ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/300 ޤަޟިއްޔާގެ ޙުކުމް
1
2013HC-A/30tp
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 300/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް: -
* މިހާރުގެ އެޑްރެސް: -
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ލުބާން ޢަދުނާން ރަ
ރަޝާދު
އައިޑީ ކާޑު ނަންބަރު: A116822
އެޑްރެސް: ޒާވިއާ ވިލިނލި
މިހާރުގެ އެޑްރެސް: ދޫނިދޫ ޖަލު/ ކ. ދޫނިދޫ
6
0
• ރަޖިސްޓްރީ ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރު 2013
ނިމުނު ތާރީޚް: 16 މުޙައްރަމް 1436
09 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/913 ޤާޟިއްޔާ
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
• ހުށަހެޅި ތާރީޚް: 08.11.2012
ނިމުނު ތާރީޚް: 20 މެއި 2013
ދިއެހިރާއްޖޭގެ
އައިކޯޓް
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު އަބްދުﷲ ޙަމީދު
ފަނޑިޔާރު ޔޫސުފް ޙުދައްކައިޖީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/913 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި
އިސްތިއުނާފް ރައްދުވާ ފަރާތަކީ ގއ. ވިލިނގިލި | ޒާވިއާ މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު އެވެ.
4 3 24 25
ހަށިހުޅުމަ
ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/913 ޤަޟިއްޔާއަކީ،
ވިލިނގިލި ! ޒާވިއާ، މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުއާއި، ކ.މާލެ / ހ. ފިނިމާގެ، ޢާޞިމް ވަޙީދުގެ
މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައެއްކަމާއި، މި ދަޢުވާ ހުށަހަޅަމުން
ދަޢުލަތުގެ ވަކީލާ މަރްޔަމް ޒާހިރު ބުނެފައިވަނީ، މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުއާއި ޢާޞިމް ވަޙީދު،
ފިނިމާގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި ބަންދުކޮށް
ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، 07 ޖުލައި 2012 ދުވަހު 13:25
އެހައިކަށްހާއިރު، ހ.ފިނިމާގެއަށް ފުލުހުން ދިޔަ ވަގުތު އެގޭ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރި
ތެރެއިން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ނިކުމެގެން ގޮސް އެގޭ ހަތަރު ވަނަ ފަންގިފިލާގައި ހުރިތަން
ފެނިގެން، ފުލުހުން މީނާ ނިކުމެގެން ދިޔަ ކޮޓަރިއަށް މީނާ ގެންގޮސް، މީނާއާއި އެ ކޮޓަރީގެ ވެރިފަރާތް ކަމުގައިވާ
ޢާޞިމް ވަޙީދުގެ ޙާޟިރުގައި އެ ކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގެ ތެރޭގައި ހުރި މޭޒުގައި އޮތް ބިއްލޫރި
ގަނޑު މަތިން ފެނުނު އެއްޗެހީގައި 93.5000 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ
ދައްކާތީއާއި، އެ ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގެ މަތީގައި އޮތް ބުލެޓްގައި 2.6771
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަ
030
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/300
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފިނިމާގޭގެ ދެވަނަ
103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ލުބާން ޢަދުނާން ރަޝާދުއާއި
ޢާޞިމް ވަޙީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރާކަމަށާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ދަޢުލަތުން ގއ. ވިލިނގިލި | ޒާވިއާ، މުޙައްމަދު
ލުބާން ޢަދުނާނު ރަޝާދުއާއި ކ.މާލެ / ހ. ފިނިމާގެ، ޢާޞިމް ވަޙީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ
ކުށުގެ މި ދަޢުވާކޮށްފައިވަނީ މުޙައްމަދު ލުބާން ޢަދުނާން ރަޝާދުއާއި ޢާޞިމް ވަޙީދު، މ
ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި ބަންދުކޮށް ވިޔަފާރިކުރާކަމަށް ޕޮލިސް
އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، 7 ޖުލައި 2012 ދުވަހު 13:25 އެހައިކަށްހާއިރު،
ހ. ފިނިމާ ގެއަށް ފުލުހުން ދިޔަ ވަގުތު އެގޭ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރި ތެރެއިން
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ނިކުމެގެން ގޮސް އެގޭ ހަތަރު ވަނަ ފަންގިފިލާގައި ހުރިތަން ފެނިގެންކަމަށް
ދައުލަތުގެ ދަޢުވާގައި ބުނިނަމަވެސް، މި މައްސަލާގައި ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަހުން މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދު ހ. ފިނިމާގޭގެ ދެވަނަ ފަންގިފިލާއިން ނިކުމެގެން ދިޔަކަން އެނގެންނެތުމާއި، ފިނިމާގެއަށް
ފުލުހުން ދިޔަ ވަގުތު އެގޭ 04 ވަނަ ފަންގިފިލާއިން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ފެނިފައިވާތީ
ފިނިމާގޭ، ޢާޞިމް ވަޙީދު އެގޭގައި ދިރިއުޅޭ ދެވަނަ ފަންގިފިލާއަށް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު
ގެންގޮސް، މީނާއާއި އެ ކޮޓަރީގެ ވެރިފަރާތްކަމުގައިވާ ޢާޞިމް ވަހީދުގެ ޙާޟިރުގައި އެ ކޮޓަރި ބަލައި
ފާސްކުރިއިރު، އެ ކޮޓަރިތެރޭގައި ހުރި މޭޒުގައި އޮތް ބިއްލޫރި ގަނޑުމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއް ފެނިފައިވާތީއާއި، އެ ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގެ މަތީގައި އޮތް މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ ބުލެޓެއް ފެނިގެން ނަގާފައިވާކަން ހެކިންގެ ހެކިބަހުން އެނގެންއޮންނާތީއާއި، ބުނެވިދިޔަ ތަކެތި
ތަޙުލީލްކުރިއިރު، އެތަކެތީގެ ބަރުދަނުގައި 98.1771 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން
އެނގެންއޮންނާތީއާއި، ޢާޞިމް ވަޙީދު ދިރިއުޅޭ ކޮޓަރިން ފެނިފައިވާ މަސްތުވާ ތަކެއްޗަކީ ކާކުގެ ތަކެތިކަން
ޢާޞިމް ވަޙީދުއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފަ
ހ
.1
މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 03
އާއި ޙަވާލާދީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ޢާޞިމް ވަޙީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅާއި، މި ކަށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢާޞިމް ވަޙީދު ޢުމުރަށް
ޖަލަށްލުމާއެކު، -/100,000 ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ މިއަދުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި
މި ކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް ޢާޞިމް ވަޙީދަށް އަންގައި، މި މައްސަލާގައި ދަޢުވާ ލިބޭ މުޙައްމަދު
ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް މި ދަޢުވާ ސާބިތުވާވަރުގެ ކާފީ ހެކި ޤަރީނާ ލިބިފައިނުވާތީ، މުޙައްމަދު
ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅައި މި ގޮތުގެމަތި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
* ދ ތ
ވެމުން
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/913 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ފާހަގަކުރި ނުކުތާއަކީ، ދައުލަތުން ހުށަހަޅާފައިވާ ހެކި އަދި ޤާރީނާއަކީ މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދުގެ މައްޗަށް ދަޢުވާ ސާބިތުވާވަރުގެ ކާފީ ހެކި ޤަރީނާ ނިންމަވާފައިވީނަމަވެސް،
ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަކީ މައްސަލަ ސާބިތުކުރުމަށް ކާފީ ހެކިޤަރީނާއެއްކަމަށް ބުނެ ހުށަހެޅި
ނޫންކަމަށް
44 ،77
ކeވ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2012;Cr
-
C/913 ޤާޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ތަޙްޤީ
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ޙާދިސާ
ބަޔާންތަކުގައިވާ ތާރީޚާއި އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/C-4814ޗްޑީޕީޟި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/300
ޝަރީޢަތް ނިމުގޮތުގެ ރިޕޯޓުގައި އޮތް ތާރީޚާ ތަފާތުކަމަށް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
މި ޙާދިސާ ހިނގި ތާރީޚުކަމަށް މި މައްސަލާގައި ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނު ހެކިން
ބުނެފައިވަނީ 12 ޖުލައި 2012 ގެ 13.25 ކަމަށް އެ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިހުގައާއި އަދި ތަޙްޤީޤަށް
ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާކަމާއި، 7
ޖުލައި 2012 ކަމަށް ބުނެވިފައި އޮންނަނީ ހަމައެކަނީ ޝަރީޢަތުގެ މަޖިލިހަށް ދައުލަތުން ދީފައިވާ
ހ2 ތ ދވތ ހ2
19ނނ/42)
އިސްތިއުނާފު ކުރެވޭ މައްސަލާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް، ޙާދިސާ ހިނގާ ދިޔަ
ތާރީޚަކީ 7 ޖުލައި 2012 ކަމަށް އޮންނަނީ ދައުލަތުގެ ބަޔާންތަކާ ޙަވާލާދެއްވާފައިކަން ފާހަގަކުރެވޭކަމާއި، އަދި
މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅިފައިހުރި ލިޔެކިއުންތަކުން، ޙާދިސާ ހިނގާ ދިޔަ ތާރީޚަކީ 12 ޖުލައި
2012 ކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުނުކަމާއި،
12 ޖުލައި 2012 ގެ 13:25 ކަންހާއިރު، ހ.ފިނިމާގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް
ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ހ.ފިނިމާގެއަށް ފުލުހުން ދިޔަ ވަގުތު އެގޭ ދެވަނަ
ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރި ތެރެއިން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ނިކުމެގެން ގޮސް އެގޭ
ހަތަރުވަނަ ފަންގިފިލާއަށް އެރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން މައްޗަށް އެރިއިރު އެގޭގެ
ހަތަރުވަނަ ފަންގިފިލާގައި މުޙައްމަދު ލުބާން ޢަދުނާން ރަޝާދު ހުރިކަމަށާއި، އެތަނުގައި ކުރަނީ ކީއްތޯ ފުލުހުން
މުޙައްމަދު ލުބާން ޢަދުނާން ރަޝާދުއާ ސުވާލުކުރުމުން، އެތަނަށް އައީ ފެން ބޯންކަމަށް މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދު ބުނެފައިވާކަމަށް އެތަނުގައި އެވަގުތު ތިބި ފުލުހުން އިސްތިއުނާފުކުރެވޭ މައްސަލާގެ ޝަރީޢަތުގެ
މަޖިލިހުގައާއި ތަޙްޤީޤުގައި ހެކިބަސް ދީފައިވާކަމާއި، އެހެންނަމަވެސް، ހަތަރު ވަނަ ފަންގެ
ބިދޭސީންނަށް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު ނޭނގޭކަމަށް ބުނިކަމަށް އިސްވެބުނެވު
ދީފައިވާކަމާއި، އަދި އެވަގުތު މުޙައްމަދު ލުބާން ޢަދުނާން ރަޝާދު އެތަނުގައި
ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާ އެއްޗެއް ފެނިފައިނުވާކަމަށާއި، ފުލުހުން ތިރިއަށް ފައިބައި، ދެވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
447
ކޮޕީ އާއި
8އި
;
6
2013/HC-A/30/p
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރުމުން، އެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި
ފެނުނުކަމަށާއި، އަދި މި މައްސަލާގައި ދެން ހިމެނޭ ޢާޞިމް ވަޙީދުގެ ދައްތަ، ޢާޠިފާ ވަޙީދު އެތަނަށް ދިޔަ
ކަމަށާއި، އެ ކޮޓަރިއަކީ ޢާތިފާ ވަޙީދުގެ ކޮއްކޮ، ޢާޞިމް ވަޙީދުގެ ކޮޓަރިއެއްކަމަށާއި، އަދި މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދުއަކީވެސް އެގެއަށް އައިސް އުޅޭ މީހެއްކަމަށް ޢާޠިފާ ވަޙީދު ބުނިކަމަށް ސީންއަށް ދިޔަ ފުލުހުން
ތަޙްޤީޤުގައާއި ޝަރީޢަތުގައި ބުނެފައިވާކަމާއި، ފުލުހުން ހ.ފިނިމާގޭގެ ދެވަނަ ފަންގިފިލާގައި ތިއްބާ އެތަނަށް
ޢާޞިމް ވަޙީދު އައި ކަމަށާއި، ޢާޞިމް ވަޙީދުއާ ސުވާލުކުރުމުން އެއީ ޢާޞިމް ވަޙީދުގެ ކޮޓަރިއެއްކަމަށާއި، އެ
ކޮޓަރިއަށް ޢާޞިމް ވަޙީދުގެ ރައްޓެހިންވެސް އައިސް އުޅޭކަމަށް ބުނެފައިވާކަމަށާއި، އެ ކޮޓަރި ބަލާ
ފާސްކޮށްފައިވަނީ މުޙައްމަދު ލުބާން ޢަދުނާން ރަޝާދުއާއި ޢާޞިމް ވަޙީދުގެ ޙާޟިރުގައިކަމަށާއި، އެކޮޓަރީގެ
ތެރޭގައި ހުރި މޭޒުގައި އޮތް ބިއްލޫރި ގަނޑު މަތިން ފެނުނު އެއްޗެހީގައި 93.5000 ގްރާމް ޑައިމޯފިން
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެ ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގެ މަތީގައި އޮތް
ބުލެޓްގައި 4.6771 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ
ދަށުން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން
ކުރުމުން، މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ މައްޗަށް މި ދަޢުވާ ސާބިތުވާވަރުގެ ކާފީ ހެކި، ޤަރީނާ
ލިބިފައިނުވާ ކަމަށް އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/913 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/2011 (މަސް ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ން
ވަނަ މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ނ)
ގައި އެކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެކު -/
100,000ރ. (އެއްލައްކަ)
-/
10,000,000ރ. (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ރާކުރުން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 2
2 22 22 0
އިސްތިއުނާފު މިކުރެވޭ މައްސަލާގައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ދައުލަތުން
ކޮށްފައިވާ ދަޢުވާއަކީ އިސްވެ ބަޔާންކުރެވުނު މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށްކަމާއި، ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ޓްރެފިކް ކުރުމަކީ ކޮބައިކަން
ބަޔާންކޮށްފައިވާކަމާއި،
މިވާކަމާއި، އެގޮތުން، ޓްރެފިކް ކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ މާއްދާގައި
ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާ ގޮތަށް މަސްތުވާތަކެތިން މުޢާމަލާތުކުރުމަށް، ނުވަތަ
ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެކަމެއް ފުރިހަމަވާގޮތަށް
މަސްތުވާތަކެތިން މުޢާމަލާތްކުރުންކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްވެބުނެވުނު ޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި،"މި ޤާނޫނުގައި އެހެން
ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން
ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރި މީހެއްކަމަށް ބެލެވޭނެއެވެ."ޑ
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާކަމާއި، އެއަކުރުތަކުގެ ތެރެއިން (ޅ) ގައި
"މަސްތުވާތަކެތި ވިއްކުމަށްޓަކައި އެކި ފެންވަރުގައި، އެކި މިންވަރަށް، އެކިގޮތަށް މަސްތުވާތަކެތި ބަންދުކޮށް
ބާޒާރަށް ނެރުމުގެ
ރުމުގެ ވަޞީލަތްތައް، އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުން"; މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި
އެމާއްދާގެ (ހ) ގައި "ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް މިޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް
މަސްތުވާތަކެތި އަތުގައި ހުރުން" މިފަދައިން ބަޔާންކޮށްފައިވާއިރު، ބުނެވުނު ޤާނޫނުގެ 141 ވަނަ މާއްދާގައި، އެ
ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އަދި އެ
ޤާނޫނުގެ 144 ވަނަ މާއްދާގައި، އެކެއްގެ އަތުގައި ހުރި މަސްތުވާ އެއްޗެއް އެހެން މީހެއްގެ އަތުގައިވެސް
ހުރިކަމަށް ބެލެވޭނެ ޙާލަތް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ
ރުހުމާއެކު، އޭގެ ތެރެއިން ވަކިމީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މ ހެއްގެ
އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެޢަދަދަށް ހުރީ ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
/02 ޑިa
ޓްi
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންކަމުން، މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް
ސާބިތުކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ އިސްވެ ފާހަގަކުރެވުނު
މާއްދާތަކުގައި ބަޔާންކޮށްފައިވާ ޙާލަތެއް ނުވަތަ ޙާލަތްތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ޝަރީޢަތުގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭން ޖެހޭނެކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/913 ޤަޟިއްޔާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާއަކީ މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ސާބިތުވާ ވަރަށް ކާފީ ހެކި،ޤާރީނާ ކްރިމިނަލް
ކޯޓުގައި ހުށަހެޅުނުކަމަށާއި،
މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިންގ ޓްރެފިކްކުރުމުގެ
ކުށަށް ތަޙުޤީޤުގެ މަރުހަލާގައާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަރުހަލާގައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު
އިންކާރުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، މި މައްސަލާގައި މުޙައްމަދު ލިބާން ޢަދުނާނު ރަޝާދުގެ މައްޗަށް
ދައުލަތުން ކުޅަ ޑައިމޯފިންގ ޓްރެފިކްކުރުމުގެ ކުށް ސާބިތުކޮށްދިނުމުގެ ގޮތުން މުޙައްމަދު ލުބާން ޢަދުނާން
ރަޝާދުއާއި ފިނިވާގެ ދެވަނަ ފަންގިފިލާގެ ކޮޓަރި ތެރެއިން ފެނުނު މަސްތުވާ ތަކެއްޗާއި ގުޅުވައިދިނުމަށް
ދައުލަތުން ހުށަހެޅި ހެއްކަށް ބަލާއިރު،
މި މައްސަލާގެ ޙާދިސާ ހިނގާދިޔަ ތަނަށް ދިޔަ، އަދި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޟިރުކުރެވުނު ފުލުހުންގެ ހެކިބަހުގައި، ހ.ފިނިމާގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް
އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން ހ.ފިނިމާގެއަށް ގޮސް ވަންތަނާ ޕޮލިސް
އިންޓަލިޖަންސްއިން ގުޅާފައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު މައްޗަށް އަރައިފިކަމުގެ މަޢުލޫމާތު ދިނުމުން،
ފުލުހުން މައްޗަށް އެރިއިރު އެގޭގެ ހަތަރުވަނަ ފަންގިފިލާގައި މުޙައްމަދު ލުބާން ޢަދުނާން
އޭނާ އެތަނުގައި ކުރަނީ ކޮންކަމެއްތޯ ފުލުހުން ސުވާލުކުރުމުން، އެތަނަށް އޭނާ ދިޔައީ ގެން @ޙައްމަރ
ލިބާން ޢަދުނާނު ރަޝާދު ބުނިކަމަށް އެތަނުގައި އޭރު ޙާޟިރުވެތިބި ފުލުހުން ޝާ
ހައި3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/30
ފެނިފައިވަނީ މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ހަށިގަނޑު އިތުރަށް ގާތުން ބަލައި ޕީ8ގެ
ބުނެފައިވާކަމާއި، އެހެންނަމަވެސް އެ ފަންގިފިލާގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމުން، މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދުއަކީ އެމީހުން ދަންނަ މީހެއްނޫންކަމަށް އެ މީހުން ބުނިކަމަށާއި، މުޙައްމަދު ލުބާން ޢަދުނާން
ރަޝާދު އެވަގުތު އެތަނުގައި ބަހައްޓައިގެން ބަލައި ފާސްކުރިކަމަށާއި، އެހެންނަމަވެސް މުޙައްމަދު ލުބާން ޢަދުނާން
ރަޝާދުގެ އަތުން މަސްތުވާ އެއްޗެއް ފެނިފައިނުވާކަމަށް މި މައްސަލާގައި ޙާދިސާ ހިނގާދިޔަތަނަށް ގޮސްތިބި
ފުލުހުންގެ ބަހުން އެނގެންއޮތްއިރު، މި މައްސަލާގައި ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނު އެއްވެސް
ފުލުހަކަށް ހ.ފިނިމާގޭގައި މަސްތުވާތަކެތި ފެނުނު ދެވަނަ ފަންގިފިލާއިން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު
ނިކުމެގެން ދިޔަތަން، ނުވަތަ އޭނާ ދެވަނަ ފަންގިފިލާއިން މައްޗަށް އަރައިގެން ދިޔަތަން ފެނިފައިނުވާކަން،
އެފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުންނާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގޭކަމާއި،
މުޙައްމަދު ލުބާން ޢަދުނާން ރަޝާދުއަކީ ހ.ފިނިމާގޭގެ ދެވަނަ ފަންގިފިލާއިން މަސްތުވާތަކެތި
ފެނުނު ކޮޓަރީގައި ދިރިއުޅޭ ޢާސިމް ވަޙީދުގެ ރައްޓެއްސެއްކަމަށާއި، އަދި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުއަކީ
ޢާޞިމް ވަޙީދުގެ ކޮޓަރިއަށް އައިސް އުޅޭ މީހެއްކަމަށް ޢާޞިމް ވަޙީދުގެ ދައްތަ ޢާޠިފާ ވަޙީދު ބުނިކަން
ޝަރީޢަތަށް ޙާޟިރުކުރެވު
ރެވުނު ފުލުހުންގެ ހެކިބަހުން އެނގެންއޮންނަކަން ފާހަގަކުރެވޭކަމާއި، އަދި މީގެ އިތުރުން،
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުއަކީ ޢާޞިމް ވަޙީދުގެ ރައްޓެއްސެއްކަމަށް ޢާޞިމް ވަޙީދުވެސް ބުނެފައިވާކަން
އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާއިރު، ހ.ފިނިމާގެއިން
މަސްތުވާތަކެތި ފެނުނު ކޮޓަރީގައި ހުރި މަސްތުވާތަކެތި ޕެކްކުރަން ބޭނުންކުރި ޕްލާސްޓިކް ފިލްމް ސީލަރ
ފޮށިގަނޑުގެ ބޭރު ފަރާތުގެ އަރިމަތިން ނެގުނު ލޭޓަންޓް ޕްރިންޓް، މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ވައަތު
ކަށި އިނގިއްޔާ އަޅާ ކިޔުމުން ރިޖް ޕްޓަން، ރިޕް ދަތުރުކޮށްފައިވާގޮތް އަދި، ރިޖްގެ ސިފަތަކުގެ 11 ސިފައެއް
އެއްގޮތްވެފައިވާކަމަށް ނަންބަރު 2012
/
0069/k
(
d
)
/
FCR ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގައިވާކަމާއި،
އިސްވެބުނެވުނު ފޮށިގަނޑުގެ ބޭރުން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ފިންގަރ ޕްރިންޓް
ކޮޓަރިތެރެއަށް ވައްދާ، ހަށިގަނޑު ބަލައި ފާސްކުރި ވަގުތު، މުޙައްމަދު ލުބާން ޢަދުނާން
ތެރޭގައި ހަރަކާތްތެރިވިއިރު އެ ފޮށިގަނޑު ސޯފާމަތީގައި ހުއްޓާ އެ ފޮށިގަނޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
މީއަށް
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/300
މި
Ooec
ފޮށިގަނޑުގައި އަތްލާފައިވާތީކަމަށް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު
މައްސަލާގެ ތަޙުޤީޤުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ ޙަވާލާދެވުނު ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓުގައި ޕްލާސްޓިކް ފިލްމް ސީލަރ
ފޮށިގަނޑުގެ އިތުރުން ނެގުނު ލޭޓަންޓް ޕްރިންޓްތަކުގެ ތެރޭގައި، ކޮޓަރީގައިހުރި ބިއްލޫރި މޭޒުމަތިން ނެގުނު
ލޭޓަންޓް ޕްރިންޓަކާއި، ކޮޓަރި އެނދުމަތީގައި އޮތް ސީޑީ ކަވަރެއްގެ ބޭރު ފަރާތުން ނެގުނު ލޭޓަންޓް ޕްރިންޓަކާއި،
ކޮޓަރީ ދޮރުގެ ތަޅުގެ އެތެރެ ފަރާތުން ނެގުނު ލޭޓަންޓް ޕްރިންޓެއް ހިމެނުނުކަން ފާހަގަކުރެވޭކަމާއި، އަދި މިއިން
އެއްވެސް ލޭޓަންޓް ޕްރިންޓެއް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ފިންގަރޕްރިންޓާ ދިމާނުވާކަން
ފާހަގަކުރެވޭކަމާއި،
މި މައްސަލާގައި މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ ޢާޞިމް ވަޙީދު، މުޙައްމަދު ލުބާން
ޢަދުނާނު ރަޝާދުއަށް ކުއްޔަށްދީފައިވާ ކޮޓަރިއެއްކަމަށް ޢާޞިމް ވަޙީދު މި މައްސަލާގެ ތަޙުޤީޤުގައާއި ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވީނަމަވެސް، މިކަމަށް މުޙައްމަދު ލުބާން ޢަދުނާނު ރަޝާދު އިންކާރުކޮށްފައިވާކަމާއި، އަދި އެ
ކޮޓަރިއަކީ ޢާޞިމް ވަޙީދު ދިރިއުޅޭ ކޮޓަރިކަން ހެކިންގެ ބަހުން އެނގެން އޮންނައިރު، މި މައްސަލާގެ ހެކިންގެ
ބަހުންނާއި އަދި ޢާޞިމް ވަޙީދުގެ ވާހަކަތަކުންވެސް، ހ.ފިނިމާގެއިން ފެނިފައިވާ މަސްތުވާ ތަކެއްޗަކީ، ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މުޙައްމަދު
ލުބާން ޢަދުނާނު ރަޝާދުގެ އަތުން ފެނިފައިވާ ތަކެތިކަމަށް ބެލެވެންނެތްކަމާއި، އަދި އެ ތަކެއްޗަކީ ޢާޞިމް
ވަޙީދުގެ ރިޔާޒަތުގެ ދަށުގައި ހުރި ތަކެތިކަމުގައިވާއިރު، އެ ތަކެތި ޢާޞިމް ވަޙީދުގެ ރިޔާޒަތުގެ ދަށުގައި ހުރީ
މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ އެނގުމުގެ ނުވަތަ ބެލުމުގެ ދަށުންކަން މައްސަލާގައި ހުށަހެޅިފައިވާ
އެއްވެސް ހެއްކެއްގެ ބަހުން ސާބިތުކޮށްދެވިފައިނުވާކަމާއި،
މި މައްސަލާގައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށް ސާބިތުވާވަރުގެ ކާފީ ހެކި، ޤަރީނާ ކްރިމިނަލް ކޯޓަށް ހުށަހެޅިކަމަށް މި މައްސަލަ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވީނަމަވެސް،
ޖަޑާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2013/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުއަކީ ޢާޞިމް ވަޙީދު ކައިރިއަށް ގޮސް އުޅޭ މީހަކަށްވުން،
ނުވަތަ އެދުވަހު އޭނާ އެގޭ ހަތަރުވަނަ ފަންގިފިލާއިން ފެނިފައިވުން، ނުވަތަ މަސްތުވާތަކެތި ފެނުނު ކޮޓަރިން
އެތައް ލޭޓަން ޕްރިންޓެއް ނެގުނުއިރު، މަސްތުވާތަކެތި ޕެކްކުރަން ބޭނުންކުރި ޕްލާސްޓިކް ފިލްމް ސީލަރ
ފޮށިގަނޑުގެ ބޭރުން މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ ފިންގަރޕްރިންޓެއް ފެނިފައި އޮތުމަކީ، ހަމަ އެކަނި އެ
ކަންކަމުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބުނާ
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ މައްޗަށް ސާބިތުކޮށްދެވޭވަރުގެ
ހަރުދަނާ ހެކި، ޤަރީނާ ނޫންކަމާއި،
ކުރިންވެސް އިޝާ
އިޝާރާތްކުރެވުނު ފަދައިން، މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ކޮބައިކަން ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބުނެފައިވާއިރު، އަދި މީހަކު
މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގައި ބެލެވޭނެ ޙާލަތްތައް އެ ޤާނޫނުގެ 142 ވަނަ މާއްދާއާ ޙަވާލާދީ
ބަޔާންކުރެވިފައިވާއިރު، އެ މާއްދާގައި ބަޔާންކުރާ އެއްވެސް ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި އެ ޤާނޫނުގެ 144 ވަނަ މާއްދާގައި އެކެއްގެ އަތުގައި
ހުރި މަސްތުވާތަކެތި އެހެން މީހެއްގެ އަތުގައިވެސް ހުރިކަމަށް ބެލެވޭނެ ޙާލަތް ބަޔާންކޮށްފައިވާއިރު، އެ އަކުރުގެ
ދަށުންވެސް،
މި
މައްސަލާގައި މުޙައްމަދު ލުބާން ޢަދުނާން ރަޝާދުގެ އަތުގައި މަސްތުވާތަކެތި ހުރިކަން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސާބިތުކޮށްދެވިފައިނުވާކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންނަށްވެސް އެއްބަސްވެވުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/913 ޤަޟިއްޔާގައި
މުޙައްމަދު ލުބާން ޢަދުނާން ރަޝާދު ޑައިމޯފިން ޓްރެފިކްކުރިކަން ސާބިތުވާވަރުގެ ކާފީ ހެކި، ޤަރީނާ
ލިބިފައިނުވާކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ
ތަނެއް ނެތްކަމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
2013/HC-A/300
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr
-
C/913 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި މުޙައްމަދު ލުބާން ޢަދުނާނު ރަޝާދުގެ މައްޗަށް
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނު
ތުނުވާކަމަށް ކަނޑައަޅުއްވައި، ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ex ep 3
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv