ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-I-SH/06 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-I-SH/06
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 06/HC
-
I
-
SH/2019
0
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
ނަން: އަފްސާނާ ޢަބްދުލްވައްހާބު
ދާއިމީ އެޑްރެސް: ދަފްތަރު.ނަންބަރު ރސ 13009
އައިޑީ ކާޑު ނަންބަރު: A086906 މިހާރުގެ އެޑްރެސް: ފ. ޑޯން ޕްލޭކްސް | ކ. މާލެ
*
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 28 މާރިޗު 2019
* ނިމުނު ތާރީޚް: 04 އެޕްރީލު 2019
. ޤަޟިއްޔާގެ ބާވަތް: އިއްތިޚާބީ ޝަކުވާ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޢަބްދުﷲ ޙަމީދު
(ރިޔާސަތު)
ފަނޑިޔާރު ޙަސަން ޢަލީ
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2019/HC-I-SH/06
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
ދަޢުވާގެ ޚުލާޞާ
ހ8 43 ދ2/8ޑ
މިއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ބޭނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން 2019
ޖަނަވަރީ 10 ވީ ބުރާސްފަތި ދުވަހު ޢާންމުކުރި ”ރަށްވެހިކަން ބަދަލުކުރުމާގުޅޭ“ އިޢުލާން، ދިވެހި ސަރުކާރުގެ
ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެން، ދަފްތަރު.ނަންބަރު ރސ 13009 އަފްސާނާ ޢަބްދުލްވައްހާބުގެ ރަށްވެހިކަން
ބަދަލުކޮށްދިނުމަށް އެދި 2019 ޖަނަވަރީ 13 ވަނަ ދުވަހު، ތ. ތިމަރަފުށީ ކައުންސިލުގެ އިދާރާއަށް
ހުށަހެޅިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން 2019 ޖަނަވަރީ 29 އަންގާރަ ދުވަހު ދިވެހި
ސަރުކާރުގެ ގެޒެޓުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޝާޢިއުކުރުމާ ގުޅިގެން، އަފްސާނާ
ރަށްވެހިކަން ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައި ވާތީވެ، އެގޮތުގެ މަތީން އަފްސާނާ
ޢަބްދުލްވައްހާބުގެ ނަން ތ. ތިމަރަފުށި ދާއިރާއަށް ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އެދި
04 ފެބުރުވަރީ 2019 ދުވަހު އަދި 4 މާރޗު 2019 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާ
ފޯމް މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނެވިފައިވީނަމަވެސް އެ ކޮމިޝަނުން 2019 މާރިޗު
19 ވަނަ ދުވަހު އެކުލަވާލި ފައިނަލް ވޯޓާރސް ލިސްޓުގައި އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ތ. ތިމަރަފުށި
ދާއިރާގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް އިތުރުކޮށްދެއްވާފައި ނުވާތީވެ، 2019 މާރޗު 21 ވަނަ
ދުވަހު 03 ވަނަ ފަހަރަށް އެ ކޮމިޝަނަށް އެ ކަމުގެ ޝަކުވާ ހުށަހެޅުމާ ގުޅިގެން 2019 މާރޗް 27 ވަނަ
ދުވަހު އެ ކޮމިޝަނުން ފޮނުވި އެކޮމިޝަނުގެ ނަންބަރު 2019
/
2533/EA
/
MIS-38 ސިޓީގައި ދީފައިވާ ޖަވާބާ
ގުޅިގެން، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން 2019 ފެބްރުވަރީ 4 ވަނަ ދުވަހާއި 2019 މާރިޗު 4 ވަނަ
ދުވަހު އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ
ގޮތަށް
ތިމަރަފުށި ދާއިރާގެ ވޯޓާރސް ލިސްޓުގައި އަފްސާނާ
ޢަބްދުލްވައްހާބުގެ ނަން ހިމެނުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްދެއްވުން އެދި ދަފްތަރު.
ނަންބަރު ރސ 13009 އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، އިލެކްޝަންސް ކޮމިޝަންއެވެ.
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-I-SH/06
ފާހަގަކުރެވުނު ނުކުތާތައް:
01- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 ގެ ބޭނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން 2019
ޖަނަވަރީ 10 ވީ ބުރާސްފަތި ދުވަހު ޢާންމުކުރި ”ރަށްވެހިކަން ބަދަލުކުރުމާގުޅޭ، އިޢުލާން، ދިވެހި ސަރުކާރުގެ
ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެން، ދަފްތަރު.ނަންބަރު ރސ 13009 އަފްސާނާ ޢަބްދުލް ވައްހާބުގެ ރަށްވެހިކަން
ބަދަލުކޮށްދިނުމަށް އެދި 2019 ޖަނަވަރީ 13 ވަނަ ދުވަހު، ތ. ތިމަރަފުށީ ކައުންސިލުގެ އިދާރާއަށް
ހުށަހެޅިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން 2019 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ދިވެހި
ސަރުކާރުގެ ގެޒެޓުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޝާޢިއުކުރުމާ ގުޅިގެން، އަފްސާނާ
ޢަބްދުލްވައްހާބުގެ ރަށްވެހިކަން ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައި ވާތީވެ، އެގޮތުގެ މަތީން އަފްސާނާ
ބެދުލްވައްހާބުގެ ނަން ތ. ތިމަރަފުށި ދާއިރާއަށް ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އެދި
04 ފެބުރުވަރީ 2019 ދުވަހު އަދި 4 މާރޗު 2019 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާ
ފޯމް މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނެވިފައިވީނަމަވެސް އެ ކޮމިޝަނުން 2019 މާރިޗު
19 ވަނަ ދުވަހު އެކުލަވާލި ފައިނަލް ވޯޓާރސް ލިސްޓުގައި އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ތ. ތިމަރަފުށި
ދާއިރާގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް އިތުރުކޮށްދެއްވާފައި ނުވާތީވެ، 2019 މާރޗް 21
ދުވަހު 03 ވަނަ ފަހަރަށް އެ ކޮމިޝަނަށް އެ ކަމުގެ ޝަކުވާ ހުށަހެޅުމާ ގުޅިގެން 2019 މާރޗް 27 ވަނަ
ދުވަހު އެ ކޮމިޝަނުން ފޮނުވި އެކޮމިޝަނުގެ ނަންބަރު 2019
/
2533/EA
/
MIS-38 ސިޓީގައި ދީފައިވާ ޖަވާބާ
ގުޅިގެން، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން 2019 ފެބްރުވަރީ 4 ވަނަ ދުވަހާއި 2019 މާރިޗު 4 ވަނަ
ދުވަހު އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ ގޮތަށް ތ. ތިމަރަފުށި ދާއިރާގެ ވޯޓާރސް ލިސްޓުގައި އަފްސާނާ
ޢަބްދުލްވައްހާބުގެ ނަން ހިމެނުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްދެއްވުން އެދި، ދަފްތަރު.
ނަންބަރު ރސ 13009 އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދިވެހިރާއްޖޭގެ ހައިކޯޓަށް
މައްސަލަ ހުށަހަޅާފައިވެއެވެ.
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
އޭގެ
13009
ހއ 03
4ބދޫ.ފއކބއނ
OcOX on
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02- އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާ
ތަފްޞީލުގައި، ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު؛
2019 ޖަނަވަރީ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންވަނީ ރަށްވެހިކަން ބަދަލުކުރާ
ފަރާތްތަކާގުޅިގެން އެ ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ
ކުރާނޭގޮތުގެ އުސޫލު ހާމަކޮށް އިޢުލާންކޮށްފައިވާކަމަށާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި އިޢުލާނު ކޮށްފައިވަނިކޮށް އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން އޭނާގެ
ދާއިމީ އެޑްރެހުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު ރސ
އިން އަފްސާނާ ޢަބްދުލްވައްހާބުގެ އުފަން ރަށް ކަމުގައިވާ ތިމަރަފުށި ހަވާގެ ނަން މައްޗަށް
ބަދަލުކޮށް އަފްސާނާ ޢަބްދުލްވައްހާބުގެ ރަށްވެހިކަން ތ.ތިމަރަފުއްޓަށް އަނބުރާ ބަދަލުކޮށްދެއްވުމަށް އެދި 2019
ޖަނަވަރީ 13 ވަނަ ދުވަހު ތިމަރަފުށީ ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށާއި؛
ތ. ތިމަރަފުށި ކައުންސިލް އިން އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ފޮނުވި ސިޓީއާ ގުޅިގެން އަފްސާނާ
ލްވައްހާ މަޢުލޫމާތު ދީފައިވަނީ އަފްސާނާ ޢަބްދުލްވައްހާބު އެދިފައިވާ ގޮތުގެ މަތީން އަފްސާނާ
ޢަބްދުލްވައްހާބުގެ ނަން ތ. ތިމަރަފުށި ކަވާ އެވެ ކިޔާ ގޭގެ ނަން މައްޗަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، އަދި
މިކަމާ ގުޅިގެން އަފްސާނާ ޢަބްދުލްވައްހާބު އެވަގުތު ރަޖިސްޓްރީކޮށްފައިވާ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގެ
ފަރާތުން ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކުރުމަށް ފޮނުވިފައިވާ ކަމަށާއި، އެ މަޢުލޫމާތު އެ ކައުންސިލުން ތ.
ތިމަރަފުށި ކައުންސިލަށް ދިންހާ އަވަހަކަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށް އަފްސާނާ
ޢަބްދުލްވައްހާބުގެ މަޢުލޫމާތު ފޮނުވާނޭ ކަމަށާއި، އޭރުން އަފްސާނާ ޢަބްދުލްވައްހާބުގެ އައު އައިޑީ ކާޑް ލިބޭނޭ
ކަމުގައި ބަޔާންކޮށް ޖަވާބު ދީފައިވާކަމަށާއި، އޭގެ ފަހުން ކޮންމެ ދުވަހަކު އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން
ތިމަރަފުށި ކައުންސިލަށް ގުޅައި އެ މަޢުލޫމާތު ބަދަލު ވެއްޖެތޯ ގެންދިޔައީ ސުވާލުކުރަމުންކަމާއި،
އަދި އެކަން
އަވަސް ކޮށް ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ގޮސް ޝަކުވާކޮށްފައިވާނެކަމަށާއި
މިގޮތުން އެ 2 އިދާރާގެ ފަރާތުންވެސް އަފްސާނާ ޢަބްދުލްވައްހާބަށް ދީފައިވާ ޖަވާބަކީ އެ ދުވަހުގެ
ރަސްމީ ގަޑި ނިމުމުގެ ކުރީން އެ މަޢުލޫމާތު ފޮނުވައި ދޭނޭ ކަމަށާއި، އަދި އެހާތަނަށް އެކަން ނުވެއޮތީ ސަރުކާރުގެ
އިދާރާތަކުން މުވާޞަލާތުކުރަން ގެންގުޅޭ ”ޖެމްސް“ ސިސްޓަމަށް ކޮންމެވެސް މައްސަލައެއް ދިމާވުމުން ކަމަށާއި،
އަފްސާނާ ޢަބްދުލްވައްހާބުގެ ދާއިމީ އެޑްރެސް ބަދަލުކުރުމުގެ ކަންތައް އިސްވެ ދެންނެވުނު 2 އިދާރާގެ މެދުގައި
ތާށިވެފައި ވަނިކޮށް 2019 ޖަނަވަރީ 29 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަނީ 2019
4 4
Acoc
44
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންޖާގެ
2019/HC-I-SH/06
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޭޕްރީލް 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ
ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ޢާންމުކޮށް އެ ލިސްޓާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމުގެ
ޝަކުވާ 2019 ފެބުރުވަރީ 15 ގެ ކުރީން އެ ކޮމިޝަނަށް ހުށަހެޅުމަށް އަންގާފައިކަމަށާއި؟
އިލެކްޝަންސް ކޮމިޝަނުގެ އެ އިޢުލާނާ ގުޅިގެން 2019 ފެބްރުއަރީ 4 ވަނަ ދުވަހު އަފްސާނާ
ޢަބްދުލްވައްހާބު ވަނީ އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް
ގެނެސްފައިކަމަށާއި، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ޝަކުވާ ހުށަހެޅުމާ ގުޅިގެން 2019 ފެބްރުވަރީ 14
ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން އެކޮމިޝަންގެ ނަންބަރު 2019
/
559/EA
/
MIS-38 ސިޓީއިން ޖަވާބު
ދީފައިވަނީ ”ތިޔަ ފަރާތުން އެދިވަޑައިގެންފައިވާ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017
ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ގެނެވިފައިވާ ބަދަލާއި އަދި ބަދަލުގެނެވެން ނެތްކަމަށް
ޑި ޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރް) އިން މި ކޮމިޝަނަށް އަންގާފައިވާ ބަދަލުތަކުގެ
ތަފްޞީލު ލިސްޓެއް މިސިޓީއާއެކު ފޮނުވީމެވެ“. މިފަދައިންކަމާއި، އަދި އެ ލިސްޓުގައި ބަދަލުގެނެވެން ނެތްކަމަށް
ބަޔާންކޮށްފައިވާ ނަންތަކުގެ ތެރޭގައި އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ހިމެނިފައި ނެތްކަން އެ ލިސްޓަށް
ބެލުމުން އެނގެން އޮންނަކަމަށާއި؟
ކަންމިހެން ހުރިކަމުގައި ވީނަމަވެސް، 2019 ފެބުރުވަރީ 16 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން އަލުން އެކުލަވާލި ވޯޓާރސް ލިސްޓުގައިވެސް އަފްސާނާ ޢަބްދުލްވައްހާބުގެ ނަން އޭނާގެ ރަށްވެހިކަން
ބަދަލުކުރެވިފައިވާ ގޮތުގެ މަތީން ތިމަރަފުށި ދާއިރާގައި ހިމަނާފައި ނުވާކަމާއި، އަދި މިކަމުގެ ޝަކުވާ
އިލެކްޝަންސް ކޮމިޝަނުގައި ކުރުމުން އެ
މުން އެ ކޮމިޝަނުން ލަފާ ދީފައިވާނީ އިންތިޚާބީ ޝަކުވާއާ ގުޅޭ މައްސަލައެއްގެ
ގޮތުގައި އެ ފޯމު މެދުވެރިކޮށް އެ ޝަކުވާ ހުށަހެޅު
ހުށަހެޅުމަށްކަމަށާއި;
އެގޮތުން، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ވަނީ 2019 މާރިޗް 4 ވަނަ ދުވަހު އިންތިޚާބީ
ޝަކުވާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، އަދި ކަންހިނގައި
ގޮސްފައިވާ ގޮތުގެ ތަފްޞީލު ބަޔާންކޮށް އެ ކޮމިޝަނަށް ސިޓީއެއް ހުށަހެޅިކަމަށާއި، އަފްސާނާ ޢަބްދުލްވައްހާބުގެ
ފަރާތުން ހުށަހެޅި އެ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިން އެކޮމިޝަންގެ ނަންބަރު
2019
/
027/NECB
/
ME
-
SJ ޝަކުވާގެ ޖަވާބުގައި ބަޔާންކޮށްފައިވަނީ؟
10
ދިވެހިރާއްޖޭގެ
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2019/HC-I-SH/06
.ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވޯޓާރސް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ 29 ޖަނަވަރީ 2019 އިން ފެށިގެން 09
ފެބުރުވަރީގެ ނިޔަލަށް ކަމަށާއި އެ ގޮތުން، މި ޝަކުވާ ހުށަހަޅާފައިވަނީ އެ މުއްދަތު ފަހަނަޅައި ދިޔަ ފަހުން
ކަމުގައި ކަމަށާއި، 2019 ޖަނަވަރީ 10 ގައި އެ ކޮމިޝަނުން ކުރި އިޢުލާނުގައި 2019 ޖަނަވަރީ 15 ވަނަ
ދުވަހުގެ ކުރީން ރަށްވެހިކަން ބަދަލުކޮށް ނިންމައި އައިޑީ ކާޑު ހައްދައި ނިންމަންވާނޭ ކަމުގައި ބަޔާންކޮށްފައިވާނޭ
ކަމަށާއި، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ރަށްވެހިކަން ބަދަލުކުރުމަށް އެދި 13 ޖަނަވަރީ 2019 ގައި
ތ.ތިމަރަފުށި ކައުންސިލުގައި އެދިފައިވާކަން އެ ކައުންސިލުން ފޮނުވާފައިވާ ފެކްސް މެސެޖު ނަންބަރު
38
/
2019
/
5/MSG
)
391
-
EM) އިން އެނގެން އޮންނަކަމާއި، ތ.ތިމަރަފުށި ކައުންސިލުން އަފްސާނާ
ޢަބްދުލްވައްހާބުގެ ނަން އެރަށު ރަޖިސްޓްރީގައި ޖައްސާފައިވަނީ އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން އެކަމަށް
އެދުނުތާ 46 ދުވަސް ފަހުން 27 ފެބުރުވަރީ 2015 ގައި ކަމަށާއި، ތިމަރަފުށި ކައުންސިލުން ޑިޕާޓްމެންޓް
އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް އަފްސާނާ ޢަބްދުލްވައްހާބުގެ މަޢުލޫމާތު ބަދަލުވިކަން 2019 ފެބުރުވަރީ
20 ވަނަ ދުވަހު އަންގާފައިވާކަން އެ ޑިޕާޓްމެންޓްގެ ނަންބަރު 38
/
2019
/
25/B-133 ސިޓީއިން އެނގެން
އޮންނަކަމަށާއި، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން އެދިފައިވާ ގޮތަށް ދާއިރާ ބަދަލުކޮށްދެވެން ނެތްކަމަށް
އަންގާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހެޅި ޝަކުވާގެ
ޖަވާބުދީފައިވާކަމަށާއި؟
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވަނީ 2019 މާރިޗު 19 ވަނަ ދުވަހު އެ
ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ މައްޗަށް ބިނާކޮށް އަނެއްކާވެސް ފައިނަލް ވޯޓާރސް ލިސްޓެއް ޢާންމުކޮށް،
އެލިސްޓާ މެދު ހިތްހަމަ ނުޖެހުމެއް އޮތްނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 3 ވަނަ ފަހަރަށް އިޢުލާންކުރި ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް
ފުރުޞަތު ހުޅުވާލުމާއެކު އަފްސާނާ ޢަބްދުލްވައްޙާބުވަނީ 3 ވަނަ ފަހަރަށް އޭނާގެ އައު އައިޑީ ކާޑުގައިވާ ފަދައިން
އޭނާގެ އުފަންރަށް ކަމުގައިވާ ތ. ތިމަރަފުށި ދާއިރާގެ ލިސްޓުގައި އޭނާގެ ނަން ނެތްކަމަށާއި އަދި އޭނާގެ ނަން
އެ ދާއިރާގެ ލިސްޓުގައި ހިމަނައި ދިނުމަށް އެދި ޝަކުވާ ފޯމެއް އެ ކޮމިޝަނަށް ހުށަހަޅާފައިކަމަށާއި
ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން 2019 މާރިޗު 27 ވަނަ ދުވަހު ޖަވާބުގައި،
އަފްސާނާ ޢަބްދުލްވައްހާބު އެދިފައިވާ ގޮތަށް އޭނާގެ އައިޑީ ކާޑުގައިވާ ދާއިރާއަށް އޭނާއަށް ވޯޓުލެވޭނޭ އިންތިޒާމް
OCCOX
cuc
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
Oco
ހަ0
x8
ނަންބަރު EA
MIS201912533-38
? ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަމަޖައްސަވައި ދެއްވެން ނެތްކަމުގައި އެ ކޮމިޝަނުގެ
ސިޓީއިން ޖަވާބު ދީފައިވާކަމަށާއި،
މި ސިޓީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އިސްފަރާތްތަކާއި 2019 މާރިޗު 26 ވަނަ ދުވަހު
ބައްދަލުކޮށް ވާހަކަ ދެއްކުމުން ބުނެފައިވަނީ އަފްސާނާ ޢަބްދުލް ވައްހާބުގެ ނަން އޭނާގެ އުފަންރަށް ކަމުގައިވާ
ތިމަރަފުށީ ދާއިރާގެ ލިސްޓަށް އިތުރުކުރެވޭނޭ ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޮމިޝަނުގެ
މައްޗަށް އެފަދަ އަމުރެއް ނެރުމުން ކަމަށާއި އެފަދަ އަމުރެއް އެކޯޓުން ނެރެފިނަމަ އެ އަމުރަކާއި ޙަވާލާ ދިނުމަށްފަހު
ވޯޓުލުން އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ލިސްޓުގައި އަފްސާނާ ޢަބްދުލް ވައްހާބުގެ ނަން ހިމަނައި
ދޭނެކަމަށާއި،
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު
އަސާސީގެ
ގެ 41 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމުގައި
ވާއިރު، އަދި އިންތިޚާބު ތަކުގައި ވޯޓު ދިނުމުގެ ޙައްޤަކީ 18 އަހަރުން މަތީގެ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް
ލިބިގެންވާ އަސާސީ ޙައްޤެއް ކަމުގައި ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން
އޮންނައިރު އަދި މި ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން
ކަށަވަރުކޮށް ތަންފީޒުކުރުމަކީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއަށް ބެލުމުން އެންގެން އޮތްއިރު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި
ޤާނޫނު ތަކާއި ޤަވާޢިދުތަކުގެ އިމުގެ ތެރެއިން އަފްސާނާ ޢަބްދުލްވައްހާބު އޭނާގެ ރަށްވެހިކަން ކ.މާލެ އިން
ތިމަރަފުށްޓަށް ބަދަލުކުރުމަކީ އޭނާ އެދޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 ގައި ވޯޓު ދިނުމުގެ
ޙައްޤުން އޭނާ މަޙްރޫމް ކުރެވިގެންވާނޭ ސަބަބެއް ނޫންކަމަށާއި؛
އިލެކްޝަންސް ކޮމިޝަނުން އެތައް ފަހަރެއްގެ މަތީން ބަދަލުގެނެސް ޢާންމު ކުރަމުން ގެންދިޔަ
ލިސްޓުގައި، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އެ ކޮމިޝަނާ މަތިކޮށްފައިވާ ވާޖިބުގެ މައްޗަށް ރިޢާޔަތްކޮށް
އަފްސާނާ ޢަބްދުލް ވައްހާބުގެ ނަން ހިމެނުމަށްފަހު އޭނާއަށް އޭނާ އެދޭ އޭނާގެ އުފަން ދާއިރާއަށް ވޯޓު ދިނުމުގެ
ފުރުޞަތު ދިނުމަކީ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފު ކަމެއް ކަމުގައި ވާނޭ ކަމަކަށް ނުދޭކަމަށާއި، އަފްސާނާ
ޢަބްދުލްވައްހާބުގެ އަމިއްލަ ބާރު ނުހިނގާ އިދާރާތަކެއްގެ ފަރުވާ ކުޑަކަމުން ނުވަތަ އިހުމާލުން ނަމަވެސް އަފްސާނާ
ޢަބްދުލްވައްހާބުގެ ރަށްވެހިކަން ބަދަލު ކޮށްދިނުމަށް އެދިފައިވާ ފަދައިން ވީއެންމެ އަވަހަކަށް އެކަން ކޮށްނުދީ
#
44
4 /
4
6 24
$=
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންއީޕީ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-I-SH/06
ޤާނޫނުއަސާސީ ގެރެންޓީ ކޮށްދިން އަސާސީ ޙައްޤަކުން މަޙްރޫމްކުރުމަކީ ރާއްޖޭގެ ޤާނޫނުއަސާސީގެ
ރޫހެއް ނޫންކަމަށާއި، އަދި އެކަމަކީ އިންތިޚާބުތަކާ ގުޅިގެން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ރޫޙައްވެސް
ނުމެ ނޫންކަން 11/2008 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 5
ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށާއި؛
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 ގައި އަފްސާނާ ޢަބްދުލްވައްހާބުއަށް ތ. ތިމަރަފުށި ދާއިރާއަށް
ވޯޓު ދެވޭ މީހުންގެ ލިސްޓުގައި އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ނުހިމެނިވަނީ އަފްސާނާ ޢަބްދުލްވައްހާބުގެ
އަމިއްލަ ބާރުނުފޯރާ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމަށާއި އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން އެކަން އެ
މުއްދަތުގައި ކުރުމުގެ ގޮތުން ކުރެވެންހުރި އެންމެހައި މަސައްކަތެއް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެން އޮތަތީ އާއި، މިހާރު ޑީއެންއާރް އިން އަފްސާނާ ޢަބްދުލްވައްހާބުއަށް ތ.ތިމަރަފުށީ ހަވާގެ ރަޖިސްޓްރީގައި
ހިމެނުމަށްފަހު އައު އައިޑީ ކާޑެއް ދީފައިވުމުން އަފްސާނާ ޢަބްދުލްވައްހާބުއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
2019 ގައި ވޯޓު ދިނުމުގެ ޙައްޤު މުޅީން ގެއްލިފައިވާތީވެ، މި ކަމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތައް އެފަރާތްތަކަށް ކަށަވަރުކޮށް ނުދެވުންކަމަށާއި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކުރީން އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ތ. ތިމަރަފުށި ދާއިރާގެ ލިސްޓަށް
އިތުރުކޮށްގެން އަފްސާނާ ޢަބްދުލްވަ
ޢަބްދުލްވައްހާބުއަށްވެސް އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު
ކަންކަން ނިންމުމުގެ ފުރުޞަތު އަދިވެސް ގެއްލިގެން ނުދާކަމަށާއިގެ
އެހެންކަމުން އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން 2019 ފެބްރުވަރީ 4 ވަނަ ދުވަހާއި 2019 މާރިޗު
4 ވަނަ ދުވަހާއި 2019 މާރިޗު 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާ ގޮތަށް ތ.ތިމަރަފުށި
ދާއިރާގެ ވޯޓާރސް ލިސްޓުގައި އަފްސާނާ ޢަބްދުލް ވައްހާބުގެ ނަން ހިމެނުމުގެ އަމުރެއް އިލެކްޝަންސް
ކޮމިޝަންގެ މައްޗަށް ކޮށްދެއްވުން އެދޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
ދު
ލިބިގެންދާ ގޮތަށް
oc
03- އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ޖަވާބުގައި އެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ" އެކުލަވާލުމުގައި އިލެކްޝަންސް ކޮމިޝަންއިން ރިޢާޔަތްކުރަންޖެހޭނީ އެ
I
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންޖާގެ
9
2019/HC-I-SH/06
I
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަސާސަށްކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީ "އިލެކްޝަންސް
ކޮމިޝަނުން އެކުލަވާލާ ރަޖިސްޓަރީ އެކުލަވާލަންވާނީ، ނޭޝަނަލް ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ
މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ޤައުމީ ޑޭޓާބޭސް ގައި ހިމެނޭ ދިވެހި
ރައްޔިތުންގެ މަޢުލޫމާތަށް ބިނާކޮށެވެ." މިހެންކަމަށާއި،
މައްސަލަ ހުށަހެޅިފަރާތުގެ ޝަކުވާއާ ގުޅިގެން ނޭޝަނަލް ރެޖިސްޓްރޭޝަންއިން މަޢުލޫމާތު ސާފުކުރިއިރު،
އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ” ގައި
ނަން ހިމެނިފައިވަނީ މައްސަލަ ހުށަހެޅިފަރާތަށް ދޫކުރެވިފައިވާ އައިޑީ ކާޑުގައިވާ މަޢުލޫމާތާ
މަޢުލޫމާތާ އެއްގޮތަ
ގޮތަށްކަން
ކަށަވަރުވާކަމަށާއި،
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޤާނޫނުން ލާޒިމްކުރަނީ ނޭޝަނަލް ރަޖިސްޓްރޭޝަނާގުޅޭ ކަންކަން
ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ޤައުމީ ޑޭޓާބޭސްއަށް ބިނާކޮށް
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުގެ ރަޖިސްޓްރީ" އެކުލަވާލުމަށް ކަމަށާއި، އެއީ ޤާނޫނުން އިލެކްޝަންސް
ކޮމިޝަންގެ މައްޗަށް ކުރާ އަމުރެއްކަމަށްވާއިރު، އެއީ އިލެކްޝަންސް ކޮމިޝަންއަށް ބަރީޢަ ވެވެން ނެތް
އިލްތިޒާމެއްކަމަށާއި،
ރަށްވެހިވެފައިވާ ރަށް ބަދަލުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވީނަމަވެސް، އެކަމަށް އާޚިރު
ނިންމުމެއް ނިންމި، ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ
ދައުލަތުގެ އިދާރާއިން ބަލަހައްޓާ ޤައުމީ ޑޭޓާބޭސްއަށް އެ ބަދަލު ގެނެވިފައިނުވާނަމަ، ރަށްވެހިވެފައިވާ
ރަށް
މުއައްސަސާތަކަށް ހުށަހަޅާފައިވާ
ހުށަހެޅުމުގެ މައްޗަށް އެކަނި ބަލައި، ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ" އަށް ބަދަލު ގެނައުމަކީ އިލެކްޝަންސް ކޮމިޝަން އަށް ޤާނޫނީ ގޮތުން
އޮތް އިޚްތިޔާރެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
36
ބަދަލުކުރު
ދ/ ޖ ޗ
ހ
04- މިޤަޟިއްޔާއާ ގުޅިގެން އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއާއި، އެދަޢުވާ
ބިނާކުރި ސަބަބުތަކަށާއި، މިދަޢުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަފްސާނާ ޢަބްދުލްވައްހާބު އާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި މިމައްސަލައާއި ގުޅުންހުރި
T,
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންއީޕީ
10
2019/HC-I-SH/06
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނުތަކާއި ގަވާއިދުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް
ކުރުމާއި، އެ ކަންތައްތައް
އްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި،
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް،
ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު
ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމާއިގެ
އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ
މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި،
އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި
އިންތިޒާމުތައް ހަމަޖެއްސުމާއި؛
Occc
3 0
އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވައިލައި،
ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރު ގެނެސް، ޤާނޫނުގައިވާ
ގޮތުގެމަތިން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިޔުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނާއި މަތިކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތަކެއްކަން،
އެނގެން އޮންނަކަމާއިގެ
އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން އެނގޭނެފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް
ކޮމިޝަނުން ތައްޔާރުކޮށް ބަލަހަ
ބަލަހައްޓަންވާނެކަމަށް، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނުނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށް، އިންތިޚާބެއް ބޭއްވުމުގެ މަދުވެގެން 45 (ސާޅީސް ފަސް
ދުވަސް) ކުރިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މަޢުލޫމާތާއެކު
ފުރިހަމަކުރުމަށްފަހު ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި،
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
2019/HC-I-SH/06
އެޑްރެސް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނގޭނެގޮތަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އަދި
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވެސް އެ މަޢުލޫމާތު ޝާއިޢުކުރަންވާނެކަމަށް، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ދަށުން ޢާންމުކުރެވޭ ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތަކާ ގުޅޭގޮތުން، ނުވަތަ
ރަޖިސްޓަރީ ޞައްޙަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރުތަ
ރުތަކާގުޅޭ ގޮތުން ޝަކުވާ އުފުލުމުގެ
އިޚްތިޔާރު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވާކަން،
ޤާނޫނު ނަންބަރު 4/2010 (ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) 4 ވަނަ ނަންބަރުގެ ދަށުން، އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 10 ވަނަ
މާއްދާއަށް ގެނެވިފައިވާ އިޞްލާޙުން އެނގެން އޮންނަކަމާއިގެ
އިޝާރާތްކުރެވުނު ގޮތުގެ މަތިން ޝަކުވާއެއް އުފުލަން ބޭނުންވާނަމަ އެ ޝަކުވާއެއް، އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
ޢާންމުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުމުގެ
އިޚްތިޔާރު ލިބިގެން ވާކަމާއި، އެ 10 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 5 ދުވަހުގެ ތެރޭގައި،
ޤާނޫނު ނަންބަރު 4/2010 (ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) 4 ވަނަ ނަންބަރުގެ ދަށުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ
މާއްދާއަށް ގެނެވިފައިވާ އިޞްލާޙުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ލިބޭ ޝަކުވާތައް އެ ކޮމިޝަނުން ބަލައި
އެ ޝަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމާއި،
އެގޮތުން އެ ކޮމިޝަނުން ނިންމާ ނިންމުތައް އެ މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ހުށަހެޅި ފަރާތަކަށް
ސަބަބާއެކު އަންގަންވާނެކަމާއި، ބުނެވިދިޔަ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމަކާމެދު
ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިޝަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް
3 4
etcc
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
12
2019/HC-I-SH/06
ހއ ޗި »
14
cuoc
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު
އެފަރާތަކަށް ލިބިގެންވާކަމާއި، އަދި އެގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް
ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ނިންމަންވާނެކަން އެނގެން އޮވެއެވެ.
cu
34 (0 4ވ
(ށ) 06 އޭޕްރިލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު 2017 އާއި ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއާއި އަދި
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނު) ގެ 8 ވަނަ މާއްދާއާއި އަދި 9 ވަނަ މާއްދާގައިވާ
ގޮތުގެމަތިން، “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ“ އެކުލަވާލައި އެ ލިސްޓް ފައިނަލް ކުރުމުގެ
ރައްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ
ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެކަން އަންގައި، 10
ޖަނަވަރީ 2019 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިޢުލާން ކޮށްފައިވާކަމާއި، އިސްވެ
އިޝާރާތްކުރެވުނު އިޢުލާނަށްފަހު "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމަށްޓަކައި،
17 ޖަނަވަރީ 2019 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް
ރަޖިސްޓްރޭޝަން (ޑީ.އެން.އާރ) ގައިވާ ދިވެހިރައްޔިތުންނާ ބެހޭ ޑޭޓާ ބޭސްގައިވާ މަޢުލޫމާތު އިލެކްޝަންސް
ކޮމިޝަނާ ޙިއްސާކޮށްދިނުމަށް އެދިފައިވާކަމާއި، އަދި 17 ޖަނަވަރީ 2019 ގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް
ރަޖިސްޓްރޭޝަންގެ ނަންބަރު 38
/
2019
/
04/AS-133 ސިޓީއިން އެ މަޢުލޫމާތު ޙިއްސާކުރުމާ ގުޅިގެން، 29
ޖަނަވަރީ 2019 ވަނަ ދުވަހު، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ“ ޢާންމުކޮށް، އަދި އެ
ލިސްޓަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ގޮތުން ޤާނޫނުގައި ބަޔާންކުރާ
10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެމުއްދަތުގައި ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް ގެންނަންޖެހޭ
ބަދަލުތައް ގެނައުމަށްފަހު، 09 ފެބްރުއަރީ 2019 ވަނަ ދުވަހު، “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ
ރަޖިސްޓަރީ” ގެޒެޓްކުރެވިފައިވާކަމާއިގެ
$T
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
Occ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން، “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ” ގެޒެޓް
ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2013 އަށް ކުރިމަތިލުމުގެ ފުރުޞަތު 25 ފެބްރުއަރީ 2019
ވަނަ ދުވަހު ހުޅުވާލުމަށްފަހު، އެއިންތިޚާބުގައި ވޯޓުލުމަށްޓަކައި، 09 ފެބްރުއަރީ 2019 ވަނަ ދުވަހު
ގެޒެޓްކުރެވުނު ”ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ” ގައިވާ ފަރާތްތަކުގެ ތެރެއިން،
ރައްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް އެދޭ ފަރާތްތަކުން، ރީރަޖިސްޓަރީ ކުރުމުގެ ފަރުތުޞަތު
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 20 ފެބްރުއަރީ 2019 ވަނަ ދުވަހު ހުޅުވާލާފައިވާކަމާއި، އަދި އެއަށްފަހު،
06 އޭޕްރިލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017
ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ 19 މާރޗު 2019 ވަނަ ދުވަހު އާންމުކޮށް
އިޢުލާންކޮށް، 2019 މާރޗު 20 ދުވަހުން ފެށިގެން 2019 މާރޗު 21 ދުވަހުގެ 03:00 ގެ ނިޔަލަށް
އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2019
/
148-A
)
EA)
އިޢުލާނުން 20 މާރޗު 2010 ދުވަހު ކޮށްފައިވާކަން އެނގެންއޮވެއެވެ.
(ނ) 06 އޭޕްރިލް 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު 2017 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ 19 މާރޗު 2019 ވަނަ
ދުވަހު ޢާންމުކުރުމުން، ދަފްތަރު ނަންބަރު ރސ 13009 އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން، އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި ޝަކުވާއަށް އެކޮމިޝަނުން ދީފައިވާ ޖަވާބާ ގުޅިގެން، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން،
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރުގެ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 އާއި ގުޅިގެން،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނު) ގެ 8 ވަނަ މާއްދާއާއި އަދި 9 ވަނަ މާއްދާގައި
ބަޔާންކުރާ ގޮތުގެ މަތިން ތައްޔާރުކޮށް އެކުލަވާލި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ“ އާއި
ގުޅިގެން، އެރަޖިސްޓަރީގައި ހިމެނޭ ފަރާތަކުން، އެލިސްޓާ ގުޅޭގޮތުން، ޤާނޫނު ނަންބަރު 11/2008
$=
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންއީޕީ
14
2019/HC-I-SH/06
##ރަނޑު
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނު) ގެ 10 ވަނަ މާއްދާގެ (ހ) ދަށުން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުދީފައިވަނީ،
2019 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަމާއި، އެ މުއްދަތުގައި، 04 ފެބްރުއަރީ
2019 ވަނަ ދުވަހު، މިމައްސަލައިގައި ދަޢުވާކުރާ އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން އިލެކްޝަންސް
ކޮމިޝަނަށް، އިޝާރާތްކުރެވުނު ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހަޅާފައިވާކަމާއި، އަފްސާނާ ޢަބްދުލްވައްހާބުގެ
ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން، ޤާނޫނު ނަންބަރު 4/2010 (ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) 4 ވަނަ ނަންބަރުގެ ދަށުން،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ މާއްދާއަށް ގެނެވިފައިވާ އެމާއްދާގެ (ބ) ގައިވާ މުއްދަތުގައި،
އެޝަކުވާގެ ޖަވާބު ލިޔުމުން އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަންގެ ނަންބަރު -38
2019
/
559/EA
/
MIS ސިޓީއިން، 2019 ފެބްރުއަރީ 20 ވަނަ ދުވަހު، ޝަކުވާ ހުށަހެޅި ފަރާތާއި އެޖަވާބު
ޙަވާލުކޮށްފައިވާކަން، ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 4 ވަނަ ނަންބަރުގެ 7 ވަނަ
ނުކުތާއިންނާއި ދަޢުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ހުށަހެޅި ”ޑޮކިޔުމަންޓް ޑިސްޕެޗް“
ސްލިޕްތަކުން އެނގެން އޮންނަކަމާއިގެ
އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ޝަކުވާއާއި ގުޅިގެން،
އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން، ޤާނޫނު ނަންބަރު 4/2010 (ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) 4 ވަނަ ނަންބަރުގެ
ންބަރުގެ ދަށުން،
ތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ މާއްދާއަށް ގެނެވިފައިވާ އިޞްލާޙުގެ ތެރެއިން އެމާއްދާގެ (ޅ) ގައި
ބުނާ މުއްދަތުގައި، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެން
cu.
އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ
މައްސަލައަކީ، 06 އޭޕްރިލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިންތިޚާބު 2017 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ 19 މާރޗު 2019 ވަނަ
ދުވަހު ޢާންމުކޮށް، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (A)
2019
/
148-EA އިޢުލާނުން 20 މާރޗު 2010 ދުވަހު ހުޅުވާލުމާ ގުޅިގެން، 21 މާރޗު 2019 ވަނަ ދުވަހު،
އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން، އިލެކްޝަންސް
ކޮމިޝަނުން ދީފައިވާ އެކޮމިޝަނުގެ ނަންބަރު 2019
/
2533/EA
/
MIS-38 ޖަވާބާއި ގުޅިގެން، އަފްސާނާ
ޢަބްދުލްވައްހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައެއްކަން އެނގެން
އޮންނަކަމާއި،
cut.
އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން 2019 ފެބްރުވަރީ 4 ވަނަ ދުވަހާއި 2019 މާރިޗު 4 ވަނަ
ދުވަހާއި 2019 މާރިޗު 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކަކީ،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކުރާ ވޯޓު ދިނުމުގެ ޙައްޤު
ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި ގުޅިގެން، ހުށަހަޅާފައިވާ ޝަކުވާތަކެއްކަން އެނގެން އޮންނަކަމާއި، މި
ހުރިހާ ޝަކުވާއަކީވެސް އެއް މައުޟޫއެއްގެ މައްޗަށް ކޮށްފައިވާ އެއްޝަކުވާއެއް ކަމަށްވާތީ، މިމައްސަލައިގައި
ހައިކޯޓުގެ އިޚްތިޞާޞް ލިބިގަތުމަށް ކޯޓަށް މައްސަލަ ހުށަހެޅަންޖެހޭނީ، އަފްސާނާ ޢަބްދުލްވައްހާބު އިލެކްޝަން
ކޮމިޝަނަށް ފުރަތަމަ ހުށަހެޅި ޝަކުވާއާ ގުޅިގެން ނިންމި ނިންމުން އަފްސާނާ ޢަބްދުލްވައްހާބަށް ލިބުނު ވަގުތުން
ފެށިގެންކަމާއި، ގުތުން ފެށިގެން މިމައްސަލައިގެ ބޭނުމަށް، ޤާނޫނުގައި ބަޔާންކުރާ ވަގުތު ޤާނޫނީގޮތުން
ހިގަންފެށިކަމާއި، އޭގެ ފަހުން އެއް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އިލެކްޝަންސް ކޮމިޝަނުން
ދޭ ޖަވާބު ތަކުރާރުކުރިނަމަވެސް އަދި ތަފާތު ތާރީޚް ތަކެއްގައި ޝަކުވާކޮށް އެޝަކުވާގެ ޖަވާބު ތަފާތު ތާރީޚެއްގައި
އިލެކްޝަންސް ކޮމިޝަނުން ދިންނަމަވެސް، ހައިކޯޓަށް މިމައްސަލަ ހުށަހެޅުމަށް އަފްސާނާ ޢަބްދުލްވައްހާބަށް
ޤާނޫނުން ލިބިދޭ މުއްދަތު ޤާނޫނީ ގޮތުން ދިގުވެގެން ނުދާނެކަމާއި، ހުށަހެޅިފައިވާ މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވަނީ، 27 މާރޗް 2019ގެ 12:55 ގައިކަން އެގެން އޮތުމުން، މިމައްސަލައަކީ ޤާނޫނު
35
އެފަގެވެ
Occ
$=
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ ދަށުން މައްސަލަ ހުށަހެޅުމަށް ޤާނޫނުން ދީފައިވާ
ވަގުތު ބަންދުވެފައި (time barred) މައްސަލައެއް ކަން އެގެން އޮތުމާއެކު މިމައްސަލައަކީ ދިވެހިރާއްޖޭގެ
ހައިކޯޓަށް ބަލައިގަނެ ޤާނޫނީ ގޮތުން ކުރިއަށް ގެންދިއުމުގެ ވަގުތު ބަންދުވެފައިވާ މައްސަލައެއްކަން އެގެން
40
އ
ހ4333 443
(ރ) ޤާނޫނީ ގޮތުން ވަގުތު ބަންދުވެފައި ނުވާ މައްސަލައެއްކަމަށް މައްސަލަ ހުށަހެޅި ފަރާތުން ދެކޭކަމަށް
ބަޔާންކުރާތީ، އެނަޒަރުން މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ ޤާނޫނު
ހިންގާފައިވާ ގޮތަށް ބަލާއިރު، 04 ފެބްރުއަރީ 2019 ވަނަ ދުވަހު، އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 ގެ ބޭނުމަށްޓަކައި
އިލެކްޝަންސް ކޮމިޝަނުން 2019 ޖަނަވަރީ 10 ވީ ބުރާސްފަތި ދުވަހު ޢާންމުކުރި ”ރަށްވެހިކަން
ދަލުކުރުމާގުޅޭ“ އިޢުލާން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން، ދަފްތަރު. ނަންބަރު ރސ
13009 އަފްސާނާ ޢަބްދުލް ވައްހާބުގެ ރަށްވެހިކަން ބަދަލުކޮށްދިނުމަށް އެދި 2019 ޖަނަވަރީ 13 ވަނަ ދުވަހު،
ތިމަރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅިފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 2019
ޖަނަވަރީ 29
އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ލިސްޓްގައި، އަފްސާނާ
ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް،
ތިމަރަފުށީ ދާއިރާއަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ
ފަރާތްތަކުގެ ތެރޭގައި އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ހިމެނިފައިނުވާތީ، އަފްސާނާ ޢަބްދުލްވައްހާބުގެ
ރަށްވެހިކަން ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައި ވާތީވެ، އެގޮތުގެ މަތީން އަފްސާނާ ޢަބްދުލްވައްހާބުގެ
ތިމަރަފުށި ދާއިރާއަށް ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީއަށް އިތުރުކޮށްދިނުމަށް އެދި ހުށަހެޅި
8
ނަން ބ.
ޝަކުވާއެއްކަން އެނގެން އޮންނައިރު،
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2019/HC-I-SH/06
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
ރައްވެހިކަން ބޭނުންވާ ފަރާތްތަކުން، 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ ކުރިން
ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެކަން އަންގައި، 10 ޖަނަވަރީ
2019 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިޢުލާން ކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަފްސާނާ ޢަބްދުލްވައްހާބު، ރަށްވެހިކަން ބަދަލުކުރުމަށް ތ.ތިމަރަފުށީ ކައުންސިލް އިދާރާއަށް ފުރަތަމަ ސިޓީ
ފޮނުވާފައިވަނީ، 13 ޖަނަވަރީ 2010 ގައިކަން ހުށަހެޅުނު ލިޔުންތަކުން އެގެން އޮންނަކަމާއި،
މިމައްސަލައިގައި ދަޢުވާކުރާ އަފްސާނާ ޢަބްދުލްވައްހާބުގެ މަޢުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ހައްދާފައިވަނީ، 20 ފެބްރުއަރީ 2019 ވަނަ ދުވަހުކަން އެނގެން އޮންނަކަމާއި،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް އަފްސާނާ ޢަބްދުލްވައްހާބުގެ ފަރާތުން ހުށަހެޅި ފޯމާއި ގުޅިގެން،
އަފްސާނާ ޢަބްދުލްވައްހާބުގެ ދާއިމީ އެޑްރެސް ބަދަލުކޮށް ކާޑު ހެއްދުމުގެ ސަބަބުން 2019 ވަނަ އަހަރުގެ
މަޖިލިސް އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ގެއްލުނު ނަމަވެސް މައްސަލައެއް ނެތްކަމަށް އެއްބަސްވެ ”އައިޑީ
ކާޑުގައިވާ މަޢުލޫމާތު ބަދަލުކުރުމަށް އެއްބަސްވާ އެއްބަސްވު، މުގެ އިޤްރާރުގައި 20 ފެބްރުއަރީ 2019 ވަނަ
ދުވަހު، އަފްސާނާ ޢަބްދުލްވައްހާބު ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވައިލައި،
ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރު ގެނެސް، ޤާނޫނުގައިވާ
ގޮތުގެމަތީން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައް
އެކުލަވާލުމުގައި އަޞްލަކަށް ބަލަނީ، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުގައިވާ
ދިވެހިރައްޔިތުންނާބެހޭ ޑޭޓާބޭސްގެ މައްޗައްކަމާއި؛
09 ފެބްރުއަރީ 2019 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ގެޒެޓްކުރި “ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ“ އަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017 އާ ގުޅިގެން، ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނު) ގެ 8 ވަނަ މާއްދާއާއި އަދި 9 ވަނަ މާއްދާގައި
36
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންއީޕީ
2019/HC-I-SH/06
ޑ 4=ދه
އއޤީ
"Pháº
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކުރާ ގޮތުގެ މަތިން ތައްޔާރުކޮށް އެކުލަވައިލައި، 29 ޖަނަވަރީ 2019 ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ގެޒެޓްކޮށް ޝާއިޢުކުރި “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ" އާއި ގުޅިގެން
ހުށަހެޅުނު ޝަކުވާތަކާއި އަދި ރައްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2019 ޖަނަވަރީ 15 ވާ
އަންގާރަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެކަން
އަންގައި، 10 ޖަނަވަރީ 2019 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ އިޢުލާނާ
އެއްވެސް ފަރާތެއްގެ މަޢުލޫމާތު ބަދަލުވެފައިވޭތޯ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް އަންގައި
ބެލުމަށްފަހު، އެކުލަވާލައި ގެޒެޓްކުރެވުނު ލިސްޓެއްކަމާއި، އެމުއްދަތުގައި ދަޢުވާކުރާ އަފްސާނާ
ޢަބްދުލްވައްހާބުގެ މަޢުލޫމާ
ޢުލޫމާތައް އެއްވެސް ބަދަލެއް އައިސްފައިނުވާކަން، 06 ފެބްރުއަރީ 2019 ވަނަ ދުވަހު،
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ނަންބަރު -133
38
/
2019
/
8/BS ސިޓީއިން އެނގެން އޮންނަކަމާއިގެ
އެހެން ކަމުން، އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ތ.ތިމަރަފުށީ ދާއިރާއަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ
މީހުންގެ ރަޖިސްޓަރީ ހިމެނިފައިނުވަނީ އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތެއް
އަދާ ނުކޮށްގެންކަމަށް ބެލެވޭނެ ހަމައެއް ނެތްކަމާއި އަދި އެއީ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން
ނޫނީ ތ.ތިމަރަފުށި ކައުންސިލް އިދާރާއިން ކުރިކަމެއްކަމުގައިވެސް ބެލެވެން ނެތްކަމާއި އެހެނީ އަފްސާނާ
ޢަބްދުލްވައްހާބު ފުރަތަމަ މިކަމަށް އެދި ހުށަހެޅީވެސް އިލެކްޝަންސް އިން ކަނޑައަޅާ އިޢުލާން ކޮށްފައިވާ ތާރީޚްގެ
ކުޑަތަން ވެފައިވަނިކޮށްކަން އެނގެން އޮންނަކަމާއި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
އެކުލަވައިލުމަކީ އިލެކްޝަންސް ކޮމިޝަނަށް އެކަނި ކުރެވޭނެ ކަމެއްނޫންކަންވެސް އިސްވެ ބަޔާން ކުރެވުނު
ޤާނޫނުގެ ނައްޞުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 42/SC
-
C/2013 ޤަޟިއްޔާގެ
"އިލެކްޝަން ޕްރޮސެސްގެ އިންޓެގްރިޓީ" ކަށަވަރު ކުރުމުގެ ގޮތުން އެކަށައެޅި އަސާސްތަކަށް ބެލުމުންވެސް
އެގެން އޮންނަކަމާއި، އެފަދަ އަސާސެއްގެ ގޮތުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ކަނޑައެޅުމުގައި
4
coce
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންއީޕީ
2019/HC-I-SH/06
ހދ 8
4
4
404
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައިގަނޑު މަޞްދަރަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސްކަމަށް
ބަޔާންކޮށްފައިވާއިރު، އަފްސާނާ ޢަބްދުލްވައްހާބުގެ މަޢުލޫމާތާ ގުޅިގެން ގެންނަންޖެހޭ ބަދަލެއް އެޑޭޓާބޭސް އަށް
ނާންނަހާހިނދަކު، "މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު ރސ 13009 އިން ތ. ތިމަރަފުށި ހަވާ
ގެއަށް އެޑްރެސް ބަދަލުކުރުމަށް" އެދި އަފްސާނާ ޢަބްދުލްވައްހާބު ހުށަހެޅި ޝަކުވާއަށް އިލެކްޝަންސް ކޮމިޝަނަށް
ދެވޭނެ ޤާނޫނީ ފަރުވާއެއް ނެތްކަން ބަޔާންވެދި ކަންކަމުގެ އިތުރުން ގަވާއިދު ނަންބަރު: 3
/
2019-R
(ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުންވެސް އެގެން
CCCX
ޙުކުމް:
ގެ
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން،
06 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2017
ތިމަރަފުށި ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ދަފްތަރު. ނަންބަރު ރސ
13009 އަފްސާނާ ޢަބްދުލްވައްހާބުގެ ނަން ހިމެނުމަށް، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައި
އަމުރުކުރާނެ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
މަޖިލީހުގެ ފަނޑިޔާރުންގެ ޢިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހި68
ހައިކޯޓް
އްޖެ"
$i;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ