ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/417 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016HC-A/417
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 417/HC-A/2016
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: ޢަބްދުލްޙަސީބު މުޙައްމަދު * ދާއިމީ އެޑްރެސް: ޑޭޒީމާގެ/ ވ.ފުލިދޫ
އައި.ޑީ.ކާޑު ނަންބަރު: A074704
އެޑްރެސް: 6857، ގްރަނާޑާ ރޯޑު، ރެޑިން ސީއޭ 96002
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކެތުރިން ކްރިސްޓައިން ގްރަނާޓާ
* ޕާސްޕޯޓް ނަންބަރު: 460609777
* ނަން: ޖޯން ޗަރލްސް ސީފަޓް
* ޕާސްޕޯޓް ނަންބަރު: 488690265
އެޑްރެސް: ޕެންސިލްވޭނިއާ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ޛުލްޤައިދާ 1437
ނިމުނު ތާރީޚް 19 ޝަޢުބާން 1438
06 ސެޕްޓެމްބަރ 2016
15 މެއި
2017
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/518
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚް: 22 މާރިޗު 2015
ނިމުނު ތާރީޚް: 26 ޖޫން 2016
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/417
ދަޢުވާގެ ޚުލާޞާ
2އ)
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/518 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ޑޭޒީމާގެ/ ވ.ފުލިދޫ
ޢަބްދުލްޙަސިބް
މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އެމެރިކާގެ ދެ ރައްޔިތުންކަމުގައިވާ
ކެތްރީން ކްރިސްޓައިން ގްރާންޓް އަދި ޖޯން ޗަރލްސް ސީފާޓްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/518 ޤަޟިއްޔާގެ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްޙަސީބު މުޙައްމަދު ގެސްޓް ހައުސްއެއް ތަރައްޤީކޮށް ހިންގަން ފައިސާ
ދީފިނަމަ ގެސްޓްހައުސް ހަދައި ނިމުމުން %30 އަށްވުރެ މަދުނޫން މިންވަރެއްގެ ފައިދާއަކާއެކު ފައިސާ
އަނބުރާ ރައްދުކުރާނެކަމަށާއި، އަދި ގެސްޓް ހައުސްއިން ރަނގަޅު މުސާރައަކާއެކު ވަޒީފާ ދޭނެކަމަށް ބުނެ
ވަޢުދުވެ ދަޢުވާކުރާ ފަރާތުގެ އަތުންނާއި އަދި ދަޢުވާކުރާ ފަރާތް މެދުވެރިވެ ދަޢުވާކުރާ ފަރާތުގެ ބައްޕައާއި
ޢާއިލާގެ އެހެނިހެން މީހުންގެ އަތުން 155,855.00$US (އެއްލައްކަ ފަންސާސް ފަސްހާސް އަށްސަތޭކަ
ފަންސާސްފަހެއް އެމެރިކާ ޑޮލަރު) ހޯދުމަށްފަހު، އެފައިސާވެސް އަދި ދޭންޖެހޭ ފައިދާވެސް ދީފައިނުވާތީ
މިފައިސާއާއި އަދި ދަޢުވާކުރާ ޖޯން ޗަރލްސް ސީފާޓް ލައްވައި ހޮޓަލުގެ މަސައްކަތް ކުރުވުމަށްފަހު
މަހަކަށް 1,500.00$US (ފަނަރަސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން އޮގަސްޓް 2012 އިން އޯގަސްޓް
2014 ގެ ނިޔަލަށް ދޭންޖެހޭ 36,750.00$US (ތިރީސްހަހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ
ޑޮލަރު) ދަޢުވާލިބޭ ޢަބްދުލްޙަސީބް މުޙައްމަދުގެ އަތުން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި ކެތްރީން
ކްރިސްޓައިން ގްރާ
ގްރާނާޓާ އާއި ޖޯން ޗާރލްސް ސީފާޓް، ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްޙަސީބު މުޙައްމަދުގެ
މައްޗަށް ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
ޤައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 1
631
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ގޮއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/417
ބުނެބަކާއި
އެޤަޟިއްޔާގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ،
އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
ދަޢުވާކުރާ ކެތްރީން ކްރިސްޓައިން ގްރެނާޓާގެ ފަރާތުން ޢަބްދުލްޙަސީބު މުޙައްމަދުގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ ނަންބަރު 7703206529102 އެކައުންޓަށް އެކިފަހަރު މަތީން
ޖުމްލަ 28,788.32$US (އަށާވީސްހާސް ހަތްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ބައްތިރީސް
ސެންޓް) އަދި ޗާރލްސް ސީފާރޓްގެ ފަރާތުން ޖުމްލަ 12,010.00$US (ބާރަހާސް ދިހައެއް އެމެރިކާ
ޑޮލަރު) އެކި ފަހަރު މަތީން ޖަމާކޮށްދީފައިވާ ކަމާއި، އަދި ޖެރީ އެލް ހޫވަރ ގެ ފަރާތުން
US
$
1,975.00 (ނަވާރަސަތޭކަ ހަތްދިހަ ފަހެއް އެމެރިކާ ޑޮލަރު) ޖަމާ ކޮށްދީފައިވާކަން
ހުށަހެޅިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މިފައިސާ ޖުމްލަ 42,773.32$US
(ސާޅީސް ދެހާސް ހަތްސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް) އަކީ ޖޯން ޗާރލްސް
ސީފަރޓް މެދުވެރިވެގެން ޢަބްދުލްޙަސީބު މުޙައްމަދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި
ނަންބަރު 7703206529102 އެކައުންޓަށް ޖަމާކޮށްދީފައިވާ ފައިސާއެއްކަން ހުށަހެޅިފައިވާ
އިނގެން އޮތުމާއިއެކު މިފައިސާގެ އެއްވެސް މިންވަރެއް ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން
އަނބުރާ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ، ބަޔާންވެދިޔަ ފައިސާ ޖުމްލަ 42,773.32$US
(ސާޅީސް ދެހާސް ހަތްސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް) އަކީ ވ.ފުލިދޫ
ޑޭޒީމާގެ ޢަބްދުލްޙަސީބު މުޙައްމަދު ގެ ފަރާތުން ދަޢުވާކުރާ އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޖޯން ޗާރލްސް
ސީފަރޓް (ޕާސްޕޯޓް ނަންބަރު: 488690265) އާއި ކެތްރީން ކްރިސްޓައިން ގްރެނާޓާ (ޕާސްޕޯޓް
ނަންބަރު: 460609777) އަށް ދޭންޖެހޭ ފައިސާ އެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ ދަޢުވާކުރާ ފަރާތްތަކަށް ލިބިދިނުމުގެ ގޮތުން 26 ޖޫން 2016
މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް
މީލާދީ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި ޚަލާސް ކުރުމަށް ދަޢުވާލިބޭ
ޢަބްދުލްޙަސީބު މުޙައްމަދު އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
ހުޅުވާފައިވާ
03 ހ2
ލިޔުންތަކުން އެނގެން އޮތުމާ
3
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/518 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ވ.ފުލިދޫ ޑޭޒީމާގެ
ޢަބްދުލްޙަސީބު މުޙައްމަދު ގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
ce O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332502.9، ފެކްސް647/sy#
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެތީޖާ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/417
0
ފުރަތަމަ ނުކުތާއަކީ، ޢަބްދުލްޙަސީބު މުޙައްމަދުގެ އެކައުންޓަށް ޖަމާވެފައިވާ
ފައިސާގެ ތެރެއިން ޖޯން ސީފަރޓް ޗާރލްސްއަށް ދީފައިވާ ފައިސާކަމަށްބުނާ ފައިސާ ދީފައިވާކަމާއި،
ދެފަރާތުގެ ދެމެދުގައި އެގޮތަށް ޢަމަލުކޮށްފައިވާކަން ސާބިތުވާ ހެކި ޝަރީޢަތަށް ހުށަހަޅައިފައި
ވީނަމަވެސް، އިސްތިއުނާފް ކުރާ ފަރާތުން ޖޯން ސިފަރޓް ޗާރލްސް އަށް ދީފައިވާ ފައިސާ
ދީފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ އެނުކުތާ ސާބިތު ކުރުމަށްޓަކައި
ޝަރީޢަތަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަކަށް އެކުއެކީ ރިޢާޔަތް ކުރެއްވުމެއްނެތި ޙުކުމްކޮށްފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
4ދ
އޭނައަށް
43 44
ދެވަނަ
މުޙައްމަދުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުން
ފެންނަ، ޖެރީ އެލް ހޫވަރ ކިޔާ މީހެއްގެ ފަރާތުން 1975.00$US (ނަވާރަސަތޭކަ ހަތްދިހަ ފަހެއް
އެމެރިކާ ޑޮލަރު) ފައިސާއަކީ، ޑިސްޕިއުޓް އުފެދިގެން ހުށަހެޅިފައިވާ ފައިސާގެ ތެރޭގައި ހިމެނޭ
ފައިސާ
އިސާއެއްކަމަށްނުވާއިރު، ދެންނެވުނު ފައިސާއަކީވެސް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ
ފައިސާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާ
ޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި
ހ4ދ 4ޑ 4
ފިރ#0ކށް
433 ޑ ޒ
ކ &އވެ
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/518 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްޙަސީބު މުޙައްމަދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތަ
ރޮއެއް
ފިހ3ކމއ.
(ހ) ފުރަތަމަކަމަކީ، އެމެރިކާގެ ރައްޔިތުންކަމުގައިވާ ކެތުރިން ކްރިސްޓައިން ގްރަނާޓާއާއި
ޖޯން ޗަރލްސް ސީފާޓްގެ ފަރާތުން ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްޙަސީބު މުޙައްމަދުގެ މައްޗަށް އުފުލާފައިވާ
ދަޢުވާއަކީ، ކެތުރިން ކްރިސްޓައިން ގްރަނާޓާއާއި ޖޯން ޗަރލްސް ސީފާޓްގެ އަތުންނާއި މި މީހުން
މެދުވެރިވެ މިފަރާތްތަކުގެ ޢާއިލާގެ އަތުން އެކު ޖުމްލަ 155,855.00 $US (އެއްލައްކަ ފަންސާސް
ފަސްހާސް އައްސަތޭކަ ފަންސާސް) ޔޫ.އެސް.ޑޮލަރ ޢަބްދުލްޙަސީބު މުޙައްމަދު ހޯދުމަށްފަހުޑެއްލާއެކެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 63141
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
5
2016/HC-A/417
9
ދީފައިނުވާތީއާއި، އަދި ޖޯން ޗަރލްސް ސީފާޓް ލައްވައި ޢަބްދުލްޙަސީބުގެ މުވައްޒަފެއްގެ ގޮތުގައި
މަސައްކަތް ކުރުވުމަށްފަހު ފައިސާ ދީފައިނުވާކަމަށް ބުނެ މަހަކަށް 1,500.00 $US (ފަނަރަސަތޭކަ)
.އެސް.ޑޮލަރގެ މަގުން 01 އޮގަސްޓް 2012 އިން ފެށިގެން އޮގަސްޓް 2014 އަށް56,750.00 $US
(ތިރީސްހަހާސް ހަތްސަތޭކަ ފަންސާސް) ޔޫ.އެސް.ޑޮލަރ ޢަބްދުލްޙަސީބު މުޙައްމަދުގެ އަތުން ހޯދުމަށް އެދި
ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
COCO
434404
On Occc
(ށ) ދެވަނަކަމަކީ، މިމައްސަލަ ނިންމަވަމުން ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ
ކަންކަމުގެ މައްޗަށް ބެލުމުން ކެތުރިން ކްރިސްޓައިން ގްރަނާޓާއާއި ޖޯން ޗަރލްސް ސީފާޓްގެ ފަރާތުން
ހުށަހެޅި ދަޢުވާއާއި ގުޅިގެން ހުށަހަޅާފައިވާ ހެކިތަކަށް ބައްލަވާ، 01 އޮގަސްޓް 2012 އިން ފެށިގެން
އޮގަސްޓް 2014 ގެ ނިޔަލަށް ކޮންޓްރެކްޓުގެ އުސޫލުން އެއްވެސް މަސައްކަތެއް ޖޯންޗަރލްސް ސީފަރޓް
ލައްވާ ޢަބްދުލްޙަސީބު މުޙައްމަދު ކޮށްފައިވާކަން ސާބިތުވާފަދަ ހެއްކެއް ހުށަހަޅާފައިނުވާކަމަށް ބަޔާންކުރައްވާ
ޖޯން ޗަރލްސް ސީފަރޓް މުވައްޒަފެއްގެ ގޮތުން ކުރި މަސައްކަތްތަކަށް ފައިސާ
ހުގައިދެވެންނެތްކަމަށް ކަނޑައަޅުއްވާފައިވާކަމާއި، އަދި ޖޯން ޗަރލްސް ސީފަރޓް އާއި ކެތުރިން
ކްރިސްޓައިން ގްރަނާޓާގެ ފަރާތުން ޢަބްދުލްޙަސީބު މުޙައްމަދަށް 155,855.00 $US (އެއްލައްކަ
ފަންސާސް ފަސްހާސް އައްސަތޭކަ ފަންސާސް) ޔޫ.އެސް.ޑޮލަރ ދިންކަން ސާބިތުވާ މިންވަރުގެ ހެކި
މިދެފަރާތުން ޝަރީޢަތަށް ހުށަހެޅިފައިނުވާކަމަށް ކަނޑައަޅުއްވާފައިވާއިރު، މިމައްސަލައާއި ގުޅިގެން
ހުށަހެޅުނު ލިޔުންތަކުން ކެތުރީން ކްރިސްޓައިން ގްރެނާޓާގެ ފަރާތުން ޢަބްދުޙަސީބު މުޙައްމަދުގެ ނަމުގައި
ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓަކަށް އެކިފަހަރުތަކުގެ މަތިން ޖުމްލަ
28,788.32 $US (އަށާވީސް ހާސް ހަތްސަތޭކަ އައްޑިހައަށެއް ޕޮއިންޓް ތިރީސްދޭއް) އެމެރިކާ ޑޮލަރ
ޖަމާކޮށްދިންކަން އަދި ޗާރލްސް ސީފާރޓްގެ ފަރާތުން ޖުމްލަ 12,010.00 (ބާރަހާސްދިހައެއް)
ޔޫ.އެސް.ޑޮލަރ އެކިފަހަރުމަތިން ޖަމާކޮށްދިންކަން އަދި ޖެރީ އަލް ހޫވަރ ކިޔާ މީހެއްގެ ފަރާތުން
1975.00 (އެއްހާސް ނުވަސަތޭކަ ހަތްދިހަފަހެއް) ޔޫ.އެސް.ޑޮލަރު ޖަމާކޮށްދީފައިވާކަން އެނގެން
އޮންނަކަމަށް ކަނޑައަޅައި މިފައިސާތަކުގެ ޖުމްލައަށްވާ 42,773.32$US (ސާޅީސް ދެހާސް ހަތްސަތޭކަ
ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް) އަކީ ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން ޖޯން
ޗާރލްސް ސީފަރޓް އާއި ކެތްރީން ކްރިސްޓައިން ގްރެނާޓާ އަށް
ދޭންޖެހޭ ފައިސާ އެއްކަމަށް
ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 331471އި
تربت
މުނު ގޮތުގެ ޚުލާޞާ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
، ދިވެd
6
بنوري
2016/HC-A/417
(ނ) ތިންވަނަކަމަކީ، މިމައްސަލަ އިސްތިއުނާފު ކުރަމުން ޢަބްދުލްޙަސީބު މުޙައްމަދުގެ
ފަރާތުން ހުށަހެޅި ނުކުތާތަކާއި އެނުކުތާތަކާއި ގުޅިގެން ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ
ތެރެއިން ޢަބްދުލްޙަސީބު މުޙައްމަދުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުން ފެންނަ، ޖެރީ އެލް ހޫވަރ ކިޔާ
މީހެއްގެ ފަރާތުން ދީފައިވާ 1975.00$US (ނަވާރަސަތޭކަ ހަތްދިހަ ފަހެއް އެމެރިކާ ޑޮލަރު) ފައިސާއަކީ،
ޑިސްޕިއުޓް އުފެދިގެން ހުށަހެޅިފައިވާ ފައިސާގެ ތެރޭގައި ހިމެނޭ ފައިސާއެއްކަމަށްނުވާއިރު އެފައިސާ
ނަގައިދީފައިވާކަމަށް ބުނެ ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް
ބަލާއިރު،
ޖެރީ އަލް ހޫވަރ އަކީ މިމައްސަލަ ދަށު ކޯޓަށް ހުށަހެޅި ކެތުރީން ކްރިސްޓައިން
ޖޯން ޗާރލްސް ސީފަރޓް އާއި ގުޅުން އޮތް ފަރާތްތަކެއް ސާބިތުކުރުމަށް މައްސަލަ ހުށަހެޅި
ފަރާތުން އެއްވެސް މިންވަރެއްގެ ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި މީގެ އިތުރުން
މިފައިސާ ޢަބްދުލްޙަސީބު މުޙައްމަދުގެ އަތުން ހޯދުމަށްއެދި ދަޢުވާކުރުމުގެ ބާރު ޖެރީ އަލް ހޫވަރގެ
ފަރާތުން މިމައްސަލަ ދަށުކޯޓަށް ހުށަހެޅި ފަރާތްތަކަށް ޕަވަރ އޮފް އެޓާރނީއެއް ދަށުން ނުވަތަ އެފަދަ
ގޮތަކުންވެސް ދީފައިވާކަން އެނގެން ނެތުމުން ޖެރީ އަލް ހޫވަރގެ ފަރާތުން ޢަބްދުލްޙަސީބު
މުޙައްމަދުގެ އެކައުންޓަށް ޖަމާކުރި ކަމަށް ފެންނަ އޮތް ފައިސާއެއް ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން
އަނބުރާ ހޯދުމުގެ ސިފަތެއް މިމައްސަލައިގައި ދަށުކޯޓުގައި ދަޢުވާކުރި ފަރާތްތަކަށް
ބ ޖ ޗ
و مسرع سے ہی
COCO
OCOC
0 4 6
ހހނފާ
88 ސީޑ ދ ތ
سرسری سراسر
4
އެނގޭކަމެވެ.
ބޮނޭ
އެކައުންeއ
(ނ) ހަތަރުވަނަކަމަކީ، މައްސަލަ އިސްތިއުނާފުކުރަމުން ޢަބްދުލްޙަސީބު މުޙައްމަދުގެ
ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ޢަބްދުލްޙަސީބު މުޙައްމަދުގެ އެކައުންޓަށް ޖަމާކޮށްފައިވާ
ފައިސާއަކީ ޖޯން ޗާރލްސް ސީފަރޓްގެ
ރާއްޖޭގައި ނެތުމުން ޖޯން ޗާރލްސް
ސީފަރޓްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރުމަށް ޢަބްދުލްޙަސީބު މުޙައްމަދުގެ އެކައުންޓަށް ޖަމާކޮށްފައިވާ
ފައިސާކަމަށާއި، މިފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ޖޯން ޗާރލްސް ސީފަރޓް އާއި
ޙަވާލުކޮށްފައިވާނެކަމަށް އޭނާ ބުނުން ސާބިތުކުރުމަށް ފުދޭ ހެކި ދަށުކޯޓަށް ހުށަހެޅި ނަމަވެސް އެކަން
ސިވިލް ކޯޓުން ބައްލަވާފައިނުވާކަމަށް ބުނާ ބުނުމަށް ބަލާއިރު،
ޢަބްދުލްޙަސީބު މުޙައްމަދުގެ އެކައުންޓަށް ޖޯން ޗަރލްސް ސީފަރޓް އަދި ކެތުރީން
ކްރިސްޓައިން ގްރެނާޓާގެ ފަރާތުން ޖަމާކޮށްފައިވާ ފައިސާއަކީ އެފައިސާ ދިން މަޤްސަދު އެހެން ގޮތަކަށް
ސާބިތުނުވާ ހިނދު އަނބުރާ ދައްކާގޮތަށް ދޭންޖެހޭ ފައިސާއެއްކަމުގައި ބަލަންޖެހޭއިރު، މިފައިސާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
بنتي
މުނު ގޮތުގެ ޚުލާޞާ
2016/HC-A/417
ތެރެއިން 1000 $US (އެއްހާސް ޔޫ.އެސް.ޑޮލަރ) ލިބިފައިވާކަމަށް ޖޯން ޗާރލްސް ސީފަރޓްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މީގެ އިތުރުން ޢަބްދުލްޙަސީބުގެ
އަތުން ޖޯން ޗަރލްސް ސީފަރޓް އަށް -/3300 ރ. (ތިންހާސްތިންސަތޭކަރުފިޔާ) ލިބުނުކަމަށް ޖޯން
ޗަރލްސް ސީފަރޓްގެ ފަރާތުން ޢަބްދުލްޙަސީބު މުޙައްމަދަށް ފޮނުވާފައިވާ އީ.މެއިލް އެއްގައި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކުގައި ބުނެފައިވާއިރު، މިބުނެވުނު ފައިސާ
ފިޔަވާ އެހެން އެއްވެސް ފައިސާއެއް އަނބުރާ ރައްދުކުރިކަން ސާބިތުވުމަށް ފުދޭ މިންވަރުގެ ހެކިތަކެއް
ޢަބްދުލްޙަސީބު މުޙައްމަދަށް ހުށަހެޅިފައިނުވާކަމާއި، އަދި އެފަދައިން ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ
ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށާއި ހުށަހެޅުނު
ލިޔުންތަކަށް
ބެއްލެވުމަށްފަހު އެހެކިތަކުން ނިކުތް ނަތީޖާގެ މައްޗަށް
މިމައްސަލަ
ހިމެވުމުގައި ފާހަގަކުރައްވާފައި ބެލުމުން އެނގެން އޮންނައިރު، އެހެކިތަކުގެ މައްޗަށް
ނަތީޖާއެއް ފެންނަންނެތްކަން އެނގޭކަމެވެ.
/ ހ34 ތތ ހ ޑ ތ ދ ތ
ރި4ކރައްވައިގެންކަން
ކަންކަމަށް
4 3 2
8 39c
@2ނ އނނ
cu o
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ، ކެތްރީން ކްރިސްޓައިން ގްރެނާޓާގެ ފަރާތުން ޢަބްދުލްޙަސީ މުޙައްމަދުގެ
ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓަށް އެކިފަހަރު މަތީން ޖުމްލަ
US
$
28,788.32 (އަށާވީސްހާސް ހަތްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް)
އަދި ޗާރލްސް ސީފާރޓްގެ ފަރާތުން ޢަބްދުލްޙަސީބު މުޙައްމަދުގެ އެއެކައުންޓަށް ޖަމާކޮށްފައިވާ
US
$
12,010.00 (ބާރަހާސް ދިހައެއް އެމެރިކާ ޑޮލަރު) އާއި، ޖެރީ އެ ހޫވަރ ގެ ފަރާތުން
ޖަމާކޮށްފައިވާ 1,975.00$US (ނަވާރަސަތޭކަ ހަތްދިހަ ފަހެއް އެމެރިކާ ޑޮލަރު) އާއި އެކު ޖުމްލަ
US
$
42,773.32 (ސާޅީސް ދެހާސް ހަތްސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް)
އަކީ ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން ޖޯން ޗަރލްސް ސީފަރޓް އަށާއި ކެތުރީން ކްރިސްޓައިން
ގްރެނާޓާއަށް ދައްކަންޖެހޭ ފައިސާކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ކަނޑައަޅާފައިވާ ޢަދަދަށް
ބަދަލު ގެންނަންޖެހޭކަމާއި، މިގޮތުން އިޝާރާތް ކުރެވުނު 42,773.32$US (ސާޅީސް ދެހާސް
ހަތްސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް) ގެ ތެރެއިން އެރީ އަލް ހޫވަރ ކިޔާ
މީހެއްގެ ފަރާތުން ޢަބްދުލްޙަސީބު މުޙައްމަދުގެ އެކައުންޓަށް ޖަމާކޮށްފައިވާ 1975.00 (އެއްހާސް
ނުވަސަތޭކަ ހަތްދިހަފަހެއް) ޔޫ.އެސް.ޑޮލަރު އާއި ޢަބްދުލްޙަސީބު މުޙައްމަދުގެ އަތުން ޖޯން ޗާރލްސް
ސީފަރޓް އަށް ލިބުނުކަމަށް ޖޯން ޗާރލްސް ސީފަރޓްގެ ފަރާތުން އެއްބަސްވެފައިވާ 1000 $S
etc. O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
بنوت
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/417
(ތިންހާސް ތިންސަތޭކަރުފިޔާ) އަށްވާ
(އެއްހާސް ޔޫ.އެސް.ޑޮލަރ) އާއި -/3300ރ.
އުނިކުރަންޖެހޭކަން އެނގޭކަމެވެ.
ޖޯކް
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/518 ޤަޟިއްޔާގައި ވ.ފުލިދޫ
ޑޭޒީމާގެ ޢަބްދުލްޙަ މުޙައްމަދުގެ ފަރާތުން އެމެރިކާގެ ރައްޔިތުންކަމުގައިވާ ކެތުރިން ކްރިސްޓައިން
ގްރަނާޓާއާއި ޖޯން ޗަރލްސް ސީފާޓްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 42,773.32$US (ސާޅީސް
ދެހާސް ހަތްސަތޭކަ ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު ބައްތިރީސް ސެންޓް) ކަމަށް ކަނޑައަޅައިކޮށްފައިވާ
ޙުކުމް ބާތިލުކޮށް، ޢަބްދުލްޙަސީބު މުޙައްމަދުގެ ފަރާތުން ކެތުރިން ކްރިސްޓައިން ގްރަނާޓާއާއި ޖޯން
ޗަރލްސް ސީފާޓްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 39584.32 $US (ތިރީސްނުވަހާސް ފަސްސަތޭކަ
އައްޑިހަ ހަތަރު ޑޮލަރު ތިރީސް ދެ ސެންޓް) ކަމުގައި ކަނޑައަޅައި، މިފައިސާ ޖޯން ޗާރލްސް ސީފަރޓް
(ޕާސްޕޯޓް ނަންބަރު: 488690265) އާއި ކެތްރީން ކްރިސްޓައިން ގްރެނާޓާ (ޕާސްޕޯޓް ނަންބަރު:
460609777) އަށް ލިބިދިނުމުގެ ގޮތުން މިއަދުން (15 މެއި 2017) ފެށިގެން 01 (އެކެއް)
މަސްދުވަހުގެ ތެރޭގައި 39584.32 (ތިރީސްނުވަހާސް ފަސްސަތޭކަ އައްޑިހަ ހަތަރު ޑޮލަރު ތިރީސް ދެ
ސެންޓް، ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސް ކުރުމަށް ޢަބްދުލްޙަސީބު މުޙައްމަދު އަށް އަންގައި
މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv