ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/97 ޤަޟިއްޔާގެ ޙުކުމް
9
1
2015/HC-A/97
3 45
83
ޤަޟިއްޔާ ނިމުނު
ޗެވެ
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 97/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން:މުޙައްމަދު ޒަޢީމް
ދާއިމީ އެޑްރެސް: ގ.ރޯމްގެ / ކ.މާލެ
* އައި.ޑީ.ކާރޑް ނަންބަރު: A332218
މިހާރުގެ އެޑްރެސް: ގ.ރޯމްގެ / ކ.މާލެ
2 20
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މާލެ
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް | މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 މާރިޗު 2015 * ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
ބައިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2014/Cr-C/34
ނިންމި ކޯޓް: ކްރިމިނަލް ކޯޓް
•މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
• ހުށަހެޅި ތާރީޚް: 12 މާރިޗު 2014
ނިމުނު ތާރީޚް: 27 އޮކްޓޯބަރ 2014
ވެހިރާއްޖޭގެ ރި
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
385
23
2015/HC-A/97
)
•ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/34 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ.ރޯމްގެ މުޙައްމަދު ޒަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/34 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤާ އްޔާ އިސްތިއުނާފު ކުރުމަށް
ގ.ރޯމްގެ { މުޙައްމަދު ޒަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/34 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގ.ރޯމްގެ | މުޙައްމަދު ޒަޢީމް، 18 ނޮވެމްބަރ 2012 ދުވަހު 12:14
ހާއިރު، ރަޖިސްޓްރީ ނަންބަރު AAOE P4340 އެއަރބްލޭޑް ސައިކަލެއްގައި މަޖީދީމަގުން ހުޅަނގުން
އިރަށް ދުއްވާފައިދާ މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ
ގުޅިގެން، މަޢުލޫމާތު ލިބުނު މީހާ ފުލުހުން ހޯދަނިކޮށް، މަޢުލޫމާތު ލިބުނު ސައިކަލުގައި މީނާ މަޖީދީ މަގުގައި
ހުންނަ "އަގޯރާ" ފިހާރަ ކައިރިން ދާތަން ފެނިގެން ފުލުހުން ގޮސް މީހާ ހުއްޓުވިއިރު، މީނާ ދުއްވަން އިން
ސައިކަލުގެ ކަނާތްފަރާތު ފައިބައިންދާ ޕެޑަލްމަތީގައި ޓޭޕް އޮޅައި ބަންދުކޮށްފައި އޮތް ކަމަލް ސިނގިރޭޓް ފޮށީގެ
ތެރެއިން ފެނުނު 10 (ދިހައެއް) ރަބަރު ޕެކެޓުގައި 14.1444 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ
02
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
e
385
2015/HC-A/97
ޤަޟިއްޔާ ނިމުނު
ޅެ2/
2ނ
އެއ
ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ
މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، މުޙައްމަދު ޒަޢީމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުގެ ދަޢުވާކުރު ބެލެވިފައިވާ ޤަޟިއްބާ ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، ދަޢުލަތުން ގ.ރޯމްގެ | މުޙައްމަދު ޒަޢީމްގެ
މައްޗަށްކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ގ.ރޯމްގެ ; މުޙައްމަދު
ޒަޢީމް، 18 ނޮވެމްބަރ 2012 ދުވަހު 12:14 ހާއިރު، ރަޖިސްޓްރީ ނަންބަރު AAOE P4340
އެއަރބްލޭޑް ސައިކަލެއްގައި މަޖީދީމަގުން ހުޅަނގުން އިރަށް ދުއްވާފައިދާ މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް
ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މަޢުލޫމާތު ލިބުނު މީހާ ފުލުހުން ހޯދަނިކޮށް،
މަޢުލޫމާތު ލިބުނު ސައިކަލުގައި މީނާ މަޖީދީ މަގުގައި ހުންނަ "އަގޯރާ" ފިހާރަ ކައިރިން ދާތަން ފެނިގެން
ފުލުހުން ގޮސް މީހާ ހުއްޓުވިއިރު، މީނާ ދުއްވަން އިން ސައިކަލުގެ ކަނާތްފަރާތު ފައިބައިންދާ ޕެޑަލްމަތީގައި
ޓޭޕް އޮޅައި ބަންދުކޮށްފައި އޮތް ކަމަލް ސިނގިރޭޓް ފޮއްޓެއް ނޯންނާނެކަމަށްބުނެ މުޙައްމަދު ޒަޢީމް މިދަޢުވާއަށް
އިންކާރުކުރުމުން، މިދަޢުވާ ސާބިތުކުރުމަށްޓަކައި ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މުޙައްމަދު ޒަޢީމް
ދުއްވަންއިން ސައިކަލުގެ ކަނާތްފަރާތު ޕެޑްލްމަތީން ޓޭޕްއަޅާފައިއޮތް ކެމަލް ސިނގިރޭޓް ފޮއްޓެއް ނަގާޗެކް
ކުރިއިރު ފޮށިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިގެން
ނަގާފައިވާކަން އެނގެން އޮންނާތީއާއި، ބުނެވިދިޔަ 10 (ދިހައެއް) ރަބަރު ޕެކެޓު ތަޙްލީލުކުރިއިރު އެތަކެތީގައި،
14.1444 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ
ހެކިބަހުންނާއި ގުޅިފައިވާ ޤާރީނާތަކުގެ މައްޗަށް
ނަންބަރު
(މަސްތުވާތަކެއްޗާވެހޭ ޤާނޫނު)ގެ 103 ވަނަ މާއްދައިގެ (ހ) އާއި ހަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށުން މުޙައްމަދު ޒަޢީމް ކުއްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ
މާއްދައިގެ (ނ) ގެ ދަށުން މުޙައްމަދު ޒަޢީމް އުމުރަށް ޖަލަށްލުމާއެކު -/100,000ރ (އެއްލައްކަ ރުފިޔާ)
އިން ޖޫރިމަނާކޮށް މިފައިސާ 27 އޮކްޓޯބަރ 2014 ން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި މިކޯޓަށް ރާއްޖޭގެ ހައި
02c
ރިޢާޔަތްކޮށް ޤާނޫނު
1712011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެފަ
4
23
2015/HC-A/97
ޤަޟިއްޔާ ނިމުނު
ދެއްކުމަށް މުޙައްމަދު ޒަޢީމަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން
އެނގެން އޮންނަކަމެވެ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/34 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ގ.ރޯމްގެ މުޙައްމަދު ޒަޢީމްގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކީ؟
ޤަ1
444
(ހ) ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަށު ކޯޓުގައި ދަޢުވާކޮށްފައިވާ
އެދާ ނޫން މުޅިން އެހެން މާއްދާއެއްގެ ދަށުން ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް
ކުށް ސާބިތުނުވާހިނދު، ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ: ސުޕްރީމް ކޯޓުގެ ނަންބަރު 24/SC
-
A/2010 ޤަޟިއްޔާއާއި
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 141 ވަނަ މާއްދާގައި މަސްތުވާއެއްޗެއް އަތުން
ފެނުން ނުވަތަ ހިޔާޒަތު މާނަކޮށްފައިވާ ހަމަ އާއި ޚިލާފަށް ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ހެކީގެ
މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖެ
މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
5
2015/HC-A/97
رک
އެއަރބްލެޑް ސައިކަލް މަޖީދީ މަގުގައި ހުންނަ "އަގޯރާ" ފިހާރަ ކައިރިން ހުއްޓުވައި ބެލިއިރު، އެ
ޤަޟިއްޔާ ނިމުނު
4- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/34 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ.ރޯމްގެ | މުޙައްމަދު ޒަޢީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭ ގޮތުން މުޙައްމަދު
ޒަޢީމްއާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/34 ޤަޟިއްޔާގައި،
ދަޢުލަތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ
ހަވާލާދީ އެމާއްދާގެ (ނ) ދަށުން މުޙައްމަދު ޒަޢީމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ
ދަޢުވާކޮށްފައިވާކަމާއި، އެދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި އަދަބު ކަނޑައެޅުއްވުމުގައި އެޤަޟިއްޔާގައި
ހަވާލާދީފައިވަނީ، އެޤާނޫނުގެ 103 ވަނަ މާއްދައިގެ (ހ) އާއި އެމާއްދާގެ (ނ) އާކަން އެނގެން އޮތްއިރު،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާއި އަދި
އެމާއްދާގެ (ނ) އަކީ "ކެނަބިސް ޓްރެފިކް" ކުރުމުގެ ކުށާއި އަދި އެކުށުގެ އަދަބު ކަނޑައަޅާ މާއްދާ ކަމާއި،
"ޑައިމޯފިން ޓްރެފިކް" ކުރުމުގެ ކުށާއި އެކުށުގެ އަދަބު ކަނޑައަޅާފައިވަނީ އެ ޤާނޫނުގެ 103 ވަނަ މާއްދާގެ
(ހ) އާއި (ނ) ގައިކަން އެނގޭއިރު،
މި މައްސަލާގައި ދައުލަތުގެ ފަރާތުން ގ.ރޯމްގެ މުޙައްމަދު ޒަޢީމުގެ މައްޗަށް ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ 18 ނޮވެމްބަރ 2012 ދުވަހު 12:14 ހާއިރު،
މުޙައްމަދު ޒަޢީމް، މަޖީދީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ރަޖިސްޓްރީ ނަންބަރު AAOE P4340
2 22
کو کم کر
ކަނާތްފަރާތު ފައި ބައިންދާ ޕެޑަލްމަތީގައި ޓޭޕް އޮޅައި ބަންދުކޮށްފައި އޮތް ކަމަލް ސި ސިނގިރޭޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
383
23
2{15/HC-A/97
ފެނުނު 10 (ދިހައެއް) ރަބަރު ޕެކެޓުގައި 14.1444 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން
ދައްކާތިކަން އެނގޭކަމާއި، ދަށު ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާގައި އެ ދަޢުވާކޮށްފައިވަނީ ބުނެވިދިޔަ
ޤާނޫނުގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންކަމަށް ލިޔެވިފައިވަނީ ރަނގަޅަށް
ނޫންކަމާއި އެހެނީ އެމާއްދާއަކީ "ކެނަބިސް ޓްރެފިކް" ކުރުމާގުޅޭ މާއްދާއެއް ކަމަށްވާއިރު، މި މައްސަލާގައި
ފެނިފައިވަނީ ޑައިމޯފިންކަން އެނގެން އޮތުމުން އެޤަޟިއްޔާގައި އެމާއްދާގެ ދަށުން ދަޢުވާކޮށްފައިވަނީ ލިޔުމުގެ
ކުށަކުންކަމަށް ބަލަންޖެހޭކަމާއި، އަދި މި މައްސަލާގައި ދަޢުވާގެ ޞިޣާއިން އެކުށް، އިސްލާޙުކޮށް ރަނގަޅު
ކޮށްފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ގ.ރޯމްގެ މުޙައްމަދު ޒަޢީމްގެ މައްޗަށް ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން އެދަޢުވާއަށް އިންކާރުކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން:-
މއ.ފާގަފިލާގެޤް އިބްރާހީމް އިސްމާޢީލް (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް
ސ.ނ2228) ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ، 18 ނޮވެމްބަރ
2012 ވަނަ ދުވަހު މެންދުރުގެ 12:24 އެހައިކަންހާއިރު ހިނގި ހާދިޘާއަކާއި ގުޅިގެން މުޙައްމަދު ޒަޢީމް
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަން އެނގޭކަމާއި، މުޙައްމަދު ޒަޢީމް ހައްޔަރުކޮށްފައިވަނީ މަޖީދީމަގު
އަގޯރާ ކައިރިންކަމާއި، މުޙައްމަދު ޒަޢީމް ހައްޔަރު ކުރެވުނީ އެއަރބްލޭޑް ނަންބަރު 4340 ސައިކަލެއްގައި
މީހަކު މަޖީދީމަގުން ހުޅަނގުން އިރަށް މަސްތުވާތަކެތި ހިފައިގެން ދާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު
މަޢުލޫމާތަކާއި ގުޅިގެން އެސައިކަލް ނަންބަރު ހޯދަމުން ދަނިކޮށް އަގޯރާ ހިސާބުން ފެނުމުން، ސައިކަލު
ކުރިމައްޗަށް ހުރަސްކޮށްލާފަ މަޑުކޮށްލަން ބުނުމުން އަނެއްކާވެސް އަނބުރާލާފައި ޒަޢީމް ދާން އުޅެނިކޮށް
އެތަނުން އައި ސައިކަލެއްގައިޖެހި އަރިއަޅާލިކަމާއި، ދެން މީނާ ގަދަކަމުން ހިފަހައްޓާ އެމީހުންގެ ބޮލުމަ
ދަށަށް ގެނައީކަމާއި، ދެން ސައިކަލުގެ ކަނާތްފަރާތު ޕެޑަލް މަތީގައި އިން ފޮށި ބަންދުކުރާ ވައްތަރު މިޓޭޕް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
1
ޤަޟިއްޔާ ނިމުނު
2015/HC-A/97
383
އަޅާފައިއިން ކަމަށް ސިގިރޭޓް ފޮއްޓެއް އިބްރާހީމް އިސްމާއީލްއަށް ފެނުމުން އޭތި ނަގައި ޗެކް ކުރިއިރު
ފޮށިތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 10 ރަބަރު ޕެކެޓް ހުރިއެއްޗެއް ފެނުނުކަމަށާއި، އޭގެ ފަހުން
ސީނަށް ދިޔަ އިތުރު ފުލުހުންގެ ޙާޟިރުގައި އެފޮށި ޗެކްކުރެވުނުކަމާއި، އެހެންނަމަވެސް އެސައިކަލުގެ ޕެޑަލް
މަތިން ފެނުނު އެއްޗަކީ ސީދާ މުޙައްމަދު ޒަޢީމް ދުއްވާފައި ދިޔަ ސައިކަލުގައި އެމީހުން އޭނާއާ ހަމައަށް
ދިއުމުގެ ކުރިންވެސް އޮތް އެއްޗެއްކަމަށް ސީދާ ބުނަންނުކުރޭނެކަމަށާއި، އެމީހުން ސީންއަށް ދިޔައިރުވެސް
އެސިގިރެޓް ފޮށި އޮތީ ސައިކަލް ޕެޑަލް މަތީގައި ބާއްވާފައިކަމަށާއި، މުޙައްމަދު ޒަޢީމަށް އެފޮށި ދައްކައި
ސުވާލުކުރުމުން ކާކުގެ އެއްޗެއްކަމެއް ބުނަން ނޭނގޭކަމަށް ބުނެފައިވާ ކަމާއި،
މ.ރަތްމަންދޫ، ޖަވާހިރުވާދީ / އަޙްމަދުއްރަޙްމާން ރަފީޢު، (މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލާންސް ކޯޕްރަލް ސ.ނ.3851) ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ
މިމައްސަލައާއިގުޅޭ ހާދިޘާ އާއި ގުޅިގެން މުޙައްމަދު ޒަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަން އޭނާއަށް
އެނގޭކަމާއި، ޒަޢީމް ހައްޔަރު ކުރެވުނީ އަގޯރާ ކައިރިންކަމަށާއި، އެއީ 18 ނޮވެމްބަރ 2012 ވަނަ ދުވަހު
11:24 ހާކަންހާއިރު ޕޮލިސް އިންޓަލިޖަންސްއިން މަޖީދީމަގުން ހުޅަނގުން އިރަށް ދުއްވާފައިދާ އެއަރބްލޭޑް
ސައިކަލެއްގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް މަޢުލޫމާތު ލިބުމާއި ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް،
އަގޯރާ ކުރިމަތިން ސައިކަލު ދުއްވާފައި ދަނިކޮށް އެމީހާއާއި ކައިރިކޮށްލާފައި މަޑުކޮށްލަން ބުނުމުން ދުއްވާލި
ވަގުތު ކުރިމަތިން އައި ސައިކަލެއްގައިޖެހި އަރިއަޅާލިކަމަށާއި، ދެން ވަގުތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް މަޢުލޫމާތު ސާފުކުރުމުން އެއީ ގ.ރޯމްގެ | މުޙައްމަދު ޒަޢީމްކަން އެނގުނުކަމަށާއި، ސައިކަލް
އަރިއަޅާލި ވަގުތު ސައިކަލްގެ ޕެޑަލްމަތިން ކެމަލް ބްރޭންޑްގެ ފޮއްޓެއް ފެނުމުން، އެފޮށި
ނަގާފައިވަނީ އެވަގުތު ސީންއަށް ދިޔަ އަނެއް ފުލުސްމީހާކަމުގައިވާ ށ.ކޯޕްރަލް އިބްރާހީމް އިސްމާޢީލް
ކަމަށާއި، އޭގެ ފަހުން ސީނަށް ދިޔަ އިތުރު ޕޮލިހުންގެ ޙާޟިރުގައި އެތަކެތި ނަގާ ބެލިއިރު
މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވާކަމަށާއި،
ސައިކަލް ޖެހުނު މީހާ އޯކޭއޭކިޔާފައި އެތަނުން ދިޔައީ ކަމަށާއި، އެސިގިރޭޓް ފޮށި އޮތީ ރީތިކޮށް
04 05x
ސިގިރޭޓް
މެއެP
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
8
2{15/HC-A/97
ޤަޟިއްޔާ ނިމުނު
385
40
02 2& 02
& $
ފޮށި ބަންދުކުރާ ޓޭޕްކޮޅެއް އަޅައި ބާއްވާފައިކަމަށާއި، ފޮށި އެހާބޮޑަށް ބަޑިވެފައިވާކަމެއް ބުނަން ނޭނގޭކަމާއި،
މުޙައްމަދު ޒަޢީމަށް އެފޮށި ދެއްކުމުން އެއީ ކާކުގެ އެއްޗެއްކަމެއް ނޭނގޭކަމަށް ބުނެފައިވާކަމާއި،
މިމައްސަލައިގެ ތަޙްޤީޤު ރިޕޯޓު ތައްޔާރު ކުރި ފަރާތްކަމުގައިވާ ފ.ނިއުސޯޝައިން! މުޙައްމަދު
ނިޝާން (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ސ.ނ. 3182) ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ، މިމައްސަލަ ތަޙްޤީޤް ކުރި ފަރާތެއްގެ ހައިސިއްޔަތުން ސީން އޮފް
ކްރައިމަށް ޙާޟިރުވެ އެތަން ބެލުމުގެ ފުރުސަތު އޭނާއަށް ލިބިފައިނުވާކަމަށާއި، ތަޙްޤީޤަށް ފެންނަ ގޮތުގެރިޕޯޓް
ތައްޔާރުކުރެވުނީ ސީނަށް ދިޔަ ފުލުހުންގެ ހެކިބަހާއި، ސީންއިން ފެނުނު މަސްތުވާތަކެތީގެ ލެބޯޓްރީ ރިޕޯޓާއި
އަދި ތުހުމަތުކުރެވޭ ފަރާތް ބުނާބުނުމުގެ މައްޗަށް ބިނާކޮށްކަމަށާއި، ފެނުނު ތަކެތީގެ ފިންގަރ ޕްރިންޓް
ސިސްއެއް ހެދުނުކަމަށާއި، މިގޮތުން، މުޅި އައިޓަމް އެއްކޮށް އެނަލަސިސް އަށް ފޮނުވުނު ނަމަވެސް
ޕްރައިންޓް ލިފްޓް ކުރެވުނު ނަމަވެސް ޑޭޓާބޭސްގައިވާ
ޓަބޭސްގައިވާ އެއްވެސް ބޭފުޅަކާ ދިމާނުވާކަމަށާއި،
ސީންއަށް ދިޔަ ފުލުހުންގެ ސައިކަލަކާ ތުހުމަތު ކުރިފަރާތް ދުއްވި ސައިކަލަކާ ދެސައިކަލް ޖެހި
ސިޑެންޓްވިކަމަށް ރިޕޯޓް ކޮށްފައިވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މި މައްސަލާގައި ދަޢުވާލިބޭ ގ.ރޯމްގޭ މުޙައްމަދު ޒަޢީމްގެ ފަރާތުން ދިފާއީ
ހެއްކެއް ގޮތުން
ހުށަހެޅި، ނ.މާފަރު، ވިދުވަރު ޢަބްދުލްޢަލީމް އިބްރާހީމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް
ދެމުން ބުނެފައިވަނީ، މުޙައްމަދު ޒަޢީމްއަކީ އޭނާ ދެކެފަރިތަ ރައްޓެއްސެއްކަމާއި، 18 ނޮވެމްބަރ 2012 ވަނަ
ދުވަހު އޭނާ ހުރީ ކެނޯން ފިހާރަކައިރީ މަޑުކޮށްގެންކަމަށާއި، އަޑެއް އިވިގެން އޭނާ ބަލާލިއިރު ސައިކަލެއް އޮތީ
ވެއްޓިފައިކަމަށާއި، މުޙައްމަދު ޒަޢީމް އޮތީ ވެއްޓިފައިކަމަށާއި، ސައިކަލާއި ޒަޢީމްއާއި ދޭތެރޭ 2 ފޫޓު ނޫނީ 3
ފޫޓެއްހާ ދުރުމިން ހުންނާނެކަމަށާއި، އެތަނުން ޕޮލިހުގެ ސައިކަލެއް ނުވަތަ އިތުރު ތިންވަނަ މީހެއްގެ
ސައިކަލެއް ތިންވަނަ މީހަކާއެކު އެތަނުގައި ވުޖޫދުގައި ވާތަން ނުފެންނަކަމަށާއި، މުޙައްމަދު ޒަޢީމްގެ ސައިކަލް
އަރިއަޅާލާފައި އޮތީ ވާތްފަޅިއަށްކަމަށާއި، އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުންގެ ޔުނީފޯމްލާފައި ހުރި
އެއްވެސް މީހަކު އެވަގުތު އޭނާއަށް ނުފެންނަކަމަށާއި، މުޙައްމަދު ޒަޢީމް ތެދުވީ އެކަނިކަމަށާއި، އެތަiއަކީ
22
8 0 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
9
ޤަޟިއްޔާ ނިމުނު
2 32
33
+
2015/HC-A/97
މިސްކިތުން ނަމާދުކޮށްގެން މީހުން ފޭބި ވަގުތުކަމުން ފުދޭވަރަކަށް މީހުން އެސަރަހައްދަށް ސައިކަލު
ކައިރިއަށާއި ސައިކަލް ނަގަން އެއްވި ކަމަށާއި، މުޙައްމަދު ޒަޢީމް ކޮޅަށް ތެދުވި ވަގުތު ކުލަ ހެދުމުގައި ތިބި
ބަޔަކު އައިސް އޭނާގެ އަތުގައި ބިޑިއެޅުވިކަމަށާއި، ސައިކަލްމަތިން އެއްވެސް އެއްޗެއް ނަގަނިކޮށް
ނުފެންނަކަމާއި، ނަމަވެސް ސައިކަލް ކައިރި މަގުމަތިން ސިގިރޭޓް ފޮއްޓެއް ނަގަނިކޮށް ފެނުނުކަމަށާއި،
ސިގިރޭޓް ފޮށިމަތިކައިރީގައި ކަޅުކުލައިގެ ޓޭޕް އަޅާފައިވަނިކޮށް ފެނުނުކަމަށް ބުނެފައިވާކަން އެނގެން
oec
OLC
އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށް، އެކުށުގެ އަދަބަކީ، ޢުމުރަށް
ޖަލަށްލުމާއެކު -/100,000ރ (އެއްލައްކަ ރުފިޔާ) އިން ފެށިގެން -/10,000,000ރ (ދިހަމިލިއަން ރުފިޔާ)
އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަން އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރެވޭކަމާއި،
އަދި "ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ
މާއްދާގައި ބަޔާންކުރާ ކަންކަމުގައި ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށް،
ނުވަތަ ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެކަމެއް ފުރިހަމަވާ
ގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން އެޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
44
94
22
"ޓްރެފިކްކުރާމީހާ" ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއް ކަމުގައި
އެޤާނުނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުޢާމަ
މުޢާމަލާތްކުރާ
މީހާއަށް، ނުވަތަ ޕެޑްލަރަކަށްހުރެ، ޓްރެފިކްކުރުން ކަމަށް މަލެއްކަމުގައި ނުގައި
ކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ދެކަމެއް ކުރާމީހާއަށްކަން، އެޤާނޫނުގެ 18 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
ހ 0
0x ދ
ބަޔާންކޮށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
10 ޤަޟިއްޔާ ނިމުނު
23
2{15/HC-A/97
ޕެޑްލްކުރުން" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ
މަސްތުވާތަކެއްޗަށް
ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން،
އެޤާނޫނުގެ 19 ވަނަ މާއްދާއިން އެނގެން އޮންނައިރު،
"ޕެޑްލަރު" ކަމަށް ބުނެފައިވަނީ، މަސްތުވާތަކެތިން މުޢާމަލާތްކުރާ، މަސްތުވާތަކެއްޗަށް
ދެވިހިފާފައިވާ މީހާއަށްކަ
ށްކަން އެޤާނޫނުގެ 20 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި،
،
40
މީގެ އިތުރުން އެޤާނޫނުގެ 142 ވަނަ މައްދާއަށް ބަލާއިރު، އެމާއްދާގައި "މި ޤާނޫނުގައި
އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތުކުރާ މީހަކު، އެމާއްދާގެ (ހ) އިން
ފެށިގެން (ފ) އަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ އޭނާއަކީ
މަސްތުތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު އެއަކުރު ތަކުގެ ތެރެއިން (ށ) ގައި
"ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރު ކަމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވަތަކެތި
އަތުގައި ހުރުން"; މިފަދައިން ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ ވަނަ މާއްދާގެ (ބ) ގައި
މަސްތުތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން
ދެއްޖެނަމަ، އެއެއްޗެއް އޭނާގެ އަތުގައި އެހުރީ، އެއެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެބޭނެ
ބަޔާންކޮށްފައިވާކަން އެނގޭއިރު،
135
2
2
4
2 ހދޏ
eeހ2ނ
މި މައްސަލައިގައި މުޙައްމަދު ޒަޢީމް ދުއްވަން އިން ސައިކަލުގެ ޕެޑަލް މަތިން ފެނުނު 01
ކެމަލް ހުސްކުރި ބްރޭންޑްގެ ސިގިރޭޓް ފޮށީގެ ތެރެއިން ފެނިފައިވާ ބްލެޓް ސައިޒްގެ 10 ރަބަރު ޕެކެޓުގައި
ބަރުދަނުގައި 14.1444 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން (ނަންބަރު
2012
/
1495/K
(
e
)
/
DR) އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ
ޒިންމާ އެމީހަކު އުފުލަންޖެހޭކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
11
ޤަޟިއްޔާ ނިމުނު
2{015/HC-A/97
r 3
އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
07/SC
-
A/2010 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212/HC
-
A/2009 ޤަޟިއްޔާއިން
އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންކުރެވިދިޔަ ޤަޟިއްޔާތަކުގައި
ފާހަގަ ކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި
ފެނިފައިވާއިރު، އެތަކެތި އެއީ އެމީހާގެ އެއްޗެއްނޫންކަމަށާއި ނުވަތަ އެތަކެއްޗަކީ އެހެން މީހެއްގެ ނުވަތަ މިވެނި
މީހެއްގެ ތަކެތިކަމަށް ބުނާ ބުނުމަކުން، ނުވަތަ އެހެން މީހަކު އެމަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަމަށް ބުނެ،
އެތަކެތީގެ ޒިންމާ އުފުލުމުގެ ގޮތުން އެފަރާތުން ދައްކާފައިވާ ވާހަކަތައް ދައްކާފައިވާ ވަގުތާއި، ޙާލަތާއި އަދި
އެކަމުގައި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ނަޒަރުކުރުމެއް ނެތި، ހަމައެކަނި އެފަދައިން ބުނެލާ
ބުނެލުމަކީ އެ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހާ ނުވަތަ
ހިޔާޒަތުގެ ދަށުން އެތަކެތި ފެނުނު މީހުން އެމަސްތުވާތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީޢަ
ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 109/HC
-
A/2014 ޤަޟިއްޔާގައި ބަޔާން
ކުރައްވާފައިވާކަން އެނގޭކަމާއި،
އެޤްޟިއްޔާގައި، މަސްތުވާތަކެތި މީހެއްގެ އަތުގައި ހުންނާނެ ތަފާތު ޙާލަތްތައް
ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން ޙަޤީޤީ ޒިޔާޒަތު (actual possession) އާއި މަޢުނަވީ ހިޔާޒަތު
(constructive possession) ގެ ޙާލަތަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި،
ޙަޤީޤީ ޙިޔާޒަތު (actual possession) ގެ ޙަލަތަކީ ތިމާގެ ސީދާ އަތުގައި ނުވަތަ
ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް،
ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުންކަމާއި،
އެބައެއްގެ
22 2ތ 24
79ކ9އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
އެއެ09
2{15/HC-A/97
12 ޤަޟިއްޔާ ނިމުނު
دی 3
މަސްތުވާއެއްޗެއް
>>ތީކެއްގެ މައްޗަށް
މަޢުނަވީ ޙިޔާޒަތު (possession
constructive)ގެ ޙާލަތަކީ މަނާކުރެވިފައިވާ
ތިމާގެ ޙަޤީޤީ އިޔާޒަތު (actual possession) ގައި ނެތްނަމަވެސް، އެތަކެތި ތިމާ
ހުރިތަނުގައި ހުރިކަމަށް ނުވަތަ ތިމާގެ އެއްޗެއް ތެރޭގައި އެތަކެތި ހުރިކަން އެނގުމާއެކު، އެއެއްޗެއްގެ
އެމީހާގެ ކޮންޓްރޯލް އޮތުންކަމާއި، މިޙާލަތުގައި މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭނެކަމާއި، އެތަނުގައި
މަސްތުވާތަކެތި ހުރިކަން އެނގުމުގެ މާނައިގެ ތެރޭގައި އެއެއްޗެއް ހުރިކަން އެނގުމުގެ އިތުރުން، އެއީ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން އެނގިފައިވުން ވެސް ހިމެނޭކަމާއި، މިކަންކަމަކީ އެކަންކަން ހިނގާފައިވާ
ގޮތުގެ މައްޗަށާއި އެކަމުގައި ވަށައިގެންވާ ކަންކަމުން ދެނެވޭނެ ކަންކަމާއި، އެއެއްޗެއްގެ މައްޗަށް ކޮންޓްރޯލް
އޮތްކަމަށް ބެލެވޭނީ، ތިމާ ބޭނުންވެއްޖެނަމަ ނެގޭގޮތަށް ނުވަތަ ތިމާގެ ޙަޤީޤީ ޙިޔާޒަތުގެ ދަށަށް
އެއެއްޗެއް ގެނެވޭ ގޮތަށް ހުރުމާއި، ނުވަތަ އެއެއްޗެއް އޮތް ތަނުގެ މައްޗަށް ތިމާގެ ކޮންޓްރޯލާއި ބާރު
އއ&އ
23x
0 ތ ދވ
ހ 0
xތ ހ ހދު
އޮތުމުންކަމަށް ބަޔާންކޮށްފައިވާކަމާއި،
މީގެ އިތުރުން، މަސްތުވާތަކެތި ފެނުނު ތަނަކީ އެކަކަށްވުރެ ގިނަ މީހުން އުޅޭ ތަނެއް ނަމަ،
ނުވަތަ މަސްތުވާތަކެތި ފެނުނު ތަނުގައި އެކަކަށްވުރެ ގިނަ ބަޔަކު ތިބި ނަމަ، އެފެނުނު ތަކެއްޗާއި އެތަނުގައި
ހުރި މީހެއްގެ އަތުގައި ހުރިތަކެތިކަމަށް ބެލުމަށްޓަކައި، އެމީހާއަށް އެތަކެތި ހުރިކަން އެނގޭކަމާއި އެތަކެތީގެ
މައްޗަށް ކޮންޓްރޯލް އޮތްކަން ބެލުމަށްޓަކައި، އެމީހާގެ ލޯ މައްޗަށް އެތަކެތި ފެންނަން ހުރުން، ނުވަތަ އެމީހާގެ
ތެރެއިން ފެނުން، ނުވަތަ ހައްޔަރުކުރުމުގައި ޝައްކު ކުރެވޭފަދަ ގޮތަކަށް ޢަމަލުތައް ހުރުންފަދަ
އިތުރު ޤާރީނާތަކެއް ހުންނަން ޖެހޭނެކަމަށް އިސްވެ އިޝާރާތް ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާގައި ބަޔާންކޮށްފައި އޮންނަކަން އެނގޭއިރު،
މި މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 18 ނޮވެމްބަރ 2012 ވަނަ ދުވަހު
މެންދުރުގެ 12:24 އެހައިކަންހާއިރު މުޙައްމަދު ޒަޢީމް މަޖީދީމަގުން ހުޅަނގުން އިރަށް އަގޯރާ ކައިރިން
ދުއްވާފައި ދިޔަ އެއަރބްލޭޑް ނަންބަރު 4340 ސައިކަލުގެ ޕެޑަލްމަތީގައި ފޮށި ބަންދުކުރާ ވައްތަރުގެ ޓޭޕްއަޅައި
OLC
4 2 0 2 0
އޮތް ކަމަލް
ބާއްވާފައި
ސޑގ
ސިނގިރޭޓް ފޮށީގެ ތެރޭގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
23
13 ޤަޟިއްޔާ ނިމުނު
2015/HC-A/97
ރަބަރު ޕެކެޓް ފެނިފައިވާކަމާއި، އެތަކެތި ތަޙްލީލުކުރުމުން އެތަކެތީގެ ބަރުދަނުގައި 14.1444 ގްރާމް
ޑައިމޯފިން ހުރިކަމާއި، އެތަކެއްޗާގުޅޭ ގޮތުން މުޙައްމަދު ޒަޢީމާ ސުވާލުކުރުމުން އެތަކެއްޗަކީ ކާކުގެ
އެއްޗެއްކަން ބުނަން ނޭނގޭކަމަށް މުޙައްމަދު ޒަޢީމް ބުނެފައިވީނަމަވެސް، އެތަކެތި ފެނިފައިވަނީ މުޙައްމަދު
ޒަޢީމުގެ ބާރާއި ކޮންޓްރޯލުގެ ދަށުން ދުއްވާފައިދިޔަ ސައިކަލްގެ ޕެޑަލްމަތިން ކަމަށްވެފައި އެތަކެތީގެ ޒިންމާ
އެހެންފަރާތަކުން އުފުލާފައިނެތުމާއެކު، ޝަރުޢީ އަދި ޤާނޫނީގެ ކުރިމަތީގައި އެތަކެތީގެ ޒިންމާ މިޙާލަތުގައި
އުފުލަންޖެހޭނީ މުޙައްމަދު ޒަޢީމަށްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި
ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު ކުށެއްކޮފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތަށް ސާބިތުވުންކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަށް ބެލުމުން
އެނގޭއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ
ފަނޑިޔާރު ތަޤްލީމް (evaluation ކޮށް ވަޒަންކުރުމަށް ފަހު، އެފަނޑިޔާރަށް ޤަބޫކުރެވޭ ހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިސާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ
"ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިންމު
އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ
ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަމަށްކަން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 އަދި 4 އަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައިގައި މުޙައްމަދު ޒަޢީމްގެ މައްޗަށް ދަޢުލަތުން
ތުހުމަތުކޮށްފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ދެންނެވިފައިވާ ބަޑި ފައި
ޤަރީނާތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، ހަމައެކަނި އެހެކި!ޤާރީނާގެ މައްޗަށް ބުރަވެ ދިވެހިރާއްޖޭގެ
2 20
&c 0 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
ހ6280..
2{15/HC-A/97
14 ޤަޟިއްޔާ ނިމުނު
ر 3
ޘާގލަ
01
02c
ކޯޓުން ކަނޑައަޅާފައިވާ އިސްވެ ދެންނެވުނު ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، މުޙައްމަދު ޒަޢީމް
ސައިކަލުގައި މަޖީދީމަގުން ދަނިކޮށް މަޑުކުރުމަށް ފުލުހުން ބުނުމާއެކު، މަޑު ނުކޮށް ފިލަން އުޅެފައިވުމާއި
ހާދިޘާ ހިނގި ދުވަހު މުޙައްމަދު ޒަޢީމް ދުއްވަން އިން ސައިކަލްގެ ޕެޑަލް މަތިން ކަމަލް ބްރޭންޑްގެ
ސިގިރޭޓް ހުސްކުރި ފޮށި ފެނިފައިވާކަމަށް ސީނަށް ޙާޟިރުވި ދެފުލުހުން ބުނާއިރު، މުޙައްމަދު ޒަޢީމްގެ
ފަރާތުން ހުށަހެޅި ދިފާޢީ ހެކި އަދި މުޙައްމަދު ޒަޢީމްގެ ފަރާތުން ވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ކެމަލް ސިގިރޭޓް ފޮށި ފެނިފައިވަނީ ސައިކަލްކައިރީ ބިންމަތިންކަމަށް ބުނިނަމަވެސް، އެއީ މުޙައްމަދު ޒަޢީމް
ދުއްވަން އިން ސައިކަލްގެ ޕެޑަލްމަތީގައި އޮތް ސިގިރޭޓް ފޮށި ނޫންކަން ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރުގެ
ހެއްކެއް އަދި ޤަރީނާއެއް ވިޔަސް މުޙައްމަދު ޒަޢީމު ގެ ފަރާތުން ހުށަހެޅިފައިނުވާތީ، މި މައްސަލާގައި ދައުލަތުގެ
ފަރާތުން ހުށަހެޅި ހެކިޤަރީނާތަކުގެ މައްޗަށް ބުރަވެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްވެ
ދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެ
މައްޗަށް
ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން
މުޙައްމަދު ޒަޢީމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭކަމަވެ.
0
0
xތ ދ
2 އ
ފަ2ނ
<< <
އެހެންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ކްރިމިނަލް
ކޯޓުގެ ނަންބަރު 2014/Cr-C/34 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ފެންނަށް ނެތްކަމަށެވެ.
ceo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
4)
6 3
2015/HC-A/97
15 ޤަޟިއްޔާ ނިމުނު
ގޮތުގެ
ޗެލް
ޙުކުމް:
އަމުރަށް
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/Cr-C/34 ޤަޟިއްޔާގައި ގ.ރޯމްގެ| މުޙައްމަދު ޒަޢީމުގެ މައްޗަށް ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ޒަޢީމް
-/100,000ރ (އެއްލައްކަ ރުފިޔާ) ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ޤަޟިއްޔާ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv