ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/236 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/236
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
SS
می کے"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 236/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޝަރީފް
އައިޑީ ކާޑު ނަންބަރ: A068903
* ދާއިމީ އެޑްރެސް: މ.ރެޑިއަމްކޮކާކ.މާލެ
މިހާރުގެ އެޑްރެސް: މ.ރެޑިއަމްކޮކާ ކ.މާލެ
*
.
ޓްރީކުރެވުނު ތާރީޚް: 27 ޝަޢުބާން 1436
14 ޖޫން 2015
ނިމުނު ތާރީޚް: 28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރު 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
3990/J
/
MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 28 މެއި 2015 ނިމުނު ތާރީޚް: 28 މެއި 2015
0
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3990/J
/
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާގެ
ޤަޟިއްޔާއެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މ.ރެޑިއަމްކޮކާ ކ.މާލެ
ޢަބްދުﷲ ޝަރީފް (ދރ. ކާޑް ނަންބަރު A068903) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
- 01
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3990/J
/
MD-145 "ކޯޓު އަމުރު" އަށް ބަލާއިރު، އެ އަމުރަކީ މ.ރެޑިއަމްކޮކާ ކ.މާލެ ޢަބްދު
ޝަރީފް (ދރ. ކާޑް ނަންބަރު A068903) ކޮރަޕްޝަނާއި، މަކަރާއިހީލަތާއި، އަދި ހިއުމަން ސްމަޤްލް
ކުރުމުގެ ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު: 128978/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެ އަމުރުގައި ޢަބްދުﷲ ޝަރީފް އިތުރަށް
ބަންދުކުރަން ނުފެންނާތީ، އޭނާ ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާކަން އެނގެން އޮވެއެވެ.
32- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3990/J
/
MD-145 "ކޯޓު އަމުރު" އަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 12 ނުކުތާއެއް ފާހަގަކޮށް އެ ދެ ނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
3ދ 394
ހުށަހެޅުމެ
ccc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ދޮން
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
* ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2015
/
3990/J
/
MD-145 ކޯޓު
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ކުށްކުށަށް ތުހުމަތުކުރެ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނަންބަރަށް ރިޢާޔަތްނުކުރައްވާ ޢަބްދު
ޝަރީފް ބަންދުންދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދެއްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3990/J
/
MD-145 ކޯޓު އަމުރަށާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތްތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަ
ޝަރީޢަތަށް
ފާހަގަކުރެވެއެވެ.
on Occ
ވާކަމަ
3.1 ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް
ކޯޓުގެ ނަންބަރު
2015
/
3990/J
/
MD-145 ކޯޓު އަމުރަކީ، މ.ރެޑިއަމްކޮކާ(ޢަބްދުﷲ ޝަރީފް (ދރ. ކާޑް ނަންބަރު
A068903) އާއި އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވާ ހުޅުމާލެ ފްލެޓް 04-ޖީ-13
މުޙައްމަދު ޢަބްދުއްރަހީމް އާއި ދެމީހުން ގުޅިގެން ސީރިއާގެ ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގައިގެން
ޕެޓްތަކެއްގައި އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގައި އެހީތެރިވެފައިވާކަމަށް
ތުހުމަތުކުރެވޭ މައްސަލާގައި، 29 މެއި 2015 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 128978/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި،
ތޗތ ދ
I
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
އެ އަމުރުގައި، ޢަބްދުﷲ ޝަރީފް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ 28 މެއި
2015 ވަނަ ދުވަހުގެ 15:30 އިން ފެށިގެން ވަކި ޝަރުޠުތަކަކާއެކު ދޫކޮށްލުމަށް އަމުރުކުރައްވާފައިވާކަން
އެނގެން އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން
އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް
ނިންމުމުގެ ލިބިދީފައިވަނީ ފަނޑިޔާރަށް ކަން
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅު ހެކިތައް
ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް އްވާފައިވާކަން
ފާހަގަކުރެވެއެވެ.
ﷲ6330
އ(2)
ބަޔާންކުރައެވެ
3.3- ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC-A/2015
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ، އިސްވެބަޔާންކުރެވުނު އުޞޫލަކީ، ކުށެއްކޮށްފައިވާކަމަށް ތުހުމަތު
2 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
T
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
40
ކުރެވޭވަރަށް ހެކި ލިބިފައިވާ ކޮންމެ ފަހަރަކީ، ހަމައެކަނި އެހެކީގެ މައްޗަށް ބަލައި، ތުހުމަތު ކުރެވޭ މީހާ
ތަޙްޤީޤު މަރުޙަލާގައި ބަންދުގައި ބަހައްޓަން ޖެހޭކަމަށް ކަނޑައަޅާފައިވާ އުޞޫލެއް ނޫންކަމާއި، އެއާއި ޚިލާފަށް
އެޤަޟިއްޔާއާއި، އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އެ އުޞޫލު ތަޠުބީޤުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލަކީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި
ބެހެއްޓޭނީ، އެމީހަކު ކުށެއްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގައި މީހަކު ބަންދުގައި ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ، 5 (ފަހެއް) ޙާލަތުންކުރެ ޙާލަތެއް،
އެމީހެއްގެ ކިބައިގައި ފުރިހަމަވެފައިވާކަން، އެކަށީގެންވާ ހަމަތަކުގެމަތިން، ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހާމަކޮށްދޭ ޙާލަތުގައިކަމަށް ބަޔާންކުރާ އުޞޫލެއްކަމާއި،
އިސްވެބަޔާންކުރެވުނު ހަމަތަކުގެމައްޗަށް ބިނާކޮށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި އަބްދުﷲ ޝަރީފް ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 128978/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު ޢަބްދުﷲ ޝަރީފް ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވަނީ ދޫކޮށްލާފައި ބަހައްޓައިފިނަމަ މައްސަލައިގައި
ހެކިބަސް ދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީއާއި، އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭތީކަން އެނގެން އޮތްއިރު،
މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރުވެސް، އަދި މިމައްސަލައާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރުވެސް، މިމަރުޙަލާގައި ޢަބްދުﷲ ޝަރީފް
ބަންދުން ދޫކޮށްލައިފިނަމަ
ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ހޯދާފައިވާ ހެކި ޤަރީނާ ނައްތާލުމަށް ނުވަތަ އެހެއްކަށް ނުފޫޒެއް ފޯރުވުމަށް ޢަބްދުﷲ ޝަރީފަށް
ކުރެވިދާނެ އެއްވެސް ކަމެއް ބަޔާންކޮށްދީފައި ނުވާކަމާއި، އަދި އެމައްސަލާގައި ހެކިބަސް ދޭން ހުރި މީހަކަށް
އޭނާގެ ފަރާތުން ނުފޫޒެއް ފޯރުވޭނެ ގޮތެއްވެސް ދައްކުވައިދެވިފައި ނުވާކަމާއި،
24
އޭނަގެ
މައަޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
6 24
COCX
oc
،
އަދި ހަމައެހެންމެ، ޢަބްދުﷲ ޝަރީފް ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެފައިވާއިރު، މީގެކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް، ޢަބްދު
ޝަރީފް މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކާވެދާނެ އެއްވެސް
ގޮތެއްވެސް، އެކަށީގެންވާ ހަމަތަކު
ހަމަތަކުގެމަތިން، ދެއްކިފައިނުވާކަން އެނގެން އޮންނައިރު،
ޢަބްދުﷲ ޝަރީފް މައްޗަށް ތުހުމަތުކުރެވޭ މި ކުށުގެ ޢަމަލާއި ގުޅިގެން ތުހުމަތު ކުރެވުނު
އެހެން ފަރާތެއް ކަމުގައިވާ މުޙައްމަދު ޢަބްދުއްރަޙީމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A124457) ވަކި ޝަރުޠުތަކާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3991/J
/
MD-145 ކޯޓު އަމުރުގެ
ދަށުން ދޫކޮށްލުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފް ކުރުމުން
ބަލާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 235/HC-A/2015 ޤަޟިއްޔާގައިވެސް، ބަޔާންކުރެވުނު
ސަބަބުތަކަށްޓަކައި ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3991/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނާނެ
ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3990/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3990/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ދިވެހިރާއްޖޭގެ
ce O
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/236
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv