީލް މޫސާ (ދ.ރ.ކާޑް:A052076) ގެ މައްޗަށް ހ.
ފަންފިނި | މ. ތައިބާ އިބްރާހީމް މުއްޠަލިބް (ދ.ރ.ކާޑް:A057274) ކުގަ މިދަޢުވާއަށް ޝަރީޢަތުގެ
ހަމަތަކުގެ މަތިން ބެލިއިރު،
ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް ކުއްޔަށް ދިނުމާގުޅޭގޮތުން ހެދިފައިވާ
އެއްބަސްވުމާއި، އެ އެއްބަސްވުމަށް ބަދަލުގެނައި އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުންތަކުގެ ދަށުން
1/
4 22
14
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް އިސްމާޢީލް
މޫސާއަށް ކުއްޔަށްދީފައިވާކަމާއި، އަދި 2012 ޖޫން މަހުގެ ނިޔަލަށް ޢިމާރާތުގެ ކުއްޔަށްވާ ފައިސާ
އިސްމާޢީލް މޫސާ އަދާކޮށްފައިވާކަން އެނގޭކަމާއި،
25 މެއި 2004 ގައި ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މިއެއްބަސްވުމުގެ
މުއްދަތުގެ ތެރޭގައި ކުއްޔަށްހިފި ޢިމާރާތަށް ގެންނަން ފެންނަ ކޮންމެ ބަދަލެއް ގެނައުމުގެ ޙައްޤު ކުއްޔަށް
ހިފިފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިއޮތްހިނދު،
އިސްމާޢީލް މޫސާއަށް ކުއްޔަށްދީފައިވާ ށ. ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް
ވަނީ ތަޅާލާފައިކަމާއި އެ ޢިމާރާތް ތަޅާލާފައިވަނީ ޢިމާރާތުގެ ވެރިފަރާތްކަމުގައިވާ އިބްރާހީމް މުއްޠަލިބުގެ
ހުއްދަ ލިބިގެންނޫންކަން ޚުދު އިސްމާޢީލް މޫސާގެ އަމިއްލަ ބަހުން އެނގޭކަމާއި،
އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މިއެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ކުއްޔަށްހިފި
ޢިމާރާތަށް ގެންނަން ފެންނަ ކޮންމެ ބަދަލެއް ގެނައުމުގެ ޙައްޤު ކުއްޔަށް ހިފިފަރާތަށް ލިބިގެންވާކަމަށް
ބަޔާންކޮށްފައިއޮތް އޮތުމަކީ، ޢިމާރާތް ބޭނުންކުރުމުގައި ޢިމާރާތަށް ގެންނަ އެކިކަހަލަ ބަދަލުކަމުގައި
ބަލަންޖެހޭކަމާއި، އެފަދަ ބަދަލަކީ ޢިމާރާތުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއްކަމުގައި ނުވާނޭކަމާއި، ޢިމާރާތަށް
ބަދަލު ގެނައުމުގެ ތެރޭގައި ޢިމާރާތް ނެތިދިޔުމުގެ ޙާލަތު ނުބެލެވޭނެކަމާއި، އެފަދައިން
ބަލާކަމުގައިވަނީނަމަ، އެއީ ޢިމާރާތުގެ ވެރިފަރާތު ޙައްޤަށް އުނިކަން އަންނާނެ ފަދަ ބެލުމެއްކަމުގައިވާނެ
ކަމާއި، ޢިމާރާތުގެ ވެރިފަރާތަކީ އިބްރާހީމް މުއްޠަލިބުކަމާއި، އިސްމާޢީލް މޫސާއަށް އޮތް ޙައްޤަކީ ކުލީގެ
އެއްބަސްވުމުގައިވާ ފަދައިން އެއްބަސްވުމުގެ މުއްދަތުގައި ޢިމާރާތް ބޭނުންކުރަން ލިބުމުގެ ޙައްޤުކަމާއި،
އިސްމާޢީލް މޫސާއަށް ލިބިގެންވާ ޢިމާރާތް ބޭނުންކުރުމުގެ ޙައްޤު ލިބުމުގައި އަދި އެޙައްޤުގެ މަންފާ
ލިބިގަތުމުގައި ޢިމާރާތުގެ ވެރިފަރާތުގެ ޙައްޤަށް އަރައިގަތުމުގެ ފުރުޞަތު ނޯންނާނޭކަމާއި، އެހެންކަމުން،
ޢިމާރާތް ނެތުމުގެ ޙާލަތް މެދުވެރިވުމަކީ އެއްބަސްވުމުގެ 6 ވަނަ މާއްދާއިން އިސްމާޢީލް މޫސާއަށް ލިބިދޭ
އިޚްތިޔާރުގެ އިމުގެ ބޭރުންވާ ކަމެއްކަން ބަލަ
ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް އެއްބަސްވުމުގެ މުއްދަތުގައި
ބޭނުންކުރުމުގެ ޙައްޤު އިސްމާޢީލް މޫސާއަށް
މޫސާއަށް ލިބިދެނީ
އެއްބަސްވުމުން ކަމުގައިވެފައި، އަދި އެއްބަސްވުން
34
444 46އ
موسم سرما می
1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
14
1/
ބިނާވެގެންވަނީ ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް ކުއްޔަށް ދިނުމުގެ މައްޗަށް
ކަމަށްވީހިނދު، ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތަކީ އެއްބަސްވުން އެމައްޗަށް
ބިނާކުރެވިގެންވާ ޢިމާރާތްކަމާއި، އަދި އެއްބަސްވުމަކީ މިޢިމާރާތް ކުއްޔަށް ދިނުމާގުޅޭގޮތުން އޮތް
އެއްބަސްވުމެއްކަމަށްވީހިނދު، އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ޢިމާރާތް ނެތް ޙާލަތު މެދުވެރިވުމަކީ
އެއްބަސްވުމަށް ޢަމަލުކުރެވެން ނެތުމެއްކަމުގައި ބަލަންޖެހޭކަމެއް ކަމުންނާއި، ކޮންޓްރެކްޓާބެހޭ ޤާނޫނީ
އުޞޫލުތަކަށް ރިޢާޔަތްކުރާއިރު އެއްބަސްވުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތް ނެތިގޮސްފައިވާ
ޙާލަތެއްގައި އެއްބަސްވުންވެސް އެހިސާބުން ހުއްޓުމަކަށް އަންނާނެކަމީ ޤާނޫނީ ޙަޤީޤަތެއްކަމާއި،
އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު ވަކި މުއްދަތަކަށް އިސްމާޢީލް މޫސާއަށް ކުއްޔަށްދެވުނު ހ.
ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް ތަޅާލާފައިވާކަން ޚުދު އިސްމާޢީލް މޫސާގެ އަމިއްލަ ބަހުން
އެނގެން އޮތްހިނދުގައި، މިއީ ޢިމާރާތް ކުއްޔަށް ހިފުމަށް އިސްމާޢީލް މޫސާ ވެފައިވާ އެއްބަސްވުމާއި
ޚިލާފުވުމެއްކަމާއި، މިކަމުގެ ސަބަބުންނާއި، އެއްބަސްވުން އެމައްޗަށް ބިނާކުރެވުނު ފަންފިނި އެވެކިޔާ
ގޯތީގައިހުރި 2 ބުރި ޢިމާރާތް މިހާރު ނެތުމުން، އެއްބަސްވުން އަދި އެއްބަސްވުމުގެ ދަށުން އިސްމާޢީލް
މޫސާއަށް ލިބިދެވޭ އެއްވެސް ޙައްޤެއް ދެމިއޮތްކަމަށް ބަލަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއްނެތުމުން، ހ.
ފަންފިނި އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް އިސްމާޢީލް މޫސާއަށް ކުއްޔަށް ދިނުމާގުޅޭގޮތުން
އެއްބަސްވުންތައް މިއަދު 2012 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން ބާޠިލުވެއްޖެކަމަށާއި،
ފަންފިނި އެވެކިޔާ ގޯތީގައިވާ ޢިމާރާތް އިސްމާޢީލް މޫސާ ކުއްޔަށް ދިނުމުގައި ކުލީގެ
މުއްދަތު ހަމަވާ ތާރީޚަކީ 31 ޑިސެމްބަރ 2019 ގެ ނިޔަލަށްކަމާއި، 2012 ޖޫން މަހުގެ ނިޔަލަށް
ޢިމާރާތުގެ ކުއްޔަށްވާ ފައިސާވަނީ އިސްމާޢީލް މޫސާގެ ފަރާތުން ވަނީ ކުރިއަށް ދައްކާ ނިންމާފައިކަން
އެއްބަސްވުމަށް ބެލުމުން އެނގެން އޮތްނަމަވެސް، ހ.
ފަންފިނި އެވެކިޔާ ގޯތީގައި އިސްމާޢީލް މޫސާއަށް
31 ޑިސެމްބަރ 2019 ގެ ނިޔަލަށް ކުއްޔަށްދީފައިހުރި 2 ބުރި ޢިމާރާތް ކުއްޔަށްދިނުމާ ގުޅޭގޮތުން އޮތް
އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ އަދި އެގޮތުން އެޢިމާރާތް އިސްމާޢީލް މޫސާއަށް ބޭނުންނުކުރެވޭނޭ
ޙާލަތަށް އައިސްފައިވަނީ ޚުދު އިސްމާޢީލް މޫސާ މެދުވެރިކުރުވި ޙާލަތަކުން ކަމަށްވެފައި، އަދި
އެއްބަސްވުމުން އިސްމާޢީލް މޫސާއަށް ލިބިދޭ އިޚްތިޔާރާއި ޙައްޤުގެ ބޭރުން ޢަމަލުކޮށް އެއްބަސްވުމާއި
uc O
އޮތް
6 24
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
et couc
1
ޚިލާފުވެފައިވަނީ އިސްމާޢީލް މޫސާކަމަށް ވީހިނދު، ކުއްޔަށް ދޫކުރެވުނު ޢިމާރާތުގެ ކުލި 2012 ޖޫން
މަހުގެ ނިޔަލަށް އިސްމާޢީލް މޫސާ ދައްކާފައިވީނަމަވެސް، އެއްބަސްވުން ބާޠިލުކުރެވޭ ދުވަހުން ފެށިގެން
2012 ޖޫން މަހުގެ ނިޔަލަށް އޮތް މުއްދަތުގެ ކުއްޔަށްވާ ފައިސާ އިބްރާހީމް މުއްޠަލިބުގެ ކިބައިން
އިސްމާޢީލް މޫސާއަށް ނަގައިދޭންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމާއި،
ފަންފިނި އެވެކިޔާ ގޯތީގައިވާ ޢިމާރާތް ތަޅާލުމުގެ އެއްވެސް ބާރެއް އިސްމާޢީލް މޫސާއަށް
ގމުންނާއި، އެ ޢިމާރާތަކީ އިބްރާހީމް މުއްޠަލިބުގެ ޢިމާރާތެއްކަމުން، އެ ޢިމާރާތް ތަޅާލުމުގެ ސަބަބުން
އެކަމުގެ ގެއްލުމުގެ ބަދަލު އިބްރާހީމް މުއްޠަލިބަށް ޙައްޤުވެގެންވާ ކަމަށާއި، ފަންފިނި އެވެކިޔާ
ޢިމާރާތުގައިހުރި 2 ބުރި ޢިމާރާތްފަދަ ޢިމާރާތެއް މިހާރު ހެދުމަށް ހިނގާނެ ޚަރަދުކަމަށް 23 ޖެނުއަރީ
2012 ގެ ޝަރުޢީ އަގު ކޮމެޓީގެ ރިޕޯޓުގައިވާ -/380,120 ރ. (ތިންލައްކަ އަށްޑިހަހާސް އެއްސަތޭކަ
ވިހިރުފިޔާ) އަކީ އިސްމާޢީލް މޫސާގެ ފަރާތުން އިބްރާހީމް މުއްޠަލިބަށް ދޭންޖެހޭ ފައިސާކަމުގައި
ކަނޑައަޅައި،
މިފައިސާ އިބްރާހީމް މުއްޠަލިބަށް ލިބިދިނުމުގެ މިގޮތުން މިއަދު 2012 ފެބްރުއަރީ 14 ވަނަ
ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ
ޚަލާޞްކުރުމަށް ހުޅުމާލެ، ދޮޅަސް ރ. ރުއްދޮށުގެ އިސްމާޢީލް މޫސާ (ދ.ރ.ކާޑް:A052076) އަށް
އަންގައި، ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އއކށް
¢¢ ¢ ¢
އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1492
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އިސްމާޢީލް މޫސާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: އިބްރާހީމް މުއްޠަލިބު ފަންފިނިގޭ ގޯތީގެ އަމިއްލަ ބިމާއި ޢިމާރާތް
ގަތުމަށްޓަކައި މަދަނީކޯޓުން ބައްލަވާ ނިންމެވި އެކޯޓުގެ ނަންބަރު 2007/MC/1168 ގެ ޤަޟިއްޔާއިން
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ދ.
ކުރައްވާފައިވާ ޙުކުމުގައި ދ. ފަންފިނި ގޯތީގައިވާ އަމިއްލަ ބިމުން 381 އަކަފޫޓުގެ އަމިއްލަ ބިމާއި
އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރިޔަކީ އިބްރާހީމް މުއްޠަލިބް
ކަމަށް ކަނޑައަޅުއްވަމުން ހަމަ އެޙުކުމުގައި ފަންފިނިއޭ ކިޔާ އަމިއްލަ ގޯތީގައިވާ ޢިމާރާތްތަކާއި ބިން
ކުއްޔަށް ދިނުމާއިމެދު
މއ. މާގަސްދޮށުގެ ރާބިޔާ ފަރުޙާނާއާއި، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
އިސްމާޢީލް މޫސާ އާއި ދެމެދު އެއްބަސްވެ މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރު -MC
/
C
207/2007 (23 ޖުލައި 2003) އެގްރީމެންޓާއި މިއެގްރީމެންޓްގެ މުއްދަތު އިތުރު ކުރުމަށް 05 މެއި
2004 ގައި ސޮއިކޮށްފައިވާ އެއްބަސްވުމާއި، މިދެއެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތައި ޢަމަލު ކުރުމަށް
އިބްރާހީމް މުއްޠަލިބާއި ރާބިޔާ ފަރުޙާނާއަށް އަންގާ ހުކުމް ކުރައްވާފައިވާއިރު، މިޙުކުމަށް ރިޢާޔަތް
ކުރުމެއްނެތި މިޙުކުމުގެ ދަށުން ހ. ފަންފިނިއޭ ކިޔާ އަމިއްލަ ގޯތީގައިވާ ޢިމާރާތްތަކާއި، ބިމުން އިސްމާޢީލް
މޫސާއަށް ލިބިފައިވާ ޙައްޤުތައް ނިގުޅައިގެންފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިބްރާހީމް މުއްޠަލިބު ހުށަހެޅި 2010/MC/798 ނަމްބަރު ޤަޟިއްޔާއިން
ކުރެއްވި ޙުކުމުގައި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1168 ގެ ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާއި
ޚިލާފުވެ އެޙުކުމުގައި ބަޔާންކޮށްފައިވާ ދެ އެއްބަސްވުމުގެ ދަށުން އިސްމާޢީލް މޫސާއަށް ލިބިދޭ އެއްވެސް
ޙައްޤެއް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ފަންފިނި ގޯތިން އިބްރާހީމް މުއްޠަލިބް ގަނެފައިވާ 381
އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކުން މީހުންނާއި ތަކެތި ނެރެ ތަން ހުސްކޮށް އިބްރާހީމް
މުއްޠަލިބާއި ޙަވާލުކުރުމަށް
ޙަވާލުކުރުމަށް އެންގުމުގެ ބާރު އިބްރާހީމް މުއްޠަލިބަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވާފައިވާ
ކަމަށާއި، ފަންފިނި ގޯތީގެ އަމިއްލަ ބިމާއި ޢިމާރާތްތަކުން އިސްމާޢީލް މޫސާއަށް ލިބިފައިވާ
ޙައްޤުތަކާއިމެދު ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކުރައްވާފައިނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1492 ގެ ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް ޢަލީ ދާއޫދު ޙާޟިރުކޮށްދެއްވާފައިނުވާތީ، ދ. ފަންފިނިގޭ ގޯތީގައި ހުރި 2 ބުރި މުޅި ޢިމާރާތް
ޢަލީ ދާއޫދު ތަޅާލާފައިވަނީ އިސްމާޢީލް މޫސާ އާއި ޢަލީ ދާއޫދު އާއި ދެމެދު އެއްބަސްވެ ސޮއިކުރި
އެގްރީމެންޓާއި ޚިލާފަށް ކަމަށާއި، އަދި އެ ޢިމާރާތް ތަޅާލުމަށް މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ
ހުއްދަވެސް ނުހޯދާކަމަށްވާތީ އެމުޅި ޢިމާރާތް ތަޅާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޢަލީ ދާއޫދު ކަމަށް
ދ
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
[012/HC-A/177
އިސްމާޢީލް މޫސާ ޤަބޫލުކުރާތީ އޭނާގެ މައްޗަށް ސިވިލްކޯޓުގައި ވަކިން ދަޢުވާކުރުމަށް 03/10/2011 ގެ
ތާރީޚުގައި އިސްމާޢީލް މޫސާ ހުށަހެޅި އެކޯޓުގެ ނަންބަރު 2011/Cv-C/1952 ގެ ޤަޟިއްޔާ ހިނގަމުން
ދަނިކޮށް
ފަންފިނިގޭ ގޯތީގައި ހުރި 02 ބުރި ޢިމާރާތް ތަޅާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ
އިސްމާޢީލް މޫސާ ކަމަށް ކަނޑައަޅުއްވާ ނިންމެވި ނިންމެވުމަކީ ޢަދުލުވެރި ނިންމެވުމެއް ކަމަށް ޤަބޫލު
ނުކުރެވޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާއެކު 24 އޭޕްރީލް 2011 ވީ ދުވަހު
ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ދާއޫދަށް ޙަވާލުކުރެވުނީ ފަންފިނިގޭގެ ވެރިފަރާތް ކަމުގައިވާ
އަލްފާޟިލް އިބްރާހީމް މުއްޠަލިބަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ނޫންކަމާއި ނަމަވެސް ކުރިން ހުރި
ޢިމާރާތް އިތުރު 2 ބުރި ހެދުމަށްކަން ސާފުކޮށް އެނގެން އޮތްއިރު އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1492 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ
އިސްމާޢީލް މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އިބްރާހީމް މުއްޠަލިބުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތ. ފަންފިނި އެވެކިޔާ ގޯތީގައި
ހަދާފައިވާ 2 ބުރި ޢިމާރާތް، އެ ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ އިބްރާހީމް މުއްޠަލިބްގެ ހުއްދަ ނެތި،
އެޢިމާރާތް ކުއްޔަށް ހިފައިގެން އުޅޭ އިސްމާޢީލް މޫސާ ތަޅާލާފައިވާތީ، އެޢިމާރާތް ކުއްޔަށް ދިނުމާގުޅޭގޮތުން
ވެފައިވާ އެއްބަސްވުން މިހާރު އުވިގެންގޮސްފައިވާކަމަށް ބުނެ، އެއްބަސްވުން އުވިއްޖެކަމަށް
ކަނޑައަޅައިދިނުމަށާއި، ޢިމާރާތް ތަޅާލުމުގެ ސަބަބުން އިބްރާހީމް މުއްޠަލިބަށް ލިބިފައިވާ މާލީ ގެއްލުމުގެ
ބަދަލުގެ ގޮތުގައި އެތަނުގައި 2 ބުރި ޢިމާރާތެއް އެޅުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި -/
732,700ރ.
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
(ހަތްލައްކަ ބައްތިރީސްހާސް ހަތްސަތޭކަރުފިޔާ) އިސްމާޢީލް މޫސާގެ އަތުން ހޯދުމަށް އެދި އިބްރާހީމް
މުއްޠަލިބު ދަޢުވާކޮށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ދަށުން
ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
1492/Cv-C/2011
ފަންފިނި އެވެ ކިޔާ އަމިއްލަ ގޯތީގެ ބިމުގައި އިސްމާޢީލް މޫސާގެ އަމިއްލަ
ޚަރަދުގައި ދެ ބުރި ޢިމާރާތެއް ހެދުމަށް އިސްމާޢީލް މޫސާ އާއި އެބިމުގެ ކުރީގެ ވެރިފަރާތްކަމުގައިވާ
ރުއްދަށުގެ (މއ. މާގަސްދޮށުގެ) ރާބިޔާ ފަރުޙާނާ އާއި ދެމެދު 1994 އޮކްޓޯބަރ 17 ވަނަ ދުވަހު
އެއްބަސްވުމެއްގައި ސޮއިކޮށް އެއެއްބަސްވުން ނަންބަރު 340
/
94-C
-
2
/
C އެގްރީމެންޓުގެ ގޮތުގައި
މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒުގެ ކޯޓު ނަންބަރު 2 ގައި، 1994 ނޮވެމްބަރ
30 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވިފައިވާ ކަމާއި، އެ އެއްބަސްވުމުގެ ދަށުން ކުރާ ޢިމާރާތް، 05 އަހަރު
ދުވަހުގެ ތެރޭގައި ހަދާ ނިންމަންވާނެ ކަމާއި، ޢިމާރާތުގެ ތިރީބައިން އެއްކޮޓަރި ބެހެއްޓުމަށް ފަހު ބާކީ ހުރި
ތަންތަން މަހަކު -/500ރ. (ފަސްސަތޭކަ ރުފިޔާ) އަށް އިސްމާޢީލް މޫސާއަށް ކުއްޔަށް ދިނުމަށް
އެއްބަސްވެފައިވާ ކަމާއި، އެއެއްބަސްވުމުގެ މުއްދަތަކީ ކޯޓުގައި ރަޖިސްޓްރީ ކުރާ ތާރީޚުން ފެށިގެން މީލާދީ
10 އަހަރު ދުވަސްކަން އެ އެއްބަސްވުމުން އެނގެން އޮވެފައި؟
ފަންފިނި އެވެ ކިޔާ އަމިއްލަ ގޯތީގައި ބިމުގައި ހުރި 2 ބުރި ޢިމާރާތް 2004
ނޮވެމްބަރ 30 ވަނަ ދުވަހުން ފެށިގެން 2009 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް އިސްމާޢީލް
މޫސާއަށް ކުއްޔަށް ދިނުމާ ބެހޭގޮތުން 2003 ޖުލައި 21 ވަނަ ދުވަހު ތާރީޚު ޖަހައި ރާބިޔާ ފަރުޙާނާ އާއި
އިސްމާޢީލް މޫސާ އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން، 2003 ޖުލައި 23 ވަނަ ދުވަހު މަދަނީ
ކޯޓުގެ ނަންބަރު 207
/
2003-MC
/
C އެގްރީމެންޓުގެ ގޮތުގައި އެކޯޓުގައި ރަޖިސްޓްރީކުރެވިފައިވާކަމާއި،
މިއެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ބައެއް މާއްދާތަކަށް ބަދަލު ގެނައުމުގެ ގޮތުން އިސްމާޢީލް މޫސާ އާއި
ރާބިޔާ ފަރުޙާނާ އާއި ދެމެދު 2004 މެއި 25 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި،
މިއެއްބަސްވުމުގައި، 2003 ޖުލައި 23 ގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު 2004
ނޮވެމްބަރ 30 އިން ފެށިގެން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް އިތުރުކުރުމާއެކު، 2012 ވަނަ
2
OCX
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޢިމާރާތުގެ ކުލީގެ ގޮތުގައި އިސްމާޢީލް މޫސާގެ ފަރާތުން ރާބިޔާ
ފަރުޙާނާއަށް ދައްކަންޖެހޭ ފައިސާ ރާބިޔާ ފަރުޙާނާއަށް ލިބިފައިވާ ކަމަށް މިދެފަރާތުން އެއްބަސްވެފައިވާ
ކަން އެނގެން އޮވެއެވެ.
ފަންފިނި
މާގަސްދޮށުގެ ރާބިޔާ ފަރުޙާނުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހ. ފަންފިނި
އެވެ ކިޔާ 431 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކުން 381 އަކަފޫޓުގެ
އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ އިބްރާހީމް މުއްޠަލިބް ގަނެ އެވިޔަފާރި ޢަޤުދުކޮށް
އެވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ އެވިޔަފާރި ޞައްޙަކަމަށާއި، އެވިޔަފާރީގެ ސަބަބުން
އެވެ ކިޔާ 431 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކުން 381 އަކަފޫޓުގެ
އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ ވެރިފަރާތަކީ އިބްރާހީމް މުއްޠަލިބް
ކަމަށް ކަނޑައަޅުއްވާ،
ފަންފިނިއޭ ކިޔާ އަމިއްލަ ގޯތީގައިވާ ޢިމާރާތްތަކާއި ބިން ކުއްޔަށް ދިނުމާއިމެދު
ރާބިޔާ ފަރުޙާނާއާއި އިސްމާޢީލް މޫސާ އާއި ދެމެދު އެއްބަސްވެ މަދަނީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ
ނަމްބަރު 207
/
2007-MC
/
C (23 ޖުލައި 2003) އެގްރީމެންޓާއި، އެއެގްރީމެންޓްގެ މުއްދަތު އިތުރު
ކުރުމަށް 25 މެއި 2004 ގައި ސޮއިކޮށްފައިވާ އެއްބަސްވުމާއި، މިދެއެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތައި
ޢަމަލު ކުރުމަށް އިބްރާހީމް މުއްޠަލިބާއި ރާބިޔާ ފަރުޙާނާއަށް އަން
އަންގާ މަދަނީ ކޯޓުގެ ނަންބަރު
2007/MC/1168 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން
s.sa
(ރ) ރާބިޔާ ފަރުޙާނާއާއި އިސްމާޢީލް މޫސާ އާއި ދެމެދު 25 މެއި 2004 ގައި
ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު އެއެއްބަސްވުމުގެ 06 ވަނަ މާއްދާގައި އެއްބަސްވުމުގެ މުއްދަތުގައި
ކުއްޔަށްހިފި ޢިމާރާތަށް ގެންނަން ފެންނަ ކޮންމެ ބަދަލެއް ގެނައުމުގެ ޙައްޤު ކުއްޔަށް ހިފާފަރާތަށް
ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އިސްމާޢީލް މޫސާއަށް ކުއްޔަށްދީފައިވާ ޢިމާރާތް އެޢިމާރާތުގެ މިހާރުގެ
ވެރިފަރާތްކަމުގައިވާ އިބްރާހީމް މުއްޠަލިބުގެ ހުއްދަ ނެތި ތަޅާލާފައިވާކަން އިސްމާޢީލް މޫސާގެ ބަހުން
އެނގެން އޮތުމާއެކު، އެއްބަސްވުމުގެ 06 ވަނަ މާއްދާގެ ދަށުން ޢިމާރާތް ކުއްޔަށްހިފި ފަރާތަށް ލިބިދީފައިވާ
ދިވެހީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ޢިމާރާތަށް ބަދަލު ގެނައުމުގެ އިޚްތިޔާރުގެ ތެރޭގައި، ޢިމާރާތް އެއްކޮށް ތަޅާލައި ނައްތާލުން ހިމެނިދާނެ
ކަމާއިމެދު ޝަރީޢަތުން ނަޒަރުކުރާއިރު، ޢިމާރާތަށް ބަދަލު ގެނައުމުގެ ޙައްޤު ލިބިދެވިފައި އޮތުމަކީ،
ޢިމާރާތް ބޭނުން ކުރުމުގައި ޢިމާރާތުގެ ސްޓްރަކްޗަރ އަށް ބަދަލެއް ގެނައުމަކާއި ނުލައި ޢިމާރާތަށް ގެންނަ
އެކިކަހަލަ ބަދަލުކަމާއި،
ކުލީގެ އެއްބަސްވުން ނުވަތަ ޢަޤްދުލްއީޖާރު އަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް
ކަނޑައެޅިފައިވާ ވަކި މަންފާއެއް ޙާޞިލުކުރުމުގެ މުޤާބިލުގައި ކަނޑައެޅިފައިވާ ބަދަލެއް ދިނުމަށް ވެވޭ
އެއްބަސްވުމެއް ކަމާއި، އެގޮތުން ބަލާއިރު، މިމައްސަލައިގާ ވާހަކަ ދެކެވޭ ކުލީގެ އެއްބަސްވުމަކީ،
ފަންފިނި އެވެކިޔާ ގޯތީގައި ހަދާފައިހުރި އިބްރާހީމް މުއްޠަލިބުގެ މިލްކު 2 ބުރީގެ ޢިމާރާތެއްގެ މަންފާ
ޙާޞިލުކުރުމުގެ ޙައްޤު އިސްމާޢީލް މޫސާއަށް ދެވިފައިވާ އެއްބަސްވުމެއްކަމާއި، އެގޯތީގައި ކުރެވިފައިވާ
ޢިމާރާތް ތަޅާލައި ނައްތާލުމަކީ އެޢިމާރާތުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް މުއްޠަލިބަށް
ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެއްކަމާއި، ހަމައެހެންމެ ކުއްޔަށްދިނުމުގެ
އެއްބަސްވުން އެމައްޗަށް ބިނާވެފައިވާ މަންފާ ޙާޞިލުކުރުމުގެ ޙައްޤު ލިބުމާއި ނުލިބުން ބިނާވެފައިވަނީ
އެގޯތީގައި ހަދާފައިވާ ޢިމާރާތް ދެމި ހުރުމާއި ނުހުރުމުގެ މައްޗަށްކަމުން، ކުއްޔަށް ދެވިފައިވާ ޢިމާރާތް
ނައްތާލުމަކީ އެކަމުގެ ސަބަބުން ކުއްޔަށް ދިނުމުގެ އެއްބަސްވުން އެހިސާބުން ނިމުމަކަށް އަންނާނެ
ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން އެނގެން އޮތުމުން، އެއްބަސްވުމުގެ 06 ވަނަ މާއްދާގެ ދަށުން
ޢިމާރާތް ކުއްޔަށްހިފި ފަރާތަށް ލިބިދީފައިވާ ޢިމާރާތަށް ބަދަލު ގެނައުމުގެ އިޚްތިޔާރުގެ ތެރޭގައި، ޢިމާރާތް
އެއްކޮށް ތަޅާލައި ނައްތާލުން ހިމެނިދާނެކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ދ 4 ހއ
ކމއކނ
(ބ) ރާބިޔާ ފަރުޙާނާއާއި އިސްމާޢީލް މޫސާ އާއި ދެމެދު 25 މެއި 2004 ގައި
ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިސްމާޢީލް މޫސާއަށް ކުއްޔަށްދީފައިވާ ޢިމާރާތް އެޢިމާރާތުގެ މިހާރުގެ
ވެރިފަރާތްކަމުގައިވާ އިބްރާހީމް މުއްޠަލިބުގެ ހުއްދަ ނެތި ތަޅާލާފައިވާކަން އިސްމާޢީލް މޫސާގެ ބަހުން
އެނގެން އޮތްއިރު، އެއީ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފި ފަރާތަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން
ކޮށްފައިވާ އެއްބަސްމު
ބަސްވުމާއި ޚިލާފުކަމެއްކަން އެނގޭކަމާއި، އެއްބަސްވުން އެމައްޗަށް ބިނާކުރެވުނު
ޢީވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ފަންފިނި އެވެކިޔާ ގޯތީގައިހުރި ޢިމާރާތް ކުއްޔަށްހިފި ފަރާތުން ކުރި ޢަމަލެއްގެ ސަބަބުން ނެތި ދިއުމަކީ،
އެއްބަސްވުމާއި އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފި ފަރާތުގެ ހައިސިއްޔަތުން ޤާނޫނީ އަދި ޝަރުޢީ ގޮތުން
އިސްމާޢީލް މޫސާއަށް ލިބިދޭންޖެހޭ ޙައްޤެއް މައުޖޫދުވެފައިވާ ކަމަށް ބަލަންޖެހޭ ހަމައެއް ނެތް ކަމަށް
ބަލަންޖެހޭ ކަމެއްކަން އެނގެއެވެ.
etcut
1)
ފަންފިނި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ދެ ބުރީގެ ޢިމާރާތް ރާބިޔާ ފަރުޙާނާއާއި
އިސްމާޢީލް މޫސާ އާއި ދެމެދު 25 މެއި 2004 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިސްމާޢީލް
މޫސާއަށް ކުއްޔަށްދީފައިވަނިކޮށް އިސްމާޢީލް މޫސާއާއި މ.މ.ދ ދަފްތަރު (ކ. ރޭލައިޓްވިލާ) ޢަލީ ދާއޫދު
އާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން އެޢިމާރާތް ޢަލީ ދާއޫދަށް ކުއްޔަށް ދީފައިވާކަން
އެނގެން އޮންނަކަމާއި، ފަހުން މިއިޝާރާތް ކުރެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ދާއޫދުއާއި
ފަންފިނި
އެވެ ކިޔާގޯތީގެ ކުރީގެ މިލްކުވެރި ފަރާތްކަމުގައިވާ ރާބިޔާ ފަރުޙާނާ އާއި އަދި މިހާރުގެ މިލްކުވެރިފަރާތް
ކަމުގައިވާ އިބްރާހީމް މުއްޠަލިބު އާއިވެސް ސީދާ ގޮތުން އެއްވެސް ގުޅުމެއް ނެތްކަން އެނގެން އޮންނައިރު
އެއިމާރާތާއި ގުޅިގެން ޢަލީ ދާއޫދު އާއި އިބްރާހީމް މުއްޠަލިބު ނުވަތަ ރާބިޔާ ފަރުޙާނާ އާއި ދެމެދު
އެއްވެސް މުޢާމަލާތެއް ކުރެވިފައިނުވާކަން އެނގެން އޮންނައިރު، ފަންފިނި އެވެ ކިޔާގޯތީގައިހުރި 2
ބުރީގެ ޢިމާރާތާއި ގުޅިގެން ހިނގާފައިވާ ކަންކަމުގައި އެޢިމާރާތުގެ މިލްކުވެރި ފަރާތުގެ ކުރިމަތީގައި ޤާނޫނީ
އަދި ޝަރުޢީ ގޮތުން ކުއްޔަށް
ފި ފަރާތުގެ ހައިސިއްޔަތުން ޖަވާބުދާރީވެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ
އިސްމާޢީލް މޫސާ ކަމަށް ވުމުގެ އިތުރުން، ޢަލީ ދާއޫދު ޢަމަލުކޮށްފައިވަނީ އިސްމާޢީލް މޫސާ އާއި ޢަލީ
ދާއޫދު އާއި ދެމެދު އެއްބަސްވެ ސޮއިކުރި އެގްރީމެންޓާއި ޚިލާފަށް ކަމަށް ބެލިކަމުގައިވީނަމަވެސް އެކަމަކީ
ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ އިބްރާހީމް މުއްޠަލިބުގެ ކުރިމަތީގައި ޢިމާރާތް ކުއްޔަށްހިފި ފަރާތުގެ
ހައިސިއްޔަތުން އިސްމާޢީލް މޫސާ ޒިންމާއިން ބަރީއަވެވޭނެ ސަބަބެއް ކަމުގައި ނުބެލެވޭތީ، ހ. ފަންފިނިގޭ
ގޯތީގައި ހުރި 02 ބުރި ޢިމާރާތް ތަޅާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އިސްމާޢީލް މޫސާ ކަމަށް
ކަނޑައަޅުއްވާ ސިވިލްކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ އަދުލުވެރި ނިންމެވުމެއް ނޫންކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/177
ވީމާ، އިސް ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1492 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ރަގަޅަށް ނޫންކަމަށް ބަލަންޖެހޭ ޝަރުޢީ
ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
އިސްމާޢީލް މޫސާގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1492 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއް ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ceto
مربع د
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv