ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/101 ޤަޟިއްޔާގެ ޙުކުމް
1
ގަސިޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011)HC-A'll
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ 101/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙުމަދު ފައިޞަލް
އައިޑީ ކާޑު ނަންބަރ : A314930
ނުތާރީޚް: 27 އެޕްރީލް 2011
* ދާއިމީ އެޑްރެސް: ކުރިކީލަގެބ.މާޅޮސް
މިހާރުގެ އެޑްރެސް: މާފަރުގެސްޓް ހައުސް
! ނިމުނު ތާރީޚް :
- - -
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް :
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، ޣާވެ، ދިވެހިރާއްޖެ، ޕޯން: 33256129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައީޓޯ: www.highcourt.gov.mv
2
2011/HC-A;
ދަޢުވާގެ ޚުލާޞާ
އެއްގޮތްވާކަށް
މިއީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ވާކަމަށްބުނެ، އެނިންމުން އިސްތިޢުނާފް ކޮށްދިނުންއެދި ކ.މާޅޮސް} ކުރިކީލުގެ އަޙުމަދު ފައިޞަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
* ފާހަގަކުރެވުނު ނުކުތާތައް:
-01
]
އެޤަޟިއްޔާއަކީ
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/FI0C/13 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
މާޅޮސް މާވަށް ނުޒުހަތު އަޙުމަދާއި، އެރަށު ބާދަލް ފާރިޝް އަފްރާޙާއި، ކުރިކީލަގެ އިބްރާހިމް މޫސާ
އާއި، ކީސްޕި އަޙުމަދު ސަބާޙް އާއި، ކުރިކީލަގެ އަޙުމަދު ފައިޞަލާއި، ފިޔާދާގެ ނާހިދާ މުޙައްމަދާއި، މާވަތް ފާތިމަތު ރިސްމާ
އަޙުމަދާއި، މާވަށް އަޙުމަދު އިދުރީސް އާއި، ފިޔާދާގެ އަޙުމަދު މުޙައްމަދު 29 އެޕްރީލް 2010 ވަނަ ދުވަހުގެ 9;30
އެހާކަށްހާއިރު ތ.މާޅޮހު އޮފީހަށް ވަދެ މި މީހުންގެ ތެރެއިން ނުޒުހަތު އަޙުމަދު އެއޮފީހުގެ ތަޅުދަނޑި ހިފައިގެން ގޮސް އެދުވަހު
14:00 އެހާކަށްހާއިރުވަންދެން އެތަޅުދަނޑިފަތި ހިފައިގެން އުޅެފައިވާތީއާއި، މި މީހުންގެ ތެރެއިން ޕްރިޝް އަފްރާޙް ބ.މާޅޮހު
އޮފީސް ބަންދުކުރުމުގެ ބޭނުމުގައި އެދުވަހު އޮފީހަށް ގޮސް އެރަށު ކައުންސިލަރު އަބްދުލްމަޖީނު އާއި ދިމާލަށް ހަޑިހުތުރު ބަހުން
އެއްޗެހި ކިޔައި އޮފީސް ތެރޭގައި އަޑުގަދަކޮށްފައިވާތީ އާއި، ބ.މާޅޮހު އޮފީހަށް ގޮސް އެއޮފީހަށް ވަދެ އޮފީސް ބަންދުކުރާނެ
ކަމަށްބުނެ އޮފީހުން ނުކުތުމަށް ކައުންސިލަރަށް އަންގައި އެތަނުގައި އަޑުގަދަކޮށް ހަމަ ނުޖެހުން އުފެއްދުމުގައި ނުޒުހަތު
އަޙުމަދާއި، ފާރިޝް އަޕްރާޙާއި، އިބްރާހިމް މޫސާ އާއި، އަޙުމަދު ސަބާޙު އާއި، އަޙުމަދު ފައިޞަލް އާއި، ނާހިދާ މުޙައްމަދާއި،
ފާތިމަތު ރިސްމާ އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދު ބައިވެރިވިކަމަށް އ.މާޅޮހު ޖަނަވަރީގެ ޢަލީ ރަފީޢު
އާއި، އެރަށު މުސްތަރީގެ އިބްރާހިމް ޢަބްދުއްރަޙުމާނު ބުނާތީ، ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުޒުހަތު
އަޙުމަދާއި، ފާރިޝް އަފްރާޙްއި، އިބްރާހިމް މޫސާއާއި، އަޙުމަދު ސަބާޙް އާއި، އަޙުމަދު ފައިޞަލް އާއި، ނާހިދާ މުޙައްމަދާއި،
ފާތިމަތު ރިސްމް އަޙުމަދާއި، އަޙުމަދު އިދުރީސް އާއި، އަޙުމަދު މުޙައްމަދުގެ މައްޗަށް
މެޖިސްޓްރޭޓް
ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
ދަޢުވާކުރެހުން ބ.މެޅޭހ
އެނގެންއޮވެއެވެ.
_02
މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުވީ ހިނގުން، ޚެވެ. ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.rov
3
ޤަޟިއްޔާ ނިވުނު ގޮތުގެ ޚުލާސާ
7jl/HC-A; 1]
ބިމާޅޮހު
li efi
3.42ވދީ
އިސްވެދިޔަ ބަޔާންތަކަށާ ފާހަގަކުރެވުނު ނުކުތާތަކަށް މިޤަޟިއްޔާގައި ކުށްޘާބިތުވާ ފަރާތްތަކަށް ޢުޤޫބާތް
ކުނޑައެޅުމުގައި ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިމައްސަލައިގައި ދަޢުވާލިބޭ
ނުޒުހަތު އަޙްމަދުއާ، އެރަށު "ބާދަލް" ފާރިޝްއަފްރާހްއާ، ކުރިކީލަގޭ އިބުރާހީމް މޫސާއާ، "ކީސްޕިލާ" އަޙްމަދު ޞަބާޙްއާ،
ކުރިކީލަގޭ އަޙްމަދު ފައިސަލްއާ، ފިޔާދާގޭ ނާހިދާ މުޙައްމަދުއާ، "މާވަތް" ފާޠިމަތު ރިސްމާ އަޙްމަދުދީ، އެގޭ އަޙްމަދު
އިދުރީސްއާ، ފިޔާދާގޭ އަޙްމަދު މުޙައްމަދު، ދަޢުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމަށް ވިދާޅުވެ ދަޢުލަތުން ކުރެއްވި
ދަޢުވާއަށް ދަޢުވާލިބޭ މީހުންކުރެ ފާރިޝް އަފްރާޙް ދަޢުވާއަށް ފުރިހަމައަށް އިޢުތިރާފްވާކަމަށާއި، ފާރިޝް އަފްރާޙްއަކީ
ކުށްކުޑައިރު ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމަށްވާތީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6 މިފޮތުގެ 19
ވަނަ މާއްދާ (ކުޑަކުދިންގެ މައްޗަށް އަދަބުކަނޑައެޅުން) އަށް ބުރަވެ ފާރިޝް އަފްރާޙް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް
އެޅިކަން ޘާބިތުވާ މިކުނުގެ ޢުޤޫބާތަކަށް މި ފާރިޝް އަފްރާޙް މިއަދުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް
ންދުކުރުމަށާއި، ދައުލަތުން ކުރެއްވި ދަޢުވާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ހާދިސާ ހިނގި ވަގުތު ދަޢުވާލިބޭ ނުޒު
އަޙްމަދު މާޅޮހު އޮފީހުގެ ތަޅުދަނޑިފަތި މީނާއަތުގައި އެތަށްއިރެއްވަންދެން ބާއްވާފައިވާކަމަށް މީނާ އިޢުތިރާފްވާކަމަށާއި، އެހެނަސް
ޙާދިޞާ ހިނގިވަގުތު ދީނާ މާޅޮހު އޮފީހަށްވަދެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމުގައި ނުޒުހަތު އަޙްމަދު އިސްރޯލެއް
އަދާކޮށްފައިވާކުން ހެކިންގެބަހުން ޘާބިތުވާކަމަށްޓަކައި މީނާގެ މިޢަމަލުގެ ސަބަބުން ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ހުރަސްއެޅޭނޭކަމަށް ކަނޑައަޅައި މިކުނުގެ ޢުޤޫބާތަކަށް މިނުޒުހަތު އަޙްމަދު މިއަދުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ގޭގައި ބަންދުކުރުމަށާއި، މައްސަލައިގައި ދަޢުވާލިބޭ އިބުރާހީމް މޫސާއާއި، އަޙްމަދު ޞަބާޙްއާ، އަޙްމަދު ފައިޞަލްއާ،
ނާހިދު މުޙައްމަދުއާ، ފާތިމަތު ރިސްމާ އަޙްމަދުއާ، އަޙްމަދު އިދުރީސްއާ، އަޙްމަދު މުޙައްމަދު ދަޢުވާއަށް އިންކާރުކުރިނަމަވެސް
ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުން މިބައިމީހުން ކުށްވެރިވާކަން ހެކީންގެ ބަހުން ޘާބިތުވާ މިކުށުގެ
އުގޫބާތަކަށް މީހުންކުރެ ކޮންމެމީހަކު މިއަދުންފެށިގެން 3 މަހާ 15 ދުވަހުގެ މުއްދަތަށް ގޭގައިބަންދުކުރުމަށް
ޙުކުމްކޮށްފީމެވެ."
އދ
ޚު
1
-03
ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުއީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އަޙުމަދު ފައިޞަލްގެ ފަރާތުން 02 ( ދޭއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާ
ނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
OX
(ހ) ފުރަތަމަ ނުކުތާޢުކީ: މި ދަޢުވާއަން އަޙުމަދު ފައިޞަލް އިންކާރުކޮށްފައި ވަނިކޮށް، ޕްރީސްކޫލް އެޅުމަށް
ބިން ދޭން ހަމަޖެހިފައިވާ ޖަމްޢިއްޔާއެއްގައި އުޅޭ ދެމީހުންގެ ހެކިބަހުގެ މައްޗަށް އަޙުމަދު ފައިޞަލް ސަރުކާރުގެ މުވައްޒަފެއްގެ
ވާޖިބަށް ހުރަސްއެޅިކަމަށް ޙުކުމް ކުރެއްވިއިރު، އެފަދަ ޢަމަލެއް އަޙުމަދު ފައިޞަލް ނުހިންގަނީސް، މީނާއާއި އިދިކޮޅު ފަރާތަކުން
ދިން ހެކި ބަހުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-Al{pl
(ނ) ދެވަނަ ނުކުތާއަކީ: އަޙުމަދު ފައިޞަލް ކ.މާޅޮސް އޮފީސް ކައިރިއަށް ދިޔައީ، ޅ.މާޅޮސް ޕްރީސްކޫލް އަޅަން
ހަމަޖެހިފައިވާ ބިން، ރަށުކައުންސިލަރު، އެމް.ޑީ.ޕީއަށް ނިސްބަތްވާ ޖަމްޢިއްޔާއަކަށް ދޭ ޚަބަރު ފެތުރުމުން އޮފީސްކައިރިއަށް 40
އަށް ވުރެ ގިނަމީހުން އެއްވެފައި ވަނިކޮށްކަމަށްވެފައި، އެމީހުންގެ މައްޗަށް ދަޢުވާނުކޮށް، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން
ލިބިދެވޭ ޙިމާޔަތުގެ މައްޗަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އަޙުމަދު ފައިޞަލްގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޤާނޫނުލް ޢުޤޫބާތުގެ 86 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް
ހުރަސް އެޅުމުގެ ކުން އަޙުމަދު ފައިޞަލްގެ މައްޗަށް ސާބިތުވާ ކަމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމް
ބިނާކުރި މައިގަނޑު ނުކުތާ އަކީ ފައިޞަލް 29 އެޕްރީލް 2010
މާޅޮހު އޮފީސް ތެރެއަށް ވަދެ އެރަށުގެ
ކައުންސިލަރާއި ދިމާއަށް " އޮފީހުން ނުކުންނާށޭ މިއަދު ދާނީ އޮފީސް ބަންދުކޮށްފައޭ" ބުނެ އަޑުގަދަ ކުރަމުން ގެންދިޔަބައެއްގެ
ތެރޭގައި އަޙުމަދު ފައިސަލްވެސް ހުރިކަމަށް ބ.މާޅޮސް މުސްތަރީގެ އިބްރާހިމް އަބްދުއް ރަޙުމާނާއި، ބ.މާޅޮސް!ޖަނަވަރީގެ ޢަލީ
ރަފީޢު ހެކި ބަސް ދީފައިވާތީ މި ޢަމަލަކީ މީނާ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ކުރި ޢަމަލެއް
ކަމުގައި ބައްލަވައިގެން ކަން އޭދަފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އިރު، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް އަޙުމަދު ފައިޞަލް ހުރަސް
އަޅާފައިނުވާނޭކަމަށް، މީން ބ.އޭދަފުށިމެޖިސްޓްރޭޓްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި ބ.އޭދަފުށި
މެޖިސްޓްރޭޓްކޯޓަށް ހެކިން ދީފައިވަނީ ދޮގުހެކިބަހެއް ކަމުގައި ބުނެ މި ދައްގެ އަސްލަށް އަޙުމަދު ފައިޞަލް ދަށުކޯޓުގައި
އިންކާރު ކޮށްފައިވާ ކަން އެނގެންއޮތްކަމާއި އަޙުމަދު ފައިޞަލް އެދުވަހު ބ.މާޅޮހު އޮފީސް ދޮށަށް ގޮސްފައިވަނީ
އޮފީސް ކައިރިއަށް ބަޔަކު އެއްވެ އުޅޭ ކަމުގެ މަޢްލޫމާތު ލިބިގެން މީން ބުނެފައިވެއެވެ.
...
ކ.މާޅޮހު
(ނ) ދެވަނަކަމަކީ: އަޙުމަދު ފައިސަލްގެ މައްޗަށް އުފުލުނު ދަޢްވާ އަކީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް
އެޅުމުގެ ކުނުގެ މައްޗަށް ކުރެވޭ ދަޢުވާ އަކަށް ވީހިނދު، ދައުލަތުގެ މުވައްޒަފުގެ ހުރަސް އެޅުނީ ކޮން ވާޖިބަކަންކަމާއި، ވާޖިބަށް
ހުރަސް އެޅުނު ޢަމަލަކީ ކޮބައި ކަމާއި، ދައުލަތުގެ މުވައްޒަފުގެ ހުރަސްއެޅުނު ވާޖިބާއި، ވާޖިބަށް ހުރަސްއެޅިކަމަށް ބުނާ މީހާ
ކުޅަ ޢަމަލާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލައި އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭނެކަން އެނގޭކަމާއި، މި
މައްސަލަގައި އަޙުމަދު ފައިޞަލްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ 02 ހެކިންގެ ހެކިބަހުގެ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުތުޓު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް:331647I
[email protected],
www.highcourt.gov.inves;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
26THC-A; il
މައްޗަށް ކަން އެނގެން އޮތްއިރު، ހެކީންގެ ތެރެއިން ޢަލީ ރަފީއު ބުނެފައިވަނީ އޭނާ ރަށު އޮފީހަށް ވަންއިރު، އޮފީސް ތެރޭގައި
30 ހަކަށް މީހުން ތިބިކަމަށް އަދި މި މީހުން އަޑުގަދަ ކުރަމުން ދިޔަތަން ފެނުނުކަމަށް، އަދި މި މީހުންގެ ތެރެއިން ޢަލީ ރަފީޢު
އަށް އެނގޭ މީހުންގެ ތެރޭގައި އަޙުމަދު ފައިސަލް ވެސް ހިމެނޭކަމަށް " މިފަދައިންބުނެކަން އެނގޭކަމާއި، އަދި ހެކީންގެ
ތެރެއިން ޢިބްރާހިމް ޢަބްދުއްރަޙުމާނު ބުނެފައިވަނީ ކ.މާޅޮހު އޮފީހުގެ ބޭރުފާރުކައިރީގަޔާއި، އޮފީސް ތެރޭގައި ގިނަޢަދަދެއްގެ ބަޔަކު
ޒުވާބު ކުރާތަން ފެނުނު ކަމަށާއި އޭގެ ތެރޭގައި އަޙުމަދު ފައިޞަލްވެސް ހުރިކަމަށްބުނެ ކަމާއި، މި ޖެހެކީންގެ ހެކި ބަހުގެ
މައްޗަށްބެލިއިރު، ކ.މާޅޮހު ޕްރީ ސްކޫލް އަޅަން ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ބ.މާޅޮހު ރަށު އޮފީސް ދޮށުން ވަރަށް ގިނަ
ޢަދަދެއްގެ ބަޔަކު އެއްވެތިބިކަން އަދި އެތަނުގައި އެމީހުންގެ ޝުޢޫރުފާޅުކުރަމުންދިޔަކަން އެނގެންއޮތްއިރު، އެމީހުން ތެރޭގައި
އަޙުމަދު ފައިޞަލް ހުރުން ފިޔަވައި އަޙުމަދު ފައިސަލް ގެ ފަރާތުން އޮފީހުގެ ތެރޭގައި ހަމަނުޖެހުމެއް އުފެއްދިކަން އަދި
ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ގޮތުން ޢަމަލެއްކުރިކަން ހެކީންގެ ހެކިބަހުން އެނގެންނެތްއިރު، މި
ދިސާގައި ކަން ހިނގިގޮތްކަމަށް ބުނާ ގޮތަށާއި، މި ޙާދިސާގެ ވަށައިގެންހުރި އެހެން ކަންކަމަށް ބެލުމުން، ހެކީންގެ މިހެކިބަހުން
ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް އަޙުމަދު ފައިޞަލް ކުލަ ޢަމަލެއްގެ
ފިއްގެ ސަބަބުން ހުރަސް އެޅުނު ކަން އަދި ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބަށް އަޙުމަދު ފައިޞަލް ހުރަސް އެޅިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތަށް ސާބިތުވާ ފަދަ
ހެކި ލިބިފައި ނެތްކަން އެނގެއެވެ.
(އނ) ތިންވަނަކަމަކީ: ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އެމީހަކު
ކުރެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު
ކުމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، މި ޙާދިސާގައި ކަން ހިނގިގޮތްކަމަށް ބުނާ
ގޮތުގެ މައްޗަށާއި، މުޅި ޙާދިސާގެ ވަށައިގެންވާ ކަންކަމަށް ބެދީބެލުމުން އަދި އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމުން ، އަޙުމަދު ފައިޞަލް ގެ މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް
އަދި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙުމަދު ފައިޞަލް 03 މަހާއި 15 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް
މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
އޭދަފުށި
ހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316472
އީމެއިތް: [email protected] ތެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201 lHC-:11
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/FlJC/13 ޤަޟިއްޔާ އިން އ.މާޅޮސްކުރިކަލުގެ އަޙުމަދު ފައިޞަލްގެ މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ
ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް އަދި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙުމަދު ފައިޞަލް 03 މަހާއި 15 ދުވަހަށް
ގޭގައި ބަންދުކުރުމަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް
ހިންނަށް އިއްތިފާޤުވެވިފައިވާތީ، ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/F10C/13 ޤަޟިއްޔާ އިން
އަޙުމަދު ފައިޞަލްގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ބާތިލު ޙުކުމެއް ކަމުގައި ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ހުކުމް ކުރީ
ޢަލީ ސަމީރު
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒުކުރިއްޔާ
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv