ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/249 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/249
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 249/HC
-
A/2014
. އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު ޝަރީފް
އައިޑީ ކާޑު ނަންބަރު: A079885
* ދާއިމީ އެޑްރެސް: ބޮރުމާގެ | ކ. ގުރައިދޫ
މިހާރުގެ އެޑްރެސް: ބޮކަރުމާގެ / ކ. ގުރައިދޫ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ލެޝަރހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 239
/
2005-C
0
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 04 ސެޕްޓެމްބަރ 2014
ނިމުނު ތާރީޚް: 06 އެޕްރީލް 2016
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2013/Cv-C/1686
ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޓްރައިބިއުނަލްގެ ނިންމުން ތަންފީޛްކުރުން
ހުށަހެޅުނުތާރީޚް: 19 އޮގަސްޓް 2013
0
ނިމުނު ތާރީޚް: 21 އެޕްރީލް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/2249
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1686 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ގުރައިދޫ ބޭކަރުމާގެ މުޙައްމަދު ޝަރީފްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއެވެ.
CCO
ޑ 0 =ދ
125/VTR/2009
8312
.
ފާހަގަކުރެވުނު ނުކުތާތައް:
ol- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1686 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2009/VTR/125 މައްސަލައިގެ ނިންމުމާ އެއްގޮތަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކޮށްފައިނުވާތީ، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކ.ގުރައިދޫ ބޭކަރުމާގެ މުޙައްމަދު
ޝަރީފު (ދ.ރ.ކާޑް ނަންބަރު:A079885) ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
ނިންމުމާއި
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކޮށްފައިނުވާކަމަށްބުނެ ގުރައިދޫ ބޭކަރުމާގެ މުޙައްމަދު ޝަރީފު (ދ.ރ. ކާޑް:A079885) ގެ
ފަރާތުން ހުށަހެޅި މި މައްސަލައިގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125
ނިންމުމުގައިވާ ގޮތުގެ މަތިން ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަން އެފަރާތުގެ
ބަހުން އެނގެން އޮތްހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 ނިންމުމަށް
ބަލާއިރު، އެނިންމުމުގައިވަނީ މުޙައްމަދު ޝަރީފް ކުރިން ހުރި ވަޒީފާ އޭނާއަށް ދިނުމަށާއި އޭނާއަކީ ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚްކަމުގައިވާ 30 ސެޕްޓެމްބަރ 2009
އިން ޓްރައިބިއުނަލުން މައްސަލަ ނިމުނު ތާރީޚުކަމުގައިވާ 28 ޖެނުއަރީ 2010 އާއި ހަމައަށް މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ މުޙައްމަދު ޝަރީފަށް ދިނުންކަމުގައި ވާއިރު، މުޙައްމަދު ޝަރީފް
ޖެހިރާއްޖޭގެ
، ހައިވަނަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-A/249
ކުރިންހުރި ވަޒީފާ މިހާރު ބޭނުންނުވާކަމަށް ޝަރީޢަތުގައި ބުނެފައިވާއިރު، އަދި މުޙައްމަދު ޝަރީފުގެ
އެނިންމުން ދަލާލަތުކޮށްދޭ، ޓްރައިބިއުނަލްގެ ނިންމުމުގައިވާ ފަދައިން އޭނާގެ ވަޒީފާގެ ދެމިއޮތުން ނިމުނުކަމަށް
އައި ތާރީޚްގެ ގޮތުގައި ބަލަންޖެހޭ ތާރީޚަކީ މުޙައްމަދު ޝަރީފް ވަޒީފާއަކަށް ވަތް ތާރީޚްގެ ގޮތުގައި އެނގެން
އޮތް 07 ނޮވެމްބަރ 2010 ގެ ތާރީޚުކަމުގައި ބަލައި، ޓްރައިބިއުނަލުން މައްސަލަ ނިމުނު ތާރީޚުން ފެށިގެން
06 ނޮވެމްބަރ 2010 ގެ ނިޔަލަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މުޙައްމަދު ޝަރީފަށް ފައިސާ ޙައްޤުވާ
ކަމަށާއި، މުޙައްމަދު ޝަރީފް ކުރިންހުރި ވަޒީފާ ބޭނުންނުވާތީ، ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާ އަލުން
ދިނުމަށް އަމުރުކޮށްފައިވާ ބަޔަށް ޢަމަލުކުރަން މިހާރު ނުޖެހޭކަމުގައާއި، ޓްރައިބިއުނަލްގެ ނިންމުމުގައިވާ
ފަދައިން 30 ސެޕްޓެމްބަރ 2009 އިން 28 ޖެނުއަރީ 2010 ގެ ނިޔަލަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި
ދޭންޖެހޭ 54,652
/
34ރ. (ފަންސާސްހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ ތިރީސް ހަތަރުލާރި) އަކީ
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު ޝަރީފަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
މިފައިސާ މުޙައްމަދު ޝަރީފަށް ލިބިދިނުމުގެ ގޮތުން މިއަދު 2014 އޭޕްރީލް 21 ވަނަ ދުވަހުން ފެށިގެން 07
(ހަތެއް) ދުވަހުގެ މިފައިސާ ސިވިލް ކޯޓަށް ދެއްކުމަށާއި، 28 ޖެނުއަރީ 2010 އިން ފެށިގެން 06 ނޮވެމްބަރ
2010 ގެ ނިޔަލަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި މުޙައްމަދު ޝަރީފަށް ޙައްޤުވާ ފައިސާއަކީވެސް މުޙައްމަދު
ޝަރީފަށް ލިބިދޭންޖެހޭ ފައިސާ ކަމުގައިވާތީ، އެފައިސާވެސް މި މުއްދަތުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް
ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
44 44
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1686 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ޝަރީފުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/249
ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެގު
އާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެއީ:-
• އެ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ އަމުރު
ތަންފީޒުކޮށްދެއްވުމުގެ ގޮތުން މުޙައްމަދު ޝަރީފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޙުކުމް
ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/7 ޢާއްމު ސިޓީގައި ބަޔާންކޮށްފައިވާ
އުޞޫލާ ޚިލާފަށް އަދި މުޙައްމަދު ޝަރީފްގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އެން ކުeއ
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1686 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2009/VTR/125 މައްސަލައިގެ ނިންމުމާ އެއްގޮތަށް، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޢަމަލުކޮށްފައިނުވާތީ، އިޝާރާތް ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2009/VTR/125 މައްސަލައިގެ ނިންމުން ތަންފީޛުކޮށްދިނުމަށް އެދި ގުރައިދޫ! ބޮކަރުމާގެ މުޙައްމަދު
ޝަރީފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮވެއެވެ.
ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ އަމުރު
ތަންފީޒުކޮށްދެއްވުމުގެ ގޮތުން މުޙައްމަދު ޝަރީފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޙުކުމް
ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/2 ޢާއްމު ސިޓީގައި ބަޔާންކޮށްފައިވާ
އުޞޫލާ ޚިލާފަށް އަދި މުޙައްމަދު ޝަރީފްގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް
މުޙައްމަދު ޝަރީފްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު؛
#
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/249
ox
4 22
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައަކީ، ކަނޑޫމާ މޯލްޑިވްސްގެ
ލޯންޗް ކެޕްޓަނެއްގެ ވަޒީފާ މުޙައްމަދު ޝަރީފް އަދާކުރަމުން އަންނަނިކޮށް، 30 ސެޕްޓެމްބަރ 2009 ގައި
އެވަޒީފާއިން އޭނާ ވަކިކޮށްފައިވާތީ، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 2009 އޮކްޓޯބަރ 05 ވަނަ ދުވަހު ހުށަހެޅި މައްސަލައެއްކަން އެނގެން
އޮންނަކަމާއި؟
އެ މައްސަލައިގައި 28 ޖެނުއަރީ 2010 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ،
މުޙައްމަދު ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ
ދަށުން މުޙައްމަދު ޝަރީފް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް
ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 30 ސެޕްޓެމްބަރ 2009 އިން ފެށިގެން
މައްސަލަ ނިމުމާ ހަމައަށް މުޙައްމަދު ޝަރީފަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ 28
ޖެނުއަރީ 2010 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މުޙައްމަދު ޝަރީފަށް ދިނުމަށާއި،
އޭނާގެ ވަޒީފާގެ ކަންތައް 28 ޖެނުއަރީ 2010 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައި އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައިކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމާއި؛
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/2 ނަންބަރު ޢާއްމު ސިޓީއަކީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި، އެނިންމުމަކާ
ގުޅިގެން އިތުރު ޝަރީޢަތުގެ މަޖިލީސް ބޭއްވުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމުމެއް ދަށު ކޯޓަކަށް ހުށަހެޅިއްޖެނަމަ، އެނިންމުމެއް ތަންފީޒުކުރުން ފިޔަވައި އިތުރު
ފިޔަވަޅެއް އަޅައިގެން ނުވާނެކަމުގައި އަންގަވައި، 2010 މާރޗް 21 ގައި ސުޕްރީމް ކޯޓުން ޢާއްމު ކޮށްފައިވާ
ސިޓީއެއްކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/249
ޑ 0 =ދه
އެއެގެތަށް
އިސްވެ ބަޔާންކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ
ނިންމުމާ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާތީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު ޝަރީފްގެ ފަރާތުން 19 އޮގަސްޓް 2013
ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2009/VTR/125 މައްސަލަ ނިމުނު ދުވަހުން ފެށިގެން، އެ މައްސަލައިގެ ނިންމުން ތަންފީޒުކޮށްދިނުމަށް،
މުޙައްމަދު ޝަރީފްގެ ފަރާތުން 19 އޮގަސްޓް 2013 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް،
އިޝާރާތްކުރުވެނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ ނިންމުން
ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޅާފައި
ނުވާކަމާއިގެ
އެ މުއްދަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މުޙައްމަދު ޝަރީފަށް ލިބިފައިވާ އެއްވެސް
ޙައްޤެއް ނުވަތަ ޙައްޤެއްގެ މިންވަރެއްވިޔަސް މުޙައްމަދު ޝަރީފްގެ ފަރާތުން ދޫކޮށްލާފައިނުވާކަން ދެފަރާތުގެ
ބަހުން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ
ނިންމުމުގެ ދަށުން މުޙައްމަދު ޝަރީފަށް ކަށަވަރުވެފައިވާ ނުވަތަ ލިބިފައިވާ ވަޒީފާއަށް އެބުރި ދިއުމުގެ ޙައްޤު
ދޫކޮށްލާފައިވަނީ އިޝާރާ
ޝާރާތްކުރެވުނު ޓްރައިބިއުނަލުގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓަށް
ހުށަހެޅި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1686 ޤަޟިއްޔާގައި އެކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި 2013 އޮކްޓޯބަރު 04 ވަނަ ދުވަހު މުޙައްމަދު ޝަރީފްގެ ފަރާތުން ދީފައިވާ
ބަޔާނުގައިކަން އެނގެން އޮތުމުން، 2013 އޮކްޓޯބަރު 04 ވަނަ ދުވަހާ ހަމަޔަށް މުޙައްމަދު ޝަރީފަކީ ލިޝަރ
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ދެމިހުރި މީހެއްކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭކަމާއި؟
ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޝަރޫރީ ބޭނުންތަކާއި މުޙުތާދުތައް
ފޫބައްދައި، ދިރިއުޅުމަށްޓަކައި ކާންބޯން މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ކޮނޑުގައި އެޅިފައިވާ
ފަރުދީ ޒިންމާއެއްކަމާއި، ދިރިއުޅުމުގެ ޝަރޫރީ ބޭނުންތަކާއި މުޙުތާދުތައް ފޫބެއްދުމަށްޓަކައި، 07 ނޮވެމްބަރު
2010 ގައި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބަލިމީހުން ބަލަހައްޓާ މީހެއްގެ ވަޒީފާ މުޙައްމަދު
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/2249
ޝަރީފް އަދާކުރަން ފަށާފައިވާކަން އެނގެން އޮންނައިރު، އެވަޒީފާ އަދާކުރަން ފަށާފައިވަނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ ދަށުން މުޙައްމަދު ޝަރީފްގެ ވަޒީފާގެ
ކަންތައްތައް ހަމަޖައްސައި ނިންމުމަށް ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގާފައިވާ ތާރީޚް
ފާއިތުވުމަށްފަހު އޭގެ 09 (ނުވައެއް) މަސް ދުވަހުގެ ފަހުންކަން އެނގޭއިރު، ދިރިއުޅުމުގެ ޝަރޫރީ ބޭނުންތައް
ފުއްދުމަށްޓަކައި މުޙައްމަދު ޝަރީފް އެ ވަޒީފާ އަދާކުރަން ފެށުމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2009/VTR/125 މައްސަލައިގެ ނިންމުމުގެ ދަށުން، ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ލާޒިމްވެފައިވާ ޒިންމާއިން ބަރީއަވާނެ
އަވާނެ ސަބަބެއް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަމާއި؛
އެހެންކަމުން، ކަނޑޫމާ މޯލްޑިވްސްގެ ލޯންޗް ކެޕްޓަނެއްގެ ވަޒީފާ މުޙައްމަދު ޝަރީފް އަދާކުރަމުން
އަންނަނިކޮށް، އެވަޒީފާއިން މުޙައްމަދު ޝަރީފް ވަކިކުރި ތާރީޚް ކަމުގައިވާ 2009 ސެޕްޓެމްބަރ 30 ވަނަ
ދުވަހުން ފެށިގެން އެވަޒީފާއަށް ދިއުމުގެ ޙައްޤު މުޙައްމަދު ޝަރީފް ދޫކޮށްލިކަން އެނގެން އޮންނަ ތާރީޚް
ކަމުގައިވާ 2013 އޮކްޓޯބަރު 04 ވަނަ ދުވަހާ ހަމަޔަށް ހިނގާފައިވާ ދުވަސްތަކުގައި އެވަޒީފާގެ މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާއަކީ މުޙައްމަދު ޝަރީފަށް ލިބިދެވެންޖެހޭ ފައިސާކަމަށް ޤާނޫނީ
ގޮތުން ބެލެވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1686 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ccccc
ﷲ 0ޑ 4
އ ހ ޑޑ
ގެންނަންޖެހޭ
ޙުކުމް:
ހ2 33:38
ބަޔާނެކެރަފާން
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި އިވުނު ކަންކަމަށް ބަލާއިރު، މުޙައްމަދު
ޝަރީފް ކުރިންހުރި ވަޒީފާ މިހާރު ބޭނުންނުވާކަމަށް ޝަރީޢަތުގައި ބުނެފައިވުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/125 މައްސަލައިގެ ނިންމުމުގައިވާ ފަދައިން މުޙައްމަދު ޝަރީފްގެ
ވަޒީފާގެ ދެމިއޮތުން ނިމުމަކަށް އައި ތާރީޚްގެ ގޮތުގައި ބަލަންޖެހޭ ތާރީޚަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ދިވެހިރާއްޖޭގެ
، ހައިވަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/249
8 6
އެނިންމުމުގެ ދަށުން މުޙައްމަދު ޝަރީފަށް ލިބިފައިވާ ޙައްޤުން ތަނާޒުލުވެ ވަޒީފަށް އެނބުރި ދިއުމުގެ ޙައްޤު
ދޫކޮށްލިކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގެން އޮންނަ 2013 އޮކްޓޯބަރު 04 ވަނަ ދުވަހުގެ
ތާރީޚުކަމުގައި ޝަރުޢީ ޤާނޫނީ ގޮތުން ބެލެވޭތީގެ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިމުނު ތާރީޚުން ފެށިގެން 2013 އޮކްޓޯބަރު 04 ވަނަ ދުވަހާ
ހަމަޔަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި މުޙައްމަދު ޝަރީފަށް ފައިސާ ޙައްޤުވާ ކަމަށާއި، މުޙައްމަދު ޝަރީފް
ކުރިންހުރި ވަޒީފާ ބޭނުންނުވާތީ، ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާ އަލުން ދިނުމަށް އަމުރުކުރައްވާފައިވާ
ބަޔަށް މިހާރު ޢަމަލުކުރަން ނުޖެހޭކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވާ ފަދައިން 30
ސެޕްޓެމްބަރ 2009 އިން 28 ޖެނުއަރީ 2010 ގެ ނިޔަލަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ދޭންޖެހޭ
54,652
/
34ރ. (ފަންސާސްހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ ތިރީސް ހަތަރުލާރި) އާއި، 28
ޖެނުއަރީ 2010 އިން ފެށިގެން 2013 އޮކްޓޯބަރު 04 ވަނަ ދުވަހާ ހަމަޔަށް މުސާރައާއި އިނާޔަތުގެ ގޮތުގައި
މުޙައްމަދު ޝަރީފަށް ޙައްޤުވާ ފައިސާއަކީ ލެޝަރ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު
ޝަރީފަށް ދޭންޖެހޭ ފައިސާކަމުގައި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި؟
މިއެންމެހައި ފައިސާ މުޙައްމަދު ޝަރީފަށް ލިބިދިނުމުގެ ގޮތުން މިއަދު (2016 އޭޕްރީލް 06 ވަނަ
ދުވަހު) ން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ލެޝަރ ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1686
ޤަޟިއްޔާގައި، ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
Ucou
cc
ހައިކޯޓް
">
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ