ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/159 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/159
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 159/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން. ސިވިލް ސަރވިސް ކޮމިޝަން * ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ | ކ. މާލެ
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ |ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢާއިޝަތު ވަޙީދާ
އައިޑީ ކާޑު ނަންބަރު: A028245
: ދާއިމީ އެޑްރެސް: ފިތުރޯނުގެ / އދ. މަހިބަދޫ
މިހާރުގެ އެޑްރެސް: ނަޞްރު / އދ. މަހިބަދޫ
L.
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 އޭޕްރިލް 2015
ނިމުނު ތާރީޚް: 30 އޮކްޓޯބަރު 2017
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/115
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 20 އޯގަސްޓް 2014
ނިމުނު ތާރީޚް: 15 މާރޗް 2015
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/159
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/115 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ އދ. މަހިބަދޫ ފިތުރޯނުގެ ޢާއިޝަތު
ވަޙީދާއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/115 މައްސަލައަކީ، އދ.މަހިބަދޫ
ފިތުރޯނުގެ ޢާއިޝަތު ވަޙީދާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގައި އެސިސްޓެންޓް
އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު އަދާކުރަމުން އައިސްފައިވަނިކޮށް، 2014 ވަނަ އަހަރުގެ އޯގަސްޓް
މަހުގެ 05 ވަނަ ދުވަހު ޢާއިޝަތު ވަޙީދާ އެ މަޤާމުން ވަކިކުރި ކުރުމަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލްސަރވިސްގެ ޤާނޫނު) އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ، ޢާއިޝަތު ވަޙީދާގެ ގެއްލިފައިވާ ވަޒީފާ
އަނބުރާ ލިބިދިނުމަށާއި، ވަޒީފާ އަނބުރާ ލިބޭ ދުވަހާއި ހަމައަށް މުސާރައާއި، ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ
ފައިސާ ހޯދައި ދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 20 އޯގަސްޓް 2014 ގައި
ޢާއިޝަތު ވަޙީދާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި
މައްސަލަ ރައްދުވި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށްބަލާއިރު، މައްސަލަ ހުށަހެޅި އދ. މަހިބަދޫ ފިތުރޯނުގެ، ޢާއިޝަތު ވަޙީދާ، އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުން 2014 ވަނަ
އަހަރުގެ އޯގަސްޓް މަހުގެ
05 ވަނަ ދުވަހު ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/159
COX
ސާބިތުކޮށްދިނުމަކީ މައްސަލަ ރައްދުވި ފަރާތުގެ ޒިންމާއަކަށް ވީހިނދު، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ
47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުގެ ދަށުން ޢާއިޝަތު ވަޙީދާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް
ބުނެ މައްސަލަ ރައްދުވި ފަރާތުން ބަޔާންކޮށްފައިވާ ސަބަބަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ސަބަބެއްކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދެވިފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް، ޢާއިޝަތު ވަޙީދާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ވަޒީފާއާބެހޭ
ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢާއިޝަތު ވަޙީދާ ވަޒީފާއިން ވަކިކުރުމުގެ
ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި،
އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި،
އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ޢާއިޝަތު ވަޙީދާއަށް ލިބެންޖެހޭ ފައިސާ، 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ
ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޢާއިޝަތު ވަޙީދާއަށް
ދިނުމަށްފަހު އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި އަމުރުކުރަމެވެ. މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނު
4ޝް
UCOC
20 3 2 s
cccx
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4 22
-02
ހއ 2
3
4
2
3
ބ އަންކރވނ
އިސްވެ
ގޮތުގެމަތީން ވަޒީފާއާބެހޭ
ބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/115 މައްސަލަ ނިންމެވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް 05
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/159
(ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ
ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިއިރު، މައްސަލަ ރައްދުވާ
ފަރާތުން މައްސަލަ ހުށަހެޅުއްވި ފަރާތްކަމުގައިވާ ޢާއިޝަތު ވަޙީދާ ވަޒީފާއިން ވަކިކުރިއިރު ރިޢާޔަތްކޮށްފައިވާ
މާއްދާ ކަމުގައިވާ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރަކީ އޭގެ
ދަށުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ނޫންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، މި
މާއްދާގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެއްވާފައިވާ ފުރުޞަތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެއްވެސް ވަރަކަށް އަލިއަޅުވާފައިނުވާކަމަށާއި، އަދި މި މައްސަލަ ނިންމުމުގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ
:ރަށް އެންމެ ފުރިހަމައަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާގެ
މަޤާމުގައި ހުންނެވި ޢާއިޝަތު ވަޙީދާގެ ސުޕަރވައިޒަރު ކަމުގައިވާ މުޙައްމަދު ފާއިޒު (ފޭރުމާގެ/ އދ.މަހިބަދޫ)
މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެއްވާފައިވާ ހެކިބަހަށް ޓްރައިބިއުނަލްއިން މައްސަލަ
ނިންމެވިއިރު އެއްވެސް ވަރަކަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ
• ތިންވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ޢާއިޝަތު
ވަހީދާއަށް ޢިލްމީ ޤާބިލުކަން ޙާޞިލުކުރުމަށް ދީފައިވާ ފުރުޞަތަކީ އެންމެ އެކަށީގެންވާ ފުރުޞަތެއް ނޫން
ކަމުގައި ބަޔާންކޮށްފައިވާއިރު، އެ ފުރުޞަތު އެންމެ އެކަށީގެންނުވީ ސަބަބެއް ބަޔާންކޮށްފައިނުވާކަމަށާއި، އަދި
އެ ލިޔުމުގެ ޞައްޙަކަމާ މެދު މައްސަލަ ރައްދުވާ ފަރާތުން ސުވާލު އުފައްދާފައިވާ ލިޔުން ކަމުގައިވާ
[ACADEMIC STATEMENT“ އަށް ރިޢާޔަތްކޮށް، ޢާއިޝަތު ވަޙީދާއަށް ދީފައިވާ ފުރުޞަތުގެ
ބޭނުން ހިފާފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ފާހަގަކުރި ނުކުތާއެވެ.
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/159
• ހަތަރުވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިއިރު، ކުރިއަރާފައިވާ
ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދެ ޙާލަތަކަށް ރިޢާޔަތް ކޮށްފައިވާއިރު، މި ދެ
ޙާލަތުގެ ތެރެއިން ދެވަނަ ޙާލަތަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ޢައްޔަން ކުރުމުގައި
އެއްގޮތަކަށް ވެސް ރިޢާޔަތްކުރާ އުޞޫލެއް ކަމުގައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަކީ ޚާއްސަ
ޤާނޫނެއް ކަމަށާއި، އެ ޤާނޫނަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމާއި،
ކުރިއެރުންދިނުމާއި، ބަދަލުކުރުމާއި، ވަކިކުރުމާއި، އަދި މި ނޫންވެސް ވަޒީފާއާ ގުޅުންހުރި މުވައްޒަފުންގެ
އެންމެހައި ކަމެއް ކުރުމަށް ވަކި ޚާއްޞަ އުޞޫލުތަކެއް ބަޔާންވެފައިވާ ޤާނޫނަކަށްވީއިރު، މުވައްޒަފަކާ ގުޅުން
ހުރި މިފަދަ މައްސަލައެއް ނިންމުމުގައި މައްސަލަ ބެލި މަޖިލީހުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އަށް އިސްކަންދީފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/115 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އދ. މަހިބަދޫ ފިތުރޯނުގެ، ޢާއިޝަތު ވަޙީދާ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ
އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުން 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 05
ވަނަ ދުވަހު ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢާއިޝަތު ވަޙީދާ
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/159
cޑ 4
2 ހޅ
ބޮހއިPe
ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން
ވަޒީފާއެއްގައި އެޓުމަށާއި، ޢާއިޝަތު ވަޙީދާއަކީ އެއްވެސް ޙާލެއްގައި ސިވިލް ސަރވިސްގެ ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އާއިޝަތު ވަޙީދާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/115 މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި ޢިނާޔަތުގެ
ގޮތުގައި ޢާއިޝަތު ވަޙީދާއަށް ލިބެންޖެހޭ ފައިސާ، 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢާއިޝަތު ވަހީދާއަށް ދިނުމަށް އަންގައި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/115 މައްސަލަ އެޓްރައިބިއުނަލްއިން ނިންމަވާފައިވާކަން
UCOC
އެނގެން އޮވެއެވެ.
44 0 2 3
44
ހން
(ނ) އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް
އޮފިސަރުގެ މަޤާމުން ޢާއިޝަތު ވަޙީދާ ވަކިކޮށްފައިވަނީ، ޢާއިޝަތު ވަޙީދާ އަދާކުރަމުން ދިޔަ މަޤާމާ އެކަށޭނެ
މިންވަރަށް ޢިލްމީ ޤާބިލްކަން ލިބިފައިނުވުމުން، ޢާއިޝަތު ވަޙީދާ އަދާކުރަމުންދިޔަ މަޤާމުގެ މަސައްކަތް
މިންވަރަށް މަސައްކަތް ނުކުރެވޭތީ، ޢާއިޝަތު ވަޙީދާއަށް އޭނަގެ މަޤާމުގެ މަސްއޫލިއްޔަތު
ކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވެފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
42 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޢާއިޝަތު ވަޙީދާގެ މަޤާމުގެ ފަންތި ދަށްކޮށް
މަހިބަދޫ ކައުންސިލްގެ އިދާރާގެ މަސައްކަތު މަޤާމަށް ބަދަލުވުމުގެ ފުރުޞަތު ދިނުމުން އެ މަޤާމަށް
ބަދަލުވުމަށް، ޢާއިޝަތު ވަޙީދާ އިއްތިރާޝް ކުރުމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 42 ވަނަ
މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ
ހއ 2
3 4ހދ8
އަދާނުކުރެވޭކަމަށް
ނަންބަރުގެ ދަށުންކަން، ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2014
/
1056/CSC(2) (05 އޯގަސްޓް
2014) [ވަޒީފާ ވަކިކުރެއްވި ޗިޓް، ން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/159
CCCX
(ނ) މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު
އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި
ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ
އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި، އަދި ސިވިލް ސަރވިސްގެ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި،
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން
ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާ ޙާލަތެއްގައިކަން، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުން އެނގެން އޮވެއެވެ.
(ރ) ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމަކީ، ސިވިލް ސަރވިސްގެ
ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްކަން، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުން އެނގެން އޮންނައިރު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުން ޢާއިޝަތު ވަޙީދާ
ވަކިކޮށްފައިވަނީ، އެ މަޤާމުގެ މަސައްކަތަށް އައި ބަދަލާ ގުޅިގެން، ތަމްރީނުވުމުގެ ފުރުޞަތު ދެވި، ނަމަވެސް އެ
ފުރުޞަތުގެ އެދެވޭ ނަތީޖާ ޙާޞިލް ނުކުރެވުމުގެ ސަބަބުން، ޢާއިޝަތު ވަޙީދާ އަދާކުރަމުންދިޔަ ވަޒީފާގެ
މަސްއޫލިއްޔަތާއި، ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގެ ޢިލްމީ ޤާބިލުކަން ނެތުމުގެ ސަބަބުންކަން، މައްސަލައާ
ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މުވައްޒަފު އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގެ ޢިލްމީ ޤާބިލުކަން ނެތުމުގެ ސަބަބުން
ވަޒީފާއިން ވަކިކުރެވޭނީ،
CO
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/159
ވަޒީފާއަށް އެދި ހުށަހެޅި ފަރާތުގެ ޢިލްމީ ޤާބިލުކަން ވަޒީފާދިން ފަރާތަށް އޮޅުވާލައިގެން ވަޒީފާ
ހޯދާފައިވުން، ނުވަތަ؟
ވަޒީޕާދިން އިރު ވަޒީފާއާ ގުޅޭ ގޮތުން އިތުރަށް ޙާޞިލުކުރަންޖެހޭ ޢިލްމީ ޤާބިލުކަން ޙާޞިލުކުރުން
ޝަރުޠުކޮށް ވަޒީފާ ދީފައިވާނަމަ ކަމާއި؛
ޢާއިޝަތު ވަޙީދާއަކީ، 1986 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުގެ ވަޒީފާ އަދާކުރަމުން
އައިސްފައިވާ ފަރާތެއްކަމާއި، 2014 އޯގަސްޓް 05 ވަނަ ދުވަހު، ޢާއިޝަތު ވަޙީދާ ދިވެހި ސިވިލް
ސަރވިސްގެ ވަޒީފާއިން ވަކިކުރި ދުވަހާ ހަމައަށް ވޭތުވެދިޔަ 20 އަހަރުގެ މުއްދަތުގައި، 05 މާރޗު 2014
ދުވަހު ޢާއިޝަތު ވަހީދާއަށް ދީފައިވާ ނަޞޭހަތް ފިޔަވައި އިތުރު އިޞްލާޙީ ފިޔަވަޅެއް އެޅިފައިނުވާކަން،
ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި؛
22/862
ޢާއިޝަތު ވަޙީދާއަކީ އޭނާގެ ޢިލްމީ ޤާބިލުކަން ވަޒީފާދިން ފަރާތަށް އޮޅުވާލައިގެން
ވަޒީފާ ހޯދާފައިވާ ފަރާތެއްކަމަށް ބެލެވެން ނެތްއިރު، ޢާއިޝަތު ވަޙީދާއަށް ވަޒީފާދިން އިރު ވަޒީފާއާ ގުޅޭ
ގޮތުން އިތުރަށް ޙާޞިލުކުރަށްޖެހޭ ޢިލްމީ ޤާބިލުކަން ޙާޞިލުކުރުން ޝަރުތުކޮށް ވަޒީފާ ދީފައިވާ ފަރާތެއްކަން
އެނގެ ނެތުމުގެ އިތުރުން، އާއިޝަތު ވަޙީދާ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ
ޚިލާފުވެފައިވަނީ ކިހިނެއްކަމެއް އެކަށީގެންވާ ގޮތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ބުނެދެވިފައިނުވާކަން
مي ننس
އެނގެއެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށް ރިޢާޔަތްކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/115 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
4 22
އހހ2
هއ އe
P9
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/159
115/VTR/2014
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި، އެޓްރައިބިއުނަލްއިން
ނިންމަވާފައިވާ ނިންމުމަށް ބަދަލުގެންނާނެ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cu
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ