ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/281 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/281
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
[
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 281/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
+ ނަން: ޖަވާދު ޝަކީލު
ކާޑު ނަންބަރު: A078331
* ދާއިމީ އެޑްރެސް: މ. ދޫނިފުށި
މިހާރުގެ އެޑްރެސް: މ. ކޮތަންމާގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: ޢަލީ ނަޝީދު
އައިޑީ ކާޑުނަންބަރު: A024482
* ދާއިމީ އެޑްރެސް: ދޯދި ކ.މާފުށި
މިހާރުގެ އެޑްރެސް: ދޯދި / ކ.މާފުށި
• ރަޖިސްޓްރީ ތާރީޚް: 10 ޛުލްޤައިދާ 1433
26 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 27 ޖުމާދަލްއޫލާ 1434
08 އޭޕްރިލް 2013
OLO.
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62
ނިންމެވި ފަރާތް: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: މަސައްކަތުގެ އަގު ހޯދުން
، ހުށަހެޅި ތާރީޚް: 11.08.2011
* ނިމުނު ތާރީޚް: 17.04.2012
0
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/I
-
12
-
MC/62 ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ / މ. ދޫނިފުށި ޖަވާދު
ޝަކީލުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ކ.މާފުށި،ދޯދި ޢަލީ ނަޝީދުއެވެ.
• ފާހަގަކުރެވުނު ނުކުތާ
OLOO
1) އިސްތިއުނާފުކުރެވޭ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ނަންބަރު
2011/H
-
12
-
MC/62 ޤަޟިއްޔާގައި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް ކުރުމަށް
ކޮށްފައިވާ މަސައްކަތް ހުއްޓިފައިވަނިކޮށް އެމަސައްކަތް ކުރުމަށް ދެވަނަ ފަރާތެއްގެ ގޮތުން ޙަވާލުވި، ޖަވާދު
ޝަކީލު 1 ސެކޯޔާ (ސީކުއަރ) ޕްރައިވެޓް ލިމިޓެޑް އެދުމުގެ މަތީން ތަކެތި ފޮނުވުމުން މަސައްކަތްކޮށް، ނިމޭ
މަސައްކަތްތަކަށް 05 (ފަހެއް) ދުވަހާއި 15 (ފަނަރަ) ދުވަހާއި ދެމެދުގެ މުއްދަތުގައި ފައިސާ ދިނުމަށް
އެއްބަސްވެ ކުރެވިފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ -/
101,100ރ. (އެއްލައްކަ އެގާރަސަތޭކަ ރުފިޔާ)
ތެރެއިން -/
24,000ރ. (ސައުވީސްހާސް ރުފިޔާ) ދިނުމަށްފަހު ބާކީވާ -/
77,100ރ. (ހަތްދިހަ ހަތްހާސް
އެއްސަތޭކަ ރުފިޔާ) ޖަވާދު ޝަކީލުގެ އަތުން ހޯދުމަށާއި،
އަދި މީގެ އިތުރުން ޢިމާރާތުގެ ކުލަލުމާއި، ޕާޓީގެ މަސައްކަތުގެ އަގުގެ ގޮތުގައި ދިނުމަށް
ޖަވާދު ޝަކީލު އެއްބަސްވެފައިވާ -/4,000ރ. (ހަތަރުހާސް ރުފިޔާ) އާއެކު ޖުމްލަ -/81,100ރ. (އަށްޑިހަ
ދެހާސް އެއްސަތޭކަ ރުފިޔާ) ޖަވާދު ޝަކީލުގެ އަތުން ހޯދުމަށް އެދި ކ. މާފުށީ 1 ދޯދި ޢަލީ ނަޝީދު
ހުށަހެޅުމުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އައުޢިމާރާތް ކުރުމަށް
ކޮށްފައިވާ މަސައްކަތް ހުއްޓިފައިވަނިކޮށް އެމަސައްކަތް ކުރުމަށް ދެވަނަ ފަރާތެއްގެ ގޮތުން ޙަވާލުވި ޖަވާދު
ޝަކީލް (ސީކްއަރ ޕްރައިވެޓް ލިމިޓެޑް) އެދުމުގެ މަތިން ތަކެތި ފޮނުވުމުން މަސައްކަތްކޮށް ނިމޭ
މަސައްކަތްތަކަށް 05 (ފަހެއް) ދުވަހާއި، 15(ފަނަރަ) ދުވަހާއި، ދެމެދުގެ މުއްދަތުގެ
02 0 0
hE
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:335029، ފެކްސް: 36471
3، ދިވެހި
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2012/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވެ ކުރެވިފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ -/101100(އެއްލައްކަ އެގާރަ ސަތޭކަ) ރުފިޔާގެ
ތެރެއިން -/24000 (ސައުވީސް ހާސް) ރުފިޔާ ދިނުމަށްފަހު ބާކީވާ -/77100 (ހަތްދިހަ ހަތް ހާސް
އެއްސަތޭކަ) ރުފިޔާ ޖަވާދު ޝަކީލު އަތުން ހޯދުމަށާއި،
އަދި މީގެއިތުރުން ޢިމާރާތުގެ ކުލުމާއި، ޕާޓީގެ މަސައްކަތުގެ އަގުގެގޮތުގައި ދިނުމަށް ޖަވާދު
ޝަކީލު އެއްބަސްވެފައިވާ -;4000(ހަތަރުހާސް) ރުފިޔާ އާއިއެކު ޖުމްލަ -;81100(އަށްޑިހަ އެއްހާސް
އެއްސަތޭކަ)ރުފިޔާ ޖަވާދު ޝަކީލުގެ އަތުން ހޯދުމަށްއެދި، ޖަވާދު ޝަކީލުގެ މައްޗަށް ޢަލީ ނަޝީދު ކޮށްފައިވާ
މިދަޢުވާގައި،
މިޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 03 ވަނަ ނުކުތާގައިވާ ފަދައިން މި
(އަށްޑިހަ އެއްހާސް އެއްސަތޭކަ) ރުފިޔާ އަކީ ޖަވާދު ޝަކީލު، ޢަލީ ނަޝީދުއަށް ދޭންޖެހޭ ފައިސާއެއްކަމަށް
ޖަވާދު ޝަކީލު އިޤުރާރުވެފައިވާތީ، ޖަވާދު ޝަކީލު، ޢަލީ ނަޝީދުއަށް -/81100 (އަށްޑިހަ އެއްހާސް
އެއްސަތޭކަ) ރުފިޔާ، ދޭންޖެހިފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި،
މި -/81100(އަށްޑިހަ އެއްހާސް އެއްސަތޭކަ) ރުފިޔާ މިއަދު 17-04-2012 ދުވަހުން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެއްފަހަރާ މިކޯޓް މެދުވެރިކޮށް، ޖަވާދު ޝަކީލު، ޢަލީ
ނަޝީދުއަށްދީ ޚަލާޞްކުރުމަށް ޖަވާދު ޝަކީލުއަށް އަންގައި، މިގޮތުގެ މަތީން ޙުކުމް..." ކުރައްވާފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
81100/-
2) މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލެ / މ. ދޫނިފުށި ޖަވާދު
ޝަކީލުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ ނަޝީދު ކުރުވާފައިވާ
މަސައްކަތެއްގެ އަގު ހޯދުމަށްޓަކައި އެކުންފުންޏާއި ދެކޮޅަށް ދަޢުވާކުރުމެއްނެތި އަދި ކުންފުނީގެ މެނޭޖިންގ
ޑިރެކްޓަރުގެ މައްޗަށް ދަޢުވާކު
ވާކުރުންކަމާއި މިކަމަކީ ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2012/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަނަ މާއްދާއާ ޚިލާފަށް، އަދި ޢަލީ ނަޝީދު ލައްވާ އެންމެހައި މަސައްކަތް ކުރުވީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑް
އެވެ ކިޔާ ކުންފުންޏަކުން ކަމުގައިވަނިކޮށް، އެކަންކަމަށް ބެލުމެއްނެތި، އެޤާނޫނާ ޚިލާފަށް ކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ފަރުދީ ހައިސިއްޔަތުން ދަޢުވާކޮށް އެދަޢުވާ މެޖިސްޓްރޭޓް ކޯޓުން ބަލައިގެނެ
މައްސަލަ ކުރިޔަށް ގެންގޮސް ނިންމަވާފައިވާކަމަށް ހުށަހެޅި ނުކުތާ.
މ 4
• ދެވަނަ ނުކުތާއަކީ، އެމައްސަލައިގައި މެޖިސްޓްރޭޓް މައްސަލަ ކުރިޔަށް ގެންދިއުމުން
އެފައިސާއަކީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކުންފުނީގެ މެނޭޖިންގ
ޑިރެކްޓަރުގެ ހައިސިއްޔަތުން އެއްބަސްވެފައިވަނިކޮށް އެފައިސާއަކީ ޖަވާދު ޝަކީލު ޒާތީގޮތުން ދައްކަން ޖެހޭ
ފައިސާއެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ޙުކުމްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
404
ތިންވަނަ ނުކުތާއަކީ، މިމައްސަލައިގައި ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާއަކީ
ސެކޯޔާ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަމާއި އެފައިސާ ދެއްކުމަށް އޮލިސްޓިކް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޖާމިނުވެފައިވާކަން ސާބިތުކޮށްދިނުމަށް ހެކިން ޙާޟިރުކޮށްދިނުމަށް އެދިފައިވަނިކޮށް
އެއްވެސް ހެއްކެއް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކޮށްދެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، މިމައްސަލައިގައި ޝަރީޢަތުން ސިވިލް ކޯޓު މެދުވެރިކުރައްވައި
ހޯއްދަވާފައިވާ ހެކިންގެ ހެކިބަހުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް
ޙަވާލުވެފައިވަނީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްކަން އެނގެން އޮތްނަމަވެސް އެކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި
މައްސަލަ ނިންމެވިކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ. މިރާއްޖޭގެ މަކީ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/281
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކ. މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓް
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ޙަވާލުކުރިކަން
އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު މަސައްކަތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހޮލިސްޓިކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސެކޯޔާ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރިކަން އެނގޭކަމާއި، އަދި
ހުށަހެޅިފައިމިވާ މައްސަލައިގައި އިސްތިއުނާފުކުރާ ޖަވާދު ޝަކީލުއަކީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ
ޑިރެކްޓަރުކަމުގައި ޖަވާދު ޝަކީލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
ސެކޯޔާ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރެވިފައިވާ ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އައު
ޢިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތް މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ޢަލީ
ނަޝީދުއަށް ޙަވާލުކުރިކަން އެނގޭކަމާއި،
ޢަލީ ނަޝީދުއަށް އިސްވެ އިޝާރާތްކުރެވުނު މަސައްކަތް ޙަވާލުކުރި ސެކޯޔާ ޕްރައިވެޓް
ލިމިޓެޑުންތޯ ނުވަތަ ޖަވާދު ޝަކީލުތޯ ސުވާލު އުފައްދާފައިވީނަމަވެސް، ޢަލީ ނަޝީދު ކ. މާފުށީ މެޖިސްޓްރޭޓް
ކޯޓުގައި ކުރި މަސައްކަތުގެ ތަކެތީގެ އަގުކަމަށް ބުނެ ހުށަހެޅި އަދަދަށް ޖަވާދު ޝަކީލުގެ ފަރާތުންވެސް
އިންކާރުކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި ޢަލީ ނަޝީދު ކުރިކަމަށް ބުނާ މަސައްކަތަކީ ޢަލީ ނަޝީދުއާ
ޙަވާލުކުރެވުނު މަސައްކަތެ
ޖަވާދު ޝަކީލު އިންކާރު ނުކުރާކަން އެނގެން އޮންނަކަމެވެ.
ތކތ ދ ތތ 4
0
އެކަތެއްކަމަށްވެސް
(ނ) ދެވަނަ ކަމަކީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62
ޤަޟިއްޔާގައިވާ މައްސަލައަކީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަންވީ ދަޢުވާއެއްކަމަށް ބުނެ ޖަވާދު
ޝަކީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހެޅި ނުކުތާތަކަށް ޝަރީޢަތުން
ނަޒަރުކުރިއިރު،
މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތްތަކެއް ޢަލީ ނަޝީދު
ކޮށްފައިވާކަމަށް ޖަވާދު ޝަކީލުވެސް އެއްބަސްވާކަން ފާހަގަކުރެވޭކަމާއި، އަދި ޢަލީ ޔަޝްގެ ހިޖުތަހަޅާފައިވާ
އަގުތަކާމެދުވެސް ޚިލާފުވުންތަކެއްނުވާކަން ފާހަގަކުރެވޭކަމާއި،
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471، ދިވެހިބޭ
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/281
ޢަލީ ނަޝީދަށް އިސްވެ ފާހަގަކުރެވުނު މަސައްކަތް ޙަވާލުކޮށްފައިވަނީ ސެކޯޔާ ޕްރައިވެޓް
ލިމިޓެޑުންކަމަށް ޖަވާދު ޝަކީލު ބުނެފައިވީނަމަވެސް، ޤާނޫނު ނަންބަރ 1096 (ކުންފުންޏާބެހޭ ޤާނޫނު) ގެ
15 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޢަލީ ނަޝީދާ އެފަދަ މަސައްކަތެއް ޙަވާލުކުރުމަށް ސެކޯޔާ
ޕްރައިވެޓް ލިމިޓެޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަމުގެ އެއްވެސް ލިޔެކިއުމެއް ޖަވާދު ޝަކީލުގެ ފަރާތުން
ދަށު ކޯޓަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވޭކަމާއި،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހުރި ބަޔާންތަކަށް ބަލާއިރު، 7 ސެޕްޓެމްބަރ 2011 ގައި ޖަވާދު
ޝަކީލު އެކޯޓަށް ހުށަހެޅި ބަޔާނުގައި އެމައްސަލައިގައި ކޮށްފައިވާ ދަޢުވާއަކީ އޭނާގެ މައްޗަށް ފަރުދީ ގޮތުން
ކުރެވޭނެ ދަޢުވާއެއް ނޫންކަމަށާއި، އަދި އެދަޢުވާކުރެވެންވާނީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކަމަށް
ބުނެފައިވީނަމަވެސް، 6 ފެބްރުއަރީ 2012 ގައި ޖަވާދު ޝަކީލު ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނަށް
ބަލާއިރު، ޖަވާދު ޝަކީލު ބުނިބުނުމަކަށް ސެކޯޔާ ޕްރައިވެޓް ލިމިޓެޑްގެ ލެޓަރހެޑެއްގައިވާ ތާވަލަކަށް ޢަލީ
ނަޝީދު ލައްވާ ޖަވާދު ޝަކީލު މަސައްކަތްތަކެއް ކުރިވިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެމަސައްކަތުގެ ޖުމްލަ އަގަކީ -/
105,100ރ. (އެއްލައްކަ ފަސްހާސް އެއްސަތޭކަ ރުފިޔާ) ކަމަށާއި އަދި އޭގެ
ތެރެއިން -/24,000ރ. (ސައުވީސްހާސް ރުފިޔާ) ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ
ޑިރެކްޓަރ މުޙައްމަދު ޙަބީބް ޙަސަން ވަނީ ޖަވާދު ޝަކީލުގެ ފަރާތުން ޢަލީ ނަޝީދުއާ ޙަވާލުކޮށްފައިކަމަށާއި،
އެހެންކަމުން، އަލީ ނަޝީދު ކުރި މަސައްކަތުގެ ޖުމްލަ އަގުގެ ތެރެއިން، -/
81,100ރ. (އަށްޑިހަ އެއްހާސް
އެއްސަތޭކަ ރުފިޔާ) ޢަލީ ނަޝީދަށް ޖަވާދު ޝަކީލު ދޭންޖެހޭކަމަށް ޖަވާދު ޝަކީލު ބުނެފައިވާކަމާއި އަދި
އެފައިސާ ޢަލީ ނަޝީދަށް ނުދެވިގެން އުޅެނީ ޖަވާދު ޝަކީލަށް ހޮލިސްޓިކް މޯލްޑިވްސްއިން ދައްކަންޖެހޭ
ފައިސާ ނުލިބިވާތީކަމަށާއި، އަދި ޖަވާދު ޝަކީލުގެ މާލީ ތަނަވަސްކަން ހުރިގޮތުން މިވަގުތު އެފައިސާ ދެއްކެން
ނެތްކަމަށް ޖަވާދު ޝަކީލު ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން،
ހުށަހެޅިފައިވާ މައްސަލައިގައި ސެކޯޔާ ޕްރައިވެޓް ލިމިޓެޑުން ޢަލީ ނަޝީދަށް މަސައްކަތެއް
ޙަވާލުކުރިކަމުގެ އެއްވެސް ލިޔެކިއުމެއް ފެންނަންނެތް ޙާލަތުގައި، އަދި ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
އެފައިސާއަކީ ޖަވާދު ޝަކީލު ދައްކަންޖެހޭ ފައިސާއެއްކަމަށް ޖަވާދު ޝަކީލު ބުނެފަޒީޕާއްތް މާލެއަތޮޅު މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާގައި -/81.100ރެއަށް
2ބ 2
0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2012/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްސަތޭކަ ރުފިޔާ) އަކީ ޖަވާދު ޝަކީލު ޢަލީ ނަޝީދަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިމައްސަލައިގައި ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް
ހޮލިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖާމިނުވެފައިވާކަން ސާބިތުކޮށްދިނުމަށް ހެކިން ޙާޟިރުކޮށްދިނުމަށް
އެދިފައިވަނިކޮށް އެއްވެސް ހެއްކެއް
ހެއްކެއް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކޮށްދެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
މިކަން ސާބިތުކޮށްދިނުމަށްޓަކައި ހެއްކެއް ގޮތަށް ހުށަހަޅާފައިވަނީ ގދ.ހޯޑެއްދޫ ފޭދޫ މުޙައްމަދު
ޙަބީބް ޙަސަންކަމަށް ޖަވާދު ޝަކީލުގެ ފަރާތުން ބުނެފައިވާކަމާއި، އަދި މުޙައްމަދު ޙަބީބް ޙަސަން ހެއްކެއްގެ
ގޮތުގައި ޝަރީޢަތަށް ޙާޟިރުކޮށްދެއްވާފައިނުވާކަމަށް ޖަވާދު ޝަކީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެރިޕޯޓުގައި ގދ.ހޯޑެއްދޫ ފޭދޫ މުޙައްމަދު ޙަބީބް ޙަސަންގެ
ބަޔާނެއް ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އެބަޔާން މާފުށީ މެޖިސްޓްރޭޓް ކޯޓުން ނަންގަވާފައިވަނީ ސިވިލް
ކޯޓު މެދުވެރިކުރައްވާފައިކަން އެނގެން އޮންނަކަމާއި،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާގެ
ރިޕޯޓުގައި ހުރި ބަޔާންތަކުގައި، ޢަލީ ނަޝީދަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް މުޙައްމަދު ޙަބީބް ޙަސަން
ޖާމިނުވެފައިވާކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، 7 ސެޕްޓެމްބަރ 2011 ގައި ޖަވާދު
ޝަކީލާ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާގެ
މައްސަލައިގައި ދީފައިވާ ބަޔާނަށް ބަލާއިރު، މުޙައްމަދު ޙަބީބް ޙަސަން މިފައިސާ ދެއްކުމަށް
ޖާމިނުވެފައިވާކަމަށާއި، އަދި މިފައިސާ ދޭންޖެހޭނެ އަސްލު މީހަކީ މުޙައްމަދު ޙަބީބް ޙަސަންކަމަށާއި އަދި
މުޙައްމަދު ޙަބީބް ހަސަން ކޯޓަށް ޙާޟިރުކޮށްދެއްވުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
ގޮތުން، 16 ނޮވެމްބަރ 2011 ގައި ހޮލިސްޓިކް މޯލްޑިވްސް ގެ ޑިރެކްޓަރު މުޙައްމަދު
ޙަބީބް ޙަސަންގެ ބަޔާން ސިވިލް ކޯޓު މެދުވެރިކުރައްވައި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ޤަޟިއްޔާގެ މައްސަލައާ ގުޅިގެން ނަންގަވާފައިވާކަ
ކަމާއި،
و کرم
OL OO
ކޯޓުގެ ނަންބަރު
62/H-12-MC/2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 381647.
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2012/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެބަޔާނުގައި މުޙައްމަދު ޙަބީބް ޙަސަން މަސައްކަތް ޙަވާލުކުރީ ޖަވާދު ޝަކީލުއަށް ކަމަށް ބުނެފައިވާކަން
އެނގޭކަމާއި، އަދި މުޙައްމަދު ޙަބީބް ޙަސަން ފަރުދީގޮތުންވެސް އަދި ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުންވެސް ޖަވާދު ޝަކީލު ތިންވަނަ ފަރާތަކާ ޙަވާލުކޮށްފައިވާ މަސައްކަތެއްގައި ޖާމިނުވެފައިވާކަމަށް
ބުނެފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި އެހެން ފަރާތްތަކާ ޖަވާދު ޝަކީލު އެކި މަސައްކަތް ޙަވާލުކުރިކަން
އެނގުނު ނަމަވެސް، އެމަސައްކަތްތައް ޙަވާލުކުރީ ކޮން ފަރާތްތަކަކާ ކަމެއް ނޭނގޭކަމަށް މުޙައްމަދު ޙަބީބް
ޙަސަން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތަކުގެ
ތެރެއިން ބައެއް މަސައްކަތްކޮށް ނިންމުމަށް ޢަލީ ނަޝީދުއާ ޙަވާލުކުރީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްކަމަށް
ޖަވާދު ޝަކީލުއަށް ސާބިތުކޮށްދެވިފައިނުވާއިރު، އަދި ޖަވާދު ޝަކީލު އެމަސައްކަތް ޙަވާލުކުރީ ކޮން
ފަރާތްތަކަކާ ކަމެއް މުޙައްމަދު ޙަބީބާ ހަސަންއަށް އެނގިފައިނުވާކަމަށް މުޙައްމަދު ޙަބީބް ޙަސަން ކޯޓަށް ދިން
ބަޔާނުގައި ބުނެފައިވާކަން އެނގެން އޮތްއިރު، އަދި މުޙައްމަދު ޙަބީބް ޙަސަން އެފައިސާ ދެއްކުމަށް
ޖާމިނުވެފައިވާކަމުގެ އެއްވެސް ކިތާބީ ހެއްކެއް ޖަވާދު ޝަކީލުގެ ފަރާތުން ހުށަހެޅިފައިނުވާއިރު، މާލެއަތޮޅު
މާފުށި މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ޙަބީބް ޙަސަންއާ އިތުރަށް ސުވާލުކުރުމަށްޓަކައި މާލެއަތޮޅު މާފުށި
މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ޙަބީބް ޙަސަން ޙާޟިރުކުރަންވީ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް
ޖަވާދު ޝަކީލުއަށް ދެއްކިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ޝަރީޢަތުން ސިވިލް ކޯޓު މެދުވެރިކުރައްވައި
ހޯއްދަވާފައިވާ ހެކިންގެ ހެކިބަހުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނުނިމިހުރި މަސައްކަތް ކުރުމަށް
ޙަވާލުވެފައިވަނީ ސެކޯޔާ ޕްރައިވެޓް ލިމިޓެޑްކަން އެނގެން އޮތްނަމަވެސް އެކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި
މައްސަލަ ނިންމެވިކަމަށްބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ހުށަހެޅިފައިމިވާ މައްސަލައަކީ ޖަވާދު ޝަކީލުގެ ކިބައިން ޢަލީ ނަޝީދަށް ލިބެންޖެހޭ ފައިސާ
ހޯދުމުގެ މައްސަލަކަމަށް ވީހިނދު، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތްތަކުގެ
ތެރެއިން ނުނިމިހުރި މަސައްކަތް ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސެކޯޔާ ޕްރައިވެޓް ލިމިޓެޑަށް
ޙަވާލުކުރިކަމާމެދު ޚިލާފުވުންތަކެއް އުފެދިފައިނުވާކަމާއި، ސެކޯޔާ ޕްރައިވެޓް ލިމިޓެޑުން ކުރަން ޖެހޭ ބައެއް
މަސައްކަތްތައް ޢަލީ ނަޝީދާ، ޖަވާދު ޝަކީލު ޙަވާލުކުރި ކުރުމަކީ ޖަވާދު ޝަކީލު އެކަން
2c4
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{12/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22 ތ 0
22
4
02 0 0
،
44
0
70 ތ
އެހެންކަމުން،
މެއްކަމާއި
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/H
-
12
-
MC/62 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
ބެލެވެން ނެތްކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
ޙުކުމް:
4 22
3 / 3
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/62 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ. ދޫނިފުށި ޖަވާދު ޝަކީލުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ ޤާނޫނީ
އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ތާއީދުކޮށްފީމެވެ.
X )
ވިހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv