ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/62 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/62
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރ: 62/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް.
* ނަން: ލެޝަރ ހޮލިޑޭސް ޕވޓ ލޓޑ
ރަޖިސްޓްރޭޝަން ނަންބަރ239
/
2005-C
ލަކްސް ލޮޖް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޝަރީފް
އައިޑީކާޑް ނަންބަރު: A079885
ދާއިމީ އެޑްރެސް: ބޮކަރުމާގެ/ ކ.ގުރައިދޫ
މިހާރުގެ އެޑްރެސް: ބޮކަރުމާގެ/ ކ.ގުރައިދޫ
0
• ރަޖިސްޓްރީ ތާރީޚް: 06 ރަބީއުލްއާޚިރު 1431
ނިމުނު ތާރީޚް: 08 ޛުލްޙިއްޖާ 1433
24 އޮކްޓޯބަރ 2012
22
މާރޗް 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު: 2009/VTR/125
ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 05.10.2009
* ނިމުނު ތާރީޚް: 28.01.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢައްބާސް ޝަރީގު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/62
• ދައުވާގެ ޚުލާޞާ
cu o
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ، އެޓްރައިބިއުނަލުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓަރީ ނަންބަރު 239
/
2005-C) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ކ.ގުރައިދޫ(ބޮކަރުމާގެ މުޙައްމަދު ޝަރީފް އެވެ.
0
ފާހަގަކުރެވުނު ނުކުތާތަ
125/VTR2009
1) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި 23 ސެޕްޓެމްބަރ 2009 ވަނަ ދުވަހު 'ކަނޑޫމާ ޔެލޯ' ލޯންޗާއި، ކަނމާ ބްރައުން! ލޯންޗް
ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ އެކްސިޑެންޓް ހިނގަން މެދުވެރިވުމުގައި މުޙައްމަދު ޝަރީފް
(އައިޑީ ކާޑް ނަންބަރު A079885} ބޮކަރުމާގެ، ގުރައިދޫ ޒިންމާވާކަމަށް ބުނެ މުޙައްމަދު ޝަރީފާއި ލެޝަރ
ހޮލިޑޭ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 13.2 ވަނަ މާއްދާގެ (ބ) އަށް
ޙަވާލާދީ، 30 ސެޕްޓެމްބަރ 2009 ގައި މުޙައްމަދު ޝަރީފް ކަނޑޫމާ މޯލްޑިވްސްގެ ސްޕީޑް ލޯންޗް ކެޕްޓަންގެ
މަޤާމުން ވަކިކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި މުޙައްމަދު ޝަރީފް ހުށަހަޅާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "...މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ
މުޙައްމަދު ޝަރީފް ކަނޑޫމާ މޯލްޑިވްސްގެ ލޯންޗް ކެޕްޓަންއެއްގެ މަޤާމުން 30 ސެޕްޓެމްބަރ 2009 ގައި
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވާ ފަރާތުގެ
ޒިންމާއަކަށްވީ ހިނދު، އެކަން މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ މެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް
ސާބިތުކޮށްދެވިފައި ނުވާތީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މުޚް
ޝަރީފް ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A/62
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 30 ސެޕްޓެމްބަރ 2009 ން މައްސަލަ ނިމުމާހަމައަށް މުޙައްމަދު
ޝަރީފަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ 28 ޖެނުއަރީ 2010 ން ފެށިގެން 07 ދުވަހުގެ
ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދިނުމަށާއި އޭނާގެ ވަޒީފާގެ ކަންތައް 28 ޖެނުއަރީ 2010 ން ފެށިގެން 15
ދުވަހުގެ ތެރޭގައި ހަމަޖައްސައި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް، ލެޝަރ ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްއަށް އަންގާ އަމުރު ކުރައްވާފައިވާކަން އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
J
އެނގެން އޮވެއެވެ.
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން މައިގަނޑު 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
4 2 2 4
0
ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް ކަނޑައެޅިފައިވަނީ ވަޒީފާއާބެހޭ
ޤާނޫނު (ޤާނޫނު ނަންބަރު 2/2008) ގެ 85 ވަނަ މާއްދާގެ ދަށުން ކަމުގައި ވީހިނދު، ވަޒީފާއާބެހޭ ޤާނޫނުގައި
އިސްތިސްނާކޮށްފައިވާ މައްސަލައެއް ބެލުމުގެ ޤާނޫނީ ބާރު އެޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ
01 1 2 3
0
OCX
• ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެދަށުން ރައްޔިތުންގެ
މަޖިލިހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ
މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ (ހަމައެކަނި) ހައިކޯޓަށާއި ސުޕްރީމްކޯޓަށް ކަމަށް ވީހިނދު،
ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ ގައިވާގޮތުގެ މަތީން، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއަކީ ބާޠިލު މާއްދާއެއްކަމަށް އަދި މިހާތަނަށް ކަނޑައަޅާފައިނުވާ ހިނދު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއަކީ ބާޠިލު މާއްދާއެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވާކަމަށް
ބުނެ ހުށަހެޅު ނުކުތާ.
0
ގައްޒާ
ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިމައްސަލަ ބެލުމުގެ ޤާނޫނީ ބާރު
ނެތްނަމަވެސް، މައްސަލަ ބެލުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަކީ އެ ޤާނޫނުގެ 21 ވަނަ
އައިވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A62
;eށ
މާނަކުރަންޖެހޭ މާއްދާއެއްކަމަށް ދޭހަވާ ގޮތަށް
ޤާނޫނު
އެކުގައި ނުވަތަ އެ މާއްދާއާ ޚިލާފުނުވާ
މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ce O
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު
އިސްލާޙުތަކަށްފަހު، އެ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، ބުނެވުނު މާއްދާގެ (ށ) ގައި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން
ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބަލައި،
ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް
ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި އެޤާނޫނުގެ 4
ވަނަ ބާބުން އިސްތިސްނާކުރެވޭ މުވައްޒަފުން ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، 34 ވަނަ މާއްދާގެ (ހ)
ގެ (2) ގައި ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުން ހިމެނިގެންވާކަން
ފާހަގަކުރެވޭކަމާއި، އެގޮތުން 4 ވަނަ ބާބުގައި އެ ޤާނޫނުގެ 28 ވަނަ މާއްދާ ހިމެނޭކަމާއި، 28 ވަނަ މާއްދާގައި
ވަޒީފާއިން ވަކިކުރުމާ ވިދިގެން ޝަކުވާ އުފުލުމާ ގުޅޭގޮތުން ޢަމަލުކުރަންވީ ގޮތް ބަޔާންކުރެވިފައިވާކަމާއި، އެ
މާއްދާގެ (ހ) ގައި ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފިނަމަ، އެ ވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް
ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ
ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވެން އޮތުމުން،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން ވަޒީފާއާ ބެހޭ
ޓްރައިބިއުނަލަށް ވަޒީފާއިން ވަކިކޮށްގެން މައްސަލަ ހުށަހެޅުމުގެ ޙައްޤުން އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (
ގައި ބަޔާންކުރާ މީހުން އިސްތިސްނާކުރެވިފައިވާތީ، އެފަދަ މުވައްޒަފުންނާ ގުޅޭ މައްސަލަތައް
ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަން އެނގެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
4
:
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/62
4 3=4
(ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެދަށުން ރައްޔިތުންގެ
މަޖިލިހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ
މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމްކޯޓަށްކަން އެނގެން
އޮންނަކަމާއި، އަދިހަމަ އެމާއްދާގެ (ށ) ގައި ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި
ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެނަމަ، އެމައްސަލައަކާ ގުޅޭގޮތުން އެކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ 143
ވަނަ މާއްދާގެ (ހ) އާ ތަޢާރުޟްވާކަމެއް ނޫންކަމަށް ބަޔާންކުރެވިފައި އޮންނަކަމާއި، ޤާނޫނުއަސާސީގެ 274 ވަނަ
މާއްދާގެ (ހ) ގައި "ކޯޓު" ކަމަށް ބުނެފައި ވަނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން
ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން ޤާއިމުކޮށްފައިވާ
ކޮންމެ ތަނަކަށްކަމަށްވީ ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ އެފަދަ ތަނެއް ނޫންކަން އެނގޭކަމާއި،
ޤާނޫނުއަސާސީގައި ޓްރައިބިއުނަލްތަކަށް ޙަވާލާދީފައިވާއިރު، އިސްވެ ބުނެވުނު 274 ވަނަ މާއްދާގެ (ހ) ގައި
ޓްރައިބިއުނަލް" ކަމުގައި ބުނެފައިވަނީ ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ
ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާ މެދު ވަކިގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން،
އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނީގޮތުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ
މުއައްސަސާއެއްކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި (ށ)
ގައިވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
34 ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއްކަމަށް އަދި ކަނޑައަޅުއްވާފައިނުވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެއްވުނު
ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ރައްޔިތުންގެ މަޖިލިހުން ނުވަތަ ކަމާބެހޭ ކޯޓަކުން ޤާނޫނެއް ނުވަތަ ޤާނޫނަކުން
ބައެއްވިޔަސް އަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ކަނޑަނާޅާހާ ހިނދަކު، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް
ނެއްކަމަށް އޮޓޮމެޓިކް ގޮތެއްގައި ބެލެވެން ނޯންނާ
ނޯންނާނެކަމަށް ފާހަގަކުރައްވާފައިވާކަމާއި،
ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މިމައްސަލަ
މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުނުއިރުވެސް، މި މައްސަލައިގައި ދަޢުވާ ރައްދުވި ފަރާތްކަމުގައިވާ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ބުނެފައިވާކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
އެނގެންއޮންނަކަމާއި، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކަމުގެ ހުއްޖަތެއްގޮތަ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގައި އެޤާނޫނުގެ 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
20
2 އ
އެއީ ބާޠިލު ޤާނޫނެއްކަމަށް
0232
.ޤީން
ދިވެހިރާއްޖެ
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/62
OCMx ox
އިސްތިސްނާކުރެވޭ މުވައްޒަފުން ބަޔާންކުރެވިފައިވާ ހިނދު، އެޤާނޫނުގެ 4 ވަނަ ބާބުގެތެރޭގައި ހިމެނޭ 28 ވަނަ
މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމާ ވިދިގެން ޝަކުވާ އުފުލުމުގެ ޙައްޤު ލިބިގެންނުވާކަމަށް
އެނގޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ ސާފު އިބާރާތުން އެ ޤާނޫނުގެ 4 ވަނަ ބާބުން
އިސްތިސްނާވާ ފަރާތްތައް ބަޔާންކުރެވިފައިވާކަމާއި، އެ ޤާނޫނުގެ 85 ވަނަ މާއްދާގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ އިޚްތިޞާޞް ބަޔާންކުރެވިފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި
ވަޒީފާއާބެހޭ ޤާނޫނުގައި ޓްރައިބިއުނަލަށް ފެންނަ ބައެއް މާއްދާތަކަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއްކަމަށް
ވިދާޅުވެ، އެމާއްދާތައް އެއްފަރާތްކުރައްވާ ނުވަތަ ބާޠިލުކަމަށް ކަނޑައެޅުއްވުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
އިޚްތިޞާޞުން ބޭރުގައިވާ ކަމެއްކަން އެނގޭކަމާއި، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި (ށ)
އާވެސް ޚިލާފުކަމެއްކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެއްވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ކަމާބެހޭ ކޯޓަކުން ނުވަތަ
ރައްޔިތުންގެ މަޖިލިހުން ކަނޑަނާޅާހާ ހިނދަކު، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެއީ ބާޠިލު ޤާނޫނެއްކަމަށް
އޮޓޮމެޓިކް ގޮތެއްގައި ބެލެވެން ނޯންނާނެކަމަށް ވިދާޅުވެ ކަނޑައަޅުއްވާފައިވާ އުޞޫލާވެސް ޚިލާފުކަމެއްކަމަށް
ފާހަގަކުރެވޭތީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލައިގައި ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާ ޚިލާފު
މާއްދާއެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި، އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަވާފައިވަނީ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުގެ
2 ޑ4ދ ޑ ޒ
0އވެސް2ފ.
ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ މައްސަލަތަކުގައި، މީގެކުރިންވެސް އިންޓަނޭޝަނަލް ލޭބަރ
އޮގަނައިޒޭޝަން (އައި.އެލް.އޯ) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158)
އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ފަދަ ކަމާގުޅޭ
ބައިނަލްއަޤްވާމީ މުއާހަދާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC-A/2011 ޤަޟިއްޔާއާއި، ނަންބަރު
134/HC-A/2011 ޤަޟިއްޔާއާއި އަދި ނަންބަރު 180/HC
-
A/2011 ޤަޟިއްޔާ ފަދަ މައްސަލަތަކުގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަން އެނގެންއޮންނަކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A62
އުޞޫލްތައް
އިސްވެ ފާހަގަކުރެވުނު އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލްއޯ) ގެ ޓަރމިނޭޝަން
އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައި، މުޅި އެ ކޮންވެންޝަނުން ނުވަތަ އެ ކޮންވެންޝަނުގެ ބައެއް
މާއްދާތަކުން އިސްތިސްނާކުރެވިދާނެ ގިންތިތަކެއް ކަނޑައެޅިދާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، އިސްވެ
ބުނެވުނު ކޮންވެންޝަންގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ޢަމަލުކުރާ ޖަޕާނާއި އިނގިރޭސިވިލާތް ފަދަ
ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ޤާނޫނުތަކުގައި "ކަނޑުދަތުރުކުރާ އުޅަނދުގައި މަސައްކަތްކުރާ މީހުން"
(seafarers) ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެފަދަ ގިންތިތަކުގައި ހިމެނޭ ވަޒީފާ އަދާކުރާ މީހުން
ޤައުމެއްގެ ވަޒީފާއަދާކުރުމާބެހޭ ޢާންމު ޤާނޫނަކުން އިސްތިސްނާކުރުމުގެ މާނައަކީ އެގިންތީގެ ތެރޭގައި ހިމެނޭ
އެފަދަ މީހުން ޙައްޤުތަކުން މަޙުރޫމްވުން ނޫންކަން އެނގޭކަމާއި، އެފަދަ ގިންތިތަކުގައި ހިމެނޭ މީހުން
ވަކިކުރެވިފައިވަނީ އެ ގިންތިތަކުގައި ހިމެނޭ މީހުންނާއި އެހެން ގިންތިތަކުގައި ހިމެނޭ މީހުންނާއި އަޅާބަލާއިރު،
ވަޒީފާއާބެހޭ ޤާނޫނުގެ ޢާންމު އުޞޫލުތަކުން އެފަދަ ގިންތިތަކުގައި ހިމެނޭ މީހުންނަށް އެކަށީގެންވާ ޙައްލެއް
ނުލިބި، ނުވަތަ އެފަދަ އުޞޫލުތައް އިސްވެ ބުނެވުނު ގިންތިތަކުގައި ހިމެނޭ މީހުންނަށް ތަޠުބީޤުކުރުމުގައި
ހުރަސްތަކެއް ހުރުމުގެ ސަބަބުންކަމާއި، އެފަދަ ގިންތިތަކުގައި ހިމެނޭ މީހުންނަށް ޚާއްސަ
ކަނޑައެޅުމުގެ ފުރުޞަތު ލިބިގެންވާކަން އެނގޭކަމާއި، އަދި އެފަދަ ޚާއްސަ އުޞޫލުތައް ޤާނޫނެއް ނުވަތަ
ގަވާއިދެއްގެ ދަށުން ވިޔަސް، ނުވަތަ ދެފަރާތު ދެމެދު ވެވިފައިވާ
ދަށުންވިޔަސް
ތަންޒީމްކުރެވިދާނެކަން އެނގޭކަމާއި،
ކަނޑުދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާބެހޭ އުޞޫލުތައް
އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުންވެސް ޤަބޫލުކުރާކަމާއި، ވަޒީފާއިން ވަކިކުރުމާބެހޭ ޢާންމު
ބައިނަލްޢަޤްވާމީ އުޞޫލުތަކުން އިސްތިސްނާކުރެވިދާނެ ކަނޑުދަތުރުކުރާ އުޅަނދުގައި މަސައްކަތްކުރާ މީހުން
ނުވަތަ ސީފުއަރަރގެ ގިންތީގެ ތެރޭގައި ހިމެނޭ މީހުންނަށް ބަލާއިރު، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ
މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 ގައި ކަނޑުދަތުރުކުރާ އުޅަނދުގައި މަސައްކަތްކުރާ މީހުންކަމަށް
ބަލާފައިވަނީ ހަމައެކަނި ޤައުމުތަކުގެ އައްސޭރިފަށުގައި އަދި ޤައުމުތަކުގެ އެތެރެވަރީގައި، އެޤައުމުތަކުގެ
ބަނދަރުތަކުގެ ގަވާއިދުތައް ހިންގޭ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ފިޔަވައި،
ދެންހުންނަ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންކަން އެނގެންއޮންނަކަމާއި، އަދި އިނގިރޭސިވިލާތް
ޤައުމުތަކުން މަސްވެރިކަންކުރާ އުޅަނދުތައްވެސް އިސްވެބުނެވުނު ކަނޑުދަތުރުކުރާ އުޅަނދުތަކުގެ
ތެރޭގައި ނުހިމެނޭކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
4 2 4 2 2 2 8 6
އެއެ@3421
ޚާއްސަ
އައިކޯޓް
އީމެއިލް [email protected]
ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A62
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މުޙައްމަދު ޝަރީފް ލެޝަރ ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްގެ ކަނޑޫމާގައި އަދާކުރި ވަޒީފާއަކީ ސްޕީޑްބޯޓު ކެޕްޓަންކަމުގެ މަޤާމުކަން މުޙައްމަދު ޝަރީފްއާއި
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިއޮތް ވަޒީފާގެ އެއްބަސްވުމަށް ބެލުމުން އެނގެން
އޮންނަކަމާއި، އަދި އެ އެއްބަސްވުމުގައި މުޙައްމަދު ޝަރީފް ހުންނާނީ ކަނޑޫމާފުށީގައިކަމަށާއި، އެހެންނަމަވެސް،
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ހިންގާ އެހެން ތަންތަނަށް ބައެއްފަހަރު ދަތުރުކުރަންޖެހިދާނެކަމަށާއި އަދި
އެފަދަ ތަންތަނުގައި މަސައްކަތްވެސް ކުރަން ޖެހިދާނެކަމަށް އިސްވެ ބުނެވުނު އެއްބަސްވުމުގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިބުނާ ޙައްޤު މުޙައްމަދު ޝަރީފްއަށް ލިބިދިނުމަށްޓަކައި
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން ހުޅިވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާގޮތަށް
ރިޢާޔަތްކުރާއިރު، ކަނޑުދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާއާބެހޭ ޢާންމު އުޞޫލުތަކުން
އިސްތިސްނާކުރެވޭކަމާއި އަދި އެފަދަ މީހުންކަމަށް ޖުމްލަކޮށް ބަލަނީ، ބޯޓު ދަތުރުކުރާ މީހުންކަން އެނގޭކަމާއި،
ޖިއޮގްރަފިކަލް ގޮތުން ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އެތުރިފައިވާގޮތުން، ގިނަފަހަރު ކަނޑުމަގުން
ދަތުރުކޮށްގެން ނޫނީ އެއް ރަށުން އަނެއް ރަށަށް ނުދެވޭކަމާއި، އެފަދަ މަސައްކަތުގައި މަސްޢޫލުވެއުޅޭ މީހުންނާއި
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު ހިނގާ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޙާލަތްތަކާ އަޅާ
ބަލާއިރު، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކި ޚާއްސަ
އުޞޫލުތަކެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަށް ބެލެވެން ނެތަތީ، މުޙައްމަދު ޝަރީފްއަކީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ގެ ބޭނުމަށްޓަކައި ބުނާ ފަދަ
ކަނޑުދަތުރުކުރާ އުޅަނދެއްގައި މަސައްކަތްކުރާ މީހެއްކަމަށް ބެލެވެން ނެތްކަމެ
ތެކަމެވެ.
ceto
ހ) ހަތަރުވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ
ނިންމެވުމުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަކީ އެ ޤާނޫނުގެ 21 ވަނަ
މާއްދާއާ އެކުގައި ނުވަތަ އެ މާއްދާއާ ޚިލާފުނުވާގޮތަށް މާނަކުރަންޖެހޭ މާއްދާއެއްކަމަށް ދޭހަވާފަދަ ގޮތަކަށް އެ
ޓްރައިބިއުނަލުން މާނަކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި،
މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
އްދާގެ ދަށުންކަމަށް ދަޢުވާ ރައްދުވި މެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ލިޔޭ
24 / ކ
މައިދގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/62
COX >
ސާބިތުކޮ
ބުނެފައިވާކަން ފާހަގަކުރައްވާފައިވާކަމާއި، އެހެންނަމަވެސް، އެ މައްސަލަ ނިންމެވިއިރުގައި މުޙައްމަދު ޝަރީފް
ވަޒީފާއިން ވަކިކޮށްފައިވަނީ 23 ވަނަ މާއްދާގެ ދަށުންކަމަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް
ބިތުކޮށްދެވިފައިނުވާތީ، މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް
ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން
ވަކިކުރާނަމަ އަދި ވަޒީފާގެ އެއްބަސްވުމުގައި މުއްދަތު ކަނޑައެޅިފައިނުވާނަމަ، ވަޒީފާއިން ވަކިކުރެވޭނީ އެ
ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެކަމަށް ބަޔާންކުރެވިފައިވާ މުއްދަތުގެ
ނޯޓިހެއް ދިނުމަށްފަހުކަން އެނގޭކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއިން 23 ވަނަ މާއްދާ
އިސްތިސްނާކޮށްފައިވާކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައިވާ ގޮތުން، ނޯޓިހެއް
ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު
އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ
ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު
އެކަށީގެންނުވާކަމަ ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން ނުވަތަ ޚިޔާނާތެއްވެފައިވުން، މި ދެޙާލަތުގައިކަން ވަޒީފާއާބެހޭ
23 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ކަށް ބެލުމުން އެނގޭކަމާއި،
އަދި މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚުލާޤު
ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެ ނިންމުމަށް ވާޞިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، މާއްދާއަކީ ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ
މައްޗަށް އެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް ނޫންކަމަށް، މީގެކުރިންވެސް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 24/HC-A/2010 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމާއި، އަދި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ ޝަރުޠުކަމަށްވާ،
"އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއް ނޫން
ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެ މުވައްޒަފު އެވަޒީފާގައި އިތުރަށް
#
ޤާނޫނުގެ
1
ހުންކަމަށް
7ހ
ބޮހެއްޓުމަ
ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
2010/HC-A/62
ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށްވެގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 45/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގޭކަމާއި
ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125
މައްސަލަ ނިންމެވިއިރު މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުންކަމަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނެތްކަމަށް ވިދާޅުވެ، މުޙައްމަދު ޝަރީފް
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޓްރައިބިއުނަލުން
ކަނޑައެޅުއްވިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ
އިޖްރާއާތުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާފަދަ
މީގެކުރިން މިކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބަލާއިރު، 21 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރުމާބެހޭ
ޢާންމު އުޞޫލު ބަޔާންކުރެވިފައިވީނަމަވެސް، 21 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އިޖްރާޢާތަކީ 23 ވަނަ
މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އިޖުރާޢަތާ ތަފާތު އިޖްރާޢާތެއްކަން އެނގޭކަމާއި،
ހުށަހެޅިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލައިގައި،
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މުޙައްމަދު ޝަރީފް ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް ބުނެފައިވާކަމާއި، އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން މިކަމާ ގުޅޭގޮތުން މައުޟޫޢީގޮތުން ބައްލަވަންޖެހިވަޑައިގަންނަވާ ކަންތައްތައް ތަފްޞީލުކޮށް
ބައްލަވާފައިވާކަން ދެފަރާތުން މިމައްސަލައާގުޅޭގޮތުން ދިފައިވާ ބަޔާންތަކަށާއި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް
ބެލުމުން އެނގޭކަމާއި، އަދި މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާއާ ޚިލާފަށްކަން މައްސަލަބެއްލެވި މަޖިލިހުގެ މެންބަރުންގެ ރައުޔަށް ބެލުމުން އެނގެން އޮތުމުން، މިމައްސަލަ
ނިންމެވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަށް ޙަވާލާދެއްވި ދެއްވުމަކީ
އެމައްސަލައިގައި މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ހަމަ އެޓްރައިބިއުނަލުން ކަނޑައެޅުއްވި ކަނޑައެޅުއްވުން ޤާނޫނީ ނުވަތަ ޝަރުޢީގޮތުން ނަފީކުރެވޭނެ
72
8 އ ¢ ¢
ކަމެއް ނޫންކަމެވެ.
ބި) ފަސްވަނަ ކަމަކީ، އިސްވެ ބުނެވުނު ކަންތައްތައް އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުން އެޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ ބަލައިގަނެފައިވަނީ ވަޒީފާއާގެ ހައިއި
ޤާނޫނުގެ 34 ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅުއްވައި، ޤާނޫނީ
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
2010/HC-A/62
ޚިލާފު އިޖްރާޢަތެއްގެ ދަށުން ކަމުގައި ވީނަމަވެސް، އެ މައްސަލައަކީ ޤާނޫނު ނަންބަރު 2/2008 ވަޒީފާއާބެހޭ
ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބުނާ ގިންތީގެ ތެރެއަށް ފެތޭ މައްސަލައެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް ނުފެންނާތީ، އިސްވެ ބުނެވުނު މައްސަލައަކީ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއްކަމާއި،
މިމައްސަލައިގައި މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގައިވާގޮތުގެ މަތިންކަމަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ބުނެފައިވާތީ، އެ ޓްރައިބިއުނަލުން މި މައްސަލަ މައުޟޫޢީގޮތުން ބައްލަ
ބައްލަވަންޖެހިވަޑައިގަންނަވާ ވަރަށް
ބައްލަވާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލުމުން އެނގޭކަމާއި، އަދި އެ ރިޕޯޓުގައި މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ ދަށުންކަމަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަން
ކަނޑައަޅުއްވާފައި އޮތުމުން، އެ މައްސަލައިގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަށް ޙަވާލާދެއްވި
ދެއްވުމެއްގެ މައްޗަށް ބިނާކޮށް މިމައްސަލަ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށް ނުފެންނާތީ، އަދި މި މައްސަލަ
އަލުން ބަލަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙުލީލު ކުރިނަމަވެސް، އެކަމުންވެސް ނިކުންނާނެ ނަތީޖާއަކީ
މިހާރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލައިގައި ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުންކަމަ މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ،
މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް މިމައްސަލަ ބެލި ފަނޑިޔާރުން
ތާއީދުކުރާކަމެވެ.
އ ހދ8
(9ނ
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު
ޚަބަރު 2009/VTR/125 މައްސަލަ އެޓްރައިބިއުނަލުން ބައްލަވާފައިވަނީ ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއްކަމަށް ބައްލަވައި،
އެ ޓްރައިބިއުނަލްގެ އިޚްތިޞާޞްއިން ބޭރުން، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އާއި (ށ) އާ
ޚިލާފަށްކަމަށްވާތީ، ޤާނޫނީ އުޞޫލުތަކާ ޚިލާފު އިޖްރާޢާތެއްގެ ދަށުންކަމާއި، މިމައްސަލައިގައި ވަޒީފާއިން ވަކިޕީޑީ
ކ. ގުރައިދޫ ބޭކަރުމާގެ މުޙައްމަދު ޝަރީފްއަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2010/HC-A/62
(ހ) ގެ (2) ގެ ބޭނުމަށްޓަކައި ކަނޑުދަތުރުކުރާ އުޅަނދެއްގައި މަސައްކަތްކުރާ މީހެއް ނޫންކަމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބެލެވިދާނެ މައްސަލައެއްކަމަށް ކަނޑައަޅައި، އަދި
މިމައްސަލައިގައި މައުޟޫޢީގޮތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
އެކަށީގެންވާ ވަރަށް ބައްލަވާފައި އޮތުމުން، އަދި ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވާންވެސް ފުރުޞަތު ދެއްވިފައި އޮތުމުން، މި މައްސަލައަކީ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަލުން
ބެލުމަށް ތަޙުލީލުކުރުމުގެ ޝަރުޠުތައް ފުރިހަމަވާ މައްސަލައެއް ނޫންކަމާއި، އަދި ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވުމާއި 23 ވަނަ މާއްދާގެ ދަށުން
ވަކިކުރެވުމަކީ މުޅިން ތަފާތު ދެޙާލަތެއް ކަމުގައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/125 މައްސަލައިގައި ގުރައިދޫބޮކަރުމާގެ މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު
އެޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފުކަމަށް
ކަނޑައަޅާނެތަނެއް ނެތްކަމާއި، އެހެންކަމުން، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/125 މައްސަލަ އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލަ ބާޠިލުކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ
ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށް ފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv